Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މިނަން ތިހިތުން ފިލުވާލަނީހޭ…12

eysh Level 510 Stories100 Comments100 Login500 Comments
February 10, 2020 5 Mins Read
29 Comments

“ކޮންގޮތެއް ވަނީ؟…” ޒެވިންގެ ބާރު އަޑު އިވުމުން އަހަރެން ދިޔައީ ސިއްސައިގެންނެވެ. ދޮރާއި ދިމާއަށް ދެމީހުންނަށްވެސް ބަލައިލެވުނީ އެކުއެކީގައެވެ.

ކެބިންގެ ދޮރު ހުޅުވާލައިގެން ޒެވިން ހުއްޓެވެ. އެ ނަޒަރު ހުއްޓިފައިވީ އަހަންނަށެވެ. ދެބުމަ ގޮށްޖަހާލައިގެން ހުރިގޮތުން އަހަރެން އިނީ ޖެހިލުންވާގޮތްވެފައެވެ. އަހަރެން ބަލައިލުމާއިއެކު، ޒެވިން އެތެރެއަށް ވަނެވެ. ހިނގަމުން ދިޔައިރުވެސް، އެ ނަޒަރު އަހަންނާއި ވަކި ނުވެއެވެ. ޒެވިން އައިގޮތަށް އައިސް، އަހަރެން އިން ގޮނޑީގެ ފުރޮޅުގައި ފައި ޖައްސައިލިއެވެ. އެއަށްފަހު އަހަރެންގެ އަތުގައި ހިފައި ދަމައިގަނެފައި، ފަޔަށް ބާރުލައި، ގޮނޑި ދުރަށް ކޮއްޕައިލިއެވެ. ގޮނޑި އެދިޔަ ބާރުމިނުގައި ގޮސް ފާރުގައި ޖެހިފައި އިވުނީ ބާރު އަޑުފައްގަނޑެއްގެ އަޑެވެ. އަހަންނަށް ދެލޯ މަރައި ބާރުކޮށްލެވުނެވެ.

********

ޒެވިންގެ ހަރަކާތްތައް އަވަހެވެ. އަހަރެންގެ އަތުގައި ހިފައިގެން ދަމާފައި ކަހަލަގޮތަކަށް ކެބިންއިން ބޭރަށް ނުކުތެވެ. އެއަތް ނައްޓުވައިލެވޭތޯ ކުރި މަސައްކަތް ވީ ބޭކާރެވެ. ޒެވިން ހިނގަމުން ދިޔައީ އޮފީހުގެ އިދާރީބައިން ދެވެން ހުންނަ ފާޚާނާތަކާއި ދިމާއަށެވެ. ހުރިހާ މުވައްޒަފުން ކަހަލަގޮތަކަށް އަހަރެމެންނަށް ބަލަން ފެށުމުން އަހަރެން ހުރީ ހިތްހަމަނުޖެހޭގޮތް ވެފައެވެ. ފާޚާނާބަރި އާއި ހަމައަށް ގޮސްފައި ޒެވިން ހުއްޓުނެވެ. ގަދަކަމުން ކަހަލަގޮތަކަށް ޒެވިންގެ އަތުގެ ތެރެއިން އަތް ދަމައިގަނެފައި، ދުރަށްޖެހިލީމެވެ.

“ކިހިނެތް ވެގެންތަ ޒެވިން ތިއުޅެނީ؟…”

ރުޅި އައިސްފައި ހުރިވަރުން އަހަންނަށް ވާހަކަ ދެއްކުނީ ފުންކޮށް ނޭވާލަމުންނެވެ. އެހާ ބާރަށް ހިނގާފައި އަންނަންވުމުންވެސް އަހަރެން ހުރީ ކޮންމެވެސް ވަރަކަށް ވަރުބަލިވެ، ރޮވޭގޮތް ވެފައެވެ. އަނެއްކޮޅުން އަރައިގެން ހުރި ހައި ހީލްސްގެ ސަބަބުން ފުންނާބުގައި ރިއްސަމުން ދިޔައެވެ.

“ނުވިސްނޭވަރުގެ ސިކުނޑިއެއްތަ މީނީ؟…” ޒެވިން ކުރިއަށް ޖެހިލާފައި އަހަރެންގެ ނިތްކުރީގައި އިނގިލި ޖައްސައި، މަޑުމަޑުން ކޮއްޕައިލިއެވެ. އަހަރެން އެއަތް ދުރުކޮށްލުމުގެ ކުރީން އަތް ތިރިކޮށްލައި، ޖީބަށް ކޮއްޕާލައިފިއެވެ.

“ފިރެހެނުންގެ ގޮތެއް ނޭނގޭނެ… އޭނަ އާއި އެހާ ގާތްކޮށް ނޫޅޭތި…” ޒެވިން ވާހަކަ ދެއްކީ އިންޒާރެއްދޭ ފަދައިންނެވެ.

“ވަޓް؟…” އަހަންނަށް ބުނެވުނީ ވަރަށް ބާރަށެވެ.

