Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

މިނަން ތިހިތުން ފިލުވާލަނީހޭ…09

eysh Level 510 Stories100 Comments100 Login500 Comments
February 1, 2020 6 Mins Read
30 Comments

އަހަރެންގެ ހައިރާންކަން އިތުރުވީ ޒެވިންގެ ފަހު ޖުމްލަ އަޑު އިވުމުންނެވެ. އެ ޖުމްލަ ހަމަ އެއްވެސް ތަފާތުކަމެއްނެތި މީގެ ކުރިންވެސް އަހަރެން ވަނީ އަޑު އަހާފައެވެ. އެކަމަކު އެއީ ރަވާންގެ ދުލުންނެވެ. ވިސްނަންވީ ގޮތެއް ނޭނގިފައި ހުއްޓައި ޒެވިން ގޮސް ލިފްޓަށް ވަނެވެ. ފަހަތުން އަހަރެން ވަންއިރު، ސިކުނޑި ވަނީ މުޅީން އެހެން ދިމާއަކަށް މިސްރާބު ޖަހާފައެވެ. ކުރަންއުޅޭ ކަންތަކުގެ މަތީން އަހަރެން ހަނދާން ނެތުނެވެ.

“ހެލޯ… އެކްސްކިއުޒް މީ… ނުދަނީތަ؟… ދިހަ ވަރަކަށް މިނެޓުވެސް ދެން ނެތޭ…” އަތުކުރީގައި އަޅާފައި އޮތް ގަޑިއަށް ބަލަމުން ޒެވިން ބުންޏެވެ.

********

އަހަންނަށް ހަމަހޭވެރިކަންވީއިރު، ޒެވިން ހުރީ ލިފްޓްގެ ދޮރުގައި ހިފަހައްޓައިގެންނެވެ. އެ ނަޒަރު ހުރީ އަހަންނަށް ހުއްޓިފައެވެ. އެއްބުމަ އުފުލާލައިގެން ހުރިގޮތުން، ހިތްހަމަނުޖެހިފައި ހުރިކަން އެނގުނެވެ.

“މީގެ އިރުކޮޅެއް ކުރިން މީހަކު އުޅުނުގޮތުން އަހަރެން ހީކުރީ ތަނެއް ފަޅާފަވިޔަސް، ގަޑި ޖެހެންވާއިރަށް އެތަނަކަށް ދެވޭތޯ ބަލާނެ ކަމަށް…” އަހަރެން ނުކުތުމާއިއެކު، ކުރިޔަށް ހިނގައިގަންނަމުން ޒެވިން ވާހަކަ ދެއްކިއެވެ.

“މިހާރު އަހަންނަށް ހީވަނީ އަހަންނަށްހެން މާވަރަކުން މިއުޅެވެނީ… ދާންޖެހޭ މީހާ ނޫޅޭ ވަރަކުން އެހެން މީހަކު އުޅޭނެ ކަމެއް ނެތްތާ…”

ޒެވިން ދެފަރާތަށް ބޯ ހޫރާލާފައި ގޮސް، އޮފީހުން ނުކުތެވެ. ކުޑަކޮށް މަޑުޖެހިލާފައިވެސް، ޒެވިންގެ ފަހަތުން އަހަރެން ނުކުތީމެވެ. އޭރު ސައިކަލު ސްޓާޓުކޮށްލައިގެން، އަހަރެންގެ އިންތިޒާރުގައި ޒެވިން އިނެވެ. ސައިކަލަށް އަރާފައި އަހަރެން އިނީ ޒެވިން އާއި ވީހާވެސް ދުރުގައެވެ. އެ ހަށިގަނޑުގައި ޖެހިދާނެތީ، އަހަރެން އިނީ ޖެހިލުންވެފައެވެ. ޒެވިން ސައިކަލު ދުއްވާލިލެއް ބާރުކަމުން އަހަރެން ކައްސާލައިގެން ގޮސް އެ ހަށިގަނޑުގައި ތަތްވިއެވެ. ވަގުތުން ދުރަށް ޖެހުނީމެވެ. ޒެވިން ހީލި އަޑު އިވުނެވެ. އެއީ ގަސްތުގައި ކުރި ކަމެއްކަން އެނގުމުން، އަހަންނަށް ދަތްތަކަށް ބާރުކޮށްލެވުނެވެ.

