“ތަޤުދީރު އޭނާ އާ މިކުރަނީ ކޮން ފަދަ ސަމާސާއެއް ހެއްޔެވެ؟. ޔުއާން ހިތްވަރު ކުރަންޖެހޭނެކަން ވިސްނުމާއެކު އޭނާ މައިލީން އަށް ބަލާލިއެވެ. ޔުއާން ގެ ލޮލުން ވެސް އޭނާ އަށް ވޭން ފެނުނެވެ. އޭރުވެސް މައިލީން ދިޔައީ ރޮމުންނެވެ. “ނޫން” އޭނާ މޫނު ފޮރުވާލުމާއެކު ބުނެލިއެވެ. ޔުއާން ހިތްދަތިވިއެވެ. މައިލީން ގައިގައި ބައްދާލާފައި ހުރިހާ ކަމެއް ރަނގަޅު ވާނޭކަމަށް ބުނަން ބޭނުންވިއެވެ. އެވަގުތު އެންބިއުލެސް ތެރޭގައި އިން އެކަކު ކައިރީގައި އޭނާ ހަމައަކަށް އެޅުވުމަށް ޔުއާން އިޝާރާތް […]
“ކީކޭ… ޖަޒިލް ތިހުރީ ހަމަހޭގަތަ؟ ތި ކިޔާ އެއްޗެއް އިނގޭތަ؟ އަހަރެން ގަބޫލެއްނޫން” ކުއްލިއަކަށް ދެމީހުން ސިއްސައިގެން ދިޔައީ ފަހަތުން އިވުނު އަޑުންނެވެ. ދެމީހުންނަށް ވެސް ފެނުނީ އާދިލާއެވެ. ޖަޒިލް އިސްޖަހާލިއެވެ. އާމިރު އަތުން އިޝާރާތް ކޮއްލީ އެހަށް މަޑުކުރުމަށެވެ އެހެންނަމަވެސް އާދިލާ އެގޮތަށް ކަންތަކެއްނުކުރިއެވެ. އޭނާ ޖަޒިލް އާ ދިމާލަށް ހަޅޭއްލަވަމުން އައެވެ. ހޭލެވުނު އިރު އާމިރު ނެތިގެން އޭނާ މިސްރާބުޖެހީ ތިރިއަށެވެ. ޓެރެސް އަށް އަރަން ދެމީހުން ދިޔަތަން ފެނިގެން އާދިލާވެސް އައީއެވެ. އެހެނަސް […]
އެ ސަޒާ އަކީވެސް އޭނާއަށް ހައްގު އެއްޗެއްކަމުގައި ގަބޫލް ކުރެވުނެވެ. “ލީން” “ޔުއާން ޕްލީޒް. މާދަން ވެސް ޔުއާން އަހަރެންނާ ދިމާލަށް ބޭނުމެއްނޫނޭ. އިހްސާސްތަކާ ކުޅެލިއްޔޭ ބުނެފިނަމަ މިހިތަށް ވާނެ ގޮތް އިހްސާސްކުރެވޭތަ؟ އޭރު އެކަންޏެއްނޫން. މި ވީ ހާދުވަހުވެސް ޔުއާން ގެ އަމަލް ތައްހުރީ އެހެން. އިތުރަށް އެފަދަ ހިތްވަރެއް ކުރެވޭނެ ހަކަތައެއް މިހަށިގަނޑަކު ނެތް…” މައިލީން ބުނެލާފައި ހިނގައިގަތެވެ. އޭރު އޭނާ ދިޔައީ ކަރުނަތަށް ފޮހެމުންނެވެ. އެހެންނަމަވެސް ތާޒާ ކަރުނައިން އެ ކޯތާފަތް ތެމެމުން ދެއެވެ. މައިލީން […]
“ދޮގު ހަދަން ހިތަށް ވެސް ނާރުވާތި” ޝާލީން ގެ ޖުމް އަޑު އިވިގެން އެ ލޮލާ ލޯ ސީދާކޮއްލި ޖަޒިލް އަށް ފެނުނީ އެ ތުންފަތުގައި ވި ހިނިތުންވުމެވެ. އިސްޖަހާލަމުން އޭނާ ބޯ ޖަހާލީ ޝާލިން ގާތުން ދެން ސަލާމަތް ނުވެވޭނެކަން އިގުމުންނެވެ. “ލުކް… ލޯބިވުމަކީ ކުށެއްނޫން…މިހުރިހާ ދުވަހު ޖަޒިލް ހުރީ މައިލީން މީހަކާ އިނދެގެން އުޅެނީއޭ ހިތާ… އެހެނަސް އިނގޭތަ؟. ލޯތްބަކީ ތަފާތު ޖަޒުބާތެއް… ޖަޒިލް ވަނީ އަމިއްލަ އެދުމެއް ނެތް ސާފު ތާހިރު ލޮއްބެއްކަން […]
“ދޮންތާ… އައި ލަވް ހިމް ސޯ މަޗް… އައި ލަވް ހިމް… ވަރަށް ބޮޑަށް.. ދޮންތާ ހެލްޕް މީ… އައި ވޯންޓް ފޮގެޓް އެބައުޓް ހިމް. ދޮންތާ ހެލްޕް މީ” މައިލީން ރޮމުން ބުންޏެވެ. ޝާލީން އަށް ވެސް ކެތް ކުރެވުނީ އެވަރަށެވެ. އޭނާގެ ލޮލުންވެސް ކަރުނަ އަންނަން ފެށިއެވެ. މައިލީން އަށް ހިތްވަރުދޭން އޭނާ ބޭނުންވިއެވެ. “ދޮންތާ ޕްލީޒް. އަހަންނަށް އެހީ ވެދީ… މިހެން އުޅެން ވެއްޖެނަމަ އަހަރެން ހަލާކުވެދާނެ” މައިލީން އަށް އޭނާ އަށް […]
