Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

މިނަން ތިހިތުން ފިލުވާލަނީހޭ…11

eysh Level 510 Stories100 Comments100 Login500 Comments
February 8, 2020 5 Mins Read
61 Comments

“ދެން ބުނެބަލަ… ކީއްވެތަ މިދޭތެރެއަށް އެ ޒެވިންއެއް ތި ވެއްދީ… އަދި އެވެސް އަހަރެން އެހާ ފޫހިވާ މީހަކު ދޯ ވައްދަން އެނގުނީވެސް… ކީއްވެތަ ރިތިކް ރޯޝަންއޭ ނުބުނީ؟… ނޫނީ މޫރަތް އޭ ބުނިނަމަވެސް…” އަހަރެން މަޖާވެލާފައި ބުނީމެވެ.

“އެކަމެއް ނޭނގެ، ރޭގަވެސް ސައިކަލުމަތީ ތަތްވެލާފަ ތިބިއިރު…” ޝާޔަން ދެން ބުނި އެއްޗަކުން އަހަރެންގެ ތަބީޢަތު ބަދަލުވެއްޖެއެވެ.

********

ދެލޯ ބޮޑުކޮށްގެން އަހަރެން ހުރީ ޝާޔަންގެ މޫނަށް ބަލާށެވެ. އަހަރެމެން ސައިކަލުގައި ތަނަކަށް ދިޔަކަން ޝާޔަންއަށް އެނގުނީ ކިހިނެތް ހެއްޔެވެ؟ އަނެއްކޮޅުން ޝާޔަން ބުނީ އޭނަގެ މަންމަ އާއިއެކު ހޮސްޕިޓަލުގައި އުޅުނު ވާހަކައެވެ.

ބުނެވުނު އެއްޗެއް ރޭކައިލުމުން ކަންނޭނގެއެވެ. ޝާޔަންގެ މޫނުމަތީގެ ކުލަވަރު ބަދަލުވެއްޖެއެވެ. ހާސްކަން ފެންނަމުންދިޔަ އެ މޫނުމަތިން ކަމެއް ސިއްރުކުރާކަން ކަށަވަރުވިއެވެ. ފުރަތަމަ ފަހަރަށް ޝާޔަން އާއިމެދު ހިތުގައި ޝައްކުގެ އޮށެއް އިންދުނެވެ. އޭގައި ކުރިލައިގެން ހެދުމުގެ ކުރިން ވީގޮތް ސާފުކުރަން އަހަރެން ބޭނުންވިއެވެ.

“ކިހިނެތް ޝާޔަންއަށް އެކަން އެނގުނީ؟…” ޝާޔަންގެ އަތުގެ މުލައްދަނޑީގައި ހިފަހައްޓަމުން އަހަރެން ބުނީމެވެ. އަހަރެންގެ އަތް ފޮޅުވާލާފައި، ޝާޔަން އުޅުނީ އެތަނުން ދާށެވެ.

“ޝާޔަން، އަހަރެން ބޭނުމޭ ޖަވާބެއް…” އަހަރެން ވާހަކަދެއްކީ އާދޭހުގެ ރާގަކަށެވެ.

ޝާޔަން އެ ފުރުޞަތެއް ނުދިނެވެ. އަހަރެންގެ ހިތުގައި އެތައް ސުވާލެއް އުފައްދާފައި، އެތަނުން ދިޔައީ އަހަރެން ގޮވަގޮވައި ހުއްޓައި، ބީރު ކަންފަތެއް ދީފައެވެ.

ޝާޔަން ދިޔަތާ މާ ގިނައިރެއްނުވެ، އޭނަގެ މެސެޖެއް ލިބުނެވެ. މަޢާފަށް އެދި ފޮނުވާފައިވާ އެ މެސެޖުގައި އޮފީހުން ވަކިވާން ބޭނުންވާ ކަމަށް ބުނެފައި އޮތެވެ. އަހަރެންގެ ތަބީޢަތު އެއްކޮށް ބަދަލުވިއެވެ. ޝާޔަންއަށް އެހާ ބޮޑު ބަދަލެއް އައި ސަބަބަކާއިމެދު ވިސްނާ ވިސްނައި ސިކުނޑި ސުމަކަށް ދިޔައެވެ. އަހަރެން ތަކުރާރުކޮށް ގުޅުމުންވެސް އެ ފޯނަށް ގުޅޭގޮތެއް ނުވިއެވެ.

އަހަރެން އޮފީހަށް ނުކުތީ ދެދުވަސް ފަހުންނެވެ. ޝާޔަންގެ ކަންތަކާއި، ވިސްނާވިސްނައި އެއްވެސް ކަމެއް ކުރާހިތް ނުވީއެވެ. ޝާޔަންއަށް ގުޅިއަސް، ފޯނެއް ނުނަގައެވެ. އެކަމަކު މެސެޖު ކުރުމުން ބައެއް މެސެޖުތަކަށް ޖަވާބު ފޮނުވައެވެ.

އޮފީހަށް ނުކުތުމުން އެނގުނީ، ވަޒީފާއިން ވަކިވުމަށް ޝާޔަން ސިޓީ ލީކަމެވެ. ސިޓީއަށް ޖަވާބު ތައްޔާރުކުރަން ބުނެފައި އަހަރެން އިނީ ކެބިންގައެވެ. ކިތަންމެ ބޭނުންވިޔަސް، ދާން ހުންނަ މީހަކު ނުހިފޭއްޓޭނެއެވެ. އެއީ އަހަރެން ޤަބޫލުކުރާ ގޮތެވެ. ގޮނޑީގައި ބޯ އަޅާލައިގެން އޮތްއިރު، ޝާޔަން ދެއްކި ކޮންމެ ވާހަކައަކާއިމެދު ވިސްނެމުން ދިޔައެވެ.