ސައިކަލު މަޑުކޮށްލުމާއިއެކު އަހަންނަށް އެއިން ފުންމައިލެވުނު ގޮތްވެސް ނޭނގުނެވެ. އެ ހުރިހާއިރު އަހަރެން އިނީ ރަނގަޅަށް ނޭވާވެސް ނުލެވިފައެވެ. ދެއަތުން ސައިކަލުގެ ފަހަތުގައި އިންނަ ދަގަނޑުގަނޑުގައި ހިފަހައްޓައިގެން އިނދެއިނދެ، ދެއަތުގައި ރިއްސަމުން ދިޔައެވެ. ސައިކަލުން އަވަހަށް ފައިބަން ހަދައިގެން ފައިގެ ކުޑަހުޅަށްވެސް ތަދުވިއެވެ. އެންމެފަހުން ހިނގަންޖެހުނީ ކޮރާ ޖަހައިގެންނެވެ.

“އެހެރީ އެތަން…” ޒެވިން އޭނާގެ އަތުގެ އިޝާރާތުން ދައްކައިލީ ފަޅު އިމާރާތެކެވެ.

ދެ ފަންގިފިލާއަށްވާހެން ހުރި އެ އިމާރާތުގައި އެއްވެސް އަލިކަމެއް ނެތެވެ. ބައުވެ ވީރާނާވެފައިވާ އެ އިމާރާތް ފެންނަން ހުރިގޮތުން މުޅި ހަށިގަނޑު ރޫރޫ އަޅައިގަތެވެ. އެކަނި އެތަނަށް ދާންވެސް ނުކެރޭނެއޭ ހިތަށް އެރިއެވެ. ހިތްވަރު ކޮށްފައި އަހަރެން މަޑުމަޑުން އެދިމާއަށް ހިނގައިގަތީމެވެ. އެއާއިއެކު، ޒެވިން އަހަރެންގެ އަތުގައި ހިފައި ދަމައިގެންފިއެވެ.

“ބޮލެއް އިނަސް، ސިކުނޑިއެއް ނެތޭ…”

ޒެވިން އަހަރެން ގެންގޮސް ފާރާލައި ފިއްތާލިއެވެ. އެއަށްފަހު، އަހަންނާއި ވީހާވެސް ބޮޑަކަށް ގާތަށް ޖެހިލިއެވެ. އެ އަމަލުން އަހަރެންގެ ގައިގައި ހުރި ލޯލިތައް ކޮޅަށް ޖެހުނެވެ. ދެލޯ މަރައި ބާރުކޮށްލަމުން، އަނެއް ފަރާތަށް މޫނު އަނބުރައިލީމެވެ.

“ކޮންތާކަށް ނުދެވިގެންތަ ތިއުޅެނީ؟… ތިއުޅެނީ އަމިއްލައަށް މަރުވާ ހިތުންތަ؟…” ޒެވިން ވާހަކަ ދެއްކީ، އަހަރެންގެ ކަންފަތް ދަށުގައި ވައި އަޑުންނެވެ.

“މީ ތިހީކުރާހާ ކުޑަ ކަމެއް ނޫނޭ… ތިހެން އަންހެން ކުދިން މިކަހަލަ ތަންތަނަށް ގެނެސް އެބަހުއްޓޭ އެތައް ގޮތެއް ހަދާފަ… ހަމަ މީހަކު އެއްޗެއް ބުނާއިރަށް އިތުބާރުކޮށްގެން ތަންތަނަށް އަންނައިރު، ބޮލުގެ ބޭނުން ކުރަންވެސް ދަސްކުރަން ޖެހޭނެ…” ދެންވެސް ވާހަކަ ދެއްކީ ޒެވިންއެވެ.

