ބައްޕައެއްގެ ލޮތްބަކީ ކިހާ މުހިންމު އަދި ބޮޑުވެގެންވާ ނިއުމަތެއްކަން ފަހަރުގައި އެލޯބި ލިބޭބަޔަކަށް ތަސައްވަރުނުކުރެވި ހިނގައިދާނެއެވެ. އެހެނަސް ބައްޕައެއްގެ ލޯ ބިން މަހުރޫމްވެފައިވާ މީހަކަށް އެއޯގާތެރިކަމާއި ލޮތްބަކީ ކޮހިނޫރެއްފަދަ އަގުބޮޑު އެއްޗަކަށް ނޫނީ ނުވާނެކަން ކަށަވަރެވެ. މިއަދު އަހަރެން ކިޔާލަދޭން މިއުޅެނީ ޔަޝްވިންގެ ވާހަކައެވެ. އޭނަގެ ހަޔާތުގެ ދެތިން ސަފުހާއެކެވެ. އއ ތޮއްޑޫއަށް އުފަން ޔަޝްވިންއަކީ އެރަށު މަރިޔަމްފާނާއި ހުސެއިން އާދަމަށް ލިބިފައިވާ ދެކުދިންގެ ތެރެއިން އެއް ކުއްޖެކެވެ. ޔަޝްވިންގެ ބައްޕައަކީ މަސްވެރިކަންކޮއްގެން އާމްދަނީ ހޯދާމީހެކެވެ. ޔަޝްވިން […]
އާފާގް އަހަރެންގެ ހަޔާތައްއައީ ނަޔާ ބަހާރެއް ފަދައިންނެވެ. އަހަރެންގެ ދަރިފުޅު ނާވީއަށް އުނިވި ބައްޕައެއްގެ ލޯބި އާފާގް ދެނީ ފުރިއިތުރުވާ މިންވަރަށެވެ. އަހަރެންނަކީ މިހާރު ކާމިޔާބު ނަރުހަކީމެވެ. އާފާގް އަހަންނަށްދިން އިހުތިރާމާއި ލޮތްބަކީ ދުވަހެއްގެ ކޮޅުންވެސް ބަދަލު ދެވޭނެފަދަ ކަންތައްތަކެއް ނޫނެވެ. ނާވީ ނިންދަވަން އަހަރެން އިނީ ގޭގެ ޓެރަހުގަ ހުރި ކުޑަ އުނދޯލީގަ އެވެ. ޖެހިލާ މަޑުވަ އިރޯޅި އިން މޭގައި ފިނިފެން އެއްޗެއް އަޅާލާ ކަހަލައެވެ. އުޑުމަތީގައި ރަސްކަންކުރަމުންދާ ތަރިތައް ފެނި އަހަރެންގެ ހިތައް […]
މެލޭޝިޔާގައި ހަތްއަހަރު ހޭދަކުރުމަށްފަހު ސެހެރު ރާއްޖެއައުމަށް ދަތުރުފެށިއެވެ. ދަތުރުމަތީގައި މުނިފޫހި ފިލުވައިލުމަށް ވާހަކަފޮތް ކިޔައިއުޅުމަކީ ސެހެރްގެ އާދައެވެ. އެހެނަސް މިދިގު ދަތުރުގެ ސެހެރްގެ މިތުރަކަށްވީ ސެހެރް ލިޔެ ރައްކާކޮށްގެން ގެންގުޅޭ އޭނާގެ ޑައިރީއެވެ. ގޮނޑީގައި ރަނގަޅަށް ހަމަޖެހިލަމުން ސެހެރް ޑައިރީގެ ފުރަތަމަ ސަފްހާ ހުޅުވާލިއެވެ. ކަޅާ ނޫކުލައިގެ ދެލިން ލިޔެފައި އެވަނީ އޭނާގެ ހަޔާތުގެ ނާމާއެވެ. ހިތާމަޔާއި އުފަލާއި މަޖަލުގައި ހޭދަކުރި ދުވަސްތަކެވެ. ސެހެރްގެ ލޮލަށް މާޒީގެ ސަފްހާތައް ފިލްމެއްގެ މަންޒަރެއް ފަދައިން ފެންނަފަދައެވެ. ސެހެރްއަކީ ނަވާލްއާއި […]
