Skip to content
އެސްފިޔަ

އިންތިޒާރުގައި ހުންނަމޭ ލޯބިން 49 ( ފަހުބައި )

އެއްވެސް ޚިޔާލެއް ފިކުރެއްނެތި ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު ސިޓިން ރޫމަށް ނިކުން އައިލީންއަށް ހައިރާންކަން ލިބިގެން ދިޔައީ ކުރަމަތިން ފެނުނު މަންޒަރުންނެވެ. އޭނަގެ ކުރިމަތީގައި އެއްފައި މައްޗަށް ތިރިވެ އެއިނީ ޔޫހާންއެވެ. ” ޔޫހާން… ” ލިބުނު ހައިރާންކަމުގައި އައިލީންއަށް މަޑުމަޑުން ޔޫހާންގެ ނަން ކިޔައިލެވުނެވެ. ” އައި ލަވް ޔޫ އައިލީ… އަހަރެންނަށް މިހާރު އެނގޭ ހުރިހާ އެެއްޗެއްވެސް… އައި ނޯ އެވްރިތިން… ނޯ މޭޓާ ވަޓް ހެޕެންސް އައިލީ… އަހަރެމެން ދެމީހުން ދުވަހަކުވެސް އެކަކު އަނެކަކާާ ވަތްކެެތްނުވާނަން… އައިލީ އަހަރެންނާ ދުރަށް ދާން ބޭނުންވިޔަސް އައި ވޮންޓް ލެޓް ޔޫ ގޯ… އައިލީ ނޫން އެހެން ފަރާތަކަށް ދުވަހަކުވެސް އަހަރެންގެ ދިރިއުޅުމުންވެސް އަދި މިހިތަކުންވެސް ޖާގައެއް ނުދެވޭނެ… އައި ވިލް އޯލްވޭސް ލަވް ޔޫ… އޮންލީ ޔޫ އައިލީ… ބައްޕަ ގަބޫލުނޫނަސް އަހަރެން ބޭނުން އައިލީ އަހަރެންގެ މިލްކަކަށް ހަދަން… އަހަރެމެން ކައިވެނި ކުރީމަ ހުރިހާ ކަމެއްވެސް ރަނގަޅިވާނޭ… ބައްޕަވެސް ގަބޫލުވާނެ… އެމެނަށްވެސް އެނގޭނެ އަހަރެމެން ދެމީހުން އެކަކު އަނެކަކުދެކެ ވާ ލޯބި… މިހާާރުވެސް މިހިތަށް ވަރަށް ތަދުވެއްޖެ… އިތުރު ވޭނެެއް މިހިތަކަށް ބަރުދާސަތެއް ނުކުރެވޭނެ އައިލީ… ޕްލީޒް ބީ މައިން އައިލީ… ވިލް ޔޫ މެރީ މީ… ” އަސަރުން ފުރިގެންވީ ބެލުމަކުން އައިލީންގެ ލޮލަށް ބަލަހައްޓާއިގެން ހުރެ އޭނަގެ އަތް އައިލީންއަށް ދިއްކޮށްލަމުން ޔޫހާން ވާހަކަ ދެއްކިއެވެ.

ޔޫހާންގެ ލޮލުން ފެންނަމުން ދިޔަ އަސަރުތަކުން އައިލީންގެ ހިތް ކުދިކުދިވަމުން ދިޔައެވެ. އޭގެ ހެއްކެއްގެ ގޮތުން ލޮލުން ހޯސްލާފައިވި ފޭބި ކަރުނަތައް ފުދެއެވެ. ހިތް ހީވަނީ މޭތެރޭގައި ތާށިވެ ފިތޭހެންނެވެ. އޭނަ ޔޫހާާން އާ ދުރުގަ ހުންނާނީ ކިހިނެއް ހެއްޔެވެ؟ މިހާރުވެސް އޭނަގެ ހިތުގައި ރިއްސަމުން ދަނީ އިންތިހާއަށެވެ. އިތުރު ވޭނެއް ތަހައްމަލުކުރާނެހާ ހިތްވަރެއް އޭނަގެ ނެތެވެ. ލޮލުން ކަރުނަ އޮހޮރެމުން ދިޔަ ހާލުން އައިލީން އޭނަގެ ހިތުގެ ގޮވުމަށް އިޖާބަދެމުން އަތް އުފުލާލުމަށްފަހު މަޑުމަޑުން ޔޫހާންގެ އަތުގެ ތެރޭގައި ބާއްވާލިއެވެ. އޭރު ލޮލުން ކަރުނަ އައި ނަމަވެސް އައިލީންގެ ތުންފަތުގައިވީ ލުއި ހިނިތުންވުމެކެވެ. އައިލީންގެ އެއަމަލުން ޔޫހާންގެ މޫނު މަތިންވެސް އުފާވެރިކަން ފެނިގެން ދިޔައެވެ.

ކުއްލިއަކަށް އައިލީންގެ ތުންފަތުގައިވި ލުއި ހިނިތުންވުން ފޭދިގެން ދިޔައިރު ޔޫހާާންގެ އަތުގެ ތެރޭގައި އޮތް އޭނަގެ އަތްވެސް ކުއްލިއަކަށް ދަމައިގަތެވެ. ” ޔޫހާންގެ ބަ… ބައްޕަ… ” ދެލޯ ބޮޑުވެފައިހުރެ ގޭގެ ދޮރާއި ދިމާލަށް ބަލަހައްޓާއިގެން ހުރެ އަޅާއަޅާއިގަންނަމުން އައިލީންއަށް ބުނެލެވުނެވެ. އެެދެލޮލުންނާއި އަޑުންވެސް އެހިތުގައިވި ބިރުވެރިކަން ހާމަވެގެން ދެއެވެ. އައިލީން އެހެން ބުނުމާއެކު ޔޫހާންވެސް ފަސްއެނބުރި ބަލައިލިއެވެ. އެއާއެކު ރުޅި އައިސްފައިހުރި ޔާސިރު ޔޫހާންއަށްވެސް ފެނުނެވެ. ޔޫހާން ކުއްލިއަކަށް ތެދުވެލިއެވެ.ޔާސިރު އާދައިގެ ހިނގުމެއްގައި އެދިމާލަށް އަންނަން ފެށުމުން އައިލީންއަށް ވަގުތުން އިސްޖަހާލެވުނެވެ.

ޔާސިރު އައިސް މަޑުކޮށްލީ އެދެމީހުންގެ ދާދި ކައިރީގައެވެ. އައިލީން ހުރީ ބިރުން ކުރާނެ ކަމެއް ނޭނގިފައެވެ. ބިރުގެންފައި ހުރި އައިލީންއަށް ހައިރާންކަން ލިބުނީ ޔޫހާން ދިއްކޮށްލައިގެން ހުރި އަތުގެ މަތީގައި ޔާސިރު އޭނަގެ އަތް ބާއްވާލުމުންނެވެ. ހައިރާންކަމާއެކު އައިލީންއަށް ޔާސިރުގެ މޫނަށް ބަލައިލުމަށްފަހު ޔޫހާންގެ މޫނަށް ބަލައިލިއެވެ. ދެމީހުންގެ ތުންފަތުގައިވެސް ވީ ހިނިތުންވުމެކެވެ. އެއާއެކު އެންމެން އަތްތިލަ ބަޑިޖަހަމުން ސަޕްރައިޒްއޭ ކިޔާ ސިޓިންރޫމަށް ނިކުތެވެ. ބައެއް މީހުން ކޮޓަރިތަކުން ނިކުންއިރު އަނެއް ބަޔަކު ނިކުތީ ބެލްކަނިންނެވެ. އޭރު އެތަނުގައި އާޝިޔާމެންނާއި ޔައިޝް އަދި އިފާންގެ އިތުރުން ޔޫހާންގެ އާއިލާގެ އެންމެންވެސް ތިއްބެވެ. ކޮންމެ މީހެއްގެ މޫނު މަތިންވެސް ފެންނަނީ އުފާވެރިކަމެވެ.

އައިލީން ހުރީ ފެންނަމުން ދިޔަ މަންޒަރުން ސުވާލު އުފެދިފައެވެ. ” އެންމެން އެކުގަ… ހައު..” ސުވާލު އުފެދިފައިހުރެ އައިލީން ބުނެލިއެވެ. ” ހޫމް… އެންމެން އެކުގަ… އޭޒް އަ ފެމެލީ… ހުރިހާ ޕްރިބްލެމްއެއްވެސް ސޯލްވް… މިސްޓޭކްސް ހެދުނު މީހުން އެމީހުންގެ ކުށް ގަބޫލުކޮށް މާފަށް އެދުމުން ދެންތިބި އެންމެންވެސް މާފުކޮށްދިނީ… އެތައް އަހަރުތަކެއް ވަންދެން ކެނޑިފައިވި ގުޅުން އަލުން ގުޅިލައިމެހިގެން ދިޔައީ… ދެން ފުރިހަމަނުވެ އޮތް ކަމަކީ ތިދެ ލޯބިވެރިން ގުޅުން… ” އާފިޔާ އާއި އަފީފާގެ ފަހަތުން ކޮނޑުމަތިން އަތް ބާއްވާލަމުން ރިފްޝާ ބުނެލިއެވެ. ” ތެދެއް ދަރިފުޅާ… ދެން އޮތީ ދަރިފުޅު މި ބައްޕައަށް މާފުކުރުން… ބައްޕަ ގަބޫލުކުރަން ބައްޕަ ކުރީ ވަރަށް ބޮޑު ކުށެއްކަން… މާޒީގައި ކުރެވުނު ކުށް ތަކުރާރުކުރާކަށް ބޭނުމެއްނޫން… އަމިއްލަ ދަރިފުޅުގެ އުފަލަށްވުރެ އަމިއްލަ ބޭނުން އިސްކުރެވުނީ… އެކުށް ތަކުރާރު ނުކެރެވެނީސް ނަސީބަކުން ބައްޕަގެ ދަރިފުޅު ބައްޕައަށް އެކަން އިހުސާސްކޮށްދީފި… ބައްޕައަށް މާފުކޮށްދީ ދަރިފުޅާ… ” އައިލީންގެ ބޮލުގައި ފިރުމާލަމުން ހިތާމާއާއެކު ޔާސިރު މާފަށް އެދުނެވެ. އޭރު ޔާސިރުގެ ލޮލުގައި ކަރުނައިގެ އަސަރު އެކުލެވިފައިވެއެވެ. ” އަންކަލް… އަންކަލް އިޓްސް އޯކޭ… އަޅުގަނޑުގެ ހިތުގަ އަންކަލްއަށްޓަކައި އެއްވެސް ބުރަކަމެއްނެތް… އަޅުގަނޑުގެ ހިތް ހަމަ ސާފު… ” ކަރުނަވީ ދެލޮލާއެކު ލުއި ހިނިތުންވުމެއް ވެރިކުރުވަމުން އައިލީން ބުނެލިއެވެ. އެއާއެކު ޔާސިރު ޝުކުރުވެރި ބެލުމަކުން އައިލީންއަށް ބަލާއިލަމުން އައިލީންގެ ބޮލުގައި ލޮއެބާއެކު ފިރުމާލިއެވެ. ” އަންކަލްއެއް ނޫން ބައްޕަ ކިޔަންވާނީ މީގެ ފަހުން އިނގޭ… ” ހިނިތުންވެލަމުން ޔާސިރު އެހެން ބުނެލުމާއެކު އައިލީންގެ ތުންފަތުގައިވި ހިނިތުންވުން ފުޅާވެގެން ދިޔައެވެ. ” އެކަމަކު މާފުކުރިކަމަށް ބެލެވޭނީ ބައްފަގެ މި ދަރިފުޅާ ކައިވެނި ކުރީމަ… ހެހެހެ…” ލުއި ހުނުމަކާއެކު ޔާސިރު އެހެން ބުނުމުން އެތަނުގައި ތިބި އެންމެންނަށްވެސް ހެވުނެވެ.