ޝާޔަންގެ ވަޒީފާއަށް މީހަކު ހޯދުމަށް އިޢުލާން ކުރެވުނެވެ. އިންޓަވިއު އޮތް ދުވަހު، އަހަންނަށް އޮފީހަށް ދެވޭ ގޮތެއް ނުވިއެވެ. މާ ގަދައަށް ބޮލުގައި ރިއްސާތީ އެދުވަހު ނުވެސް ތެދުވަމެވެ. އެ ހަފްތާ އަހަރެން އެއްގޮތަކަށްވެސް ގެއަކަށް ނުދަމެވެ. މުޅީންހެން އުޅުނީ އޮފީހުގައި އަހަންނަށް ޚާއްސަކުރެވިފައިވާ ކޮޓަރީގައެވެ.

ހަފުތާއެއް ފަހެވެ. އޮފީހަށް ދިޔުމަށް ތައްޔާރުވެލައިގެން އަހަރެން ހުރީ ލިފްޓްގެ އިންތިޒާރުގައެވެ. ހުދުކުލައިގެ އަތްކުރު ގަމީސްކޮޅާއިއެކު ކަޅު ލެގިންސްގައި އަހަރެން ހީވަނީ ތަފާތު މީހެއް ހެންނެވެ. ހުދު އަހަންނަށްވެސް އެ ތަފާތު ފާހަގަ ކުރެވުނެވެ. ގަމީސްކޮޅު އަހަރެންގެ ގައިގައި ރީތިކޮށް ހިފާލާފައި ހުރިގޮތުން އަހަރެންގެ ބައްޓަން ރީތި ހަށިގަނޑު ރީތިކޮށް އެނގެމުން ދިޔައެވެ. އޭގެ ކުރިން އަހަރެން އަބަދުވެސް ލަމުން އައީ ގަޔަށް ދޫކޮށް ހުންނަ ހެދުންތަކެވެ. އެހެން ދުވަސްދުވަހާއި ޚިލާފަށް އިސްތަށިގަނޑުވެސް ފަހަތުން ގެންގޮސް ވޫލުކޮޅަކުން އައްސައިލީމެވެ.

އޮފީސް ބަޔަށް ލިފްޓް ހުއްޓުމާއިއެކު އަހަރެން ނުކުތީމެވެ. ކުރިޔަށް ހިނގައިގަތުމާއިއެކު އިވެމުންދިޔައީ އަހަރެން އަރައިގެން ހުރި ހައި ހީލްސްގެ އަޑެވެ. އެންމެން ތިބީ އަހަންނާއި ދިމާއަށް ބަލަހައްޓައިގެންނެވެ. ހީވަނީ މަޝްހޫރު މީހަކު ފެނުމުން ބަލަހައްޓައިގެން ތިބި ހެންނެވެ. ކައުންޓަރާއި ދިމާއިން ހިނގާފައި އައި ޒެވިންވެސް އަހަރެން ފެނިފައި ހިނދުކޮޅަކަށް މަޑުޖެހިލިއެވެ. އެއަށްފަހު އަހަންނަށްވުރެ ކުރިން ގޮސް ކެބިންއަށް ވަދެއްޖެއެވެ.

ކެބިންގެ ދޮރު ހުޅުވާލުމާއިއެކު އަހަރެން ދިޔައީ ސިއްސައިގެންނެވެ. ހަށިގަނޑު ބެލެންސް ނުކުރެވި އަރި އަޅައިލީ އެތެރެއިން ކޮންމެވެސް މީހަކު ދޮރު ހުޅުވައިލުމުންނެވެ. އަހަންނަށް ދެލޯ މަރާލެވުނެވެ. ތޫލި ހަޅޭކެއްގެ އަޑު ބޭރުވިއެވެ. ވެއްޓެއްދިޔަ ވަގުތު، އެ މީހަކު އަހަރެންގެ އުނަގަނޑުގައި ހިފަހައްޓައިލިކަން އެނގުނެވެ. އަހަރެން ދެލޯ ހުޅުވައިލިއިރު ފެނުނީ ޒުވާން ފިރެހެނެކެވެ. އަހަންނާއި ދިމާއަށް ގުދުވެގެން އޮތްއިރު، އަހަރެން އޮތީ އެ އަތުގެ ބާރުގައެވެ. ދެލޯ ބޮޑުކޮށްގެން އަހަންނާއި ދިމާއަށް ބަލަމުންދިޔަ އެ ޒުވާނާގެ މޫނުމަތިން ފެނުނީ ހައިރާން ކަމެވެ. އަހަންނަށް އޮވެވުނީ އެ މީހެއްގެ މޫނަށް ބަލާށެވެ. ކޮންމެވެސް ތަނަކުން ދިމާވެފައިވާ މީހަކާއި ވައްތަރުވުމުންނެވެ. އެކަމަކު ވިސްނާވިސްނައި ކާކު ކަމެއް ސިކުނޑިއަކަށް ނައެވެ.

ރަސްމީ ހެދުމުގައި އެ ޒުވާނާ ވަރަށްވެސް ފިރެހެންވަންތައެވެ. ބޮލުގެ އިސްތަށިގަނޑުވެސް ސްޓައިލްކޮށްފައިވީ އެންމެ ޒަމާނީ ގޮތަށެވެ. އަހަންނަށް އޮވެވުނީ އެމީހެއްގެ އަތުގެ ބާރުގައިކަން ހަނދާންވުމާއިއެކު، ކުއްލިއަކަށް ތެޅިގަނެފައި ދުރަށްޖެހިލެވުނެވެ. އެވަގުތު ފަހަތުން އައި މީހަކު އަހަރެންގެ އަތުގައި ހިފައި އެމީހަކާއި ދިމާއަށް ދަމައިގަނެފިއެވެ. ހުރިހާ ކަމެއް ހިނގީ ދާދި އަވަހަށެވެ.

