Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އުފެއްދުންތެރި ލިޔުން

ލޯތަކަށް ކަރުނަ ގެނުވި2020

Fathimath Athifa Hussain Level 210 Stories
January 6, 2021 2 Mins Read
3 Comments

ހަވާއެރުވުމާއި ބޮޑެތި މިއުޒިކް ޝޯތަކާއެކު އުފަލުން ފޮޅޭހާލު 2020 ވަނަ އަހަރަށް ގިނަބަޔަކު ބިސްމިކިޔައި ފައިނެގިއެވެ. ނިމުނު 2020ވަނަ އަހަރަށްވުރެ ފެށޭ އާއަހަރަކީ ހުރިހާ ގޮތަކުންވެސް ކާމިޔާބު އަހަރަކަށް  ހެދުމަށެވެ.

ކޮންމެޔަކަސް 2020 ވަނަ އަހަރު ފެށިގެންދިޔައީ ރަނގަޅަށެވެ. އެހެނަސް އުއްމީދާއި އަޒުމާއެކު ފެށި އާއަހަރު ވަޔަށް ބުރައިގެން ދިޔައީ ކޮވިޑް-19ޔަށް ދިވެހިރާއްޖެއިން ފަތުރުވެރިޔަކު ފައްސިވެގެންދިޔަ ހިސާބުންނެވެ. ވާނުވާބުނެދޭން ތިބި ސިއްހީދާއިރާގެ ފަރާތްތަކުުުުން ކޮންމެ ދުވަހަކު އެތައް ފަހަރަކު ޓީވީތަކަށް އަރައި ޕުުުުުުުރެސް ކޮންފަރެންސުތައް ދިޔައީ ހުއްޓުމެއް ނެތި ބާއްވަމުންނެވެ.

ކޮންމެހެން މަޖުބޫރީ ހާލަތުގައި މެނުުވީ ބޭރަށް ނުދިޔުމަށް ރާއްޖޭގެ ކޮވިޑަށް ކަނޑައަޅާފައިވާ އެޗް އޯސީއިން ދިޔައީ އިލްތިމާސްކުރަމުންނެވެ. ކޮވިޑަށް ބިދޭސީން ފައްސިވަމުންދާ މިންވަރުު މަޑުުމަޑުން ދިޔައީ އިތުރުވަމުންނެވެ. އެހެނަސް ދިވެއްސަކު ކޮވިޑު ވައިރަހަށް ފައްސިވެފައި ނުވާތީ ދިވެހިންތިބީ  ހިންހަމަޖެހިގެންނެވެ.

އޭޕްރީލްމަހު ފަނަރަވީ ދުވަހު ދިވެހި އަންހެނަކު ފުރަތަމަ ފަހަރަށް ކޮވިޑަށް ފައްސިވިކަން އެޗްޕީއޭއިން ހާމަކުުރި ހިސާބުން ދިވެހިންގެ ހިތްތަކުުގައި ބިރުވެރިކަން ފެތުރިގެންދިޔައެވެ. ނަތީޖާއަކަށްވީ މާލެ ފުރަބަންދުު ކުރުމުގެ އިތުރުން މުޅި ރާއްޖެވެސް އެކީ ފުރަބަންދު ކުރުމެވެ. ރަމްޟާން މަހާއި ދިވެހިން ކުރިމަތިލީ ކޮވިޑްގެ ބިރުުވެރިކަމުގެ ތެރޭގައެވެ.

ގެއިން ބޭރަށް ދިޔުން މަނަލެވެ. ނަމާދަށް މިސްކިތައްދިޔުުން މަނަލެވެ. ރަށްޓެހިންނާއެކީ ބުރެއްޖެހުމުގެ ފުރުސަތެއްނެތެވެ. ގާތްތިމާގެ އައުލާދަކާއި ބައްދަލުކުރުމަކަށްވެސް ހުއްދައެއްނެތެވެ. ކޮވިޑާއެކު ސަރުކާރުގެ އިދާރާތަކާއި އަމިއްލަ ކުންފުނިތަކާއި ވިޔަފާރިތަކާއި ރިސޯޓްތަކުގައި ބޮޑު ތަޅުއެޅުނެވެ. ނަތީޖާއަކަށްވީ ދިވެހިންގެ ވަޒީފާތައް ގެއްލިގެންދިޔުމެވެ. ދިވެހިން ބިކަވުމެވެ.

