Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

މިނަން ތިހިތުން ފިލުވާލަނީހޭ…07

eysh Level 510 Stories100 Comments100 Login500 Comments
January 18, 2020 4 Mins Read
23 Comments

“އާޚްޚްޚް… އައުޗް…”

ޒެވިން ތެދުވިގޮތަށް ބޮލުގައި ދެއަތުން ހިފެހެއްޓިއެވެ. ކުރެވުނު ކަންތަކާއި ގަތްލަދުން އަހަރެން އިނީ އަނގަޔަށް ގޮތެއް ހަދާލައިގެންނެވެ.

********

“ތީ އިންސާނެއްތަ؟… އާޙް މައި ހެޑް…” ޒެވިން ރުޅި އައިސްފައި ހަޅޭއްލަވައިގަތެވެ. ހަމަ އެހާ އަވަހަށް ބޮލުގައި ހިފަހައްޓަމުން ތެދުވެއްޖެއެވެ.

“ކީއްކުރަން މިތަނަށް އައީ؟…” ގޮތް ދޫކުރާކަށް އަހަރެންވެސް ބޭނުމެއް ނުވިއެވެ.

“މާފަށް އެދޭ…” ހަށަމް ބަނދެލައިގެން ހުރެ ޒެވިން ވާހަކަ ދެއްކީ އަމުރުވެރި ރާގަކަށެވެ.

“ވަޓް؟…” އަހަންނަށް ދަތްތަކަށް ބާރުކޮށްލެވުނެވެ.

“ގޭގަ އޮތްނަމަކާ ތިހެނެއް ނުވީހެއްނު… އަހަރެން ނުޖެހޭނެ މަޢާފަށް އެދޭކަށް…” އަހަރެން ހިތްހަމަނުޖެހިފައި ބުނީމެވެ.

“އޯކޭ އެހެންވިއްޔާ… ދެން ދިމާވާނީ ޕޮލިސް ސްޓޭޝަންއިން…” ޒެވިންގެ ޖުމްލަ އާއިއެކު އަހަރެންގެ ދެލޯ ބޮޑުވެގެން ދިޔައެވެ.

ޒެވިން އޭނާގެ ފޯނު ނަގާފައި، ކަންފަތުގައި ޖައްސައިލިއެވެ. އަހަރެން ހުރީ ނޭވާ ހިފަހައްޓާލައިގެންނެވެ. އަމިއްލަ ޤަދަރު ހިފެހެއްޓުމަށް އަހަރެން ކޮންމެފަދަ ކަމެއްވެސް ކޮށްފާނަމެވެ. އެކަމުގައި އަމިއްލަ ކުށެއް ނެތްކަން ޤަބޫލުކުރެވުނަސް މެއެވެ.

“ހަލޯ ޕޮލިސް ސްޓޭޝަން…” ޒެވިންއަށް ބުނެވުނީ އެހިސާބަށެވެ. އަހަރެން އެ ފޯނު ޖަހައިގަތީމެވެ. ހިތަށް ހަމަޖެހުމެއް ލިބުނީ އެ ކޯލުވެސް ކަނޑާލެވުމުންނެވެ. ޒެވިން އަހަންނާއި ދިމާއަށް އައެވެ. އަހަރެން ވަގުތުން ފޯނު ފުރަގަހަށްލައި ފޮރުވީއެވެ.

“އޯކޭ… ސޮރީ…” ވަރަށް ނޫންކަމަށް ހަދާފައި އަހަރެން ބުނީމެވެ.

“ހާން… އަޑެއް ނީވުނު… އަދި އެއްފަހަރު ބުނެބަލަ…” ޒެވިން ހުރީ ޤަބޫލުނުކުރެވިފައެވެ.

“ސޮރީ އޭ…” ދެ ދަތްޕިލަ ޖައްސައި ފިއްތައިލަމުން ބުނީމެވެ.

“ތަންކޮޅެއް ލަސްވެއްޖެ… ދެން އެކަމަކު އެބަ ވިސްނާލަން ހެދޭނެ ގޮތަކަށް…” ދެކޮޅަށް ހިނގަމުންދިޔަ ޒެވިން އޭނާގެ ކޮލުގައި ޝަހާދަތް އިނގިލި ޖައްސާލިއެވެ.

