Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކަ

ކަށަވަރޭ އަންނާނަމޭ

Fathimath Athifa Hussain Level 210 Stories
January 28, 2021 3 Mins Read
1 Comment

ހަނދު ބޮޑުވާ ދުވަސްވަރު ދުނިޔެ ވަށާ ބުރުޖެހުމަކީ އަހަރެންގެ އާދައެކެވެ. އެގޮތުން މި ރެޔަކީވެސް އެކަހަލަ ފުރިހަމަ ހަނދުވަރީރެޔެކެވެ. ބުރުހަމަ  ހަނދާއެކު ތަރިތައް ދިއްލިފައިވާތަން ވަރަށް ގާތުން އަހަންނަށް ދިޔައީ ފެންނަމުންނެވެ. ދުވާލުގެ ހިތްގައިމު ކަމަށްވުރެ ރޭގަނޑު މާހިތްގައިމެވެ. އެހެން ރޭތަކެކޭ އެއްފަދައިން މިދަތުރުގައިވެސް އަހަރެންގެ ބައިވެރިޔަކީ އާކާން އެވެ. އާކާން އަކީ އަހަރެންގެ އެންމެގާތް މިތުރެވެ.

ޖައްވުގައި ދަތުރުކުރަމުން އައިސް ވިއްސާރަވެ ދެވޭނުދެވޭ ނޭނގި މަގުއޮޅުނެވެ. އެހެނަސް މިރޭގެ އުފަލުން މަޙުރޫމުވުމަށް އަހަރެން ނޭދެމެވެ. ވުމާއެކު އަހަރެންނާއި އާކާން ދިޔައީ ކުރިޔަށެވެ. ނަމަވެސް ވިލާތަކަށް އަނދިރިކަން ވެރިވެ ތަރިތަކުގެ އަލިފަޑުވެގެން ދިޔައެވެ. ވާރޭގެ ތިކިތައް އިސާހިތަކު އަހަރެމެންގެ ގައިގައި ބޮސްދޭންފެށިއެވެ.

އަހަރެމެންނަކީ އިންސާނުން ނޫން ކަމުގައިވިޔަސް ވެރިވެފައިވާ ފިނިކަމަށް ކެތްކުރެވޭ ވަރެއްނޫނެވެ. އާކާންގެ އެދުމަަށް އެންމެ ފުރަތަމަ ފެނުނު ރަށަކަށް އަހަރެމެން ދެމީހުން ފޭބީމެވެ. އެއީ އެހާ ބޮޑުރަށެއް ނޫނެވެ. އެހެނަސް ހިތްގައިމު ތުނޑިޔަކާއި ބިޔަބޯގަސްތަކެއްވާ ރީތި ރަށެކެވެ. ވާރޭގެ އަސަރު ފިލައިދަންދެން އަހަރެންނާއި އާކާން އެރަށުގެ ތުނޑީގައި ހުރި ކާނިގަހެއްގެ ނިވަލުގައި މަޑުކޮއްލީމެވެ.

އަހަރެންނާއި އާކާން އޮލަވާ ހަކައިގައި ތިއްބައި އަން ހެންކުއްޖެއްގެ ހުނުމުގެ އަޑުއިވުނެވެ. އަޑު އަންނަނީ އަހަރެމެންތިބި ގަސްކައިރިޔާ ވަރަށް ގާތުންނެވެ. އެއީ ކާކުކަން އެނގުމުގެ ށައުގުވެރިކަން އުފެދުމާއެކު ގަސްދޮށުން އަހަރެން ނިކުތީމެވެ. ނޫކުލައިގެ ބޮޑު ހެދުމުގައި އެ އަންހެންކުއްޖާ ދުވަމުން ދުވަމުން އެއްގަމާވީ ފަރާތައް ދަނީއެވެ.  އެހެރަ ރީތި މޫނެކެވެ. ފަން އިސްތަށިގަނޑެވެ. އެފަދަ ރީތި އަންހެންކުއްޖެއް އަހަންނަށް މި ފެނުނީ އަލަށެވެ.ހަނދުގެ ރީތިކަމަށްވުރެ އެ އަންހެންކުއްޖާގެ ރީތިކަން އެތައް ގުނައެއްއިތުރެވެ. ޙޫރެކޭ ބުނެވޭ ވަރުވެއެވެ.

