Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

މިނަން ތިހިތުން ފިލުވާލަނީހޭ…10

eysh Level 510 Stories100 Comments100 Login500 Comments
February 3, 2020 5 Mins Read
41 Comments

“ވަރަށް ލަސްވެއްޖެ… ޒެވިން ދެން ދާންވީނު…” އަތުގައި އޮތް ގަޑިއަށް ބަލައިލަމުން ބުނީމެވެ.

“އޯކޭ… އަންނާނަން އެންމެން ކައިރީ ދާ ވާހަކަ ބުނެލާފަ…”

ޒެވިން އުޅުނީ ގޭތެރެއަށް ވަންނާށެވެ. އެހާ އަވަހަށް ޒެވިން ފޮނުވައިލަން މަންމަމެން ބޭނުން ނުވާނެކަން އަހަންނަށް އެނގެއެވެ. އަނގައިން ބަހެއް ބޭރުކޮށްލެވުމުގެ ކުރީން އިސްކުރެވުނީ އަތެވެ. ކުރެވުނީ ކިހާ ވަރެއްގެ ކަމެއް ކަން އެނގުނުއިރު، ޒެވިންގެ އަތުގައި ހިފައިލެވިއްޖެއެވެ.

********

ޒެވިން އޭނާގެ އަތަށް ބަލައިލުމުގެ ކުރިން އަހަރެން އެ އަތުން ދޫކޮށްލައިފީމެވެ. ނޫންކަމަށް ހަދާލާފައި ކަރު ކެހިލީމެވެ.

“ނުބުންޏަސް ރަނގަޅުވާނެ… އަހަރެން ގޮސް ބުނެލަފާނަން ގޮއްސިއޭ…” ޒެވިން އަހަންނާއި ދިމާއަށް ބަލަހައްޓައިގެން ހުންނަން ފެށުމުން އަހަރެން ބުނީމެވެ.

“އޯކޭ އެހެންވިއްޔާ…” ފުން ނޭވާއެއް ދޫކޮށްލާފައި ޒެވިން ބުންޏެވެ. ޒެވިން ހުރީ ދާހިތުން ނޫންކަން އެ މޫނުމަތީގެ ޢަޞަރުތަކުން އެނގުނެވެ.

“ކޮންކަމަކާ އޯކޭވީ…” ފަހަތުން އިވުނީ ތިއްތަގެ އަޑެވެ.

އަހަރެންގެ ގައިގެ ވަރު ދޫވިއެވެ. އެވީގޮތުން ޒެވިން ފޮނުވައިލުން ފަސޭހަ ނުވާނޭ ކަން އެނގުމުންނެވެ. އެހުރިހާ ކަމަކާއި ކުށްވެރި ކުރެވުނީ ޒެވިންއެވެ. އެހެންވެ އަހަންނަށް ހުރެވުނީ މޫނު ކުނިކޮށްލައިގެންނެވެ.

“މިތާ ކޮޅަށް ތި ތިބީ ކީއްވެފަޔޯ؟… މަންމަ އެބަ ހޯދައޭ… ހިނގާބަލަ އެތެރެއަށް…”

ތިއްތަ އައިގޮތަށް އައިސް، ޒެވިންގެ އަތުގައި ހިފައިގެން ގޭތެރެއަށް ވަނުމަށް ހިނގައިގަތެވެ. ފަހަތުން އަހަރެންވެސް ހިނގައިގަތީމެވެ.

އަހަންނަށްވުރެ ތިއްތަ ދޮށީ ވާނީ އެންމެ ހަތް އަހަރެވެ. އެކަމަކު ބަލާބެލުމަށް ތިއްތަ ހީވަނީ މަންމަމެން އުމުރުގެ މީހެއް ހެންނެވެ. އުޅޭ އުޅުމުންވެސް ހީވާނީ ދެވަނަ މަންމައެއް ހެންނެވެ. އެހާ ހިތްހެޔޮވެފައި މީހުންނަށްވެސް ރަނގަޅުވާނެއެވެ.

“މަންމަ މިއުޅެނީ ކާމަރަނގަ ފަނި ގިރައިގެން…”

މަންމަ އައީ ތަބަކަކަށް ދެ ޖޫސްތަށި ލައިގެންނެވެ. އެއްތަށި ޒެވިންއަށް ދިއްކޮށްލާފައި އަނެއް ތަށި އަހަންނަށް ދިނެވެ. ކާމަރަނގަ ފަންޏަކީ ރަވާންއަށް އެންމެ މީރު ފަންޏެވެ. އަބަދުވެސް މަންމަގެ ކައިރީގައި އެ ފަނި ގިރައިދިނުމަށް ރަވާން އެދޭނެއެވެ. އަހަރެންގެ ތަބީޢަތު ވަގުތުން ބަދަލުވިއެވެ. ދެލޯ ފެންކަޅިވާކަށް ގިނައިރެއް ނުނެގިއެވެ. ހިތުގައި ޝަކުވާ އުފެދުނެވެ. ޒެވިންއަކީ މުޅީން އެހެން މީހެއްކަން އެނގޭ އިރުވެސް، ރަވާން ހިތްއުފާވާ ހުރިހާ ކަމެއް މަންމަ ކޮށްދެމުން ދިޔައީތީ، ހިތުގައި ޖެހޭގޮތް ވިއެވެ. ރަވާން ފިޔަވައި އިތުރު މީހަކަށް މަންމަ އެފަދައިން ޚިދުމަތް ކޮށްދޭކަށް އަހަރެންގެ ޒަމީރު އެއްބަހެއް ނުވިއެވެ. އެހެންވެ، މަންމަ ދިއްކޮށްލި ފަނި ތަށީގައި ނުހިފަންވެގެން އަހަރެން ހުރީ، މަންމަ އާއި ދުރަށް މޫނު އަނބުރާލައިގެންނެވެ.