” ޔޫން… ދެން ތިހެން ނުހުރެ އައިލީއަށް ޕްރޮޕޯސްކޮށްބަލަ އަނެއްކާާވެސް… ” ފުޅާ ހިނިތުންވުމެއް ވެރިކުރުވަމުން މީޝާ އެހެން ބުނެލުމާއެކު ޔޫހާންވެސް ހިނިތުންވެލަމުން ބޯޖަހާލިއެވެ. އަދި އޭނަ ކުރިންވެސް ކަންތައް ކުރިހެން އެއްފައި މައްޗަށް ތިރިވެ އައިލީންއަށް ކުރިންވެސް އޭނަ ދިން އަނގޮއްޓި ދިއްކޮށްލިއެވެ. ” ސޯ… ވިލް ޔޫ މެރީ މީ މިސް އައިޝަތް އައިލީން ޒާހިރު… ” އައިލީންގެ އެރީތި ދެލޮލަށް ބަލަހައްޓާއިގެން އިނދެ ޔޫހާން ބުނެލި ލަފްޒުތަކުން އައިލީންގެ ލޮލަށް އުފާވެރިކަމުގެ ކަރުނަތައް ޖަމާވިއެވެ. ” ޔެސް… އައި ވިލް… ” ލޮލުން ފޭބި ކަރުނަތައް ކޯތާފަގައި ބޮސްދިނުމާއެކު އައިލީން އޭނަގެ ވައަތު އަތް ޔޫހާންއަށް ދިއްކޮށްލަމުން ހިނިތުންވެފައި ބުނެލިއެވެ. އެއާއެކު ޔޫހާން ނުހަނު ލޮއެބާއެކު އައިލީންގެ ވައަތުގެ ކަށި އިނގިލީގައި އަނގޮއްޓި އަޅުވާލަދިނުމަށްފަހު ބޮސްދިނެވެ. ޔޫހާންގެ އެއަމަލުން އައިލީންގެ ކޯތާފަތަށް ޖަންބުކުލަވެރިގެން ދިޔައެވެ. ” ސޯ މައި ބެސްޓް ފްރެންޑް އީޒް ގޮއިން ޓު ބީ މައި ސިސްޓާރ އިން ލޯ… ހެހެހެ… ” ފުޅާ ހިނިތުންވުމަކާއެކު ރިފްޝާ އެހެން ބުނެލިއެވެ. އޭރު އެންމެންގެ އަތްތިލަބަޑީގެ އަޑު ގޭތެރޭގައި ގުގުމާލާފައިވެއެވެ.

އެންމެން އެކުގައި އެތައް ވާހަކައެއް ދެއްކުމުގައި ވަރަށް ގިނައިރު އެގޭގައި ތިއްބެވެ. އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމަށްފަހު އެންމެންވެސް ގެއިން ނުކުތީ ހިތްހަމަޖެހިފައިހުރެއެވެ. ” އައިލީ… އައިމް ސޮރީ… އައިމް ރިއަލީ ސޮރީ… އައި ނޯ އަހަރެން ވާހަކަ ދެއްކި ގޮތުން އައިލީއަށް ހާޓްވިކަން… ނޭނގެ އޭރު އަހަންނަށް ވީގޮތެއް… އައިމް ސޮރީ… ރިއަލީ ސޮރީ… ” އެންމެން ދިއުމާއެކު ރިފްޝާ އައިސް އައިލީންގެ ކުރިމަތީގައި ހުއްޓިލަމުން ކަރުުނުން ފުރިފައިވި ދެލޮލާއެކު ބުނެލިއެވެ. ” ރިފޫ… އިޓްސް އޯކޭ… އިޓްސް އޯކޭ… ރިފޫތީ އަހަރެންގެ ބެސްޓް ފްރެންޑެއްނު… ސޯ ޔޫ ހޭވް ދަ ރައިޓް ޓު ސްކޯލްޑް މީ… ” ރިފްޝާގެ ގައިގައި ބައްދާލަމުން އައިލީން ބުނެލިއެވެ. ތަންކޮޅެއް ދުރުގައި ހުރި ޝައުނާވެސް އައިސް ދެމީހުންގެ ގައިގައި ބައްދާލިއެވެ. އެމަންޒަރު ފެނި އެތަނުގައި ތިބި އެންމެނަށްވެސް ހިނިތުންވެލެވުނެވެ.

އެއްމަސް ފަސް…

ހަވޭލިއެއްފަދަ އެތަނަވަސް ބޮޑު ގޭގައި މީހުންތައް ހަރަކާތްތެރިވަމުން ދިޔައެވެ. އެންމެންގެ ހަރަކާތްތައްވެސް ނުހަނު އަވަހެވެ. އެތަން ފެނުނު ކޮންމެ މީހަކުވެސް ހައިރާންވާނެހާ ފުރިހަމައެވެ. މިރޭ ކުރެވިގެންދާ ތިން ކައިވެންޏަށްޓަކައި ކަނޑު ނޫކުލަ އާއި ހުދު ކުލައިގެ މާމެލާއިމެއްޔާއި ފޮއްޗާއި ބޮކި ފަތިތަކުން މުޅިތަން ޒީނަތްތެރިކުރެވިފައި ވަރަށް ވެސް ރީއްޗަވެ. އެތަން ބަލާ ފޫހިނުވާނެކަން ޔަގީނެވެ. އެރީތިކަމަށް އިތުރު ފުރިހަމަކަމެއް ގެނެސްދެނީ ސީލިންގުގެ މެދުގައި އެލުވާފައި އިން ހުދު ކުލައިގެ ބޮޑު ޗާންދަލިއާއިންނެވެ. ބަލައިލި ކޮންމެ ދިމާލަކުންވެސް ފެންނަމުން ދަނީ މުއްސަނދިކަމާއި ތަރުތީބުކަމެވެ.

ޔޫހާންމެން ގޭގެ ތަނަވަސް ގެސްޓް ރޫމުގައި އައިލީން އާއި ރިފްޝާގެ އިތުރުން ޝައުނާ ތައްޔާރުކުރުމުގައި އާއިލާތަކުގެ އަންހެނުން ހަރަކާތްތެރިވަމުން ދިޔައެވެ. ވަރަށް ފޯރީގައި އެކުދިން ތައްޔާރުކުރަމުން ދިޔައިރު އެއެންމެން ދިޔައީ އެކުދިންނާ ދިމާކުރަމުންނެވެ. އެމީހުން ބުނެލާ ބައެއް ވާހަކަތަކުން ލަދުން އިސްޖަހާލެވޭއިރު ތިން ކުދިންގެ ހިތްވެސް ވަނީ ނުތަނަވަސްވެފައެވެ.

ތިން ކުދިންގެ ކައިވެންޏަށް އާއިލާގެ އެންމެންވެސް ވަނީ ޔޫހާންމެންގެ ގެއަށް ޖަމާާވެފައެވެ. ހުރިހާ އަންހެންވެރިން އެއްވައްތަރަކަށްފަހާފައިވި ކަނޑު ނޫކުލައިގެ ހެދުމާއި ޝޯލްގައި ތިބިއިރު ފިރިހެންވެރިން ތިބީ ކަނޑު ނޫކުލައިގެ ގަމީހާއެކު ހުދު ފަޓުލޫނުގައެވެ. ހުރިހާ ކުޑަ ފިރިހެން ކުދިންވެސް ހުރީ ކަނޑު ނޫކުލައިގެ ގަމީހާއެކު ހުދު ސްކިނީގައެވެ. ހުރިހާ އަންހެން ކުޑަ ކުދިން ތިބީ އެއްވައްތަރަކަށް ފަހާފައިވި ކަނޑު ނޫކުލައިގެ ހެދުމުގައެވެ. ކޮންމެ ކުއްޖެެއްގެ ބޮލުގައި ހަމަ އެކުލައިގެ ވަރަށް ރީތި ބޭންޑެއް އަޅައިފައެވެ. އެންމެންވެސް ވަނީ ޕާޓީއަށް ވަރަށް ފުރިހަމައަށް ތައްޔާރުވެފައެވެ.

ޔޫހާން އާއި އިފާންގެ އިތުރުން ޔައިޝްވެސް އެއްފަރާތެއްގައި މަޑުކޮށްލައިގެން ތިއްބެވެ. ތިން ޒުވާނުންވެސް ތިބީ ހުދު ކުލައިގެ ގަމީހާއެކު ކަނޑު ނޫކުލައިގެ ކޯޓު ފަޓުލޫނުގައެވެ. ކޮންމެ ޒުވާނެއްގެ ކަރުގައިވެސް ކަނޑު ނޫ ކުލައިގެ ހިމަ ޓައިއެއް އަޅާފައިވާއިރު އިސްތަށިގަނޑު ވަނީ ރީތި ސްޓައިލަކަށް ސްޓައިލްކޮށްލާފައެވެ. އަންހެން ކުދިންގެ ހިތްތަށް ކަތިލާހާ ތިން ޒުވާނުންވެސް ރީއްޗެވެ.

ގާޒީމެން ހާޒިރުވުމާއެކު ޔުމާހު ޔޫހާން ގާތު ގޮސް އިށީނުމަށް ބުންޏެވެ. އެއާއެކު ޔޫހާން ގޮސް ގޮނޑީގައި އިށީނެވެ. އޭނަގެ ހިތް ވަނީ އައިލީންގެ ރީތި ސޫރަ ދެކެލުމަށް ކެތްމަދުވެފައެވެ. އިރުއިރު ކޮޅުން ސިޑި އާއި ދިމާލަށް ނަޒަރު ހުއްޓާލެވެނީ އައިލީންގެ ރީތި ސޫރަ ފެނޭތޯއެވެ. އެއްލި ކަޅިއަކުން މީޝާ އާއި އާޝިޔާއާއެކު ސިޑިން ފައިބައިގެން އަންނަ އައިލީން ފެނި ޔޫހާންއަށް އެހެން ދިމާއަކަށް ބަލައިލަންވެސް ނޭނގުނެވެ. ހުދު ކުލައިގެ ބޮޑު ވެޑިން ޑްރެސްގައި އައިލީން ހީވަނީ ހަމަ ޕަރީއެއްހެންނެވެ. ވެޑިން ޑްރެސްގައި ހުދު ކުލައިގެ ލޭސްފޮތި ބޭނުންކޮށްފައިވުމުން ވަރަށް ރީތިކަމަށް ދައްކައެވެ. ކަޅުކަން ގަދަ އިސްތަށިގަނޑު މެދުން ވަކި ހިސާބަކަށް ކަފިކޮށްލުމަށްފަހު ހުދު ކުލައިގެ ރީތި ކްރައުންއެއް އަޅާފައިވާއިރު ނުހަނު ޗާލެވެ. ކަންފަތުގައިވެސް ބޭނުންކޮށްފައި ވަނީ ހުދު ކުލައިގެ ދިގު ރީތި އިއަރިންގެކެވެ. ކަރުގައި ރީތި ހިމަ ފަށެއް އަޅާފައިވާއިރު ދެއަތުގައިވެސް ހުދު ކުލައިގެ ރީތި ހިމަ ބްރޭސްލެޓެއް އަޅާފައިވެއެވެ. މޫނުގައި ކޮށްފައިވި ލުއި މޭކަޕުން އެދޮން މޫނު ނުހަނު ހިތްގައިމެވެ. ދެލޯ އައިލައިނާއިން ފަވާލެވިފައިވާއިރު އެސްފިޔަތަކުގައި ވަނީ މަސްކަރާ އަޅާފައެވެ. ލޮލުގައި މަޑު ފިޔާތޮށި ކުލައިގެ އައި ޝެޑޯއެއް ވާއިރު ތުންފަތްވެސް ފަވާލެވިފައި ވަނީ މަޑު ފިޔާތޮށި ކުލައިގެ ލިޕްސްޓިކްއަކުންނެވެ. އެރީތި ކަމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެނީ އައިލީންގެ ތުންފަތުގައިވި ރީތި ހިނިތުންވުމުންނެވެ.