އެރޭ އަހަރެމެން ދިރިއުޅޭ ސަރަހައްދަށް ދެވުނީ ފަތިސްވާން ކައިރިވެފައި ވަނިކޮށެވެ. އަހަރެންގެ ލޮލަކަށް ނިންޖެއް ނައެވެ. ލޮލަށް ސިފަވަނީ އެ އަންހެންކުއްޖާ އެވެ. އެންމެ ފެނިލުމަކުން އަހަރެންގެ ހިތުގެ ހަމަޖެހުން އެކުއްޖާ ނިގުޅައިގެންފިއެވެ. ދެހަފްތާ ފަހެވެ. އާކާން ގާތުގައި އާދޭސްކޮށްގެން އެރަށަށް ދިޔައީމެވެ. ދިގު ދަތުރެއް ކުރަންޖެހުނު ނަމަވެސް ފަރުވާލެއް ނެތިއެވެ. އާކާން ގެ އެހީގައި އެކުއްޖާގެ ނަމާއި އުޅޭ ގެޔަކާއި ހޯދީމެވެ. އެލޯބިވެތި ކުއްޖާގެ ނަމަކީ ޙޫރް އެވެ. ޙޫރް އުޅެނީ ކުއްޖަކާއި ރައްޓެހިވެގެންކަން އެނގުނު ހިނދު އަހަރެންގެ ހިތައް ނުބައިގޮތެއް ވެގެންދިޔައެވެ. އެހެނަސް ފަރުވާލެއްނެތެވެ. ޙޫރްގެ ހިތް އަހަންނަށްޓަކައި ލަންބުވާލުމަކީ މާކަށް ބޮޑުކަމެށް ނޫނެވެ.

ޙޫރް އާއި ދިމާކުރަން ދާންޖެހޭ މަންޒިލަކަށްވީ އެރަށުގެ ތުނޑިއެވެ. ޖެހިލުންވެ ހުރެގެން ނަމަވެސް ޙޫރް އާއި ކުރިމަތިލީއެވެ. އެހެނަސް އެއްގަޑިއިރުވަންދެން ވާހަކަދައްކައިގެންވެސް ޙޫރް އަނގަޔަކުން ނުބުންޏެވެ. “އަހަރެންގެ ވާހަކަތަކަށް ޙޫރް ބީރުކަންފަތެއް ދިނަސް ޙޫރުގެ ދިރިއުޅުމުން މިޝާލް ދުރަށް ދާނެޔޭ   ހީނުކުރައްޗޭ. މިރެޔަށް ވަކިވެލަން. ޙޫރް ދެކެ ވަރަށް ލޯބިވޭ. ދެންދަނީ. އަހަރެންނަށް އިންތިޒާރު ކުރައްޗޭ.” ޙޫރް އާއި ބައްދަލުކުރުމަށްފަހު އަހަރެން އައީ އަހަރެމެން ދިރިއުޅޭ ގެޔަށެވެ. ބައްޕަ މީކާލް ހުރީ ރުޅިދުރުވެފައެވެ. ކާގަޑީގައި އަހަރެން ނެތަތީވެ އެވެ. ބައްޕަގެ ކިބައިން މާފަށް އެދުމުން ނަސީބަކުން އަހަންނަށް މާފުކޮށްދިނެވެ.