ގުޑިލަންވެސް ނުކެރިފައި އަހަރެން ހުއްޓައި ޒެވިން އަހަންނާއި ދުރަށްޖެހިލައިފިއެވެ. އަހަރެން ބަލައިލިއިރު، އެ ނަޒަރު އަމާޒުވެފައިވަނީ ކުރިމަތިން ފެންނަން އޮތް ރަތްކުލައިގެ ކާރަށެވެ. އެއިން ފޭބި މީހަކު ދުވެލާފައި ކަހަލަ ގޮތަކަށް ގޮސް އެ އިމާރާތުގެ ތެރެއަށް ވަނެވެ. ދެމީހުންނަށް އެއްފަހަރާ އެކަކު އަނެކެއްގެ މޫނަށް ބަލައިލެވުނެވެ.

“އަހަރެން މިދަނީ އެތަނަށް… ހަނދާންކުރާތި، މިތަނުން ގުޑިވެސް ލައިގެން ނުވާނެ… އަހަރެން އަންނަންދެން މިތާ ހުންނާތި…” ޝަހާދަތް އިނގިލި އަހަރެންގެ މޫނާއި ދިމާއަށް ދިއްކޮށްފައި ޒެވިން އިންޒާރު ދިނެވެ.

ޒެވިން ގޮސް އިމާރާތުގެ ތެރެއަށް ވަންނަންދެން ބަލަން ހުރެފައި އަހަރެން އެދިމާއަށް ހިނގައިގަތީމެވެ. ފަސްއެނބުރި ބަލަމުން ކަހަލަ ގޮތަކަށް ކުރިޔަށް ދިޔައީމެވެ. ކޮންމެ ފިޔަވަޅެއް އަޅަނީ ބިރުން ސިހިސިހި ހުރެއެވެ. ހީވަނީ ދެންމެދެންމެ މީހަކު އައިސް ހަމަލާއެއް ދީފާނެ ހެންނެވެ.

އިމާރާތުގެ ތެރެއަށް ވަންތަނައި އަހަރެން ދިޔައީ ސިއްސައިގެންނެވެ. ލަކުޑި ގަނޑެއްގެ ހަމަލާ އެރީ ސީދާ އަހަރެންގެ ބަނޑަށެވެ. ބާރަށް ހަޅޭއްލަވައިގަނެވުނެވެ. ބަނޑުގައި އަތް އަޅައިގެން އޮވެ ގުދުވެވުނެވެ. ވީ ތަދުން އަހަންނަށް ހަށިގަނޑު ތެދުވެސް ކޮށްނުލެވުނެވެ.

“އޭރުވެސް ބުނިންދޯ އެހެން މީހުން މިކަމުގެ ތެރެއަށް ނުވައްދާށޭ… އަހަރެން މިހުރީ ނިކަން ރަނގަޅަށް ކަލޭމެން ހަދާ އެއްޗެއް ބަލާށޭ… ކަލޭމެން ހީކުރީ އަހަރެން މީ ތަންދޮރު ނޭނގޭ ކުޑަ ކުއްޖެއް ކަމައްތަ؟…”

އިވުނީ ފިރެހެނެއްގެ އަޑެވެ. އިސްއުފުލައި ބަލައިލާނެ ހިތްވަރު ވެސް އަހަރެންގެ ހަށިގަނޑުގައި ނެތެވެ. ތިރިވަމުން ގޮސް، ދެކަކޫ މައްޗަށް ތިރިވެވުނެވެ. އަނގައިން ނުކުންނަމުން ދިޔައީ ވޭނީ އާޙްގެ އަޑެވެ. ވިސްނައިލާނެ ފުރުޞަތެއްވެސް އަހަންނަކަށް ނުލިބުނެވެ. ދެވަނަ ހަމަލާ އެރީ އަހަރެންގެ ބޮލަށެވެ. އުއްޑުން ވެއްޓުމާއިއެކު މަންޒަރު ފުސްވެއްޖެއެވެ. ނިތްކުރި އާއި ދިމާއިން ތެތްކަމެއް އިޚްސާސްވިއެވެ. އަހަރެންގެ އަތުގައި އޮތް ދަބަސް ދަމައިގަތްކަން އެނގުނެވެ. ދެން ވީގޮތެއް ނޭނގުނެވެ.

