އޭރުގެ ފުންހަނދާން
އެއީ ދެހާހުގެ އަހަރުތަކެވެ. ތަރައްގީގެ ކުލަވަރު ފެންނަންފެށި ދުވަސްވަރެވެ. އަހަރެންނަކީ ޕަބްލިކް ހެލްތު ވޯކަރެކެވެ. އެހެންކަމުން އަތޮޅުތެރޭގެ ރަށްތަކަށް ވަރަށް ގިނައިން ދާންޖެހެއެވެ. ތަފާތު ބަލިތަކާއި ބެހޭ ދެތު މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށް ދިނުމަކީ އަހަރެންގެ ޒިއްމާ އެކެވެ. އެއިޑުސް ބައްޔާ ބެހޭގޮތުން ރައްޔިތުންނަށް މައުލޫމާތު ދިނުމަށް ގއ ގެމަނަފުށްޓައް ދިޔައީމެވެ.
އަހަރެންނާއި އެކު އަދި އިތުރު ދެ ކުއްޖަކުވެސް މި ދަތުރުގައި ބައިވެރިވިއެވެ. ރަށަކީ ކުޑަ ރަށެކޭ ނުދެންނެވޭނެވެ. އާބާދީގައި ދެ ހާސް މީ ހުން ހިމެނޭ ގެމަނަފުށްޓަކީ ރީތި ރަށެކެވެ. ރަށުގެ ރައްޔިތުން ހިތްހެޔޮވެފައި އަދާކުރާ މެހެމާންދާރީ އަށް އަހަރެން ދޭނީ އެއްވަނަ އެވެ. މަގުމަތީގައި ބިރެއްނެތި ހިނގާލެވެއެވެ. ސާފުތާހިރު ރަށެކެވެ. މައުލޫމާތު ދިނުމުގެ ސެޝަންތައް ނިއްމާލުމަށްފަހު އަހަރެންނާއި ދެންތިބި ބައިވެރިން ރަށުގެ ތުނޑި ބަލަން ގޮސް އުޅެމެވެ.
ސާފު ރީތި ދޮންވެލިގަނޑު ފެނި ހިތައް ހަމަޖެހުން ލިބިގެންދެ އެވެ. ހޭޅިފަށުގައި ހެދިފައިހުރި މަގޫ ގަސްތަކުން ގޮނޑުދޮށަށް އިތުރު ފުރިހަމަކަމެއް ގެނުވަ އެވެ. އަހަރެން ކޮންމެ ދުވަހެއްގެ އިރުއޮއްސޭ މަންޒަރު ދެކެން ތުނޑިޔަށް ދާން ފެށީމެވެ.އާދައިގެ މަތިން އަހަރެން އިނީ އިރުއޮއްސޭ މަންޒަރު ދެކިލުމަށް ތުނޑިމަތީ އިށީދެލައިގެންނެވެ. ގުދުރަތުގެ ފުރި ހަމަކަމަށް ގެއްލި ހުސްވެފައެވެ. އިރުއޮއްސި ދުނިޔެއަށް އަނދިރިކަން ވެރިވީ ހިނދު އަހަރެން ގެއައް ދިޔުމަށްޓަަކައި މިސްރާބު ޖެހީމެވެ. ގެއައް ދިޔަ މަގުމަތީގައި އަހަރެންނަށް ނުދަންނަ މީހަކު ގޮވާލުމުން މަޑުކޮއްލީމެވެ. “މިކާލް މިރޭ ތިގޭ ބޭރު ޖޯލިފަތިން ނުވައެއް ޖަހާކަން ހާއިރު ދިމާކުރެވިދާނެތަ. މުހިންމު ވާހަކައެއް ދައްކާލަން ވެެގެން. “އަހަރެން މަސްސަލައެތް ނޯންނާނެޔޭ ދިމާވާނަން ކަމަށް ބުނެ ގެއައް ދާން ހިނގައިގަތީމެވެ.”
އެ އަންހެން ކުއްޖާ އަށް އަހަރެންގެ ނަން އެނގުނީ ކިހިނެތް ހެއްޔެވެ. މައްސަލައެތް ނެތްތާއެވެ. މިރޭ ދިމާވީމާ އޮންނާނީ އެނގެންތާއެވެ. ކެތްތެރިކަމެއްނެތި ނުވައެއް ޖަހަންދެން އަހަރެން ދިޔައީ އިންތިޒާރު ކުރަމުންނެވެ. އިރުއިރު ކޮޅާ ގަޑިއަށް ބަލާލެެވެއެވެ. އަހަރެންގެ އިންޒާރައް ނިމުން އައެވެ. އެ އަންހެން ކުއްޖާ އަހަރެން ބޭރު ޖޯއްޔަށް ނުކުތް އިރު ޖޯލިފަތީގައި އިނެވެ. އަހަރެންވެސް ޖޯޔެއްގައި އިށީނީމެވެ. އެއަންހެން ކުއްޖާ ވާހަކަ ދައްކަން ފެށިއެވެ. އަހަރެންގެ ނަމަކީ މަންޝާ.”މިކާލް މިރަށަށް އައި ފުރަތަމަ ދުވަހުވެސް މިކާލް ދެކުނިން. ދެން ކޮންމެ ދުވަހަކު އިރުއޮއްސޭ ގަޑީގަ ތުނޑިޔަށް ދާތަން ދެކެން. އަހަންނަކީ މިރަށު ކަތީބުގެ ދަރިޔެއް. މިކާލް އަހަންނަށް ވަރަށް ކަމުދޭ. މިކާލް އާއި ރަހުމަތްތެރިކަން ބާއްވަން އަހަރެން ބޭނުން.”އަހަރެން ޖަވާބުގައި ބުނީމެވެ.”ތިހާ ރީތި ކުއްޖަކު ރަހުމަތްތެރިވާން އެހުމުން ނުވާނެ ދޯ ނޫނެކޭ ބުނަން. މި ރަހުމަތްތެރިވީ ކަމަށް ބަލާދެން” އެރެޔަށްފަހު މަންޝާ އާއި އަހަރެން ވާހަކަ ދައްކަން ފެށީމެވެ.