މިކަން ނިމޭނީ އަދި އަހަރެންގެ މަޢާފު ލިބިގެން… އެހެންވީމަ، އަހަރެން ހިތްހަމަޖެހެންދެން، އަހަރެން ބުނާ ކަމެއް ކުރަން އެއްބަސްވޭ…” ޒެވިން ވަރަށް ވިސްނައިލާފައި ބުންޏެވެ.

“ނޯ ވޭ…” އަޑަށް ބާރުލާފައި ބުނީމެވެ.

“އޯކޭ އެހެންވިއްޔާ… ޕޮލިސް…” ޒެވިން އެއްޗެއް ބުނަން އުޅުފައި ހުއްޓައިލީ އަހަރެން ވާހަކަ ދައްކަން ފެށުމުންނެވެ.

“އޯކޭ… ކުރާނަން…” އަހަންނަށް ގޮތް ހުސްވިއެވެ. އެކަމާއި އެއްބަސްވުން ނޫންގޮތެއް ނެތުމުންނެވެ.

“ގުޑް… މާދަމާ އޮފީހަށް އައިސް އެންމެ ފުރަތަމަ ކަމަކަށް މައި ކެބިން ސާފުކުރުން… ހޫމް… އަހަރެން އަންނަންވާއިރަށް އެކަން ނިންމަން ވާނެ… ދެން ދަނީ…”

ދޮރާއި ހަމައަށް ގޮސްފައި ޒެވިން ހުއްޓިއްޖެއެވެ. ފަސްއެނބުރި ބަލައިލާފައި ފާޑަކަށް ހީލައިފިއެވެ. އެއަށްފަހު ދެއިނގިލިން އިޝާރާތްކޮށްލާފައި ކައިރިއަށް އައުމަށް އެދުނެވެ. ދެތުންފަތް ފިއްތާލައިގެން ހުރެ، ގަދަކަމުން ކަހަލަގޮތަކަށް ގޮސް ޒެވިން އާއި ދެތިން ފޫޓު ދުރުގައި ހުއްޓިލީމެވެ.

“މީ ވަރަށް ނުރައްކާ އެއްޗެއް… ފަސޭހައިން އަތުޖެހޭ ހިސާބަކު ދެން މި ބަހައްޓައިގެން ނުވާނެ… ޚާއްސަކޮށް ދެން އަހަންނަށް މި ފެނިގެން ނުވާނެ… ނަގާ ނަގާ… ފޮރުވަންދޭ…” މުށިތަކުގެ މަތީގައި އޮތް ފިހިގަނޑަށް އިޝާރާތްކުރަމުން ޒެވިން ބުންޏެވެ.

އަހަރެން ފިހިގަނޑު ނެގުމާއިއެކު، ޒެވިން އޭނާގެ ބޮލުގައި ފިރުމައިލިއެވެ. އެއަށްފަހު ނުކުމެގެން ދިޔައީ ލުއި ހިނިގަނޑެއް ޖަހާލާފައެވެ. ޒެވިންދިޔުމާއިއެކު ދެއަތް މުށްކަވައިލަމުން ބާރަށް ހަޅޭއްލަވައިގަނެވުނެވެ. އެތެރެހަށީގައި އުފެދިފައިވާ އުދާސްގަނޑު ބޭރުކޮށްލެވުނީ އެގޮތަށް ދެތިން ފަހަރަކު ހަޅޭއްލަވައިގަނެވުމުންނެވެ.

********

އަހަރެން ގޮސް އެނދުގައި އޮށޯވެލީމެވެ. ފޯނު ރިންގްވާން ފެށީ އޭގެ އިރުކޮޅެއް ފަހުންނެވެ. ގުޅީ ނުދަންނަ ނަންބަރަކުންނެވެ. ފޯނު ނަގައި ކަންފަތުގައި ޖައްސައިލި ވަގުތު އިވުނީ ބަލި އަޑަކުން މީހަކު ކެއްސަމުން ދިޔަ އަޑެވެ. ކުޑަ އިރުކޮޅަކުން ފޯނުން ވާހަކަ ދައްކަން ފެށި އަޑު އިވުނީ ފިރެހެނެކެވެ.