އިސްޖަހާލައިގެން އައި އައިލީން އިސްއުފުލާ ބަލައިލި ވަގުތު ޔޫހާން އޭނައަށް ބަލަހައްޓާއިގެން އިނުމުން އިތުރަށް ލަދުގަންނަ ގޮތް ވިއެވެ. ކަޅި ޖަހާ ނުލައި ޔޫހާން އޭނައަށް ބަލަން އިނުމުން އާޝިޔާގެ އިތުރުން މީޝާ ދިޔައީ އައިލީން އާއި ދިމާކުރަމުންނެވެ. އައިލީންއަށްވެސް ޔޫހާން ފެނުމުން އޭނަގެ ރީތިކަމަށް ހިތާހިތުން ތަޢުރީފުކުރެވުނެވެ. ޔޫހާން ކަޅި ޖަހާނުލައި ބަލަން ފެށުމުން އައިލީންއަށް އިސްޖަހާލެވުނެވެ. މަޑު ހިނގުމެއްގައި އައިސް މީޝާ އާއި އާޝިޔާ އައިލީން ގޮނޑީގައި ބޭންދިއެވެ. އޭރުވެސް އެންމެންގެ ނަޒަރު ހުއްޓިފައިވަނީ އައިލީންއަށެވެ. އެއާއެކު ގާޒީ އޭނަގެ ވާޖިބައިގެން ކުރިއަށް ދިޔައެވެ.

ކައިވެނީގެ ޚުތުބާ ކިޔަމުން ދިޔައިރު ދެމީހުންވެސް ވަރަށް ރަނގަޅަށް ކަނުލައި އަޑުއަހާށެވެ. ދެހިތުގެ ހިނގުންވެސް ވަނީ އަވަސްވެފައެވެ. ހާސްވެފައި އިންވަރުން އައިލީން އިނީ އިސްޖަހާލައިގެން ދެއަތް ދެއަތާއި މޮޑެލަމޮޑެލައެވެ.”އަނބި ގަބޫލުކޮށްފިން…” ޔޫހާންގެ ފިރިހެންވަންތަ އަޑުން އެހެން ބުނުމާއެކު އައިލީންއަށް ލިބުނު ހިތްހަމަޖެހުމުގައި ދެލޯ މަރައިލެވުނުއިރު ތުންފަތުގައިވީ ފުރިހަމަ ހިނިތުންވުމެކެވެ. ދެލޯ ހުޅުވާލުމަށްފަހު އައިލީން އިސްއުފުލާލާ ޔޫހާންއަށް ބަލައިލިއެވެ. ޔޫހާންގެ މޫނު މަތިންވެސް ފެންނަނީ އިންތިހާއަށް އުފާވެރިކަމާއި ހިތްހަމަޖެހުމެވެ. އައިލީން އިސްއުފުލާ ބަލައިލުމާއެކު ޔޫހާން އައިލީންގެ ނިތުގައި ނުހަނު ލޮއެބާއެކު ބޮސްދިނެވެ. މިފަހަރުވެސް އައިލީންއަށް ހިނިތުންވެލަމުން ދެލޯ މަރާލެވުނެވެ. އެވަގުތު އެތަނުގައި ތިބި އެންމެންގެ އަތްތިލަ ބަޑީގެ އަޑު އިވިގެން ދިޔައެވެ. އެންމެންގެ މޫނު މަތީގައިވެސް ވަނީ އުފާވެރިކަމެވެ. ޒާހިޔާގެ ލޮލުން އުފާވެރިކަމުގެ ކަރުނަ ނިރާލީ ހިތަށް ލިބުނު އުފާވެރިކަމުންނެވެ.

ކައިވެނިކޮށް ނިމުމުން އެންމެނާ ސަލާމްކުރުމަށްފަހު ޔޫހާން އާއި އައިލީން އެއްކައިރިއެއްގައި މަޑުކޮށްލުމާއެކު އާއިލާގެ މެމްބަރުންނާއި ރައްޓެހިން އައިސް ދެމީހުންގެ ގައިގައި ބައްދާލައި ލޯބިން ފިރުމާލަމުން ދެމީހުނަށްވެސް މަރްހަބާ ކިޔެވެ. އެންމެންގެ ތުންފަތުގައިވެސް ވަނީ ނުފިލާ ހިނިތުންވުމެކެވެ.

ޔޫހާން އާއި އައިލީންގެ ކައިވެންޏަށް ފަހު ދެން ކުރިއަށް އޮތީ ޔައިޝް އާއި ޝައުނާގެ ކައިވެންޏެެވެ. ޝައުނާގެ އިންތިޒާރުގައި އިން ޔައިޝް އިނީ މޭޒު މައްޗަށް ނަޒަރު ހުއްޓާލައިގެންނެވެ. ކައިރީގައި އައިސް މީހަކު އިށީންހެން ހީވުމުން ޔައިޝް ބަލައިލި އިރު އޭނަގެ ދާދި ގާތުގައި އެއިނީ އޭނަގެ ހިތުގެ މަލިކާއެވެ. ހުދު ކުލައިގެ އޮފްޝޯލްޑާ ބޮޑު ވެޑިން ޑްރެސްގައި ޝައުނާ އިންއިރު ހާދަ ފުރިހަމައެވެ. ހެދުމުގެ މޭމަތި ވަނީ ހުދު ކުލައިގެ އެސްތަކަކުން ޖަރީކުރެވިފައެވެ. ބުޅި އިސްތަށިގަނޑުގައި ހުޅިއެއް ޖަހާފައިވީއިރު ކުރު އިސްތަށިކޮޅެއް ކަންފަތް ކައިރިން ދޫކޮށްލާފައިވުމުން ޝައުނާ އާއި ނުހަނު ގުޅެއެވެ. ކަންފަތުގައި ހުދު ކުލައިގެ މަލުގެ ބައްޓަމުގެ އިއަރިންގެއް ލައިފައިވާއިރު ކަރުގައިވެސް ހުދު ކުލައިގެ ފަށެއް އަޅާފައިވެއެވެ. އަތުގައިވެސް އައިލީން އެކޭ އެއްފަދައިން ހުދު ކުލައިގެ ބްރޭސްލެޓެއް އަޅާފައިވެއެވެ. މޫނުގައި ލުއި މޭކަޕެއް ކޮށްފައިވާއިރު ބަލާއިލަން ނުހަނު ހިތްގައިމެވެ.

ހާސްވެފައި އިން ޝައުނާ އިނީ އިސްޖަހައިލައިގެން ދެއަތް ދެއަތާ މޮޑެލަ މޮޑެލައެވެ. ޔައިޝްއަށް އެކަން ނަގައިގަނެވުމުން ޝައުނާގެ އަތުގައި ހިފަހައްޓާލިއެވެ. އެއާއެކު ޝައުނާއަށް ޔައިޝް އާއި ދިމާލަށް ބަލައިލެވުނެވެ. ޔައިޝް ހިނިތުންވެލަމުން ދެލޯ މަރާލުމާއެކު ޝައުނާވެސް ހިނިތުންވެލިއެވެ. ދެމީހުންގެ ކައިވެނި ކުރެވުމާއެކު ދެހިތަށްވެސް ބަޔާންކުރަން ދަތި ހިތްހަމަޖެހުމެއް ލިބިގެން ދިޔައެވެ. އެކަން ދެމީހުންގެ މޫނު މަތީގައިވި ހިނިތުންވުމުން ބަޔާންކޮށްދެއެވެ. އެންމެންވެސް އައިސް ދެމީހުނަށް މަރްހަބާ ކިޔެވެ. ޔައިޝް އާއި ޝައުނާ އާވެސް ގޮސް މަޑުކޮށްލީ ޔޫހާން އާއި އައިލީންގެ ކައިރީގައެވެ. އައިލީން ޝައުނާގެ ގައިގައި ބައްދާލިއިރު ޔޫހާން ޔައިޝްގެ ގައިގައި ކުޑަކޮށް ބައްދާލަމުން މަރުހަބާ ކިޔެވެ. ޔައިޝް އާއި ޝައުނާވެސް އައިލީން އާއި ޔޫހާންއަށް މަރުހަބާ ކިޔެވެ.

ދެން ކުރިއަށް އޮތީ އިފާން އާއި ރިފްޝާގެ ކައިވެންޏެވެ. އިފާން މަޑުކޮށްލައިގެން ހުރީ ރިފްޝާ އަންނަންދެނެވެ. ހުދު ކުލައިގެ އޮފް ޝޯލްޑާ ވެޑިން ޑްރެސްގައި ހުރި ރިފްޝާ ފެނިފައި އިފާން ހުރީ ހިރިލަންވެސް ނޭނގިފައެވެ. ރިފްޝާގެ ހެދުމުގައިވެސް ވަނީ ލޭސްފޮތި ބޭނުންކޮށްފައެވެ. މޫނުގައި ލުއި މޭކަޕެއް ކޮށްފައިވާއިރު ކޮނޑުން ތަންކޮޅެއް ތިރިއަށް އަންނަ ފަން އިސްތަށިގަނޑު ވަނީ އެއްފަރާތުން ކަފިކޮށްލުމަށްފަހު މިނިވަންކަމާއެކު ދޫކޮށްލެވިފައެވެ. އިސްތަށިގަނޑުން ބައެއް ދެފަރާތުގެ ކޮނޑުންވެސް ކުރިމައްޗަށް ގެނެސްފައިވުމުން ވަރަށް ރީއްޗެވެ. ހުދު ކުލައިގެ ޑައިމަންޑް ޝޭޕްގެ އިއަރިންގެއް ކަންފަތުގައި ހަރުކުރެވިފައިވީއިރު ރިފްޝާގެ ކަރުގައިވެސް ރީތި ފަށެއް ވިއެވެ.

” ފާން… މިތައިހުރެތަ ކައިވެނި ކުރަނީ… ދެންވެސް ދޭބަލަ އެ ގޮނޑީގަ އިށީންނަން… ” ރިފްޝާއަށް ބަލަންހުރި އިފާން ސިހުނީ އޭނަގެ އަތުގައި ކުޑަކޮށް ވިކާލަމުން އިރުފާން އެހެން ބުނުމުންނެވެ. ކުރެވުނު ކަންތައް އިފާންއަށް އިނގުނީ އަދި ކިރިޔާއެވެ. ތަންކޮޅެއް ދުރުގައި ތިބި ޔޫހާންމެނަށް ބަލައިލިއިރު އެމީހުން ތިބީ ހޭށެވެ. އިފާން ބަލައިލުމާއެކު އެމީހުން ހެމުން ހެމުން އަވަހަށް ދިއުމަށް އަތުން އިޝާރާތްކުރިއެވެ.

އިފާން ގޮސް ގޮނޑީ އިށީނެވެ. އެއާއެކު ރިފްޝާވެސް އައިސް އިށީނެވެ. ” އަނބި ގަބޫލުކޮށްފިން… ” އިފާންގެ އަޑުން އެހެން ބުނުމާއެކު ރިފްޝާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. ވަގުތުން އޭނައަށް އިފާންއަށް ބަލައިލެވުނެވެ. އޭރު އިފާންވެސް އިނީ އޭނައަށް ބަލަހައްޓާއިގެންނެވެ. އިފާން ރިފްޝާގެ އުނގު ތެރޭގައި އޮތް ކަނާއަތް ނަގައި ނުހަނު ލޮއެބާއެކު ބޮސްދިނެވެ. އެއާއެކު ރިފްޝާއަށް ލަދުން އިސްޖަހާލެވުނެވެ. އޭރު އޭނަގެ ތުންފަތުގައިވީ ލަދުރަކި ހިނިތުންވުމެކެވެ.