އަހަރެން ގޮސް ލައިގަތީ އެމީހެއްގެ ގައިގައެވެ. އަވަހަށް ދުރަށްޖެހިލައިފީމެވެ. އޭރުވެސް އެމީހަކު ހުރީ އަހަރެންގެ އަތުގައި ބާރަށް ހިފަހައްޓައިގެންނެވެ. އެމީހަކީ ޒެވިންއެވެ. ޒެވިންގެ އަތުން ފެށިގެން މޫނާއި ހަމައަށް އަހަރެންގެ ނަޒަރު ހުއްޓުނެވެ. އެއާއިއެކު ދެބުމަ ގޮށްޖަހައިލެވިއްޖެއެވެ. އަތް ދަމައިގަންނަން އުޅެއުޅެ، ޒެވިން އެ ފުރުޞަތެއް ނުދިނެވެ.

ޒެވިންގެ މޫނުމަތިން ފެންނަމުންދިޔައީ ހަރުކަށިކަމެވެ. އަހަރެންގެ ދެލޮލަށް ނަޒަރު ހުއްޓާލައިގެން ހުރިގޮތުން، ކަމަކާއި ފުންކޮށް ވިސްނަމުން ދިޔަކަން އެނގުނެވެ. އެ މޫނުމަތިން ފެނުނު ޢަޞަރުތައް ތަރުޖަމާކުރާކަށް ނޭނގުނެވެ. ޒެވިންގެ ނަޒަރު އަހަރެންގެ މޫނުން ކައިރީގައި ހުރި ޒުވާނާއަށް ހުއްޓުނުތަން ފެނިފައި އަހަރެން އެދިމާއަށް ބަލައިލީމެވެ. ވީގޮތް ސާފުވީ ދެނެވެ. ޒެވިންގެ ތަބީޢަތު ބަދަލުވެފައިވަނީ އެ ޒުވާނާގެ ސަބަބުންނެވެ.

މަޑު ނޫކުލައިގެ އަތްދިގު ގަމީހަކާއިއެކު ގަދަ ނޫކުލައިގެ ޓައީގައި އެޒުވާނާ ފެންނަލެއް ހިތްގައިމެވެ. ފެންނަ ފެނުމަށް ޖެހިލުންކުޑަ ގޮތެއް ހުއްޓެވެ. އެޒުވާނާ ހުރީ ކަޅިޖަހައިވެސްނުލައި އަހަރެންގެ މޫނަށް ބަލާށެވެ. އެ ތުންފަތްމަތީގައިވީ ލުއި ހިނިތުންވުމެކެވެ. ހީވާގޮތުން އަހަންނަކީ ކާކުކަން އޭނައަށް އެނގޭ ކަހަލައެވެ.

“އޭ ޔޫ… މީ އަމިއްލަ ގެއެއް ނޫން އިނގޭ… މިތަނަށް ވަދެ ނުކުމެ ހަދަންވާނީ ތަންކޮޅެއް ބަލާލައިގެން… ނޭނގޭތަ ތަނުގެ ބޮޑެތި މީހުންނަށް ޕްރައިވެސީ ބޭނުންވާ ކަމެއް؟… ނުކުންނަންވެސް ބުނަންތަ ޖެހޭނީ؟…”

ޒެވިންގެ އަޑުގައި ހިތްހަމަނުޖެހުމުގެ އަޞަރުވިއެވެ. ކެބިންއިން ނުކުމެވެން ހުރި ދޮރާއި ދިމާއަށް އިނގިލި ދިއްކޮށްލިގޮތުންވެސް އެކަން އެނގުނެވެ. އެހެން މީހަކަށް ވާހަކަ ދައްކާނޭ ފުރުޞަތެއް ޒެވިންއެއް ނުދިނެވެ. ހީވަނީ ވީގޮތްވެސް އޮޅުންފިލުވަން ބޭނުން ނުވާހެންނެވެ. އަހަންނަށް ދޫކޮށްލެވުނީ ފުން ނޭވާއެކެވެ. އެ ޒުވާނާގެ މޫނުން ނަޒަރުވަކިކޮށްލުމަށްފަހު، ސީލިންގަށް ނަޒަރު ހުއްޓާލީމެވެ. އަހަރެން ކެތްކޮށްގެން ހުރީ އެ ޒުވާނާ ކެބިންއިން ބޭރަށް ނުކުންނަންދެނެވެ. ޒެވިންގެ އަތް ފޮޅުވާލާފައި ދުރަށްޖެހުނީމެވެ.

“ހައު ޑެއަރ ޔޫ ޓަޗް މީ…” ޒެވިން ކަންތައް ކުރިގޮތުން އަހަރެން ހުރީ ހިތްހަމަނުޖެހިފައެވެ.

“ވަޓް؟…” ޒެވިން ކުރިޔަށް ޖެހިލިއެވެ. އަހަންނާއި ދިމާއަށް ބަލައިލިގޮތުން އޭނަގެ އެއްވެސް މައްސަލައެއް އެކަމުގައި އޮތްކަން ޤަބޫލުނުކުރާ ކަހަލައެވެ.

“އާރްރްރް…” އަހަރެން ބޮޑަށް ހިތްހަމަނުޖެހުނީ އެހުރިހާ ކަމަކަށްފަހު، ޒެވިން ވީގޮތްވެސް އެނގޭކަމަށް ހަދައިނުލީމައެވެ. ރުޅިއައިސްގެން ދެކޮޅަށް ހިނގަހިނގާފައި އައިސް ޒެވިންގެ ކުރިމަތީގައި ހުއްޓުނީމެވެ.

“ބުނި އެއްޗެއް އަޑު ނީވުނީތަ ތި އެހީ؟… މިބުނީ ކީއްކުރަންހޭ ގައިގައި އަތްލީ؟…” އަހަރެން ހަށަމް ބަނދެލީމެވެ.

“އަހަރެން އަތްލީމަތަ މައްސަލައަކަށް ވަނީ؟…” ޒެވިން އަނެއްކާވެސް ކުރިއަށް ޖެހިލިއެވެ. މިފަހަރު އަހަންނާއި ކުރިޔަށްވުރެވެސް ބޮޑަށް ގާތަށެވެ. އަހަރެން ވަގުތުން ފަހަތަށް ޖެހިލީމެވެ.

އެހެންމީހުން އޯކޭދޯ އަތްލިޔަސް؟…” ޒެވިން ހިތްހަމަނުޖެހިފައި ބުންޏެވެ.

