Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތާ ފުރާނައިން… (13)

Hi Mi Level 1010 Stories100 Comments100 Login500 Comments100 Stories500 Login1K Comments
January 21, 2018 6 Mins Read
16 Comments

“އަހަރެންގެ މަންމަ ނުކުމެދާނެ އަހަރެން މިދަނީ” މައިލީން އަނެއްކާވެސް ހިގައިގަންނަން އުޅުނެވެ. “އަހަރެން އިލީ ބޭނުމޭ ބުންފިއްޔާ؟” ޔުއާން ދަމާލާފައި ބުނެލިއެވެ. މައިލީން ހުއްޓުވަން އޭނާ ގެ ސިކުނޑި އަށް އެވަގުތު އައީ އެ ޖުމްލައެވެ. މައިލީން ގެ ފިޔަވަޅުތައް ގަނޑުވިއެވެ. އޭނާ ގެ ހިތުގެ ތެޅުން އަވަސްވިއެވެ. ހަދާނޭ ގޮތް ނޭގިގެން އަތުގެ އިނގިލި އަނގަޔަށްލާ ހެފެން ފެށުނެވެ. ޔުއާން އަށް ފުރަގަސް ދީގެން ހުރި މައިލީން އަށް ކުރެވެމުން ދިޔަ އިހްސާސްގެ ހިލަމެއްވެސް ޔުއާން އަކަށް ނުވެއެވެ.

މައިލީން ޖަވާބެއްނުދީ ދުއްވާފައި ގޮސް ގޭތެރެއަށް ވަދުނެވެ.

ޔުއާން ބޮލުގައި ދެއަތް ކާތާލަމުން ހިނިތުންވެލިއެވެ. އަދި ފުރަގަސްދީ ހިނގައިގަތެވެ. މައިލީން ދޮރުލައްޕާލައިގެން ހުރެފައި ޔުއާން ދިޔަ ދިމާލަށް ކުޑަކޮއް ދޮރު ހުޅުވާލަމުން ބަލައިލިއެވެ.

***

އެނދުމައްޗަށް ވެއްޓިގަނެގެން ހިޔާލުގެ ކަނޑަކަށް ގަރަގުވެފައި އޮތް މައިލީން ސިއްސައިގެން ދިޔައީ އާރާގެ އަޑަށެވެ. “އިލީ ކީއްވެ ރޮނީ” މައިލީން ކޯތާފަތުގައި އަތް ޖައްސާލަމުން ކަރުނަތައް ފޮހެލިއެވެ. އާރާ އާ ދުރަށް މޫނު އަނބުރާލަމުން މައިލީން ހަމަޖެހެން މަސައްކަތްކުރިއެވެ. އާރާ ސުވާލުކޮއް ކޮއްވެސް މައިލީން ގެ ފަރާތުން ޖަވާބެއްނުލިބުނެވެ. އިރުކޮޅަކުން މައިލީން އުނގަށް އެރީ ޔަޝްމް އެވެ.

ޔަޝްމް ގައިގައި ބާރަށް ބައްދާލަމުން ޔަޝްމް ކޮންމެވެސް ޝަކުވާއެއްކޮއްލިއެވެ. “ކީކޭ ދޫނީ” މައިލީން އަށް ނޭގުމުން ސުވާލުކޮއްލިއެވެ. “ބޭބީ ކާންވިއްޔޯ ނަޓްސް… އަނެއް އަލްމަންޑް ވައްތަރު… ދޮންތަ އެ ގެންގުޅެނިކޮއް ފެނުނީ… ދެން ރޮނީ ރޮނީ އެންމެފަހުންހަމަ އަކަށް އަޅުވާފައި އިލީ އަށް ގޮވަން މިއައީ” އާރާ ޖަވާބުދިނެވެ. “ޔަޝްމް އެލާޖިކް ވާނޭ އަލްމަންޑް އަށް” މައިލިން ބުނެލިއެވެ. “އާ… އެހެންވެ ނުވެސް ދެމޭ” އާރާ އިތުރުކޮއްލިއެވެ.

ޔުއާން އެކޭ އެއްގޮތަށް މައިލީންއަށް ކުރެވެމުން ދިޔައީ އެއް ހިޔާލްތަކަކެވެ.