ފަނި ތަށިން އެތިފޮދެއް ބޯލިގޮތަށް ޒެވިން ފެށީ އެ ފަނީގެ މީރު ވާހަކައެވެ. އަހަރެންގެ ދެލޯ ބޮޑުވިއެވެ. ވަގުތުން ޒެވިން އާއި ދިމާއަށް ބަލައިލެވިއްޖެއެވެ. އެއް ނޭވާއިން ފަނިތަށި ހުސްކޮށްލާފައި އިތުރު ފަނި ތައްޓެއް ގެނެސްދިނުމަށް، މަންމަގެ ކައިރިން ޒެވިން އެދުނެވެ. އަހަންނަށް ހުރެވުނީ އަޖައިބުވެފައި އެ މަންޒަރު ބަލާށެވެ. ރަވާންގެ ހުރިހާ ކަމެއް ޒެވިން އާއި އެހާ އެއްގޮތްވަނީ ކީއްވެ ހެއްޔެވެ؟ ހިތުގައި ސުވާލުތައް ފުނިޖެހެމުން ދަނިކޮށް ޒެވިން ގޮވާލުމުން ސިހުނެވެ. އަހަންނަށް ހުރެވުނީ ދެލޯ ބޮޑުކޮށްލިގޮތަށް ޒެވިންގެ މޫނަށް ބަލަހައްޓައިގެން ކަން އެނގުނީ ދެނެވެ. އަވަސްއަވަހަށް އެހެން ދިމާއަކަށް ނަޒަރު ބަދަލުކޮށްލީމެވެ.

“މާގިނައިން ފަނި ބޯތީ ހިތްހަމަނުޖެހުނީތަ؟…” ޒެވިން ހުރީ އަހަރެންގެ މޫނުމަތީގެ ކުލަތައް ތަރުޖަމާކުރާ ކަހަލަގޮތަކަށް ބަލަހައްޓައިގެންނެވެ.

“އަސްލުވެސް ވަރަށް މީރު އެ ފަނި… އަދި މިހާތަނަށްވެސް ބުއި އެންމެ މީރު ބުއިން… މަންމައެއްގެ އަތުން ގިރީމަ މާ ޚާއްސަވީ ކަންނޭނގެ… އެއްޗެއް ހީނުކުރައްޗޭ…”

ޒެވިން ލުއި ހިނިގަނޑެއް ޖަހާލާފައި ގޮސް މަންމަގެ ފަހަތުން ބަދިގެއަށް ވަނެވެ. ދުރުގައި މަންޒަރު ބަލަން އަހަރެން ހުރިއިރު، ހިތުގައި ދިލަ ރިހުމެއް އުފެދެމުން ދިޔައެވެ. ރަވާންގެ މަތިން އަހަރެން ހަނދާން ނައްތާލަން އުޅޭ ކޮންމެ ފަހަރަކު އެ ހަނދާންތައް އައުވުން ނޫންކަމެއް ނުވެއެވެ.

“އަދިވެސް ޤަބޫލެއް ނުކުރާނަންތަ އެއީ ރަވާން ކަމަކަށް…”

ތިއްތަގެ އަޑު އިވުމުން އަހަރެން ފަސް އެނބުރި ބަލައިލީމެވެ. ތިއްތަ ހުރީ ފެންކަޅިވެފައެވެ. އަހަރެންގެ ކޮނޑުމަތީގައި އަތް ބާއްވައިލާފައި ކައިރިއަށް ދަމާލަމުން އެ މޭގައި އަހަރެން ލައްކޮއްލައިފިއެވެ.

“ތިއްތާ… ތިއްތަވެސް…” އަހަންނަށް ބުނެވުނީ ޝަކުވާގެ ރާގަކަށެވެ.

“ނުކުރާނަން… އެއީ ރަވާންއެއް ނޫނޭ ތިއްތާ… ކީއްވެތަ އެކަކުވެސް ޤަބޫލުނުކުރަނީ… މަންމަ އެހެން އުޅޭތީ އަހަރެން ހާދަ ދެރަވެއޭ… އަހަރެންގެ ރަވާން ދެން އެނބުރިއެއް ނާންނާނެއޭ…” އަހަންނަށް ގިސްލާފައި ރޮވެން ފެށުނެވެ. ތިއްތަގެ ހިމާޔަތް ލިބުމުން ހިތުގެ އުދާސްތައް ބޭރުވާން ފެށިއެވެ.

“ތިއްތައަށްވެސް އެނގެއޭ… އެކަމަކު، އެ ސޫރަ ކުރިމަތިން ފެނުނީމަ ޤަބޫލުކުރަން ހިތް ދެކޮޅު ހަދަނީ… ހުރިހާ ކަމެއްވެސް އެހާ އެއްގޮތް…” ތިއްތަ އަހަރެންގެ ބުރަކަށީގައި ފިރުމާލިއެވެ.

