އަނެއްކާ ދެންމެ އާރާ އެ ދެއްކީ ކުޅީވަރެއްހެއްޔެވެ؟ ނޫނީ އާރާއަށް ހަމަ ޔަގީނުންވެސް ހަގީގަތް އެނގެނީ ހެއްޔެވެ؟ އެހެން ނޫންނަމަ ވަކިން އޭނާ އާ ބައްދަލު ކުރަން އުޅެނީ ކީއްވެހެއްޔެވެ؟. ޔުއާން އެނބުރިލިއެވެ. އޭނާ ތުނފަތަށް ވެރިކޮއްލާފައިވަނީ ހިނިތުންވުމެކެވެ. އެހެންނަމަވެސް އާރާ ބުނަން އުޅޭ އެއްޗެއް ނޭގި އޭރުވެސް އެހިތް ތެޅެމުންދިޔައެވެ. ޔުއާން އަކީ އާއިކް ގެ ޑޮކްޓަރަށް ވުމުން ޔުއާން ގެ ފަހަތުން އާރާ ނުކުތެވެ. އޭނާ ގޮވާލިއެވެ. އޭރުވެސް އޭނާގެ ހިތުގައި ޔަޝްމް އާއި […]
މަޖާ ވަގުތު ކޮޅެއް ހޭދަކޮއްލުމަށްފަހު ޔުއާން ނުކުތް އިރު އެ ތުންފަތް މަތީގައިވަނީ ހިނިތުންވުމެކެވެ. އެހެންނަމަވެސް ދެން އެ ހިނިތުންވުން ގެއްލުނީ އެ ފޯނަށް އައި މެސެޖަކުންނެވެ. ވައިބަރ އިން ފޮނރުވާފައިވާ އެ މެސެޖް ފެނުމާއެކު އޭނާގެ ހިތަށް އެތަށް ހާސް ހަންޖަރެއް ހެރުނު ފަދަ އިހްސާސް އެއްކުރެވިގެން ދިޔައެވެ. “މައިލީން އޭނާ އާ ދުރަށް ދާން ބޭނުންވާ ސަބަބަކީ މިއީހެއްޔެވެ؟ އެހިތް ދަތިކޮއްފައި މައިލީން އެ އުޅެނީ މިހެންވެ ހެއްޔެވެ؟ ތަފާތު އެތަކެއް ސުވާލުތަކެއް އެހިތުގައި […]
އެމީހާ ދުވެފައި އައި ގޮތަށް އައިސް ވަޅި ހަރާލީ އާރާގެ ބަޑަށެވެ. އެއާއެކު ލޭތައް އޮހިގެން ދިޔައެވެ. އާރެގެ އަނގައިން ނުކުތް ހަޅޭކުގެއަޑު އަޑާއެކު ވެސް އެއްވެސް މީހެއް ނާދެއެވެ. މުޅި މަގުމަތިންވެސް ފެނިގެން ދަނީ ހުސްކަމެވެ. ފަޅުކަމެވެ. ދިރޭ ފުރާނައެއްގެ ހިލަމެއްވެސް ނުވެއެވެ. ސިއްސައިގެން ދިޔަ ފަދަ ގޮތަކަށް އާއިކް އަށް ކިޔާލެވުނީ އާރާގެ ނަމެވެ. އެއާއެކު އޭނާ އަށް ލޯ ހުޅުވާލެވުނެވެ. އޭނަގެ ހިތް އާދަޔާ ހިލާފު ބާރުމިނުގައި ތެޅިގަތުމާއެކު ނޭވާލާން ދަތިވެގެން ދިޔައެވެ. […]
ލާވިޔާ އެތަނަށް ވަތް ވަގުތަކީ އާއިކް ގެ ހާރޓް ބީޓް ހުއްޓުނު ވަގުތެވެ. “ނޯ” ޔުއާން އަށް ބުނެވުނެވެ. އޭނާގެ ލޮލަށް ކަރުނަތައް ޖަމާވިއެވެ. “އަދި ކިރިޔާތަ އަންނަން އެނގުނީ…. އިނގޭތަ ކިހާއިރެއް ވިކަން” ޔުއާން ގެ އަޑުގައިވަނީ ނުރުހުމެވެ. މިއީ ވަގުތީ ގޮތުންވެސް ވެދާނެ ގޮތެއްކަން އޭނާގެ ސިކުނޑިއަށް ވިސްނަން ދަތިވިއެވެ. ޔުއާން ވާނެ ދެރަ ލާވިޔާއަށް ވެސް އެނގެއެވެ. އެހެންނަމަވެސް މިވަގުތު އޭނާ އަވަސްވެގަތީ ރިވަމް ކައިރީގައި އަހައިގެން ވީ ގޮތް އޮޅުން ފިލުވާށެވެ. […]
“ކަމޯން… އިޓްސް މީ… އަހަރެން ފެނުނީމަތަ ތި ބިރުގަންނަނީ…” އެ ޒުވާނާ ބުނެލިއެވެ. އެއާއެކު އާރާ ދެފަރާތަށް ބޯ ހޫރާލިއެވެ. އަދި އެޒުވާނާއަށް ރަނގަޅަށް ބަލާލިއެވެ. ކަނދުރާ އާ ހިސާބަށް އިސްތަށިގަނޑު ދިގުކޮއްލާފައިވިއެވެ. “އާރާ… އަހަރެންދެކެ ބިރުގަންނާނެ ކަމެއް ނުދެނަހުރިން… ދެން ކަމޯން… ސްކޫލް ދައުރުގައި ކޮންމެ ގޮތަކަށް ކޮންމެ ކަމެއް ވެފަ އޮތަސް މިހާރު ނިމިފައެނު އެ އޮތީ… އާރާ ފެނުނީމަ ކުއްލިއަކަށް މިއައީ” އެ ޒުވާނާ ބުނެލިއެވެ. އެއާއެކު އާރާ ހިނިތުންވެލިއެވެ. “ކޮބާ ބިޓެއްހުރޭތަ؟” […]