ތިން ކައިވެނި ކުރެވުމާއެކު ކައިވެނި ޕާޓީ ފެށިގެން ދިޔައެވެ. ތިން ޖޯޑުވެސް ގޮސް އެމީހުނަށް ތިބުމަށް ޚާއްސަކުރެވިފައިވި ތަނުގައި ހުއްޓިލިއެވެ. އައިލީން އާއި ރިފްޝާ އަދި ޝައުނާގެ އަތުގައިވެސް ކަނޑު ނޫކުލަ އާއި ހުދުކުލައިގެ މާ ހިމެނޭ ބުކޭއެއް އޮތެވެ. އެމީހުން ތިބެން ހަމަޖެހިފައިވި ތަންވެސް ވަނީ ހުދު ކުލަ އާއި ކަނޑު ނޫކުލައިގެ ފޮތިންނާއި މާމެލާއިމެލިން ޒީނަތްތެރިކުރެވިފައެވެ. އެއާއެކު މެހެމާނުންތައް ޕާޓީއަށް އަންނަމުން ދިޔައެވެ. ކޮންމެ މީހެއްގެ ދުލު ކުރީގައިވެސް ވަނީ ކައިވެނި ކުރެވުނު ތިން ޖޯޑަށް ތަޢުރީފާއި ހެޔޮ ދުޢާތަކެވެ. އެތަނުގައި ތިބި އިރުވެސް ތިން އަންހެން ކުދިންނަށް ދިޔައީ އެމީހުންގެ ފިރިންގެ ފަރާތުން ތަޢުރީފުގެ ބަސްތަކާއެކު ކުދިކުދި ޖެއްސުންތައް ކުރަމުންނެވެ.

” ސާބަސް ކަލޭމެނަށް… މިވަގުތުކޮޅުވެސް ތިއުޅެނީ މަޑުން ނުހުރެވިގެން… މަ ހާދަ އިރަކު ހުރެފީމޭ ތި އެންމެންގެ ހަތަކާތްތަކަށް ބަލަން… ދެން މުޅި ދިރިއުޅުން އެކަކު އަނެކަކާއެކު ހޭދަކުރަން ލިބޭ އިރު މިރޭގެ މިވަގުތުކޮޅު ޕާޓީއަށް އަންނަ މެހެމާނުންނަށް ހުސްކޮށްލަންވީއެއްނު ދޯ…” ތަންކޮޅެއް ދުރުގައި އެމީހުންގެ ހަރަކާތްތަކަށް ބަލަން ހުރި ލިޝާން އޭނަގެ ދާދި ގާތުގައި ހުރި ނުހާގެ އަތުގައި ހިފާލުމަށްފަހު ޔޫހާންމެންގެ ކުރިމަތީ އައިސް ހުއްޓުމަށްފަހު ލާނެއް ހިނިތުންވުމަކާއެކު ބުނެލިއެވެ. ” އޯހް… ތިއެއް ބަލާނަމޭ އަހަރެމެން ދޯ… ދެން މާގިނަ ދުވަސްތަކެއްނުކޮށް އަހަރެމެނަށް ސައިވެސް ދޭންޖެހޭނެ އިނގޭ… ” ފުޅާ ހިނިތުންވުމަކާއެކު ޔޫހާން ބުނެލިއެވެ. ” އިންޝާ ﷲ… ” ނުހާގެ މޫނަށް ލޮއެބާއެކު ބަލައިލަމުން ލިޝާން ބުނެލިއެވެ. އަދި ދެމީހުންވެސް އެންމެނަށް މަރުހަބާ ކިޔާ އެދެމީހުންގެ ފަރާތުން ހަދިޔާއެއް ކޮންމެ ބަޔަކަށްވެސް ދިނެވެ. އިރުކޮޅަކު ވާހަކަ ދައްކަން ހުރެލުމަށްފަހު ނުހާގެ އަތުގައި ހިފަހައްޓާއިގެން ހުރެ ލިޝާން މިސްރާބުޖެހީ ކާތަކެތި ބަހައްޓާފައިވި މޭޒާއި ދިމާލަށެވެ.

” ކޮންގްރޭޖުލޭޝަންސް އައިލީ އެން ޔޫން… ” ކަނޑު ނޫކުލައިގެ އަތް ދިގު މެކްސީއެއްގައި ހުރި ނައުރީން ދިނާޖުގެ އަތުގައި ހިފައިގެން ހުރެ އައިލީން އާއި ޔޫހާންގެ ކުރިމަތީގައި ހުއްޓިލަމުން ރީތި ިހިނިތުންވުމަކާއެކު ބުނެލިއެވެ. އެދެމީހުން ފެނުމުން އައިލީން އާއި ޔޫހާންގެ ތުންފަތަށްވެސް ފުޅާ ހިނިތުންވުމެއް ވެރިވިއެވެ. ދިނާޖުވެސް ހިނިތުންވެފައި މަރުހަބާ ކިޔަމުން ޔޫހާންއަށް ސަލާމަށް އަތް ދިއްކޮށްލިއެވެ. ” ވަރަށް ބޮޑަށް ތޭންކްސް އަހަރެމެންގެ މިއުފަލުގަ ބައިވެރިވެދިނީމަ… އެހެންވީމާ ވަރަށް އަވަހަށް އަހަރެމެނަށް ސައި ލިބޭނެކަމަށް މިބަލަނީ ތިދެމީހުންގެ ފަރާތުން… ” ދިނާޖު އާއި ސަލާމްކޮށްލަމުން ނުހަނު އުފަލާއެކު ޔޫހާން ބުނެލިއެވެ. ” ހޫމް… އިންޝާ ﷲ ވަރަށް އަވަހަށް ލިބޭނެ… އަސްލު… އަސްލު ވަރަށް ލަދުގަނޭ މިހެން ޔޫންމެންގެ ކުރިމައްޗަށް އަރަން… ވީއާ ރިއަލީ ވެރީ ސޮރީ… ” އައިލީން އާއި ޔޫހާންއަށް ބަލައިލަމުން ދެރަވެފައި ހުރެ ނައުރީން ބުނެލިއެވެ. އޭރު ދިނާޖުގެ މޫނު މަތިންވެސް އެއަސަރުތައް ފެންނަން ހުއްޓެވެ. ” ނައު… އިޓްސް އޯކޭ… މިހާރު އެތައް ފަހަރަކު މާފަށްވެސް އެދެފީމެއްނު… އަހަރެންވެސް އަދި ޔޫހާންވެސް ނައުއަށާ ފިނާޖުއަށް މާފުކޮށްފީމޭ… އެއީ މިހާރު ވެނިމިފަ އޮތް ކަމެއްނު… އެއީ ޕާސްޓް ކަމަށް ދެކިގެން މިހާރު ތިހުރިހެން ރަނގަޅަށް ހުންނާތި އިނގޭ އަބަދުވެސް… ” އައިލީން ނައުރީންގެ ދެއަތުގައި ހިފަހައްޓާލަމުން ހިތްހެޔޮކަމާއެކު ބުނެލިއެވެ. އެއާއެކު ޔޫހާންވެސް ދިނާޖުގެ ކޮނޑުގައި އަތް ބާއްވާލަމުން ހިނިތުންވެލިއެވެ. އައިލީންގެ އެވާހަކަތަކުން ނައުރީން އާއި ދިނާޖުއަށް ހިތްހަމަޖެހުން ލިބިގެން ދިޔައެވެ. ދިނާޖު އޭނަގެ އަތް ޔޫހާންގެ އަތުގެ މަތީގައި ބާއްވާލިއިރު ނައުރީން އައިލީންއަށް  ހިނިތުންވެލަމުން ބޯޖަހާލިއެވެ. އެންމެނާ ސަލާމްކުރުމަށްފަހު އެދެމީހުންވެސް މިސްރާބުޖެހީ ކާތަކެތި ބަހައްޓާފައިވި މޭޒު ކައިރިއަށެވެ.

ވަގުތުތައް ހޭދަވަމުން ގޮސް ޕާޓީ ނިމެން ކައިރިވެއްޖެއެވެ. އޭރު ޕާޓީއަށް އަންނަމުން ދިޔަ މީހުންވެސް ވަނީ ވަރަށް މަދުވެފައެވެ. އެހެންކަމުން އެންމެން ފޮޓޯ ނެގުމައިގެން ކުރިއަށް ދިޔައެވެ. އާއިލާ އާއި އެކުވެރިންނާއެކު ފޮޓޯ ނެގުމަށްފަހު ކައިވެނި ކުރެވިގެން ދިޔަ ތިން ޖޯޑު އެކުގައިވެސް އެތައް ފޮޓޮއެއް ނެގިއެވެ. އެއަށްފަހު އެބައަކު އެކަނިވެސް އެކި ގޮތްގޮތަށް ރީތިކޮށް ފޮޓޯ ނެގިއެވެ. ފޮޓޯ ނެގުމަށްފަހު ޕާޓީ ނިމުމުން އެންމެން އެކުގައި ކެއުމައިގެން ކުރިއަށް ދިޔައެވެ. ކައިނިމިގެން ވެފައިހުރި ވަރުބައްޔާއެކު ޔައިޝް އާއި ޝައުނާގެ އިތުރުން އިފާން އާއި ރިފްޝާވެސް ގެއަށް ދިއުމަށް އަވަސްވެގަތެވެ. ” ދަރިފުޅާ… ދަރިފުޅުމެންވެސް ދޭ ދެން އަވަހަށް ނިދާލަން… ބާކީ ހުރި މަސައްކަތްތައް ބައްޕަމެން ހަމައަކަށް އަޅުވާލާނަން… ” ޔައިޝްމެން ކާރު ދުއްވާލުމާއެކު ޔޫހާން ގާތު ޔާސިރު ބުނެލިއެވެ. އެއާއެކު ޔޫހާން ބޯޖަހާލުމަށްފަހު އައިލީން ގާތު ދާން ހިނގާށޭ ބުނެ އައިލީންގެ އަތުގައި ހިފައިގެން ގޭތެރެއަށް ވަނުމަށް ހިނގައިގަތެވެ.