“ރަވާން އަހަރެން ދޫކޮށް ދިޔައީއޭ އެހެން އެންމެން ބުނި ދުވަހު އަހަރެން އެ ވާހަކަ ޤަބޫލެއް ނުކުރަން… އެކަމަކު އެ ދުވަހު، އެންމެންވެސް ބުނީ ރަވާން އަހަރެން ދޫކޮށްފަ ގޮއްސިއޭ… ދެން އެނބުރި ނާންނާނެއޭ… ދެން ކީއްވެ މިއަދު އަހަރެން އެ ހަޤީގަތް ޤަބޫލުކުރީމަ އެންމެން ތިއުޅެނީ އެ ހަޤީގަތް ބަދަލުކުރަން؟… ތިއްތާ… އަހަރެން ބިރުގަނޭ… ބިރުގަނޭ ވަރަށް ވަރަށް ވަރަށް ބިރުގަނޭ… ބޭނުމެއް ނޫން އެދުވަސްތައް އަނބުރާ އިއާދަވާކަށް…” ތިއްތަގެ ގައިގައި ބާރަށް ބައްދާލިއިރު، އަހަރެންގެ އަޑު ތުރުތުރުއަޅައެވެ.

“އަހަރެން ރަވާން މަތިން ހަނދާން ނައްތާލަން އުޅޭ ކޮންމެ ފަހަރަކު، އެ ހަނދާންތައް އާވުން ނޫންކަމެއް ނުވޭ… ކީއްވެތަ ތިއްތާ… އުމުރު ދުވަހުވެސް އަހަރެން އުޅެންޖެހޭނީ ހަމަ މިހެންތަ؟…” ދެލޯ މަރާލައިގެން އޮތްއިރު، އަހަރެންގެ ދެލޮލުގެ އެސްފިޔަތައް ފޫދުއްވާލާފައި ކަރުނަތައް ފައިބަމުން ދިޔައެވެ.

އަހަންނަށް ނޭނގުނުކަމީ އަހަރެންގެ ހިތުގެ އުދާސްތަކުގެ އަޑު، އިވެން ނުވާ މީހަކަށް އިވުނު ކަމެވެ. ތިއްތަގެ ކައިރީގައި އަހަރެން ދެއްކި ހުރިހާ ވާހަކައެއްގެ އަޑު، ފަހަތުގައި ހުރި ޒެވިންއަށް އިވުނެވެ.

“ދަރިފުޅާ… ދަރިފުޅު މިރޭ އަންނަންވީނު މަންމަ ކޮޓަރިއަށް ނިދަން… ޒެވިން މިރޭ މިގޭގަ މަޑުކުރާށޭ މަންމަ ބުނެފިން…” ބަދިގެ ތެރެއިން ނުކުތް މަންމަ ވާހަކަ ދެއްކީ އެންމެންނަށް އަޑު އިވޭހައި ބާރަށެވެ.

ކަރުނަތައް ފޮހެލާފައި ތިއްތަ އާއި ދުރަށް ޖެހުނީމެވެ. ފަސް އެނބުރި ބަލައިލިވަގުތު ކުރިމަތީގައި ހުރި ޒެވިން ފެނި، އަހަރެންގެ ހިތް ތެޅިގަތެވެ. އަހަރެން އަވަހަށް އިސްޖަހައިލީއެވެ. ދެއްކި ހުރިހާ ވާހަކައެއްގެ އަޑު އިވިފައި ވާކަން އެ މޫނުމަތީގެ އަޞަރުތަކުން އެނގުނެވެ. ޒެވިންގެ މޫނުމަތިން، ފެންނަން ހުރީ ހިތާމައިގެ ޢަޞަރެވެ. ކީއްވެ ހެއްޔެވެ؟ އަހަރެންގެ ޙާލާއިމެދު ހަމްދަރުދީ ވެގެން ހެއްޔެވެ؟ ނޫނީ ގަސްދުގައި އަހަރެންގެ ހިތަށް ތަދުކުރެވޭތީ ހެއްޔެވެ؟

އެއިން ކަމަކަށް ފަރުވާލެއް ބެހެއްޓުމެއްނެތި އަހަރެން ދިޔައީ މަންމަގެ ކައިރިއަށެވެ.

“މަންމާ… ކިތަށް ފަހަރުތަ ބުނާނީ އެއީ ރަވާންއެއް ނޫނޭ… ރަވާން އެއް ނޫނޭ…” އަހަރެން ހުރީ ބޮލުގައި ދެއަތުން ހިފަހައްޓައިގެންނެވެ.

“ދެން ކޮބާތަ މައްސަލައަކީ ދަރިފުޅާ…” އަހަރެންގެ މޫނަށް ބަލަހައްޓައިގެން އިރުކޮޅަކު ހުރެފައި މަންމަ ބުންޏެވެ.

“މައްސަލައަކީ އެއީ ރަވާންއަށް ނުވުން… މައްސަލައަކީ އެއީ ނުވެސް ދަންނަ މީހަކަށްވުން… މައްސަލައަކީ ރަވާން ނޫން އެހެން މީހަކާއި ދިމާއަށް އަހަރެން ބަލއިލަންވެސް ބޭނުން ނުވުން… މައްސަލައަކީ އޭނަ ރަވާންގެ ސިފައިގައި ހުރުން…” އަހަރެންގެ ލިސްޓް ދިގެވެ. އެހެނަސް، ނިމެންދެން އަޑު އަހަން މަންމަ ހުއްޓެވެ.