***

އިރުއަރާމަންޒަރުބަލައިލަން ހުރި ޔުއާން ފޯނުން އެ ފޮޓޯ ނަގާ ރައްކާކޮއްލިއެވެ. އޭނާ ގެ މޫނުމަތިން ހިނިތުންވުމެއް ފެންނަމުން ދިޔައެވެ. އަރައިގެން އެއަންނަ އިރުގެ ދޯދިތައް ރަށުގެ ފުއްޓަރުފަރާތު މޫދަށް އެޅިފައިވާއިރު ރުޅިވެރިކަމާއެކު ބިންދަމުންދާ ބިޔަ ރާޅުތަކަށްވެސް އަރަމުން ދިޔައީ ރީތި ކުލަތަކެކެވެ. ޔުއާން ގެ ތުންފަތް މަތީގައި ހިނިތުންވުމެއް ވިއިރު އެދިމާލަށް އަންނަމުން ދިޔަ މައިލީން ފެނި އެ ހިނިތުންވުން އިތުރަށް ފުޅާ ވެގެން ދިޔައެވެ. އޭނާ މައިލީން އެ ދިމާލަށް އަންނަމުން ދިޔަތަން ބަލަން ހުރި އިރު އާރާ އާއެކީ ގާތަކުގެ މައްޗަށް އަރައިގެން ދިޔަ މައިލީން ގެ ލޮލުގައި ޔުއާން އަޅައެއްނުގަނެއެވެ. އާރާ ދެފަހަރަކު މައިލީން ގެ ގައިގައި ކޮއްޓާލުމާއެކު މައިލީން އާރާ އާ ދިމާލަށް ބަލައިލިއެވެ. އާރާ ލޮލުން އިޝާރާތް ކުރާތަން ފެނުމާއެކު މައިލީން އެދިމާލަށް ބަލައިލިއެވެ. ތަންކޮޅެއް ދުރުގައި ހުއްޓިލައިގެން ހުރި ޔުއާން ގެ ނަޒަރު މައިލީން އަށް ފެނުނެވެ. އޭނާ ގެ ހިތުގެ ތެޅުން އެ ބަލާލުމުންވެސް ބާރުވެއްޖެއެވެ. ލަދުވެތިކަން އިހްސާސްކުރެވުނީ ކީއްވެކަމެއްނޭގެއެވެ.

ޔުއާން އެދިމާލަށް ބަލަންހުރިއިރު އެ ދެއަންހެންކުދިންގެ ސިއްރުނަޒަރު އޭނާ އަށް ނަގައިގަނެވުނެވެ.

“އިލީ… އެހެރަ ހޭންޑްސަމް ކެމެއް…” އާރާ މައިލީން ގެ ކަންފަތް ބުޑުގައިބުނެލިއެވެ. “ސާބަހޭ އާރާ” އާރާ ހާމަކޮއްލީ ހަގީގަތެއްކަމުގައިވިޔަސް މައިލީން އެކަމާ އަނގައިން ދެކޮޅުހެދިއެވެ. އެހެންނަމަވެސް ހިތުގެ އެންމެ ފުންމިނުން އޭނާ އަށް އާރާ އާ އެއްބައިވެވުނެވެ. ގަބޫލުކުރެވުނެވެ. މީހަކާ އިންނަން ކިއްކުރަން ރައްޓެހިވާންވެސް ބޭނުންނުވެފައި ހުރި މައިލީން ހުރީ އޭނާ ވަމުން ދާގޮތުން ހައިރާންވެފައެވެ.

ވާހަކަތަކުގައި ވާގޮތުން މި ކަހަލަ ކަންތައް ތަކަކީ ފުރަތަމަ ނަޒަރުން ލޯބިވެގެން އުޅޭއިރު ދިމާޗާ ކަންތަކެވެ. އޭނާ ދެފަރާތަށް ބޯ ހޫރާލަމުން އެ ހިޔާލާ ދުރުވެލިއެވެ.

ޔުއާން ފަހުރުވެރިކަމާއެކު ހިނިތުންވެލަމުން ދުރުބަލައިލިއެވެ.

އެތާ ދެކުދިން ތިބެލާފައި ހިނގައިގަތްއިރުވެސް ޔުއާން ހުއްޓެވެ. މައިލީން މެން ދިޔަ ދިމާލަށް ބަލަހައްޓައިގެން އެމީހުން ގޮސް ގެއްލެންދެން ޔުއާން ހުއްޓެވެ.

“ހަލޯ… ލައްބަ ބައްޕާ މިދަނީ” ޔުއާން ރިންގް ވަމުން ދިޔަ ފޯން ނަގާ ކަންފަތުގައި ޖައްސާލަމުން ޖަވާބުދިނެވެ. އޭނާ ވެސް އެއްގަމާ ދިމާލަށް މިސްރާބުޖެހީ ބައްޕަ ގާތަށް ދިޔުމަށްޓަކައެވެ.

އެދިޔަ މަގުމަތިގައި އޭނާ ލާމިސް އަށް ގުޅައިލިއެވެ. އެކޮޅުން ލާމިސްގެ ޖަވާބު އަޑު އިވިގެން އޭނާ ހިންހަމަޖެހުނެވެ.