ޔޫހާންގެ އަތުގައި ހިފައިގެން ހުރި ސިޑިން އަރަމުން ދިޔަ އައިލީންގެ ހިތް ދިޔައީ ބާރުބާރަށް ތެޅެމުންނެވެ. އައިލީންގެ އަތުގައިވި ފިނިކަމުން އޭނަ ޖެހިލުންވެފައި ހުރިކަން ޔޫހާންއަށްވެސް ނަގައިގަނެވުނެވެ. ޔޫހާން ވަކި ހިސާބެއްގައި މަޑުކޮށްލުމަށްފަހު ފަސްއެނބުރި ބަލައިލިއެވެ. އެންމެންވެސް ހަރަކާތްތެރިވަމުން ދިޔައީ މަސައްކަތުގައެވެ. އެމީހުންގެ ހުރިހާ ސަމާލުކަމެއްވެސް ދެވިފައިވަނީ މަސައްކަތަށެވެ. ޔޫހާން އެހެން ހުއްޓި ހުރުމުން އައިލީންގެ ހިތުގައި ސުވާލު އުފެދުނެވެ. އެހެންކަމުން އޭނަ ކިހިނެއްވީތޯ ސުވާލުކުރިއެވެ. ޔޫހާން އައިލީންގެ ސުވާލަށް ޖަވާބުދިނުމުގެ ބަދަލުގައި އައިލީން އޭނަގެ އަތްދަޑި މައްޗަށް އުފުލާލިއެވެ. ލިބުނު ސިހުމުގައި އައިލީންއަށް ހަޅޭއްލަވައިނުގަނެވުނީ ހަމަ ކިރިޔާއެވެ. ” ޔޫހާން… މީހަކަށް ފެނިދާނޭ… ތިރީގަ ބަހައްޓަބަލަ… ” ދެލޯ ބޮޑުކޮށްލަމުން ބާރަށް ޔޫހާންގެ ގަމީހުގައި ހިފަހައްޓާލަމުން އައިލީން ބުނެލިއެވެ. ” ހެވޭ ފެނުނަސް… ތީ މިހާރު އަހަރެންގެ ވައިފީއެއްނު… ސޯ އައި ޑޯންޓް ކެއާ… ” ލާނެއް ހިނިތުންވުމެއްް ވެރިކުރުވަމުން ޔޫހާން ބުނެލިއެވެ. ޔޫހާން އޭނަގެ ކޮޓަރީގެ ދޮރު މައްޗަށް ހުއްޓި އައިލީން ތިރީގައި ބެހެއްޓިއެވެ. އަދި ދޮރު ހުޅުވާލިއެވެ. ދޮރު ހުޅުވާލުމާއެކު ފެނުނު މަންޒަރުން ދެމީހުނަށްވެސް ކޮޓަރީގެ އެކިއެކި ދިމަ ދިމާލަށް ބަލަހައްޓާއިގެން ހުރެވުނެވެ. މުޅި ކޮޓަރި ތެރޭގެ ޓައިލްސްތަކުގައި ވަނީ ރަތް ކުލައިގެ ފިނިފެންމާ ފިޔަތަކެވެ. ސައިޑް ކަނބަޑާއި ޑްރެސިން ޓޭބަލްގެ މަތީގައި ފިނިފެންމާ ފިޔަތަކުގެ އިތުރުން ހުދު ކުލައިގެ އުއްބައްތިއްތައް ދިއްލާފައި ހުއްޓެވެ. ހުދު ކުލައިގެ ބެޑްޝީޓް އަޅާފައިވި ކިންގް ސައިޒްގެ އެނދު މަތީގައިވެސް ވަނީ ރީތި ގޮތަކަށް ފިނިފެންމާ ފިޔަތައް އަތުރާލާފައެވެ. މުޅި ކޮޓަރި އެއްވަސްވެފައި ވަނީ ފިނިފެންމަލުގެ ވަހުންނާއި އުއްބައްތީގެ ވަހުންނެވެ. ޝައުގުވެރިކަމާއެކު ކޮޓަރީގެ އެކި ދިމަދިމާލަށް ބަލަމުން ދިޔަ އައިލީންގެ ހަރަކާތްތަކަށް ބަލަން ހުރެ ޔޫހާން އޭނަގެ ފަޓުލޫނުގެ ދެޖީބަށް އަތްޖަހާލިއެވެ. އެވަގުތު ޖީބުގައި އޭނަގެ ފޯނު ނެއްކަން އިނގުނެވެ. އައިލީން ގާތު ފޯނު ހިފައިގެން އެބަ އަންނަން ކަމަށް ބުނެ ޔޫހާން އޭނަގެ ކޮޓަރިން ނިކުތެވެ.

ޔޫހާން ކޮޓަރިން ނިކުތުމާއެކު އައިލީންއަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ. އޭނަގެ ނޭނގޭ ބާރު މިނެއްްގައި ތެޅެމުން ދިޔައެވެ. މުޅި އަތްފައި ވަނީ ފިނިވެފައެވެ. އައިލީން ގޮސް ޑްރެސިން ޓޭބަލްގެ ކުރިމަތީގައި ހުއްޓިލިއެވެ. އަދި ކަންފަތުގައި ހަރުކުރެވިފައިވި އިއަރިންގް ނެގުމަށްޓަކައި ދެއަތް އުފުލާލިއެވެ. އެވަގުތު ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު ޔޫހާން އެތެރެއަށް ވަނެވެ. ވަގުތުން އައިލީންގެ ހަރަކާތްތައް ހުއްޓުނެވެ. އޭނައަށް ޑްރެސިން ޓޭބަލްގެ ލޯގަނޑުން ޔޫހާންއަށް ބަލަހައްޓާއިގެން ހުރެވުނީއެވެ. ޔޫހާން އައިލީންއަށް ބަލައިލުމަށްފަހު އޭނަގެ ފޯނުގެ ސޯފާމަތީގައި ބޭއްވިއެވެ. އަދި ގޮސް އައިލީންގެ ފަހަތުގައި ހުއްޓިލިއެވެ. ” އައި ލަވް ޔޫ… ” އައިލީންގެ ކަންފަތް ކައިރީގައި މަސްތީ ރާގެއްގައި ޔޫހާން އެހެން ބުނެލުމާއެކު އައިލީންގެ ގައިން ހީބިހި ނަގައިގެން ދިޔައިރު ދެލޯވެސް މަރާލެވުނެވެ. ޔޫހާން މަޑުމަޑުން އައިލީންގެ ކަންފަތުގައިވި އިއަރިންގް ނައްޓުވާލިއެވެ. އަދި އައިލީންގެ ފަން އިސްތަށިގަނޑު އެއްފަރާތް ކޮށްލުމަށްފަހު ކަރުގައި އަޅާފައިވި ފަށްވެސް ނެގިއެވެ. އައިލީންއަށް ޔޫހާންގެ ހޫނު ނޭވާތައް އޭނަގެ ކަނދުރާއަށް އެޅެމުން ދިޔަ އިހުސާސަކުރެވުމުން ހުރީ ހިރިލަންވެސް ނުކެރިފައެވެ. އައިލީންގެ ހާމައަށް އޮތް ދޮން ކަނދުރާގައި ޔޫހާންއަށް އޭނަގެ އަތުން ފިރުމާލެވުނެވެ. އައިލީންއަށް ވަގުތުން ސިހިފައި ދުރަށްޖެހިލެވުނެވެ. އެހެނަސް ޔޫހާން އައިލީންގެ ކޮނޑުގައި ހިފަހައްޓާލުމަށްފަހު ކައިރިއަށް ގެނެސް އައިލީންގެ ދޮން ކަނދުރާގައި ބޮސްދިނެވެ. އައިލީން ހުރީ އޭނަގެ ނޭވާ ހިފަހައްޓާލައިގެންނެވެ. މިފަހަރުވެސް އައިލީން ޔޫހާން އާ ދުރަށްޖެހިލިއެވެ. ޔޫހާން ހުޝިޔާރުކަމާއެކު އައިލީންގެ އަތުގައި ހިފާ އޭނަ އާއި ދިމާލަށް ދަމާލިއެވެ. އެއާއެކު އައިލީން ގޮސް ތަތްވީ ޔޫހާންގެ ހަށިގަނޑުގައެވެ. ” މިރޭ ނުދެވޭނެ އައިލީއަކަށް… ” އައިލީންގެ ބަނޑުގައި ފަހަތުން ދެއަތް ވަށާލަމުން ޔޫހާން ބުނެލިއެވެ. އަދި ގެނައި ކުއްލި ހަރަކާތަކާއެކު އައިލީން އޭނަ އާއި ވީ ފަރާތަށް އަނބުރާލިއެވެ. އެއާއެކު ދެމީހުންގެ ހަތަރު ކަޅި ބައްދަލުވެެގެން ދިޔައެވެ. ދެހިތުގައިވެސްވީ އެކަކު އަނެކަކަށްޓަކައި އޮތް ނިމުމެއްނުވާ ލޮއެބެވެ. ” އައި ފީލް ސޯ ލަކީ ޓު ހޭވް ޔޫ އިން މައި ލައިފް ޑިއާ ވައިފީ… ” އައިލީންގެ މޫނުގައި ހިފަހައްޓާލަމުން ޔޫހާން ބުނެލިއެވެ. އަދި ނުހަނު ލޮއެބާއެކު އައިލީންގެ ނިތުގައި ބޮސްދިނެވެ. ޔޫހާންގެ ތުންފަތުގެ އިހުސާސްކުރެވުމާއެކު އައިލީންއަށް ލޯ މަރާލަމުން ހިނިތުންވެލެވުނެވެ. ” އައިމް ސޯ ލަކީ ޓު ހޭވް ޔޫ އިން މައި ލައިފް އޭޒް މައި ހަޒްބަންޑް… ” ފުޅާ ހިނިތުންވުމަކާއެކު ޔޫހާން އޭނަގެ މޫނުގައި ހިފަހައްޓާފައިވި އަތުގައި ހިފާލަމުން އައިލީންވެސް ބުނެލިއެވެ. އެއާއެކު ޔޫހާންއަށްވެސް ހިނިތުންވެލެވުނެވެ. ޔޫހާން މަޑުމަޑުން އައިލީންގެ މޫނާއި އޭނަގެ މޫނު އިތުރަށް ގާތްކުރަމުން ދިޔައެވެ. އޭރު އޭނަގެ ނަޒަރު ހުއްޓިފައި ވަނީ ފިޔާތޮށި ކުލަ އަރާ އައިލީންގެ ތުންފަތަށެވެ. ޔޫހާން ލޮއެބާއެކު އައިލީންގެ ތުންފަތުފައި ބޮސްދިނެވެ. އައިލީންއަށްވެސް ޔޫހާންގެ އެއަމަލުގައި ބައިވެރިވެވުނެވެ. ޔޫހާން އައިލީން އޭނަގެ އަތްދަނޑި މައްޗަށް އުފުލާލުމަށްފަހު ގޮސް އެނދުގައި ބާއްވާލިއެވެ.

ކޮޓަރިއަށް ވަން ޝައުނާގެ ހިތްވެސް ދިޔައީ ބާރު ބާރަށް ތެޅެމުންނެވެ. އެކޮޓަރިވެސް ވަނީ ފިނިފެން މަލުގެ ފިޔަތަކުންނާއި އުއްބައްތިތަކުން ޒީނަތްތެރިކޮށްފައެވެ. ކޮޓަރީގެ ދޮރު ލެއްޕުނު އަޑަށް ޝައުނާއަށް ސިހިފައި ފަހަތަށް އެނބުރެވުނެވެ. އޭރު ޔައިޝް އޭނަ ލައިގެން ހުރި ކަނޑު ނޫކުލައިގެ ކޯޓު ބާލަނީއެވެ. ކޯޓު ބޭލުމަށްފަހު ޔައިޝް ސޯފާ މައްޗަށް އެއްލާލިއެވެ. އަދި ޝައުނާގެ ގާތަށް ދިއުމަށް މަޑު ހިނގުމެއްގައި ހިނގައިގަތެވެ. ޔައިޝް އަޅަމުން ދިޔަ ކޮންމެ ފިޔަވަޅަކަށް ޝައުނާ ދިޔައީ ފަހަތަށް ފިޔަވަޅު އަޅަމުންނެވެ. އެހެން ދަމުން ދަމުން ގޮސް އޭނަ ޖެހުނީ އަލަމާރީގައެވެ. އިތުރަކަށް ފަހަތަށް ޖެހެވޭކަށް ނެތެވެ. އޭރު ޔައިޝް އައިސް ހުރީ ދެމީހުންގެ ހޫނު ނޭވާ އެކަކު އަނެކަކަށް އިހުސާސްކުރެވޭހާ ގާތުގައެވެ. ” ޔޫ ލުކް ބިއުޓިފުލް މައި ޑިއާ ވައިފް… ” ޝައުނާގެ އޮމާން މޫނުގައި އޭނަގެ ކަނާއަތުގެ ޝަހާދަތް އިނގިލިން ފިރުމާލަމުން ޔައިޝް ބުނެލިއެވެ. ކުރުވި ފޮނި އިހުސާސަކުން ޝައުނާއަށް ދެލޯ މަރާލަމުން ތުންފަތަށް ލަދުރަކި ހިނިތުންވުމެއް ތުންފަތަށް ވެރިކުރުވިއެވެ. ޔައީޝް ޝައުނާގެ ދަތްދޮޅި ދަށަށް އިނގިލި ލައްވާލުމަށްފަހު އިސްއުފުލާލިއެވެ. އެއާއެކު ޝައުނާ އޭނަގެ ދެލޯ ހުޅުވާލިއެވެ. ” ލަވް ޔޫ ސޯ މަޗް ޝައު… އައި ވޮންޓް ލީވް ޔޫ… ” ޝައުނާގެ ގަދަ ޗޮކްލެޓު ކުލައިގެ ކަޅިއެއް ލިބިފައިވި ދެލޮލަށް ބަލަހައްޓާއިގެން ހުރެ ޔައިޝް ބުނެލިއެވެ. އެއާއެކު ޝައުނާ ވަރަށް ލޯބިން ޔައިޝްގެ ގައިގައި ބައްދާލިއެވެ. ” އައި ލަވް ޔޫ ޓޫ ޔައިޝް… ދުވަހަކުވެސް ޔައިޝް އާ ވަކިވާކަށް ބޭނުމެއްނޫން… ” ޔައިޝްގެ މޭތެރޭގައި އޭނަގެ މޫނު ފޮރުވާލަމުން ޝަައުނާ ބުނެލިއެވެ. ޔައިޝްވެސް ވަރަށް ލޯބިން ޝައުނާގެ ހަށިގަނޑުގައި އޭނަގެ ދެއަތުން ވަށާލިއެވެ. ދުވަހަކުވެސް ދޫކޮށްނުލާނަމޭ ބުނާ ފަދައިންނެވެ. އެރޭގެ ބާކީ ބައި ދެމީހުންވެސް ހޭދަކުރީ އެކަކު އަނެކަކުދެކެ ވާ ތެދުވެރި ލޯބި އަމަލުތަކުން ސާބިތުކޮށްދެމުންނެވެ.