“އަހަރެން ކުރަންވީ ކަންކަމާއި ނުކުރަންވީ ކަންކަން އެނގޭނީ އަހަންނަށް…” އަހަރެން ހިތްހަމަނުޖެހިފައި ބުނީމެވެ.

“ފިރެހެނުންގެ ގޮތް އެންމެ ރަނގަޅަށް އެނގޭނީ ފިރެހެނުންނަށޭ… އޭނަ އެ ބަލާ ގޮތުންވެސް އެނގޭ ނިޔަތް ރަނގަޅު ނޫންކަން…” ޒެވިން ވާހަކަ ދެއްކިއިރު އެ އަޑުގައިވީ ޔަޤީންކަމެވެ.

“ސޯ؟… އޭނަ ކޮންމެ ގޮތަކަށް ބެލިއްޔާ، ޒެވިންއަށް ކޮން ކަމެއް… ޒެވިން އަހަންނާއި ދޭތެރޭގައި ވިސްނަންޖެހޭ ސަބަބެއް ކޮބާ؟… މީ އަހަރެންގެ ދިރިއުޅުން…”

އަހަރެން ވާހަކަ ދައްކައި ނިމެންދެން އަޑުއަހަން ޒެވިން ހުއްޓެވެ. އެ ދެލޮލުގައިވި ޢަޞަރެއް ތަރުޖަމާ ކުރާކަށް ނޭނގުނެވެ. އެއްޗެއް ނުބުނެ ހޭދަވެގެންދިޔަ ކުޑަ ވަގުތުކޮޅުގައި، ދެމީހުންވެސް އެކަކު އަނެކެއްގެ މޫނަށް ބަލަހައްޓައިގެން ތިބީއެވެ. އަހަރެން ހުރީ ދެލޯ ހަނިކޮށްލައިގެންނެވެ. ކައިރިކޮށްލެވިފައިވި ޒެވިންގެ ކަޅުކަންގަދަ ދެބުމައިން އިންޒާރެއް ދޭފަދައެވެ. ދެމީހުންގެ ނަޒަރުންވެސް ބުނެދެމުން ދިޔައީ އެތައް ވާހަކަ ތަކެކެވެ. އިތުރު އެއްޗެއް ބުނާކަށް އަހަރެން ބޭނުމެއް ނުވިއެވެ. އެތަނުން ދިޔުމަށް ހިނގައިގަތް ވަގުތު، ކުރިމަތީގައި ހުރި މީހަކު ފެނިފައި، ހުއްޓެން މަޖުބޫރު ވެއްޖެއެވެ.

ރަވާންގެ ބައްޕަ ނާޒިމްގެ ނަޒަރު ހުރީ އަހަންނަށް ހުއްޓިފައެވެ. އެ ނަޒަރުން އެކަނިވެސް އަހަރެންގެ ގައިގައި ހުރި ލޯލިތައް ކޮޅަށްޖެހިއްޖެއެވެ. ހިންދިރުވައިލެވުނެވެ. ވަކީން ކަންބޮޑުވީ، ނާޒިމް އެތަނުގައި ހުރީ ކިހާ އިރެއް ވަންދެންކަންވެސް ނޭނގޭތީއެވެ. ފަސްއެނބުރި ޒެވިންއަށް ބަލައިލީމެވެ. އެ ނަޒަރު ނާޒިމްގެ މޫނުން އަހަންނަށް ހުއްޓުނެވެ. އަހަންނާއި ދިމާއަށް ފާޑަކަށް ބަލަހައްޓައިގެން ހުރެފައި، އެތަނުން ދިޔުމަށް ޒެވިން ހިނގައިގަތެވެ. ޒެވިން ގޮސް ލޯމަތިން އޮބައިލުމުން އަހަންނަށް އިސްޖަހައިލެވުނެވެ. އެހުރިހާއިރު ވީއިރުވެސް ނާޒިމްގެ ނަޒަރު ހުރީ އަހަންނަށް ހުއްޓިފައެވެ.

“ލިވިޔާ އައިސްބަލަ…” ކުރިޔަށް ހިނގައިގަންނަމުން ނާޒިމް ބުންޏެވެ.

އަހަރެންގެ ހިތް ތެޅިގަތެވެ. އެ އަޑު ކަންފަތުގައި ޖެހުމުން ކުރެވުނީ ބިރުވެރި އަޑެއް އިވުމުން ކުރެވޭފަދަ އިޚްސާސެކެވެ. ނާޒިމްގެ ފަހަތުން ހިނގައިގަތްއިރު، އަހަރެންގެ ހިތް ހީވަނީ ބޭރަށް ފުންމައިލަން އުޅޭހެންނެވެ. ކޮންމެވެސް ސަބަބަކާއިހުރެ، އިޚްސާސް ކުރެވެމުންދިޔައީ ކުށްވެރިވެފައިވާ ކަމުގެ އިޚްސާސެވެ. ނާޒިމް ގޮސް ވަނީ އަހަރެންގެ ކެބިންއަށެވެ. އޭރު ކޮމްޕިއުޓަރއިން ކޮންމެވެސް މަސައްކަތެއް ކުރަން ނިޔާލް އިނެވެ. ނިޔާލްގެ ކައިރީގައި ބޭރުގައި މަޑުކޮށްލުމަށް ނާޒިމް އެދުނެވެ. ނިޔާލް އަހަންނަށް ބަލައިލާފައި ކެބިންއިން ބޭރަށް ނުކުތެވެ.