“ޝަޓަޕް…” އަހަރެން ހިނގައިގަތީ ގޮނޑިއާއި ދިމާއަށެވެ.

ޒެވިން އަހަރެންގެ އަތުގައި ހިފައި ދަމައިގަތެވެ. އަހަރެން އައިސް ތަތްވީ އެ މޭގައެވެ. ވަގުތުން އެ މޭގައި އަތް އަޅައި ދުރަށް ކޮއްޕައިލީމެވެ.

“ބިހޭވް…”

ޒެވިން އާއި ދިމާއަށް ޝަހާދަތް އިނގިލި ދިއްކޮށްފައި އަހަރެން ދިނީ އިންޒާރެކެވެ. ދެބުމަ ގޮށްޖަހާލައިގެން ހުރިއިރު، ދަތްތަކަށް ބާރުވަމުން ދިޔައެވެ. ކޮޅަށް ހުރުމަށްވެސް ދަތިވިއެވެ. އެންމެފަހުން ގޮސް ގޮނޑީގައި އިށީނީމެވެ. ފަހަތުން ޒެވިން އައިސް އަހަރެންގެ ކުރިމަތީގައި ހުއްޓުނެވެ. މޭޒުގައި ދެއަތްތިލަ ވިއްދާލާފައި، އަހަންނާއި ދިމާއަށް ގުދުވިއެވެ.

“ކޮންމެތަނަކަށްވެސް ވެއްޓިގަންނަންދޯ އެނގެނީ؟… ތަންކޮޅެއް ބަލާލައިގެން އުޅެބަލަ… ކޮންމެ ފިރެހެނެއް އަހަރެން ހެނެއް ނުވާނެ… ޚާއްސަކޮށް ފިރެހެނުންގެ ކުރިމަތީ އެބަޖެހޭ ބަލައިގެން އުޅެން…” ޒެވިން ވާހަކަ ދެއްކިލެއް ބާރުކަމުން އަހަންނަށް އިނދެވުނީ ބޮލަށް އުނދަގޫވެފައެވެ.

އެތައް އިރަކު އެތަނުގައި ހުރެފައި ޒެވިން ދިޔައީ އަހަރެން ބަލައިވެސް ނުލުމުންނެވެ. މޭޒުމަތީގައި ބޯއަޅައިގެން އޮތްއިރު، ޒެވިން އެއްޗެކޭ ކީއަޑުވެސް އިވޭކަމަކަށް ހަދައިނުލަމެވެ. ޒެވިން ދިޔުމުން އަހަންނަށް ދޫކޮށްލެވުނީ ފުން ނޭވާއެކެވެ. ގޮނޑީގައި ބޯއަޅާލާފައި ދެލޯ މަރާލީމެވެ. އަހަންނަށް ވިސްނެމުންދިޔައީ ޒެވިންއަށް އެވީ ގޮތަކާއި މެދުގައެވެ. ސިކުނޑި ސުމަކަށްދާން ކައިރިވެފައިވަނިކޮށް، ކޮންމެވެސް މީހަކު ދޮރުގައި ޓަކިޖަހާލާފައި، ދޮރު ހުޅުވާލި އަޑު އިވުނެވެ. އެމީހަކު އެތެރެއަށް ވަނުމުގެ ކުރިން ދެލޯ ހުޅުވައިލީމެވެ. މީހާ ހަމައަކަށް އެޅުނީ ފުލުފުލުގައި ދެތިން ނޭވާއެއް ބޭރުކޮށްލެވުމުންނެވެ.

ދޮރުމަތީގައި ހުރީ އޭގެ އިރުކޮޅެއް ކުރިން ކެބިންއިން ދިމާވި ޒުވާނާއެވެ. ބޮލުގެ އިޝާރާތުން އެތެރެއަށް ވަނުމުގެ ހުއްދަ ދިނީމެވެ.

“ހާއި… ނިޔާލް… ޔުއަރ ސެކްރެޓަރީ…” ސަލާމަށް އަތްދިއްކޮށްލަމުން އެޒުވާނާ ހިނިތުންވެލިއެވެ.

ފިރެހެނުންނާއި އަތާއި އަތްޖޯޑުކޮށް ސަލާން ކުރުމަކީ އަހަރެން ކޮށްއުޅުނު ކަމެއް ނޫނެވެ. އެޒުވާނާގެ އަތަށް ބަލަހައްޓައިގެން އަހަރެން އިރުކޮޅަކު އިނީމެވެ. ސަލާމަށް ޖަވާބުދީފައި ކުރިމަތީގައި ހުރި ގޮނޑީގައި އިށީނުމަށް އެދުނީމެވެ. އެޒުވާނާ ރަކިގޮތަކަށް ހިނިތުންވެލާފައި، ސަލާމަށް ދިއްކޮށްލާފައިވާ އަތް ތިރިކޮށްލިއެވެ. އެއަށްފަހު ގޮނޑީގައި އިށީނެވެ.

“ދެންމެ ވީކަންތަކަށް މަޢާފަށް އެދެންޖެހޭނީ ކާކުކަމެއް ނޭނގޭ… ގަސްދުގައި ކުރިކަމެއް ނޫން… އެކަމަކުވެސް ސޮރީ…” ޒުވާނާ އިނީ ހިނިތުންވެލައިގެންނެވެ.

“އެންމެ ރަނގަޅުތަ އެހާ ފޯމަލްކޮށް ވާހަކަ ނުދެއްކިޔަސް… ލަޔާ ކުރިމަތީގައި އެހާ ފޯމަލްކޮށް ވާހަކަ ދައްކަން އަހަންނަށް ވަރަށް އުނދަގޫ… އަނެއްކާ ކުރިޔާ މިހާރާ އެޓިޓިއުޑް ހަމަ ސޭމް…”

ނިޔާލް ވާހަކަ ދެއްކީ ލުއި ހިނގަނޑެއް ޖަހާލަމުންނެވެ. ވާހަކަ ދެއްކިލެއް ގާތްކަމުން އަހަރެން އިނީ ހައިރާންވެގެން ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. “ލަޔާ” އެ ނަމަކީ އަހަންނަށް އާނަމެއް ނޫނެވެ. އެއީ މާޒީގެ އެތައް ހަނދާނަކާއި ގުޅިފައިވާ ނަމެކެވެ. އެއްޗެއް ހަނދާންކުރާ ފަދައިން އެ ޒުވާނާގެ މޫނަށް އަހަންނަށް ބަލަން އިނދެވުނީ އެހެންވެއެވެ.

