ލޯބީގެ ބަދަލް
އެހެން އަންހެންކުދިން ފަދައިން އަހަރެންވެސް އުއްމީދުތަކެއް ކުރީމެވެ. ހުވަފެންތަކެއް ދެކުނީމެވެ. އެތަކެއް ހިޔާލީ ގަޑުވަރުތަކެއް ބިނާކުރީމެވެ. ހަމަޖެހޭ އުފާވެރި ހަޔާތެއް ވޭތުކުރުމަށް ހިތުން އަޒުމް ކަނޑައެޅީމެވެ. އެހެނަސް ކަންތައްތައް ބަދަލުވެގެންދިޔައީ އަހަރެން އުއްމީދުވެސް ނުކުރާފަދަ ހިތިގޮތަކަށެވެ. އެތަކެއް އިތުބާރަކާއި ލޮތްބެއް އަހަރެން މިދުނިޔެއިންވި އިންސާނާ އަހަރެންގެ ހިތްކުދިކުދިކޮށް އަހަރެން ބާކީކޮއްލީ އެވެ.
އެއީ މީގެ ފަސްވަރަކަށް މަސްކުރިޔެވެ. މިޒްޔަލް އާއި އަހަރެން ދިމާވީ ފޭސްބުކް އިންނެވެ. ރަހުމަތްތެރިކަން އުފެދި ގިނަވަގުތު ވާހަކަ ދައްކައި އުޅެމެވެ. އަހަންނަށް މިޒްޔަލް ހަމަލޮލަށް ފެންނަވަރުވީ އަހަރެންގެ ކޯސް ނިންމުމުގެ ރަސްމިއްޔާތައް މާލެގޮސް އުޅެނިކޮށެވެ. ފުރަތަމަ ބައްދަލުވުމުންވެސް އަހަރެންގެހިތް މިޒްޔަލް އަށް ލެބިގެން ދިޔަފަދަ އިހުސާސެއް އަހަންނަށް ކުރެވިގެން ދިޔައެވެ.
މާލެއިން ރަށަށް އައިސްވެސް އަހަރެންނާއި މިޒްޔަލްގެ ދެމެދުގައި އޮތީ ރަހުމަތްތެރިކަމުގެ ގުޅުމަށްވުރެ ގާތް ގުޅުމެކެވެ. އެހެނަސް އިސްވެ އަހަރެން އަދި މިޒްޔަލް ވެސް ލޯބިވާ ވާހަކައެއް ނުބުނަމެވެ. އަހަރުގެ ބޮޑު ޗުއްޓީގައި އަހަރެން އަނެއްކާވެސް މާލެ ދިޔައީމެވެ. ޑޮކުޓަރަށް ދައްކަން ވެގެންނެވެ. މިޒްޔަލް އާއި ދިމާވާނެތީ އަހަރެން ހުރީ ވަރަށް އުފަލުންނެވެ.
އަހަރެން ހުންނަގޭ މީހުންނަށް ސިއްރުން މިޒްޔަލް އާއި ބައްދަލުކުރަން ދިޔައީމެވެ. މިޒްޔަލް އަހަރެން ގޮވައިގެން ދިޔައީ ރެސްޓޯރެންޓަކަށެވެ. އަހަރެން ހުރީ ފާޑަކަށް ފިނިވެފައެވެ. ގޭމީހުނަށް ސިއްރުން މިޒްޔަލް އާއި ބައްދަލުކުރަން އަންނަން ޖެހުނީތީ އެވެ. އަދި ދުވަސްތަކަކަށްފަހު މިޒްޔަލްގެ ރީތި މޫނު އެހާގާތުން ފެންނަން ހުރުމުގެ ސަބަބުންވެސް މެއެވެ.
