އެތައް ދުވަހަކަށްފަހު ރަށު ފަސްގަނޑުގައި ފައި ބީހުނު ވަގުތު ކުރެވިގެން އެދިޔަ އިހްސާސްތަކަކީ ދުލުން ބަޔާން ކުރަން އުނދަގޫ އިހްސާސްތަކެކެވެ. ދެލޯ ކަރުނައިން ފޯވެފައިވީއިރު މުޅި ހަށިގަނޑުގައި ހީބިހި ނަގާފައިވަނީ ނަފްސުގެ ހުރިހާ ގުނަވަންތަކެއް އެ އިހްސާސްތަކުގައި ބައިވެރިވާ ފަދައިންނެވެ. އެއީ ހަމަ އެދިމާލެވެ. އެ ގޮނޑުދޮށެވެ. ވަށައިގެން އެވަނީ އެ ހަނދާންތަކާއި ގުޅިފައިވީ ކަނޑެވެ. ލާންޗައް އެރީންސުރެ މައިންބަފައިންގެ އެ ހަނދާންތައް އޭނާގެ ސިކުނޑިއާއި ކުޅެމުންދަނީ ކުރިމަތިން ހުރިހާ މަންޒަރެއް ތަކުރާރުކޮށް ފެންނަމުންދާ ފަދަޔަކުންނެވެ. ހުއްޓުމެއްނެތި […]
ޔަމީނާ ނަވާލުއާއި ކައިވެނި ކުރުމަށްފަހު އެދެމަފިރިން އުޅެމުންދަނީ ނަވާލުމެންގޭގައެވެ. ކުޑަ ހަފްލާއަކުން ދެމީހުންގެ ކައިވެނި ނިންމާލި ނަމަވެސް ދެފަރާތުގެ އެންމެންގެ ދުޢާ އަކީވެސް އެދެކުދިންނަށް ބާއްޖަވެރި ދިރިއުޅުމެއް ލިބުމެވެ. މާތް ﷲ ގެ ނުވަދިހަ ނުވަ އިސްމުފުޅު ހިތުދަސްކޮށްފަ ކިޔައިދިނުމަށް ރަންކީ އިރު ނަވާލު އެކަން ކުރީ ޔަމީނާ ހީކުރިވަރަށްވުރެވެސް ފުރިހަމައަށެވެ. އެއްވެސް ކުށެއް ނުޖެހި ކައިވެނި ކުރެވުނު ވަގުތު ރަން ހަވާލުކޮށްދިނެވެ. ޔަމީނާ އެގޮތައް ރަން ކިޔުމުގެ މަޤްސަދަކަށްވީ ނުވަދިހަ ނުވަ އިސްމުފުޅު ހިތުދަސްކޮށްފައިވާ މީހުންނަށް […]
ލައިފްލައިން ކްލިނިކްގެ ގޮނޑިއެއްގައި ސާރާ އިނީ އޭނާގެ ކިޔު ނަމްބަރާއި ޖެހެންދެން އިންތިޒާރުގައެވެ. ނަފްސާނީ ބަލިތަކުގެ ހާއްސަ ޑޮކްޓަރު ރީމާ ހަސަންގެ ކޮޓަރީގެ ކުރިމަތީގައި އިންއިރު ބާރުބާރަށް ހިތްތެޅެނީ ބިރަކާއި ކުރިމަތިލާން އުޅެވޭ ހަނދާންވުމުންނެވެ. ސާރާގެ ނަމްބަރާ ޖެހުމުން ފުންނޭވާއެއް ދޫކޮށްލުމަށްފަހު ތެދުވެ ޑޮކްޓަރުގެ ކޮޓަރިއަށް ވަނެވެ. އެތައްދުވަހެއްފަހުން ސާރާ ފެނުމުން ލިބުނު އުފަލުން ބޭއިޚްތިޔާރުގައި ޑޮކްޓަރު ރީމާއަށް ހިނިތުންވުމެއް ހަދިޔާ ކޮށްލެވުނެވެ. އުފަލުން ސާރާގެ ގައިގައި ބައްދާލަން ހިތްއެދުނެވެ. ނަމަވެސް ސާރާގެ މޫނުމަތިން އެފެންނަމުންދާ ހާސްކަން […]