ތިންމަސްދުވަހުގެ ބުރަ މަސައްކަތުން ޙޫރް މިހާރު އަހަންނާއި ވާހަކަ ދައްކައެވެ. އަހަރެންދެކެ ލޯބިވާ ކަމަށްވެސް ބުންޏެވެ. އަހަރެންގެ ހިތް އުފަލުން ފޮޅުނެވެ. ޙޫރްގެ ހިތް އަހަރެންގެ މިލްކަކަށް ވުމީ އަހަރެންގެ  ހިތުގަވާ ހަމައެކަނި އެދުމެވެ. އެކަން މިއަދު ފުރިހަމަވެއްޖެއެވެ. އަހަރެންގެ ބައްޕަ ކުއްލިގޮތަކަށް ބަލިވުމާއި ގުޅިގެން ޙޫރް ގާތަށް ދެވޭގޮތެއް އަހަންނަކަށް ނުވިއެވެ. ޙޫރްގެ ހަނދާންތައް ދިޔައީ އަހަންނަށް އުނދަގޫ ކުރަމުންނެވެ. އެހެނަސް ހާލަތު މިވަގުތަށް ހުރިގޮތުން ޙޫރު ގާތަށް ދެވޭކަށް ނެތީއެވެ.

ބައްޕަގެ ބަލިހާލު ދިޔައީ ދުވަހެއް ދުވަހަކަށް ބޮޑުވަމުންނެވެ. ލޯހުޅުވާލާނެ ޖޯރުވެސް ބައްޕަގެ ގަޔަކުނެތެވެ. ބައްޕަ އަހަންނާއި ބައްދަލުކުރައްވަން އެދިލައްވާ ވާހަކަ މަންމަ ބުނުމުން ދުވެފައި ބައްޕަގެ ގާތަށް އަހަރެން ދިޔައީމެވެ.

“ބަައްޕާ އަޅުގަނޑަށް ގޮވައިލެއްވިންތޯ? ބައްޕަގެ ހާލުކޮޅު ކިހިނެތްތޯ?” އަހަރެން ބުނީމެވެ. “ދަރިފުޅާ ބައްޕަގެ މި ބަލިކަމަކީ ފަރުވާޔަކުން ރަނގަޅުވާނެ ކަމެއް ނޫން. ކޮންމެވެސް ބަޔަކު ބައްޕަ މަރާލަން ފަންޑިތަ އެބަ ހަދާ. ބައްޕަ ބަޔެއްގެ ދުޝްމިނަކަށް ނުވަން. މީހެއްގެ ހައްގަކަށް ނާރަން. ވީއިރު ބަޔަކު ކީއްވެ ބައްޕަގެ ފުރާނަޔަށް ފެންބޮވައިގަނެގެން އެއުޅެނީ.. ދަރިފުޅު ދޮގު ނަހަދާ ބުނެބަލަ ބައްޕަޔަށް މީހަކު ދެރަޔެއް ދޭންޖެހޭނެ ފަަދަކަމެއް ދަރިފުޅު ކުރިންތަ?…..” ބައްޕާ އަޅުގަނޑު ދޮގުހަދާކަށްނެތިން. އަޅުގަނޑު ލޯބިވަނީ އިންސިޔެއްދެކެ. އެކުއްޖާގެ ނަމަކީ ޙޫރް.  ޙޫރް ވެސް އަޅުގަނޑުދެކެ އިންތިހާޔަށް ލޯބިވޭ. ޙޫރްގެ އާއިލާޔަށް އަޅުގަނޑަކީ އިންސާނެއް ނޫންކަން އެނގުނީ ކަމަށް ވާނީ…. އެމީހުން ބައްޕަޔަށް ކޮށްފާނެ ފަހަރެއްގަ. ބައްޕާ އަޅުގަނޑަށް މާފްކުރަށްވާ. އެކަމަކު ޙޫރް ދެކެ އަޅުގަނޑުވަނީ ތެދުވެރި ލޯބި…” ލޮލަށް ކަރުނަ ޖަމާވިޔަސް ހިތްވަރުކޮށްފައި ބައްޕަޔަށް  ތެދުތެދަށް ހުރިހައި ވާކައެއްވެސް ކިޔައިދިނީމެވެ.