“ދަރިފުޅާ… އޭނަ ރަވާންގެ ސިފައިގައި ހުރުން އެއީ ދަރިފުޅު އޭނަދެކެ ތިވަރަށް ރުޅި އަންނަންޖެހޭނެ ސަބަބެއް ނޫނެއްނު… މަންމައަކަށް ނުފެނޭ އޭނަ އާއި ރަވާން އާއި މާބޮޑު ތަފާތެއް…”

މަންމަ މިފަހަރު ހުރީ ގޮތް ދޫކުރާގޮތަކަށް ނޫނެވެ. އެކަންވީ އަހަރެންގެ ހިތުތެރޭގައި އަނދަމުންދިޔަ ހުޅުގަނޑު ފަޅައިގެންދިޔަ ކަމަކަށެވެ. ރަވާންގެ މަތިން ހަނދާން ނައްތާލާފައި ކުރިޔަށްދާން އެންމެ ބޮޑު ހިތްވަރެއް ދިން މީހަކީ މަންމައެވެ. މިއަދު އެ ހުރިހާ ހިތްވަރެއް ނިގުޅައިގަންނަން އެ މަސައްކަތްކުރަނީވެސް ހަމަ އެ މަންމައެވެ. އަހަރެން އެކަން ބަރުދާސްތުކުރާނީ ކިހިނަކުން ހެއްޔެވެ؟ އަހަންނަށް އެވަގުތު ނެގުނީ އެންމެ ގޯސް މާނައެވެ. މަންމަ އުޅެނީ އަހަންނާއި ޒެވިން ގުޅުވަން ހެން ހީވުމުންނެވެ.

“އަހަރެން ލޯބިވީ ރަވާންދެކެއޭ މަންމާ… އޭނަގެ ސިފަ ދެކެއެއް ނޫން… އިތުރު މީހަކާއި ކައިވެނި ކުރާކަށް އަހަރެން ބޭނުމެއް ނޫން… މަންމަވެސް އަހަންނާއި ދޭތެރޭ އެކަހަލަ އުއްމީދެއް ނުކުރިއްޔާ އަހަންނަށް ވަރަށް ރަނގަޅު…”

އިތުރަށް އެތަނުގައި މަޑުކުރާކަށް ނަހަދަމެވެ. ބުނަން ބޭނުންވި ހުރިހާ އެއްޗެއް ބުނެފައި އަހަރެން ގޮސް ވަނީ ކޮޓަރިއަށެވެ. ދޮރު ޖަހާފައި، ދޮރުގައި ލެނގިލެވުނެވެ. ހުރިތަނަށް ތިރިވެވުނީ ދެއަތުން ބޮލުގައި ހިފަހައްޓައިގެންނެވެ. ކުޑައިރުކޮޅަކުން މަންމަ އައިސް ދޮރުގައި ޓަކި ޖަހާލި އަޑު އިވުނެވެ. ބޭރަށް ނުކުންނާކަށް އަހަރެން ބޭނުމެއް ނުވިއެވެ. އެންމެ ފަހުން ނިދުނީ ދޮރުކައިރީގައި މުށިތަކުގެ މަތީގައި އޮއްވައެވެ.

ހެނދުނު ހޭލެވުމާއިއެކު އަހަންނަށް ތެދުވެވުނީ ފުންމައިގެންނެވެ. ރޭގެ ހާދިސާ ހަނދާންވުމާއިއެކު، ބޮލުގައި އަތުން ޖަހައިލެވުނެވެ. ޖަޒުބާތުގައި ޖެހިގެންވިޔަސް، މަންމަ އާއި އެފަދަ ގޮތަކަށް ވާހަކަ ދެއްކުނީތީ ދެރަވިއެވެ. ލަދުވެސް ގަތެވެ. ދުވަހަކުވެސް މަންމަގެ ޤަދަރަށް އުނިކަމެއް ލިބޭފަދަ ކަމެއް އެނޫނީ ނުކުރަމެވެ. އަހަރެން ފެންވަރާލައިގެން ނުކުތްއިރު، މަންމަ އުޅެނީ ބަދިގޭގައެވެ. މަންމަގެ ފަހަތުން ގޮސް އެ ހަށިގަނޑުގައި ބާރަށް ބައްދާލީމެވެ.

“ސޮރީ މަންމާ…” އަހަރެން ހުރީ ދެރަވެފައެވެ.

“އަވަހަށް ކުޅިމަސް ހަދާ…” މަންމަ ދެއްކީ އެހެން ވާހަކައެކެވެ. އެ މޫނުމަތީގެ އަޞަރުތަކުން ރޭގެ ހާދިސާ މާބޮޑު ކަމަކަށް ނުހަދާކަން އެނގުނެވެ.

އަހަންނަށް ހެވުނެވެ. މަންމަވެސް ހީގަތެވެ. ކުޅިމަސް ހަދާ ނިންމާފައި އަހަރެން ކޮޓަރިއަށް ވަނީ ފެންވަރާލާށެވެ. ދޮރު ހުޅުވައިލިގޮތަށް ހުރިތަނަށް ގަނޑުވީ، ފާޙާނާއިން ނުކުތް ޒެވިން ފެނިފައެވެ. އުނަގަނޑުގައި ހަމައެކަނި ތުވާލި އޮޅާލައިގެން ހުރި ޒެވިން ނުކުތީ ދެއަތުން ބޮލުގައިވާ ފެންތައް ހިއްކަމުންނެވެ. އެނދުމަތީގައި ޒެވިންގެ ބޮކްސާގެ އިތުރުން، ރޭގައި ލައިގެން ހުރި އަންނައުނުތައްވެސް ބާއްވާފައި އޮތެވެ. އަހަރެންގެ އަނގައިން ނުކުތީ ތޫލި ހަޅޭކެއްގެ އަޑެވެ. އެއަޑަށް ޒެވިންވެސް އަހަންނާއި ދިމާއަށް ބަލައިލައިފިއެވެ. ބަންލާފައި ދޮރު ޖަހާފައި އެތަނުން ދުވެ ފިލީމެވެ.