ހޭއެރުމާއިއެކު އަހަންނަށް ފުންމައިގެން ތެދުވެވުނެވެ. ހަމަ އެހާ އަވަހަށް ދެލޯ މަރައި ބާރުކޮށްލެވުނެވެ. ނިތްކުރި އާއި ދިމާއިން އިޚްސާސް ކުރެވުމުންދިޔަ ދިލަ ތަދުން ބޮލުގައި ދެއަތުން ހިފަހައްޓައިލެވިއްޖެއެވެ. ބޮލުގައި އޮތީ ބެންޑޭޖް އަޅާފައެވެ. މީހާ ހަމައަކަށް އެޅުމާއިއެކު މަޑުމަޑުން ދެލޯ ހުޅުވައިލީމެވެ. އަހަންނަށް އޮވެވުނީ ޒެވިންގެ ކޮޓަރީގައެވެ. ކައިރީގައި އިށީނދެލައިގެން ޒެވިން އިނެވެ. އެ މޫނުމަތިން ފެންނަމުން ދިޔައީ ކަންބޮޑުވުމުގެ ޢަޞަރެވެ.

އަހަރެން ލޯ ހުޅުވައިލުމާއިއެކު ޒެވިން އިސްޖަހާލައިފިއެވެ. އުނދަގޫ ގޮތަކަށް ހިންދިރުވައިލިކަން އެނގުނީ ކުޑަކޮށް ހިއްލިފައިވާ ޒެވިންގެ ލަގޮނޑި ދެކޮޅަށް ދަތުރުކޮށްލިތަން ފެނުމުންނެވެ. ޒެވިން ލައިގެން އިން ޓީޝާޓުގައި ލޭގެ އަޞަރު ހުއްޓެވެ. އޭގެ އިރުކޮޅެއް ކުރީގެ ހާދިސާ ހަނދާންވީ ދެނެވެ. އަހަންނަށް ދެލޯ ބޮޑުކޮށްލެވުނެވެ. ވަށައިގެން ހޯދައިލީމެވެ. ޑްރެސިންގް ޓޭބަލްގެ މަތީގައި އޮތް އަހަރެންގެ ދަބަސް ލޮލުގައި އަޅައިގަތީ އެވަގުތުއެވެ.

އަހަރެން ފުންމައިގެން ތެދުވީމެވެ. ކޮރަމުން ކަހަލަ ގޮތަކަށް ގޮސް ދަބަސް ނަގައި އޭގައި ހުރި ހުރިހާ އެއްޗެއް އޮއްސައިލީމެވެ. ފައިސާ ފިޔަވައި އެހެން ހުރިހާ އެއްޗެއް ހަމައަށް ހުއްޓެވެ. އަހަރެންގެ ކޮންމެ ހަރަކާތަކަށް ބަލަން ޒެވިން އިނެވެ. އެ މޫނުމަތިން ފެންނަމުން ދިޔައީ ތަރުޖަމާކުރަން ނޭނގޭނޭފަދަ ފުން ޢަޞަރުތަކެކެވެ.

“އެމީހާ… އޭނަ… ކޮބާ އޭނަ؟…” އަހަރެންގެ އަޑު ތުރުތުރު އަޅަމުން ދިޔައެވެ.

ޒެވިން ފުންމައިގެން ތެދުވިއެވެ. ދެބުމަ ކައިރިކޮށްލައިގެން ހުރިގޮތުންނާއި، ދެއަތް މުށްކަވާލައިގެން ހުރިގޮތުން ރުޅި އައިސް ފަޅައިގެންދާން ކައިރިވެފައިކަން އެނގުނެވެ. ޒެވިން އެއައި ބާރުމިނުގައި އައިސް އަހަރެންގެ ދެކޮނޑުގައި ބާރަށް ހިފަހައްޓާލިއެވެ. އަހަރެން ދިޔައީ ސިއްސައިގެންނެވެ. އެ ބާރުގަދަ ދެއަތުގެ ތެރޭގައި ޤައިދުވުމުން ސަލާމަތްވާކަށް މަސައްކަތެއް ނުކުރެވުނެވެ.