“އެނގޭ ބުނަން މިއުޅެނީ ލިވިޔާއަށް ކުރަން މާ ފަސޭހަވާނެ ކަމެއްގެ ވާހަކައެއް ނޫންކަން… މީ އަސްލު އަހަރެންގެވެސް މައްސަލަ… އެންމެ ފުރަތަމަ ދުވަހުވެސް މިވާހަކަ ބުނެވުނުނަމަ، މިހެނެއް ނުވީސް ކަންނޭނގެ…” ނާޒިމް ދޫކޮށްލީ ފުން ނޭވާއެކެވެ.

އަހަރެންގެ ހިތް ތެޅެމުންދިޔައެވެ. އިސްޖަހާލައިގެން ހުރިއިރު، އެއް އަތުން އަނެއް އަތުގައި ބާރަށް ހިފަހައްޓާލެވުނެވެ. ނާޒިމް ބުނަން އުޅެނީ ކީކޭ ކަމެއް ނޭނގޭތީ އަހަރެންގެ ހާސްކަން އިތުރުވަނީއެވެ. އެ ފިނި ތަނުގައިވެސް އިސާހިތަކު ނިތްކުރިމަތީން ދާހިއްލާލައިފިއެވެ.

“ލިވިޔާ ތީ ވިސްނޭ، ކަންކަމާއި ހޭލުންތެރި ކުއްޖެއް… ވަރަށް ރަނގަޅު މިތާތެރޭގައި އަމިއްލަ ދިރިއުޅުމުގެ އެއްވެސް ކަމެއް ނުކުރިއްޔާ… މިބުނީ ޒެވިންއަކީ ކާކުކަން ހަނދާން ނައްތާ ނުލާށޭ… ރަސްމީ ގުޅުމެއް ފިޔަވާ އިތުރު ގުޅުމެއް ތި ދެމީހުން ދޭތެރޭގައި އޮވެގެން ނުވާނެ…” ނާޒިމް ވާހަކަ ދެއްކީ އަހަންނަށް ފުރަގަސްދީގެން ހުރެއެވެ.

ނާޒިމްގެ ފަހަތުގައި ހުރި ނަމަވެސް، އަހަރެން ހުރީ އިސް އުފުލައިލާންވެސް ނުކެރިފައެވެ. ނާޒިމްގެ ފަހު ޖުމްލަ އާއިއެކު، ދެލޯ މަރާލެވިއްޖެއެވެ. ތިރީ ތުންފަތުގައި ބާރަށް ދަތް އަޅާލެވުނެވެ. އަހަރެން ހުރީ ނާޒިމް އެފަދަ ވާހަކައެއް ދެއްކުމުން ލަދުން ބޯ ފަޅައިގެންދާން ކައިރިވެފައެވެ. ހުރިތަނަށް ވިރިގެން ފައިބާނެނަމަ، އެވަގުތު އެކަންވެސް ވީހެވެ.

ރަސްމީ ގުޅުމެއް ފިޔަވައި، ޒެވިން އާއިއެކު އިތުރު ގުޅުމެއް ބޭއްވުމަކީ ހުދު އަހަރެންވެސް ބޭނުންވާ ގޮތެއް ނޫނެވެ. ރަވާން ފިޔަވައި އިތުރު މީހަކަށް އަހަރެންގެ ހިތުން ޖާގައެއް ހުސްކުރެވިދާނޭ ކަމަކަށް އަހަރެން ޤަބޫލެއް ނުކުރަމެވެ.

“މިބުނި އެއްޗެއް އެނގިއްޖެދޯ؟…” ނާޒިމް ފަސްއެނބުރި އަހަންނާއި ދިމާއަށް ބަލައިލިއެވެ.

އިސްޖަހާލައިގެން ހުރެފައި އަހަރެން މަޑުމަޑުން ބޯޖަހައިލީމެވެ. އެއާއިއެކު ނާޒިމް ނުކުމެގެން ދިޔައީއެވެ. އެހުރިހާއިރު ހިފަހައްޓައިގެން ހުރި ނޭވާ ދޫކޮށްލެވުނީ ދެނެވެ. ހަށިގަނޑުގެ ބާރު ދޫވިހެން ހީވިއެވެ. މަޑުމަޑުން ހިނގާލާފައި ގޮސް ގޮނޑީގައި އިށީނީމެވެ. މޭޒުގައި ދެ އުޅަނބޮށި ވިއްދައި، ދެއަތްތިލައިގައި ކޯތާފަތް ޖައްސާލެވުނީ ފިކުރުތަކުގެ ތެރެއަށް ގެއްލިފައި އިނދެއެވެ.

“ކޮން ފިކުރެއްގައި؟…” އިވުނީ ނިޔާލްގެ އަޑެވެ.