“ވީޑިއޯ ބެލިގޮތަށް ޚަބަރެއްނުވީ ބިރުންތަ؟…”

އަހަރެންގެ ކަންފަތުގައި ޖެހުނު އަޑަކުން ދެލޯ ބޮޑުވިއެވެ. ވަގުތުން ފޯނު ދުރުކޮށްލާފައި ބަލައިލެވުނެވެ. އެއީ ހަމަ ވީޑިއޯ ފޮނުވި ނަންބަރެވެ.

“ކޮންކަމެއް ބޭނުންވެގެން ތިއުޅެނީ؟…” އަހަރެންގެ އަޑު ތުރުތުރުއަޅައިގެން ދިޔައެވެ.

“ކޮން ކަމެއްހޭ؟… އެކަމެއް ބުނެފިއްޔާ ކޮށްދެވޭނެތަ؟…” އެމީހެއްގެ ސުވާލުތަކަށް ނިމުމެއް ނައެވެ.

“މިވަގުތަށް ބޭނުންވަނީ ފައިސާ… ދިހަ ހާސް… ތަންކޮޅެއް ގިނަ ދޯ… މިވަގުތަށް ފުދޭނެ ފަސްހާސް ރުފިޔާއިން ވެސް…” އެމީހާ ބުންޏެވެ.

“ކިހިނެތް އެ ވީޑިއޯ…” އަހަރެން އެއްޗެއް ބުނަން އުޅުނީމެވެ.

“ތިދަނީ މާ މައްޗަށް… ކޮންމެ ކަމަކަށްވެސް ވަގުތެއްވޭ… އެ ވަގުތެއް އަންނަންދެން ކެތްކޮށްލާ… ހުރިހާ ހަޤީގަތެއް އަދި އެނގޭނެ…” އެމީހާގެ އަޑުގައި ހިތްހަމަނުޖެހުމުގެ ޢަޞަރުވިއެވެ.

“އަހަރެން ކީއްކުރަން ތިމީހަކަށް ފައިސާ ދޭންވީ؟… ފައިސާ ދެވޭނީ ޝަރުތެއްގެ މަތިން… އަހަރެން ކުރާ ސުވާލުތަކުގެ ޖަވާބު ދޭ މަތިން…” އަހަންނަށް ހީވީ އައު ހިތްވަރެއް ލިބުނު ހެންނެވެ.

“ހުރިހާ ޖަވާބެއްވެސް ދޭނަން… އެކަމަކު މިއަދަކު ނޫން… އަހަރެން ފޮނުވާނަން އެޑްރެސް އެއް، މާދަމާ ރޭ 8 ޖަހަންވާއިރަށް ފައިސާ ހުންނަންވާނީ އެތާ… އަދި ބުނަން، އިތުރު މީހަކު ފޮނުވައިގެންނުވާނެ… އިތުރު މީހަކަށް މިކަން އެނގިގެންވެސް ނުވާނެ…” އަހަންނަށް އިތުރު އެއްޗެއް ބުނާނެ ފުރުޞަތު ނުދީ އެމީހާ ފޯނު ކަނޑާލިއެވެ.

********

ހެނދުނުގެ ނާސްތާވެސް ނުނަގައި އަހަރެން އޮފީހަށް ދިޔައީ ލަސްވާކަމަށް ބުނެއެވެ. ހަޤީގަތަކީ ޒެވިންއަށްވުރެ ކުރިން އޮފީހުގެ މަސައްކަތަށް ޙާޟިރުވުމެވެ. ހެނދުނު ހަތްގަޑި ބައިވިއިރު، އަހަރެން ހުރީ، އަހަންނަށް ޙާއްސަކުރެވިފައިވާ ކެބިންގައެވެ. ޒެވިން އައުމުގެ ކުރިން މަސައްކަތު މީހަކު ލައްވައި، އެ ކެބިން ސާފުކުރުވީމެވެ. ޒެވިން އައީ އަށެއްޖަހަން ދިހަ މިނެޓަށް ވެފައި ހުއްޓައެވެ. އެތެރެއަށް ވަދެގެން ދިޔަ ޒެވިންއަށް އަހަރެން ފެނުމުން ހުއްޓުމެއް އައެވެ. އެކަމަކު މަޑުކޮށްލުމެއްނެތި ހުރިގޮތަށް ވަދެގެން ދިޔައީއެވެ.