“އަދިވެސް ތި ވިސްނަނީ އެ މީހާ އާއި ދޭތެރޭގައިތަ؟… އަމިއްލަ ޙާލާއިމެދު ނުވިސްނަނީ ކީއްވެތަ؟… ތިއުޅެނީ ރަނގަޅަށް ކޮޅަށްވެސް ނުހުރެވިގެންނޭ…” ޒެވިން ހަޅޭއްލަވައިގަތެވެ.

އެ އަޑު ގަދަކަމުން އަހަންނަށް ދެލޯ މަރާލެވުނެވެ. ޖެހިލުންވިއެވެ. ޒެވިން އަހަރެންގެ ދެކޮނޑުގައި ހިފައި މަޑުމަޑުން ތަޅުވައިލިއެވެ.

“ކީއްވެތަ ބުނީމަ ބުނާގޮތް ނަހަދަނީ… ކާކު ބުނީ އަހަރެންގެ ފަހަތުން އަންނާށޭ؟… އޭނ…”

“ބޮޑު ކަމެއްވީނަމަ، އަހަރެން ކިހިނެތް ހަދާނީ؟…”

ރުޅި އައިސްފައި ވާހަކަ ފެށި ނަމަވެސް، ޒެވިންގެ އަޑު މަޑުވެއްޖެއެވެ. އެ އަޑުގައި މިހާރުވަނީ އޯގާތެރިކަމާއި އަޅާލުމެވެ.

އަހަރެންގެ ދެލޮލުން ހޯސްލާފައި ކަރުނަ ފައިބަން ފެށިއެވެ. ކީއްވެކަމެއް ނޭނގުނެވެ. ހިތުގައި ޖެހޭގޮތްވިއެވެ. ޒެވިންގެ މޫނުމަތީގެ ޢަޞަރުތައް ބަދަލުވާން ނެގީ ހިނދުކޮޅެކެވެ. އަހަރެންގެ ގައިން ދޫކޮށްލާފައި، ދުރަށްޖެހިލައިފިއެވެ. އެއަށްފަހު ދޫކޮށްލީ ފުން ނޭވާއެކެވެ. އަނެއްކާވެސް އަހަރެންގެ އަތުގައި ހިފައި ދަމާފައި ކަހަލަ ގޮތަކަށް ގެންގޮސް އެނދުގައި ބޭއްވިއެވެ.

“ދެން މިތަނުން ތެދުވެގެން ނުވާނެ… އަހަރެން އަންނަންދެން މިތާ އޮންނާތި…”

ޒެވިން ބާރުބާރަށް ހިނގާފައި ކޮޓަރިން ނުކުތެވެ. އެ މޫނުމަތިން ހިތްހަމަނުޖެހުމަށްވުރެ ބޮޑަށް ފެންނަމުންދިޔައީ މުޅީން އެހެން އަޞަރެކެވެ. ދެލޯ ރަތްވެފައި ހުރިގޮތުން ރޮއެފައި ހުރިހެންވެސް ހީވިއެވެ.

އަހަރެން ތެދުވީމެވެ. ކޮޓަރި ދޮރުކައިރީގައި ހުއްޓުނުއިރު، ސިޓިންގްރޫމް ސޯފާގައި އިށީނދެލައިގެން ޒެވިން އިނެވެ. ދެއަތުން މޫނު ފޮރުވާލައިގެން އިންގޮތުން، ބޮޑު ފިކުރެއްގައި ކަން އެނގުނެވެ. ޒެވިން އެހެން އިނދެފައި ކޮޓަރި ދޮރާއި ދިމާއަށް ބަލައިލިއެވެ. އަހަންނަށް ލިބުނީ ސިހުމެކެވެ. އެ ދެލޮލުގައި ވަނީ ކަރުނައިގެ ޢަޞަރެވެ. އެކަމަކު ކީއްވެ ހެއްޔެވެ؟ ޒެވިން ރޯންވީ ކީއްވެ ހެއްޔެވެ؟ ސުވާލުތަކުން ހިތް ފުރެމުން ދަނިކޮށް ޒެވިން ތެދުވިތަން ފެނުނެވެ. އަހަންނަށް ވަގުތުން ދޮރާއި ނިވާވެލެވުނެވެ.