އަހަރެން ބަލައިލުމާއިއެކު ނިޔާލް ހިނިތުންވެލިއެވެ. ހާސްކަން ފޮރުވަމުން، އަހަރެން ނަޒަރު ހުއްޓާލީ ކޮމްޕިއުޓަރަށެވެ.

“ވާހަކައެއް އަހާލަންތަ؟…” އިރުކޮޅަކު އަހަރެންގެ މޫނަށް ބަލަން އިނދެފައި، ނިޔާލް ސުވާލުކުރިއެވެ.

“މީގެ ކުރިންވެސް އަހަރެން ކައިރީ އަހާފަތަ ސުވާލުކުރަނީ؟…” އަހަރެން ވާހަކަ ދެއްކީ، ކޮމްޕިއުޓަރުން ނަޒަރު ވަކިކޮށްލުމެއްނެތިއެވެ.

“އޯޚް… އައި ލައިކް އިޓް…” ނިޔާލް މަޑުމަޑުން ހީލިއެވެ.

“އެއީ ބޮސްގެ ބޮސްތަ؟…” ނިޔާލު ބުނި އެއްޗަކުން، ކީބޯޑާއި ކުޅެން އިނދެފައި އަހަރެންގެ ހަރަކާތް ހުއްޓުނެވެ. ފުރަތަމަ ނެގުނީ މުޅީން ގޯސް މާނައެކެވެ. ފަހުން އެ ބުނީ ނާޒިމްގެ ވާހަކަ ކަން އެނގުމުން ހިނިއަންނަން ގޮތްވިއެވެ.

“އޭނަ ވަރަށް ނައްޓާފަދޯ އެހުރީ… އަޅާލާ އެއްޗެއް ނޫން އިނގޭ… މިކަހަލަ ތަންތާ އުޅެވޭނީ ވަރަށް ސްޓްރޯންގް ވެގެން…” ނިޔާލް ޖަހާލީ ލުއި ހިނިގަނޑެކެވެ.

އަހަރެން ނިޔާލްއަށް ބަލައިލާފައި ދެލޯ ހަނިކޮށްލީމެވެ. އިރުކޮޅަކު އެއްޗެއް ނުބުނެ އިނދެފައި ނިޔާލް އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ.

“ލައިފް ކިހިނެތް؟…” ނިޔާލް ސުވާލުކުރިއެވެ.

“މޫނުމަތީގެ ޢަޞަރުތަކުން ހީވަނީ ވަރަށް ހިތާމައިގައި އުޅޭހެން…” އަހަރެން އެއްޗެއް ނުބުނުމުން އަނެއްކާވެސް ވާހަކަ ދެއްކީ ނިޔާލްއެވެ. ދެންވެސް އަހަރެން އެއްޗެއް ނުބުނަމެވެ. ކުރަން އިން މަސައްކަތުން ނަޒަރު ވަކިކޮށްވެސް ނުލަމެވެ.

“މީހަކު އެއްޗެކޭ ކިޔާ އަޑުވެސް އެބަ އިވޭތަ؟… ލަޔާ ދެންހަމަ އަނގައިންވެސް ނުބުނާނަންތަ؟… އަހަރެންގެ ހަންގަނޑު ހަމަ އެހާ ކަޅީތަ؟…” މޫނަށް ވައްތަރެއް ޖައްސައިލަމުން ނިޔާލް ބުންޏެވެ.

އަހަރެން އަނެއްކާވެސް ނިޔާލްއަށް ބަލައިލާފައި ދެލޯ ހަނިކޮށްލީމެވެ. އަހަންނަށް ހީވީ ސްކޫލް ދައުރުގެ ނިޔާލް ކުރިމަތީގައި އިން ހެންނެވެ. ވަގުތަކީ ދޮރު ހުޅުވާލާފައި، ޒެވިން ކެބިންގެ ތެރެއަށް ވަތް ވަގުތު ކަމުން އެމަންޒަރު ރީތިކޮށް ފެނުނެވެ. ކީއްވެ ކަމެއް ނޭނގުނެވެ. ޒެވިން ބަލައިލިގޮތުން ހިތް ތެޅިގަތެވެ. އަވަސްއަވަހަށް ކޮމްޕިއުޓަރުގެ ސްކްރީނަށް ނަޒަރު ހުއްޓާލީމެވެ. އެއްވެސް އެއްޗެއް ބުނުމެއްނެތި، ޒެވިން ގޮސް ވަނީ އޭނައަށް ޚާއްސަކުރެވިފައިވާ ބަޔަށެވެ.

“ހާދަ ރުޅިގަދަ ސޮރެކޭ… ކާކުތަ އެއީ؟… އަނެއްކާ ބިޓުތަ؟…” ނިޔާލް ވާހަކަ ދެއްކީ އަހަންނަށް އަޑުއިވޭ ވަރަށް ސިއްރުންނެވެ.