އަށެއް ޖެހިއިރުވެސް ޝާޔަންއެއް ނައެވެ. ތަކުރާރުކޮށް އެ ފޯނަށް ގުޅުމުންވެސް ލިބެނީ އެއް ޖަވާބެކެވެ. ފޯނު އޮތީ ނިވާލާފައެވެ. މޭޒުމަތީގައި ފުނިޖެހިފައިހުރި ފައިލްތަކަށް ބަލައިލުމާއިއެކު، އަހަރެންގެ ބޮލުގައި ރިއްސާލިއެވެ. އެ ފައިލުތަކާއިބެހޭ އެއްވެސް މަޢުލޫމާތެއް އަހަންނަކަށް ނޭނގެއެވެ. އެ މަޢުލޫމާތު އެނގެނީ  ޝާޔަން އަށާއި ޒެވިން އަށެވެ. އެތައް އިރަކު ވިސްނަން އިނދެފައި، އެންމެފަހުން އަހަރެން ތެދުވީ އިތުރު ގޮތެއް ނެތުމުންނެވެ. މޭޒުމަތީގައި ހުރި ފައިލުތަކުގެ ތެރެއިން ދެތިން ފައިލު ހިފައިގެން ގޮސް ޒެވިންގެ ކެބިންއަށް ވަތްއިރު، ގޮނޑީގައި ބޯއަޅާލައިގެން ޒެވިން އޮތެވެ. ދެލޯ މަރާލައިގެން އޮތްއިރު، އަނގަޔަށް ފަންސޫރެއް ލައިގެން އޮތުމުން ހީވަނީ ކުޑަ ކުއްޖެއް ހެންނެވެ. އަނގަޔަށް ގޮތެއް ހަދާލައިގެން އަހަންނަށް ހުރެވުނެވެ.

އެތައް އިރަކު އަހަރެން އެހެން ހުރިއިރުވެސް، ޒެވިން ހަމަ އެ އޮތްގޮތަށް އޮތެވެ. ދޭތެރެއަކުން ލޮލީ ޕޮޕެއްހެން ފަންސޫރު ބޯލާ ގޮތުން، އަހަންނަށް ހުރެވުނީ އަނގަ ބޮޑުކޮށްލައިގެންނެވެ. ޒެވިން އެކޭ ކުޑަ ކުއްޖެކޭ އެއްވެސް ތަފާތެއް ނެތެވެ. އަހަރެން ވަރަށް ބާރަށް ފައިލުތައް މޭޒުމައްޗަށް ޖެހީމެވެ. ސިއްސައިގެން ގޮސްފައި ތެދުވިއިރު، ޒެވިންގެ ދެލޯ ވަނީ ބޮޑުވެފައެވެ. ބާރަށް ހަޅޭއްލަވައިގަނެފައި ފަންސޫރު ބުރުވައިލިގޮތުން އަހަރެންވެސް ސިހޭގޮތްވިއެވެ.

“ޔޫ…” އަކުރުތަކަށް ދަމާލާފައި ޒެވިން ބުންޏެވެ.

“ހައު ޑެއަރ ޔޫ…” ނޭވާ ހަމައަކަށް އަޅުވަމުން ޒެވިން އަހަންނަށް ބަލައިލީ ނުރުހިފައެވެ.

އަހަރެން އެއްވެސް އެއްޗެއް ނުބުނެ ހިނގައިގަތީ އެތަނުން ނުކުންނާށެވެ. ދަމުން އެ ފައިލުތަކުގައިވާ މަސައްކަތްތައް މިއަދު ނިންމާފައި ޙަވާލުކުރުމަށް އެދުނީމެވެ.

“ހޭއި ފޫލިޝް ލޭޑީ…” ޒެވިންގެ އަޑު އިވުމުން އަހަރެންގެ ފިޔަވަޅުތައް ވަގުތުން ހުއްޓުނެވެ.