ހޮޓެލްގެ ގޯތިތެރެއަށް ވަދެގެން ދިޔަ ޔުއާން ގެ މިސްރާބުހުރީ ރެސްޓޯރެންޓާ ދިމާލަށެވެ. ލާފައިހުރި ސޯޓް ގެ ޖީބަށް އަތް ޖަހައިލައިގެން ހުރެ ފިރިހެންވަންތަ ހިނގުމެއްގައި ދިޔަ  ޔުއާން އަށް އެކި މީހުންގެ ނަޒަރުތައް ހުއްޓެމުން ދިޔައެވެ.

ރެސްޓޯރެންޓް ގެ ވީއައިޕީ ބައިގައި އިށީންދެލައިގެން އިން އައިކަލް އަށް ޔުއާން ފެނުމާއެކު އިޝާރާތް ކޮއްލިއެވެ. ޔުއާން ގޮސް އިށީނެވެ.

ބައްޕަ އާއެކީ ހެނދުނުގެ ނާސްތާ އަށް އިންސާފުކޮއްލުމަށްފަހު ޔުއާން ރޫމަށްގޮސްލީ ބައްޕަ ކޮންމެވެސް ކަމަކު ދާން ޖެހުމުންނެވެ. ނިދިފައި އޮތް ޔުއާން އަށް ހޭލެވުނީ ހަވީރު އަތަށް އެޅި ފަހުންނެވެ.

ރީތިވާން ހުއްޓާ އެކުވެރި ލާމިސްގެ ފޯން ކޯލްއައެވެ. ފޯން ކަންފަތުގައި ޔުއާން ޖައްސައިލިއެވެ. “ރިމާހް އާއި އަމަން އެބަތިބި ހޮޓެލް ކުރިމަތީ” ލާމިސްގެ ޖަވާބު އިވިގެން އޭނާ އަވަސްކޮއްލަމުން ބޭރަށް ނުކުތެވެ.

މަގުގެ އެއްފަރާތުގައު މަޑުކޮއްލައިގެން ތިބި އަމަން އާއި ރިމާހް ފެނިފައި ޔުއާން އެ ދިމާލަށް ހިނގައިގަތެވެ. އޭނާ ގޮސް އެ ދެމީހުންގާތު ހުއްޓިލިއެވެ. “ޔުއާން؟؟؟” އަމަން ބުނެލިއެވެ. ޔުއާން ބޯ ޖަހާލަމުން ލާމިސްއަށް ގުޅައިލިއެވެ. އަމަން ގެ ހުންނަ މަޖާ މިޒާޖާއި ރިމާހް ގެ އެހުންނަ ހަލަނިކަމުން ނިކަން ފަސޭހައން ޔުއާން އާ އެކުވެރިވެއްޖެއެވެ. ޔުއާން އެތަނުގައި ހުއްޓާ އެދިމާލަށް އަންނަމުން ދިޔަ މައިލީން އަޅައިގަތެވެ. އޭނާ ކަޅި ޖަހާ ނުލާ ބަލަން ފެށުމުން ކައިރީގައި ތިބި ރިމާހް އަށާއި އަމަން އަށްވެސް އެކަން ފާހަގަވިއެވެ. އަމަން އެދިމާލަށް ބަލައިލިއެވެ. އޭނާ ގެ ތުންފަތަށް ލާނެއް ހިނިތުންވުމެއް ވެރިވިއެވެ. “ޔުއާން؟؟؟ ޔުއާން” އަމަން ގޮވައިލިއެވެ. ޔުއާން ގެ ހޭވެރިކަމެއް ނެތުމުން އަމަން ޔުއާން ގެ މޫނުމަތީގައި ކުޑަކޮއް އަތް ހޫރާލިއެވެ. މައިލީން އެ ހިސާބަށް އަރާ ހަމަވީތަނާ އަމަން ޔުއާން ކޮއްޕާލިއެވެ. ޔުއާން ގޮސް މައިލީން ގެ ގައިގައި ޖެހުނެވެ. ވެއްޓެން ދިޔަވަގުތު އޭނާ އަށް މައިލީން ގެ އުނަގަނޑުގައި ހިފައިލެވުނެވެ. ކާކުތޯ ރަނގަޅަށް ނުބަލާ މައިލީން ޔުއާން ގެ ކޯތާފަތަށް ވަރުގަދަ ދިލައިގެ ހޫނު ހަމަލާއެއް ދިނެވެ. “އާތް”ޔުއާން ގެ އަނގައިން ވޭނީ އާހެއް ބޭރުވެގެން ދިޔައެވެ.

