ވިންދޭ ލޯބި ތީ އެދޭ ( ޓްރެއިލާ )
ލޮއެބަކީ ހިތުގައި އުފެދޭ ޖަޒުބާތެކެވެ. އެއީ ވަރަށް ފޮނި އިހުސާސެކެވެ. ދުވަސްވީ އެކުވެރިކަމުގެ ތެރެއިން އިއާންއަށް މިންހާދެކެ ލޯބިވެވިއްޖެއެވެ. އެހެނަސް އޭރު މިންހާގެ ހިތުން ވަނީ އަލޫފްއަށް ޖާގަދެވިފައެވެ. އެމީހަކު އެންމެ ލޯބިވާ ފަރާތް އެހެން މީހަކާ ގުޅިގެން އުޅޭތަން ބަލަން އެއްވެސް މީހަކަށް ފަސޭހަވާނެ ހެއްޔެވެ؟ ހަމަގައިމުވެސް އެ މަންޒަރު ފެނުމުން އެމީހެއްގެ ހިތް ކުދިކުދިވެގެން ދާނެއެވެ. ދެލޮލުން ކަރުނަ އޮހޮރި މޭގައި ރިހުމެއް އުފެދޭނެއެވެ. މިހުރިހާ ކަމަކަށް ކެތްތެރިވެ އިއާން ކުރާ ދިގު އިންތިޒާރުގެ ނިމުން ފޮނި ވާނެބާއެެވެ. އިއާންއަށް އޭނަގެ ހިތުގެ މަލިކާ ހާސިލްކުރެވިދާނެ ހެއްޔެވެ؟ މިންހާ އާއި އަލޫފްގެ ގުޅުން ކުރިއަށް ދާނެ ހެއްޔެވެ؟ އެދެހިތުގައިވި ލޯބި ފަނޑުވުމެއްނެތި ދެމިއޮންނާނެ ހެއްޔެވެ؟
ކިތަން ލޯބިން ފަށާ ގުޅުމެއް ނަމަވެސް އެދެމެދުގައި އިތުބާރު ނުވާނަމަ ގުޅުން ކުރިއަށް ދާނެ ހެއްޔެވެ؟ ފެންނަ ކޮންމެ މަންޒަރަކީ ހަޤީޤަތެއް ކަމަށް ބަލައިގެން އުޅެންވާނަމަ ގުޅުން ކުރިއަށް ދާނެ ހެއްޔެވެ؟ ޝާއިފް އާއި އަޝްރާގެ ގުޅުމުގައި ދިމާވާ މައްސަލަތަކުން އަރައިގަނެ ދެމީހުން އެކުގައި އުފާވެރި ދިރިއުޅުމެއް އުޅެވިދާނެ ހެއްޔެވެ؟
ނާއިލް އާއި އަޝްރާ އަކީވެސް ދެއެކުވެރިންނެވެ. އެހެނަސް ގިނަ ވަގުތު ދެއެކުވެރިންގެ މެދުގައި އުފެދެނީ ކޯޅުންގަނޑެކެވެ. އަބަދުހެން ދެމީހުން ތިބެނީ ދެބަސްވެފައެވެ. އެކި ކޯޅުންތަކާއި ދެބަސްވުންތަކުގެ ތެރެއިން ނާއިލްގެ ހިތުގައި އަޝްރާއަށްޓަކައި ލޯބި އުފެދެއެވެ. އަޝްރާގެ ހިތުންވެސް ނާއިލްއަށް ޖާގަދެވުނެވެ. އެހެނަސް ދެމީހުން ކުރެ އެކަކުވެސް އެކަން ގަބޫލުކުރާކަށް ބޭނުމެއްނުވެއެވެ. ގޮތްދޫކުރަން ބޭނުންނުވުމުގެ ސަބަބުން ދެމީހުންވެސް ދަނީ ހިތުގެ ގޮވުމަށް ބީރު ކަންފަތެއް ދެމުންނެވެ.
