ދެހާސް ތޭރަވަނަ އަހަރު އަހަރެންނަށް މުޅިންއާ ރަހުމަތްތެރިންތަކެއް ލިބިގެން ދިޔައެވެ. އެންމެ ފުރަތަމަ އަހަރެމެންގެ މެ ދުގައިއޮތީ އެހާގާތް ގުޅުމެކޭ ނުބުނެވޭނެއެވެ. އެހެނަސް ފާއިތުވެގެން މިދިޔަ ހަތްއަހަރު ދުވަހަކީ އަހަރެމެންގެ ގުޅުންބަ ދަހިވެ އިތުރައް ކުރިލައި ހެދުނު އަހަރުތަކެކެވެ. ހަނދާނުން ދުވަހަކުމެ ފޮހެވިގެން ނުދާނެ އުފާވެރި ހަނދާންތައް އަހަރެމެން ފަސް އެކުވެރިން މިއަންނަނީ ރައްކާކުރަމުންނެވެ. ޝެރީން އިކީ, ލަމް އަދި ނަޝްއަކީ އަހަރެންގެ އެންމެގާތް އެންމެ ލޯބިވާ އެކުވެރީންނެވެ. ހާލަތުނިޔާ ކުރާގޮތުން އަހަރެމެން އެއްފަސްގަނޑެއްގައި އުޅުމުގެ ނަސީބު […]
އަހަރެން މިދުނިޔެއް ފުރަތަމަ ނޭވާލީ ކަރުނައަޅަމުންނެވެ. އެހެނަސް އަހަރެންގެ މަންމައާއި ބައްޕަގެ މޫނަށް ހިނިތުންވުން ގެނެސްދެމުންނެވެ. އަހަރެންނަށްޓަކައި އަހަރެންގެ މަންމަ ރޭގަނޑުގެ އަރާމް ނިދި ނަގައިލީ ކިތައް ރޭގަކަމެއް އަހަރެންނަކަށް ނޭނގެއެވެ. އަހަރެން ކުކުރައިލިޔަސް އަހަންނަށް ކަމެއްވީ ކަމަށް ހީކޮށް ބިރުން އުޅޭނެޔެވެ. ރޭގަނޑު އަހަރެން ނުނިދާ އޮތަސް ޝަކުވާއެއް މަންމަ ނުކުރެއެވެ. ލޯބިން މޫނުގައި ބޮސްދީ ހަދާނެއެވެ. މަންމަގެ ރީތި އަޑުފުޅުން ނާނާ ކިޔާހަދަނީ ފޫހިކަމެއް ވަރުބަލިކަމެއ ނެތިއެވެ. މެންދަމު ތެދުވެ ރޯލިޔަސް އަހަރެން މަސަލަސް […]
މަލީކްއާއި އަފުނާންގެ ތިބެނީ ތިންކުދިންނެވެ. ދެފިރިހެން ކުދިންނާއި އެއް އަންހެން ކުދިންނެވެ. މަލީކްގެ ދެފިރިހެންދަރިން އުޅެނީ ކިޔެވުން ނިއްމާލުމަށްފަހު ވަޒީފާގައެވެ. ސާއިމް ވަޒީފާ އަދާކުރަނީ ޕޮލިހުގައެވެ. އަދި ޔައިޝް ވަޒީފާ އަދާކުރަނީ އައިޖީއެމްއެޗްގެ ލެބޯޓަރީ ޓެކްނީޝަން އަކަށެވެ. މަލީކްއާއި އަފުނާން އެދެމީހުންގެ ހުރި ހަމައެކަނި އަންހެން ދަރިފުޅު ރައިޝާ ދެކެ އިންތިހާޔަށް ލޯބިވެއެވެ. ޔައިޝް އަދި ސާއި މް ރައިޝާގެ ކޮންމެ އެދުމެއް އަބަދުވެސް ފުރިހަމަ ކޮއްދޭނެއެވެ. ރައިޝާއަކީ ބަސްމަދު ކިޔަމަންތެރި ކުއްޖެކެވެ. މަންމަ އަފުނާންގެ ބަސް […]