***

މޭޒުގައި ބޯ އަޅައިލައިގެން އޮތް ޔުއާން އަށް ސިއްސައިގެން ގޮސް ތެދުވެވިފައި ފުރަތަމަވެސް އޭނާއަށް އަތް ކާތާލެވުނީ ކޯތާފަތުގައެވެ. މައިލީން ގެ އެ ހަދިޔާ އޭނާ ދުވަހަކުވެސް ހަނދާން ނުނެތޭނެއެވެ. އެންމެފުރަތަމަވެސް މައިލީން ގެ އަތުގެ ބީހުން އޭނާއަށް އިހްސާސްކުރެވުނީ ދިލަ ހޫނު ކަމާއެކުގައެވެ. ޔުއާން ފުންނޭވާއަކާއެކު މޫނުމަތީގައި އަތްކާތާލިއެވެ. އަދި ބޮލުގެ އިސްތަށިގަނޑަށް އަތް މަހާލިއެވެ. އިރުކޮޅަކު އެހެން އިދެފައި އޭނާ ޑޮކްޓަރު ރޫމްއިން ނުކުމެގެން މިސްރާބްހެޖީ ތިރިއަށެވެ.

އޭގެ ފަހުން ދެދުވަސްވެގެން ދިޔައިރުވެސް ޔުއާން އާ މައިލީން އާ ދިމާވާގޮތެއްނުވިއެވެ. ޔުއާން އަށް މިކަމުން އުނދަގޫވިޔަސް މައިލީން ހުރީ ހިންހަމަޖެހިފައެވެ.

އާއިކް އާއެކު އޮފީހުގައި މަސައްކަތުގައި އުޅުނު އާރާ އަށް އާއިކް ގެ ނަޒަރުތައް ހުއްޓެމުން ދިޔައެވެ. އޭނާ އާރާ ގެ މަސައްކަތާމެދު ނުހަނު ހިންހަމަ ޖެހެއެވެ. “އާރާ މިއަދަށް ނިންމާލާ ދެން. ލަންޗަކަށް ދާންވީނު” އާއިކް ގެ މޭޒުމަތީގައި ފައިލް ތައް ބަހައްޓާފައި ދާން އެނބުރުނު އާރާ އަށް އާއިކް ބުނެލިއެވެ.

އާއިކް އަހައިލި ގޮތުން ދެކޮޅުހަދާކަށް އާރާ އަކަށް ނުކުރެނެވެ. އޭނާ ބޯޖަހާލަމުން ލުއި ހިނިތުންވުމެއް ރައްދުކޮއްލިއެވެ. އާއިކް ވެސް ހިންހަމަޖެހުނުކަން ރަމްޒުކޮއްދެނީ ބުމަ އަރުވާލަމުން ރައްދެއްގެ ގޮތުގައި އާރާއަށް ދިން ހިނިތުންވުމެވެ.

ދެމީހުން ރެސްޓޯރެންޓް އަށް ވަދެގެން ދިޔައިރު އެތައް ބައެއްގެ ނަޒަރުތައް ހުއްޓެމުން ދިޔައެވެ. ހާއްސަކޮއް އާއިކް އަށް ހުއްޓިފައިވާ އަންހެންކުދިންގެ ކަތި ނަޒަރުތަކުގެ ސަބަބުން އާރާ އަށް އެކަމާ ހަސަދަވެވުނެވެ.

އާއިކް ގެ ނަޒަރު ހުއްޓުނީ އެމީހުން ތިބި މޭޒުގެ އެއްފަރާތުގައި މަޑުކޮއްގެން އިން އަންހެން ކުއްޖާއަށެވެ. ކޮންމެވެސް ފިރިހެނަކާއެކު އިން ޔާނިތް ފެނިފައި އާއިކް ގެ މޫޑު ސަކަރާތް ވިއެވެ. އާއިކް މާވަރަކަށް އާރާގެ ފަހަތަށް ބަލާތީ އެދިމާލަށް ބަލާލަން އާރާ އުޅުނެވެ. އެއާއެކު އާއިކް އަވަސްއަވަހަށް އާރާގެ އަތުގައ ހިފިއެވެ. އޭނާގެ ސީދާވެފައިވާ ލޮލާ ޔާނިތް ގެ ލޯ އަމާޒުވެފައިވާތާ އިރުކޮޅެއްފަހުން އާއިކް ކުރި ކަމަކުން ޔާނިތް އަށް ނިތަށް ރޫތަށް ޖަމާކޮއްލެވުނެވެ. އޭނާ ކުރިމަތީގައި އިން ފިރިހެން މީހާ އަށް އެކަން ފާހަގަވެގެން ބަލައިލިއެވެ. “ޔާނީ… ކިހިނެތްވީ” އެޒުވާނަ އަހައިލިއެވެ. އެވަރުންވެސް ޔާނިތް އަށް ބުނާނެ އެއްޗެއް ނޭގުނެވެ.

އާއިކް ޔާނިތް އިން ނަޒަރުވަކިކޮއްލަމުން އާރާ އަށް ސަމާލުކަން ދިނެވެ. ޔާނިތް ގެ ނަޒަރު ދަތުރުކުރީ އާއިކް ގެ އަތާ ގުޅާލާފައިވާ އާރާގެ އަތަށެވެ. އޭނާ ގެ ރުޅިގަނޑު ހިލުނެވެ. ތެދުވެގެން ހިނގަގައިގަތީ ރެސްޓޯރެންޓުން ބޭރަށް ދިޔުމަށެވެ. ޔާނިތް އާއެކީ އިން ޒުވާނާ ވެސް ފަހަތުން ޔާނިތް އަށް ގޮވަމުން ހިނގައިގަތެވެ.

