“އަހަރެންގެ އުންމީދުގެ ހުޅުކޮޅު ނިވެން އުޅެނީ އޭ އާރާ” ޔަޝްމް ގޮވައިގެން ބޭރަށް ގޮސްފައި ޝާލީން އައިއިރު ޔަޝްމް ގެ އަތުގައި ކުޅޭ އެއްޗެއް އޮތެވެ. އޭނާ ނިކަން ހެވިފައި ހުރެގެން އައިސް މައިލީން އަށް ދައްކައިލިއެވެ. އޭރު މައިލީން ހުރީގޭތެރެ ފޮޅާ ސާފުކުރާށެވެ. ސިޓިން ރޫމްގައި ހުރި ސްޓަޑީ ޓޭބަލް ގައި ފޮތްތައް އަތުރައިގެން އިން އާރާ ފެނިފައި ޔަޝްމް ގޮސް އެ އާރާ އަށް ދައްކައިލިއެވެ. އޭނާ އެދުނީ އޭނާއާއެކު އާރާ ކުޅެން އައުމަށެވެ. […]
” ސީ… އަދިވެސް ބޭނުންވޭދޯ. ކޮބާތަ ހަޒްބެންޑް. އަހަރެން މީހަކަ އިނދެފިން” ޔުއާން އަސަރެއް ނެތް ގޮތަކަށް ބުނެލިއެވެ. އޭނާ ބޭނުންވީ މައިލީން އަށް ވާ ގޮތެއް ބަލައިލާށެވެ. އެނާ ބޭނުންވިފަދަ އަސަރުތައް މައިލީން ގެ ފަރާތުން ފެނުމުން އޭނާ ހިންހަމަ ޖެހުނެވެ. “އަހަ… އަހަރެން ވެސް މީހަކާ އިދެފިން” މައިލީން ހިތްވަރު ކޮއްފައި ބުނެލިއެވެ. އޭނާ ޔުއާން ގެ ކުރިމަތީގައި ބަލިކަށިވާކަށް ބޭނުމެއްނޫނެވެ. ޔުއާން އަށް ވީ ގޮތެއް ނޭގެއެވެ. އޭނާ އައިސް އަނެއްކާވެސް މައިލީން […]
“ޔަޝްމް ދޫނީ އަވަހަށް އާދޭ ނަމާދުކުރަން… ދޫނީ” ވުޟޫ ކޮއްގެން ނުކުތް މައިލީން ޔަޝްމް އަށް ބުނެލިއެވެ. އެއާއެކު ކުޑަ ކުޑަ ޔަޝްމް ކުޑަ ބުރުގާކޮޅަކާއެކު އައެވެ. މައިލީން އެ އަޅުވާލަ ދިނުމުން ހެވިފައި އަތް ތިލަ ބަޑި ޖަހަން ފެށިއެވެ. މައިލީން ކުޑަ ކުޑަ ޔަޝްމް އަށް ބަލައިލިއެވެ. ޔަޝްމް ގެ ލޯ އޭނާއަށް ކަމެއް ހަނދާން ކޮއްދޭން އުޅޭފަދައެވެ. ހިޔާލުތަކަކަށް ގެއްލިފައި ހުރި މައިލީން ނަމާދުކުރަން އަވަސްވެގަތެވެ. އޭނާގެ ފަހަތުން ޔަޝްމް ވެސް އެ […]
ހުޅުލޭ އެއާރޕޯޓަށް ދެންމެ ޖެއްސި އެމައިރޭޓްސް ގެ ބޯޓުންފެއިބި ޒުވާނާގެ ތުންފަތް މަތީގައިވަނީ ހިނިތުންވުމެކެވެ. މީހުންތަކުގެ ތެރެއިން ފުރޭނިގަނެގެން ޓާމިނަލް އަށް ވަންނަންދިޔައިރު އޭނާ ލާފައި ހުރީ ސްވެޓަރ ވައްތަރެއްގެ އެއްޗެކެވެ. ތިރިން ޖީންސެއް ލާފާއިވާއިރު އަރާފައިވަނީ ސްނިކާ ބޫޓަކަށެވެ. ކަންފަތަށް ހެޑްސެޓެއް ޖަހާފައިވެއެވެ. ދުވަހަކީ ފިނިދުވަހެކެވެ. ހެދުނުއްސުރެ ވާރޭ ވެހިފައި ހުއްޓާލީ ދެންމެއެވެ. އެހެންކަމުން އޭނާ ލާފައިހުރި އެއްޗެހިވެސް މި ފަދަ މޫސުމާ ނުހަނު ގުޅެއެވެ. އިމިގްރޭޝަން ކައުންޓަރ ދޮށުގައި މީހުންތައް ކިއޫގައި ތިއްބެވެ. ޒުވާނާވެސް […]
ހުޅުލޭ އެއާރޕޯޓަށް ދެންމެ ޖެއްސި އެމައިރޭޓްސް ގެ ބޯޓުންފެއިބި ޒުވާނާގެ ތުންފަތް މަތީގައިވަނީ ހިނިތުންވުމެކެވެ. މީހުންތަކުގެ ތެރެއިން ފުރޭނިގަނެގެން ޓާރިނަލް އަށް ވަންނަންދިޔައިރު ޒުވާނާ ލާފައި ހުރީ ސްވެޓަރ ވައްތަރެއްގެ އެއްޗެކެވެ. ތިރިން ޖީންސެއް ލާފާއިވާއިރު އަރާފައިވަނީ ސްނިކާ ބޫޓަކަށެވެ. ކަންފަތަށް ހެޑްސެޓެއް ޖަހާފައިވެއެވެ. ދުވަހަކީ ފިނިދުވަހެކެވެ. ހެދުނުއްސުރެ ވާރޭ ވެހިފައި ހުއްޓާލީ ދެންމެއެވެ. އެހެންކަމުން ޒުވާނާ ލާފައިހުރި އެއްޗެހިވެސް މި ފަދަ މޫސުމާ ނުހަނު ގުޅެއެވެ. އިމިގްރޭޝަން ކައުންޓަރ ދޮށުގައި މީހުންތައް ކިއޫގައި ތިއްބެވެ. ޒުވާނާވެސް […]