“އެހާ އަވަހަށް ހަނދާން ނެތުނީތަ؟…” އަހަންނާއި ދިމާއަށް ފާޑަކަށް ބަލަހައްޓައިގެން ހުރެ، ޒެވިން ބުންޏެވެ.

“އަބަދު ހަނދާންކޮށްދޭން ނުޖައްސަބަލަ… އަން… މި މަސައްކަތްތައް މިއަދު ޓޫ ގެ ކުރިން ނިންމާތި… ބައިދަވޭ، މިއަދަކީ އަހަންނަށް ވަރަށް ޚާއްސަ ދުވަހެއް… މިއަދު އަހަރެން ކުރަންޖެހޭ ވަރަށް ބައިވަރު މަސައްކަތް އެބަހުރި… އެހެންވީމަ، އިތުރަށް ޑިސްޓާބް ކުރަން ނަހަދާތި…” ފައިލުތައް އަހަރެންގެ އަތަށް ޖަހާފައި ޒެވިން ގޮސް އޭނާގެ ގޮނޑީގައި އިށީނެވެ.

“ހައް…” އަހަރެންގެ ރުޅިގަނޑު ފަޅައިގެން ދިޔައެވެ.

އަނބުރާލާފައި ގޮސް ޒެވިންގެ މޭޒު މައްޗަށް ފައިލުތައް ޖެހީމެވެ.

“މިތަނުގެ ބޮސް އަކީ ކާކުކަން އޮޅުނީތަ؟… ޔޫ ނޯ ވަޓް… އަހަރެން މީ މިތާ އޯނަރ… އެންޑް ޔޫ އާރ…” އަހަރެން އެއްޗެއް ބުނަން އުޅެނިކޮށް ގޮނޑި ދުރުކޮށްލާފައި ކުއްލިއަކަށް ޒެވިން ތެދުވެއްޖެއެވެ.

ތެދުވިލެއް ބާރުކަމުން ގޮނޑި ގޮސް ފާރުގައި ޖެހިފައި ހުއްޓުނެވެ. އަނގަޔަށް ގޮތެއް ހަދާލައިގެން އަހަންނަށް ހުރެވުނީ ދެލޯ ހަނިކޮށްލައިގެންނެވެ. ޒެވިންގެ އަމަލުތައް ހުރިގޮތުން ފަޅައިގެން ދަނީ އަހަރެންގެ ރުޅިގަނޑެވެ. ބައެއް ފަހަރު އެ އަމަލުތައް ހުންނަގޮތުން ޖެހިލުންވެސް ވެއެވެ.

“އަހަރެން މީ ކާކުކަން ނޭނގޭތަ… މެނޭޖަރ، މީނީނު ބަލާބަލަ… މެ،ނޭ،ޖަ،ރ…” އަމިއްލަ މޭގައި ދެފަހަރަކު ޖަހާލާފައި، ޒެވިން ދައްކައިލީ މޭޒުމަތީގައި ބައިންދާފައިވާ ބޯޑެވެ.

ދެދަތްޕިލަ ޖައްސައި، ފިއްތާލައިގެން ހުރިއިރު، އަހަރެންގެ ދަތްތައްވެސް ހީވަނީ ބިންދައިގެން ދާން އުޅޭ ހެންނެވެ. އެތެރެއިން ހިލެމުން އައި ރުޅިގަނޑުގައި ދެއަތް މުށްކަވާ ލެވިއްޖެއެވެ. ފުންކޮށް ނޭވާލަމުން ގޮސް ދެއަތް ހިއްލައިލެވިއްޖެއެވެ. ދެފައި ބިންމަތީގައި ބާރަށް ޖަހާފައި އަނެއް ފަރާތަށް އެނބުރުނީމެވެ.