އެމީހުން ކުރިމަތިން ގެއްލުމާއެކު އާއިކް އަށް ފުން ނޭވާއެއްދޫކޮއްލެވުނެވެ. އޭރުވެސް އޭނާ އިނީ އާރާގެ އަތުގައި ހިފައްޓައިލައިގެންނެވެ. އާރާ އަތަށް ބާރުލުމާއެކު އާއިކް އަށް ސިހިފައި ދޫކޮއްލެވުނެވެ. އާއިކް ދޫކޮއްލުމާއެކު އާރާ ފަހަތް ބަލައިލިއެވެ. އެވަގުތު އެތަނުން އިތުރު މީހެއް އޭނާއަށް ނުފެނުނެވެ. އެތަނުގެ އެއްފަރާތުގައި ލައިވް މިއުޒިކް ކުޅެން ހަދާފައިވާ ކުޑަސްޓޭޖް ގައި ކުޅެވެމުން ދިޔަ ލައިވް މިއުޒިކް ގެ ސަބަބުން މާހައުލުގައި ވަނީ ހިންހަމަޖެހުމެކެވެ . އާރާ އަށް އެތަނުން އެއްވެސް އިތުރުކަމެއް ފާހަގަ ނުކުރެވުނަސް ކޮންމެވެސް ކަމެއް އާއިކް އަށް ވެއްޖެކަމުގައި ހިތްބުނެލިއެވެ. އާއިކް އެ ގޮތަށް އޭނާގެ އަތުގައި ހިފެއްޓުމުން އޭނާ އަށް ވެގެން ދިޔަ ގޮތް ކިޔައިދޭން ކުޅަދާނައެއްނޫނެވެ.

ވެއިޓަރ އައިސް އޯޑަރ ނަގައިގެން ދިޔުމާއެކު ދެމީހުންގެ ދެމެދަށް ވެރިވެގެން ދިޔައީ ހިމޭންކަމެކެވެ. އެވަގުތު އެތަނުން އިވެމުން ދިޔަ މަޑު މިއުޒިކް ގެ އަޑު ނެތްނަމަ އެތާގައިވާނީ މަރުފަދަ ހިމޭން ކަމެއްކަން ޔަގީނެވެ.

“ސޮރީ” އެދެމެދުގައި ވީ ހަމަހިމޭންކަން ފޫދުއްވައިލީ އާއިކް ގެ ސޮރީ އަކުންނެވެ. އާރާ އަށް އިސްޖަހާލަމުން ބުނެވުނުހާވެސް އެއްޗަކީ އޯކޭއޭއެވެ. އެހެންނަމަވެސް އޭރު އޭނާގެ ހިތުގައި އުފެދިފައިވަނީ ވަރުގަދަ ހައިޖާންގަނޑެކެވެ.

މައިލީން ރޭގަނޑުގެ ޑިއުޓީއަށް ދާން ތައްޔާރުވަމުން ދިޔައިރު އާދައިގެ މަތިން ޔަޝްމް އާ ވާހަކަދައްކަމުންދިޔައެވެ. އޭރު ޔަޝްމް އިނީ އެނދުމަތީގައި ޑްރޯވިން ބްލޮކްތައް އަތުރައިގެން ކޮންމެވެސް އެއްޗެއް ކުރަހާށެވެ. ކައިރީގައި ޝާލީން އޮތެވެ.

މައިލީން ރީތިވެލަމުން ޝާލީން ގާތު ޔަޝްމް އަށް ބޭސްދިނުމަށްބުނުމަށްފަހު ސސިޓިންރޫމް އަށް ނުކުތެވެ. އޭނާ ފައިވާން ހަރުގަނޑުން ބޫޓެއް ނަގާއަރާލަމުން ނުކުމެގެން ހިނގައިގެތެވެ. ލަސްވެފައި ހުރުމުން އޭނާ ނިންމީ ޓެކްސިއެއްނަގާށެވެ. ނަސީބަކުން ނިކަން ފަސޭހައިން ޓެކްސިއެއްލިބުނެވެ. އޭނާ އަރާ ދާންވީ މަންޒިލް ބުނެލިއެވެ.