ނާމީއަކީ ގުރޭޑްފަހެއް ކިޔެވިއިރު އަހަރެންގެ ކުލާސް ކުއްޖެކެވެ. އަވަށްޓެރި ކުއްޖަކަށްވުމުން އަހަރެމެންގެ މެދުގައި އޮތީ ވަރަށްވެސް ގާތް ގުޅުމެކެވެ. ނާމީ ވަރަށް ވާހަކަދައްކައި ނުހަދާ ނެއެވެ. ކޮންމެހެން ބުނަންޖެހޭ އެއްޗެއްނޫނީ ނުބުނާނެއެވެ. ނާވީއަށް ގުދުރަތުން ލިބިފައިވާ މަޑު ނޫކުލައިގެ ލޮލަކީ އަހަރެންނަށް މާވީ ކަމުދިޔަ މައިގަނޑު ސަބަބެވެ. ސުކޫލުން ނިމިގެން ގެއަށް އަންނަ މަގުމަތީގައި އަހަރެން ގެއަށް ދަނީ މާވީއާއި އެކުއެވެ. މާވީގެ ހުންނަ މަޑުމައިތިރި މިޒާޖު އަހަންނަށް ކަމުދާން ފެށިއެވެ. މާވީއާއި ވަކިވާން އަހަނަށްޖެހުނެވެ. މަންމަ […]
ކެފޭތަކުގަޔާއި އާންމުކޮށް މީހުންއެއްވެ އުޅޭތަންތާގައި އަހަރެންނާއި ދިމާލަށް މީހުން ބަދުބަސްބުނެ މަލާމަތްކޮށް އުޅެއެވެ. އަހަރެންނަށް ސުކޫލުގެ މާހައުލުންވެސް ލިބެނީ އިތުރުވޭނާއި ހިތްދަތި ކަމެކެވެ. ފުރިހަމަ ކުއްޖެއް ނޫންކަމުގައިބުނެ އަހަރެން ރޮއްވާލެވުމުންއަހަރެންގެ ކުލާސް ކުދިންނަށް ހިތްހަމަޖެހުން ލިބެނީ ތޯއްޗެކެވެ. އަހަރެން ލައިއުޅޭ ހެދުމުން ފެށިގެން ލޮލުގަ އަޅާ ނަންބަރު އައިނަށް ދާންދެން އަވަށުމީހުން ފާޑު ކިޔާނެއެވެ. ރީތިދޮން ހަށިގަނޑެއް ލިބިފައިވި ނަމަވެސް ސިކުނޑިޔެއް ނެތޭބުނެ އަހަރެން ރޮއްވާލައެވެ. އަހަރެންގެ ދިފާއުގައި ބަހެއް ބުނެލާނެ މީހަކު އަހަރެމެންގެ މިބޮޑު ރަށުގައި […]
ޑޮކުޓަރުގެ ވާހަކައިން އަހަރެންގެހިތް މާޔޫސްވިއެވެ. މިއޮތްހުރިހައި ދުވަހަކު ރީތިދިރިއުޅުމެއް އުޅުނު ދިރިއުޅުން އެގޮތުގައި ކުރިޔަށް ދެންނުދާނެއެވެ. ޒިވިޔަލްއަށް ދެން ދުވަހަކުވެސް އަމިއްލަ ފައިމައްޗަށް ކޮޅައް ދެތުވުމަކީ ވުމަށްވުރެ ނުވުން ގާތްކަމެކެވެ. އެހެނަސް ހިތްވަރުއެލުވާލައި ހަނގުރާމައިގެ މެދުތެރެއިން ފިލަންދާ މީހަކަށް އަހަރެން ވާކަށް ނެތީމެވެ. އަހަރެން ހިތްވަރާއެކު ޒިވިޔަލްގެ ފައި ރަނގަޅުކުރުމަށް ކުރެވެންހުރި ހުރިހައި މަސައްކަތެއް ކުރާނަމެވެ. އަހަރެންނަކީ ފެށުނީއްސުރެ ބައްޕަގެ ލޯބިން މަހުރޫމްވެފައިވާ މީހަކީމެވެ. މަންމަގެ ލޯބިވެސް ލިބުނީ އުމުރުން ތޭރައަހަރު ވަންދެނެވެ. ދެކި ޑުނީ ފެއިލްވެ […]