މިޒްޔަލް ވަރަށް ލޯބިން އަހަރެންނަށް ގޮވާލި އެވެ. “ލިވީ ވަރަށް ހާސްވެފަ ދޯ ތިއިނީ. ޑޯންޓް ވޮރީ ނަތިން ވިލް ގޮއިންޓުބީ ރޯންގު. އެނީވޭ ޔޫ ލުކް ސޯ ޕުރިޓީ އެންޑް އެޑޯރަބެލް.” ޒިވިޔަލްގެ ވާހަކައިން އަހަރެން އުފާވިއެވެ. އަހަރެން ރައްދުގައި ބުނީމެވެ.” ޒިވީ ވެސް މިރޭ ވަރަށް ރީތި. އެންޑް ޔޫ ލުކިން ހޭންޑުސަމްޓޫ.” ރަކިގޮތަކަށް ޒިވިޔަލް ހިނިތުންވެލި އެވެ. އެރޭގެއެ ވަގުތުކޮޅު ދާއިމަށް ދިގުދެމިގެން ދިޔުމަށް އަހަރެންގެ ހިތްއެދުނެވެ. ޒިވިޔަލް ފެންނަ ހިސާބުގައި ހުރުމަކީވެސް އަހަންނަށް ލިބޭ ބޮޑުވެގެންވާ އުފަލެކެވެ.
ދެތިން ހަތަރު ބައްދަލުވުމަށްފަހު އަހަރެން އަނބުރާ ރަށަށް އައީމެވެ. ޒިވިޔަލް އަހަންނަށް ލޯބި ހުށަހެޅީ އަހަރެން ރަށަށް އައިތާ މާގިނަ ދުވަސްތަކެއް ނުވަނީހެވެ. ޒިވިޔަލްގެ ލޯތްބައް އަހަރެން އާއެކޭ ބުނީމެވެ. ޒިވިޔަލް އަހަރެންގެ ހިތް އުފަލުން ފުރާލަދެއެވެ. ޝަކުވާކުރާނެ ފުރުސަތެއް އަހަންނަކަށް ނުލިބެއެވެ. ޒިވިޔަލް އަހަރެންނަށް ދޭންޖެހޭ ވަގުތާއި ލޯބި އަހަންނަށް ދެމުންގެންދިޔައީ ދުވަހަކުވެސް އަހަރެމެންގެ މިގުޅުން ކެނޑިގެން ނުދާނޭ ފަދަޔަކުންނެވެ.
އެހެނަސް މަޑުމަޑުން ކަންތައްތައް ބަދަލުވާންފެށި އެވެ. އަހަރެންނާއި އަނގައިން ބުނެލާނެ ވަގުތެއް ޒިވިޔަލް އަށް ވާކަމަކަށް ނުވެއެވެ. އަހަރެންނަށް ޝަކުވާ ކުރެވެން ފެށުނެވެ. ޒިވިޔަލް އަހަރެންގެ ވާހަކަތައް ގަބޫލުކޮށް ރަނގަޅުކުރަންޖެހޭ ކަންތައްތައް ރަނގަޅުކުރެއެވެ. އެހެނަސް ދާއިމަށް އެގޮތުގައި ދެމިހުރެވޭ ގޮތެއް ޒިވިޔަލް އަކަށް ނުވެއެވެ. ކިތަންމެ ދެބަސްވާން ބޭނުންނުވި ނަމަވެސް ޒިވިޔަލްގެ އުޅުމަށާއި އަހަރެމެންގެ ގުޅުމަށް ނޭދެވޭ އަސަރުތައް ދިޔައީ ކުރަމުންނެވެ.
ޒިވިޔަލްގެ ޖަވާބު ކުރުވެފައި ސާދާ އެވެ. “ލިވީ އަހަރެންނަކީ ގައުމީ ޙިދުމަތުގައި މަސައްކަތްކުރާ މީހެއް. އެހެންވީމާ އަބަދަކު ވާހަކަވެސް ނުދެއްކިދާނެ. އަހަރެން އެހެން ކުއްޖެއް ކައިރިޔަށް ނުދަމޭ. ހުވާކޮއްފަ މިބުނަނީ. ކޫސަނި މައްސަލަ ނުޖައްސަބަލަ” އަހަރެން ދިފާއުގައި އެއްޗެއް ބުނުމުގެ ފުރުސަތެއް ޒިވިޔަލް ނުދެއެވެ. އެހެނަސް ޒިވިޔަލްގެ ބަދަލުވަމުން އައި މިޒާޖުން އަހަރެންގެ ހަމަޖެހުން ނަގައިލިއެވެ.