“ކަމްއޯން… މިހާރު މީ ކާކުކަން ދެން އެނގެންވެއްޖެ އިނގޭ… ބޭބީ މަންކީ…”

ނިޔާލް ބުނި އެއްޗަކުން އަހަރެންގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ފުންމައިގެން ގޮނޑިން ތެދުވެވުނު ގޮތްވެސް ނޭނގުނެވެ.

“ޔޫ، ގޮރިއްލާ؟…”

ސްކޫލު ދުވަސްވަރުގެ ހަނދާންތައް އާވުމާއިއެކު އަހަންނަށް ސުވާލުކޮށްލެވުނެވެ. ނިޔާލް ބޯޖަހާލިއެވެ. އެއާއިއެކު، އަހަންނަށް ދަތްތަކަށް ބާރުކޮށްލެވުނީ އެދުވަސްތަކުގެ ހަނދާންތައް އާވުމުންނެވެ.

ނިޔާލް އަކީ އަހަންނާއި އެއް ކުލާހެއްގައި ކިޔެވި ކުއްޖެކެވެ. ގްރޭޑް ފަހަކުން ފެށިގެން ނިޔާލްގެ ދިރިއުޅުން ރާއްޖެއިން ބޭރަށް ބަދަލު ކުރަންދެނެވެ. ސްކޫލުގައި އަހަރެމެން ދެމީހުންނަކީ ދެ ހަތުރުންނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ކުރާ ކޮންމެ ކަމެއް ކުރާނީ އެކަކު އަނެކަކާއި ވާދައަށެވެ. ދެމީހުންވެސް އެކަކު އަނެކަކަށް މުޚާތަބުކުރާނީ އެ މީހަކު އެންމެ ނުރުހޭ ނަމަކުންނެވެ. އެކި ފަހަރު އެކި ނަމުންނެވެ. ދެމީހުންގެ ނަތީޖާވެސް ދާދި އެއްވަރެވެ. އަބަދުވެސް ދެތިން މާކުހެއް ކުރީގައި އުޅޭނީ އަހަންނެވެ. އެއީވެސް ނިޔާލް އަހަރެންދެކެ އިތުރަށް ރުޅި އަންނަ ސަބަބެކެވެ.

“ކީއްކުރަން މިތަނަށް ތިއައީ؟… އަހަރެންގެ ކިބައިން ބަދަލުހިފަންތަ؟…” ގޮނޑީގައި އިށީންނަމުން އަހަރެން ސުވާލުކޮށްލީމެވެ.

“އަހަރެން ހީވެސް ނުކުރަން މަންކީ އާއި ދިމާވެދާނެ ކަމަކަށްވެސް… އޭރު އެހާ ޗަބީކޮށް ހުރި މަންކީ، މިހާރު ހާދަ ލޫޅާފައްޗޭ… މިހާރު ލަދުވެސްގަނޭ މަންކީ ކިޔަން… ހެހެހެ… އާޚްޚް… އެދުވަސްތައް ހަނދާންކޮށްލީމަ ހިތަށް މިއޮއްވާ ގޮތެއް ދޯ…” ނިޔާލް ދެއްކީ މުޅީން އެހެން ވާހަކައެކެވެ. މޭގައި އަތް ޖައްސައި، ދެލޯ މަރާލައިގެން އިންގޮތުން ހީވަނީ އެ ދުވަސްތައް ހިތަށް ސިފަކޮށްލަމުން ބުނެލި ހެންނެވެ.

“ކޮންގޮތެއް ވަނީ؟…” ޒެވިންގެ ބާރު އަޑު އިވުމުން އަހަރެން ދިޔައީ ސިއްސައިގެންނެވެ. ދޮރާއި ދިމާއަށް ދެމީހުންނަށްވެސް ބަލައިލެވުނީ އެކުއެކީގައެވެ.

ކެބިންގެ ދޮރު ހުޅުވާލައިގެން ޒެވިން ހުއްޓެވެ. އެ ނަޒަރު ހުއްޓިފައިވީ އަހަންނަށެވެ. ދެބުމަ ގޮށްޖަހާލައިގެން ހުރިގޮތުން އަހަރެން އިނީ ޖެހިލުންވާގޮތްވެފައެވެ. އަހަރެން ބަލައިލުމާއިއެކު، ޒެވިން އެތެރެއަށް ވަނެވެ. ހިނގަމުން ދިޔައިރުވެސް، އެ ނަޒަރު އަހަންނާއި ވަކި ނުވެއެވެ. ޒެވިން އައިގޮތަށް އައިސް، އަހަރެން އިން ގޮނޑީގެ ފުރޮޅުގައި ފައި ޖައްސައިލިއެވެ. އެއަށްފަހު އަހަރެންގެ އަތުގައި ހިފައި ދަމައިގަނެފައި، ފަޔަށް ބާރުލައި، ގޮނޑި ދުރަށް ކޮއްޕައިލިއެވެ. ގޮނޑި އެދިޔަ ބާރުމިނުގައި ގޮސް ފާރުގައި ޖެހިފައި އިވުނީ ބާރު އަޑުފައްގަނޑެއްގެ އަޑެވެ. އަހަންނަށް ދެލޯ މަރައި ބާރުކޮށްލެވުނެވެ.

