އެއީ ތެދެކެވެ. ހިބާ މެލޭޝިއާއަށް ބަދަލުވީންސުރެ ކޮންމެ މަހަކުވެސް އެބައިގެ ކުލި ހިބާގެ އެކައުންޓަށް ޖަމާވާގޮތައް ހަދާފައިވަނީ ހިބާ ބޭނުން ޚަރަދެއް ކުރުމުގެ އިޚްތިޔާރު އޭނާއަށް ދިނުމުގެ ގޮތުންނެވެ. އެއީ ނާސިރާއި ރަހްމާގެ ނިންމުމެކެވެ. އެމީހުންގެ ދަރިން ބޭނުންވާ އެއްވެސް ކަމަކުން އުނިކުރުމަކީ އެދެމީހުން ބޭނުންވާ ގޮތެއް ނޫނެވެ. ބުނިހާވެސް އެއްޗެއް ހޯދަދީ ބުނިހާވެސް ކަމެއް ކޮށްދެނީ އެހާ ލޯބިންނެވެ. އަދި ދެކުދިންނަށްވެސް އެއުމުރުފުރައިގެ ކުދިންނަށް ބޭނުންވާނެފަދަ ފުރިހަމަ މިނިވަންކަންވެސް ދީފައިވެއެވެ. ނަމަވެސް ހިބާގެ ހިތުގައިވާ ޝަކުވާއަކީ […]
ފްލައިޓް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖެއްސުމުން ހިބާ ނިކުމެ ލަގެޖް ނަގައިގެން ބޭރަށް ނިކުތީ އެތައް ދުވަހަކަށްފަހު އޭނާގެ ލޯބިވާ މަންމައާއި ބައްޕަޔާއި އާއިލާގެ މެމްބަރުން ލޮލުން ދެކިލަން ކެތްމަދުވެފައިވާ ހާލެއްގައެވެ. ނަމަވެސް ހިތައް ކުރުވީ ފުން ހިތާމައެއްގެ އަސަރެވެ. ގޭގައި ގެންގުޅޭ ޑްރައިވަރު ހިބާ ބަލާ ފޮނުވިއިރު އިތުރަށް އެގެއިން އެކަކުވެސް އޭނާ ދެކިލާކަށް ނާދެއެވެ. ލިބުނު ހިތާމައިން ދެކޯތާފަތް މައްޗައް ކަރުނުތައް އޮހޮރިގަތެވެ. އޭނާގެ މައިންބަފައިން އޭނާއަށް އެނަފްރަތު ކުރަނީ އޭނާގެ ކޮންކުށެއް އޮވެގެން […]
“ސުބުހާނަﷲ! ޤުދުރަތީ މަންޒަރު ތަކަކީ ހާދަހާވެސް ފުރިހަމަ ހިތްގައިމު މަންޒަރުތަކެކޭ. ބަލާބަލާ ފޫހިވެސް ނުވާފަދަ އަޖާއިބުން ފުރިގެންވާ އެތައްކަމެއް.” މަޑު ނޫކުލައިގެ އުޑުގައި ލައްވާފައިވާ ހިތްގައިމު ހުދުކުލައިގެ ވިލާތަކުގެ މަންޒަރުތަކަށް ބަލަހައްޓައިގެން އިން ހިބާ ހިތައް އަރަމުން ދިޔައެވެ. ފުންނޭވާއެއް ދޫކޮށްލެވުނީ އެ ޚިޔާލުތަކުގައި އިންދާ ބޯޓް ވިލާތަކަށްވުރެ ތިރިޔަށް ފައިބަމުންދާ މަންޒަރު ފެނުމުން އޭނާގެ މަންޒިލް ގާތްވެއްޖެކަން އިހްސާސް ކުރެވުމުންނެވެ. ރާއްޖޭގެ ކުދިކުދި ރަށްތަކުގެ ހިތްގައިމު ނޫ ވިލުތަކާއި، ފަޅުތަކާއި، ހުދު ފަސް ގޮނޑުދޮށްތަކުގެ ރީތި […]