“އަހަރެން މިދަނީ ބޭރަށް… ގޭގަ ކާއެއްޗެއް ނެތީމަ އެއްޗެއް ގަންނަން މިދަނީ… ކޯއްޗެއް ގެނެސްދޭންވީ؟…” ޒެވިންގެ އަޑުގައި ކުރިން ހުރި ހަރުކަށި ގޮތެއް ނެތެވެ.

“އަހަރެން ދާނީ ގެއަށް…” އަހަރެން ހުރީ އިސްޖަހާލައިގެންނެވެ.

އެއްޗެއް ނުބުނެ ޒެވިން އިރުކޮޅަކު ހުއްޓެވެ. ދެން ފެނުނީ ދޮރުމަތިން ދުރަށްޖެހިލި ތަނެވެ. އަވަހަށް އެތަނުން ނުކުތުމަށް ހިނގައިގަތީމެވެ.

“މަޑުކޮށްބަލަ…” އަހަރެން ހިނގައިގަތުމުން ޒެވިން ބުންޏެވެ.

“ދާން ބޭނުމިއްޔާ އަހަންނާއި އެކީ ނޫނީ ނުދެވޭނެ… އެހެން ނޫނީ މިރޭ ޖެހޭނީ މިތާ މަޑުކުރަން…” އަނެއްކާވެސް އިވުނީ ޒެވިންގެ އަމުރުވެރި އަޑެވެ. އެއީ ދިން އިންޒާރެއް ކަމެއް، ނޫނީ އަހަންނާއިމެދު ވިސްނާފައި ބުނި އެއްޗެއް ކަމެއް ނޭނގުނެވެ.

“އަހަރެން އެކަނި ހިނގައިދާނަން…” ލިފްޓްގެ އިންތިޒާރުގައި މަޑުކޮށްލައިގެން ހުރެފައި ބުނީމެވެ.

ލިފްޓް ހުޅުވުމާއިއެކު، ޒެވިންވެސް އެތެރެއަށް ދެމިގެންފިއެވެ. އަހަރެން ހުރީ ބޮލަށް އުނދަގޫވެފައެވެ. އެންމެ ފަސޭހައިން ސަލާމަތްވެވޭނީ އެކީގައި ދިޔުމުންކަން އެނގޭތީ ހިމޭނުން ހުރީއެވެ. ބޭރަށް ނުކުމެފައި، ޒެވިން އެދުނީ އޭނަ އާއިއެކު ސައިކަލުގައި ދިޔުމަށެވެ. ދެފިކުރެއްގައި ހުރެފައި ސައިކަލަށް އެރީ އިތުރު ގޮތެއް ނެތުމުންނެވެ.

ސައިކަލު ގޮސް ގޭގެ ދޮރު މައްޗަށް މަޑުކޮށްލިއެވެ. އަހަރެން ފައިބަން އުޅެނިކޮށް، ދޮރާށި ހުޅުވާލާފައި ތިއްތަ ނުކުތްތަން ފެނުނެވެ. ޒެވިން ފެނުމާއިއެކު ތިއްތަގެ ދެލޯ ބޮޑުވެއްޖެއެވެ. އަތުގައި އޮތް އޮރެންޖް ކޮތަޅު ވެއްޓި، އޭގައި ހުރި އޮރެންޖްތައް މުޅި ތަނަށް ބުރައިގެން ދިޔައެވެ. ސައިކަލުން ފައިބަންވެސް ނޭނގިފައި އަހަންނަށް އިނދެވުނީ ތިއްތަގެ ހަރަކާތްތަކަށް ބަލާށެވެ.

“ރަވާން…” ތިއްތަގެ ދުލުން އެ ނަން ކީއިރު، ހުރީ ޒެވިންގެ ކައިރިއަށް އައިހެވެ.

