Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކަލޯބި

އެހަނދާން

Fathimath Athifa Hussain Level 210 Stories
April 17, 2021 4 Mins Read
2 Comments

ފުރުމުގެ ބައިގަޑިއިރުކުރިން އެއާރޕޯޓަށް  ދިޔުމަށްޓަކައި އަހަރެން ދަތުރުފެށީމެވެ. ހިތްގައިމު އަވިދޭ ސާދާ ދުވަހެެކެވެ. ކާރުތެރޭގައި އިންއިރުވެސް ހޫނުގެ އަސަރުތައް އުޑުމަތިން ފާޅުވާން ހުއްޓެވެ. ޖީބުން ފޯނުނަގައި އެއާރޕޮޑް އާއި ކަނެކްޓު ކުރުމަށްފަހު އަހަރެންގެ ފެވެރެޓް ލަވަ ލިސްޓުގެ ތެރޭން ލަވައެއް ޖަހައިލީމެވެ. މިހާރު މުޅިގައުމުގެ ގައުމީ ލަވައޭ ބުންޏަށްސް އެއީ ދޮގަކަށް ނުވާނެއެވެ. އިންޑިޔާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޖުބީން ނައުޓިޔާލް ގެ “ލުޓް ގައީ” ލަވައެވެ.

ލަވައިގެ ކޮންމެ ކަޑިޔެއް ގުޅުވާލެވުނީ އަހަރެންގެ ހަޔާތާއެވެ. ލޮލަށް ސިފަކުރަން ހިތް ނުރުހުނު ނަމަވެސް ލޯކުރިމަތިން ސިފަވާންފެށީ މީގެ ތިން އަހަރު ކުރިއެވެ. އެއިރު އަހަރެންނަކީ ފެމެލީ ކޯޓުގެ ގާޒީއެކެވެ. އެންމެން ގަދަރުކުރާ މީހުން ދަންނަ މީހެކެވެ. ލަންކާޔަށް މަންމައާއި ބައްޕަ ރާއްޖޭން ބޭރަށް ބޭސްފަރުވާޔަށް ގޮސް އުޅެނިކޮށް ހިނގި ހިތާމަވެރި ކާރު އެކުސިޑެންޓެއްގައި މަންމަވެސް ބައްޕަވެސް ދުނިޔެ ދޫކުރިއެވެ. ކޮރޯނާގެ ހާލަތުގައި މަންމަ އާއި ބައްޕަގެ ޖަނާޒާގައި ބައިވެރިވެވޭނެ ގޮތެއް ނުވިއެވެ.

ކަރުނައަޅައި ނުރޮވުނު ކަމުގައިވިޔަސް އެދުވަހު އަހަރެންގެ ހިތް ރޯލިއެވެ. އަހަރެން މިއަދު މިހުރި ހިސާބަށް ގެނެސްދިނީ އެދެމީހުންނެވެ. އެހެނަސް މިއަދަކު އެދެމީހުން މިއުފަލުގައި ބައިވެރިވާކަށް ދުނިޔެއަކު ނެތެވެ. އޮފީސް ކަންކަމުގައި އަހަރެން މަޝްއޫލުވީ އޭގެ އިންތިހާއަށެވެ. ބުރަކޮށް މަސައްކަތްކުރުމަށްފަހު އެނބުރި ގެޔަށް އައިސް އަހަރެން ނިދަނީއެވެ. ކުރާނެ ވަކި އިތުރުކަމެއްވެސް ނޯންނާތީއެވެ.

އަހަރެންގެ އޮފީހުގައި އެއްކޮށް އުޅޭ އެންމެންވެސް އުޅެނީ މީހުންނާއި އިނދެގެންނެވެ. އެއްބައި މީހުންގެ ދަރީންވެސް އެބަތިއްބެެވެ. އޮފީސް ކުދިން އަހަންނާއި ވަރަށް ދިމާކުރެއެވެ. ކައިވެނި ނޮކޮށް ތިހުންނަނީ ރީތީގެ ރާނީގެ އާނބަހެއް ލިބޭތޯއޭ ކިޔަމުންނެވެ. އެމީހުންގެ ބަހުގެ ހަމަލާތަކަށް އަހަރެން ރައްދެއް ނުދެމެވެ. ރަކި ހީލުމަކުން އަހަރެން ފުއްދާލަނީއެވެ.