(ނުނިމޭ)

Share Article

Follow Me Written By

eysh

Level 510 Stories100 Comments100 Login500 Comments

Writing story is one of my hobby. It's something fun to do that makes me happy. Dream is to become a successful story writer In Sha Allaah ❤ I love reading comments. My Finished stories; Keh kuraanan unmeedhugaa, Loabi vevumun, Nudhaaney thiya handhaan filaa, Case number 1, Umurah thiya loabeegaa, Badhalu, E handhaan foheveytho beliyas, Vakive nudhanees, Fohevigen nudhaaney, Fevifaa thinanvey mihithugaa, Mee mihithuge shakuvaa ey, Nethi gellunee hayaathey Vaudhu veemey Kafun vevifaa On going stories; Mi nan thihithun filuvaalaneehey, Ufaleh netheehe dhuniyeyn Inthihaa ah loabiveemey Story books (to be published); Sheen Fb page: Eysh stories Email: [email protected]

Other Articles

Previous

ހީވޭ ހިތް ބުނާހެން 5

Next

ކާމިޔާބު 4 (ހަތަރުވަނަބައި)

Next
February 8, 2020

ކާމިޔާބު 4 (ހަތަރުވަނަބައި)

Previews
February 6, 2020

ހީވޭ ހިތް ބުނާހެން 5

61 Comments!

  1. shaai says:
    February 8, 2020 at 2:47 pm

    oooops
    1st dhw ?

    1. eysh says:
      February 8, 2020 at 2:50 pm

      Yess dear first ?❤?

  2. Sheen Shiru says:
    February 8, 2020 at 2:51 pm

    Yeyyy mifaharu ves i got 1st..?

    1. eysh says:
      February 8, 2020 at 4:15 pm

      Second ehnu dear ?❤

  3. shaai says:
    February 8, 2020 at 2:57 pm

    vvvvvvvv rythi ..?.
    shaayan ah kihineh evi?

    1. eysh says:
      February 8, 2020 at 4:15 pm

      Thank u so much shaai ?❤ shaayan ah v gotheh balamaa dho ?

  4. Choppi says:
    February 8, 2020 at 3:31 pm

    I think shaayan Kan neyge accident kuruvy.
    Story is beautiful

    1. eysh says:
      February 8, 2020 at 4:16 pm

      Thank u so much Choppi ?❤ hingaa dho balamaa vaagotheh ?

    2. Kiuntheriyaa says:
      February 8, 2020 at 4:29 pm

      story nuvaane beautiful eh nice vaanee

  5. eysh says:
    February 8, 2020 at 4:18 pm

    Salaam All.
    11 vana baives kamudhaane kamah unmeedhukuran. Kiyaalaafa cmnt eh kohladhehchey.. ?

  6. Yanaa says:
    February 8, 2020 at 4:19 pm

    Varah varah reethi.❤❤❤
    maa sha Allah??????
    waiting for the next part❤?❤

    1. eysh says:
      February 8, 2020 at 7:45 pm

      Thank u so much Yanaa ?❤❤ varah ufaavehje mi part ves kamudhiyaeema ? keep waiting for the next ?❤

  7. Aru says:
    February 8, 2020 at 4:57 pm

    Wow… It is so beautiful…. Masha Allah… But Haadha kurey…. Waiting for next part….. ❤❤??

    1. eysh says:
      February 8, 2020 at 7:47 pm

      Thank u so much Aru ?❤❤ varah ufaavehje mi baives kamudhiyaeema.. keep waiting for the next part ❤

  8. Rainstorm says:
    February 8, 2020 at 6:20 pm

    eysh ge kuriige stiry ‘ keiy kuraanan ummeedhugaa ‘ e song ge name bunedhyba… btw mi story vx aneh story vx vrh riithi… adhi vrh faahaga kohlevey thankolheh bunan tha… eyshge hurihaa story he ga vx RIVAAN ulhey kan… hehe.. i ah vx vrh riithi nameh eii

    1. eysh says:
      February 8, 2020 at 7:58 pm

      Eysh mihaaru handhaaneh neh dear.. v gina dhuvas vehje ehnu.. that was my first story.. ?
      Thank u so much Rainstorm.. varah ufaavehje 2 story ves kamudhiyaeema.. ❤?❤huriha story ga ulheytha Rivaan dear.. but v similar names hunnaane like ravaan, Raain, rivaan, rain.. raa in feshey names hama reethivanee kanneyge.. hehe ❤❤

  9. magnumm says:
    February 8, 2020 at 6:30 pm

    Comment nukoh nuhureveyne dhen…..ahaha???….btw vrh vrh vrh rythi mi part vx ngeyy…hama Speechless….n I like livya ge character so much cuz magnumm ge ulhumaa vrh vahtharu vyma…ehehe???Sis eyhh….avahah upkohlaathi…will be playing tha quitar till u upload next parttt???lav ya

    1. eysh says:
      February 8, 2020 at 8:04 pm

      Aww thats v sweet.. cmnt kohleema v ufaavehje.. thank u so much Magnumm.. varah ufaavehje mi baives kamudhiyaeema.. ?❤❤ asluvestha.. so magnum ah contact kohlanvee dho ithuru info hoadhaalan.. story liyaairu idea hoadhaalan mibunee. ? In Sha Allaah try kuraanan avahah upkureveytho.. Aww.. u r so talented Maasha Allaah.. ??❤

    2. magunumm says:
      February 8, 2020 at 9:03 pm

      alhe sis vx dwww???heheh….ekm vx vrh ufaavejje contact kohlanvyy dw ey bunyma..n i did msged u through hangouts…adhi vx kohlaanan ngey….sis reply dhehche handhainkoh….n u said I am talented ey tha….hahah…assuga sis dw ehme talent ee???mi loabi loabi vhk genesdheny vx ehaa habu koh viyya….hehe…btw dhen next part in dhimaa vaan vrne dw…m going now….tc sissyyyy??

      Mysweetwriter#
      urbigfanmagnumm#

    3. eysh says:
      February 10, 2020 at 10:21 am

      Ohh Eysh Hangout use nukuran dear.. ehenve msg kohliyas neyngeyne ehnu.. Eysh gaboolkuraa gothuga guitar kulhen engeynee v talented kudhinnah.. ?? btw varah ufaavehje story ehaa kamudhaa vaahaka bunelaafa in gothun.. u r so sweeet.. varah ufaavehje mi cmnt kiyaalaafa ves.. specially the last 2 lines.. means a lot magnoo ?❤❤❤

  10. magnumm says:
    February 8, 2020 at 6:31 pm

    ?n u addu dw

    1. eysh says:
      February 8, 2020 at 7:59 pm

      No dear ?

