“އިނގޭއިރުވެސް މައިލީން ތި އަހަނީ ކީއްކުރަން. އަހަރެން ލޯބިވާތީ. މައިލީން ބޭނުންވާތީ”ފަހަތުން އައިސް މައިލީން ގާތު ހުއްޓިލާ މައިލީން ގައިގައި ބައްދާލަމުން ޔުއާން ބުނެލިއެވެ. އޭނާ މައިލީން ގެ ކަނދުރާގައި ދަތްދޮޅި އަޅުވާލިއެވެ. މައިލީންގެ އަތްފައި ފިނިވެ ނޭވާ އަވަސްކުރުވައިފިއެވެ.
އެއްވެސް އެއްޗެއް ނުބުނެ ޖެހި ބުދެއްހެން މައިލީން ހުއްޓެވެ. އޭނާގެ ލޮލުގެ ތެރެއަށް ފެންތައް ޖަމާވަމުން ދިޔައީ ކުޑަހިނދުކޮޅެއްގެ ތެރޭގައެވެ. އެ ޖުމްލަ އަޑުއަހަން އޭނާ ކެތްމަދުވެފައިވާވަރު އެވަގުތު އެ ހިތަށް އެގުން ވެގެން ދިޔައެވެ. ޔުއާން ގެ ފަރާތުން އެހެން އެ ޖުމްލަ އަޑު އިވުމުން އޭނާގެ ފައިން ވާގި ދޫވާހެން ހީވިއެވެ.
“ޔުއާން” މައިލީން ބުނެލިއެވެ. އޭނާގެ އަޑުގައި މަޑު ތުރު ތުރެއްވިއެވެ. ޔުއާން”ދެވަނަ ފަހަރަށްވެސް މައިލީންގެ އަނގައިން ނުކުތީ ހަމައެކަނި އެބަހެވެ. “އެހެންތަ… މައިލީން ހީކުރީތަ އަހަރެން އެހެން ބުނެފާނެޔޭ… އައްޗީޑި. ތި ކަހަލަ މީހެއްބޭނުމެއްނޫން. ކާކުގެ ދަރިއެއްތަ ތި ގެންގުޅެނީ. އިނގޭތަ އެއީ ކާކުގެ ދަރިއެއްކަންވެސް”ކުރިމައްޗަށް އެހުރިގޮތަށް ހުރެ މައިލީން ކޮއްޕާލަމުން ޔުއާން ބުނެލިއެވެ.
ނުވިސްނާ ހުރި މައިލީން ނުވެއްޓުނީ ކިރިއާއެވެ. ވަގުތުން އޭނާގެ ލޮލުން ފެންތައް ފައިބައިގެންފިއެވެ. ކަރުނަތަށް އެ ދޮން ކޯތާފަތުން ތިރިއަށް ދެމިގަޓީ ހުއްދަ ހޯދުމަކާ ނުލައެވެ. އެއީ އެ ގޮތަށް ޔުއާން އެނަގެ އިހްސާސްތަކާ ކުޅެލި ދެވަނަ ފަހަރެވެ. ޔުއާން ގެ ފަރާތުން ފުރަތަމަ އެގޮތަށް ކަންތައް ވެފައި ވީނަމަވެސް ދެން ވެސް އުންމީދުކުރެވުނީތީ މައިލީން އަމިއްލަ ނަފްސަށް މަލާމާތްކުރިއެވެ.
ޔުއާން ދުވަހަކުވެސް ބަދަލެއް ނުވާނެއެވެ. އެހިތް ދުވަހަކުވެސް އޭނާގެ މައްޗަށް ހެވެއްނުވާނެއެވެ. ކުރާނީ ކީހެއްޔެވެ؟ ލޯބިވަނީ އޭނާއެވެ. އެހެންވެ އުންމީދުކުރެވެނީއެވެ.
އޭރުވެސް އޭނާ ހުރީ ޔުއާން އަށް ފުރަގަސްދީގެންނެވެ. މައިލީން ގެ ގިސްލުމުގެ އަޑު އެތަނުގައި ގުގުމާލީ އިރުކޮޅެއްފަހުންނެވެ. އޭނާ ބިންމައްޗަށް ތިރިވިއެވެ. މައިލީން ގެ މި އަމަލުންވެސް ޔުއާން ގެ ރުޅިގަނޑު ފިނިވާ ގޮތެއްނުވިއެވެ.
“ބުނޭ ކާކުގެ ދަރިއެއްއެއީ” ކުރިއަށް ޖެހިލާ މައިލީން ކޮޅަށް ނަގަމުން ޔުއާން ދެވަނަ ފަހަރަށްވެސް ސުވާލުކޮއްލިއެވެ.
“އަހަރެން ބުނިން އަހަރެން އުޅެނީ ކައިވެންޏެއްކޮއްގެންނޭ” މައިލީން ބުނެލިއެވެ. އޭރުވެސް އޭނާގެ ގިސްލުމަކަށް ބަދަލެއްނާދެއެވެ. އިސްޖަހައިގެން ހުރި އިރު އެ އަޑު އިވުނު ކޮންމެ މީހަކަށް ވެސް އަސަރުކުރާނެއެވެ. ޔުއާން ފިޔަވައެވެ. އެއީ ހަރު ހިލަ ހިތެއްގެ ވެރިއެކެވެ.
“އެހެން ވީމާ ޔުއާން ތި ސުވާލު ކުރާކަށް ވެސް ނުޖެހޭނެ. ކައިވެންޏެއް ކޮއް ދަރިއަކު ލިބުމަކީ ފާފަ އެއްނޫން” މައިލީން އިތުރުކޮއްލިއެވެ.
