ގޭގެ ބޮޑުދޮރު ތަޅުދަނޑިން ހުޅުވާލިއަޑަށް ބަރަކާ ބަލާލިއިރު އާޔަން މަސައްކަތްތަށް ނިންމާފައި އައިސް ގެއަށް ވަނީއެވެ. ބަރަކާ ލެޕްޓޮޕް ނިއްވާލާފައި އުފާވެރި ހިނިތުންވުމަކާއެކު އާޔަންއަށް މަރުހަބާކީ ލޯބިން ބައްދާލަމުންނެވެ. ނަމަވެސް އާޔަން ބަރަކާ ކުޑަކޮށް ދުރުކޮށްލާފައި މިހިރީ ހަޑިވެފައި ކަމަށް ބުންޏެވެ. ބަރަކާ ތިއައީ ކޮންމަސައްކަތެއްގަ އުޅެފަތާ އެހީ މޫނުމަތިން ވަރަށް ވަރުބަލިކަން ފެންނަމުންދާތީއެވެ. އާޔަން ގޮސް އެތާއިން ގޮނޑީގައި އިށީނދެ އަރައިގެންހުރި ބޫޓް ބާލަން އިނދެ ވާހަކަދެއްކިއެވެ. އާޔަން: މިއައީ އަލަށްހެދި އިމާރާތެއްގަ ކަރަންޓް މަސައްކަތު […]
އިޝާނަމާދު ކޮށްލައިގެން ޔަމީނާ ނުކުތީ ލޫތު ކިޔާވަރުން އޭނަޔާއެކު ބޭރަށް ދިއުމަށެވެ. ކޮޓަރިން ނިކުތްއިރު ނާދިރާ އާއި ރަޝީދު ތިބީ ކާމޭޒު ކައިރީ ރޭގަނޑު ކެއުމަށް އިންސާފުކުރާށެވެ. ޔަމީނާ ފެނުމުން އެދެމީހުން ދައްކަމުން އައި ވާހަކަ ހުއްޓާލާފައި ޔަމީނާ އަށް ސަމާލުކަން ދިނެވެ. ޔަމީނާ ލޫތުއާއެކު ބޭރަށްގޮސްލާފައި އެބައަންނަމޭ ބުނުމުން ރަޝީދު ބޯޖަހާލީ އެކަމަށް ހުއްދަ ދިނުމަށެވެ. ގެއިންނިކުތްއިރު ލޫތު އިނީ ސައިކަލުމަތީ ޔަމީނާގެ އިންތިޒާރުގައެވެ. ޔަމީނާ ފެނުމުން ހާދަލަހޭ ކިޔާފައި ޝަކުވާކޮށްލިއެވެ. ސައިކަލު ގޮސްހުއްޓީ ބީޗް […]
ބަރަކާ ދިޔުމުން ޔަމީނާ ފުންނޭވާއެއް ދޫކޮށްލީ އެ ޝަކުވާތައް މީހަކަށް ކިޔާދެވުމުން ސިކުނޑިއަށް ލިބުނު ލުޔަކުންނެވެ. އެއަށްފަހު ކޮޓަރިއަށް ވަނީ މަޣްރިބް ވަގުތުޖެހޭތީ ނަމާދަށް އަރަން ތައްޔާރުވެލާށެވެ. ނަމަވެސް އަދި ފަނަރަ ވަރަކަށް މިނެޓް އޮތުމުން އަންވާރު ސައިޓަށްވަދެ އޭނާ ކުރިން ލިޔެލާފައިއިން ލިޔުމަކުން ސައިޓް އަޕްޑޭޓް ކޮށްލިއެވެ. ފެޝަން އިންޑަސްޓްރީ ފެޝަނަކީ ކޮބާތޯއެވެ؟ ފެޝަނަކީ އެންމެ ފަހުގެ ސްޓައިލްތަކާއި އުޅުންތަކެވެ. މިޒަމާނުގައި އިންސާނުން ގެންގުޅޭ ހުރިހާ އެއްޗަކާއި، ކުރާ ހުރިހާކަމެއްގައިވެސް ފެޝަންވަނީ ހިމެނިފައެވެ. ފެޝަނާނުލާ ދިރިއުޅުމެއްނުވެއޭ […]
ސާރާ އަށް ސްކޫލަށް ގޮސް ވަދެވުނު އިރު ޕްރިންސިޕަލް އޭނާގެ ކެބިން އަށް ވަންނަނީއެވެ. ސާރާ ފެނުމުން އަތުގެ އިޝާރާތުން ކެބިން އަށް އައުމަށް ބުންޏެވެ. ސާރާގެ ހިތް ކުޑަކޮށް ތެޅިލިއެވެ. އަނެއްކާ ކަމެއް ގޯސްކޮށް ކުރެވުނީ ބާއެވެ؟ ނަމަވެސް ސާރާވެސް ޕްރިންސިޕަލް އާއި ދައްކަންޖެހޭ ވާހަކައެއް އޮތްކަން ހަނދާންވުމުން ކުއްހީތައް ފިލުވާލާފައި މަޑުހިނގުމެއްގައި ގޮސް ކެބިން އަށް ވަނެއެވެ. ސާރާ ކެބިންއަށް ވަނުމާއެކު ޕްރިންސިޕަލް މޭޒް ކުރިމަތީ އިން ގޮނޑީގައި އިށީނުމަށް އިޝާރާތް ކޮށްލިއެވެ. ސާރާ […]