ފައިލުތަށް ނަގައިގެން އައިސް އަހަންނާއި ދިމާއަށް ދިއްކޮށްލިއިރު، ޒެވިން ހުރީ ހިނިތުންވެލައިގެންނެވެ. އެ މޫނުމަތިން ފެންނަމުން ދިޔައީ ކާމިޔާބީގެ އަޞަރެވެ. ފައިލުތައް އަނެއްކާވެސް ޒެވިން އާއި ދިމާއަށް ހޫރައިލަން އުޅެނިކޮށް މެޔަށް ދިލަ ތަދެއް އެރިއެވެ. އަތް ތިރިވެސް ކޮށްނުލެވިފައި ހުރިއިރު، ދެލޯ ފުރިގެން ކަރުނަތައް ބަންޑުންވާން ފަށައިފިއެވެ.

ނޭވާލުމަށް ދަތިވެގެން އަހަރެން ކުޑަކަކޫ މައްޗަށް ތިރިވިއެވެ. ވާއަތުން މޭގައި ހިފަހައްޓައިލިތަނައި، ހިއްލައިލެވިފައިވި، ކަނާއަތުގައިވާ ފައިލްތައް ދޫވެގެން ކާޕެޓްގެ މައްޗަށް ވެއްޓިއްޖެއެވެ. ހުރިތަނަށް ތިރިވުމުގެ ކުރިން ޒެވިން ކުއްލިއަކަށް ތިރިވެފައި އަހަރެންގެ ގައިގައި ހިފަހައްޓައިފިއެވެ. އަހަރެން އެ އަތްދަނޑި މައްޗަށް ނަގައިގަނެގެން ގެންގޮސް ސޯފާގައި ބޭއްވިއެވެ. އެއަށްފަހު، އަހަރެންގެ ފުރަގަހުގައި،  ދެކަކޫ މައްޗަށް ވާހެން އިށީނދެފައި، ބުރަކަށީގައި އަތްއަޅައި މަޑުމަޑުން ހިއްލައިލިއެވެ.

ޒެވިންގެ އަމަލުތައް ހުރިގޮތުން އަހަރެންގެ ހަނދާނަށް އައީ ރަވާންއެވެ. އެއް ދުވަހަކު މަންމަ ނޭވާލުމަށް ދަތިވެގެން ތެޅިފޮޅެމުން ދަނިކޮށް، ރަވާން ކަންތައް ކުރީ ހަމަ އެހެންނެވެ. އަހަންނަށް ކުއްލިއަކަށް ދުރަށްޖެހެވުނެވެ. ތަންތަނުގައި ހިފަހައްޓަމުން ކަހަލަ ގޮތަކަށް އެތަނުން ނުކުތީމެވެ. ފަހަތުން ޒެވިން އައެވެ. އަހަރެން ލިފްޓްގެ ތެރެއަށް ވަނުމުން އެކީގައި ވަނެވެ.

“އޭ ގާލް… ލެޓް މީ ހެލްޕް ޔޫ…” ޒެވިންގެ އަޑުގައި ވީ ތަފާތު ޢަޞަރެކެވެ.

ޒެވިން އަހަރެންގެ ކޮނޑުގައި ހިފައި ގާތަށް ދަމާލިއެވެ. އަހަރެން ދުރަށް ޖެހިލީމެވެ. ޒެވިން އަނެއްކާވެސް އަހަރެންގެ ކޮނޑުގައި ހިފައި ގާތަށް ދަމާލިއެވެ. މިފަހަރު ހިފަހައްޓައިގެން ހުރީ ކުރިޔަށްވުރެ ބާރަށެވެ. އަހަންނަށް ގުޑި ނުލެވޭނޭ ވަރަށެވެ.

ލިފްޓުގެ ތެރެއިން ނުކުމެވުމާއިއެކުވެސް ޒެވިން އަހަރެންގެ ގައިން ދޫކޮށްލާކަށް ނޫޅުނެވެ. އެންމެންގެ ނަޒަރު އަހަރެމެންނަށް ހުއްޓިފައިވީއިރުވެސް، ޒެވިންގެ އެއްވެސް ފަރުވާލެއް ނެތް ކަހަލައެވެ. އެގާތްކަމުން އަހަރެންގެ ހިތް ތޮރުފަމުން ދަނީއެވެ. ދުރަށްޖެހިލަންވެސް ހަނދާންނެތިފައި ބަލަން ހުރެވުނީ އެ މޫނަށެވެ. އޭރު ރަވާންގެ ހަނދާންތަކުން ދެލޯ ކަރުނުން ފުރިއްޖެއެވެ.