އަހަރެން އިނީ ބަގީޗާގެ ތެރޭގައި ބަހައްޓާފައިވާ ކުޑަ މޭޒު ކައިރީގައެވެ. ޝާޔަން ގުޅީ އަހަރެން އެތަނުގައި އިންނަތާ ފަސްވަރަކަށް މިނެޓު ފަހުންނެވެ.

“ސޮރީ އިނގޭ… މަންމަ މާބޮޑަށް ހުން އައިސްގެން، ހޮސްޕިޓަލުގައި އުޅެންޖެހުނީމަ ޚަބަރެއް ނުވެވުނީ… ވަރަށް ބޯ ގޮވާފަ މިހުރީ… ކިރިޔާ ބިރުން ޙަލާކުނުވީ… އެންމެންވެސް ބުނީ ކެންސަރޭ… އެކަމަކު ޓެސްޓްތައް ހެދީމަ ޔަޤީންވެއްޖެ އެ ނެތްކަން…” ޝާޔަން އެއްފައްޗަކަށް ހުރިހާ ވާހަކައެއް އަމުނާލިއެވެ.

“އަލްހަމްދުލިﷲ…” އަހަންނަށް ބުނެވުނެވެ.

ހިތުގައި ޝާޔަން އާއިމެދު އުފެދިފައިވާ ހުރިހާ ޝަކުވާއެއް ވަގުތުން ފިލައިގެން ދިޔައެވެ. ހިތް މުޅީން ސާފުވިއެވެ. ޝާޔަން އާއި ދެމީހުން އެކި ވާހަކައިގައި ތިއްބައި އެތަނަށް ޒެވިން އައިތަން ފެނުމުން ފޯނު ކުރުކޮށްލީމެވެ. އަހަރެން އުޅުނީ އެތަނުން ތެދުވެގެން ދާށެވެ. ޒެވިން ގޮވާލުމުން ހުއްޓުނީމެވެ.

“އެއްޗެއް ފެނުނުތަ؟…” ޒެވިން ހުރީ ލަދުންހެން ހީވުމުން އެތެރެއިން ހީގަނެވުނެވެ.

“ބުލޫ ކުލައިގެ ބޮކްސާއެއް…” ހިތާއިހިތައި އެހެން ކިޔާލެވުމާއިއެކު އަހަންނަށް ހެވިއްޖެއެވެ. އަނގަމަތީގައި އަތް އަޅައިލަމުން ހިނިގަނޑު މައިތިރި ކުރިނަމަވެސް، އެކަން ޒެވިންއަކަށް ސިއްރުވާގޮތެއް ނުވިއެވެ.

ޒެވިން ހުރިގޮތް ފެނުމުން އަހަރެންނަށް އިތުރަށް ހެވޭގޮތްވިއެވެ. ހެމުން ހެމުން ގޮސް ގޭތެރެއަށް ވަން މަންޒަރު ބަލަން މަންމަ ދޮރުމަތީގައި ހުއްޓެވެ. ހިނިތުންވެފައިވާ އަހަރެންގެ މޫނު ފެނުމުން، މަންމަގެ މޫނުމަތިން ހަމަޖެހުމުގެ ޢަޞަރު ފެނުނެވެ. ރަވާން ނިޔާވި ފަހުން، މަންމަގެ މޫނުމަތިން އެފަދަ ހިތްހަމަޖެހުމެއް ފެނުނު އެއީ ފުރަތަމަ ފަހަރެވެ. އަހަންނަށް ބަޔާންކުރަންދަތި އުފާވެރިކަމެއް އިޚްސާސް ކުރެވުނެވެ.

އަހަރެން ފެންވަރަން ވަނީ ސައިބޮއެގެން ޒެވިން ގެއިން ދިޔަ ފަހުންނެވެ. ފެންވަރައިގެން ރީތިވާން ހުއްޓައި ޝާޔަން އައެވެ. އަތުގައި ޗޮކުލެޓެއް އޮތެވެ. ޗޮކުލެޓު ފެނުމުން ވަގުތުން ކާހިތްވެއްޖެއެވެ. އެ ކެއިގޮތަށް ފާޚާނާއަކުން ނޭރިއެވެ.

“ޒަހަރުލާފަތަ ތި ކާންދިނީ؟…” އަހަރެން ވާހަކަ ދެއްކީ ޖެއްސުމުގެ ރާގަކަށެވެ.

“ދެން ނޫޅެން އެއްޗެއް ގެނެސްދޭކަށް…” ޝާޔަން ހިތްހަމަނުޖެހުނެވެ. ތެދުވެގެން ދާން ހިނގައިގަތުމުން އަހަރެންވެސް ފަހަތުން ހިނގައިގަތީމެވެ.