އެހެނަސް އަހަރެން ކެތްކުރީމެވެ. ޒިވިޔަލް ދެކެ އަހަރެންވާ ތެދުވެރި ލޯބީގެ ހައްގުގަ އެވެ. ޒިވިޔަލް އާއި އެހެން އަންހެންކުއްޖެއްގެ ގުޅުމެއް އޮތްކަން އަހަންނަށް އެނގުނު ހިނދު އަހަރެންގެހިތް ކުދިކުދިވެގެން ދިޔަ އެވެ. އަހަރެންގެ ލޮލުން ހިފެހެތްޓުމެށްނެތް ކަރުނަ އައެވެ. ޒިވިޔަލް އަހަރެން ކައިރީ މާފަށް އެދުނެވެ. އެފަދަ ކަމެށް ދުވަހަކުވެސް ތަކުރާރު ނުވާނޭ ކަމުގައި ބުންޏެވެ.
އަހަރެން ޒިވިޔަލްގެ އެކުށަށް މާފު ދިނީމެވެ. ލޯބިވާތީ އެވެ. ޒިވިޔަލް އާއި ވަކިން އުޅުމަށް އަހަރެންގެހިތް އެއްބަސް ނުވާތީވެސްމެ އެވެ. އެކަންތައްގަނޑަށްފަހު ޒިވިޔަލް ވަރަށް ރަނގަޅެވެ. ކިތަންމެ ބިޒީކޮށް އުޅެމުންވެސް އަހަރެންނަށް ހަބަރުވާނެ އެވެ. އަހަރެންގެ ހާލުބަލަން ގުޅާނެ އެވެ. ނަތީއްޖާ އެއްގެ ގޮތުން އަހަރެންގެ ހިތް ޒިވިޔަލްއަށް ކުރިޔަށްވުރެ ބޮޑަށް ލެނބިގެންދިޔަ އެވެ.
އަހަރެންނާއި ޒިވިޔަލްގެ ގުޅުން އަނެއްކާވެސް ހީނަރުވާންފެށި އެވެ. އެހެނަސް މިފަހަރު އަހަރެން ޝަކުވާ ކުރާކަށް ނުހަދަމެވެ. އެހެނަސް އަހަރެންގެ ހިތައް އެބަދަލްތަކުން އުނދަގޫވަމުން ދިޔައެވެ. އަހަރެން ކެތްތެރިކަން އިސްކުރީމެވެ. ޒިވިޔަލް ދެކެ އަހަރެންވަނީ ތެދުވެރި ލޯބި ކަމުގައިވީތީ އެވެ. މިގޮތަށް ކަންތައް ހިނގަމުންދާތާ ދެތިން ހަފުތާ ވެއްޖެ އެވެ. އެއްރޭ ޑިއުޓީ ނިއްމާލުމަށްފަހު ޒިވިޔަލް އަހަންނަށް ގުޅިއެވެ.
އަދި ބުންޏެވެ. “ލިވީ… އަހަރެން ބޭނުން މިރޭ ވަރަށް ބޮޑު ވާހަކައެއް ލިވީ ގާތުގައި ދައްކަން.” އަހަރެން ޒިވިޔަލް ދައްކަން އެއުޅޭ ވާހަކައެއް އެނގެން ބޭނުންކަމުގައި ބުނީމެވެ. އަނެއްކާވެސް ޒިވިޔަލް ވާހަކަ ދައްކަންފެށި އެވެ. “ލިވީ.. އައި ކާންޓް ޑޫ ދިސް އެނީމޯ… އައި އޭމް ރިއަލީ ވެރީ ސޮރީ. ލިވީގެ ނެތް މިކަމުގަ އެއްވެސް ކުށެށް. އަހަރެންނަށް އަހަރެންގެ އެކުސް ގާލްފުރެންޑް މަތިން ހަނދާން ނައްތައެއް ނުލެވުނު. ލިވީ… އައި އޭމް ސޮރީ ޕުލީޒް ފޮގިވް މީ…” ޒިވިޔަލްގެ ވާހަކަތަކަށް ދޭނެ ޖަވާބެއް އެވަގުތަކު އަހަރެންގެ ދުލަށްނައެވެ. ހޯސްލާފައި އަހަރެންގެ ލޮލުން ކަރުނަތައް އޮހެންފެށިއެވެ.