“އެކަމު އަހަންނަށް ހާދަ ހީވެޔޭ ތި ކުއްޖަކީ”
“ހުއްޓާލާ ޔުއާން ހުއްޓާލާ” މައިލީން ހަޅޭއްލަވައިގަންނަމުން ޔުއާންގެ ޖުމްލަ މެދުކަނޑާލިއެވެ.
މައިލީން ޔުއާން އާ ދިމާލަށް ޝަހާދަތް އިނގިލި ދިއްކޮއްގެން ހުރެ އިންޒާރެއްދިންފަދައެވެ. ދެން އިތުރަށް އެއްޗެއްނުބުނާށޭ ބުނާކަހަލައެވެ. އޭނާއާ ދިމާލަށް އިތުރަށް އެންމެ ބަހެއް ބުނުމުގެ ހައްގު ޔުއާން އަށް ނުވެޔޭ ބުނާކަހަލައެވެ.
އޭނާ އެތަނުން ނުކުމެގެން ދަންދެން ޔުއާން ހުރީއެވެ. އެއީ ހަމަ މައިލީން ގެ ކުއްޖެއްބާއެވެ. މައިލީން ހަމަ ރަގަޅަށްވެސް މީހަކާ އިނީ ހެއްޔެވެ. މައިލިން ގެ މޫނުމަތިން ފެންނަ އަސަރުތަކުން އޭނާ ދޭހަކުރަންވީ ކޮން މާނައެއްބާއެވެ.
ޔުއާން އެތާހުރި ގޮނޑިއަށް ވެއްޓިގަތެވެ. އޭނާ ފުން ވިސްނުމަކަށް ގެނބުނެވެ.
މައިލިން ގެއަށް ދިޔަ ގޮތަށްގޮސް ޝާލީން ގެ ގައިގައި ބައްދައިގަންނަމުން ރޮއިގަތެވެ. “އިލީ ވަޓް ހެޕެންޑް… އިލީ” ޝާލީން ހުރީ ކަންތައްބޮޑުވެފައެވެ. އޭނާ އާދޭސްކޮއްގެންވެސް މައިލީން ގެ ރުއިން ހުއްޓޭ ގޮތެއްނުވިއެވެ. ހީވާހަކަލައެވެ. މިހުރިހާ ދުވަހަކު މައިލީން ކުރި ހިތްވަރު ގެއްލުނީއެވެ.
“ޔުއާން ގޮނޑިއަށް ވެއްޓިގަނެ ފުންވިސްނުމަކަށް ގެނބުނެވެ. މީގެ ފަސް އަހަރުގެ ކުރީގެ ހަނދާންތައް އޭނާ ވަށަމުން ދިޔައީ އޭގައި އޭނާ ގައިދު ކުރަން ބޭނުންވެފައިވާ ފަދައަކުންނެވެ.
***
ކުރިމަތިން ފެންނަމުންދިޔަ ގުދުރަތީ ރީތިކަމުން ފުރިފައިވާ ރަށުގެ މަލަމައްޗަށް ބަލަހައްޓައިގެން ހުރި ޒުވާން ފިރިހެން ކުއްޖާގެ ތުންފަތް މަތީގައިވަނީ ހިނިތުންވުމެކެވެ. ޖެހެމުން ދިޔަ ވައިރޯޅިތަކުން އޭނާގެ އިސްތަށިގަނޑު ވިހުރުވެމުން ދިޔައެވެ. ހަވީރުގެ ވަގުތު ކަމަށްވުމުން އަވި މަޑެވެ. އެހެނަސް ލޯންޗްގެ ކުރީކޮޅުގައި ހުރި ޒުވާނާގެ ލޮލުގައި ރޭބަން އަވި އައިނެއް އަޅާލެވިފައިވެއެވެ. ލާފައި ހުރީ ހުދުކުލައިގެ ޓީޝާޓް އަކާއި ގަދަ ފެހިކުލައިގެ ސޯޓެކެވެ. އަރާފައިވަނީ މަޑު ޗޮކްލެޓް ކުލައިގެ ބޫޓަކަށެވެ. ކަންފަތަށް ހެޑްސެޓެއްޖަހާލާފައިވާއިރު އޭގެން އިވެމުން ދިޔަ ލަވަޔާ އެއްވަރަށް ބޯ ހަރަކާތް ކުރަމުން ދިޔައެވެ.
ބަނދަރަށް ލެފުމާއެކު ޒުވާނާ ފުންމާލިއެވެ. އެވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ އެތަނާ ތަންކޮޅެއްދުރުގައި ހުއްޓި ހުރި އަންހެން ކުއްޖާއެވެ. އެ ކުއްޖާ ގެ ފަން އިސްތަށިކޮޅު ވަޔާ ވިހުރެމުން ދިޔައިރު އެ އިސްތަށިތަކުގެ ސަމާސާތައް ހުއްޓުވުމަށް ގެންނަ ފަރި ހަރަކާތްތަކުންވެސް އެ ޒުވާނާގެ ހިތުގައި ބިންވަޅުނެގުނު ފަދައެވެ. އޭނާ އެ ކުއްޖާގެ ހަރަކާތްތަކަށްބަލަން ހުއްޓެވެ. “ދަރިފުޅާ” ހޭވެރިކަން ވީ ބައްޕަ ގޮވާލުމުންނެވެ. ބަނދަރުގައި ލޯންޗް ގެ އިންތިޒާރުގައި މަޑުކޮއްލައިގެން ހުރި އޭނާގެ ބައްޕަ އައިކަލް ކާރަށް އިޝާރާތް ކޮއްލިއެވެ.