އޮފީސް ނިއްމާލުމަށްފަހު އަހަރެން އައީ އާދައިގެ މަތިން ގެއަށެވެ. ކޮފީތަށްޓެށް ގިރާލައިގެން އެ ބޯން އިންދާ އޮފީސް ނަންބަރުން އަހަންނަށް ފޯނެއް އައެވެ. “ވިޝާލް.. މިރޭ އަންހެނުން ކުއްލިއަކަށް ބަނޑުގައި ރިއްސާތީ ހޮސްޕިޓަލަށް އައިސްގެން މިއުޅެނީ. މިރޭ އޮތް ކައިވެންޏަށް ވިޝާލް ގޮސްދޭންވީނު. ކައިވެނި ކޮއްދީފަ އެ ހަފްލާއިން ރަނގަޅު ކުއްޖަކު ހޯދާފަ ވިޝާލް ވެސް އުޅޭ އަހަރެމެންގެ ގުރޫއްޕާއި ގުޅެން. އެވަގުތުވެސް މަޒީން ބެލީ އަހަނަށް ޖެއްސުމެއް ކުރެވޭތޯއެވެ. ” ތި ހުރިހައި ފަތިވަރުތަކެއް ނުދެމިޔަސް އަހަރެން ގޮސްދާނަމޭ.. އޯކޭއެއްނު. ކޮންތާކަށޭ ދާންމިޖެހެނީ?.. އިންބޮކުސް ކޮއްލާ ދާންވީތަން. އަހަރެން ދާނަން.” އަހަރެން ފޯނުބޭއްވީމެވެ.

ދާން ބޭނުންނުވެ ހުރެވެސް އެ ކައިވެޏްޏަށް ދިޔުމަށް އަހަރެން ތައްޔާރުވީމެެވެ. މަޑު ނޫކުލައިގެ އަތްދިގު ގަމީހަކާއި ކަޅު ފަޓުލޫނެއްލީމެވެ. ކޯޓުނަގައި ގަޔަށް މަހާލަމުން މުޅިގަޔަށް ސެންޓު ބުރުވާލަމުން ފޯނުނަގައިގެން އަހަރެން ހިނގައިގަތީ ގެއިން ނުކުންނާށެވެ. ސައިކަލުގެ ދަޅުދަނޑި ނަގައި ބޫޓަށް އަރާލަމުން އަހަރެން ހިނގައިގަތީ ސައިކަލަށް އަރާށެވެ. ފޯނަށް މެސެޖެއް އައިސްގެން ބެެލިއިރު މަޒީން ފޮނުވި މެސެޖެކެވެ. ދާންޖެހޭ އެޑުރެސް ލިޔެފައި ފޮނުވި މެސެޖެކެވެ.

ސައިކަލް ސުޓާޓްކޮއްލީ ހުޅުމާލެޔަށް ދާންޖެހޭތީ އަވަހަށް ދިޔުމުގެ ބޭނުމުގައެެވެ. ފަނަރަ ވަރަކަށް މިނުޓުތެރޭ އަހަންނަށް އެ އެޑްރެހާ ހަމަޔަށް ފޯރިއެވެ. އެއީ ހުޅުމާލޭގައި އަލަށް ހުޅުވި ރެސްޓޯރެންޓެއްގެ ޓެރަހެވެ. ނިވިދިއްލޭ ބޮކިތަކާއި މާމެލާމެލިން މުޅި ޓެރަސް އޮތީ ޒީނަތްތެރި ކޮށްފައެވެ.  ޓެރަހަށް އެރުމާއެކު އޮފީސް އިތުރު ދެކުދިން އެތާގައި މަޑުކޮއްލައިގެން ތިއްބައި އަހަންނަށް ފެނުނެވެ. ލަސްތަކެއްނުވެ ކައިވެނީގެ ވަލީމާ ފެށިގެންދިޔައެވެ. ކައިވެނީގެ ޙުތުބާ އަހަރެން ކިޔައިލީ ވަރަށްވެސް ފަރިތަކާއި އެކުއެވެ. ކޮންމެޔަކަސް އަހަރެންގެ ވާޖިބު އަދާކޮށް ކައިވެނި ކުރެވިގެންދިޔަ ދެމެފިރިންނާއި ސަލާންގަލާން ކުރުމަށްފަހު އަހަރެން އަވަސްވެގަތީ އެތަނުން ނިކުމެވޭތޯއެވެ.