ސާރާ އަށް ހޭލެވުނީ ފޯނުން ފަތިސް ނަމާދު ބަންގި ގޮވާ އަޑަށެވެ. ނަމާދު ކޮއްލައިގެން ހެނދުނުގެ ޒިކުރުތައް ކިޔާ ނިންމާލާފައި ލެޕްޓޮޕް ހުޅުވާލީ މިއަދަށް ރާވާފައިވާ އާޓިކަލް ސައިޓައް ލުމަށެވެ. ނަމަވެސް ކުރިން ބުނެވިދިޔަ މައުޟޫގެ ސުރުހީއަށް ކުޑަ ބަދަލެއް ގެނައެވެ. އައްސަލާމް އަލައިކުމް! އެންމެހާ އެކުވެރި އަޙުންނާއި އުޙްތުން، މިއަދުގެ މައުޝޫ ވަރަށް ގާތް އެކުވެރިއަކަށް ހާއްސަކޮއްލަމެވެ. ނަމަވެސް ދުއާ އަކީ މި އަލިކަމުގެ ދޯދިތަކުން ތި އެންމެހާ އަޙުންނާއި އުޙްތުންގެ ދިރިއުޅުންވެސް އަލި ކޮއްދިނުމެވެ. […]
މެއިލް ކިޔާ ނިމުމާއެކު ތިން ކުދިން އެއްފަހަރާ ކަހަލަ ގޮތަކަށް ފުން ނޭވާ އެއް ދޫކޮއްލިއެވެ. އަދި އެކަކު އަނެކަކުގެ މޫނަށް ބަލާލީ ކިހިނެއްހޭ ސުވާލު ކުރާ ފަދައިންނެވެ. އެ ހިނދު އެންމެންވެސް ހިނިތުންވެލާ ބޯ ޖަހާލީ ރަނގަޅޭ ބުނާ ގޮތަށެވެ. އެއަށްފަހު އެތަނުން އެކަކުގެ ފޯނު ހުޅުވާލައި އޮންލައިން ވެލިއެވެ. އެއާއެކު ދެންތިބި ދެކުދިންވެސް އޭނާ ކައިރިއަށް ގާތްވެލައި އެ ފޯނައް ބަލަންތިބީ މީހަކާ ވީޑިއޯ ކޯލް އެއް ހަދަން އުޅޭތީއެވެ. ވައިބަރ ހުޅުވާލައި ނަމްބަރެއް […]
ހަވީރުގެ ފިނި ވަގުތުގައި ކަނީރާގޭ ޓެރަސްމަތީ ހުރި މޭޒެއް ކައިރީ ތިން ކުދިން ލެޕްޓޮޕް ހުޅުވައިގެން އެއަށް ގެއްލިފައި އެތިބީ އައި ވަރަށް މުހިންމު އީ މެއިލް އެއް ކިޔާށެވެ. ތިން ކޮފީތަށި މޭޒުގެ އެއްފަރާތުގައި ހުރިއިރު އެންމެންވެސް ތިބީ އެ މެއިލް އަށް ގެއްލިފައެވެ. ޕްރިންސެސް އާލިޔާ ލޯގަނޑު ކުރިމަތީ ހުއްޓިގެން ހުރެ މުޅި ހަށިގަނޑަށް ނަޒަރު ހިންގާލިއެވެ. ވާތްފަރާތުން އެއްފަރާތް ކޮއްލާފައިވާ އިސްތަށިގަނޑު ފަހަތުން އަޑިއަށްވާ ގޮތައް ހުޅި ޖަހާ، ކަނާތްފަރާތުން ކުޑަކޮއް ވެއްޓިފައިވާ […]
އާލިޔާ ލޯގަނޑު ކުރިމަތީ ހުއްޓިގެން ހުރެ މުޅި ހަށިގަނޑަށް ނަޒަރު ހިންގާލިއެވެ. މިއީ އާލިޔާ އަށް އެންމެ ކަމުދާ “ހެއަރ ޖެވެލް” ކިޔާ ވަށްތަރުގެ ހެއަރ ސްޓައިލެކެވެ. ރޯސް ޕްރިންޓެޑް މިކާޑޯ ކުރު ހެދުމެއް ލައިގެން ހުރިއިރު މުޅި މީހާ ފެންނަމުން ދިޔައީ ރީތި ފުރިހަމަ ހަނދެއް ފަދައިންނެވެ. މޯޑް އިނީ ދަހި ބުޅަލެއް ބަލާ ފަދައިން އާލިޔާ އާ ދިމާއަށް ބަލަހައްޓައިގެންނެވެ. މޯޑްގެ ތައުރީފުތަކާއެކު ކާރު މިސްރާބުޖެހީ މޯޑުގެ ފަސްތަރީގެ ޖުންޑެލި ގެސްޓް ހައުސްއާ ދިމާއަށެވެ. […]