އަހަރެން އެއްޗެއް ބުނުމުގެ ކުރީން މޭޒުމަތީގައި އިން ފޯނު ރިންގްވާން ފެށިއެވެ. ގުޅީ ޒެވިންއެވެ. އެދުނީ ނިޔާލް އޭނަގެ ބަޔަށް ފޮނުވައިދިނުމަށެވެ. އަހަރެން ދެކޮޅުހެދުމުން ފޯނު ކަނޑާލި އަޑު އިވުނެވެ. ދެން ފެނުނީ އައިސް ކުރިމަތީގައި ހުއްޓައެވެ. އަތުގައި ކަރުދާސްގަނޑެއް އޮތެވެ. އެ ގަނޑު ނިޔާލް އާއި ދިމާއަށް ހޫރައިލާފައި އެދުނީ އޭގައިވާ ފައިލުތައް ގެނެސްދިނުމަށެވެ. ނިޔާލްއަށްވުރެ ކުރިން އެ ކަރުދާސްގަނޑު ނެގީ އަހަންނެވެ. އޭގައި ލިޔެފައި އޮތީ އެތައް އަހަރެއް ކުރީގެ ފައިލުތަކެއްގެ ނަންތަކެކެވެ.

“ޒެވިން، ލެޓްސް ޓޯކް…” އަހަރެން ވާހަކަ ދެއްކީ ގޮނޑިން ތެދުވަމުންނެވެ.

ޒެވިން މަޑެއް ނުކުރިއެވެ. މޭޒު ވަށާލާފައި އައިސް އަހަރެންގެ ކައިރިއަށް ހުއްޓުނެވެ. އެ ދެލޯ ހަނިކޮށްލައިގެން ހުރިގޮތުން އަހަރެން ހުރީ ހުއްޓުން އަރާފައެވެ. އަހަރެންގެ މޫނުން ނަޒަރު ވަކިކޮށްލުމެއްނެތި، ޒެވިން އަހަރެންގެ އަތުގައި އޮތް ކަރުދާސްގަނޑު ޖަހައިގަތެވެ. އެ ހިފައިގެން ގޮސް، ނިޔާލް އާއި ދިމާއަށް ހޫރައިލިއެވެ.

އަހަރެންވެސް ގޮތެއް ދުލެއް ނުކުރަމެވެ. ބާރުބާރަށް ހިނގާފައި އައިސް ނިޔާލްގެ އަތުގައި އޮތް ގަނޑު ޖަހައިގަތީމެވެ. އެއަށްފަހު ޒެވިންގެ އަތުގައި ހިފައިގެން ޒެވިންއަށް ޚާއްސަކުރެވިފައިވާ ބަޔަށް ވަނީމެވެ.

“ޒެވިން ކިހިނެތްތަ ތިއުޅެނީ؟… ކުޑަކުދިން އުޅޭހެން ނޫޅެބަލަ، މީ އޮފީހެކޭ، މިތާ ކޮންމެސް އުޅުމެއް ހުންނަންވާނެ އެއްނު…” ކެބިންއަށް ވަދެވުމާއިއެކު ޒެވިން އަހަރެންގެ އަތް ފޮޅުވައިލިއެވެ.

“އޭނަ އާއި އަބަދު ތިގޮތަށް ވާހަކަ ދައްކަން ނީނދެބަލަ…” ޒެވިން ދެއްކީ މުޅީން އެހެން ވާހަކައެކެވެ. ވާހަކަ ދެއްކިލެއް ބާރުކަމުން އަހަރެން ޖެހިލުންވިއެވެ.

“ޝްޝްޝް… ތަންކޮޅެއް މަޑުން…” އަހަންނަށް ބުނެވުނެވެ.

“އޭނަ އަލަށޭ ޖޮބަށް ޖޮއިންކުރީ އެ… ޓާސްކު ޙަވާލުކުރާއިރު، ޒެވިންވެސް ވިސްނަންވާނެއެއްނު އޭނައަށް ކުރެވޭ ވަރުގެ ކަންކަން ޙަވާލުކުރަން… އެހެން ނޫނަސް، އެއީ އަހަރެންގެ ޕާރސަނަލް ސެކްރެޓަރީ… އޭނައަށް މަސައްކަތް ޙަވާލުކުރަންޖެހޭނީ އަހަރެން… ޒެވިންއެއް ނޫން…” އަހަރެން ވާހަކަ ދެއްކީ މަޑުމަޑުންނެވެ. ވިސްނައިދޭ ކަހަލަ ރާގަކަށެވެ.

“ވަޒީފާ ބަޔާނުގެ ފަސްވަނަ  ނަންބަރުގެ ރާގެ ދަށުން އޭނަ އާއި މަސައްކަތް ޙަވާލުކޮށްފަ އޮންނާނީ…” ޒެވިން ދެން ބުނި އެއްޗަކުން އަހަންނަށް ހެވުނެވެ. އެހާ އަވަހަށް ނިޔާލްގެ ހުރިހާ ލިޔުންތައްވެސް ޒެވިން ބެލީ ހެއްޔެވެ؟

“އެނގޭތަ ކިހާއިރެއް ވެއްޖެކަން އަހަރެން ތި މަސައްކަތް އޭނަ އާއި ޙަވާލުކުރެވޭނެ ގޮތެއް އޮތްތޯ ހޯދާތާ؟…” އަހަރެންގެ އަތުގައި އޮތް ގަނޑަށް އިޝާރާތްކޮށްލަމުން ޒެވިން ބުންޏެވެ.