ވަރަށް ހިތްވަރުކޮށްފައި އަހަރެން ވާހަކަ ދައްކަން ފެށީމެވެ. “ޒިވިޔަލް އެދެނީ ތިގޮތް ނަމަ އަހަރެން ލޯބިވިޔަސް ދެރަވިޔަސް ޒިވިޔަލް, ޒިވިޔަލްގެ ލޯތްބާ އިގެން ކުރިޔަށްދޭ. ހަގީގީ ލޯބީގެ ފޮނިކަން ލިބޭނީ ނަސީބުވެރިޔަކަށް. ގަދަކަމުން ޒިވިޔަލްގެ ލޯބި ހޯދަން އަހަރެން ނެތިން. ޒިވިޔަލް އާއި އަހަރެން ދެން ދައްކާނެ އިތުރު މާގިނަ ވާހަކަތަކެއް ދެން އޮތްކަމަކަށް އަހަންނަކަށް ނުފެނޭ.” މިހެންބުނެ އަހަރެން ފޯނު ކަނޑާލީމެވެ. ޒިވިޔަލް ގޮވަގޮވާ އޮއްވަ އެވެ.
ޒިވިޔަލް ކުރިމަތީ ބަލިކަށި މީހަކަށް ވާން އަހަރެން ނޭދޭތީ އެވެ. ކައިވެނިކުރުމަށް ތައްޔާރުވެތިބެމެ އާއިލާގެ އެންމެންނަށް ޒިވިޔަލް ތައާރަފުކުރުމުން ޒިވިޔަލް ކަންތައްކުރީ މިހެންނެވެ. މި ދުނިޔޭގައި އިތުބާރުކުރަންވީ މީހަކު އަހަންނަށް މިހާރު އޮޅިއްޖެއެވެ. މިހުރިހާދުވަހު އަހަންނަށް ފެން މިފުރުނީ ފޫނެތް ފަޔަކަށްކަން އެނގުނު ހިނދު އަހަންނަށް އަމިއްލަ ނަފުސު ކުއްވެރިކުރެވުނެވެ.
އަހަރެންވި ތެދުވެރި ލޯބީގެ ބަދަލް ލިބިގެންދިޔައީ ވަރަށްވެެސް ހިތިކޮށެވެ. މީހުންނަށް އިތުބާރުކުރުމަކީ އަހަންނަށް ދަތިކަމަކަށް ޒިވިޔަލް ހަދައިފިއެވެ. އަހަރެންގެ ވަފާތެރިކަމުގެ ބަދަލް މިފަދަ ގޮތަކަށް ލިބިދާނެ ކަމަކަށް އަހަރެން ދުވަހަކުވެސް ހިޔެ އްވެސް ނުކުރަމެވެ. ކުރާނެ ކަމެށް ނެތެވެ. ލުއި ވައި ރޯޅިޔެއް ފަދައިން އަހަރެންގެ ހަޔާތަށް އައި ޒިވިޔަލް އަހަރެން ދޫކޮށް ދިޔައީއެވެ. އަހަރެންގެ ކުށަކީ ކޮބައިހެއްޔެވެ. އިންސާނެއްގެ އެއްވެސް ކުށެއްނެތި މިފަދަ ހިތްދަތިކަމެށް އެއްވެސް މީހަކަށް ދޭންވެދާނެ ހެއްޔެވެ. ކުރާނެކަމެއްނެތެވެ. ޒިވިޔަލްއަކީ އަހަރެންނަށް ލިބުނު އަގުހުރި ފިލާވަޅެކެވެ.
ނިމުނީ
6 Comments!
Comments are closed.


Nice one ❤
Thanks Neei?
Masha allah ???
Thankyou Dear Fathima❤
Wow vaahaka vrh salhi????????? …heevanyy my life ge vaahaka kiyaadeefa oenhen???
Thanks?