އެހެނަސް ކެއުމަށް އިންސާފުކުރުމަށް ބުނުމުން އެކަން ނުކޮށް ދާކަށް އަަހަންނަށް ނުކެރުނެވެ. ޕާސްތާ ކޮޅެއް ތައްޓަށް އަޅައި ކޯކްތަށި އަނެން އަތުން ހިފައިގެން ޓެރަހުގެ ކަނެއްގައި ހުރި މޭޒެއްގެ ކައިރީ އަހަރެން މަޑުކޮއްލީމެވެ. ފަސްވަރަކަށް މިނުޓުތެރޭ އަހަރެން އަޅައިގެން ގެނައި ކާއެއްޗެހި ހުސްވިއެވެ. ފެންފޮދެއް ބޯލައިގެން ޓެރަހުން ފައިބަން އަހަރެން ހިނގައިގަތީމެވެ. ކައިވެނީގެ އެ މާހައުލުން ނުކުމެވުމުން އަހަރެންގެ ހިތައް ހަމަޖެހުން ލިބިގެންދިޔައެވެ. މީހުން ގިނަ ތަންތާގައި އަހަނަށް ނޭވާލާން ދަތީއެވެ.

ސައިކަލް ޕާރކްކޮށްފައި ހުރީ ތަންކޮޅެއް ދުރުގައިކަމުން އަހަރެން ޖެހުނީ ކުޑަކޮށް ހިނގާލާށެވެ. ފޯނާއި ކުޅެމުން އަހަރެން މަޑު ހިިނގުމެއްގައި ހިނގައިގަތީމެވެ. އަހަރެންގެ ފުރަގަހުން އަންހެންކުއްޖެއްގެ ހުނުމުގެ އަޑުއިވި މޫނު އެފަރާތައް އަނބުރާލީމެވެ. ކޮންމެވެސް ތަނަކުން ދުށް ކުއްޖަކާއި ހާދަވައްތަރެވެ. އެ އަންހެންކުއްޖާ އަހަންނަށް ހިނިތުންވެލިއެވެ. ބަދަލުގައި އަހަރެންވެސް ހިނިތުންވެލީމެވެ.

ސައިކަލު ހުރި ހިސާބަށް އަހަންނަށް ދެވުނެވެ. އެ އަންހެންކުއްޖާ އަހަރެންނަށް ގޮވާލިއެވެ. އަދި ފަށްޖަހައިފައި އޮތް ޓިޝޫގަނޑެއް އަހަރެންގެ އަތަށް ދިނުމަށްފަހު ހިނގައްޖެއެވެ. ދެ ހިޔާލެއްގައި ހުރެ އަހަރެން އެ ޓިޝޫގަނޑު ނަގައި ޖީބައްލީމެވެ. ގެޔަށް އައިސް ވެފައިހުރި ވަރުބަލިން އަހަރެން ބޭނުންވީ އަވަހަށް ނިދާލާށެވެ. ނިދަންލާ ޓީޝާޓާއި ސުވެޓްޕޭންޓު ލުމަށްފަހު އަހަރެން އެނދަށް އަރައި އޮށޯތީމެވެ. ނިދީގެ ކަނޑަށް ގެނބެން މާގިނަ ވަގުތެއް ނުނެގި އަހަރެންނަށް ނިދުނެވެ.

އޭގެ އަނެއްދުވަހު އަހަންނަށް ހޭލެވުނީ ތަންކޮޅެއް ލަހުންނެވެ. ފަތިސް ނަމާދަށްވެސް ހޭނުލެވުނެވެ. ފެންވަރައި ފަތިސްނަމާދު ގަޟާކޮށްލުމަށްފަހު އޮފީހަށް ދާން ތައްޔާރުވީމެވެ. ހުޅުމާލޭން ދިމާވި އަންހެންކުއްޖާ އަހަރެންނަށް ދިން ޓިޝޫގަނޑު ރީތިވާ މޭޒުމަތީ ރޭގައި އަހަރެން ބޭއްވި ގޮތަށް އޮތެވެ. ލަސްނޮކޮށް އެ ޓިޝޫގަނޑު ނަގައި ހުޅުވައިލީމެވެ. އޭގައި ލިޔެފައިވަނީ އެ އަންހެންކުއްޖާގެ ނަމާއި ގުޅޭނެ ފޯނުނަންބަރެވެ.