ހޮސްޕިޓަލް އަށް ދެވެންދެން ވެސް މައިލީން އަށް އިރުކޮޅަކާ ގަޑި ބަލައިލެވެއެވެ. ޓެކްސީއަށް ލާރިދައްކާލުމަށްފަހު އަވަސްއަވަހަށް ފައިބައިގެން ހޮސްޕިޓަލް އަށް ވަންނަން ދިޔަ މައިލީން ޖަޒިލް ގެ ލޮލުގައި އަޅައިގަތެވެ. އޭނާ މައިލިން އަށް ގޮވައިލަން އުޅެފައިވެސް މަޑުޖެހިލިއެވެ. އޭނާ މައިލީން އާއި ވާހަކަދައްކައިލަން އުޅޭތާ ފުދޭވަރަކަށް ދުވަސްވެއްޖެއެވެ. އެހެންނަމަވެސް އެކަމަށް އެއްވެސް އަލިމަގެއް އަދި ނުވެއްފެނެއެވެ.

މައިލީން އާދައިގެ މަތިން ގޮސް ކައުންޓަރ ގައި އިށީދެ އޭނާގެ މަސައްކަތަށް ސަމާލުކަން ދޭން މަސައްކަތްކުރިއެވެ. އެހެންނަމަވެސް ހިޔާލުގެ ލޯގަނޑަށް ސިފަވަމުން ދިޔައީ ޔުއާންއެވެ. އޭނާ ދެފަހަރަކު ލޯމަރާލަމުން ފުންނޭވާއެއްދޫކޮއްލިއެވެ. ކުއްލިއަކަށް އެތެރެއަށް މީހަކު ވަތް ކަހަލަ އިހްސާސްއެއްކުރެވުމާއެކު މައިލީން ބަލައިލިއެވެ.

އެނާއަށް ފެނުނީ ޔުއާންއެވެ. ލޯ މަރާލަމުން ދެފަރާތަށް ބޯ ހޫރާލުމަށްފަހު ދެން ބަލައިލިއިރު ޔުއާން ފެންނާކަށް ނެތެވެ. މައިލީން ހައިރާން ވިއެވެ. އެހެންނޫނީ އޭނާއަށް ޖެއްސުމެއްކޮއްނުލާ އެއް ދުވަހުވެސް ޔުއާން ނުދާނެއެވެ. އެހެންނަމަވެސް މިއަދު ޔުއާން ގެ ފަރާތުން އެފަދަ އެއްވެސް އަމަލެއް އޭނާ އަށް ނުފެނުނެވެ. އެއާއެކު ހިންހަމަޖުމެއް އޭނާ އަށް ލިބިގެން ދިޔައެވެ. އާއްމުކޮއް ރޭގަނޑު ޑިއުޓީ އަކީ ވަރަށް ފަސޭހަ ޑިއުޓީއެކެވެ. މީހުންގެ ހިލަމެއްނުވާނެއެވެ. މަޑުމައިތިރި މާހައުލެކެވެ.

އޭނާ ކުރަން ހުރި ބައެއްކަންތައް ނިންމާލުމަށްފަހު ދެން ފޯނުން އިނގިރޭސި ވާހަކައެއްކިޔަން ފެށީ ފޫހިފިލުވާލުމަށެވެ. އެހެންނަމަވެސް ވާހަކަ އަށް ސަމާލުކަން ދެވޭގޮތެއްނުވެއެވެ. ހިޔާލުތަކުގައި ވަނީ ޔުއާން އެވެ. މޭޒުގައި ބޯ އަޅާލައިގެން އޮތްއިރު މާޒީގެ ސަފްހާތަކުގައި ކުލަ ޖެހިގެން އައިސް ސިކުނޑީގައި އެނބުރިގަތެވެ.

***

މައިލީން ގެ އުނަގަނޑުގައި ހިފި މީހާއަށްވެސް ނުބަލާ މައިލީން އަތުގެ ހުރި ބާރުލާފައި އެމީހަކުގެ ކޯތާފަތުގައި ޖެހިއެވެ. ރަނގަޅަށް ބަލާލުމާއެކު އޭނާ އަށް ފެނުނީ ޔުއާންއެވެ. ލިބުނު ހައިރާން ކަމުގައި އެއްޗެކޭ ބުނަން ހުޅުވާލި އަނގަ މަޑުމަޑުން ލެއްޕުނީއެވެ. މައިލީން ޔުއާން ގެ އަތް ދަށުން ސަލާމަތް ވާންވެގެން ތެޅި ގަތް ގޮތުން ދެމީހުން އެކުގައި ވެއްޓުނެވެ. އެވަގުތު ދުރުގައި ހުރި އަމަން އެ މަންޒަރު ފޮޓޯ އެއްގެ ސިފައިގައި ރައްކާކޮއްލިއެވެ. ޔުއާން ހިރަފުސްގަނޑުގެ ތެރެއަށް ވެއްޓި ޖެހުނު ގޮތަށް ތަދުވެސް ވިއެވެ. މައިލީން ޔުއާން ގެ ލޮލަށް ގެއްލިފައި އޮތުމުގެ ސަބަބުން އޮވެވުނީ ކޮންތާކު ކިހިނެތްކަން ވެސް ހަނދާން ނެތުނުފަދައެވެ. އޭނާ ޔުއާން ގެ ލޮލުގެ ޖާދޫގައި ރަނގަޅަށް ޖެހިއްޖެއެވެ. ޔުއާން ވެސް މައިލީން ގެ ކަޅޫކަންގަދަ ދެލޮލާ އޭނާ ގެ ލޯ އަމާޒުކޮއްލައިގެން އޮތް އިރު އޭނާގެ މޫނުމަތިން ފެންނަމުން ދިޔައީ ރުޅިވެރިކަމެވެ. ދެބުމަ ވަނީ ގޮށް ޖެހިފައެވެ. އެވަގުތު އޭނާ ގެ ހިތުގައި ވަރުގަދަ އަޒުމެއް ކަނޑައެޅިއެވެ. ތަންކޮޅެއް ދުރުން އިވުނު ހިނިގަނޑުގެ އަޑާއެކު ދެމީހުނަށްވެސް ހަމަ ބިމަށް އާދެވުނެވެ. މައީލީން ތެދުވެ ދުއްވައިގަތް އިރު ލަދުވެތި ހިނިތުންވުމަކުން އެމޫނު ވަނީ ފެންވެރިފައެވެ.