އީލާފްގެ ހިތުގައި އިއާންގެ ނަން ވަނީ ލިޔެވިފައެވެ. ހިތުގައި އިއާންއަށްޓަކައި އުފެދިފައިވި ލޯބިން ގަދަކަމުން ނަމަވެސް އިއާންގެ ލޯބި ހާސިލްކުރުމަށް އީލާފްގެ ހިތުގައި އަޒުމް ކަނޑައަޅައެވެ. ހަމައެފަދައިން އީލާފްގެ އެންމެ ގާތް އެކުވެރިޔާ ޝަމްހާގެ ހިތުން އަލޫފްއަށް ޚާއްސަ މަޤާމެއް ދެވެއެވެ. އީލާފްގެ އެހީތެރިކަމާއެކު އަލޫފް އޭނަގެ މީހަކަށް ހެދުމަށް ޝަމްހާވެސް ކެނޑިނޭޅި މަސައްކަތްކުރަމުންދެއެވެ.
ދިރިއުޅުމުގައި ދިމާވާ އެކިއެކި ކަންތައްތަކާއެކު މިބައިވެރިންގެ ދިރިއުޅުން ކުރިއަށްދާ ގޮތް އަޅުގަނޑުގެ މި ވާހަކައިން އެނގިގެންދާނެ…
މިވާހަކަ އަކީ އަޅުގަނޑު ދެން ގެނެސްދެން ހަމަޖެހިފައިވި ވާހަކަ… މިއީ ލޯބީގެ ހިތާމަވެރި ވާހަކައެއް… މި ވާހަކަ އަކީ ރަހުމަތްތެރިންތަކެއްގެ ދިރިއުޅުމުގައި ދިމާވާ އެކި ކަންކަމާއި ބެހޭގޮތުން ލިޔެވިފައިވި ޚިޔާލީ ވާހަކައެއް… މި ވާހަކައިގައި ސުކޫލު ލައިފްގެ ބޮޑު ބައެއް ހިމެނިގެންދާނެ… އެކުވެރިކަން ލޮއެބަށް ބަދަލުވެ ލޯބި ނަފްރަތަށް ބަދަލުވެގެންދާއިރު ބަދަލުހިފުމާއި ހަސަދަވެރިކަންވެސް ކުދިންގެ މެދުގައި އުފެދިގެން ދާނެ… އިންޝާ ﷲ ޑިސެމްބަރު 1 ގައި މިވާހަކައިގެ ފުރަތަމަ ބައި ގެނެސްދޭނަން… އަޅުގަނޑުގެ ކުރީގެ ވާހަކައެކޭ އެއްގޮތަށް މިވާހަކަ އަށްވެސް ކިޔުންތެރިންގެ ސަޕޯޓް ލިބޭނެކަމަށް އުއްމީދުކުރަން…
13 Comments!
Comments are closed.








Salaam dear readers ???❤️❤️❤️… Kihineh tha hurihaa kudhinn??? ???… Mee ifoo ge next story ge kuru khulaasaa eh ???… I hope all will like this Story too ???… Leave a comment about what you think about it… Thankyou all for the love n support ❤️❤️❤️???????????????…
Ohh finally ifoo.. i was eagerly waiting for ur storyy dearr?????
Kon dhuhukun tha story up kuran fashanee???
Kon dhuas thakehge tha story up kuranee?******
Salhi feshumeh…ey dear mi mahu stry fashah viyy ehnu…if u can dear..
Ifooo.. Hws u dear???? Haadha miss vi ey ifoo mathin… Story varah reethi vaanehn heevany…??? All the best… ??❤❤
serious its so nice i was bxy with my exams n all ehenve evaahaka nuvx kiyey…. but i will try to read this fuly cox its super interesting just love it waiting dear
missed yuh
Best of luck dear ???
Eysh ge story ge trailer aa v ehgoiy
Trailer kiyan feshi fesheema heevee hama hitbuge edhumeyfhee ge trailer kiyunu hen.. Idea v ehgoiy kamah faahaga kurevenee trailer ge. Dhen neynge story ah vaane gotheh. Esfiyaiga ehfaharaa genna 2story ehgoiy vejiyyaa haadha vai vaaney..
Wow ??? Ifoo ge story eh anehkaavx kiyaalan libeny dhw ???❤❤❤… Trailer hama v nice ingey dear ??????… Waiting for the story ??????… lysm my favourite Ifoo dear ???????????????…
Awwn??vrh dhuvas kohlaafa dear ge stry ehge khulaasaa kiyaalan libunyma so so happy ??kihineh haalu??
Yeye fainally ifoo back. Kiriyaa start mi kohlee.