“އައްދޭ… އެހެންޏާ އެހެން މީހުންނަން ދިމާކުރާ މީހާ މިއަދު ހާދަ އަވަހަކަށް ތި ކެޓީ…” ޝާޔަންގެ ކުރިމައްޗަށް އަރައި، ކޮލުގައި ހިފައި އަނބުރާލަމުން އަހަރެން ބުނީމެވެ.

“އަހަންނަށް ޝައްކު ކުރީމަ ދޯ މިހެން މިބުނީ… އެހެން ނޫނަސް، ލިވީއަށް ދެން މިހާރު އެ ޒެވިން ދޭ އެއްޗެއް ނޫނީ ކެވޭ ކަމަކަށްވެސް ނުވާނެ…” ޝާޔަން ހުރީ ހަޤީގަތުގައިވެސް ހިތްހަމަނުޖެހިފައެވެ.

“އޯޚް… އަދިކިރިޔާ މި އެނގުނީ ވީގޮތް… ޖޭ ބޮކި ދިއްލުނީތަ؟… ދައްކަބަލަ ބަލާލަން…” އަހަރެން ޝާޔަންގެ މޫނުގައި އަތްލަން އުޅުމުން، ޝާޔަން އެ އަތް ފޮޅުވައިލިއެވެ.

“ދެން އަޅެ ޝާޔަންވެސް ދޯ… އަހަރެމެން ދެމީހުން މީ ދެ އަންހެނުންނޭ… އަހަރެން ހިތަށް އަރާ ތީ އަދި ފިރެހެން ކުއްޖަކަށްވީނަމަ، އަހަރެން ގެއިންވެސް ނުކުތަ ނުދިނީހޭ…” އަހަރެން ޖަހާލީ ލުއި ހިނިގަނޑެކެވެ.

“ދެން ބުނެބަލަ… ކީއްވެތަ މިދޭތެރެއަށް އެ ޒެވިންއެއް ތި ވެއްދީ… އަދި އެވެސް އަހަރެން އެހާ ފޫހިވާ މީހަކު ދޯ ވައްދަން އެނގުނީވެސް… ކީއްވެތަ ރިތިކް ރޯޝަންއޭ ނުބުނީ؟… ނޫނީ މޫރަތް އޭ ބުނިނަމަވެސް…” އަހަރެން މަޖާވެލާފައި ބުނީމެވެ.

“އެކަމެއް ނޭނގެ، ރޭގަވެސް ސައިކަލުމަތީ ތަތްވެލާފަ ތިބިއިރު…” ޝާޔަން ދެން ބުނި އެއްޗަކުން އަހަރެންގެ ތަބީޢަތު ބަދަލުވެއްޖެއެވެ.

(ނުނިމޭ)

Share Article

Follow Me Written By

eysh

Level 510 Stories100 Comments100 Login500 Comments

Writing story is one of my hobby. It's something fun to do that makes me happy. Dream is to become a successful story writer In Sha Allaah ❤ I love reading comments. My Finished stories; Keh kuraanan unmeedhugaa, Loabi vevumun, Nudhaaney thiya handhaan filaa, Case number 1, Umurah thiya loabeegaa, Badhalu, E handhaan foheveytho beliyas, Vakive nudhanees, Fohevigen nudhaaney, Fevifaa thinanvey mihithugaa, Mee mihithuge shakuvaa ey, Nethi gellunee hayaathey Vaudhu veemey Kafun vevifaa On going stories; Mi nan thihithun filuvaalaneehey, Ufaleh netheehe dhuniyeyn Inthihaa ah loabiveemey Story books (to be published); Sheen Fb page: Eysh stories Email: [email protected]

Other Articles

Previous

ރާސްތާ2 (32)

Next

އިޙްނާ (2)

Next
February 3, 2020

އިޙްނާ (2)

Previews
February 3, 2020

ރާސްތާ2 (32)

41 Comments!

  1. Sheen Shiru says:
    February 3, 2020 at 3:05 pm

    Yeyyyy 1st o ♥️♥️♥️

    1. eysh says:
      February 3, 2020 at 3:39 pm

      Yesss dear first congra ?❤❤

  2. Esherr says:
    February 3, 2020 at 3:17 pm

    Me First dhw?…v salhi ingey mi part vex…maa sha allah..waiting for the next part…?❤❤❤

    1. Esherr says:
      February 3, 2020 at 3:39 pm

      Sorry 2nd??❤

    2. eysh says:
      February 3, 2020 at 3:40 pm

      Esherr dear mifaharu second dho.. dhen faharakun balahchry first libeytho ?❤❤ thank u so much.. V ufaavehje mi bai ves kamudhiyaeema ??