އަހަންނަށް ބޭއިޙްތިޔާރުގައި އެ އަންހެންކުއްޖާގެ ނަން ކިޔާލެވުނެވެ. މިޝާލް… އެންމެ ފެނިލުމަކުންވެސް މިޝާލް އޭނާގެ ޖާދޫގައި އަހަރެން ކަސްތޮޅު އަޅުވައިފިއެވެ. އެ މައުސޫމު މޫނު ލޮލަށް ސިފަވިއެވެ. ކޮންމެޔަކަސް އޮފީހުން އައިސް މިޝާާ އަށް ގުޅުމަށް ނިއްމައި އަހަރެން ދިޔައީ އޮފީހަށެވެ.  އޮފީހުގައި ވަރަށް ބުރަކޮށް އުޅުމަށްފަހު އަހަންނަށް ގެޔާއި ހަމަޔަށް އާދެވޭވަރުވީ ރޭގަނޑު ނުވަގަޑި ބައިވެ ބޮޑުވީ ފަހުންނެވެ.

ވެފައިވާ ވަރުބަލިކަން ފިލުވާލުމަށް އަހަރެން ފެންވަރައި ތާޒާވެލީމެވެ.އަދި އާދައިގެ މަތިން ކޮފީތައްޓެށް ގިރައިގެން އެ ބޯން ސިޓިންރޫމް ސޯފާގައި އިށީނީމެވެ. ފޯނުގަ ސޭވްކުރި މިޝާ ގެ ނަންބަރަށް އަހަރެން ގުޅައިލީމެވެ. މާގިނައިރަކު އިންތިޒާރް ކުރާކަށް އަހަންނަކަށް ނުޖެހުނެވެ. މިޝާ ފޯނުނެގިއެވެ. ހީވާކަހަލައެވެ. މިޝާ ހުރީ އަހަރެން ގުޅާތޯ އިންތިޒާރުގައެވެ. މިޝާ އާއި ވާހަކަދެއްކުމުގައި ގަޑިން އެކެއް ޖަހަންދެން އަހަރެން އިނީމެވެ. ފޯނު ކުރުކޮއްލީ ފަހުން ގުޅާނެކަމަށް ބުނަމުންނެވެ.

ރައްޓެހިވެގެން މާގިނަދުވަހު އުޅުމަކީ އެއްއިރެއްގަވެސް އަހަރެން ކުރާހިތްވާ ކަމެއް ނޫނެވެ. ވުމާއެކު އަހަރެން ބޭނުންވީ މިޝާ އާއި ވީއެންމެ އަވަހަކަށް ކައިވެނި ކުރުމަށެވެ. މިޝާ ވެސް އަހަރެންގެ ހިޔާލަށް ތާއިދުކުރިއެވެ. ކުޑަ ހަފްލާއަކާއި އެކު މިޝާއި އަހަރެންގެ ކައިވެނި ކުރެވުނެވެ. އަހަރެން ހުރީ އުފަލުންނެވެ. އަލަތު ލޯބިވެރިޔާއި ކައިވެނި ކުރެވުނީތީއެވެ.

މިޝާއި އަހަރެންގެ ކައިވެންޏަށް މަހެއް ވީތަނާ ކުއްލިޔަކަށް މިޝާ ބަލިވާންފެށިއެވެ. ބޯއަނބުރައި ހޮޑުލެވެނީއެވެ. އަނގަޔާއި ނޭފަތުން ލޭއަންނަ ފަހަރުވެސް މަދެއްނޫނެވެ. ޑޮކުޓަރަށް ދެއްކުނު އަދަދެއްވެސް އަހަންނަކަށް ނޭގެޔެވެ. މިޝާ ގެ ބައްޔެއް އެނގުނު ޑޮކުޓަރަކު މި ބޮޑު ފުރަމާލޭގައި ހުރިކަމަކަށް ނުވިއެވެ. އަހަރެން ހަތަރު އުދަރެސް ފެނުޖެހުނެވެ. ކީހައި ޅެމެއް ފަރިއްސަށް ވާތަން ބަލައިގެން ހުންނަންވީ ހެއްޔެވެ. ލޯބިވާ އަނބިމީހާގެ ތަކުލީފުތައް ދެކެން ލޯކަނު މީހެއްގެ އެކުޓިން އަހަންނަކަށް ނުވާނެއެވެ. ކޮންމެ ގޮތެއްވިަޔަސް ވަރިހަމަކަށް މިޝާ ގޮވައިގެން އަހަރެން ފުރީ މެލޭޝިޔާއަށެވެ.