ލޮލުން ކަރުނަ އައީ އަހަރެންގެ އެއްވެސް އިހުތިޔާރަކާނު ލައެވެ. މޭގައިވާ ހިތްފިތިގެން ދިޔަފަދަ އިހުސާސެއް އަހަންނަށް ކުރެވެނުވެ. އެހެން ނުވާންވީވެސް ފަހެކީއްވެގެން ހެއްޔެވެ. ފާއިހްގެ އަންބަކަށް އަހަރެންވީ ވަކިވުމުގެ ނިޔަތުގައެއް ނޫނެވެ. މަންމަގެ ނުރުހުމުގައިވެސް ފާއިހް އާއި ކައިވެނި ކުރެވުނީ ކުރެވުނު އިތުބާރެއްގެ ބޮޑުކަމުންނާއި އިންތިހާ ދަރަޖައަށް ލޯބިވާތީއެވެ. ފާއިހް އަހަރެންގެ ހަޔާތުގެ ރާޑަރަށް އެރީ މީގެ ދެތިން އަހަރު ކުރިންނެވެ. އެއިރު އަހަރެންނަކީ ޓީޗިން ހަދަމުންދިޔަ ދަރިވަރަކީމެވެ. ޓީޗިން ޕުރެކްޓިހަށް ތުލުސްދޫއަށް ތިންމަސްދުވަހަށް އަހަރެން ދާންޖެހުނެވެ. […]
އެހެން އަންހެންކުދިން ފަދައިން އަހަރެންވެސް އުއްމީދުތަކެއް ކުރީމެވެ. ހުވަފެންތަކެއް ދެކުނީމެވެ. އެތަކެއް ހިޔާލީ ގަޑުވަރުތަކެއް ބިނާކުރީމެވެ. ހަމަޖެހޭ އުފާވެރި ހަޔާތެއް ވޭތުކުރުމަށް ހިތުން އަޒުމް ކަނޑައެޅީމެވެ. އެހެނަސް ކަންތައްތައް ބަދަލުވެގެންދިޔައީ އަހަރެން އުއްމީދުވެސް ނުކުރާފަދަ ހިތިގޮތަކަށެވެ. އެތަކެއް އިތުބާރަކާއި ލޮތްބެއް އަހަރެން މިދުނިޔެއިންވި އިންސާނާ އަހަރެންގެ ހިތްކުދިކުދިކޮށް އަހަރެން ބާކީކޮއްލީ އެވެ. އެއީ މީގެ ފަސްވަރަކަށް މަސްކުރިޔެވެ. މިޒްޔަލް އާއި އަހަރެން ދިމާވީ ފޭސްބުކް އިންނެވެ. ރަހުމަތްތެރިކަން އުފެދި ގިނަވަގުތު ވާހަކަ ދައްކައި އުޅެމެވެ. އަހަންނަށް މިޒްޔަލް […]
ނަރުސްކަން ކިޔަވައިގެން އަހަރެން ބަދަލްވީ އުފަން ރަށް ކަމުގައިވާ ހދ.ކުޅުދުށްފުއްޓަށެވެ. މަންމައާއި ބައްޕަގެ ހުރި ހަމައެކަނި އަންހެން ދަރިޔަށް ވުމުން އެދެމީހުންގެ ބަހަށް އަހަރެން އަބަދުވެސް ކިޔަމަންވަނީ ލޮތްބާއި އިހުތިރާމާއި އެކުގައެވެ. އަހަރެމެންގެ ގޭގައި ތިބެނީ ފަސްކުދިންނެވެ. ބައްޕައާއި މަންމަ އަދި ބޭބެމެން އަހަރެންދެކެ އިންތިހާޔަށް ލޯބިވެއެވެ. ރަށަށް ބަދަލުވިތާ ދެހަފުތާ އެއްގެތެރޭ ރަށު ހޮސްޕިޓަލުން އަހަރެންނަށް ވަޒީފާ ހަމަޖެހުނެވެ. އަހަރެން ހުރީ ވަރަށްވެސް އުފަލުންނެވެ. ކުޑައިރުގެ ރަހުމަތްތެރިންނާއި އަލުންގުޅުން ބަދަހިވިއެވެ. ޑިއުޓީ ނިއްްމުމަށްފަހު އެއްކޮއް ކާންދިޔުމާއި […]