    3. Esherr says:
      February 3, 2020 at 3:41 pm

      Yhh..❤

  3. eysh says:
    February 3, 2020 at 3:44 pm

    Salaam All..
    miothee 10 vana bai.. V avahah mi genesdhinee.. baeh part thah lasviyas hurihaa kudhinves understand vahchey.. kameh dhimaavegen noonee lasnuvaane.. In Sha Allaah story nimendhen kiyaalan libeyne kamuge yageen kan dhen..
    Unmeedhukuran mi bai ves kamudhaane kamah.. kiyaalaafa cmnt eh kohlahchey.. ?❤

  4. Sheen says:
    February 3, 2020 at 4:08 pm

    Alheyyyyyy haadha haadha haadha furihamaey. Haadha reehchey. Bunaane ehchehves neynge
    Hama bashutti. Sonivetteyvaruvey. ????♥️?????♥️????♥️?????♥️??????♥️?????♥️?????♥️?????♥️♥️???????♥️????♥️?? Dialogue thah dhethin faharu kiyunu. Ehaa emotional. Ehaa hiygaimu. Ibaaraaithah fashuvivefa basthah hiygaimukamun hama viruvaa alhaa fadha ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????????????????????????? Livyge family ge gulhun sifakohdheefa in gothun ailee loabi v rangalhah sifavey. Supportive family eh hama v bodah image kurevunu. ??????????????????????????????????????????? Xevin ge character sifakohdheefa in gothun image vanee hama ravaan. Kommes kahala majubooree ehga thaashivefa hunnaneehen. Livy ge rahkaatherikamah majuboorun ehen meeheh gothuga ulhenee hen. Vvv molhu livy aa xevinge character sifakohdheefa ingoiy. Specially livyge dialogue thah hama vvv hithah asarukuruvaa. V molhah liyelaafa huree ??????????????????????????????????????????????? Dhen shaayan aa livyge mi part ge bai vvv majaavi. V loabi beauties gothah sifavi. Livyge vaahakathah vvv majaavi. And v enjoy kurevunu kiyaafa. Ekam shaayan heevey makaruveri gotheh hunnahen. Eyna ah hama vvv shakku ufedhey mi part ga mi in gothunves. ????????????????????????????????????????????? Jumula koh mulhi story ga himenenjehey hurihaa kamehves himenifa ebahuri. Thafaathu emotion thahves. Liyuntherikanves hama.vvvvv molhu. ??????????????????????????????????????????????????????????????? Vvvvv interesting. Waiting for the next part. Lysm ??????????????????????????????????????

    1. eysh says:
      February 4, 2020 at 7:42 pm

      Awww thank u so much sheen.. ?❤❤ so sweet.. varah ufaavehje mi part ves kamudhiyaeema and cmnt kiyaalaafa.. means a lot.. ly2 dear.. and keep waiting fr the next ?❤

  5. ލަމް says:
    February 3, 2020 at 4:14 pm

    މާޝާﷲ. ވަރަށް ހިތްގައިމެވެ. އޭޝްގެ ހުނަރުވެރިކަން މިހިތަށް އުފާވެރިކަން ގެނެސްދީފިއެވެ. ހަޤީޤަތުގަވެސް އޭޝްގެ ވާހަކަތައް ކިޔާލުމުން ހިތަށް އެލިބޭ ހިތްހަމަޖެހުން ދުލަކުން ގަލަމަކުން ބަޔާންކޮށް ނުދެވޭނެއެވެ. ހާދަހާ ރީއްޗެވެ ސިފަކުރުންތައް މޮޅެވެ ޢިބާރާތް ކުރުމުގެ ފުރިހަމަ ކަމާއި ފަށުވިކަން އިންތިހާއެވެ. ފުރިހަމަކަމުން ދެވަނައެއް ނެތެވެ. ޖުމުލަތައް ނިކަން ސާދާއެވެ. ކިޔާހިތުން ކިޔާލެވިއްޖެއެވެ. ބޭނުންވެފައި އިންދާ ނިމިއްޖެއެވެ. ޝައުޤުވެރިކަން އިންތިހާއެވެ. ކުރިއަށް އޮތް ބަޔަށް އިންތިޒާރު ކުރަމުން މި ވަގުތަށް ވަކިވެލަމެވެ.

    1. elma says:
      February 3, 2020 at 7:15 pm

      saabas manjey… manjege vhk eh vx kiyaalan libeyne kamah mi balaniii… ehnya ??

    2. eysh says:
      February 4, 2020 at 7:45 pm

      Thank u so much Lam.. ?❤❤ cmnt kiyaalaafa varah ufaavejje.. means a lot.. keep waiting fr the next part dear ?❤❤?

  6. Lamko says:
    February 3, 2020 at 7:04 pm

    Alheyy eysh ur sooo talented…. Masha allah….. Mi part ibaaraaii kohdheefa huri goii varah salhi…. Eysh ge huriha story ehgge vc ibaaraaii kurun hama varah furihama…. Masha allah ???❤️??❤️??n mi part vc ehn part thakah vure maa reethi…. ??❤️❤️❤️n no matter what i think zevin is ravaan…… Varah hama heevey eii ravaan hen….. Ekamu fahun eii ravaan kan livy ah ingehjjiyya livy haadha dhera vaaney dhw ??….. Hama habbu ngey…. Lysm ????❤️❤️???????????

    1. eysh says:
      February 4, 2020 at 7:48 pm

      Thank u so much Lamko.. ?❤❤ hingaa dho balamaa vaagotheh kuriyah huri baithakuga.. v ufaavehje cmnt kiyaalaafa.. keep waiting fr the next part dear. ?❤❤?

  7. Mahoo says:
    February 3, 2020 at 7:17 pm

    Varah shalhi eysh … hama ravaan eh zevin dhw. … cann’t waiting for next part

    1. eysh says:
      February 4, 2020 at 7:49 pm

      Thank u so much Mahoo.. ?❤❤ v ufaavehje mi part ves kamudhiyaeema.. keep waiting fr the next part ❤❤?