ގޭތެރޭގެ ކަންކަމުގައި ބުރަކޮށް އުޅެންޖެހުމުން ލަސްތަކެއް ނުވެ އަހަންނަށް ނިދުނެވެ. އަހަންނަށް  ހޭލެވުނީ މަންމަޔާއި ކޮއްކޮމެންގެ ރުއިމުގެ އަޑަށެވެ.ޓީޝާޓެއް ނަގައި ދުވެފައި ކޮޓަރިން ނުކުތީމެވެ. ކޮންމެވެސް ބޮޑުކަމެއް ވެއްޖެކަން ޔަގީނެވެ. ރުއިމުގެ އަޑުއަންނަނީ ބައްޕަގެ ކޮޓަރިންނެވެ. ޓީޝާޓް ބޮލުން ވައްޓާލަމުން ބައްޕަގެ ކޮޓަރިޔަށް ވަނީމެވެ.

ފެނުނު މަންޒަރުން މޭގަނޑު އަނގަޔަށްނައީ ކިރިޔާއެވެ. ބައްޕަގެ އަނގައިންނާއި ނޭފަތުން އޮލަ ދުންތަކެއް ދިޔައީ އަރަމުންނެވެ. އެކަމަކު ބައްޕަ އެކަމަކާ ބިރަކުން ނޫޅެއެވެ. ކުއްލިޔަކަށް ބައްޕަގެ މެރިފައިވާ ދެލޯ ހުޅުވުނެވެ. އަނގުރު އަލިފާނަށްވުރެން ރަތެވެ. އެނދު ބާލީސް ކައިރީ އޮތް ފިޔޮހި ނަގައި ލޮލަށް ހަރައިލީ އަހަރެމެން އެންމެން ބަލަންތިއްބާއެވެ. ބައްޕާއޭކިޔައި އަޑުގެނެތްތަނަށް އަހަރެމެން ގޮވައިގަތީމެވެ.

އެހެނަސް ބައްޕަ މިދުނިޔެ ދޫކުރީއެވެ. އަހަރެމެންގެ ލޯކުރިމަތީގައެވެ. ގިސްލައި ރުއިން ނޫންކަމެށް އަހަރެމެންނަކަށް ނުކުރެވުނެވެ. ބައްޕަގެ ޖަނާޒާގެ ކަންތައް ނިއްމާލުމަށްފަހު އަހަރެންނާއި އާކާން ދަތުރުފެށީ ޙޫރްއާއި ބައްދަލުކުރުމަށެވެ. ހިތާމަޔަކަށްފަހު އަނެއްކާވެސް  ހިތާމަޔާއި ކުރިމަތިލާންޖެހުނީއެވެ. ޙޫރްގެ ކައިވެނި ކުރެވިއްޖެއެވެ. އަހަރެންނަށް އާދެވުނީ މާލަސްވިފަހުންނެވެ.

އެހެނަސް މިވަގުތަށް މަންޒަރުދެކެން ދުރުގައި އަހަރެންހުރެދާނަމެވެ. އެހެނަސް ބައްޕަގެ މަރުގެ ބަދަލް ހިފުމަށާއި ޙޫރް އަހަރެންގެ މިލްކަކަށް ހެދުމަށް ކަށަވަރުންވެސް އަހަރެން އެނބުރި އަންނާނަމެވެ. އަހަންނަށް މިފަހަރު ނާކާމިޔާބު ވިޔަސް ދެން އަހަރެން ކުރި ހޯދާނީ ކާމިޔާބީއިންނެވެ. އަހަރެން އެނބުރި އަންނާނަމެވެ. ޙޫރް އެވެ. އަހަންނަށް އިންތިޒާރް ކުރައްޗެވެ.

ނިމުނީ

 

 

Share Article

Follow Me Written By

Fathimath Athifa Hussain

Level 210 Stories

I Am 24 Years Old Girl? Work For Cause, Not For Applauses! Live Life To Express, Not To Impress!!

Other Articles

Previous

ބަދު ނަސީބުގެ ހިޔަނި އެޅުމުން (5)

Next

ކޮކާ

Next
January 28, 2021

ކޮކާ

Previews
January 27, 2021

ބަދު ނަސީބުގެ ހިޔަނި އެޅުމުން (5)

One Comment

  1. sahoo says:
    January 28, 2021 at 6:20 pm

    Wow nice

Comments are closed.



All Right Reserved!