“މިކޮޅުގަ ޕޭޝެންޓުން އެބަތިބި… ފަށަން ހަމަ ޖައްސާފައިން ގަޑި ހަމަ ވެގެން އިތުރަށް ދިހަ މިނިޓް ހިނގައިފި” މައިލީން ބުނެލިއެވެ. އެއާއެކު ޔުއާން ފުންމައިގެން ތެދުވެ ފޯން ކަނޑާލަމުން މިސްރާބުޖެހީ އަވަހަށް ނުވަވަން ފްލޯއަށް ދިޔުމަށެވެ. މައިލީން އާ ދިމާލަށް ބަލާ ނުލާ ޔުއާން ދިޔައެވެ. ޑިއުޓީ ނިމިގެން މައިލީން ނުކުތް ގަޑީގައި މިއަދުވެސް ޖަޒިލް އާ ދިމާވިއެވެ. އެނާ އެދުނީ ސައިކަލުގައި ދިޔުމަށެވެ. މައިލީން ދެކޮޅު ހަދަން އުޅިފައިވެސް އެ ދިމާލަށް ބަލަން ހުރި ޔުއާން […]
“މައިލީން” ކުއްލިއަކަށް އޭނާ ސިހުނީ މީހަކު އައިސް އޭނާގެ ދެކޮނޑުގައ ހިފާ ނެގުމުންނެވެ. “ޝްޝްޝް” އެމީހަކު ބުނެލިއެވެ. އަދި މައިލިން ގެނެސް އޭނާގެ މޭމަތީގައި ޖައްސާލިއެވެ. އަދި ދެއަތުން މައިލީން ވަށައިލިއެވެ.މައިލީން ވެސް ވެފައި ހުރި ދެރަ އާ ލަދާ އެކު އެ މީހެއްގެ މޭގައި މޫނު ފޮރުވާލެވުނީއެވެ.އޭނާ އެވަގުތު އެދެމުން ދިޔައީ މީހެއްގެ ހިމާޔަތަކަށެވެ. ބަލިކަށިވެފައިވާ އަމިއްލަ ނަފްސަށް އޯގާތެރިވާނޭ ފަރާތެއްގެ އިންތިޒާރުގައި ހުއްޓާ އެ ލިބުނު ހިމާޔަތަށް އޭނާގެ ނަފްސު ރުހި ގަބޫލްވިކަހަލައެވެ. “ތީތަ […]
“ހޫނޭ އެ ކޮފީ…. ކޮން ހިޔާލެއްގަ އިނދެގެން ތަ ތި ބޮއިލީ” ލާވިޔާ ކުޑަކޮއް ނުރުހުންވެފައި ސުވާލުކޮއްލިއެވެ. ޔުއާން އެއްވެސް އެއްޗެކޭ ނުބުނެއެވެ. އޭނާ އަވަސް އަވަހަށް އެތަނުން ނުކުމެގެން ދާން މިސްރާބުޖެހިއެވެ. “ޔުއާން މަޑުކޮއްބަލަ”ލާވިޔާ ބުނެލިއެވެ. ޔުއާން ގެ ފަހަތުން ލާވިޔާ ވެސް މިސްރާބުޖެހިއެވެ. “އިލީ” ޖަޒިލް ގޮވާލިއެވެ. އޭރުވެސް މައިލީން އިނީ އިސްޖަހައިގެންނެވެ. ޖަޒިލް ގޮވާލުމުންވެސް މައިލީން އަޅެއެއްނުލިއެވެ. މައިލީން ނޭފަތް އެތެރެއަށް ދަމާލިއެވެ. އެއާއެކު ޖަޒިލް އަށް މައިލީން ރޮނީކަން ޔަގީންވިއެވެ. އޭނާ […]
ރީކަލް ވަރަށް ފަރުވާތެރިވެ އެ ރިޕޯޓް ތައް ބަލަން ފެށިއެވެ. އޭނާގެ މޫނުމަތިން އެއްވެސް އަސަރެއް ފާޅުވޭތޯ މައިލީން އިނީ ވަރަށް ފަރުވާތެރިވެއެވެ. އެހެނަސް އޭނާއަށް އެއްވެސް އަސަރެއްނުފެނުނެވެ. ހިތާހިތުން ދުއާ ކުރެވުނީ ޔަޝްމް ހެޔޮހާލުގައި ލެއްވުމަށެވެ. “އައި ވިލް ކީޕް ދިސް ވިތް މީ ފޯ އަ ވައިލް” ރީކަލް ރިޕޯޓުން ނަޒަރު ވަކިކޮއްލަމުން ބުނެލިއެވެ. މައިލީން ގެ މޫނުމަތިން ކަންބޮޑުވުން ފެނިގެން ދިޔައެވެ. އޭނާއަށް އަހާލެވުނީ މައްސަލަ އެއް އުޅެނީހެއްޔެވެ؟. ރީކަލް ނިންމީ އެ […]