  8. Number 1 says:
    February 3, 2020 at 9:26 pm

    Writer ah dhimaavaa kamakun vaahaka genesdhunun lasvejuyyaa ekan faahagakoffa hiyhama nujehun faalhukuraa gothah avahah upkoh dhineema ekan appreciate ves kollaanama dhw. Saturday ga up koffa anekka Monday gaves e up kolladhinee hama alhugandumennahtakai viyya. Iyye ves eysh ge vaahaka eh up vi. So jehi jehige. 3 days ga up kuree. Ae anehen balaanama. Haadha haadha time ekey.. Thank you eysh. Eysh thikohdhey masahkaiy hama vvv ufalaaeku balai gannan. Ehen writer ehge faraathun fenna kahala kameh noonthee.. Eysh hama vvv thafaathu. Lysm. Keep it up dear. ? .

    1. eysh says:
      February 4, 2020 at 7:50 pm

      Awww Thank u so much dear.. ?❤❤ v ufaavehje cmnt kiyaalaafa.. so sweet ❤❤?

  9. ?aayis says:
    February 4, 2020 at 10:09 am

    Varah reethi when next part??

    1. eysh says:
      February 4, 2020 at 7:51 pm

      Thank u so much dear.. ?❤❤ v ufaavehje mi part kamudhiyaeema .. In Sha Allaah soon.. ❤❤?

  10. looloo says:
    February 4, 2020 at 11:19 am

    thank you Aish. varah rythi miba vess. Ma’ashaa Allaah. anehba avass kurahche

    1. eysh says:
      February 4, 2020 at 7:51 pm

      Thank u so much dear.. ?❤❤ v ufaavehje mi part kamudhiyaeema .. In Sha Allaah soon.. ❤❤?

  11. Meekkomee says:
    February 4, 2020 at 12:24 pm

    Varah Reethi ingy mi part ves ???? whn is next waiting for the next part….Ly??❤️

    1. eysh says:
      February 4, 2020 at 7:52 pm

      Thank u so much meekko.. ?❤❤ v ufaavehje mi part ves kamudhiyaeema.. keep waiting fr the next ❤❤?

  12. gigi hadid says:
    February 4, 2020 at 9:11 pm

    eysh. Dhen oiy bai dhigukohlaathi ingey. Waiting for the next. V reethi mi part ves??

    1. eysh says:
      February 7, 2020 at 2:58 pm

      Thank u so much dear… v ufaavehje mi baives kamudhiyaeema ??❤ In Sha Allaah dhigukohleveytho balaanan ingey..

  13. Yanaa says:
    February 4, 2020 at 9:18 pm

    Varah reethi.maa sha Allah..
    waiting for the next part.???

    1. eysh says:
      February 7, 2020 at 2:59 pm

      Thank u so much Yanaa… v ufaavehje mi baives kamudhiyaeema ??❤ keep waiting ?

  14. ♡Maiii♡ says:
    February 6, 2020 at 9:02 pm

    varah reethi…. when next. Waiting for it❤

    1. eysh says:
      February 7, 2020 at 3:00 pm

      Thank u so much maiii… v ufaavehje maii ge cmnt eh libuneema.. also mi bai kamudhiyaeema ??❤ next part In Sha Allaah maadhamaa upkohleveytho balaanan.. keep waiting ?

  15. Aisha says:
    February 6, 2020 at 11:23 pm

    soooo touching.. ????♥️.shaayan heevany ravaan aa alhaigenfa hunnahen.emme kuryge part thakun ves v shahkku

    1. eysh says:
      February 7, 2020 at 3:01 pm

      Thank u so much Aisha… v ufaavehje mi bai kamudhiyaeema ??❤ hingaa dho balamaa vaagotheh.. keep waiting ?

  16. taetae says:
    February 7, 2020 at 3:33 pm

    woowww…. vrh dhuvas fahun mi vadhevunee…adhikiriyaa catch up mi v ,,,, vvv reethi mashallah…

    1. eysh says:
      February 7, 2020 at 4:04 pm

      Aww so happy to see a cmnt frm u after a long time.. missed u dear.. varah ufaavehje kamudhiyaeema.. thank u so much. ???❤❤

    2. eysh says:
      February 7, 2020 at 4:05 pm

      Btw i hope everything is fine ?❤

  17. eysh ge fan eh says:
    February 7, 2020 at 5:13 pm

    eyshge kurin story eh innehnu ‘ KEHKURAANAN UMMEEDHUGAA ‘ e lavaiga eii lava ehge thankolheh dhw… e lavaiga nan bunedhyba

    1. eysh says:
      February 8, 2020 at 8:06 pm

      Eysh mihaaru handhaaneh neh dear.. that story was my first story..❤❤

  18. shamm❤ says:
    February 7, 2020 at 6:29 pm

    vara reethi❤❤❤❤
    kon iraku next part up kurani

  19. Aru says:
    February 7, 2020 at 10:00 pm

    Masha Allah…. Hama heyvaney vaahakaagei therygah ulhei vaahen…. This story is very very beautiful… I don’t know how to explain my feeling.. ❤❤??

    1. eysh says:
      February 8, 2020 at 11:33 am

      Awww thank u so much Aru.. varah ufaavehje cmnt kiyaalaafa.. so sweet.. ?❤❤?

  20. eysh says:
    February 8, 2020 at 2:03 pm

    Salaam All..
    Eysh v try kohfin story upkureveytho.. heevanee massala eh ulheythee hen adhives upvaagotheh nuvanee

Comments are closed.


All Right Reserved!