މުޅި މާހައުލު ވަނީ ރަން އަލިކުލައިން ދިއްލާ އަޅާފައެވެ. ރީތިރީތި މާކޯނި ތަކުން ޖަރީ ކޮށްފައެވެ. ބަލައިލި ކޮންމެ ދިމާއަކުންވެސް ފެންނަނީ ކަނޑު ނޫކުލައާއި އަޅި ކުލައިގެ ފަރުމާތަކެވެ. ކާމޭޒްތައް އަޅި ކުލައިގެ ފޮތިން ޖަރީ ކޮށްފައިވާއިރު، އެ މޭޒުތައް ކައިރީގައިވާ ގޮނޑިތަކުގައި ލައްވާފައިވަނީ ކަނޑު ނޫކުލައިގެ އުރަތަކެކެވެ. ފާރުގެ އެކި ހިސާބުތަކުގައި ދެކުލައިން އެއްކޮށްފައި މާބޮނޑިތައް ހަރުކޮށްފައި ހުރިއިރު، ސީލިންގް ގައި ހަރުކުރެވިފައިހުރި ޑިސްކޯ ލައިޓް ތަކުން ގަދަ ނޫކުލައިގެ ބޮޅުތަކެއް ރަންކުލައިގެ މާހައުލައް އެޅިފައިވެއެވެ. […]
މުޅި ހިސާބުގަނޑުގައިވަނީ ހަމަހިމޭންކަމެވެ. ކޮންމެވެސް ހިސާބަކުން ކާރެއްގެ ބަރުގަނު ނުވަތަ ސައިކަލެއްގެ ބަރުގޮނު އަޅާލާ އަޑު އިވިދާނެއެވެ. އެ ނޫން އެހެން އެއްވެސް އަޑެއް ނީވެއެވެ. އެއްބަޔަކަށް އެ ހަމަހިމޭންކަމުން ފަޅުކަން އިހްސާސް ކުރެވުނު ނަމަވެސް އަނެއްބަޔަކަށް އެފަދަ ހަމަހިމޭންކަންވަނީ ހިތުގެ ހަމަޖެހުން ކަމުގައެވެ. ނުސައިބާ އޮތީ އޭނާގެ ހަމަހިމޭން ކޮޓަރީގެ އެނދުގައި ހަމަޖެހިލައިގެން ފުން ވިސްނުމަކަށް ގެއްލިފައެވެ. “ކުރާނީ ކީއް ހެއްޔެވެ؟ ވިސްނައިދޭން ކުރާނެހާ މަސައްކަތެއް ކުރެވިއްޖެއެވެ. އެކަމަކު އެ އުޅުމަކަށް ކުޑަވެސް ބަދަލެއް ނާދެއެވެ. […]
މާޒީވެގެން ދިޔަ ދުވަސްތަކުގައި މައުޝާއަށް ދިމާވި އެކި އެކި ކަންކަމަކީ ދުވަހަކުވެސް ހިތުން ފިލައިގެންދާނެ ކަންކަމެއް ނޫނޭ އޭނާގެ ހިތް އަބަދުވެސް ބުންޏެވެ. ކަޅު އަނދިރި ރޭތަކުގައި ދިމާވި ގޮތްނޭނގޭ ކަންތައްތަކާއި، ރޯދުވާލު އިހްސާސް ކުރެވޭ ގޮތްނޭނގޭ އިހްސާސްތަކަކީ މީހަކަށް ކިޔައިދޭން މޮޅު، ރީތި ވާހަކަ ތަކެއް ނޫނެވެ. އެއީ ކިޔައިދިނަސްވެސް ޤަބޫލު ނުކުރެވޭނެތީއެވެ. އަދި ޤަބޫލު ކުރެވުނަސް ވެވޭނެ އެހީއެއް، ކޮތްދެވޭނެ ކަމެއް ނޯންނާތީއެވެ. އެހެންނަމަވެސް ބައެއް ފަހަރު ހަމައެކަނި މައުޝާގެ ވާހަކަތައް ޤަބޫލުކުރާކަން ހާމަކޮށްދީ، […]