މީހުން ބުނާތީ އަޑުއަހަމެވެ. ފުރަތަމަ ނަޒަރުންވާ ލޮތްބަކީ އަބަދަށް ދެމިގެންވާ ބަދަހި ގުޅުމެއް ނޫނެވެ. މީހަކަށް ތިމާގެ ހިތް ދޭންޖެހޭނީ ވަރަށް ވިސްނާފައެވެ. އެހެންނޫނީ ގިނަފަހަރަށް އޮންނާނީ ތިމާގެ ހިތް ކުދިކުދިވެފައެވެ. އެހެނަސް އަހަރެންނަށް މިވާހަކަ ގަބޫލުކުރެވޭކަށްނެތެވެ. މެލޭޝިޔާގައި މީޑިޔާގެ ދާއިރާއިން މާސްޓާސް ހާސިލްކުރުމަށްފަހު އަހަރެން އެނބުރި މާލެއައީމެވެ. ކުޑައިރު ދެކުނު ހުވަފެނުގައި ކުލަޖެހުނީތީ އަހަރެން ހުރީ ވަރަށްވެސް އުފަލުންނެވެ. އަހަރެންގެ މަންމަ އާއި ބައްޕަ ވަރަށްވެސް ހޫނުމަރުހަބާއެއް އަހަންނަށް ކިޔެވެ. އަހަރެންގެ ގޭގައި އަހަރެންނަކީ މަންމަ […]
ލޮލަށް ޖަމާވަމުންއައި ކަރުނަތައް އަހަރެންނަކަށް ހިފަހައްޓައެއް ނުލެވުނެވެ. ފަސްއަހަރުވީ ކައިވެނި ރޫޅިގެންދިޔައީ އަހަރެން އެކަމަކަށް ތައްޔާރުވެގެން ހުއްޓައެއް ނޫނެވެ. އެހެނަސް އިތުރުގޮތެއް އަހަންނަށް ނެތީއެވެ. ރޫމާން އަހަރެން ވަރިކޮއްލީ އެވެ. އަހަރެންގެ އެއްވެސް ކުށަކާއިނުލައެވެ. ހަމަހުގެ ދަރިފުޅު މޭގައި ފޮރުވާލަމުން އަހަރެން ދިޔައީ ރަށަށް ދާންވެގެންނެވެ. މާލޭގައި އިތުރައް މަޑުކުރުމުގެ ބޭނުމެއް ނެތީތީއެވެ. މަގުމަތިން ކާރެއް ހުއްޓުވާ ކާރަށް އެރީމެވެ. އަހަރެންގެ ދަބަހާއި ފޮށިގަނޑު ކާރުގެ ޑިކީ އަށް ލުމަށްފަހު އަހަރެން ދަތުރުފެށީ ރަށަށްދާ ބޯޓުތައް ތިބޭ […]
ފަތިހުގެ ހިތްގައިމުވަގުތެވެ. އުޑުމަތިން ކޮންމެވެސް ވަރަކަށް ވިއްސާރައިގެ ނިޝާންތައް ފާޅުވާން ހުއްޓެވެ. ވައި ބާރުކަމުން ގޯތިތެރޭގައި ހައްދާފައިހުރި ގަސްތައް ހީވަނީ ދެންމެ ދެންމެ މުލުން ލުހިގެން ގޮސްދާނެހެންނެވެ. އިރުއަރާކަށް މާގިނަ ވަގުތެއް ނެތެވެ. ފަތިސް ނަމާދު ކޮއްލުމަށްފަހު އަހަރެން ގޯތިތެރޭގައި ކުނިކެހުމަށް ނިކުތީމެވެ. ވާރޭ ވެހުމުގެކުރިން ކުނިކަހައި ނިއްމުމަށްޓަކައެވެ. އެއީމީގެ ދިހައަހަރު ކުރިއެވެ. އަހަރެން ރަށުން ގުރޭޑް ދިހައެއް ކިޔަވައި ނިއްމުމަށްފަހު މާލެ ބަދަލްވީމެވެ. ދޮންބެ އިލާން ދިރިއުޅެނީ މާލޭ މީހަކާއި އިނދެގެން މާލޭގައެވެ. އެހެންކަމުން ދޮންބެގެ […]