Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކަލޯބި

ތީ ފުރާނައިގެ ދިރުމޭމަގޭ

Fathimath Athifa Hussain Level 210 Stories
January 1, 2021 3 Mins Read
0 Comments

“އަހަރެންގެ ދިރިއުޅުމަކުން އަބީން އަށް ޖާގައެއް ކުރިން ދެވިފައިވީ ނަމަވެސް މިހާރަކު އަހަރެން އަބީންގެ ލޮތްބާއި  އަޅާލުމެށް ބޭނުމެ އްނޫން. ސޯ  އަހަރެންގެ މަތިން ހަނދާންނައްތާލާ.” އެވަގުތު އަހަރެންގެ ލޮލުން ކަރުނަނުހިލުނު ކަމުގައިވިޔަސް  އަހަރެންގެ ހިތް ރޯލިއެވެ. އަމާލްއަކީ  ކުޑައިރުގެ އެންމެގާތް އެކުވެރިޔާއެެވެ. ގުރޭޑްހަތަކުން ފެށިގެން މިވީހާ ދުވަހަކު އަމާލްއަކީ އަހަރެންގެ ލޮތްބެވެ. އެހެނަސް މާލެ ބަދަލުވި ހިސާބުން އަމާލް ބަދަލުވާންފެށިއެވެ. އެހެނަސް އަހަރެން ކެތްކުރީމެވެ. ލޯބިވާތީއެވެ. އަހަރެންގެ ހަޔާތައް އަމާލް ނޫނީ އިތުރު  އަންހެންކުއްޖަކު ނާދެއެވެ.

ކޮންމެގޮތެއްވިޔަސް އަމަލް އަހަރެންގެ ހަޔާތުން ދުރަށް ޖެހިލައިފިއެވެ. އަހަރެންވެސް އަޒުމް ކަނޑައެޅީމެވެ. ﷲގެ ހެޔޮރަހުމަތުން އަހަރެންގެ އެދުން ފުރިހަމަވިއެވެ. ނޭޕާލުން ތިންއަހަރުގެ މާސްޓަރ ކޯހެއް އަހަންނަށް ލިބުނެވެ. ސިވިލް އިންޖިނިއަރިން އިން ކުރިޔަތް ދިޔުމަކީ އަހަރެން އެންމެ ކުޑަ އިރުއްސުރެވެސް ދެކުނު ހުވަފެނެކެވެ.

އަމާލްގެ ހަނދާންތަކާއި ދުރަށްދިޔުމަށް މިދަތުރު އަހަންނަށް އެހީތެރިވާނެޔޭ  އަހަރެންގެ ހިތްދިޔައީ ބުނަމުންނެވެ. ކިޔެވުންފެށި ކުލާސްތައް ފެށުމުން މަޑުމަޑުން އަމަލްގެ ފިކުރުތަކާއި  އަހަންނަށް ދުރައްޖެހެވެންފެށުނެވެ. ބޮޑު އިމްތިހާނެއް ނިއްމުމަށްފަހު ލިބުނު ތިންދުވަހުގެ ޗުއްޓީގައި އަހަންނާއި  އަހަރެންގެ ކުލާސް ފަސްވަރަކަށް ކުދިން ނޭޕާލްގެ ކުޑަކުޑަ ސިޓީއެއް ކަމަށްވާ ޕޯކުރާއަށް ދިޔުމަށް ދަތުރުފެށީމެވެ.

ހީކުރި ވަރަށްވުރެ ޕޯކުރާ ސިޓީ އަކީ ރީތި ތަނަކަށްވިއެވެ. އަހަރެންނާއި  ވިޝާހް އަދި ޔޫހް މަޑުކުރީ ގެސްޓުހައުސްގެ އެއްރޫމެއްގައެވެ. ސިޓީގެ މުހިންމު ރީތި މަންޒިލްތަކަށް  އަހަރެމެންދިޔައީ ބަހުގައެވެ. ފަތުރުވެރިން އެހާމެގިނަ އެވެ. އެކަމަކުވެސް ހިތްގައިމު އަވަށެކޭ ބުނެވޭވަރުވެ އެވެ. ހާއްސަކޮށް ޕޭވާރލޭކްފެނި އެތަނަށް އަހަރެންގެ ހިތްލެނބިގެންދިޔަ އެވެ. ޕޭވާރ ލޭކްގައި ބޯޓު ދުއްވުގެ ނަސީބުވެސް ލިބިގެންދިޔައީތީ އަހަރެން ހުރީ ނުލާހިކު އުފަލުންނެވެ.