(ނުނިމޭ)

Share Article

Follow Me Written By

eysh

Level 510 Stories100 Comments100 Login500 Comments

Writing story is one of my hobby. It's something fun to do that makes me happy. Dream is to become a successful story writer In Sha Allaah ❤ I love reading comments. My Finished stories; Keh kuraanan unmeedhugaa, Loabi vevumun, Nudhaaney thiya handhaan filaa, Case number 1, Umurah thiya loabeegaa, Badhalu, E handhaan foheveytho beliyas, Vakive nudhanees, Fohevigen nudhaaney, Fevifaa thinanvey mihithugaa, Mee mihithuge shakuvaa ey, Nethi gellunee hayaathey Vaudhu veemey Kafun vevifaa On going stories; Mi nan thihithun filuvaalaneehey, Ufaleh netheehe dhuniyeyn Inthihaa ah loabiveemey Story books (to be published); Sheen Fb page: Eysh stories Email: [email protected]

Other Articles

Previous

ހުރީމެ އިންތިޒާރުގަ (7)

Next

މިޝްކާ (ޓްރެއިލަރ)

Next
January 18, 2020

މިޝްކާ (ޓްރެއިލަރ)

Previews
January 17, 2020

ހުރީމެ އިންތިޒާރުގަ (7)

23 Comments!

  1. eysh says:
    January 18, 2020 at 4:27 pm

    Salaam All
    Miothee 7 vana bai. Unmeedhukuran kamudhaane kamah. Kuree part ah kudhin kohlaafa huri cmnts thakah Eysh mihaaru hunnaanee rply kohlaafa.. rply lasvee balive ulheythee.. Mi part ves kiyaalaafa kiyuntherin dhekey gotheh cmnt kohlahchey.. btw how are u all.. missed u all..
    Thank u all fr the support.. much loves ?❤

  2. magnumm says:
    January 18, 2020 at 5:26 pm

    ayeeeeee…ehkala sweet sweet eysh gandu???ehhehe..stry hama obi ngeyy??kon irakun next part kiyan libenoooo❤❤❤waiting…lav u

    1. eysh says:
      January 18, 2020 at 5:41 pm

      ?? hehe.. thank u so much Magnumm.. V sweet ?? v ufaavehje cmnt kiyaalaafa.. In Sha Allaah v enme avahakah gennaanan.. keep waiting.. ly2 ?❤❤

  3. Mehh says:
    January 18, 2020 at 5:26 pm

    Awwwn haadha reecheyyy..alhe zewin eii Hama rawaan dhw……can’t wait to read the next partttt..,….waiting..konirakun nexxtt

    1. eysh says:
      January 18, 2020 at 5:43 pm

      Awwww ? thank u so much dear.. V ufaavehje mi part ves kamudhiyaeema ?❤ hingaa dho balamaa kaakutho.. In Sha Allaah v enme avahakah next part genesdheynan.. keep waiting inge.. ?❤❤

  4. Lamko says:
    January 18, 2020 at 6:49 pm

    Eyshh❤️❤️❤️mi part vvv reethi….. Obiness to tha max❤️
    Kaaku tha livy ah gulhiii……. Anehkaa zevin eii ravaan tha❤️??nxt part avahah up kollahchey…..ur so sweet sii❤️❤️??… Ly❤️❤️?

    1. eysh says:
      January 18, 2020 at 11:05 pm

      Hi lamko ❤
      Thank u so much dear.. varah ufaavehje mi part ves kamudhiyaeema.. ?❤ hingaa dho balamaa.. thihen ves hama vedhaane.. In Sha Allaah v enme avahah next upkohdheynan.. u too v sweet ?❤ ly2 lamko ?

  5. shaai says:
    January 18, 2020 at 6:51 pm

    alhe zevin Aki ravaan tha anehkka…..
    oooooooops…..
    story hama v taffffffffffff….??????
    vvvvv rythi ???????