ޒެވިންގެ މުޅި މޫނުގައި ފިރުމަމުން ދިޔައިރު، ތިއްތަ ހީވަނީ މޮޔަވެފައިވާ ހެންނެވެ. ތިއްތަގެ އަތް ދުރުކުރެވޭތޯ ޒެވިން މަސައްކަތް ކުރިއެވެ. ފެންކަޅިވެފައި އެ މަންޒަރު ބަލަން އަހަންނަށް އިރުކޮޅަކު އިނދެވުނެވެ. ސައިކަލުން ފައިބައިގެން ގޮސް ތިއްތަގެ ދެކޮނޑުގައި ހިފައި ދަމައިގަތީމެވެ. ހަށިގަނޑުގައި އަޅަމުންދިޔަ ވޭނުގެ ސަބަބުން މާ ބޮޑު ބާރެއް ނުދެއްކުނެވެ. އެކަމަކު، ގަދަކަމުން ކަހަލަ ގޮތަކަށް، ޒެވިން އާއި ތިއްތަ ދުރުކޮށްގެން ގޭތެރެއަށް ވެއްދުމަށް ހިނގައިގަތީމެވެ. އޭރުވެސް ތިއްތަ ދިޔައީ ހުއްޓާނުލައި ރަވާންގެ ނަމުން ގޮވަމުންނެވެ.

“ތިއްތާ، އެއީ ރަވާންއެއް ނޫނޭ… ހިނގާބަލަ ގެއަށް…” އަހަރެން މަސައްކަތް ކުރީ ތިއްތައަށް ވިސްނައިދެވޭތޯއެވެ.

“ސޮރީ…” ގޭތެރެއަށް ވަންނަމުން ފަސް އެނބުރި، ޒެވިން އާއި ދިމާއަށް ބަލައިލާފައި ބުނީމެވެ.

އަހަރެން ގޭތެރެއަށް ވަންތަނައި، އަތް ފޮޅުވައިލާފައި ތިއްތަ ބޭރަށް ނުކުމެއްޖެއެވެ. ދެން ފެނުނީ ޒެވިން ގޮވައިގެން އައިސް ގެއަށް ވަންތަނެވެ. ގޭގެ އެންމެންނަށްވެސް ލިބުނީ ސިހުމެކެވެ. ތިއްތައަށް ވީވަރު ނުވި ނަމަވެސް އެންމެންވެސް ތިބީ ލިބުނު ސިހުމުގައި އަނގައިން ބަހެއްވެސް ބޭރުކޮށްލަން ނޭނގިފައެވެ. އަހަރެން ގޮސް ވަނީ ކޮޓަރިއަށެވެ. އެތައް އިރެއް ކޮށްފައި ނުކުތްއިރު، ސިޓިންގްރޫމު ސޯފާގައި މަންމަ އާއި ވާހަކަ ދައްކަން ޒެވިން އިނެވެ. މަންމަވެސް ހީހީފައި ޒެވިން އާއި ވާހަކަ ދައްކަމުން ދިޔައެވެ.

އަހަރެން ފެނުމުން މަންމަ ގޮވާލާފައި ކައިރިއަށް އައުމަށް އެދުނެވެ. އަހަރެން ދިޔުމާއިއެކު މަންމަ ފެށީ، އަހަރެންގެ ފަރުވާ ކުޑަ ވާހަކައެވެ. ބޯ މޮޑެލައިދެމުން، ބަލައިގެން އުޅުމަށް އެދުނެވެ. ވާނުވާ ނޭނގޭތީ އަހަންނަށް ބަލައިލެވުނީ ޒެވިންގެ މޫނަށެވެ. ލާނެތް ޒާތަކަށް ހީލައިގެން ޒެވިން އިންގޮތް ފެނުމުން މަންމަގެ ކައިރީގައި ކޮންމެވެސް ވާހަކައެއް ދައްކައިފިކަން އެނގުނެވެ. އަހަންނަށް ދެ ތުންފަތް ފިތައިލެވުނެވެ.