ތިިންދުވަހުގެ މަޖަލާއި ސަކަރާތައްފަހު އަނެއްކާވެސް ކިޔެވުމާއިގެން  އަހަރެން މަޝް އޫލުވީމެވެ. ސެމްބުރޭކްގައި  އަހަރެން އުޅުނީ ވަރަށް ބަލިކޮށެވެ. ހުންއައިސް ރޯގާޖެހި އަހަރެން އުޅުނީ ކޮޓަރިންވެސް ބޭރަށް ނުނިކުމެއެވެ.  އެހެން އަބަދު އޮންނަންވުމުން ފޫހިވެގެން އަހަރެން ފޭސްބުކަށް ވަންނަން ފެށީމެވެ. އިންބޮކުސް ހުޅުވާލިއިރުވި އްސަކަށް މީހުން މެސެޖްކޮށްފައި ހުއްޓެވެ.

އެހެނަސް އަހަރެންގެ ސަމާލުކަން ހޯދީ  އެންމެ ފަރާތެކެވެ. ފާތިމާ ލީޝް ޖަހާފަ އިން އައއިޑީ އަކުން ފުލުފުލުގައި ތިރީހަކަށް މެސެޖް ފޮނުވާފައި އިނެވެ. ވާހަކަ ނުދައްކަނީ ކީއްވެގެންތޯ އާއި ރުޅީތޯ އެވެ. މެސެޖްތަކަށް ކޮންމެވެސް ދުވަހަކުން ޖަވާބެއް ލިބޭނެކަމަށް ދުޢާކުރާވާހަކައެވެ. އަހަރެން ލަސްނޮކޮށް ތީ ކާކުތޯ ސުވާލް ކޮއްލީމެވެ. ޖަވާބު އަންނަން ގިނަ އިރުތަކެއް ނުނެގިއެވެ. އަހަރެންގެ ކުލާސްކުއްޖެއްގެ ކޮއްކޮއެކެވެ. ސައިކޮލޮޖީ އިން ބެޗްލާސް އަށް ކިޔަވާ ކުއްޖެކެވެ. މިވަގުތު ދިރިއުޅެނީ ލަންކާގައެވެ.

ލީޝް އާއި އަހަރެން ދެގަޑި އިރުތެރޭ ދަންނަ ރަހުމަތްތެރިންނަށް ވެގެންދިޔައެވެ. ވާހަކަ ދައްކާލާނޭ ކުއްޖަކު ލިބުމުން  އަހަރެންގެ ފޫހިކަން ވަޔަށް އުދުހިގެން ދިޔަފަދައެވެ. ތިންއަހަރުގެ ކިޔެވުން ނިއްމައި މާލެ އައީމެވެ. މަންމަ ހުރީ ވަރަށް އުފަލުންނެވެ. ވެލާނާ  އިންޓަނޭޝަަނަލް އެއަރޕޯޓްއިން  އަހަންނަށް ވަޒީފާ ހަމަޖެހުން ވެގެންދިޔައީ އަހަންނަށް ލިބުނު ބޮޑު ހިތްހަމަޖެހުމަކަށެވެ.

ލީޝް އަށް  އަހަރެން ގުޅީ އެރޭގައެވެ. ސަޕްރައިޒް ކޮއްލަން ބޭނުންވީއެވެ. ލީޝްވެސް މާލެ އައި ވާހަކައެއް  އަހަރެން ގާތަކު ނުބުނެ އެވެ. އެހެންވެ  އަހަރެންވެސް ނޭޕާލުން މާލެއައި ވާހަކަ އެއް ބުނަން ބޭނުންނުވީ އެވެ. ލީޝް އަކީ މިހާރު އަހަރެންގެ ލޮތްބެވެ.  ހަމަލޮލަށް ނުފެނުނު ކަމުގައި ވިޔަސް ލީޝް އަކީ އަހަރެންގެ ހިތުގެ ވިންދުކަމުގައިވަނީ ވެފައެވެ.

ފެންވަރައި ތާޒާވެގެން ލީޝްމެންގެ

ގެޔަށް އަހަރެން ދިޔައީމެވެ. ލީޝް  އުޅުނީ ކޮޓަރީގައެވެ. އަހަރެން ފެނުނު ވަގުތު ލީޝްގެ މޫނުމައްޗައް އަރާފޭބި ކުލަވަރުން ލީޝް އުފާވިވަރު  އަހަންނަށް އެނގުުނެވެ. އެހެނަސް  އަހަރެން ދެއްކި ހުރިހާ ވާހަކަޔަކަށް ލީޝް ޖަވާބުދެމުން ގެންދިޔައީ ފޯނަށް މެސެޖްކޮށްގެންނެވެ. އަހަރެން އެއީ މާބޮޑު ކަމަކަށް ނަހަދަމެވެ. ލީޝް ލަދުގަނެފަ ހުރީމަ ވާހަކަ ނުދެއްކީ ކަމަށް ބަލާފައި  އަހަރެން ދިޔައީ ގެޔަށެވެ.