    1. eysh says:
      January 18, 2020 at 11:08 pm

      Shaai.. ?
      Hingaa dho balamaa kaakutho.. ? thank u so much dear.. varah ufaavehje mi part ves kamudhiyaeema.. ?❤ next part ah inthizaarukohlahchey.. ?❤

  6. Esherr says:
    January 18, 2020 at 7:23 pm

    Woww…mi part vex vvv reethi..curiously waiting for the next part..??❤

    1. eysh says:
      January 18, 2020 at 11:10 pm

      Awww Thank u so much Esherr ?❤ varah ufaavehje mi bai ves kamudhiyaeema.. ❤ means a lot.. keep waiting for the next ingey.. ?❤❤

  7. Izabell says:
    January 18, 2020 at 7:57 pm

    Story hama awesome.??????????????????Varah reethi. Masha Allah ❤❤❤❤❤❤ Varah kiyaahiyy vey mi story. Avahah up kollahche????. Can’t wait. Varah interesting viyya.????????waiting waiting waiting????????????????????

    1. eysh says:
      January 18, 2020 at 11:13 pm

      Awww ? Thank u so much Izabell ?❤ varah ufaavehje story kiyaahihvaa vaahaka buneema..❤ means a lot.. In Sha Allaah v masakkaiy kuraanan avahah upkuran.. keep waiting for the next.. ?❤

  8. Mahoo says:
    January 18, 2020 at 9:31 pm

    Varah reethi mi part vess eysh… next part ah wait nukureveyy haa ryythi…

    1. eysh says:
      January 18, 2020 at 11:14 pm

      Awww ? Thank u so much Mahoo ?❤ varah ufaavehje ingey mi part ves kamudhiyaeema..❤ In Sha Allaah v masakkaiy kuraanan next part avahah upkuran.. keep waiting for the next.. ?❤

  9. Anonymous says:
    January 19, 2020 at 1:56 pm

    v reethi

    1. eysh says:
      January 20, 2020 at 8:49 am

      Thank u so much ?❤

  10. Sheen says:
    January 19, 2020 at 6:32 pm

    Wowwww ? ? ? ? ? ? ? ? ? vvvvv salhi huvaa. Hama neyvaa hifahattaalaigen innan jehunee. Dhen vaane gotheh neyngey haaluga. Haadha furihamaey. ?❤️??????❤️?????❤️?????❤️?????❤️?♥️??❤️?????❤️???? Komme jumulaehves ehaa interesting. Vvv reethi sufakoh dhinunves hama superb. Zevinge rulhi gandaa livy ge haalathu hama sifa vey ????????????????????????????????????????? Alhe xevin ae ravaan ah vaane nama. Livy ah ravaan gelleykah neydhen. ??????????????????????????????? Anekka thie konkameh beynunvegen ulhey meehehbaa. Shaayan ge atheh thikamuga vaakamah v heevey adhi thikamakee shaayan aa ravaange bappa gulhigen hingaafa oiy jareemaa akaa vahtharee ?????????? Komme gothehviyas ithurah shauguveri vejje. Vaanuvaa ingen hama keiymadhuvehje ?????????????????????????????Waiting for the next part. Lysm ????????????????????????

    1. eysh says:
      January 20, 2020 at 8:51 am

      Hingaa dho vaagotheh balamaa.. Thank u so much sheen. fr the support.. means a lot.. varah ufaavehje.. keep waiting for the next part.. ly2 dear ?❤❤

  11. me says:
    January 20, 2020 at 11:44 am

    haadha lahey up vaaleh belun vareh neynge mihaaru up vithw.kon dhuvas dhuvahehgatha mi up vanee mivaahaka …pls avahah up kohladheebala

    1. eysh says:
      January 24, 2020 at 11:06 pm

      In Sha Allaah next part avahah genesdheynan.. week aku 2 part genesdheveytho balanee. Ekam midhuvaskolhuge gothun week aku part eh mi genedhevenee. In Sha Allaah 2 part genesdheveytho balaanan kuriyah oiy thaa..

  12. 마샤 says:
    January 21, 2020 at 10:12 am

    Eysh dhoonee, story Hama ehvana, keep it up

    1. eysh says:
      January 24, 2020 at 11:07 pm

      Awwww so sweet.. thank u so much dear.. varah varah ufaavehje story kamudhiyaeema ?❤❤

Comments are closed.


All Right Reserved!