ޒުވާނާ ކާރަށް އަރަން ދިޔަ އިރުވެސް ނަޒަރުހުއްޓިފައިވަނީ އެ އަންހެން ކުއްޖާއަށެވެ. “ޔުއާން” ކާރަށް އަރާ ހަމަ ޖެހިލުމާއެކު އައިކަލް ބުނެލިއެވެ.
“ލައްބަ ބައްޕާ… ކީއްވެތޯ މިރަށުގަ ތި ވިޔަފާރި ފަށަނީ” ޔުއާން ބުނެލިއެވެ. އޭނާގެ އަޑުގައި ވަނީ ނޭގޭ ބާރުވެރިކަމެކެވެ. ވަރަށް ފިރިހެން ވަންތައެވެ.
ކާރު ގޮސް މަޑުކުރީ ވަރަށް ރީތިކޮއް ހަދާފައިވާ ގެސްޓް ހައުސް އެއްގެ ކުރިމައްޗަށެވެ. އޭނާ ކާރުން ފައިބަލާ ބަލާލިއެވެ. ގެސްޓް ހައުސް އަށް ވަންނަން އިން ދޮރު ގެ ކުރިމަތީގައި ލަކުޑިން ހަދާފައިވާ ދިގު އެއްޗެއް ދެފަރާތުގައި އިނެވެ. އޭގެ އެއްފަރާތުގައި ރީތިކޮއް ޑިޒައިން ކުރެވިފައި ވަށާފާރު ވާއިރު އެ ލަކުޑި ގަނޑުގެ އެންމެ މަތީގައި ބޮއްކެއްއިނެވެ.
“މިއީ އެންމެ ފަހުން މިރަށުގަ ހުޅުވި ހޮޓެލް. ބައްޕަ މިކޮޅަށް އަންނަން މިޖެހުނީ އެކަމުގަ. ބައެއްކަހަލަ ޕޭޕަރ ވޯކް ނިންމަން ޖެހޭތީ. އަދިވެސް މިއަށްވުރެ ބޮޑު ތަނެއްގެ މަސައްކަތް ކުރަން ޖެހޭތީ އާ އެކީ” އައިކަލް އޮޅުންފިލުވައިދިނެވެ. ޔުއާންވެސް ހިނިތުންވެލަމުން އެ ހޮޓެލް ގެ އެތެރެއަށް ހިނގައިގަތެވެ. އޭނާ އެތެރެއަށް ވަނުމާއެކު ބަސްހުއްޓުނެވެ. ހާމަ ކަން ބޮޑު އެތަނުގައި ގޮނޑިބަރިތަކެއް ބަހައްޓާފައިވާއިރު އެތެރޭގައި ގިނައިން އިށީދެގެން ތިބީ ގެސްޓުންނެވެ. އެއްފަރާތުގައި އިން ކައުންޓަރުން ފަހަރަކު ފަސްމީހުނަށް އެއްފަހަރާ ހިދުމަތް ދެމުން ދިޔައެވެ. މަތީގައި ބަހައްޓާފައިވާ ޗާނދަލިޔާ އާ އިންދާފައިވާ އިންޑޯ ޕްލާންޓް ތަކުގެ ސަބަބުން އެތަނަށް ވެރިވެފައިވަނީ ފުރިހަމަކަމެވެ. އޭގެ އިތުރުން ވެސް ބަހައްޓާފައިވާ އުއްބައްތީގެ ސްޓޭންޑް ތަކުގެ ސަބަބުން ވެސް އެތަނުގެ ރީތިކަން ދެގުނަވެފައިވިއެވެ.
“ކިހިނެތް ތަ މިތަން ދަރިފުޅާ” އައިކަލް އެނާ އާއި އެކީ އައުމަށް އިޝާރާތް ކުރަމުން ވާހަދެއްކިއެވެ. އައިކަލް ގެ ފަހަތުން ދިޔަ ޔުއާން ހުރީ އުފަލުންނެވެ. އޭނާ ގެ ބައްޕަ ގެ ވިޔަފާރީ ގެ ބޮޑުމިނާ ބާރުގަދަކަން މިތަނަށް ބަލައިލުމުންވެސް އޭނާއަށް އަންދާޒާ ކުރެވިގެން ދިޔައެވެ.
“ވަރަށް ރީތި ބައްޕާ” ޔުއާން ވާހަކަ ދެއްކިއެވެ.
“ދަރިފުޅު ހަމަކޮންމެހެން އަންނަން އުޅުނީ ކީއްވެކަމެއް ނޭގުނު” ވަހަކައިގެ ތެރެއިން އައިކަލް ބުނެލިއެވެ. ޔުއާން ބައްދަލުކޮއްލީ ހިނިތުންވުމެކެވެ. އިތުރު އެއްޗެއް ބުނުމުގެ ހިޔާލެއް އޭނާ ނުކުރެއެވެ.