ދެކޯތާފަތަށް ޖަންބުކުލައެއް ވެރިވެފައި ވާއިރު އޭނާގެ އަތުގެ ނިޔަފަތު ގަނޑު އޮތީ އަނގައިގެ ތެރޭގައެވެ. މައިލީން ތެދުވެ ދުއްވައިގަތުމާއެކު ޔުއާން ވެސް ތެދުވެ އަމަން މެނާ ދިމާލަށް ހިނގައިގަތެވެ. އޭރު އޭނާގެ ގަމީސްވަނީ އެއްކޮއް ހަޑިވެފައެވެ.

ދުވަމުން ދިޔަ މައިލީން ހުއްޓުނީ ގޭގެ ދޮރުމައްޗަށް އެރުމުންނެވެ. އޭރު އާރާ ވެސް ކޮންމެވެސް ތަނަކަށް ދާން ގޭގެ ދޮރުން ނުކުންނަނީއެވެ. މައިލީން ފެނުމާއެކު އޭނާ ސުވާލުކޮއްލިއެވެ.

“އިލީ ހާދަ ވަރެއްވެފަ. މި އަންނަނީ ފިހާރެއަށް ގޮސްފަ މަންމަ އެބަ ހޯދާ” އާރާ މައިލީން ބޯ ޖަހާލުމާއެކު ހިނގައިގަތެވެ.

އާރާ ދިޔައިރުވެސް މައިލީން އަށް އެ ހުރިތާ ހުރެވުނީއެވެ. “ޔުއާން” އޭނާއަށް ޔުއާން ގެ ނަން ކިޔައިލެވުނެވެ.

***

“ޔުއާން” މައިލީން ގެ އަނގައިން އެބަސް ބޭރުވީކަމެއްވެސް އޭނާއަކަށް ނޭގެއެވެ. “އަދިވެސް އަހަރެން ދޯ ތިހިތުގަ ވަނީ” ދާދި ކައިރިން އިވުނު ޔުއާން ގެ އަޑުން މައިލީން އަށް ސިހުން ގެނުވައިފިއެވެ. އޭނާ މޭޒުމަތިން ބޯ ނެގުމާއެކު ފެނުނީ ކައިންޓަރު ގައި އަތް އަޅުވާލައިގެން ހުރި ޔުއާންއެވެ. އޭނާގެ ތުންފަތް މަތީގައި ވި ހނިތުންވުން މައިލީން އަށް ސިފަވީ މަލާމާތެއްގެ ގޮތުގައެވެ. އޭނާ އެއްއްޗެކޭ ނުބުނެ ދުރުބަލައިލިއެވެ.

“ކޮބާތަ ފިރިމީހާ… އިންޓްރްޑިއުސް ކޮއްދޭންވީނު” ޔުއާން ހަމަޖެހިލާފައި އަހައިލިގޮތުން އަނެއްކާވެސް މައިލީން ގެ ލޯ ޔުއާން ގެ ލޮލާ ސީދާވިއެވެ.

“އަހަރެންގެ ދިރިއުޅުމުގެ ތެރެއަށް ޔުއާން ވަންނާކަށް ނުޖެހޭނެ. އަހަރެންގެ ދަރިފުޅަށް ވެސް އަދި ފިރި… ފިރި މީހާއަށްވެސް ޔުއާން ދައްކާކަށް ބޭނުމެއްނޫން… އެއީ ތިކަހަލަ ބޭވަފާތެރިއަކަށް އަހަރެން ގެ ހަޔާތުގެ ޒައްރެއްގެ މިންވަރުވެސް ދޭން ނޭދޭތީ” މައިލީން ޔުއާން އަށް ޖަވާބު ދިނެވެ. “އައްދެ… ފިރިމީހާ އޭ ބުނީ އިރު ހާދަ ގޮތަކަށް ތިބުނީ” ޔުއާން ފާހަގަ ކުރީ މައިލީން ފިރިމީހާއޭ ބުނަން ޖެހިލުންވިވަރެވެ.