  11. ♡Maiii♡ says:
    February 8, 2020 at 6:31 pm

    Wow????????????? varah varah reethi mi bai vx❤… maasha allah???… favourite story thakuga himeney eh story mee??.. abadhuvx hunnanee up veythw bala balaa. When next??? Waiting ingey??

    1. eysh says:
      February 8, 2020 at 7:52 pm

      Awwww ? so sweet.. Thank u so much Maii ?❤❤ varah ufaavehje cmnt kiyaalaafa.. means a lot.. next part In Sha Allaah v enme avahakah genesdheynan ingey.. keep waiting ?❤

  12. Zaee says:
    February 8, 2020 at 7:01 pm

    V kuru. Ehaa ginaduvas kohfa up kurasiru. Vaahaka v salhi.

    1. eysh says:
      February 8, 2020 at 7:54 pm

      Thank u so much dear ?❤❤ varah ufaavehje story kamudhiyaeema ? avahah genesdheveytho masakkai kuraanan In Sha Allaah ❤

    2. eysh says:
      February 8, 2020 at 8:18 pm

      Zaee dear mi week 3 parts genesdhevifa ebain.. ithuru story ehves fenvaru.com ga genesdhemun dhaathee konme dhuvahaku part eh gennan v undhagoovaane eysh ah.. ekamves balaanan ingey v enme avahakah genesdheveytho.. keep waiting for the next part.. thank u so much dear. ??❤❤

  13. Lamko says:
    February 8, 2020 at 7:17 pm

    Alheyy shaayan ah kihineh evii anehkkaa ehkala thanah laari hifaagen dhaan ebunii shaayan tha…. Eysh mi part hama best ingey❤️❤️❤️??☺️☺️vvv reethi….. Wating for the part….. Ly❤️❤️????

    1. eysh says:
      February 8, 2020 at 7:49 pm

      Shaayan ah v gotheh hingaa dho balamaa.. shaayan kameh eba sirry kurey.. hingaa hoadhamaa dho ekameh.. Thank u so much Lamko ?❤❤ varah ufaavehje mi baives kamudhiyaeema.. keep waiting for the next part ?❤

  14. Kylie says:
    February 8, 2020 at 9:11 pm

    Maasha allah v reethi nd Speechless?????!!!xevin eii Ravaan kan mihaaru yageen vejje????…….Curiously Waiting fr nxt??????……. LYSM sissyyy?????…….. …. U r my favorite author..☺️☺️☺️….

    1. eysh says:
      February 10, 2020 at 10:24 am

      Aww thank u so much Kylie ?❤ varah ufaavehje mi part ves kamudhiyaeema ingey.. zevin dho.. varah secrets gina dho.. hingaa balamaa vaagotheh.. thibunigothah vumakeeves hama vedhaane gotheh.. ly2 kylie.. Awwww so happy to know that dear.. means a lot.. and kylie akee ves Eysh ge favorite reader eh ?❤❤

  15. Quiiin? says:
    February 8, 2020 at 9:52 pm

    މާޝާﷲ ވަރަށް ފުރިހަމަަ
    އޭޝްގެ ސިފަ ކުރުންތައް ވަރަށް ރީތި އިނގޭ
    މާޝާﷲ?
    ދެން އޮތް ބަޔަށް އިންތިޒާރު ކުރަން?

    1. eysh says:
      February 10, 2020 at 10:27 am

      Hi Quiin ?
      Thank u so much for the sweet cmnt dear.. varah varah ufaavehje mi cmnt kiyaalaafa.. keep waiting for the next part.. ?❤❤

  16. Aby says:
    February 8, 2020 at 10:01 pm

    Varah reethi ?? when next part?? Curiously waiting …. ❤

    1. eysh says:
      February 10, 2020 at 10:28 am

      Thank u so much Aby.. varah ufaavehje story kamudhiyaeema.. next part In Sha Allaah avahah genesdheveytho balaanan ingey.. keep waiting ?❤❤

  17. ?Neha? says:
    February 8, 2020 at 10:46 pm

    Omg Sissy its so nic??e… Omg Omg just Speech less.??.. Nothing more to say..?? It’s Hama hahbu .. siss Hadha molhey Masha Allah..??????????????? Mihiry Hama angain soni vehtey varu vefa.. After along time neha ge loabi loabi siss aa mi dhimaa v.. Ingeh tha I Miss you so much Sissy.. Aslu siss ge vaahaka thah kiyan But Hama busy kamun comment nukureveny.. I’m sorry for that.. But meege Fahun Hurihaa part thakakah vec Comment kuraanan.. Insha Allah.. Sissy dnt feel bad Ingeh… Ly Sissy… ❤️❤️??whn next Curiously waiting… Ingeh… Avas koh dhehchey… Ekm siss ah vanyaa… Luv yuh ??????tc
    ?MY FAV WRITER?
    ❤️❤️LOABI LAOBI EYSH SIS ❤️❤️

    1. eysh says:
      February 10, 2020 at 10:34 am

      Nehaaaa konthaaku ulhelaafa thi aee dear.. missed u ?❤
      Varah ufaavehje story ehaa bodah kamudhiyaeema.. thank u so much dear.. yess v dhuvas fahun Neha ge cmnt eh kiyaalan mi libunee.. v ufaavehje cmnt eh libuneema and gavaidhun story kiyaalaa kan enguneema.. Awww varah varah ufaavejje cmnt kohlaane vaahaka buneema.. In Sha Allaah balaanan v avahah genesdheveytho.. keep waiting.. and fahu 2 lines kiyaalaafa varah varah bodah ufaavehje.. once again thank you so much ?❤❤

  18. ވާުހަކަ ކިޔާާ ކުއްޖާ says:
    February 9, 2020 at 6:42 am

    މި ބައި ވަރަށް ކުރު

    1. eysh says:
      February 10, 2020 at 10:36 am

      V masakkaiy kuraanan next part dhigukoh geneveytho ?❤

  19. Aisha says:
    February 9, 2020 at 7:47 am

    haadha reehchey.. ??❤♥️ …”naadhan”aee eyseh ge vaahaka eh tha?