ހުވަދުއަތޮޅުގެ ރަށްތަކުގެ ތެރެއިން ގއ ގެމަނަފުށްޓަކީ މިހާރު ރާއްޖޭ ގެ ހުރިހައި ކަންކޮޅުތަކަކަށްވެސް ނަން މަޝްހޫރު ރަށްތަކުގެ ލިސްޓު ގައި ހިމެނޭ ރަށެކެވެ. އާބާދީގައި ދެހާހެއްހައި މީހުން ދިރިއުޅޭ ގެމަނަފުށްޓަކީ ގއ އަތޮޅުގައި އޮތް އެންމެ ނުފޫޒުގަދަ އަދި ގިނަބަޔަކު ޒިޔާރަތްކުރާ ހިތްހެޔޮ ބަޔަކު ދިރިއުޅެމުން ގެންދާ ރަށެއްވެސްމެއެވެ. މަސްވެރިކަމަކީ ދިވެހިން ގެ ލޭނާރުކަން ނުދަންނަ ދިވެއްސަކު މިދިވެހި ރާއްޖޭގައި މަދުވާނެއެވެ. ގއ ގެމަނަފުށީ ގައިވެސް އާމްދަނީ ހޯދުމުގެގޮތުން މައިގަނޑުގޮތެއްގައި ކުރާމަސައްކަތަކީ މަސްވެރިކަންކުރުމެވެ. ކާބަފައިންގެ ޒަމާނުގައި ފެށުނު […]
އަހަރެން އިނާ އާއި ކައިވެނިކުރީ އަހަރެންގެ އުމުރުން އެންމެ ވިހިއަހަރުގައެވެ. މައިންބަފައިންގެ އެދުމަށްކުރި ކައިވެންޏަކަށްވި ނަމަވެސް އިނާ ދެކެ އަހަންނަށް ލޯބިވެވުނެވެ. އަންބެއްއަދާކުރަންޖެހޭ ހުރިހާ ހިދުމަތެއް އިނާ ދިޔައީ އަހަންނަށް އަދާކުރަމުންނެވެ. އިނާއަކީ ގެވެހި އަންބެއްކަން އޭނާދިޔައީ އަހަންނަށް ސާބިތުކޮއްދެމުންނެވެ. އަހަރެންގެ އަންނައުނުތައް ދޮވެ އިސްތިރިކުރާނެ އެވެ. އަދި އެހެންމެ އިނާ ކައްކާ އެއްޗިސައް ފާޑުކިޔާކަށް އަހަންނަކަށް ނުޖެހެވެ. ގޭތެރެއާއި ގޯތިތެރެ އަބަދުވެސް އޮންނާނީ ކުނިކަހައި ސާފުކޮއްފައެވެ. އަހަރެންނާއި ދެބަސްވެ އަރައިރުމެއް ދުވަހަކުވި ހަނދާނެއް އަހަރެންގެ ނެތެވެ. […]
މަޑުމައިތިރި ސާދާމިޒާޖެއްގެވެރި މަލްކާއަކީ ހަރުދަނާ ޒުވާނެކެވެ. ހިތްތިރި އެކުވެރިއެކެވެ. މައިންބަފައިންދެކެ ނުހަނު ލޯބިވާ ދަރިޔެކެވެ. މަހަލްދީބް ނޫހުގައި މަސައްކަތްކުރި ހީވާގި ނޫސްވެރިއެކެވެ. އެންމެނާއިވެސް ގުޅިގެން އުޅެން ދަންނަ މަޖާ މިޒާޖެއްގެ އިންސާނެކެވެ. މުސްކުޅި ހަރުބަހެއްގައި އޮވެއެއްނޫން ހެއްޔެވެ. ދުނިޔެ ހިނގަނީ ތޮށެލިދުޅަޔަށެވެ. މަލްކާގެ ދިރިއުޅުމަށްވެސްވީ އެފަދަ ގޮތަކަށެވެ. ދިރިއުޅުމެއްގައި މީހަކަށް ބޭނުންވާނެ ހުރިހާ ބޭނުންތަކެއް މަލްކާ އަށް ހުރީ ފުދިފައެވެ. މައިންބަފައިންގެ ލޮތްބާއި އަޅާލުން އޭގެ އެންމެ ފުރިހަމަ ގޮތުގައި މަލްކާއަށް ލިބެއެވެ. އެންމެ އެކުވެރިކޮށް އުޅޭ […]