މުޅިން އާ ދުވަހެކެވެ. އިރުގެ ރަންކުލައިގެ ދޯދިތައް މަޑުމަޑުން މުޅި ހިސާބު އަލިކުރަމުން ދިޔައީ ބަލާމީހަކަށް އުފާވެރިކަން ގެނެސްދޭހާ ފުރިހަމަ ގޮތަކަށެވެ. ހަމަހިމޭންކަން މުޅި އަވަށުގައި ވާހިނދު، ހީވަނީ އެންމެންވެސް ގަދަ ނިންޖަކުން ނިދާފައިވާ ހެނެވެ. ނަމަވެސް ސަމާރާ އޮތީ ދެލޯ ބޮޑުކޮށްގެން އިރާއި ދިމާއަށް ބަލަހައްޓައިގެން ފުން ވިސްނުމަކަށް ގެއްލިފައެވެ. މޫނުމަތިން ހިތާމަވެރިކަން ފާޅުވަމުން ދިޔަހިނދު އިރުއިރުކޮޅާއި ލޯ ފޮހެލަނީ ފައިބަމުން އަންނަ ކަރުނަތައް ހުއްޓުވޭތޯއެވެ. އެ ކަރުނަތަކަށް ނިމުން އަންނާނޭ ދުވަހެއް ދެކިލަން ހިތާއި […]
އުޑުމަތި ބަނަ ވައިގަދަ ދުވަހެކެވެ. ހީވަނީ ދެންމެ ދެންމެ ވާރޭވެހެން ފަށައިފާނެހެންނެވެ. ކަނޑުގެ އެ ހަމައެއް ލަމައެއް ނެތް ރާޅުތަކުން ދޯނި ދެފަރާތައް އަރިކުރަމުން ދާއިރު، ދެތިން އަންހެނަކު ކޮތަޅު ހިފައިން ހޮޑުލާން ތިއްބެވެ. އަދި ބައެއް ކުޑަކުދިން ބިރުން އެކުދިންގެ މައިންބަފައިންގެ ގައިގައި އޮޅުލައިގަނެގެން ތިބިއިރު، އަނެއްބައިކުދިން އަޑުން އަޑުނަގާފައި ރޮނީއެވެ. މޫސުން ގޯސް ދުވަސްވަރެއްކަމުން މޫސުމާއިބެހޭ އިދާރާއިން ދަތުރުފަތުރު ކުރުމުގައި ސަމާލުވާން އަންގައި، ވައިޓްއެލާޓް ނެރެފައިވެއެވެ. ނަމަވެސް ތަންތަނަށްދާ ހިތްވާ މީހުން އެކަންކަމަކަށް ސަމާލުކަމެއް […]
މިއަދުވީ ވަރަށް ވަރުބަލި ދުވަހަކަށެވެ. އެހެންކަމުން ސާރާ އެއްޗެހި ބަދަލުކޮށްގެން ނުވައެއް ޖަހާކަށްހާއިރު ނިދަން އޮށޯތީ ސްކޫލުގެ ސުވާލުމުބާރާތައް ނަގަންވެފައިހުރި ސުވާލުތައް ފަތިހުނަގަން ހިތައްއަރުވައިގެންނެވެ. ނަމަވެސް ނިދުމުގެ ކުރިން ސައިޓްގެ އަޕްޑޭޓް ތައް ބަލާލަން އޮންލައިން ވީއިރު ބަރަކާއާއި، ދީނާއާއި، އަދި ޔަމީނާވެސް ތިބީ އޮންލައިންގައެވެ. ވީ އުފަލުން އަވަހަށް އަންވާރު ޓީމުގެ ވައިބަރ ގްރޫޕުން ވާހަކަ ދައްކަން ފެށިއެވެ. ފުރަތަމަ ދީނުގެ ރިވެތި ސަލާމުން ސަލާމް ގޮވާލުމަށްފަހު އެކަކު އަނެކަކުގެ ހާލުއަހްވާލު އޮޅުންފިލުވާލާފައި އިތުރު ވާހަކައާއިގެން […]