ދެބަފައިން ވާހަކައިގައި ތިބެގެން އެތަނުގެ އެކި ތަންތަން ބެލިއެވެ. ޔުއާން ހުރީ ތަނުގެ ބޮޑުމިން ފެނި ބަސްހުއްޓިފައެވެ. “މި ކޮޓަރީގައި ދަރިފުޅު ހުރެލާ. މިއީ އެންމެ ފެންވަރު ރަނގަޅު ކޮތަރިތަކުގެ ތެރެއިން ކޮޓަރިއެއް… މީ ވީ އައިޕީ މީހުން ތިބޭ ތަން” އައިކަލް ހިނިތުންވެލިއެވެ. “ރެސްޓް ކޮއްލަން ވީނު ދަރިފުޅާ. ބައްޕަ މިދަނީ ރަށު ކައުންސިލާ އެކީ އެއްބަސް ވުމެއްގައި ސޮއިކުރަން” އައިކަލް ގަޑިއަށް ބަލާލަމުން ވާހަކަ ދެއްކިއެވެ. ޔުއާން ހިނިތުންވެލަމުން އައިކަލް ގެ ވާހަކައަށް ބޯޖަހާލިއެވެ. “ލައްބަ ބައްޕާ” އަދި ބުނެލިއެވެ.
އެވަގުތު އެތަނަށް އައި މުވައްޒަފެއް ޔުއާން ގެ ދަބަސް އެތެރެއަށް ވައްދައިދިނެވެ.
ބައްޕަ ދިއުމުން އޭނާ ފުންނޭވާއެއްލިއެވެ.
ކޮޓަރި ތެރެއަށް ވަދެފައި ދޮރު ލައްޕާލަމުން ޔުއާން މުޅި ތަނަށް ނަޒަރު ހިންގައިލިއެވެ.
އެކޮޓަރި ބޮޑުވެފައި އެހާ ހިތް ގައިމެވެ. ކިންގް ސައިޒް އެނދަކާއި ބޮޑު އަލަމާރިއެއްގެ އިތުރުން ޑްރެސިން ޓޭބަލް ވެސް ވަނީ އެންމެ ޒަމާނީ ފެންވަރަށް ޑިޒައިން ކުރެވި ބެހެއްޓިފައެވެ. އޭގެއިތުރުން ސޯފާއަކާ އެތާގެ ކުރިމަތީގައި ކުޑަ ބިއްލޫރި މޭޒެއްގެ އިތުރުން ޓީ ވީއެއްވެސް ބައިންދިފައިވެއެވެ. އެނދުގެ އެއްފަރާތުގައި ސްޓަޑީ ޓޭބަލް އެއްވެސް ބެއިންދިފައިވެއެވެ. އެންމެ ޒަމާނީ ފެނަވަރަށް ފާރުތަކާ ސީލިންގް ޑިޒައިން ކުރެވިފައި ވާއިރު ޖައްސާފައިވާ އޭސީގެ ފިނިން މުޅިކޮޓަރިވަނީ ފިނިކޮއްލާފައެވެ. ސޯފާތަކާ ދިމާ އެއްފަރާތުގައި ދޮރުފޮގަނޑެއްލާފައި ވާއިރު އެއީ ކުޑަދޮރާ ދިމާލުގައި ލާފައިވާފޮތި ގަނޑުކަން ދެނެގަންނާކަށް އުނދަގުލެއްނުވެއެވެ. އެ ދޮރުފޮތި ގަނޑުވަނީ ރޯޔަލް ބްލޫ ކުލައިން ފަރުމާ ކުރެވިފައެވެ. ފެންނަނީ ޝާހީކަމެވެ. ތަނުގެ ހައިބަތެވެ.
އެ ހުރިހާ މައްސައްކަތަކީވެސް މޮޅުހުނަރުވެރިންތަކެއްގެ ބުރަ މަސައްކަތްކަން ޔަގީނެވެ.
ޔުއާން ގޮސް އެދުމައްޗަށް ވެއްޓިގަތެވެ. އެއާއެކު ދެން އޭނާ ލޯ މަރާލަމުން ނޭވާ އެތެރެއަށް ދަމާލިއެވެ. އިޚްތިޔާރުން ބޭރުން ކުރެވުނު އެ އަމަލަކީ އެވަގުތު އެކޮޓަރީގެ ތެރެއިން ދުވަމުން ދިޔަ ލުއި މީރުވަހުން ގެ ސަބަބުން ކުރެވުނު ކަމެކެވެ.
ޔުއާން އޮވެލާފައި ކޮތަރިން ނުކުމެގެން ގޮސް ކައުންޓަރު ދޮށައް ހުއްޓުނެވެ. އޭރު އޭނާގެ ކޮނޑުގައި ދެންމެ ދަބަހުން ނެގި ކެމެރާ އަޅުވާލާފައި އޮތެވެ. އެވަގުތު ރިޝެޕްޝަންގައި ތިބި އަންހެންކުދިންގެ ލޮލުންވެސް ތަފާތު ވިދުމެއް އޭނާއަށް ފެނުނެވެ. ޔުއާން ފަހުރުވެރިކަމާއެކު ހިނިތުންވެލިއެވެ. އެ ހިނިތުންވުމުންވެސް އޭނާ ބޮޑާވެފައި ވާވަރު އަންދާޒާ ކުރެވެއެވެ. ތަންތަނަށް ގޮސް އުޅޭއިރުވެސް ސައިޑް ބިޓުން ގެންގުޅުމަކީ ޔުއާން އަށް އާ ކަމެއްނޫނެވެ. އޭނާގެ މަޑު މުށިކުލައިގެ ދެލޮލުގައި ހުންނަ ޖާދޫއަކުން އަންހެން ކުދިންގެ ހިތްތައް އޭނާ ފަތަހަ ކުރާނެއެވެ. ވަކިން ނުވާނެހެން ހީވާ ކަމެއްވަންޏާ އޭނާ އަދި އަމުދުން އެކަން ކުރަން ބޭނުންވާނެއެވެ. އެނާ ޖެހޭނީ އެ ދެލޮލުން އެ ކުދިންނާ ދިމާލަށް ބަލާލާށެވެ. އެއަށްފަހު ކޮންމެ އަންހެން ކުއްޖެއްވެސް ވާނީ އޭނާގެ އަތު ތެރޭގައެވެ.