ރިފްޝާ މަޑު ހިނގުމެއްގައި ގޮސް އިފާންގެ ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. އޭރު އިފާންވެސް ކާރު ޕާކުކޮށްލުމަށްފަހު ރިފްޝާގެ ފަހަތުން އާދެއެވެ. ދޮރު ހުޅުވާލި ރިފްޝާއަށް ހިނިތުންވެލެވުނީ ކޮޓަރި ޒީނަތްތެރިކޮށްފައިވާލެެއް ރީތިކަމުންނެވެ. ހިނިތުންވެލަމުން ކޮޓަރިއަށް ވަންތަނާ ކުޑަކޮށް ހުޅުވިފައިހުރި ބެލްކަނީގެ ދޮރު ލޮލުގައި އަޅާއިގަތެވެ. އެއާއެކު ދޮރު ލެއްޕުމަށްޓަކައި އޭނާ ދޮރާއި ދިމާލަށް ހިނގައިގަތެވެ. ދޮރު ލައްޕަން ދިޔަ ރިފްޝާގެ ޚިޔާލު ބަދަލުވެ އޭނާ ބެލްކަންޏަށް ނިކުތެވެ. ބެލްކަންޏަށް ނިކުމެ ރެއިލްގައި އަތް އަޅުވާލައިގެން ރިފްޝާ ހުރިއިރު ޖެހެމުން ދިޔަ ފިނި ވައިރޯޅިތައް އޭނަގެ ހަށިގަނޑުގައި ބީހެމުން ދިޔައިރު ފަން އިސްތަށިގަނޑާ ދިޔައީ އެކިއެެކި ސަމާސާކުރަމުންނެެވެ. ޖަވާހިރުތަކެއް ފަދައިން ވިދަމުން ދިޔަ ތަރިތަކަށް ނަޒަރު ހުއްޓާލައިގެން ހުރި ރިފްޝާ ސިހުނީ ފަހަތުން އިފާން އައިސް އޭނަގެ ހަށިގަނޑުގައި ބައްދާލުމުންނެވެ. ” ހާދަ ވަރަކަށް ތި ސިހުނީ… މަށޭ މީ… ” ރިފްޝާގެ ކޮނޑުގައި ދަތްދޮޅި ޖައްސާލަމުން އިފާން ބުނެލިއެވެ. ” ނޭނގި ހުއްޓަ ފާން ތިހެން ކަންތައް ކުރީމަ ސިހޭނެއެއްނު… ” އޭނަގެ ހަށިގަނޑުގައި ވަށާލެވިފައިވި އިފާންގެ އަތުގެ މަތީގައި އޭނަގެ އަތް ވަށާލަމުން ރިފްޝާ ބުނެލިއެވެ. ” ދެން ރިފޫ ޖެހޭނީ މިކަހަލަ ކަންކަމަށް އާދަކުރަން އިނގޭ… ” އިފާން ބުނެލިއެވެ. އެއާއެކު ރިފްޝާގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. އިފާން ނުހަނު ލޮއެބާއެކު ރިފްޝާގެ ކޯތާފަތުގައި ބޮސްދިނެވެ. އަދި އަތް ދަނޑި މައްޗަށް ރިފްޝާ އުފުލާލުމަށްފަހު އިފާން ކުޑަކޮށް އެނބުރިލިއެވެ. އެއާއެކު ރިފްޝާގެ މަޑު ހުނުމުގެ އަޑު އިވުނެވެ. އެސަކަރާތުގައި ތިބެ ދެމީހުންވެސް ކޮޓަރައަށް ވަނެވެ.

ފަސް އަހަރު ފަސް…

ގަދަ ފިޔާތޮށި ކުލައިގެ ޝޯލްްއެއް އޮޅަން ޑްރެސިން ޓޭބަލްގެ ކުރިމަތީގައި އައިލީން ހުއްޓެވެ. ފައިތިލަ އާއި ހަމައަށް އަންނަ ފަސްބައި ފުޅާކޮށް ފަހައިފައިވި ކަޅު ހެދުމާއެކު ގަދަ ފިޔާތޮށި ކުލައިގެ ޝޯލް އައިލީން އާއި ނުހަނު ގުޅެއެވެ. ހެދުމުގެ އަތް ފިޓްކޮށް ފަހައިފައިވީއިރު އަތުގެ ކުރިއަށް ގަދަ ފިޔާތޮށި ކުލައިގެ ރީތި ލޭސްފޮތިކޮޅެއް ބޭނުންކޮށްފައިވުމުން ވަރަށް ރީތި ކަމަށް ދައްކައެވެ. ޝޯލްއަށް އެންމެ ފަހުން ޕިން ޖަހަން ހުރި އައިލީންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވީ ފަހަތުން ޔޫހާން ބައްދާލުމުންނެވެ. ޔޫހާން ލޯގަނޑުން ފެންނަމުން ދިޔަ އައިލީންގެ ރީތި ސޫރައަށް ބަލައިލިއެވެ. އެދޮން މޫނުގައި ލުއި މޭކަޕެއް ކޮށްފައިވީއިރު އިތުރު ފުރިހަމަކަމެއް ގެނެސްދެނީ ގަދަ ފިޔާތޮށި ކުލައިގެ ލިޕްސްޓިކްއިން ފަވާލެވިފައިވި ތުންފަތުގައިވި ހިނިތުންވުމުންނެވެ.

” އަހަރެންގެ ވައިފީ ހާދަ ލޮއެބޭ… ” ލޯގަނޑުން ފެންނަމުން ދިޔަ އައިލީންގެ އެރީތި ސޫރައަށް ބަލަންހުރެ ޔޫހާން ބުނެލިއެވެ. ” އެހެންތަ… މިއަދު އެކަނިތަ… ” ޔޫހާން އާއި ވީ ފަރާތަށް އެނބުރި އޭނަގެ ކަރުގައި ދެއަތް ވަށާލަމުން އައިލީން ބުނެލިއެވެ. ” އަބަދުވެސް… ” އައިލީންގެ ރީތި ސޫރައަށް ލޯބިވެތި ނަޒަރަކުން ބަލަަންހުރެ ޖަވާބުގައި ޔޫހާން ބުނެލިއެވެ. އޭރު އަތް ވަނީ އައިލީންގެ އުނަގަނޑުގައި ވަށާލެވިފައެވެ. ” އަހަރެންގެ ހަޒްބަންޑްވެސް ވަރަށް ހޭންސަމް… ” ޔޫހާންގެ އަޅި ކުލައިގެ އަސަރުގަދަ ދެލޮލަށް ބަލައިލަމުން ހިނިތުންވެފައި އައިލީން ބުނެލިއެވެ. ޔޫހާން ގަދަ ފިޔާތޮށި ކުލައިގެ އަތް ދިގު ގަމީހަކާއެކު ހުދު ކުލައިގެ ސްކިނީގައި ހުރި އިރު އާދައިގެ މަތިން ގަމީހުގެ އަތް ވަނީ އުޅަބޮއްޓާ ހަމައަށް އޮޅާލާފައެވެ. ބޮލުގެ އިސްތަށިގަނޑު ވަނީ ރީތި ސްޓައިލަކަށް ސްޓައިލް ކޮށްލާފައެވެ.

” މަންމީ… ޑެޑީ… ހިނގާ ޕާކަށް ދާން… ” އެކަކު އަނެކަކުގެ ލޮލަށް ގެެއްލިފައި ތިބި ދެމީހުނަށް ސިހިފައި ދުރުވެލެވުނީ ކޮޓަރީގެ ދޮރު ހުޅުވާލަމުން އެތެރެއަށް ވަން އެދެމީހުންގެ ތިން އަހަރުގެ ދެކުދިންގެ އަޑަށެވެ. ޔޫހާން އާއި އައިލީންއަށް ލިބުނީ އެއްމާބަނޑު ދެކުދިންނެވެ. އެއީ ޔޫލީން އާއި ޔުއާންއެވެ. އޭރު ގަދަ ފިޔާތޮށި ކުލައިގެ މަތިކޮޅަކާއެކު ސްކާޓެެއް ލައިގެން ހުރި ޔޫލީން އާއި މަޑު ނޫކުލައިގެ ގަމީހަކާއެކު ހުދު ކުލައިގެ ސްކިނީއެއްގައި ހުރި ޔުއާން އެމީހުންގެ ކުރިމަތީގައި ހުއްޓެވެ. ޔޫލީންއަށް ލިބިފައިވަނީ ދޮން ހަންގަނޑަކާއެކު އައިލީންގެ އިސްތަށގަނޑު ފަދަ ކަޅު ކުލައިގެ ފަންފަން ދިގު އިސްތަށިގަނޑެކެވެ. އިސްތަށިގަނޑު އެއްފަރާތުން ކަފިކޮށްލުމަށްފަހު ފިޔާތޮށި ކުލައިގެ ބޭންޑެއް އަޅާފައިވުމުން ނުހަނު ރީއްޗެވެ. ޔޫލީންގެ އިންނަނީ އައިލީން ފަދައިން ކަޅު ކުލައިގެ ކަޅިއެއް ލިބިފައިވި ބޮޑު ދެލޮލެވެ. އެސްފިޔަތައްވެސް އެހާ ދިގެވެ. އެއާއި ޚިލާފަށް ޔުއާންއަށް ލިބިފައިވަނީ ޔޫހާންގެ ގިނަ ސިފަތަކެވެ. އަޅި ކުލައިގެ ކަޅިއެއް ލިބިފައިވި ދެލޮލާއި ބޮލުގެ އިސްތަށިކޮޅުވެސް ހުރީ ޔޫހާން ފަދައިން ފަންކޮށެވެ. އެއިސްތަށިކޮޅުގައި ސްޕައިކް ޖައްސާލައިފަައި ހުރުމާއެކު ގަމީހުގެ އަތް އުޅަބޮއްޓާއި ހަމައަށް އޮޅާފައިވުމުން ޔޫހާން އާއި އިތުރަށް ވައްތަރުކަމަށް ދައްކައެވެ. އަދި އޭނަ ހުރީ ޔޫހާންއެކޭ އެއްފަދައިން ކަޅާއި ހުދު ހިމެނޭ ބޫޓަކަށް އަރާފައެވެ. މޫނު މަތިންވެސް ވައްތަރީ ޔޫހާންއާއެވެ.

” ޔެސް… ލެޓްސް ގޯ… ” ޔޫހާން އާއި އައިލީން ޔޫލީންއަށާއި ޔުއާންއަށް ހިނިތުންވެލަމުން އެކުދިންގެ އަތުގައި ހިފައިގެން ކޮޓަރިން ނިކުތެވެ. ” އައްދޭ… ކާފަގެ ދެކުދިން ކޮންތާކަށް ދާދުވަހެއް… ހާދަ ރީތި ވެލައިގެނޭ ތިތިބީ ދެކުދިން… ” ސޯފާގައި އިން ޔާސިރު އޭނަގެ އެންމެ ހަގު ކާފަ ދެދަރިން ފެނުމާއެކު ހިނިތުންވެލަމުން ބުނެލިއެވެ. ” ކޮއްކިމެން މިދަނީ ޕާކަށް… ބާއި ކާފާ… ބާއި މާމާ… ” ޔޫލީން އޭނަގެ ޅައަޑުން އެހެން ބުނެލަމުން އަތުން އިޝާރާތްކޮށްލިއެވެ. އެއާއެކު ޔުއާންވެސް އަތުން އިޝާރާތްކޮށްލަމުން ބާއީ ކިޔާލިއެވެ. އައިލީން އާއި ޔޫހާން އަފީފާ އާއި ޔާސިރަށް ހިނިތުންވުމެއް ހަދިޔާކުރަމުން ގެއިން ނިކުތެވެ.