    1. eysh says:
      February 10, 2020 at 10:37 am

      Awww thank u so much Aisha ?❤❤ varah ufaavehje kamudhiyaeema.. noon dear. Eiee Eysh ge story eh noon ?

  20. lily says:
    February 9, 2020 at 8:16 am

    mee varah loabi loabi vaahakaeh. hithah araa konme dhuvahakuves mi story kiyaalan libeyne namaey.
    you’re soo good .keep up your good work.

    1. eysh says:
      February 10, 2020 at 10:40 am

      Awww so sweet ? konme dhuvahaku genesdheyn v beynunvehje mihaa sweet koh bunelaafa ineema.. ekam aslu vaagothakee ehaa varakah time eh nulibey story liyan innaakah kankan hunna gothun.. ekam ves balaanan varah avahah anehbai genesdheveytho ingey.. keep waiting and thank yooooooou so much dear ??❤❤

  21. ބިޝާ says:
    February 9, 2020 at 8:17 am

    މާޝާ ﷲ ހާދަހާ ރީއްޗޭ އަވަހަށް އަނެއްބައި ގެނެސްދެއްޗޭ ޕްލީޒް

    1. eysh says:
      February 10, 2020 at 10:42 am

      Tank u so much dear.. varah ufaavehje.. In Sha Allaah avahah genesdheveytho v masakkaiy kuraanan keep waiting ??❤

  22. Quiiin? says:
    February 9, 2020 at 1:32 pm

    Ma sha allah eysh ge mi vhk vrh vrh vrh rythi
    Curiously waiting fr nxt part?

    1. eysh says:
      February 10, 2020 at 10:44 am

      Awww thank u so much quiin ?❤❤ varah ufaavehje story kamudhiyaeema.. keep waiting for the next part ?❤

  23. Pari says:
    February 9, 2020 at 1:54 pm

    Nice story ???

    1. eysh says:
      February 10, 2020 at 10:44 am

      Thank u so much pari ?❤❤ varah ufaavehje ingey story kamudhiyaeema.. keep waiting for the next part ?❤

  24. ... says:
    February 9, 2020 at 1:57 pm

    hey eysh. Eysh ah innaane hangout in msg eh koffa. Balaaba invitation?

    1. eysh says:
      February 10, 2020 at 10:47 am

      Hi dear.. Eysh hangout use nukuran adhi ❤

  25. rimerz says:
    February 9, 2020 at 2:44 pm

    vrh salhi… hurihaa part thakeh vx kiyaafin… anebbayah vrh inthizaar kurevey.. nice story EYSH..

    1. eysh says:
      February 10, 2020 at 10:50 am

      Aww thank u so much.. ?❤ varah ufaavehje hurihaa part ehves kamudhiyakan enguneema.. ?❤ means a lot.. In Sha Allaah next part avahah genesdheveytho masakkai kuraanan.. ❤❤

  26. no username says:
    February 9, 2020 at 5:35 pm

    oooooooooooooooooooh nooooooooo.. ehaa rulhi annanakah nuvaane kalo zevin kolaa..jelous nuvebe dhw…haha…varah reethi ,mi part vx eneg eysh

    1. eysh says:
      February 10, 2020 at 10:52 am

      Hehe asluves ehaa rulhi annaakah nuvaane.. thank u so much dear.. ?❤ varah ufaavehje mi part ves kamudhiyakan enguneema ingey.. ❤❤

  27. ? says:
    February 10, 2020 at 2:09 pm

    Hangouts use kohba plx plx

    1. eysh says:
      February 12, 2020 at 8:18 pm

      In sha Allaah oneday ?❤

  28. Sheen says:
    February 10, 2020 at 3:09 pm

    Wowwww ? ? ? ? ? ? ? ? ?, vvvv reethi mi part ves. Hama neyvaa hifahattaalaigen innan jehunee. Dhen vaanee kihinehbaa ey hithah ara araa. ???????❤️???❤️???????❤️??????❤️??????❤️??????❤️??????❤️??????❤️??????❤️??????❤️? Vvvv interesting. Kiyaalaairu hama heevanee manzaru lolah fennahen. Ehaaves sifakohdhinun molhuvefa furihama. ????????????????????????????????????????????????? Alhey yageen e shaayan gandu reyvumakun fonuvi meehehkan ae.. Waiting for the next part ?????❤️❤️❤️❤️❤️❤️❤️??????????????????????????????????????????

    1. eysh says:
      February 12, 2020 at 8:19 pm

      Awww thank u so much dear.. varah ufaavehje story kamudhiyaeema ❤❤?❤

  29. ލަމް says:
    February 10, 2020 at 4:46 pm

    މާޝާﷲ. ވަރަށް ފުރިހަމައެވެ. ހަމަ ސޮނިވެއްޓޭހާވެއެވެ. އެހާވެސް އަސަރު އެބަހުއްޓެވެ. ޝައުޤުވެރިކަން އިންތިހާއެވެ. ކޮންމެ ޖުމުލައެއްވެސް ހަމަ އެހާ ރީތިވެފަ ފަށުވިއެވެ. ސިފަކޮށްދިނުން އެއްވަނައެވެ.. ކުރިއަށް އޮތް ބަޔަށް އިންތިޒާރު ކުރަމުން މި ވަގުތަށް ވަކިވެލަމެވެ.. ވަރަށް ސަލާމެވެ……..

    1. eysh says:
      February 12, 2020 at 8:20 pm

      Awwww Thank u so much dear.. varah ufaavehje mi baives kamudhiyaeema.. means a lot. ??❤❤❤

Comments are closed.


All Right Reserved!