ޔުއާން އެތާގައި ހުރި ކުއްޖެއްގެ ގާތުން އެރަށާ ބެހޭ ބައެއްމައުލޫމާތު ހޯދައިލައިގެން ބޭރަށް ނުކުމެލިއެވެ. ކުރިމަތިން ފެންނަމުން ދިޔައީ ގަސްބޯ ޖަންގައްޔެއްފަދަ ތަނެކެވެ. އޭގެ އެއްފަރާތުން ދެތިން ގެސްޓް ހައުސް ފެންނަން ހުއްޓެވެ. އެހެނަސް އެ ހޮޓެލާ އެއްހަމަ ނުކުރެވޭނޭކަން ބޭރުން ވެސް އެނގެއެވެ. ގެސްޓް ހައުސް ތައް ހުރި ފަރާތް ނޫންއަނެއްފަރާތުގައި ވަނީ ގަސްބޯޖަންގައްޔެވެ. އެހެން ކަމުން އެއީ އަދި މީހުން އާބާދުނުވެ އޮތް ހިސާބެއްކަން އެނގެއެވެ. އެހެންކަމުން ދާންވީ ރާސްތާ އޭނާއަށް އެނގުނެވެ. އޭރު އިރުއޮއްސެން ކައިރިވަނީއެވެ. ފޯން ޖީބަށް ލަމުން އޭނާ ކެމެރާއިން ދެތިން ފޮޓޯ ނަގާ ރައްކާކޮއްލިއެވެ. ދެން އޭނާ މިސްރާބުޖެހީ ކުރިއަށެވެ.
ހިނގަމުން ގޮސް ދެތިން ގޯޅިއެއް އެޅިތަނާ ރަށުގެ ބޮޑުމަގެއް ފެނިއްޖެއެވެ. އެހެން ގޮސް ދެން އޭނާއަށް ފޭބުނީ އަތިރިމައްޗަށެވެ.އެހެންކަމުން ދެން އޭނާ ގޮނޑުދޮށައް މިސްރާބުޖެހިއެވެ. އެވަގުތު އެތާގައި އުޅެނީ މަސްހިފަން އުޅޭ އޭނާ އާއި އެއްއުމުރެއްގެ ދެތިން ކުއްޖެކެވެ. އޭނާ އެތާ ހުއްޓިލައިގެން ހުއްޓެވެ. އެވަގުތު އޭނާ ގެ ކަންފަތުގައި ހުނުމުގެ އަޑު ގުގުމައިގަތެވެ. ނުހަނު ކައިރިންނެވެ. އޭނާ ފަހަތް ބަލާލިއިރު ތިން ކުއްޖަކު ހެމުން ހެމުން ދަނީއެވެ. އެތިން ކުދިންގެ ތެރެއިންވެސް އޭނާގެ ލޮލުގައި އަޅައިގަތީ ކަނާއަތް ފަރާތަށް ހުރި އަންހެންކުއްޖާއެވެ. އެއީ ބަދަރުމަތިންވެސް އޭނާއަށް ފެނުނު އަންހެން ކުއްޖާއެވެ. އޭނާ އެ ކުއްޖާ ބަލާލާފައި އެނބުރުނު ވަގުތު ފޮޓޮއެއްނަގާލިއެވެ. އަދި ހިނިތުންވެލިއެވެ. އެ ކުއްޖާ ވެސް ޔުއާން އަށް ބަލާލުމަށްފަހު އަނގަޔަށް ގޮތެއް ހަދާލަމުން އެނބުރުގޮތަށް ދެވަނަ ފަހަރަށް ބަލާނުލާތީ ޔުއާން ފޮޓޯ ނެގިކަމެއްނޭގެއެވެ.
އެ ކުއްޖާގެ ފަން އިސްތަށި ގަނޑު ވަޔާ ވިހުރެމުން ދިޔައިރު މޫނުމައްޗަށް ވެއްޓޭ އިސްތަށިކޮޅު އިރު އިރުކޮޅަކާ އެއްފަރާތް ކޮއްލައެވެ. އެ އަދާ ޔުއާން އަށް ވަރަށް ކަމުދިޔައެވެ.
“ދެން އިލީ ވެސް” އެތަނުން އެއްކުއްޖަކު އެ ކުއްޖާގެ ގައިގައި ކޮއްޕާލަމުން ބުނެލި އަޑު ޔުއާން އަށް އިވުނެވެ. “އިލީ” އެނަން ކިޔުނު އިރުވެސް ހިނިތުންވުމެއް ދުވެލަ ދުވެލާ ހުއްޓެވެ.
“އޭތް. ކައެ ކިތަންމެ ވަރަކައް ބެލިއަކަސް އެމަންޖެ ސެޓެއްނުވާނެ ދޯ” އެތަނުން މަސްހިފަން ހުރި ކުއްޖެއް އެއްގަމަށް އަރަމުން އެހެން ކުއްޖަކަށް ދޯ ދެމުން ބުނެލިއެވެ. ބޯ ދިގުކޮއްފައިވާ އެ ޒުވާނާފެނި ޔުއާން ފޫހިވިއެވެ. އޭނާ އަޅާނުލާ ދާން ހިނގައިގަތެވެ. އޭނާ އަކީ ހިތު އަޅައިފި އެއްޗެއް މިހާތަނަށް ވެސް ކާމިޔާބުކޮއްފައިވާ މީހެއްކަން އެމީހުނަށް ނޭގެނީއެވެ. އޭނާ ހިނގައިގަތުމުން ވެސް އޭތް ތިކަން ކުރަން ނޫޅޭށޭ އެމީހުން ކިޔެވެ.