އަހަރެން ހުރީ އަޖައިބުވެގެން ބުނަންވީ އެއްޗެއްވެސް ނޭނގިފައެވެ. ޒެވިން ނިޔާލްގެ ފަހަތުން ނެއްޓެން ނޭނގިގެން އެއުޅެނީ ކީއްވެ ހެއްޔެވެ؟

“ނޭނގެންޏާ ވަޒީފާ ބަޔާން އަލުން ކިޔާލާ، އޭރުން ސާފުވާނެ…” އަހަންނަށް ވީގޮތް ފެނި ޒެވިންއަށް ހީވީ އިތުރު ހިތްވަރެއް ލިބުނު ހެންނެވެ.

“އަހަންނަށް އެނގެއޭ އޭގަ އޮންނާނެކަން އިތުރު ކަންކަންވެސް ކުރަންޖެހޭނެ ކަމަށް… އެކަމަކުވެސް ޒެވިން… މީތަ ހަމަ އޭނަ އާއި ޙަވާލުކުރަން އެނގުނު ކަމަކީ؟… ތަންކޮޅެއް ހަމަޖެހޭ ކަމެއްގެ ވާހަކަ ބުނި ނަމަވެސް… އަހަންނަށް ޔަޤީނޭ މިތާ ސަތޭކަ އަހަރުވެފައި ހުރި މީހަކަށްވެސް މި ހޯދާކަށް ފަސޭހައެއް ނުވާނެކަން… މީ ޒެވިން އޭނައާއި ޒާތީވެގެން ކުރި ކަމެއް… ތަނުގެ ވެރިމީހާގެ ހައިސިއްޔަތުން، މިކަން ބަލައިގަނެވޭކަށް ނެތް…” އަތުގައި އޮތް ކަރުދާސްގަނޑު ދައްކައިލަމުން އަހަރެން ބުނީމެވެ.

އަހަރެން އެ ބޮޑިކޮށްލާފައި، ލީ ޑަސްޕިނަށެވެ. ފަސްއެނބުރުނުއިރު، ކުރިމަތީގައި ޒެވިން ހުރީ ހަމަ އޭގެ އެހެން ކަރުދާސްގަނޑެއް ހިފައިގެންނެވެ. އެވެސް އަތުލީމެވެ. ބޮނޑިކޮށްލާފައި ޑަސްޕިނަށް ލީމެވެ. ޒެވިން ބާރުބާރަށް ހިނގާފައި ގޮސް އޭނަގެ މޭޒުމަތިން އޭގެ އިތުރު ކަރުދާސްގަނޑެއް ނަގައިފިއެވެ. އޭގެ އެތައް ގަނޑެއް ޕްރިންޓްކޮށްފައި އެ މޭޒުމަތީގައި ބަހައްޓާފައި ހުއްޓެވެ. އެހެން އެކަން ވާނެކަން ޒެވިންއަށް މާކުރިންވެސް އެނގޭ ކަހަލައެވެ.

“އާރްރްރް… ޒެވިން…”

އަހަންނަށް ބޮލުގައި ދެއަތުން ހިފަހައްޓައިލެވުނެވެ. ދެލޯ މަރާލާފައި ހުޅުވައިލިއިރު، ދާދި ކައިރީގައި ހުރި ޒެވިން ފެނިފައި ދިޔައީ ސިއްސައިގެންނެވެ. ޒެވިން ހުރީ، ކާމިޔާބީގެ ހިނިތުންވުމެއް ތުންފަތް މައްޗަށް ވެރިކުރުވައިގެންނެވެ. އަހަރެން ސިއްސައިގެން ގޮސްފައި ފަހަތަށް އެއްލިގެން ދިޔަގޮތުން ޖެހުނީ ފާރުގައެވެ. ޒެވިން އަހަންނާއި ގާތަށް ޖެހިލިއެވެ. އެއާއިއެކު އަހަރެން ހުރީ ފާރުގައި ރީއްޗަށް ތަތްވެފައެވެ. އަރިއަކަށް ގުޑިލާކަށްވެސް ނުކެރުނެވެ. ފާރުގައި އެއް އަތް އަޅުވާލާފައި އަހަރެންގެ މޫނާއި ދިމާއަށް ޒެވިން ގުދުވިއެވެ. އަހަންނަށް ދެލޯ މަރައި ބާރުކޮށްލެވުނެވެ. ލާންއުޅުނު ނޭވާވެސް ހީވީ އެތެރެހަށީގައި ތާށިވި ހެންނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

eysh

Level 510 Stories100 Comments100 Login500 Comments

Writing story is one of my hobby. It's something fun to do that makes me happy. Dream is to become a successful story writer In Sha Allaah ❤ I love reading comments. My Finished stories; Keh kuraanan unmeedhugaa, Loabi vevumun, Nudhaaney thiya handhaan filaa, Case number 1, Umurah thiya loabeegaa, Badhalu, E handhaan foheveytho beliyas, Vakive nudhanees, Fohevigen nudhaaney, Fevifaa thinanvey mihithugaa, Mee mihithuge shakuvaa ey, Nethi gellunee hayaathey Vaudhu veemey Kafun vevifaa On going stories; Mi nan thihithun filuvaalaneehey, Ufaleh netheehe dhuniyeyn Inthihaa ah loabiveemey Story books (to be published); Sheen Fb page: Eysh stories Email: [email protected]

