އިކާން އާއި އަހަރެން ދިމާވީ ރައްޓެއްސެއްގެ އުފަންދުވަހުގެ ޕާޓީއެއްގެ ތެރެއިންނެވެ. ފުރަތަމަ ނަޒަރުންވެސް އިކާންގެ ރީތިކަމަށް ތައުރީފް ކުރެވުނެވެ. ކުރުކޮށް ކޮށާލެވިފަ އިވާ އިސްތަށިގަނޑަކާއި ދިގުކޮއްފަވާ ތުނބުޅި ފެނި އަހަރެންނަށް ފުރަތަމަ ނަޒަރުންވެސް އިކާން ވަރަށް ކަމުދިޔައެވެ. ކަސްރަތީ ހަށިގަނޑެކެވެ. އިކާން އަށް ޓަކައި އަހަރެންގެ ހިތުގައި ވިންދު ޖަހަންފެށި އެވެ. އިކާންގެ ހުއްދަޔަކާއި ނުލައެވެ. ޕާޓީ ތެރޭގައި އިކާންވެސް އަހަރެންނަށް ބަލަމުން ގެންދިޔަދިޔަތަން އަހަންނަށް ފެނުނެވެ. ރަކި ހިނިތުންވުމަކާއއެކު އިރުއިރުކޮޅާ އަހަރެން ހުރިދިމާލަށް ބަލާލައެވެ. އެރޭގެ […]
ޒާއިފްއާއި އަހަރެން ދެމީހުން ކިޔެވީ އެއްކުލާހެއްގައެވެ. ފުރަތަމަ އަހަރެމެންގެ ދެމެދުގައި އޮތީ ހަމައެކަނި ރަހުމަތްތެރިކަމުގެ ގުޅުމެކެވެ. ނަމަވެސް ގުރޭޑް ދިހައެއް ނިމުނުއިރު އަހަރެންނާއި ޒާއިފްއަކީ ދެލޯބިވެރިންނެވެ. އަހަރެންނަށް މަންމައެއްގެ ލޮތްބާއި ބައްޕައެއްގެ ލޯބިވެސް ދެނީ އަހަރެންގެ މަންމައެވެ. އިންޑިއާޔަށް ގޮސްއުޅުމުގައި ކާރު އެކުސިޑެންޓެއްވެ ބައްޕަ ނިޔާވީއެވެ. ބައްޕަގެ ނެތިވެދިޔުމަށް ފަހު އަހަރެންގެ ހުރިހާކަމެށް ކޮއްދޭ ފަރާތަކީ ލޯބިވާ މަންމަ ސާއިރާއެވެ. ބައްޕަ ނެތްކަމުގެ އިހުސާސް ވިޔަނުދީ އަހަރެން ބަލަހައްޓަނީ މަންމަގެ މިންނެތް މަސައްކަތުންނެވެ. ޒާއިފް އާއި އަހަރެމެންގެ […]
“ހަމަ މިހާރު މިގެއިން ނިކުމޭ ތިހިރީ ވަން ދޮރު ހަމަ މިވަގުތު މިތަނުން ރައްކާވޭ.” އަލީކް ގެ އެއްވެސް ކުށެއްނެތި އޭނާ ގެއިން ބޭރު ކޮއްލަނީއެވެ. މަންމަ އަސްމާ ގެ ހަރުކަށި ބަސްތަކުން އަލީކްގެ ހިތް ކުދިކުދި ވިފަދައެވެ. ގެއިން ނެރެނުލުމަށް އެދި އަލީކް މަންމަ އަސްމާގެ ދެފައިގައިހިފައި އާދޭސް ކުރިއެވެ. “ކޮންހާ ބޭކާރު ހާސަރުތަކެއް ދަމާކަށް. އަހަރެން މިކިޔާ އެއްޗެއް އަލީކްއަށް ހަމަ ނޭނގެނީތަ. ނޫނީ ނޭނގޭކަމުގައި ހެދެނީތަ. އަހަރެންނަށް ބެލޭނެ ވަރަށް އަހަރެންނަށް އަލީކް […]