ހެދި ޓެސްޓުތަކާއި ކުރެވުނު ތަހުލީލުތަކުން އެނގުނު ގޮތުގައި މިޝާ އަށް  ހުރީ ލޭގެ ކެންސަރުޖެހިފައެވެ. އަދި ސިނކުޑީގައި ޓިއުމަރެއް ހުރުމުގެ ސަބަބުން މިޝާ ގަދަވާނެ ކަމުގެ އެއްވެސް އުއްމީދެއް ޑޮކުޓަރުންނަކަށް ނެތެވެ. އަހަރެންގެ ދުނިޔެ ކުދިކުދިވެ  ވަޔަށް ބުރައިގެން ދިޔަފަދަ އިހްސާސެއް އަހަންނަށް ވެރިވެގެންދިޔައެވެ. އަޑުގެ ނެތްތަނަށް ހަޅޭއްލަވައި ރޯން އަހަރެން ބޭނުންވިއެވެ. ލޮލުން ހޯސްލާފައި ކަރުނައައީ އަހަރެންގެ ހުވަފެންތައް ފަޅި ސިކުންތުކޮޅެއްގެތެރޭ ވަޔަށް ބުރައިގެން ދިޔައީތީއެވެ.

އެހެނަސް މިޝާ ގެ ހައްގުގައި ފަހުދުވަހާއި ޖެހެންދެން އަހަރެން ސާބިތުވެ ހުންނާނަމެވެ. އެއީ އަހަރެންގެ ދިރިހުރުމާއި ދިރިއުޅުމެވެ. މިޝާގެ ހާލުދިޔައީ ދުވަހެއް ދުވަހަކަށް ދައްވަމުންނެވެ. މީހާ އަނަރޫފަވެ ކަށިކޮޅަކަށް ވެއްޖެއެވެ. އެހެނަސް ހިނިތުންވެ ހުރެ ނޫނީ އަހަރެން މިޝާ އާއި ބައްދަލެއް ނުކުރަމެވެ.ކަންތައް ވާނޭގޮތް އަހަންނަށް އެނގުނަސް ފަހުވަގުތާއި ޖެހެންދެން ހިތްވަރުކުރަން އަހަރެން ބޭނުމެވެ. މިޝާގެ ހާލު ބޮޑުވެ އައިސީޔޫ ގައި ފަރުވާދޭން ފެށިއެވެ. ނޮރޯން ކުރި މަސައްކަތް ބޭކާރުވެ އަހަރެންނަށް އެދުވަހު ރޮވުނެވެ. ހިތުގަ ފޮރުވަައި ރައްކާކުރި ވޭނާއި އުދާހާއި ލޮލުގައި ކަޝްފުކުރި ކަރުނަ ހޯސްލާފައި ފައިބައިގަތީ އަހަރެންގެ އިޒުނަޔަކާއި ނުލައެވެ.

ހަފްތާއެއް ފަހެވެ. މިޝާ ދެކިލުމަށް އަހަރެން އައިސީޔޫއަށް ވަނީމެވެ. މިޝާ އަހަރެންގެ އަތުގައި ހިފިއެވެ. އަދި ވަރަށް ލޯބިވެޔޭބުނެ އަހަރެންގެ ނިތުގައި ބޮސްދިނެވެ. އަހަރެންވެސް މިޝާގެ ގައިގައި ބައްދާލަމުން ވަރަށް ލޯބިވާ ވާހަކަ ބުނީމެވެ. އަބަދުވެސް އެކުގައި ވާނަން ކަމުގައި ބުނީމެވެ. ކޮންމެ ހާލެއްގައިވެސް މިޝާގެ އެންމެ ގާތުގައި ހުންނާނޭ ކަމަށްވެސް ބުނީމެވެ. ކުއްލިއަކަށް މިޝާގެ ނޭވާލާން އުދަގޫވެގެން އުޅެންފެށިއެވެ. އަހަރެން ޑޮކޫޓަރަށް ގޮވަންފެށީމެވެ. މިޝާގެ ގަޔަށް ބާރުތަކެއް އަރައި އަނގައިންނާއި ނޭފަތުން ލޭއައިސް ސިކުންތުކޮޅެއްގެ ތެރޭ މީހާ މުޅިން ހިމޭންވިއެވެ.