އަނބިދަރިން ބިކަވީއެވެ. ކާނެ  އެއްޗެއްވެސް ލިބޭނެ ވަރެއް ގިނަދިވެހިންގެ ނެތެވެ. ސަރުކާރުން އެހީތެރިކަން ނުދިންނަމަ އެތަކެއް ދިވެހިންނެއް އުޅޭނެ ހާލެއް ބުނެދޭންވެސް ދައްޗެވެ. ކޮވިޑްގައި ފުރަތަމަ ދިވެއްސަކު ދުނިޔެ ދޫކުރި ޙަބަރުވެގެންދިޔައީ ރާއްޖޭގެ ރައްޔިތުންގެ ލޮލުން ކަރުނަ ހިލުވާލި ޙަބަރަކަށެވެ.

ކޮވިޑަށް ގިނަ އަދަދެއްގެ ދިވެހިންތަކެއް ފައްސިވަމުންދިޔައެވެ.  ކޮވިޑްފެސިލިޓީތަކަށް އެފަރާތްތައް ގެންގޮސް ފަރުވާދެވުނެވެ. ޑޮކުޓަރުންނާއި ނަރުހުން ދުވާލާއި ރޭގަނޑު ހުސްކުރަމުން ގެންދިޔައީ ކޮވިޑްގެ ބަލީގައިވީ ފަރާތްތަކަށް ފަރުވާކުރުމަށެވެ. ކޮވިޑް ޓެސްޓުކުރުމަށެވެ. ކޮވިޑް ޓެސްޓުތަކުގެ ނަތީޖާ ތަހުލީލު ކުރުމުގައެވެ.

އަހަރުގެ ނިމޭ ހިސާބަށް އައިއިރު މާތްﷲގެ ރަޙުމަތުން ކޮވިޑަށް ފައްސިވާ މިންވަރު ދިޔައީ ބޮޑުތަނުން ދަށަށެވެ. ނަތީޖާއެއްގެ ގޮތުން ބަންދުކުރި ގައުމުގެ ވައިގެބަނދަރު ހުޅުވާލިއެވެ. ރިސޯޓުތައްވެސް ވަކިމިންގަނޑުތަކެއް ކަނޑައަޅައި ހުޅުވަންފެށިއެވެ. ރަށްތަކައްވެސް ދެވުމުގެ ހުއްދަ ލިބިގެންދިޔައެވެ.

ވުމާއެކު ޖުމްލަކޮށް ނިމިގެން މިދިޔަ 2020 ވަނަ އަހަރަކީ  ދިވެހިރާއްޖެއަށާއި މުޅި ދުނިޔެއަށް ބަނަ އަހަރެކެވެ. ހިތާމައިގެ އަހަރެކެވެ. އެތަައްލޯބިވާ ފަރާތްތައް ވަކިވެގެން ދިޔައަހަރެކެވެ. އަހަރެމެންގެ ހިތުގައި ތަކުރާރުވާ ދުޢާއަކީ ފެށިގެން މިދިޔަ 2021 ވަނަ އަހަރަކީ ހުރިހާ ގޮތަކުންވެސް ކާމިޔާބު ފާގަތި އަހަރަކަށް ވުމެވެ. ޔާﷲ އަޅަމެންގެ މުޅި އިންސާނީ އުންމަތް ކޮވިޑްގެ ވަބާއިން މުއްތިކުރައްވާންދޭވެ. އާމީން

Share Article

Follow Me Written By

Fathimath Athifa Hussain

Level 210 Stories

I Am 24 Years Old Girl? Work For Cause, Not For Applauses! Live Life To Express, Not To Impress!!

Other Articles

Previous

މި ހިތުން މަޤާމޭ މި ދެނީ 22 (ފަހުބައި)

Next

ބީޓީއެސް އެންޑް ބަންގްޓަން ގަރލްސް (13)

Next
January 7, 2021

ބީޓީއެސް އެންޑް ބަންގްޓަން ގަރލްސް (13)

Previews
January 6, 2021

މި ހިތުން މަޤާމޭ މި ދެނީ 22 (ފަހުބައި)

3 Comments!

  1. YEOJA says:
    January 6, 2021 at 9:17 pm

    Aameen ♥️♥️
    Vrh emotional vrh Sali Masha Allah ❤️❤️
    Stay safe ♥️

  2. yooon yooon says:
    January 7, 2021 at 8:50 am

    Aamyn
    Maasha allah vrh rythi ?
    May all of us be safe and healthy ??
    Insha allah 2021 is gonna be better

  3. sahoo says:
    January 7, 2021 at 9:06 am

    Aameen be safe and tc. ❤

Comments are closed.



All Right Reserved!