އެންމެ ފުރަތަމަ ކޮވިޑް-19 ގެ ވާހަކަ ނޫސްތަކުގެ ފަލަސުރުހީތަކުން ޖާގަ ހޯދިއިރު އަހަރެމެން ދިވެހިންހިތައް އެކައްޗެކޭވެސް ނޭރިއެވެ. ރާއްޖޭގެ ފަތުރުވެރިޔަކު ކޮވިޑް-19 އަށް ފައްސިވެގެން ދިޔަ އިރުވެސް ދިވެހިންގެ ހިތައް ކަހިރުވަކެކޭވެސް ހިތަކައް ނޭރި އެވެ. ދިވެހިރައްޔިތަކަށް ކޮވިޑް-19 ނުޖެހޭނެހެން ހީވި އެވެ. ސިހުމާއި ބިރުގެތެރެއަށް ލޮބުވެތި ދިވެހި ރައްޔިތުން ގަންބާލީ ކޮވިޑް-19 އަށް ފުރަތަމަ ފަހަރަށް ދިވެއްސަކު ފައްސިވި ހިސާބުންނެވެ. ރާއްޖޭގެ ވެރިކަން ކުރާ ރަށް ފުރަބަންދަކަށް ގޮސް މުޅި ދިވެހި ގައުމު ފުރަބަންދަކަށް ގެންދިޔަ […]
މިއަދަކީ ކައިފްގެ ދަރިފުޅު ރައުޝަން އަށް ތިންއަހަރު ފުރޭ އުފަންދުވަހެވެ. ގޭ ބޭރުގައި އޮތް ހުސްބިމުގައި ފަންތައް ޖަހައި އުފަންދު ވަހުގެ ޕާޓީ ބޭއްވުމަށް އަވައްޓެރި ކުދިންކޮޅެއް އަވަދިނެތި މަސައްކަތް ކުރަމުންދިޔައެވެ.ކައިފް އަދި އަންހެނުން އަލްވީ ކޭކު ޑިޒައިން ކުރުމުގައި އުޅެމުން ގެންދިޔައެވެ. ޕާޓީޔަށް މީހުން އައުމުގެ ކުރިން ނިއްމާލެ ވޭތޯއެވެ. ކައިފް އަކީ މަންމައެއް ބައްޕައެއް ނެތި ކުއްޖެކެވެ. ސުނާމީ ކާރިސާގައި ކައިފް ގެ މަންމަ ސަކީނާ އާއި ބައްޕަ ތައްޙާން ނިޔާވީއެވެ. ބައްޕަ އާއި […]
ދާނިޝް އަކީ ތެދުވެރި ވަފާތެރި ފިރިޔެކެވެ. އަހަރެންގެ އެދުމެއް ފުރިހަމަނުކުރެވި ދުވަހަކުވެސް ނޯންނާނެއެވެ. ދަރިފުޅު މިޝަލް ލިބުނުފަހުންް އަދި ވަކިން އަހަންނަށް ރަނގަޅެވެ. އަހަރެންނަށް ވުރެ ރަހުމަތްތެރިންނަށް އިސްކަމެށް ނުދޭނެއެވެ. އޮފީހުގައި ބުރަކޮށް އުޅެފައިވެސް ލަސްނުކޮށް ގެއައް އަންނާނެއެވެ. ކިތަންމެ ވަރުބަލިވެފައި ހުއްޓަސް އަހަންނާއި ލޯބިން ވާހަކަ ދައްކާފަ ނޫނީ ނުނިދާނެ އެވެ. އަހަރެންގެ މަންމަމެންނަށް އިހްތިރާމް ކުރާނެއެވެ. ރުޅިގަދަކޮށް ޒުވާބު ކުރުމަކީ ދާނިޝް އެއް އިރެއްގައިވެސް ކުރިކަމެއް ނޫނެވެ. އެހެނަސް ހަމަ ކުއްލިއަކަށް ދާނިޝް އާއި […]