ޑޮކުޓަރު މިޝާ ބެލުމަށްފަހު ބުނީ އަހަރެންނަށް ނޭނގޭ ވާހަކައެއް ނޫނެވެ. އަހަރެންގެ ލޯބިވާ އަންހެނުން މިޝާ މިދުނިޔެ ދޫކުރީއެވެ. އަހަރެންގެ ލޮލުގެ ކުރިމަތީގައެވެ. ދެކަކޫ ޖަހައި ބިމަށް ތިރިވެ ހިތްފުރެންދެން އަހަރެން ރޯލީމެވެ. އަހަރެން މި ދުނިޔެއަށް ގިނަވީތީ ހިތުގައި ޝަކުވާވިއެވެ. އެހެނަސް ﷲގެ މިންވަރުފުޅަށް ބޯލަނބައި ކިޔަމަން ގަތުން ނޫން އިތުރުގޮތެއް އަހަންނަކަށް ނެތެވެ. އެންމެ ފުރަތަމަ މަންމަ އާއި ބައްޕަ އަހަރެން ދޫކޮއް ދިޔައީއެވެ. އެޔަށްފަހު ލޯބިވާ އަންހެނުން މިޝާ ވެސް އަހަރެން އެކަނިކޮށްފައި ދިޔައީއެވެ.

ލަވައިގެ ތެރެޔަަށް ގެއްލިފައި އިން އަހަރެންނަށް ހަމަހޭވެރިކަންވީ ކާރު އެއާޕޯޓަށް އާދެވިއްޖެ ކަމުގައި ކާރުގެ ޑުރައިވަރު ބުނެލުމުންނެވެ.  ހިޔާލީ ދުނިޔެއިން ނުކުމެ ދަބަހާއި ފޮށި ހިފައިގެން އަހަރެން ކާރުން ފޭބީމެވެ. މީގެ ތިންއަހަރު ކުރީގެ ހަނދާންތަކަކަށް ވިޔަސް އެ ހަނދާންތަކަކީ އަހަރެންގެ ދިރިހުރުމާއި ގުޅިފައިވީ ހަނދާންތަކެކެވެ. ފަހު ނޭވަޔާއި ޖެހެންދެން އެ ހަނދާންތައް އަހަރެންގެ ހިތަކުން ފިލައިނޮގޮސް ހުންނާނެއެވެ.

ނިމުނީ

Share Article

Follow Me Written By

Fathimath Athifa Hussain

Level 210 Stories

I Am 24 Years Old Girl? Work For Cause, Not For Applauses! Live Life To Express, Not To Impress!!

Other Articles

Previous

އެކުއްޖާ 2 – 27

Next

ތިޔަ ލޯތްބަށް އެދެމޭ – 18

Next
April 17, 2021

ތިޔަ ލޯތްބަށް އެދެމޭ – 18

Previews
April 16, 2021

އެކުއްޖާ 2 – 27

2 Comments!

  1. Lailac Baby says:
    April 17, 2021 at 10:47 am

    Vaahaka vrh reethi ??? mishaa balivi hisaabun dhn neyvaa hifahahtailaign hunnan jehuneee. Mishaa ah cancer jehifa ey bunema i was shocked.mishaa maruvi bai kiyafa hamahih falhaign dhiya hn heevee???????aslu mi hurihaa asareh vaahakaiga hinenifa vanee kiyuntheriyaage molhu kmun. Ibaarai thah fashui vefa kiyaln vefa faseyha veema.

    1. Fathimath Athifa Hussain says:
      April 17, 2021 at 10:52 am

      Thank You Dear?
      It means a lot?

Comments are closed.



All Right Reserved!