ޔުއާން އެރޭ ނިދަންއުޅި އުޅިވެސް ނިދޭގޮތެއްނުވިއެވެ. ބައްޕަވެސް އަންނާނަމޭ ކިޔާފައި ހަބަރެއް ވީއެއްނޫނެވެ. ޔުއާން ފޫހިވިއެވެ. އޭނާ ދެން ރައްޓެހި ލާމިސް އަށް ގުޅައިލިއެވެ. “ކޮބާތަ.. މަ އައި އިރަށް ތި ދިޔައީ ވިއްޔަ ހާދަ ވަޔޭ… އެވަރަކުން މިއައީ ލާމި އުޅޭނޭ ހިތާ” ޔުއާން ބުނެލިއެވެ. “ކީކޭ ބްރޯ… ވަރަށް ސޮރީ ހަމަ ކުއްލި ގޮތަކަށް މާމަ ބަލިވެގެން މިއައީ” ލާމިސް ޖަވާބުދިނެވެ. “އަހަރެން ބުނާނަން މަގޭ އެކުވެރި ދެ ކުއްޖަކު ކައިރީގައި ޔުއާން އުޅެޔޭ.. އެމީހުން ވަރަށް ކޫލް ވާނެ… އޯކޭ….” ލާމިސް އާ ވާހަކަ ދައްކާ ނިމުނު އިރު ހިނިތުންވުމެއް ޔުއާން ގެ ތުންފަތް މަތީގައި ވިއެވެ.
އެހެން އޮތްއިރު އޭނާގެ ހިޔާލަށް ސިފަވަމުން ދިޔައީ އެކިޔާ އިލީއެކެވެ. އެ އަންހެންކުއްޖާ އޭނާގެ ޖާދޫގައި ޖައްސުވަން އޭނާ ބޭނުމެވެ. އެ ކުދިން ބުނި ގޮތުން ނަމަ އެއީ ވާނޭ ކަމެއް ނޫނެވެ. ދެން އެ ކުއްޖާ އާ ދިމާވާނޭ ކަމެއްވެސް ނޭގެއެވެ. އެހެނަސް އޭނާ އަކީ މިހާތަނަށްވެސް ހިތުލައިފި ކަމެއް ކާމިޔާބު ނުކޮއް ދޫކޮއްލި މީހެއްނޫނެވެ. އެހެން ހިތަށް އެރުމާއެކު ކާމިޔާބުގެ ބޮޑާ ހިނިތުންވުމެއް ވެރިވިއެވެ.
ހިޔާލުތައް އޭނާ ވަށަމުން ދިޔައީ ސިކުނޑީގައި ވަރުގަދަ ހައިޖާން ގަނޑެއް އުފައްދަމުންނެވެ.
އޭގެ އަނެއްދުވަހު ޔުއާން އަށް ހޭލެވުނީ އޭނާގެ ބައްޕަ ގުޅަނިކޮށެވެ. ޔުއާން ކަންނެތް ކަމާއެކު ލޯ ހުޅުވާލަމުން އަތުން އެނދުގެ އެކި ދމަދިމާގައި އަތްހާކާލީ ފޯން ހޯދުމަށެވެ. އޭނާ ފޯން ގެ ސްކްރީނަށް އަރާފައިވާ ބައްޕަ ގެ ނަމްބަރު ފެނުމާއެކު ފޯން ނެގުމުގެ ކުރިން އޭނާ ގަޑިއަށް ބަލާލިއެވެ. ގަޑިން ދިހައެއްޖަހާ ބޮޑުވެއްޖެއެވެ. ބައްޕަ އާއި ވާހަކަ ދައްކާފައި ފޯން ބަލާލުމާއެކު ފެނުނީ މިސްވެފައި ހުރި މިސްކޯލްތަކެވެ. މަންމަ ގެ އިތުރުން ބައްޕަގެ ވެސް ތިރީހަކަށް މިސްކޯލްއޮތެވެ. ނިތްކުރިމަތީގައި ގޮށްމުށްކަވާފައި ޖަހާލަމުން ފުންމައިގެން ތެދުވުމާއެކު އަނެއްކާވެސް ވެއްޓިގަނެވުނީއެވެ. ރޭގައި ރަނގަޅަށް ނުނިދުމުގެ ސަބަބުން ވެސް އޭނާގެ ލޮލުން ފެނިގެން ދިޔައީ ވަރުބަލިކަމެވެ.
ފާހާނާއަށް ވަދެ ފެންވަރާތާޒާވެލުމާއެކު ޔުއާން ގެ މޫނުމަތިންވެސް އުޖާލާކަން ފެނިގެން ދިޔައެވެ.
އޭނާ ތެތްއިސްތަށިގަނޑާއެކު ލޯގަނޑުމައްޗަށް ހުއްޓުނެވެ. ތެތް އިސްތަށިގަނޑުން ފެންތައް މޫނުމައްޗަށް ފައިބަމުން ދިޔައެވެ. އުނަގަނޑުގައި އޮޅާލާފައިވާ ތުވާލިހީވަނީ ސޮހިގެން ވެއްޓިދާނޭހެންނެވެ.