އުޑު މަތި ސާފު ރީތި ދުވަހެކެވެ. ރަސްރަނި ބަގީޗާގައި ގިނަ އަދަދަކަށް މީހުން ހަރަކާތްތެރިވަމުން ދިޔައެވެ. ހަވީރުގެ ވަގުތުކަމުން އެފަދަ ތަންތަނަށް އަންނަ މީހުންވެސް ގިނަވާނެ ނޫން ހެއްޔެވެ؟ ބަގީޗާގެ އެކި ތަންތަންކޮޅުގައި ކުޑަކުދިންނާއި ރައްޓެހިންނާއެކު އެކި މީހުން ހަރަކާތްތެރިވަމުން ދިޔައެވެ. ފެންއަރުވާ ވަޑާން ކައިރީގައި ޔައިޝް އާއެކު ޝައުނާވެސް އެދެމީހުންގެ ހަތަރު އަހަރުގެ ޔަޝާ އާއި ދެއަހަރުގެ ޝައުން އާއެކު އައިލީންމެންގެ އިންތިޒާރުގައި ހުއްޓެވެ. ޔައިޝް ހުރީ ޝައުން ހުރާލައިގެންނެވެ. ޔަޝާ ޝައުނާގެ އަތުގައި ހިފަހައިގެން ހުރި އިރު އޭނަ ދިޔައީ ހުއްޓުމެއްނެތި ވާހަކަ ދައްކަމުންނެވެ.

ރަސްރަނި ބަގީޗާއަށް ވަން އައިލީންމެން ދިޔައީ އެކި ފަރާތް ފަރާތަށް ނަޒަރު ހިންގަމުންނެވެ. ޔުއާން ޔޫހާންގެ އަތުގައި ހިފައިގެން ހުރިއިރު ޔޫލީން ހުރީ އައިލީންގެ އަތުގައި ހިފައިގެންނެވެ. ” ޑެޑީ… މަންމީ… އެތިބީ ޝައު ދައްތި އާ ޔައި ބޭބެ… ޝައުން ކޮއްކޮވެސް… ޝަޔާ ދައްތިވެސް… ” ކުއްލިއަކަށް ޔުއާން އޭނަގެ އިނގިލިން ދިމާލަކަށް އިޝާރާތްކުރަމުން ވަރަށް ފޯރީގައި ބުނެލިއެވެ. އެއާއެކު އައިލީންއަށާއި ޔޫހާންއަށް އެދިމާލަށް ބަލައިލެވުނެވެ. ކަޅު ކުލައިގެ ގަޔަށް ދޫކޮށް އަދިި ފަސްބައި ފުޅާކޮށް ފަހައިފައިވި ހެދުމަކާއެކު އޮރެންޖު ކުލައިގެ ޝޯލްއެއްގައި ހުރި ޝައުނާ އާއި ކަޅު  އޮރެންޖު ކުލައިގެ އުޅަބޮއްޓާއި ހަމައަށް އަތް އޮޅާފައިވި ގަމީހަކާއެކު ކަޅު ކުލައިގެ ސްކިނީގައި ހުރި ޔައިޝް ފެނި ދެމީހުނަށްވެސް ހިނިތުންވެލެވުނެވެ. އޭރު ޔޫލީންވެސް ހުރީ އޭނަގެ ކުދި ކުދި ދަތްތައް ފެންނަ ވަރަށް ހީލައިގެންނެވެ. އައިލީން އާއި ޔޫހާން އެދެމީހުންގެ ކުދިންނާއެކު ޝައުނާމެންގެ ގާތަށް ދިއުމަށް މިސްރާބުޖެހިއެވެ.

ޔޫހާން ހަމަ ދިއުމާއެކު ޝައުން އޭނައަށް އަތް ދިއްކޮށްލިއެވެ. ޔޫހާން ހިނިތުންވެލަމުން ޝައުން އުރާލިއެވެ. އައިލީން އާއި ޝައުނާވެސް ދެމީހުން ފެނުމާއެކު ވާހަކައިގައި ޖެހުނެވެ. ޔާޝާގެ އިތުރުން ޔުއާން އާއި ޔޫލީން ތިބީ އެކުދިންގެ އަމިއްލަ ވާހަކައިގައެވެ. އެމީހުން އެންމެން އެތަނުގައި ތިއްބާ އިފާންއާއެކު ރިފްޝާވެސް އެތަނަށް އައެވެ. ކަޅު ކުލައިގެ ގަޔަށް ދޫ ހެދުމަކާއެކު ދަނބު ކުލައިގެ ޝޯލްގައި ހުރި ރިފްޝާ ހުރީ ދެއަހަރަށް އަޅާފައިވި އެމީހުންގެ ކުޑަ ދަރިފުޅު އިފާ އުރަލައިގެންނެވެ. ދަނބު ކުލައިގެ ގަމީހަކާއެކު އައިސް ބުލޫ ސްކިނީގައި ހުރި އިފާންގެ އަތުގައި ހިފައިގެން އެމީހުންގެ ދޮށީ ދަރިފުޅު ރާއިފް ހުއްޓެވެ. ރާއިފް ހީވަނީ ހަމަ އިފާން ހެންނެވެ. މަޑު ފެހި ކުލައިގެ ޓީޝާޓަކާއެކު ކަޅު ކުލައިގެ ޖިންސުގައި ހުރިއިރު ނުހަނު ލޮއެބެވެ. ރިފްޝާގެ އަތުގައި އިން އިފާ ވައްތަރީ ރިފްޝާއާއެވެ. އެންމެ ބޮޑަށް ވައްތަރުވާ އެއްސަބަބަކީ އިފާގެ އަޅި ކުލައިގެ ދެލޮލެވެ. އެމީހުން ފެނުމުން އެންމެންގެ ތުންފަތަށްވެސް ހިނިތުންވުމެއް ވެރިވިއެވެ.

އެއެންމެން ދިޔައީ އެހިތްގައިމު ހަވީރުގެ ވަގުތުތައް ނުހަނު އުފަލާއެކު ހޭދަކުރަމުންނެވެ. މިވީ އަހަރުތަކުގެ ތެރޭގައި އެކަކު އަނެކަކާ އޮތް ގުޅުން ވަނީ އިތުރަށް ބަދަހިވެފައެވެ. އެރަހުމަތްތެރި ކަންވެސް އެއްވެސް ބަދަލެއްނެތި ކުރިއާލައި ހެދެމުން ދިޔައެވެ. އެމީހުންގެ ދެމެދުގައިވި އެކުވެރިކަމާއި ގާތްކަން ވަނީ އެމީހުންގެ ދަރިންގެ މެދުގައިވެސް އުފެދިފައެވެ. އެއެންމެން ފެންނަ ކޮންމެ މީހަކުވެސް ހިތާ ހިތުން ތަޢުރީފުކޮށްލައެވެ. ހުރިހާ އެކުވެރިންގެ މޫނު މަތިންވެސް ފެންނަމުން ދަނީ އުފާވެރިކަމެވެ. އެތައް ހުރަސްތަކަކަށްފަހު ލޯބި ހާސިލްވިއިރު މިހާރު އެއެންމެންގެ ދިރިއުޅުންވެސް ނުހަނު އުފާވެރިއެވެ.

 

 

 

Comments (47)

  1. Ifoo ifoo

    Salaam dear readers ❤️❤️❤️???… Here is the last part of my first story ???… Alhamdhulillah ???… Ifoo ge first story nimuny ???… V v avas kohlaafa mi up kohly thikudhin ithurah inthizaaru ga nubaithiban vegen… I haven’t check so mistakes huredhaane ???… Furathama vx ifoo ah support dhin hurihaa kudhinnah fahfashun shukurihyaa ❤️❤️❤️???… Ifoo ge story kiyaa, comment koh, n like kuri hurihaa kudhinnah v v v v bodah shukurihyaa ❤️❤️❤️??????… Thikudhinge support aa nulaa ifoo ah mi hisaabah vx naadhevunees ???… Love you all my readers ❤️❤️❤️??????… I hope ifoo ge first story readers ah kamudhiya kamah ???… Kury part ge comment kuri kudhinnah v bodah thanks n sorry reply nukurevunyma… Bt In Sha Allah mi part ge comment thakah reply kuraanan ❤️❤️❤️… Love you all n thankyou so much my loving readers ❤️❤️❤️????????????…

  2. Navii

    Wow.. Nimuny dhw .. Btw story is awsome .. I loved this story .. Ifoo ge new story thah avahah kiyaalan libeyne kama ummeedhu kuran..

    1. Navii
      Navii

      And me first dhw … yey

    2. Ifoo ifoo
      Navii

      Navii ❤️❤️❤️???… Congrats dear ❤️❤️❤️???… Yahh… Story nimuny ???… Thankyou so much dear ❤️❤️❤️?????????… In Sha Allah adhi ifoo ge new stories kiyaalan libeyne ???… Dhn ekam break eh nagaafa ifoo next story ge masaikah fashaany???… Keep waiting dear ???❤️❤️❤️…

  3. Nash

    Yeyy..me first vvv reethi vaahaka.dhen kon iraku ifoo ge vaahaka kiyaalan libeyny?

    1. Ifoo ifoo
      Nash

      Nash ❤️❤️❤️… This time ur second ???… Vaki dhuvaheh neynge bunaakah… Break akah fahu dhn new story ge masaikah fashaany ???… Keep waiting dear ❤️❤️❤️???… Thankyou so much dear ❤️❤️❤️?????????…

  4. haapy

    wowww. v nice. waiting for your next story. keep it up dear.