އަހަރެންނާއި މަންޝާ ވަރަށް ގިނައިން ބައްދަލު ކުރަމެވެ. ރޭގަނޑު ފޯނުން ގުޅައިގެން އަނެއްކޮޅުން އިރު އަރަންދެން ތިބެމެވެ. މަންޝާ އަށް އަހަރެން ލޯބި ހުށައެޅީމެވެ. މަންޝާ ލޮލުން ބޮލުން އަހަރެންގެ ލޮތްބައް އާބަސް ބުންޏެވެ. އިރުއޮއްސޭ މަންޒަރު ދެކެން މަންޝާ އެކު އަހަރެން ތުނޑިޔަށް ދަމެވެ. އަހަރެންނާއި މަންޝާ އުޅުނީ ވަރަށް ލޯބިންނެވެ. ދުވަހަކުވެސް މަންޝާ ދެކެ އަހަރެންވާ ތެދުވެރި ލޯބި ބަދަލު ނުވާނެ ފަދަޔަކުންނެވެ. ހަނދުވަރީ ރިހި އަލީގައި ލޯބީގެ އަހުދާއި ވައުދުތައް މަންޝާ އަދި އަހަރެން ވަމުން ގެންދިޔައީމެވެ. އިންތިހާޔަށް ލޯބިވާތީ އެވެ.
އަހަރެންގެ ލޯބީގެ ބަގީޗާ މިލާ މޯޅިވިއެވެ. މަންޝާ ގެ ބައްޕަ އަހަރެންނާއި މަންޝާގެ ގުޅުމަށް ނުރުހުންވީތީ އެވެ. ސަބަބެއް ކަމުގައި ބުނަނީ އަހަރެންނަކީ އެރަށު މީހަކަށް ނުވުމެވެ. އަހަރެން ވަރަށް ދެރަވިއެވެ. މަންޝާގެ ލޯބި އަހަރެން ނިހާޔަތަށް ބޭނުމެވެ. ނަމަވެސް މަންޝާގެ ބައްޕަގެ ރުހުން ނުލިބި އަހަރެން މަންޝާ އާއި ގުޅޭކަށް ބޭނުމެށް ނޫނެވެ. މަސްދުވަސް ގެމަނަފުށީގައި ހޭދަކުރުމަށްފަހު އަހަރެން އެނބުރި މާލެ ދިޔައީމެވެ. ފުނޑު ފުނޑުވެފައިވާ ހިތަކާއެކުއެވެ.
މަންޝާގެ ހަނދާން ދުވަހަކުމެ އަހަރެންގެ ހިތަކުން ފިލައިގެން ނުދާނެ އެވެ. މަންޝާ އަކީ އަހަރެންގެ ހިތުގައި އެންމެ ފުރަަތަމަ އުފެދުނު ލޮއްބެވެ. އެ ލޯބި ލިބުން ނުވިޔަސް އަހަރެންގެ ހިތުގައި މަންޝާގެ ލޯބި ރައްކާ ކުރެވިފައިވެއެވެ. މިހާރު އަހަރެންނަކީ ދެކުދިންގެ ބައްޕައެކެވެ. ޖުނާން އާއި އަހަރެން އިނދެގެން އުޅޭތާ މިހާރު ފަސްއަހަރު ވަނީއެވެ. ޖުނާން އަހަންނަށް އަޅާލައެވެ. ލޮތްބާއި އޯގާތެރިކަން ދެއެވެ. އަހަރެންވެސް ޖުނާން ދެކެ ލޯބިވެ އެވެ. އެހެނަސް މަންޝާ ދެކެވީ ލޯބި އެހެން ދެވަނަ ފަރާތެއް ދެކެނުވެވޭނެ އެވެ.
މަންޝާގެ ހަނދާންތައް ދުވަހަކު ނުފިލާނެ އެވެ. އޭރުގެ އެފުން ހަނދާންތައް އަހަރެން ދުނިޔޭގައި ހުރި ދުވަހަކު ނުފޮހެވޭނެ އެވެ. އެހެނަސް މާޒީ ފަހަތުން ދުވެ އަލުން ކުޅިވަރު ކުޅޭކަށް އަހަރެން ނެތީމެވެ. އަހަރެންގެ އަންހެނުންނަށް އަހަރެން ވަފާތެރިވާނަމެވެ. މަންޝާގެ ލޯބި އަހަރެންގެ ނަސީބުގަ ނެތަސް އަހަރެން މާޔޫސް ވާކައް ނެތީމެވެ . މިންވަރު ކުރެއްވި ގޮތަކަށް ރުހިގެން އަހަރެން ވާނަމެވެ.
ނިމުނީ
One Comment
Comments are closed.


Masha allah…Intresting…sad tht Im nt using FB..I only use viber???? btw Alhamdhullihllah…agn I got the chnce a stry of u… c u agn with a new stry sisy…bst of luch..May Allah protect u ❤