ރީތިވެލައިގެން ޔުއާން ލީ މަޑު ފެހުކުލައަކަށްދާ އަތްދިގު ޓީޝާޓް އަކާއި ގަދަ ނޫކުލައަކަށްދާ ސޯޓެކެވެ. އަވިއައިނު ނަގާ އަޅާލަމުން އޭނާ ލޯގަނޑުން ބަލާލިއެވެ. ރީތި ކޮށް ސްޓައިލް ކޮއްލާފައި އިސްތަށިގަނޑަށް ދެފަރާތައް ބޯ އަނބުރާލަމުން ބަލާލުމާއެކު ހިނިތުންވުމަކާއެކު އޭނާ ބޯ ޖަހާލިއެވެ. ދެން ކޮޓަރިން ނުކުތެވެ. އޭނާ މިސްރާބުޖެހީ އެއްފަރާތުގައި ހަދާފައިވާ ރެސްޓޯ ރެންޓަށެވެ. އެ ރެސްޓޯރެންޓް ހަދާފައިވަނީ ފަސްބުރީގެ އެ ހޮޓެލް އާއި އެއްގޯއްޗެއްގައި އެއްފަރާތުގައެވެ. ދެވެނީ ހިނގަން ހަދާފައިވާ ވޯކްވޭއިންނެވެ. އެތަނަކީ ތިން ބުރީގެ ތަނެކެވެ. ބޮޑުވެފައި ހިތް ގައިމެވެ. މުޅި އެރަށުގައި ވެސް ހުރި އެންމެ ބޮޑު ރެސްޓޯރެންޓެވެ.
ޔުއާން އެތަނުން މޭޒެއްދޮށުގައި އިށީންނަމުން ވެއިޓަރަށް އޯޑަރ ދިނެވެ. އޭނާ ސައިބޮއިގެން ނުކުތްއިރު އެތާހުރި ބެންޗްގައި ބައްޕަ ކޮންމެވެސް ބަޔަކާއެކީ އިން ތަން ފެނުނެވެ. އެނާ އެކުވެރި ލާމިސްއަށް ގުޅައިލިއެވެ. އޭނާ ދިން ޖަވާބުން ފޫހިކަން ވެރިވެގެން ދިޔައެވެ. އެ ކުދިން ވެސް މިއަދު ވީ ދަތުރު ގޮހެވެ. އެހެންކަމުން ދެން ދިމާވެސް ނުވެވޭނެއެވެ.
ޔުއާން އޭނާގެ ބައްޕަ އާ ދިމާލަށް ބަލާލިއެވެ. ހީވާގޮތުން ދައްކަމުން ދަނީ ވަރަށް ބޮޑު ވާހަކައެކެވެ. އެހެންކަމުން ޔުއާން އަޅާނުލާ ދާން އުޅުނެވެ.
“ޔުއާން” އައިކަލް ގެ އަޑަށް ޔުއާން ހުއްޓުނެވެ. އަދި އެ ދިމާލަށް މިސްރާބުޖެހިއެވެ.
ވާހަކަ ދައްކަން ތިބި މީހުން ހޮޓެލް އާ ދިމާލަށް ފޮނުވާލުމަށްފަހު ޔުއާން އާ ދިމާލަށް އައިކަލް ބަލާލިއެވެ. ފުރާ ފުރިހަމަވެފައިވަނީ ރީތި ހަށިގަނޑެކެވެ. އައިކަލް ގެ ހަށިގަނޑު ޔުއާން އަށް ލިބިފައިވީނަމަވެސް ދެން ހުރި ހުރިހާ ސިފައަކީވެސް ޔުއާންގެ މަންމަ ގެ ފުށުން ވާރުތަވެފައިވާ ސިފަތެކެވެ.
އެގޮތުން ޔުއާން ގެ މަޑުމުށިކުލައިގެ ލޮލާ ހަމުގެ ކުލަ ފާހަގަކޮއްލެވެއެވެ. އޭނާ ގެ ފަން ބޯ އިސްތަށި ގަނޑަކީ އައިކަލްގެ ސިފައެކެވެ. އައިކަލް އުމުރުން ސާޅީސް އަހަރުވާން ކައިރިވެފައިވާއިރުވެސް ފެންނަނީ ނުހަނު ޒުވާން ކޮށެވެ. އަދިވެސް އެ ހަށިގަނޑުގައި ޒުވާން ކަމުގެ ޖޯޝް އެބަހުއްޓެވެ.
ޔުއާން ގޮވައިގެން އައިކަލް ދިޔައީ ޕާރކް ކޮއްފައިވާ އޭނާގެ ކާރާ ދިމާލަށެވެ. “ބައްޕާ… ކޮންތާކައްތޯ ތި ގެންދަވަނީ” ޔުއާން އަދަބުވެރިކަމާއެކީ އަހައިލިއެވެ.
“ދަރިފުޅަށް ވެސް އެގޭނެ އަދި. މަޑުކޮއްލާ” އައިކަލް ގެ ތުންފަތް މަތީގައި ވަނީ ހިނިތުންވުމެކެވެ.
(ނުނިމޭ)
12736 Comments
Comments are closed.
Niky
January 18, 2018 at 10:20 amWow .mi part ves varan reethi??
Hi Mi
January 20, 2018 at 1:12 amThanks niky keep reading… ?????