މިއަދު އިރުއެރީންސުރެ ޔަމީނާ ހުންނަނީ ހިތްއަވަސްވެފައެވެ. ބުނެދޭން ނޭނގޭ ކަހަލަ އުފާވެރިކަމެއް ހިތުގައި ހިނގާއިރު، މޫނުމަތިން ރަކި ހިނިތުންވުމެއް ފެނެއެވެ. ވާނީވެސް އެހެންތާއެވެ. އޭނާގެ ހިތުގައި ނަވާލުގެ ޚިޔާލުތައް ރަސްކަންކުރަމުން އެ ދަނީ ވަކި އިރެއް ބަލާފަކާ ނޫނެވެ. ނަމަވެސް އޭނާ މަސައްކަތްކުރަމުން އެދަނީ މޫނުމަތިން އެއިން އެއްވެސް ކަމެއް އެހެން މީހަކަށް ފާހަގަވިޔަނުދީ ވޭތޯއެވެ. ނާދިރާއަށް އޭނާގެ އެންމެ ހަގު ދަރިފުޅުގެ މޫނުމަތީގައި އެވާ އުފާވެރިކަން ފާހަގަކުރެވުނު ނަމަވެސް ޔަމީނާ އިތުރަށް ލަދު ނުގަންނުވަން ނޭނގޭ […]
އަހަރެންގެ އަޑުއަހާނެ އެއްވެސް މީހަކު މިދުނިޔެއަކު ނެތް. އަހަރެންގެ މޭގައި މި ރިއްސާ ރިއްސުން އަދި ހިތުގައި އަޅާވޭން އެނގެން ބޭނުންވާ އެކަކުވެސް ނެތް. އަހަންނަކަށް އަހަރެންގެ ދަރިންގެ އެ ފޫހިވެފައިވާ މޫނު އަބަދު ބަލާކަށް ކެތެއްނުވޭ. މި ހިތްދަތިކަމަކީ ނިމުމެއް ނެތްކަމެއްފަދަ. އަހަރެން މަރުވުމުންނޫނީ މި ހިތްދަތިކަމަކަށް ނިމުމެއްނާންނާނެ ކަންނޭގެ. އެހެންބުނެވުމާއެކު އެ ދައްތައަށް ގިސްލެވެން ފެށުނެވެ. ސާރާ އަވަސް އަވަހަށް އެ ދައްތަގެ ކޮނޑުމަތީ އަތް ބާއްވާލީ ހިތްވަރުކުރާށޭ ބުނާފަދައިންނެވެ. އެއްބަޔަކު އެގަދަ ކަނޑުގެ […]
އެއްވެސް ވަރަކަށް ރަނގަޅުވޭތޯ ޓެސްޓް ކޮށްލީކަމަށް ސަމާހުބުނެ ތެދުވެގެން އޭނާގެ ކޮޓަރިއަށް ހިނގައްޖެއެވެ. ނަމަވެސް ސާދިޔާގެ މޫނުމަތިން ފެންނަނީ ކަންބޮޑުވުމެވެ. ދީނާއަށް އެކަން ފާހަގަކުރެވުމުން މަންމަ ތީނީ ކިހިނެއްވެފައިހޭ އަހާލިއެވެ. ސާދިޔާ: މިހާރު ކޮންދުވަހެއް ދަރިފުޅު ހުއްޓާނުލާ ތިއެއްޗެހި ކިޔަވާތާ. އެކަމަކު އަދިވެސް ރަނގަޅުނުވޭ. މަންމައަކަށް އެއްވެސް ކުރިއެރުމެއް ތި ކުރާ ކަމަކުން ނުފެނޭ. ދީނާ: މަންމަ ތިހެން ނުވިސްނަބަލަ. ކޮންމެކަމެއްވެސްވާނީ ރަނގަޅަކަށޭ. ނިކަށް ވިސްނާލަބަލަ، މިކަމެއް ދިމާނުވިނަމަ އަހަންނަށް މިހާ ބަދަލެއް ނައީސް އެއްނު. މިކަމުގެ […]