“އަހަރެންގެ މަންމަ ނުކުމެދާނެ އަހަރެން މިދަނީ” މައިލީން އަނެއްކާވެސް ހިގައިގަންނަން އުޅުނެވެ. “އަހަރެން އިލީ ބޭނުމޭ ބުންފިއްޔާ؟” ޔުއާން ދަމާލާފައި ބުނެލިއެވެ. މައިލީން ހުއްޓުވަން އޭނާ ގެ ސިކުނޑި އަށް އެވަގުތު އައީ އެ ޖުމްލައެވެ. މައިލީން ގެ ފިޔަވަޅުތައް ގަނޑުވިއެވެ. އޭނާ ގެ ހިތުގެ ތެޅުން އަވަސްވިއެވެ. ހަދާނޭ ގޮތް ނޭގިގެން އަތުގެ އިނގިލި އަނގަޔަށްލާ ހެފެން ފެށުނެވެ. ޔުއާން އަށް ފުރަގަސް ދީގެން ހުރި މައިލީން އަށް ކުރެވެމުން ދިޔަ އިހްސާސްގެ ހިލަމެއްވެސް ޔުއާން […]
“ދަރިފުޅަށް ވެސް އެގޭނެ އަދި. މަޑުކޮއްލާ” އައިކަލް ގެ ތުންފަތް މަތީގައި ވަނީ ހިނިތުންވުމެކެވެ. ޑްރައިވަރ އައުމާއެކީ އައިކަލް އޭނާގެ ދަރިފުޅާއެކީ ކާރަށް އެރިއެވެ. އޭރުވެސް ހިނިތުންވުމެއް އޭނާގެ ތުންފަތުގައި ރަސްކަން ކުރަމުން ދިޔައެވެ. އޭނާ ފުރަތަމަ ބޭނުންވީ ޔުއާން ވިޔަފާރީގެތެރެއަށް ވެއްދުމަށެވެ. އެހެންނަމަވެސް ޔުއާން ގެ ވިސްނުން ތަފާތުވެފައި އެކަމަށް ޝައުގުވެރިކަން ނެތުމުން އޭނާ އެ ވިސްނުން ދޫކޮއްލިއެވެ. އެހެންނަމަވެސް އާއިކް އެކަމާ ގަޔާވާތީ އޭނާ ހުރީ ހިންހަމަޖެހިގެންނެވެ. އޭނާ އަށް ފަހު ވެސް ވިޔަފާރި […]
“އިނގޭއިރުވެސް މައިލީން ތި އަހަނީ ކީއްކުރަން. އަހަރެން ލޯބިވާތީ. މައިލީން ބޭނުންވާތީ”ފަހަތުން އައިސް މައިލީން ގާތު ހުއްޓިލާ މައިލީން ގައިގައި ބައްދާލަމުން ޔުއާން ބުނެލިއެވެ. އޭނާ މައިލީން ގެ ކަނދުރާގައި ދަތްދޮޅި އަޅުވާލިއެވެ. މައިލީންގެ އަތްފައި ފިނިވެ ނޭވާ އަވަސްކުރުވައިފިއެވެ. އެއްވެސް އެއްޗެއް ނުބުނެ ޖެހި ބުދެއްހެން މައިލީން ހުއްޓެވެ. އޭނާގެ ލޮލުގެ ތެރެއަށް ފެންތައް ޖަމާވަމުން ދިޔައީ ކުޑަހިނދުކޮޅެއްގެ ތެރޭގައެވެ. އެ ޖުމްލަ އަޑުއަހަން އޭނާ ކެތްމަދުވެފައިވާވަރު އެވަގުތު އެ ހިތަށް އެގުން ވެގެން ދިޔައެވެ. […]
ލާވިޔާގެ ކޮޓަރިން ނުކުމެގެން ދިޔަ މައިލީންގެ ވިސްނުން ހުރީ ކޮން ދިމާލެއްގައިކަން ލަފާ ކޮއްލާކަށްވެސް ނޭގެއެވެ. އޭނާދިޔަ ގޮތަށް ގޮސް އަޅައިގަތީ ކާކުގެ ގައިގައި ކަމެއްވެސް ނޭގެއެވެ. އޭނާ ވިސްނުމެއްގައި ހިގަމުން ދިޔައިރު މުޅި ދުނިޔެ އެފުށް މިފުށަށް ޖެހިފައިވާފަދައެވެ. ޔުއާންގެ ގައިގައި އަޅައިގަނެފައި ދިޔަ މައިލީން ހުރިގޮތުން އޭނާ ހައިރާންވިއެވެ. ވަށައިގެންވީ އެއްވެސް ކަމަކަށް އަޅާނުލާ ދިޔަ މައިލީން ގެ މޫނުމަތިން ޔުއާން އަށް ފެނުނީ ދުވަހަކުވެސް އޭނާ ދެކެފައިނުވާފަދަ އަސަރުތަކެކެވެ. “އަނެއްކާ ލީން… ލީން […]