Other Articles

Previous

ރާސްތާ2 (33)

Next

ރާސްތާ2 (34)

Next
February 11, 2020

ރާސްތާ2 (34)

Previews
February 10, 2020

ރާސްތާ2 (33)

29 Comments!

  1. eysh says:
    February 10, 2020 at 8:43 pm

    Salaam All..
    Here is the 12th part of this story.. Hope u will enjoy reading this part..
    Baeh faharu kiyaairu baeh paragraph thah ekolhukolhun akuruthah hunnaathee baeh readers evaahaka faahaga kohlaafa otheema bunelaanan, ehen formet gelleynama, refresh kohlun/alun load kohlun noonee ehen browser akun vaneema ok vaanehen Eysh ah heevanee.. i think chrome ga emassala varah bodah jehey.. i hope it will be helpful ?
    And yess Kuruvaane kan eysh gaboolu kuran. Ehaa dhigukoh liyaane vaguthu nuvanee ingey.. ekamves avahah genedheyn vegen mihaa varah liyelaafaves mi upkohlanee.. ❤❤
    Kiyaalaafa comment eh kohlahchey ingey ??❤
    Good night all.. ?❤

  2. Lamko says:
    February 10, 2020 at 8:45 pm

    Alheyy varah kiyaa hithun huttaa e nimunii……mi part varah varah reethi…obiness to the max???n next part dhigu kollahchey….ly,????? mr first dhw??

    1. eysh says:
      February 10, 2020 at 8:50 pm

      Awww Thank u so much Lamko ?❤❤ v ufaavehje mi part ves kamudhiyaeema.. In Sha Allaah masakkaiy kuraanan dhigukoh genesdheveytho.. ly2 dear.. and yess first dho mifaharu.. congratulations dear.. ?❤❤

  3. Kairaa says:
    February 10, 2020 at 8:52 pm

    Me first thr…varah reethi mi part vx….whn nxt….ly eysh sis..

    1. Kairaa says:
      February 10, 2020 at 8:54 pm

      Pis pis lamko vx dhw….second dhw mifaharu….?????

    2. eysh says:
      February 12, 2020 at 7:17 am

      Mifaharu second dho.. Hehe. Yess lamko mifaharu first Athulaifi.. next time balahchey libeytho.. ?❤
      Thank u so much Kai.. v ufaavehje mibaives kamudhiyaeema.. next part ves In Sha Allaah avahah genedheveytho balaanan.. keep waiting. Ly2 dear ?❤❤

  4. magnumm says:
    February 10, 2020 at 9:08 pm

    alheyyyyyyyy???…hiyeh vx nukuran upkuraane kamakah???…vrh vrh vrh impressed hama???hhehe…alhe magnumm miyoh livy ge character dheke vaa loibbeh dw?❤…ekujjaafulhu ulheythy kannne mi vhk mi kiyeny….ehehe…samaasa eh ngeyy…aslah bunanya sis ge molhukamun….vhk kiyaa hiyy vaaleh bodukamunn???next part vx mihaa avaskurahche….waiting ngeyy….lav uuuu??

    ?Livzev#
    ♥Sweeteyshhhh#
    ?molhu kujjeh#

    1. eysh says:
      February 12, 2020 at 7:19 am

      Awww ?❤ Thank u so much magnum. v ufaavehje mibaives kamudhiyaeema.. and cmnt ehaa sweeet v ma.. means a lot.. next part ves In Sha Allaah avahah genedheveytho balaanan inge.. keep waiting. Ly2 dear ?❤❤

  5. Noor says:
    February 10, 2020 at 10:21 pm

    alhe fahe mi zevin mee angry bird ehtha?

    1. eysh says:
      February 12, 2020 at 7:21 am

      Hehe ?

  6. Aby says:
    February 10, 2020 at 10:29 pm

    Varah reethi ?? when next part?? Waiting… Ummeedhu kuran varah avhah kiyan libeyne kamah

    1. eysh says:
      February 12, 2020 at 7:20 am

      Awww ?❤ Thank u so much Aby. v ufaavehje mibaives kamudhiyaeema.. next part ves In Sha Allaah avahah genedheveytho balaanan.. keep waiting. ?❤❤

