އޭނާ ހަމަޖެހިލަމުން ފޯންނަގާ ވާހަކަ ދައްކަން ފެށިއެވެ. އާރާ އާއި އާއިކް އާ ދެމެދު ބީރައްޓެހި ކަމުގެ ފާރެއް ރޭނެމުން ދާކަހަލަ އިހްސާސްއެއް ކުރެވޭތާ ދުވަސްތަކެއްވެއްޖެއެވެ. އާރާ މިހާރަކަށް އައިސް އާއިކް އާ ވާހަކަ ދައްކަނީ މަޖުބުރުވުމުންނެވެ. އެނޫން ގޮތަކަށް އޭނަ އަނގައިން ނުބުނެއެވެ. މިކަމުން އާއިކް އަށް ދިޔައީ ތަފާތު އުނދަގޫވަމުންނެވެ. ތަނަކަށް ކާން ދާން ބުންޏަސް އެކަމުން އާރާ އުޒުރުވެރިވެއެވެ. ވާހަކަދައްކާލަން މަޑުކޮއްލިއަސް މަސައްކަތުގެ ބަހަނާ ދައްކައެވެ. މިކަމުން އުނދަގޫވާންވީ ކީއްވެކަން ހުރު އާއިކް […]
ތަފާތެވެ. ވަރަށް ތަފާތެވެ. ކޮންމެ ހަރަކާތެއް ތަފާތެވެ. ބަސް ބުނެލާ ގޮތް ތަފާތެވެ. އެހެން އެންމެނާ އެ އަންހެން ކުއްޖާ ތަފާތެވެ. އެކަމަކު އިހްސާސްތައް ތަފާތެއްނޫނެވެ. ދެރަވެއެވެ. އުފާވެއެވެ. ހިންހަމަޖެހެއެވެ. ރުޅިއާދެވެއެވެ. ކުރާ ކޮންމެ ހަރަކާތަކީ މައުސޫމް ކަމާއެކު ކުރާ ހަރަކާތެކެވެ. ހިނިތުންވެލުމާއެކީ ކުރާ ހަރަކާތެކެވެ. އެއްވެސް ޝަކުވާއަކާ ނުލާ ކުރާ ހަރަކާތެކެވެ. ކުށެއްނެތެވެ. މައުސޫމެވެ. އެހެންނަމަވެސް….. އެ ކުއްޖާއަށް ލިބެމުން އެދަނީ ކާކު ކުރި ކުށެއްގެ ޝަޒާ ހެއްޔެވެ؟. ނޫނީ އެ ކުއްޖާއަށް ނޭގި ކުށެއް […]
ގެއަށް ދިޔަ މަގުމަތީގައިވެސް އެކަކުވެސް ވާހަކަ އެއްނުދައްކައެވެ. މައިލީން އޭނާގެ އަތުގައި އޮތް ތަޅުދަނޑިން ހުޅުވާލާ ވަންނަންދެން ޔުއާން ބަލަން ހުއްޓެވެ. އެނބުރި ދިޔަ މަގުމަތީގައިވެސް ޔުއާން ހުރީ ހަދަން ވީ ގޮތް ނޭގިފައެވެ. އޭނާ ގެ ބޯ ހާސްވަމުން ދިޔައެވެ. “ޔެސް. އަހަރެން ދިޔައިމަ މިކަންތައްނިމުނީ. އަދި ހާސްވާކަށް ނުވޭ… އަދި ހާސްވާކަށް ނުވޭ ޔެސް. އަދި ހާސްވާކަށް ނުވޭ” ޔުއާން ގެ ސިކުނޑި ހީވަނީ ފަޅައިގެންގޮސްދާނެހެންނެވެ. އޭގެފަހުން މައިލީން ގުޅަ ގުޅާވެސް ޔުއާން ފޯނެއްނުނަގައެވެ. […]
“އެކަމަކު އަހަރެން ތ އަތުން ވަރަށް އަވަހަށް ދޫކޮއްލާނަން. އޭރުން މައިލީން އަށް ޖެހޭނީ ރޯލަ ރޯލާ ހުންނަން. އަހަރެންގެ ރައްޓޭހިން ވެސް ބުނީ ކީކޭ. މައިލީން ހާސިލް އެއް ނުވާނޭ… މައިލިން އަހަރެން ގެ ކޯތާފަތުގަ ޖެހީ މިހާރު އަހަރެން މިހިފަނީ އެކަމުގެ ބަދަލް” ޔުއާން ހިތުން މައިލީން އަށް ވަރުގަދަ ރައްދެއްދިނެވެ. އޭނާ ގެ އެކުވެރިން ހާސިލް ނުވާނޭ ބުނީތީ އެނާ އެމީހުންނަށް ދައްކައިލުމުގެ ބޭނުމުގަޔާއި މައިލީން ގެ ކިބައިން ބަދަލް ހިފުމަށް ކުޅޭ […]
ޔުއާން ގެފަހަތުން ހިނގައިގަތް އަފްޝީން އަށް ނުނިކުމެވިގެން އުޅެނިކޮއް އެތަނަށް ވަތް ޒުވާނެއްގެ ގައިގައި އަފްޝީން އަޅައިގަތެވެ. އޭނާ ވެއްޓެން ދިޔައެވެ. ލޯ މަރާލެވުނީ އިޚްތިޔާރަކު ނޫނެވެ. އެހެންނަމަވެސް ސިހުން ގެނުވީ ނުވެއްޓުމުންނެވެ. މަޑުމަޑުން ލޯ ހުޅުވާލުމާއެކު ލޮލުގައި އަޅައިގަތީ ކަޅުކަން ގަދަ ކަޅިއެކެވެ. އިރުކޮޅަކު ދެމީހުންނަށް ވެސް އެހެން ތިބެވުނިއެވެ. “ސޮރީ” ސިއްސައިގެން ގޮސްފައި އަފްޝީން ބުނެލިއެވެ. އެ ކުއްޖާވެސް އަވަސް އަވަހަށް އަފްޝީން ބަހެއްޓިއެވެ. “ޔޫ އާ މޯސްޓް ވެލްކަމް ބިއުޓިފުލް ލޭޑީ” ފިރިހެންވަންތަ […]