    1. Ifoo ifoo
      haapy

      Haapy ❤️❤️❤️???… Thankyou so much dear ❤️❤️❤️?????????.. Keep waiting dear ❤️❤️❤️???…

  5. Anonymous

    Mi vaahakaige ehvves baeh vahttanulaa alhugandu mi vaahaka kyn. Kiyamun dhiya iru varah gina kuhthah faahaga kurevemun dhiya. Miee ehvves gothakah liyuntheriyaa ah bunaa badhu baheh noon. Vaahakaige sifa kurunthakaa maigandu rangalhu. Ekamu varah ginain ingereysi bas beynun kohffa hunna kan faahag kurevunu. Misaalakah “earings”. Dhemyhun dheytherey dhekevey vaahaka ingereysin liyunas sifakuramun dhaairu dhivehi bas beynun kuran masaikaii kuran vaane. Eyge ithurah varah gina kuhbas beynun kohffai hurikan ves faahaga kurevunu. “Vadhuny” miee varah ginain liyuntheriyaa ah beynun kurevufai huri kuhbaheh. Mi comment negative koh nunagai positive koh liyuntheriyaa nagaane kamah unmmedhu kuran. Mi faahaga kuri kanthah rangalhu kohgen liyuntheriyaage ithuru vaahaka eh fehnnane kamah ummedhu kuran

    1. Ifoo ifoo
      Anonymous

      Anonymous ❤️❤️❤️… Thankyou so much alhuganduge mistakes thah faahaga kohla dhinyma ???… V ufaavehje mistakes faahaga kohla dhinyma ???… Ifoo gaboolu kuran baivaru mistakes huri kamah n In Sha Allah alhuganduge next story miahvure ragalhu kureveythr masaikah kuraanan ???… I will try my best to correct those mistakes ???… Anonymous ge mi comment positive commentehge gothuga ifoo mi balaigathy ???… Thankyou ❤️❤️❤️??????…

  6. Mal

    Wow dear varah reethi mi vaahaka… mikahala furihama vaahaka eh genes dhiniithi varah bodah thanks ifoo…. ekam vaahaka nimuniima varah dhera.. hope we will get another story to read soon… Ly ifoo

    1. Ifoo ifoo
      Mal

      Mal ❤️❤️❤️???… Thankyou so much dear for the support ❤️❤️❤️????????????… In Sha Allah adhi ifoo ge new stories kiyaalan libeyne ???… Keep waiting dear n lots of love from ifoo ❤️❤️❤️????????????…

  7. Maayu

    Ifoo story vvvvvvvvvv reethi ingey…????? hope adhi ifoo ge v baivaru storythah kiyaalan libeynekamah…..????? thy mihaaru maayuge fav author..????? ????Good luck ifooo… ❤❤❤❤❤

    1. Ifoo ifoo
      Maayu

      Awwwwnn ❤️❤️❤️???… Thankyou so much Maayu ❤️❤️❤️????????????… V v v ufaavehje story reethi v ma dear ah ???… Favourite ah v ma adhi v v v v v ufaavehje ??????… In Sha Allah adhi ifoo ge new stories kiyaalan libeyne ???… Keep waiting dear ???… Lots of love from ifoo ???…

  8. Riyaa

    Masha Allah varah reethi fahubai??
    Hurihaa part eh ves varah varah reethi ?
    Waiting for your next story.
    Best of luck

    1. Ifoo ifoo
      Riyaa

      Riyaa ❤️❤️❤️???… Thankyou so much dear ❤️❤️❤️????????????… V v v ufaavehje story reethi v ma dear ah ???… Keep waiting dear ???…

  9. Maii?

    Woww… superb stry… waiting for a new stry from u buddy.. gud luck?????

    1. Ifoo ifoo
      Maii?

      Maii ❤️❤️❤️???… Thankyou so much dear for the support ❤️❤️❤️????????????… In Sha Allah adhi ifoo ge new stories kiyaalan libeyne ???…

  10. ❤️❤️

    No???..dhn vaahaka nuninma Bala…alhey dhn vrh miss vaane mi stry mathin????????????❤️❤️❤️❤️…this is one of my favourite stry…nd stry is awesome.????❤️❤️❤️❤️..hope kuran ifoo dear ge ithuru stry eh kiyaalan libeyne kamah…

    1. Ifoo ifoo
      ❤️❤️

      Heheh dear ???… Mihaaru vx story v v dhigu vehje ehnu ???… So ehenve ifoo dhn mi story ninmaaly ???… In Sha Allah ifoo ge new stories kiyaalan libeyne ???… Thankyou so much dear for the support ❤️❤️❤️?????????… V v v ufaavehje one of the favourite story ah v ma ???…

  11. Naju

    Wow ??? superb ????????? … Ifoo mi partvx vvvvvvvvv reethi n storyge hurihaa part eh vx hama vvvvvvvvv rythi ingey???❤❤❤??? … Hama heevany vaahakaige thereyga ulheveyhen ????????? … ehaavx furihamakoh ifoo thi vaahaka ninmaaly … i love ur story ????????? ifooo… vvvvv reethi masha allah …. thivareh neii ????????? … hama obiness to the max… thy hama number one n najuge most favourite writer ingey thee … ifoo ge first story ey bunaahaavx nuvey ehaavx furihama… keep up the good work dear ????????? … much loves from naju?????????????????????????????????????

    1. Ifoo ifoo
      Naju

      Awwwwnn Naju ❤️❤️❤️???… Feshuneehsurevx Naju ifoo ah thidhey support ah v v v bodah thanks ❤️❤️❤️????????????… U are one of the best reader ey buneveynee ❤️❤️❤️??????… V v v ufaavehje ehaa supportive reader eh libunyma ???… Most favourite writer ey bunelyma v v v ufaavehje ❤️❤️❤️???… I’m so happy ???… Thankyou so much ❤️❤️❤️???… Much loves from me dear ❤️❤️❤️????????????…

  12. Reet

    Dhivahi vaahaka eh enme furihama eh kamaky dhivahi bass beynun kohgen furihama dhivahi vaahaka aey mass huni vumakey vaahaka sifa gehli kiun tharin foohi kanbodu vaahaka eh. vaahaka reethi

    1. Ifoo ifoo
      Reet

      Thankyou for the compliment ???… Conversation thakuga ehen stories thakuga hurey English words… So I think conversations egothah hurun I think it’s ok… I believe hama liyumuge therein vx English words use kurehifa hurikan… Will try to correct those mistakes ???…

  13. Een

    Ifoo haadha molhey. Story vvvvv reethi. Kiyaa hithun kiyaa story eh mee .abadhuves next part intho balaa levey. Varah furihama. Ifooge ehen story akah inthizaaru kuran

    1. Ifoo ifoo
      Een

      Een ❤️❤️❤️… Thankyou so much dear ❤️❤️❤️????????… V v v ufaavehje Een ah story reethi v ma ???… Keep waiting dear ❤️❤️❤️???….

  14. liyaa

    masha allah nice storyy

    1. Ifoo ifoo
      liyaa

      Thankyou so much dear ❤️❤️❤️????????????…

  15. d

    aaachaaa…….. top aa jeans laignn ulhunu bayaku kulliakah kalhu hedhumah,,,,,piss piss

    1. Ifoo ifoo
      d

      Kuhliakah noon.. After 5 years change v ???… Read it properly then you can understand dear ???…

  16. mar-hath

    story v reethi. waiting for your next story. hope it will be good as this one. BEST OF LUCK!

    1. Ifoo ifoo
      mar-hath

      Thankyou so much for the support ❤️❤️❤️????????????… In Sha Allah miahvure ragalhah next story genesdheynan ???…

  17. Sharyn

    Wooooo??? ifooo mi varah loabi story eh mashallah mi story ge eh vs baeh dhoonukohlaa kiyaanihmaali mi. It was amazing ?? alhey dhn neyge Hama bunaane ehcheh Hama perfect ithurah improve kohlaafa dhn liyaa story eh eyrah Hama baraabaru vaane?? ifooo dhn liyaa story eh e ee ifoo liyaa story eh kan e gey gothah liyahchey plxxx plxx ifoo ge vaahka Hama kiyaahih vani??? wish you all the best ??? will miss you ifoo ?? much love???????

    1. Ifoo ifoo
      Sharyn

      Sharyn ❤️❤️❤️???… Thankyou so much dear for the support ❤️❤️❤️?????????… V v v ufaavehje ifoo ge story Sharyn ah kamudhiyaima ???… Break akah fahu dhn new story ehge masaikah fashaany ???… Yahh… Hama Ifoo ifoo ge namuga author innaanee ???… Will miss you too dear n much more loves from me ❤️❤️❤️????????????…

  18. Abdulla

    V muhinmu bai thakeh vattaalaafa vaa kan faahaga kurevey… khaassakoh aily ah gulhy kaaku kama aily yaish aai dhurah dhaan jehunu sababu… adhi yaish ge mammage hageegaithves…

    1. Shaiii
      Abdulla

      Abdulla vaahaka nukiyaa comment kohfa hurikamah lafaa kurevey. Adhi ehfaharu kiyaalaaa

    2. Ifoo ifoo
      Abdulla

      Thi faahaga kohli hurihaa kameh vx vaahakaige himanaafa hunnaanee ???… First of all it’s yoohaan… Not Yaish… Ailee ah gulhy kaakukan vx n Ailee yoohaan aa dhuruvi reason vx n rifsha mother ge hageegai vx vaahakaiga himanaafa vaane ???… U better read it once again…

  19. Shaiii

    Vaahaka vrh reethi. Ekam vaahakaige namakah “leys fothi ” kiyan feney

    1. Ifoo ifoo
      Shaiii

      Ohh really ???… Heheh ???… I won’t give that name ???… Because It doesn’t look like a story name ???… If u want u can give ” ” leys fothi ” as a story name in your story ???… Anyways thanks for the compliment ???…

    2. xeyboooo
      Shaiii

      haha vvv true…

  20. Livy

    Ifoo darling ❤❤❤ Alheyyy story nimuny dhw ?? hama rovijje ????? haaadha molhey ingey ifoo ????❤? Wedding ge kanthah and dressing plus fahu thankolhuga ailee men shau men rifoo men plus their kids and husbands ge dressing ves hama obi noave ?❤❤?????? Yoon vakin haassakoh ????? Thank you so much ifoo mihaaaaa reethi story eh genesdhinyma.. Varah varah ufaa vejje.. Gonna miss you ?????? dhen kihaa dhuvaheh fahun ifoo ge story eh kiyaalan libeynee.. ? this was one of the BEST ?????? Hama fasha fashaigen ves kiyaanan mi story.. And Livy ge friends ah ves recommend kuraanan ifoo ge mi loabi story kiyan ?? may allah bless you with all the happiness.. Varah baivaru compliment kuran vefa eba huri but one comment in nufudheyne ?????❤❤???? handhaanun nufilaane story eh mee.. And i found such a friendly writer.. You are like a sister to me hama ???????? will always support and admire you.. Hama inspiration eh ??? Lots of love dear.. Love you ❣❣???? and please come back with a new amazing story ??????

    1. Ifoo ifoo
      Livy

      Awwwwnn my dear sweet Livy ❤️❤️❤️??????… Thankyou sooooooooo much dear ❤️❤️❤️????????????… Livy ge comment kiyaafa ifoo hama speechless vehje ???… V v v v v ufaavehje ??????❤️❤️❤️… This is one of the best comment that I got ❤️❤️❤️????????????… Yah… Finally story nimuny ???… Ifoo v v v inthizaaru kohfin livy ge comment akah ???… Livy akee abadhuvx feshuneehsurevx ifoo ge story kiyaa ifoo ah enme supportive eh reader ???❤️❤️❤️????????????… U are one of the best reader ❤️❤️❤️????????????… Ifoo ah thidhey support ah v v v v bodah shukurrihyaa ❤️❤️❤️????????????… Knme faharakuvx ehaa loabi colourful supportive comment eh livy ge faraathun ifoo ah libeny ??????… V v v ufaavehje livy ah mi story ehaa kamudhiyaima ???❤️❤️❤️… To be honest mi Story kuriah gendhan ifoo ah enme support libunu eh reader livy akee ❤️❤️❤️???… Ur so sweet dear ❤️❤️❤️?????????… Ifoo vx dhekeny hama sister eh gothah ???… V v close kah feel vey livy aa medhu ???… I’m soooooo happy that I got a sweet friend like u ❤️❤️❤️????????????… V v v ufaavehje comment kiyaalaafa dhn neynge bunaane ehcheh vx ??????❤️❤️❤️??????… I will miss ur colourful long comments too ???… May Allah bless you with all the happiness ❤️❤️❤️???… I wish you all the best for the exams ???… Kuda break akah fahu In Sha Allah ifoo new story ge masaikah fashaany ???… In Sha Allah I will be back with a new story ???… Much more loves from me my dear sweet Livy ❤️❤️❤️????????????…

  21. Shaa

    Wowwww story obinesss to the maxxxxx??????vrh loabi maashaa Allah ??vrh lahun dhw comment kohlevuny ?sorry ifoo dear midhuvaskolhu buxy v ma comment koh nulevuny??you are the best in writing stories dear???keep up the gud work ??❤❤looking forward to read another story of yours dear??????lots of love from me?❤❤??

  22. xeyboooo

    vaahaka maa bodah othy leys fothi aissa serious kon foohi ehenwe

  23. xaha

    abadhu ves yuhan lanyy white skinny dho vahakaiga ulhey emmenah same dres code kamaku nudhey and abadhu leys fothi and mina vefa seems we are in 2005-2008 ……..

  24. SomeOne

    Mee hama ehvanaige vaahakaeh.. ehaaves salhi.. keep going Author..

  25. Rym

    ????❤

Comments are closed.