“ދޮންތާ… ނަމާދުކޮއްލައިގެން ކުޑަ ވަގުތު ކޮޅެއް ދެވިދާނެތަ؟” މައިލީން ބުނެލިއެވެ. އެހެން ބުނިއިރުވެސް މައިލީން އަށް މި ބުނެވެން އުޅޭ ވާހަކައިގެ ބޮޑުކަން އިހްސާސްވަން ދިޔައެވެ. ކޮފީ ތަށި ހަދައިގެން މޭޒު ދޮށުގައި އިށީނަސް އެ ބޮވޭ ގޮތެއްނުވިއެވެ. ދޮންތަ އަށް ހަގީގަތް ކިޔާ ދިނުމުން ބަދަލް ވާނި ކޮންކަމެއްތޯ އޭނާ އަމިއްލަ ންފްސާ ސުވާލުކުރިއެވެ. އެއްވެސް ކަމެއް ބަދަލެއް ނުވާނެއެވެ. އެހެނެއްކަމަކު އިތުރަށް ހިތް ދަތި ވުން ނޫންކަމެއް ނުވާނެއެވެ. އަނެއްކާވެސް އޭނާގެ ސިކުނޑި ހާސްވުން […]
ޔުއާން އަށް އެވަގުތު ފޯނެއް އައެވެ. އޭނާ ވާހަކަ ދައްކަމުން ފޯނަށް ސަމާލުކަން ދީގެން ހިނގައިގަތް ވަގުތު ޖެހިގެން ހުރި ލިފްޓުން ނުކުތް މީހެއްގެ ގައިގައި ޖެހިފައި ފޯން ބިންމައްޗަށް ވެއްޓުނެވެ. އޭނާ އިސް އުފުލާލާ ބަލާލިއެވެ. އެވަގުތަކީ އެ އަންހެން މީހާވެސް އިސްއުފުލާލާ ބަލާލިވަގުތެވެ. އެއާއެކު އެ އަންހެން މީހާ އާއި ޔުއާން ގެ ހަތަރު ކަޅި ހަމަވެގެން ދިޔައެވެ. “ޔަޝްމް” އެވަގުތު އެ އަންހެންމީހާ އެހެން ބުނެވުނީ ވައިއަޑުން ކަމުގައި ވީނަމަވެސް ޔުއާން އަށް […]
އަދި އަމްދުން ހިތުގެ ޑޮކްޓަރަކަށް ދައްކާނީ ހާދަ ސީރިއަސް ކަމަކަށް ވީމައެވެ. މައިލީން ދޭނެ ޖަވާބަކަށް އިންތިޒާރުކޮށްކޮށް ޔުއާން އިނެވެ. އޭރު އޭނާގެ ހިތުގެ ތެޅުން އަވަސްވެފައި ވިއެވެ. ނޭވާ ކުރުވެފައިވިއެވެ. ފިރިހެނަކަށް ވިޔަސް މުޅި މީހާގެ ނަފްސް ފިނިވެ ހާއްވެފައި ވެއެވެ. ފިޑިކަން އެވަގުތު އިހްސާސްވިއެވެ. ހަމަ އެއާއެކު ޔުއާން އިނުމުން މައިލީން އިނީ އެ ވާހަކަ ދައްކަން ބޭނުން ނުވެފައެވެ. އެހެންނަމަވެސް އޭނާ ދެން ބުނަން އުޅޭ ވާހަކަކައިން ޔުއާން ގެ މޫނުމައްޗަށް އަރާނެ […]
“ޔުއާން އެވެ. މައިލީން ހުއްޓުވާށެވެ. އެއީ ތިހުގެ ލޯތްބެވެ. ދޫކޮއްނުލާށެވެ. ހިފައްޓާށެވެ. ލޯބި ވާވަރު ހާމަ ކޮއްދޭށެވެ. މާފަށް އެދޭށެވެ. މައިލީން މާފު ކުރާނެއެވެ. މައިލީން ގެ ހިތުގައި ވަނީ ހަމަ އެކަނި ތިޔަ ލޯތްބެވެ. ކުރިމަތިލާށެވެ. ފަހަތުން ދާށެވެ. ޔުއާން އެވެ. ފަސްނުޖެހޭށެވެ. ޔުއާން ދިން ކޮންމެ ހިތާމައަކަށް ޔުއާންގެ ސަބަބުން އެ ދެލޮލުން އޮހޮރުނު ކޮންމެ ކަރުނަތިއްކަކަށް ވާވަރަށް ލޯބިދީ އެ ހިތް އުފަލުން ފުރާދޭށެވެ. އެހެންނަމަވެސް ޔުއާން ހުރިގޮތަށް ހުރިއެވެ. މައިލީން ގޮސް […]