  7. ?Neha? says:
    February 10, 2020 at 11:10 pm

    Alheyy Hadha reehchey.. ???… Hiyeh nukuran mihaa avahah kiyaa lan libeyne kamakah.. Ehen nun vaany Sissy ehaa busy viyya dhw… ???surprise eh dhineema Varah Varah happy vehje… ??Btw story is hahbu as usual… ❤️❤️.. It’s hahbu cox this story is written by my loabi loabi eysh sis.. Yuh r the world’s best writer that I have ever seen.. ??..actually I dnt know who r yuh? .. Where r yuh from? Your age? How yuh look? Only I know is that yuh are a great writer… But not knowing yuh I feel like that yuh r my own Sissy.. Cox yuh r sweet as my real one. ??????❤️… Yuh r not only sweet.. Yuh r kind, honest, soft hearted… That’s why I luv yuh so much… ???❤️❤️❤️??thank you for being sweet to me… Ly ???
    ?MY FAV WRITER?
    ❤️❤️LOABI LAOBI EYSH SIS ❤️❤️

    1. eysh says:
      February 12, 2020 at 7:25 am

      Awwww so sweeeet.. cmnt kiyamundhiyairu i was smiling.. ehaa ves ufaavi.. means a lot.. v v sweeet.. thank u so much dear. ?❤❤❤ vvvv sweeet cmnt eh mee.. ly2 ??❤❤❤

  8. Sheen says:
    February 10, 2020 at 11:24 pm

    Wowwww wowwww and wow. Vvvv reethi. Hama bunaane ehchehves neyngifa mi innanee. Vvv furihama. ???????????????????????????????????????????? Sifakoh dhinun hama dhevana eh neiyhaa molhu. Basthah ves vvv fashuvivefa saadhaa. ?????????????????????????????????????????????????????????????????? Mihaaru hama v yageen vejje ae ravaan kan. Ravaan bappage reyvumakun mihurihaa kameh mivee. Ekamugai shaayan ge furihama baiverivun oiykan kashavaru ????????????????????????????????????????????????????????? Vvvvv interesting mi part ves. Liyuntherikanves vvv furihama. Waiting for the next part. ??????????????????????????????????????????????????????????????????????????????

    1. eysh says:
      February 12, 2020 at 7:26 am

      Awwww so sweeeet.. thank u so much sheen.. varah ufaavehje cmnt kiyaalaafa.. means a lot.. v v sweeet.. lets c wht hpns next ?❤❤❤ keep waiting ??❤❤

  9. Nashyy says:
    February 11, 2020 at 10:36 am

    Obiness to the max… v reethi vahaka.. hama vahaka up kohlaathw konme dhuvahakuves balaalevey… eysh hama v thafaathu… keep writing and i will keep waiting ❤❤❤❤❤❤❤???

    1. eysh says:
      February 12, 2020 at 8:11 pm

      Awww thank u so much Nashyy.. sooo happy.. ??means a lot.. and sorry fr the late rply.. bxy kamun cmnt aissa huri tharutheebun mi rply kohlanee time vaa varun.. varah varah ufaavehje ehaa kiyaalaahih vaakan enguneema.. v sweet.. ?thank u so much dear.. keep waiting. ??❤❤

  10. Anonymous says:
    February 11, 2020 at 3:49 pm

    So sweet.. alheyy eysh kihinehthr thihaa molhethi idea hoodhany …..❤❤❤

    1. eysh says:
      February 12, 2020 at 8:12 pm

      Awww thank u so much dear.. idea hama hithah annanee.. aeema liyelanee avahah ??❤❤

  11. Yanaa says:
    February 11, 2020 at 3:52 pm

    Varah varah varah reethi❤❤❤❤
    ❤❤❤❤❤❤❤❤❤❤❤❤❤
    maa sha Allah?????????????????????
    waiting for the next part????????????????

  12. Yanaa says:
    February 11, 2020 at 4:35 pm

    Varah varah reethi ❤❤❤❤❤❤
    ❤❤❤❤❤❤❤❤❤❤❤❤❤
    maa sha Allah???????
    ?????????????
    waiting for the next part????????????????

    1. eysh says:
      February 12, 2020 at 8:16 pm

      Thank you so much Yanaa varah ufaavehje mi bai ves kamudhiyaeema.. so sweet.. favryt colors ge hearts.. ??❤ keep waiting for the next part ??❤

  13. Aisha says:
    February 11, 2020 at 11:45 pm

    vvv ves furihama.avas kureveytho balahchey next part

    1. eysh says:
      February 12, 2020 at 8:17 pm

      Thank you so much Aisha. varah ufaavehje mi bai ves kamudhiyaeema.. means a lot.. ??❤ In Sha Allaah balaanan v avahah geneveytho.. keep waiting for the next part ??❤

  14. kesoon says:
    February 12, 2020 at 10:52 am

    Alhamdh lillaahi my favorite writer Esh

    1. eysh says:
      February 12, 2020 at 8:17 pm

      Awww so sweeet.. Thank you so much kesoon. varah ufaavehje??❤

  15. ??tweety?? says:
    February 14, 2020 at 3:09 pm

    when next

    1. eysh says:
      February 14, 2020 at 4:21 pm

      In Sha Allaah today

Comments are closed.

Next Episodeމިނަން ތިހިތުން ފިލުވާލަނީހޭ…13←


All Right Reserved!