ނޯޓް: މިއީ އަޅުގަނޑު ގްރޭޑް 10 އެއްގައި އުޅުނު އިރު ލިޔެފައިވާ ކުރުވާހަކައެކެވެ. ވާހަކަ ކިޔާލާ ވާހަކައާ މެދު ދެކޭގޮތް ބުނެލުމަކީ ވަރަށް ބޮޑު އެދުމެކެވެ. ބާރު ސްޕީޑެއްގައި ރަށުގެ ފަޅުތެރެއަށް ވަންނަން އައި ލޯންޗް ގެ ކުރީކޮޅުގައި ރަށުގެ މަލަމައްޗަށް ބަލަހައްޓައިގެން ހުރި ފިރިހެން ކުއްޖާގެ ތުންފަތް މަތިގައި ވަނީ ހިނިތުންވުމެކެވެ. މޫނުމަތިން ފާޅުވަމުން ދިޔައީ ހިންހަމަޖެހުމާއި އުފާވެރިކަމުގެ ކުލަވަރެވެ. ޖެހެމުން ދިޔަ މަޑުމަޑު ވައިރޯޅިތަކުގެ ސަބަބަން އޭނާގެ ފަން އިސްތަށިތައް ލޯމައްޗައް ވެއްޓެމުން ދިޔައެވެ. އިރުއިރުކޮޅަކާ އަތުން އެ އިސްތަށިތައް އެއްފަރާތް ކޮއްލައެވެ. ނަމަވެސް އެ އިސްތަށިގަނޑު ގެ ސަމާސާ ތައް ހުއްޓޭގޮތެއް ނުވެއެވެ. ލޯންޗް ބަދަރަށް ކައިރު […]
ހަމަ އެކަނި އެކުލައިގެ ލޮލެއްފެނިފައިވަނީ އެ ހޮސްޕިޓަލް ގެ ސީނިއާ ޑޮކްޓަރ އެއް ކަމަށް ވާ ޔުއާން ގެ ލޮލުންނެވެ. މިއީ ހަމަ އިއްތިފާގެއް ހެއްޔެވެ؟. ޖަޒިލް ދެތިން ފަހަރު މަސައްކަތް ކޮއްލައިގެން ޔަޝްމް ގެ ސަމާލުކަން އޭނާއަށް ލިބުނެވެ. އޭނާ ވާހަދައްކައިގެން ޔަޝްމް މަތަކޮއްލިއެވެ. އަދި ލުއި ހިނިތުންވުމެއް ވެރިކޮއްލަމުން މައިލީން އަށް ބަލައިލިއެވެ. މައިލީން ވެސް ގަދަކަމުން ހިނިތުންވެލިއެވެ. “އިލީ ގެތަ؟” ޖަޒިލް ނާހަން ހުރެފައިވެސް އަހައިލިއެވެ. އެވަގުތު މައިލީން ގެ މޫނުމަތިން ދެނެގަންނަން […]
މާޒީގެ ހިޔާލަށް ގެއްލިފައި ރޯން ހުރި މައިލީން އަށް ޔުއާން އެތަނަށް އައި ކަމެއްވެސް ނޭގެއެވެ. ޔުއާން އައިސް މައިލީން ގެ އަތުގައި ހިފާލިއެވެ. އަދި އޭނާގެ ލޮލާ ލޯ ސީދާކޮއްލިއެވެ. އެވަގުތު ޔުއާން ގެ ހިތަށް ވެސް އަސަރުކުރިއެވެ. މައިލީން އަށް ކުއްލިއަކަށް ވީ ގޮތް ނޭގުމުން އޭނާ ކަންބޮޑުވިއެވެ. ކުއްލިއަކަށް މައިލީން ޔުއާން ގެ ގަމީހުގެ ގިރުވާނުގައި ހިފިއެވެ. ޔާން އޭނާ ގެ އަތް ނައްޓުވާލަމުން މައިލީން ގެ ދެއަތުގައި އަނެއްކާވެސް ހިފައްޓާލިއެވެ. އޭނާ […]
“މިފަހަރު ޔުއާން ބުނި އެއްވެސް އެއްޗަކަށް މައިލީން އަޅައެއްނުލިއެވެ. ޔުއާން ދެންވެސް އެއްޗެކޭ ބުނެލިއެވެ. އެކަމަކު މިފަހަރުވެސް މައިލީން ހިޔާރުކުރީ ހިމޭންކަމެވެ. އަނދިރިކަން ވެރިވެފައިވާ ކޮޓަރިތެރޭގައި ބާލީހުގައި ބައްދައިލައިގެން އޮތް އާރާގެ ލޮލާ ނިދިވަނީ ދުރުވެފައެވެ. އޭނާ އަށް ވިސްނެމުން ދިޔައީ އާއިކް އާ މެދުއެވެ. އާއިކް އޭނާގެ އަތުގައި ހިފައިލި ގޮތް އަދިވެސް އޭނާގެ ލޯމަތީގައި ސިފަވާކަހަލައެވެ. އެހެންނަމަވެސް އާއިކް ފަހުން ކަންތައް ކުރިގޮތުން އެކަމުން ނަގަންވީ މާނައެއް އޭނާއަކަށް ނުވިސްނެއެވެ. އަނެއްކޮޅުން އާއިކް ގެ […]