ދަތުރުގެ ވަރުބަލިކަން އިހުސާސްވެފައި ވާލެއް ބޮޑުކަމުން  އެނދުގައި ޖައްސާލިގޮތަށް  އަހަންނަށް ނިދުނީ އެވެ. ފަތިސް ނަމާދުގެ ބަންގީގެ  އަޑަށް އަހަންނަށް ހޭލެވުނުއިރު ލީޝްގެ މެސެޖެއް ފޯނަށް އައިސްފައި  އޮތްތަން  އަހަންނަށް ފެނުނެވެ. ލޯބިވާ  އަބީން އެވެ. އަބީން ދެކެ އަހަރެންވަނީ ދެތުވެރި ލޮތްބެވެ. ވަކިވާން ނޭދޭނެ ފަދަ ކުލުނެކެވެ. އަހަރެންނަކީ ވާހަކަދެއްކޭ މީހަކީމެއް ނޫންކަން އަބީން ގާތުނުބުނެ މިހާ ދުވަސްވީ އަބީން އަހަރެން ދޫކޮށް ގޮސްފާނެތީއެވެ. އެހެނަސް ބުނަމެވެ. މިކަމަކީ ނުބުނެ ހުރެގެންވާނެ ފަދަ ކަމެއް ނޫންކަން އަބީން މިރޭ ހަމަލޮލަށް ފެނުމުން އެނގިގެން ގޮސްފި އެވެ. އަހަރެންނަށް ދުލަކުން ވާހަކަ ދެއްކުމުގެ ބާރެއް ނެތަސް އަބީންދެކެ އިންތިހާޔަށް ލޯބިވަމެވެ. ގޮތް ނިއްމާނީ އަބީން އެވެ. އަހަރެންނަށް އަބީންގެ މީހަކަށް  ނުވެވޭނެކަން އެނގިހުރެވެސް  އަބީންގެ ލޮތްބައް އިންތިޒާރްކުރަމެވެ.

ލީޝްގެ މެސެޖް ކިޔާނިމުނު އިރު  އަހަރެން ގެ ލޮލުން ކަރުނަ އއެވެ. ލީޝްގެ ހުރި ނުކުޅެދުންތެރިކަމަކުން ލީޝް އާއި ވަކިވާކަށް އަހަރެން ބޭނުން ވެދާނެޔޭ ލީޝްގެ ހިތައް އަރުވައިގެންވެސް ނުވާނެ ނޫންހެއްޔެވެ. ލީޝް އާއި ކައިވެނި ކުރަންވީ ވަގުތު ޖެހިއްޖެ ކަމަށް އަހަންނަށް ވިސްނުނެވެ.

މިހާރު ލީޝްއަކީ އަހަރެންގެ  އަންހެނުންނެވެ. އަހަރެންގެ ދެކުދިންގެ މަންމައެވެ. މާތްﷲގެ ތަނަވަސް ރަހުމަތުން ލީޝްގެ އޮޕްރޭޝަން ކާމިޔާބުވެ ލީޝްއަށް މިހާރު ވާހަކަދެކެވެއެވެ. އަހަރެންގެ ހުރިހާ  އެދުމެށް ފުދިގެން ހިނގައްޖެ އެވެ. ލީޝް ކަހަލަ ކެތްތެރި ވަފާތެރި އަންބަކު  އަހަރެންގެ ހަޔާތައް އައީތީ އަހަރެން  އުފާކުރަމެވެ. ހިމޭންވީ އަހަރެންގެ ހަޔާތައް ދިރުން ގެނެސްދިނީ ލީޝްއެވެ. ލީޝް އަކީ އަހަރެންގެ ނަސީބެވެ. އަހަންނަށް ލިބުނު އަގުބޮޑު ހަދިޔާ އެކެވެ. އަހަރެންގެ ފުރާނައިގެ ދިރުމެވެ.

ނިމުނީ

Share Article

Follow Me Written By

Fathimath Athifa Hussain

Level 210 Stories

I Am 24 Years Old Girl? Work For Cause, Not For Applauses! Live Life To Express, Not To Impress!!

Other Articles

Previous

ތި ލޮއިއްބަށް އެދިއެދި ވަމެވެ

Next

އެކުއްޖާ 2 – 14

Next
January 2, 2021

އެކުއްޖާ 2 – 14

Previews
January 1, 2021

ތި ލޮއިއްބަށް އެދިއެދި ވަމެވެ



All Right Reserved!