އޭނާގެ ސިކުނޑިއަށް ޝާލިން ދެއްކި ކޮންމެ ވާހަކައެއް ވަދިގެން ދިޔައެވެ. އަދި އެވަގުތު އެއިން ކޮންމެ ދުވަހެއްގެ ހަނދާން އޭނާގެ ކުރިމަތީގައި ވަށާ އެނބުރެން ފެށިއެވެ. *** ޝާލީން އޭނާއާ ވާހަކަ ދައްކަމުން ދިޔައީ ފޯނުންނެވެ. “ޖަޒިލް… އަހަރެން ބުނާ ގޮތަކަށް ކަންތައް ކުރޭ… މައިލީން އަށް ފުރަތަމަ މަޑުމަޑުން ގާތް ވެވޭތޯ މަސައްކަތް ކުރޭ… އެހެން ނޫނީ ފުރަތަމަ ލޯބިވާކަން ހާމަ ކޮއްދީ… މައިލީން މާދަން ޑިއުޓީއށް ދާނެ. އެތަނުން ވެސް އެކަނތައް ހާމަ ކޮއްދެވޭތޯ […]
“މައިލީން އަށް” މިފަހަރު ގަނޑުގައި ލިޔެފައިވަނީ ކުޑަ ލިޔުންކޮޅެކެވެ. އެހެންނަމަވެސް އެޑްރެސް ކޮއްފައިވަނީ މައިލީން އަށެވެ. އޭނާ ހައިރާންވިއެވެ. އޭނާއަށް މާ ފޮނުވާނީ ކާކުހެއްޔެވެ؟ ހައިރާންވެފައި ހުރެގެން އޭނާ ޝާލީން އަށް ބަލާލިއެވެ. އެއާއެކު ޝާލީން ގެ ސުވާލެއް މައިލީން އަށް އަމާޒުކޮއްލިއެވެ. “އިލީ މި ކާކު ފޮނުވާއެއްޗެއްތަ؟” ޝާލީން ހުރީ އޭނާގެ ހުރިހާ ސަމާލުކަމެއް މައިލީން އަށް ހުއްޓައިލައިގެންނެވެ. މައިލީން ގެ ހިތަށް އެރީ މިފަހަރުވެސް ޔުއާންއެވެ. އެހެންނަމަވެސް އޭނާ ދެކޮނޑު އަރުވާލުން ފިޔަވާ އިތުރު […]
ޔުއާން ނުކުތްކަން ޔަގީން ވުމާއެކު މައިލީން ފަހަތަށް ބަލާލިއެވެ. “ޕްލީޒް ޑޯންޓް ޑޫ ދިސް ޔުއާން….. އަހަރެން ގެ ހތުގައި މިވާ ލޯބި ފާޅުވެގެން ހިނގައިދާނެ. އެހެން ވެއްޖެނަމަ އަހަރެން ހާދަ ބަލިކަށި ވާނެޔޭ” މައިލީން އަށް އެހެންބުނެވުނެވެ. އާރާ ގެއަށް ގޮސް ފެންވަރައިގެން ނުކުމެ ރީތިވާން ހުއްޓާ އޭނާއަށް ފޯނެއް އައެވެ. ބަލާލިއިރު އާއިކް އެވެ. އޭނާ ހިނިތުންވެލަމުން ފޯން ނަގާ ވާހަކަ ދައްކަން ފެށިއެވެ. އާރާ ހޮސްޕިޓަލް އަށް ދާ ވާހަކަ ބުނުމާއެކީ އާއިކް […]
އިލީ…” މައިލީން ސިހުނީ ޝާލީން ގޮވާލުމުންނެވެ. އޭނާ އަވަސްއަވަހަށް ފަހަތަށް ޖެހިލަމުން ނުބުނެވުނީތީ މާފަށް އެދުނެވެ. ވީ ގޮތް ބުނާކަށް އޭނާ ނޫޅުނެވެ. އޮފީހުގައި އިން އާރާއަށް ޝާލީން ގުޅިއެވެ. ޔަޝްމް ގެ ހަބަރު ލިބުމާއެކު އޭނާ އަވަސް އަވަހަށް ހޮސްޕިޓަލް އަށް ދިޔުމަށް އަވަސްވެގަތެވެ. އޭނާ އާއިކް ގެ ކެބިން ގައި ޓަކި ޖަހާލިއެވެ. ޖަވާބުލިބިގެން އެތެރެއަށް ވަނެވެ. އާރާގެ ލޮލުން ފެނުނު ނުތަނަވަސްކަމުން އާއިކް ހާސްވިއެވެ. “ކިހިނެތްވީ އާރޫ” އާއިކް އަހާލިއިރު އެއަޑުގައިވެސް ކޮންމެވެސް […]