އެއީ ދެހާހުގެ އަހަރުތަކެވެ. ތަރައްގީގެ ކުލަވަރު ފެންނަންފެށި ދުވަސްވަރެވެ. އަހަރެންނަކީ ޕަބްލިކް ހެލްތު ވޯކަރެކެވެ. އެހެންކަމުން އަތޮޅުތެރޭގެ ރަށްތަކަށް ވަރަށް ގިނައިން ދާންޖެހެއެވެ. ތަފާތު ބަލިތަކާއި ބެހޭ ދެތު މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށް ދިނުމަކީ އަހަރެންގެ ޒިއްމާ އެކެވެ. އެއިޑުސް ބައްޔާ ބެހޭގޮތުން ރައްޔިތުންނަށް މައުލޫމާތު ދިނުމަށް ގއ ގެމަނަފުށްޓައް ދިޔައީމެވެ. އަހަރެންނާއި އެކު އަދި އިތުރު ދެ ކުއްޖަކުވެސް މި ދަތުރުގައި ބައިވެރިވިއެވެ. ރަށަކީ ކުޑަ ރަށެކޭ ނުދެންނެވޭނެވެ. އާބާދީގައި ދެ ހާސް މީ ހުން […]
ހަޔާތުގައި ހިނގާފައިވާ ހެއްވާ މަޖާ ކަންތައްތަކަކީ ހިތުން ފޮހެލަން ދަތި އުފާވެރި ހަނދާންތަކެކެވެ. އެ އުފާވެރި ވަގުތުތައް ހިތައް އަންނައިރު އުފާވެރިކަމުގެ ކަރުނަ ލޮލުން ނީރާލައެވެ. އެމަޖާ ކަންތައްތައް އަލުން ތަކުރާރުވުން އެދެވެއެވެ. އެއީ މީގެ ހަތްއަހަރު ކުރީގެ މަޖާ ހަނދާންތަކެކެވެ. މި ހާރުވެސް ލޯ ކުރިމަތިން އެމަންޒަރުތައް ސިފަވާކަ ހަލަ އެވެ.ރަށު އޮފީސް ފާރުމަތިން ވެއްޓި އަހަރެންގެ އަނގަމަތި ވަރަށް ބޮޑަށް ފަޅައިގެން ދިޔައެވެ. ރަށުން އެކަށޭނެ ފަރުވާ ލިބޭކަށް ނެތެވެ. ރަށާއި ޖެހިގެން އޮންނަ […]
ކޮންމެ މީހެއްގެވެސް މާޒީއެއް އޮންނާނެއެވެ. ބައެއްމީހުންގެ އުފާވެރި ހަނދާން ތަކެވެ. އަނެއްބައި މީހުންނަށް ވަރަށްވެސް ހިތްދަތި ހިތާމަވެރި ހަނދާންތަކެވެ. މާޒީވެ ނިމި ގޮސްފައިވާ ކަންތައްތަކަކީ އެމީހެއްގެެެެެެެެެެ މިއަދާއިމެެެެދު ފާޑު ކިޔޭނެ ކަންތައްތަކެއް ނޫނެވެ. ނޭނގުމެއްގެެ ތެރޭގަވެސް މީހުންނަށް ނުބައި އަމަލެއް ކުރެވިދާނެ އެވެ. އެހެނަސް ހިތްވަރާއެކު ހެޔޮކަމުގެ ތިލަފަތް ބަރު ކުރުމަށް މަސައްކަތް ކުރެވޭނެ އެވެ. ކުރިޔައް އޮތްތާގައި ނުބައި މަގަކުން ނުގޮސް ރަނގަޅު މަގުގައި ފައިތިލަ ސާބިތު ކޮއްލެވޭނެ އެވެ. ހިތްވަރު ގަދަ މީހުންނަކީ އެއީ […]