އާރާ ލޯމަރާލީ ގަތް ލަދުންނެވެ. އާއިކް އަކީ އޭނާއަށް ވުރެ އުމުރުން ދޮށީ މީހަކަށް ވެފައި އަދި މާލޭގެ މުއްސަންޖަކަށް ވުމުން އޭނާ އިހްސާސްތައް ހިންދައިލަން ވަރަށް މަސައްކަތްކުރިއެވެ. އެހެންނަމަވެސް އެކަން އޭނާއަކަށް ނުކުރެވުނެވެ. އާއިކް ފެނުމުން އޭނާގެ ހިތަށް ވާ ގޮތަކީ އޭނާއަށް ބާރުފޯރުވޭ ކަންތައްތަކެއްނޫނެވެ. ވެއްޓިއޮތް އާރާ އޮތީ އާއިކް ގެ ގައިމަތީގައެވެ. އޭނާ އަވަސްއަވަހަށް ތެދުވަމުން މާފައް އެދުނެވެ. އާއިކް ގެ ތުންފަތް މަތީގައި ކުޑަހިނިތުންވުމެއް ދުވެލިއެވެ. އޭނާއަށް އާރާ ހާއްސަވިއެވެ. އެންމެ […]
“ވަރަށް ބޭނުން ލީން…” ޔުއާން މަޑުމަޑުން ބުނެލިއެވެ. އެ ބަހަކީ މައިލީން އަށް އޭނާގެ މާޒީ ސިފަވާނޭ ބަހެއްކަން އެނގިހުރެއެވެ. ދެން ކުއްލިއަކަށް އޭނާގެ ރާގު ބަދަލް ވިއެވެ. ” އަހަރެން އެކަމަކު މައިލީން އެއް ބޭނުމެއްނޫން. ތީ އަންހެނުން ގެ ވައްތަރު ނޫން. ތި މައިލީން ގެ ވައްތަރު… ލަދެއް ހަޔާތެއްނެތް މީހަކަށް ވީމަ ވާނީވެސް ތިހެން” މައިލީން ގެ ކަންފަތް ބުޑުގައި ޔުއާން އެންމެ ފަހު ފަހަރަށްވެސް ވަރުގަދަ ބަސްތަކެއް އިއްވައިލައިފިއެވެ. މައިލީން ޔުއާން […]
އޭނާ އެނބުރި ބަލާލުމާއެކު ފެނުނު މީހެއްގެ ސަބަބުން ހިނިތުންވެލެވުނެވެ. “ދޮންބޭ” އުފާވެފައި ހުރިވަރުން ކިޔޭ ނުކިޔޭ އެއްޗެއް ނޭގި އަފްޝީން އަށް ކުރެވުނު ހާވެސް ކަމަކީ ބާރަށް ދޮންބޭ އޭ ކިޔާފައި ހަޅޭއްލަވައިގަތުމެވެ. މީހުންތައް ބަލަން ފެށުމުން ހިސާބަކަށް ލަދުގަތެވެ. އެހެންކަމުން އަފްޝީން އަވަސް އަވަހަށް މިސްރާބުޖެހީ ނުކުތުމަށެވެ. ޔުއާން އަފްޝީން ގެ ފޮށި ހިނގައިގަތެވެ. ބުޅި އިސްތަށިގަނޑު ދޫކޮއްލާފައިވާއިރު ބަލައިލަން ހިތްގައިމެވެ. ދޮން ވެފައި ހަމުގެ ކުލަ އަލިވުމުން އާއްމުކޮއް ދިވެހިންގެ ގައިގައި ހުންނަ ކުލައަށްވުރެ […]
ދެރަވެސް ވިއެވެ. އެހެންނަމަވެސް އޭނާ އިހްސާސްތައް ފޮރިވައިލިއެވެ. އެވަގުތު އެތާ މޭޒުމަތިގައި އޮތް މައިލީންގެ ފޯން ރިންގްވިއެވެ. މައިލީން ފޯނާ ދިމާލަށް ބަލާލުމާއެކު އަވަސްއަވަހަށް ފޯން ފޮރުވިއެވެ. އަދި އަވަސްއަވަހަށް ފޯން ނަގާ ކަންފަތުގައި ޖައްސައިލިއެވެ. އޭރު މައިލީން ގެ ހިތް ދިޔައީ އޮބި ނޯންނަ ވަރަށް ތެޅެމުންނެވެ. އަނެއްކާ ޔުއާން އަށް ފެނުނީހެއްޔެވެ؟ ފެނިއްޖެނަމަ ޔުއާން ގެ އަމަލް ތައް ހުންނާނީ ކިހިނެއްހެއްޔެވެ؟. މައިލީން ސިހުނު ގޮތް ޔުއާން އަށް ފެނުނު ކަމުގައިވިޔަސް ފޯނުގެ ސްކްރީން […]
“ސޯ ގްރޭޓް ޑޮކްޓަރ ޔުއާން ވަޓް ޑޫ ޔޫ ވޯންޓް” ހިތްވަރުކޮއްފައި ނުގޮސް ޔުއާން ހުންނަން ފެށުމުން މައިލީން އަހައިލިއެވެ. ޔުއާން އަށް މައިލީން ގެ އަޑު އިވުމާއެކު ފުން ނޭވާއެއްލަމުން މޭގައި ފިރުމާލިއެވެ. އެތަން ބަލަން ހުރި މައިލީންގެ ހިތަށް ތަދުވުން ނޫން ކަމެއް ނުވިއެވެ. މައިލީން ގެ ހިތުގައި އަޅަމުން ދިޔަ ވޭން އިތުރުވަމުންދިޔައެވެ. ޔަޝްމް އަށް ކިޔަވައިދޭން މަސައްކަތް ކުރަމުން ދިޔަ އާރާ ދެފަރާތަށް ބޯ ހޫރާލަމުން މަޑުޖެހިލީ ޔަޝްމް ގެ ސަމާލުކަން […]