Hi Mi
January 18, 2018 at 10:27 amAssalaamu Alaikum… miothy 11 th part. MI balani thi hurihaa kudhinnah kamudhaane gothah genesdheveythoa… Kuree part ah comment kohli hurihaa kudhinnah varah bodah shukuriyya. Dhen in part mi month 20 or 21 ga. Hurihaa kudhin ves inthizaar kuraane kamah unmeedhu kuran. Rangalhu kohlan jehey kanthah thah faahaga kohla dhehchey… ??????? THANKYOU ALL… JAZAKALLAH KHAIRAN…
tuithy
January 18, 2018 at 10:35 amThankolheh dhigu kolla dheyn v nu.mee v interesting story eh.thakolheh avahah up kohdhyba.story v reethi.mi prtga sifa kurun v Gina.anyways gudluck
Hi Mi
January 20, 2018 at 1:02 amThankyou tuithy… aslu vaa gothaki Hi Mi ah sifa kohfa hurima imagine kurevey. Ehenve gina kohlani. Thankyou thikahala khiyaal thakah abadhuves marhabaa kiyan. ????
Lily
January 18, 2018 at 10:46 amVarah varah reethi..will wait 4 next part…?????❤❤??
Hi Mi
January 20, 2018 at 1:04 amThanks lily… varah ufaavey….. ???
Lam
January 18, 2018 at 11:08 amHama best…vvv reethi..lov it
Hi Mi
January 20, 2018 at 1:05 amAlhey lammmm bodu koh thanks dear. ???
Naanu
January 18, 2018 at 11:30 amMaabodah sifa kurun tha gina kan faahaga kurevey hurihaa baehga ves ebai maa bodu,
Hi Mi
January 20, 2018 at 1:03 amThanks naanu. Ekam Hi Mi ah imajine vani gina v ma sifakurum ehenve ehaa gina kohleveni. Sorry dear. Thanks ingey. ???
dhikko
January 18, 2018 at 12:12 pmނައިސް ސްޓޯރީ… ތަންކޮޅެއް ދިގުކޮށް އަޕްކޮށްލަދީބަލަ……… ވެއިޓިން 4 ނެކްސްޓް ޕާރޓް…
Hi Mi
January 20, 2018 at 1:05 amThanks dear. V ufaavejje???
Maa
January 18, 2018 at 12:21 pmDaily koh up kohdheyne kamah ummeedh kuran
Hi Mi
January 20, 2018 at 1:06 amThanks balaanan dear. Ekam exam nimunima hen heevani konme dhuvahaku up vaani. ???
Aisha
January 18, 2018 at 12:52 pmHaadha salhiey
Hi Mi
January 20, 2018 at 1:07 amThanks Aisha. ?????????
Hudha
January 18, 2018 at 1:36 pmVarah reethi inthixaaru kurevey mi story ah
Hi Mi
January 20, 2018 at 1:08 amThankyou dear. ?????
Xaaaan
January 18, 2018 at 1:44 pmMasha Allah v reethi kehmadhuvefa hutta hi mi thi up kohly thnx dear???
Hi Mi
January 20, 2018 at 1:04 amThanks zaaaaan zaan ge commeny fennathy varah ufaavey konme part ajunvea. ?????
Pinky shifoo
January 18, 2018 at 2:53 pmYeyy???… I’m soooooo happy story kiyaalan libunyma ???… Mi part vx hama awesome.. Superb ???… Varah varah reethi.. Eagerly waiting forthe next part ??.. ❤️❤️❤️ thank you Hi Mi mihaa reethi story eh genesdheythy ?
Hi Mi
January 20, 2018 at 1:08 amHehe. My dear pinky… varah varag varah ufaavey thihaa supportive vaathy. Balanana story feshigen nimendhenvea kamudhaa gothah genes dheveythoa…
Lovely sis
January 18, 2018 at 3:39 pmHi mi ge A level exam mi month ga ga othyma daily koh up kohla nudhevigen e ulheny…. she hopes you all understands it… up kuran masahkaiy kurey konme dhuvahakuvex… but A level ge final exam v veema she needs to concentrate on her studies also… hope hurihaa kiyuntherinvex understand vaanekamah….. she thanks all of you for the support…
Pinky shifoo
January 18, 2018 at 3:50 pmI will be waiting till she upload the story.. ??… I can understand… Exam onnairu bodah exam ah concentrate vaanvaane ??.. Thy Hi Mi ge sister tha??? ??? best of luck for the exam ??❤️
lovely sis
January 19, 2018 at 5:48 pmYeah… I am…. Thank you for thެ ….support
Hi Mi
January 20, 2018 at 1:09 amThanks dear. Do read the story ingey nimendhen. ???
Fathun
January 18, 2018 at 4:36 pmKonmedhuvahaku up kohdheeba v interesting v v v reethi
Hi Mi
January 20, 2018 at 1:10 amTest nimuniyma ingey fathun. ???? Thankyou.
Pinky shifoo
January 18, 2018 at 5:04 pmMee Hi Mi ge exam dhuvaskolhu so she needs to concentrate on her exam so Hi Mi ah time veema story up kohdheyne ??.. Exam onnaathy daily koh up kohdhen difficult vaane ehnu dhw… So try to understand ?..
Hi Mi
January 20, 2018 at 1:10 amThanks dear for understanding. ?????
Afaa
January 19, 2018 at 10:14 amOkay
Hi Mi
January 20, 2018 at 1:11 amThanks Afaa… for understanding… ???
Pinky shifoo
January 19, 2018 at 6:03 pmNice to meet u Hi Mi ge sister ???
Nus
January 19, 2018 at 8:18 pmKome divahku baye up kolevidaaneta
Hi Mi
January 20, 2018 at 1:00 amHehe mi balani ingey dear. ??? thankyou…