މިއީވާ ތަނެކެވެ. މިތަންމިވަނީ ހަލާކުވެފައެވެ. މީހުންގެ ވިސްނުމާއި ފިކުރުވަނީ ގެއްލި ނިމިގޮސްފައެވެ. މިތާގައި ވާދަވެރިކަންމެނުވީ ނުވެއެވެ. ދުނިޔޭގެ ކުރިއެރުމަށާއި، މަޝްހޫރު ކަމާއި، މީހުންގެ މަޤްބޫލުކަން ހޯދުމަށާއި މުއްސަނދިކަމަށް އެކަކު އަނެކަކަށް ވާދަކުރުމުގައި، އިންސާނިއްޔަތުވަންތަކަމާއި، އޯގާތެރިކަމާއި، އަނެކަކަށް އަޅާލުން އިންސާނުން ހަނދާން ނެތި ގޮސްފިއެވެ. ބޮޑާކަން އިސްކޮށް ތިމާގެ ދެއްކުންތެރިކަން ނޫން ކަމެއް އިންސާނުން ހަނދާން ނެއް ފަދައެވެ. ބަދުއަޚްލާޤީ އަމަލުތައް އާންމުވެ ޖަނަވާރުންނެކޭ އެއްފަދައިން ކުޑައެއް ބޮޑެއްނެތި އެންމެންގެވެސް މަސައްކަތަކަށްވަނީ އެމީހެއްގެ އެދުން ފުއްދާނެ މީހަކު ހޯދުމަށެވެ. […]
ވެހެމުންދިޔަ ވާރޭ ތިކިތަކުން ޝިފްނާގެ އަތައް ތެތްކަން ގެންނަމުންދިޔައީ ހުއްޓުމެއްނެތިއެވެ. ތިއްކަކަށްފަހު ތިއްކެކެވެ. އޭގެ ސްޕީޑް ހިތުގެ ހިނގުމާއި ވިންދައްވުރެ އަވަހެވެ. އެއްވެސް ކުލައެއްނުވާ އެ ފެންތިކިތަކުން ދޭހަކޮށްދެނީ ކޮންއެއްޗެއްހެއްޔެވެ؟ ޝިފްނާގެ ހަނދާނަށް އައީ ޤުރުއާނުގެ މޫރިތި އާޔަތެއްގެ މާނައެވެ. “އަދި ﷲގެ ރުއްސެވުންއެދި ، އަދި، (ﷲގެ ޘަވާބާއި ދަރުމަ ލިބޭނެކަމަށް) އެއުރެންގެ ނަފްސުތަކުން ޔަޤީންކޮށް ކަށަވަރު ކޮށްގެންތިބެ، އެއުރެންގެ މުދާ ހޭދަކުރާ މީހުން ހޭދަކުރާ ތަކެތީގެ މިޘާލަކީ، އުސްބިމެއްގައިވާ ބަގީޗާއަކަށް ބޯވާރޭއެއްވެހި، އެތާގެ މޭވާ […]
މިއީ މީހަކަށް ދިމާވި ހަޤީޤީ ހާދިސާތަކެކެވެ. އެ ނާމާން ދުނިޔެ އަހަރެން ސިފަކޮށްދޭނީ ކިހިނެއް ހެއްޔެވެ؟ އެއީ މުޅިންވެސް އަނދިރިކަމެވެ. އާނއެކެވެ. އަހަރެންގެ ވަށައިގެންވީ އަނދިރިކަމެވެ. ދުނިޔޭގައި ހިނގަމުންދިޔަ އެއްވެސް ކަމެއް އަހަރެންނަކަށް ނުފެނެއެވެ. އަހަރެންވީ އެނާމާންކަމުގެ ތެރެއަށް ގެއްލިފައެވެ. އަހަރެންވީ އެތައް އިހްސާސެއްގެ ތެރެއަށް ޣަރަޤުވެފައެވެ. ބިރުވެރިކަމުގެ އިހްސާސެވެ. ހިތާމަވެރި ކަމުގެ އިހްސާސެވެ. އެކަނިވެރިކަމުގެ އިހްސާސެވެ. އެތަނުން އަހަރެން ސަލާމަތް ކޮށްދޭނެ މީހެއްގެ އިންތިޒާރުގައި ކަރުނަ އޮހޮރީމެވެ. އަލިކަމެއް ފެންނަން ނެތުމުން ރުޅިވެރިކަންވެސް ދެއްކީމެވެ. އެ […]