އޭނާ ވިސްނި ވަރަކަށް ސިކުނޑި ދިޔައީ ހާސްވަމުންނެވެ. އެ ހިތް އެދިގޮވަމުން ދިޔައީ މައިލީން އެމޭ ގައި ފޮރުވާލުމަށެވެ. ކުރެވިފައިވާ ކޮންމެ ކުށަކަށް ވަކިވަކިން މާފަށް އެދުމަށެވެ. އެދެއަތުގެ ހިމާޔަތް މުޅި އުމުރަށް ދިނުމަށެވެ. އޭނާގެ ސަބަނުން ވެއްޓުނު ކޮނެމެ ކަރުނަތިއްކެއްގެ ބަދަލް ދިނުމަށެވެ. ދުނިޔޭގައި ދެވެންޏާ ދެވޭހާ އުފަލެއް ދިނުމަށެވެ. އެހެންނަމަވެސް….. މިއަދު މާލަސްވެއްޖެއެވެ. އިތުރަށް މައިލިން ގެ ހަޔާތުން އޭނާއަށް ޖާގައެއްނެތެވެ. އެހެންނަމަވެސް އެ ހިތުގައި އަދިވެސް ޔުއާން އަށް ނަފްރަތުގެ ޒައްރެއްގެ މިންވަރުވެސް […]
“އަހަރެންގެ ދިރިއުޅުން ހުހެއްނޫނޭ ދޮންތާ… ލައިފް ޕާރޓް ނާރ އެއްނެތަސް އަހަރެން ގެ ދިރިއުޅުމުގައި ދޮންތަމެން އެބަތިބި… އަހަރެން ގެ ދިރިހުރުން ކަމުގައިވާ ދަރިފުޅު އެބަހުރި. މިވަރުން އަހަރެންނަށް ފުދޭ ދޮންތާ. އިތުރު އެއްޗެއް އަހަރެންނެއް ބޭނުމެއްނޫން” މައިލީން ބުނެލިއެވެ. މައިލީން ގެ ފޮޓޯ ގަނޑަކަށް ބަލަހައްޓައިގެން އިން ޔުއާން ގެ ހިތް ނުތަނަވަސް ވަނީއެވެ. ނޭގޭ ޖަޒްބާތުތަކެއް އެނާގެހިތުގައި އުތުރި އަރަނީއެވެ. ޖަވާބު ޔަގީން ވި ކަމުގައި ވިޔަސް މައިލީން ގެ ފަރާތުން އެހުމަށް އެ […]
ކާރު ދުއްވަން އިން ޔުއާން ކުއްލިއަކަށް ބުރަކި ޖައްސާލުމާއެކު އަވަސް އަވަހަށް ކާރުން ފޭބިއެވެ. ލޯ މަރާލައިގެން ހުރި މައިލީން މަޑުމަޑުން ލޯ ހުޅުވާލިއެވެ. “ތަދުވިތަ” ޔުއާން އަވަސް އަވަހަށް އައިސް އިށީންނަމުން އެ ކުއްޖާ ގާތު އަހައިލިއެވެ. އެވަގުތު އެ ކުއްޖާ ގެ ލޮލާ ޔުއާން ގެ ލޮލާ ސީދާވެގެން ދިޔައެވެ. އެއާއެކު ޔުއާން ގެ ނަޒަރު ފުރަތަމަ ހުއްޓުނީ ޔަޝްމް ގެ މަޑު މުށިކުލައިގެ ލޮލަށެވެ. ދެން އެ ލޯބި މޫނަށެވެ. ޔުއާން ގެ […]
ޔަޝްމް ގެ މޫނަށް ނަޒަރުހުއްޓައިލައިގެން އޮތް މައިލީން ސިހުނީ ފޯނަށް މެސެޖެއް އައުމުންނެވެ. އޭނާ ފޯން ނަގާ މެސެޖް ކިޔާލިއެވެ. ރީތި ގުޑް ނައިޓް މެސެޖެކެވެ. ނަމްބަރަކީ ޕްރައިވެޓް ކޮން ނަގާފައިވާ ނަމްބަރެއްކަމުން ކާކުގެ ނަމްބަރެއްކަމެއް ނޭގެއެވެ. އެހެންނަމަވެސް އޭނާ އަށް މެސެޖްކުރާ މީހަކު ހޯދަން އޭނާ ޝައުގުވެރިވިއެވެ. ކުރިންވެސް މެސެޖް ކޮއްފައި އިން ނަމްބަރަށް ވުމުން ހަމަ އޮޅިގެންބާއޭ އޭނާގެ ހިތަށް އެރިއެވެ. އޭނާ ފޯން ބާއްވަމުން ނިދޭތޯ އުޅުނެވެ. އޭރުވެސް ވާރޭވެހެމުން ދިޔައެވެ. ރޭގަނޑުގެ […]
މައިލީން ފަހަތަށް ޖެހެމުން ދިޔައެވެ. ކުއްލިއަކަށް ޔުއާން ހަދާލި ގިތަކުން މައިލީން އައިސް ތަތްވީ ޔުއާން ގެ މޭމަތީގައެވެ. އެވަގުތު އޭނާގެ އަތުގައި އޮތް ރިޕޯޓް ތައް ވެރިގެން ދިޔައެވެ. ޔުއާން އޭގެން ގަނޑެއް ނަގާ ބަލާލިއެވެ. “މަރިޔަމް ޔަޝްމް” ޕޭޝަންޓް ގެ ނަމުގައި އިނީ ޔަޝްމް ކަން އެނގުމާއެކު އެ ނާޒުކު ވަގުތުގައިވެސް ޔުއާން ގެ ބޮލަށް އިބިލީސް ސަވާރުވީއެވެ. އެއީ ހަމަ މައިލީން ގެ ކުއްޖާއެވެ. ރިޕޯޓް ތައް ބަލާވެސް ނުލާ އޭނާ މައިލީން […]