“މިފަހަރު ޔުއާން ބުނި އެއްވެސް އެއްޗަކަށް މައިލީން އަޅައެއްނުލިއެވެ. ޔުއާން ދެންވެސް އެއްޗެކޭ ބުނެލިއެވެ. އެކަމަކު މިފަހަރުވެސް މައިލީން ހިޔާރުކުރީ ހިމޭންކަމެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hi Mi

Level 1010 Stories100 Comments100 Login500 Comments100 Stories500 Login1K Comments

Assalaamu Alaikum. Email:- [email protected]

Other Articles

Previous

ރީތި ސޫރައެކޭ 1

Next

ތިޔަ އަސަރު 8

Next
January 21, 2018

ތިޔަ އަސަރު 8

Previews
January 21, 2018

ރީތި ސޫރައެކޭ 1

16 Comments!

  1. lg says:
    January 21, 2018 at 3:02 pm

    mi part ves varah reethi

  2. Icy says:
    January 21, 2018 at 3:04 pm

    Vaahaka vrh vrh reethi

  3. Pinky shifoo says:
    January 21, 2018 at 3:09 pm

    Woww ❤️❤️❤️… Haadha reehchey Maasha Allah ❤️❤️??.. Neynge bunaane ehcheh vx.. I’m speechless ??.. Varah varah reethi ??.. Mihaaru mi site ga liyaa vaahaka thakugetherein mi vaahaka akee my favourite ???❤️.. Enme inthizaaru kurevey vaahaka aky mee.. It’s really very nice ?????.. Waiting for next part… ❤️❤️???

  4. sof says:
    January 21, 2018 at 3:25 pm

    varah reethi mi story … dhen kon irakun annei bai upload vaanee… mi vaahala ah varah inthizaaru kurevey avaham up kohdheichey

  5. Xaaaan says:
    January 21, 2018 at 3:40 pm

    Masha Allah wòoooooow haadha reechey hi mi story ah inthixaar kuraatha nw konireh ?????????

  6. Pinky shifoo says:
    January 21, 2018 at 4:29 pm

    Kyve alhuganduge comment publish nuvany??

  7. Xxxx says:
    January 21, 2018 at 7:32 pm

    Wooooowww ? v.nice

  8. Nees says:
    January 21, 2018 at 8:59 pm

    Mi part nuveskiyan adhi
    Up vefa ineema ufalungos cmnt eh liyelee?? thanks

  9. Marujaan says:
    January 21, 2018 at 10:22 pm

    Vvvvvvsalhi mee
    My favourit
    Story ????????????????????❤❤❤❤❤❤❤❤❤

  10. ލަޔާ says:
    January 21, 2018 at 10:32 pm

    ވާހަކަ ވަރަށް ރީތި…..

  11. rifu says:
    January 22, 2018 at 9:26 am

    Wow.. Masha allah . mii v reethi stry eh ..thankolheh avahah up koh dheeba
    Plxx.??❤❤

  12. Icy♡ says:
    January 22, 2018 at 3:12 pm

    Plx mi story avhah up kohladheebala
    Plx plx!!

  13. Pinky shifoo says:
    January 22, 2018 at 4:10 pm

    Alhey where is my favourite writer Hi Mi ????❤️❤️.. I’m missing you soooooo much n waiting for the lovely reply of yours ??.. Come back soon ?☺️??❤️❤️..

    1. Hi Mi says:
      January 22, 2018 at 7:33 pm

      Hey. Pinky shifoo. Varah miss v yey. Ekam time nuvaathy reply nukohlevuni. Varah dheravey reply nukiheveythy. Hama rangalhah ves Hi Mi aki pinky ge fan akah vehjje. ?????????????? Thankyou dear. Varah varah varah ufaavey pinky ge comment konme part akun fennathy. Thanks pinky shifoo. ?????????

  14. Hi Mi says:
    January 22, 2018 at 6:57 pm

    Assalaamu Alaikum… hey guys. Thi kudhinge comments thakah mi part ga reply nukohlevunithy maafah edhen. Mifaharu maa bodah bixi v ma time nuvi . Ekamakuves thi hurihaa kiyuntherin thi dhevaa support ah varah bodah skukuriyya. Thiya kiyuntheringe hiyaal thakaki alhugandah libigen dhaa hiyyvareh. Thankyou all. Vaki vaki comments thakah reply nukohlevunithy sorryyyyyyy?
    Thankyou all.Jazakallah khairan…

  15. Shaff says:
    January 22, 2018 at 8:23 pm

    Wen is next part

Comments are closed.

Next Episodeހިތާ ފުރާނައިން (14)←


All Right Reserved!