ދެން މަންމަ ފެށީ، ރަވާން އާއި ޒެވިން ވައްތަރު ވާހަކައެވެ. އެއީ އަޑުއަހަން އަހަންނަށް އެހާ ފަސޭހަ ވާހަކައަކަށް ނުވިއެވެ. އެހެން ނޫނަސް، ޒެވިންގެ ކައިރީގައި ރަވާންގެ ވާހަކަ ދައްކާކަށްވެސް އަހަރެން ހިތްހަމައެއް ނުޖެހުނެވެ.

“ދަރިފުޅު ދޭބަލަ ޒެވިންއަށް ގޭތެރޭގެ ތަންތަން ދައްކާލަން…” މަންމަ އިނީ ހުރިހާ ދަތެއް ފެންނަ ވަރަށް ހީލައިގެންނެވެ.

ނުވެސް ދަންނަ މީހަކު އެންމެންވެގެން އެހާ ގާތްކޮށްލައިގެން އުޅޭތަން ފެނުމުން އަހަރެން އިނީ ހިތްހަމަނުޖެހިފައެވެ. ރަވާން އާއި ވައްތަރު ގޮތެއް ހުރިނަމަވެސް، ޒެވިން އަކީ މުޅީން އެހެން މީހެކެވެ. ފުރުޞަތުގެ ބޭނުން ހިފައި ޒެވިން ގޮވައިގެން އެންމެންނާއި ދުރަށް ހިނގައިގަތީމެވެ. އަހަރެން ބޭނުންވީ ވީ އެންމެ އަވަހަކަށް ޒެވިން ފޮނުވައިލާށެވެ. އަހަރެން ގޮސް ނުކުތީ، ގޭގެ ބަގީޗާ ހައްދާފައިވާ ބަޔަށެވެ. އެތަނުން ދޮރާއްޓާއި ދިމާއަށް ދެވެން އޮތް ހަނި މަގުން ކުރިއަށް ހިނގައިގަތީމެވެ.

“ސޮރީ…” ޒެވިން ހުރީ އަހަރެންގެ މޫނަށް ބަލަހައްޓައިގެންނެވެ.

“ކޮންކަމަކާ…” އެއްވެސް އަޞަރެއް ނެތް ގޮތަކަށް އަހަރެން ބުނީމެވެ.

“އަހަރެން އެމީހަކާއި ވައްތަރުވީމަ…”

ޒެވިންގެ ޖުމްލަ އަޑު އިވުމުން އަހަރެންގެ ފިޔަވަޅުތައް ހުއްޓުނެވެ. ހިތި ގޮތަކަށް ހިންދިރުވައިލެވުނެވެ. ފުން ނޭވާއެއް ދޫކޮށްލާފައި ހަމަޖެހިލީމެވެ. އޭރުވެސް ޒެވިންގެ ނަޒަރު ހުރީ އަހަރެންގެ މޫނަށް ހުއްޓިފައެވެ.

“ވަރަށް ލަސްވެއްޖެ… ޒެވިން ދެން ދާންވީނު…” އަތުގައި އޮތް ގަޑިއަށް ބަލައިލަމުން ބުނީމެވެ.

“އޯކޭ… އަންނާނަން އެންމެން ކައިރީ ދާ ވާހަކަ ބުނެލާފަ…”

ޒެވިން އުޅުނީ ގޭތެރެއަށް ވަންނާށެވެ. އެހާ އަވަހަށް ޒެވިން ފޮނުވައިލަން މަންމަމެން ބޭނުން ނުވާނެކަން އަހަންނަށް އެނގެއެވެ. އަނގައިން ބަހެއް ބޭރުކޮށްލެވުމުގެ ކުރީން އިސްކުރެވުނީ އަތެވެ. ކުރެވުނީ ކިހާ ވަރެއްގެ ކަމެއް ކަން އެނގުނުއިރު، ޒެވިންގެ އަތުގައި ހިފައިލެވިއްޖެއެވެ.

(ނުނިމޭ)

Share Article

Follow Me Written By

eysh

Level 510 Stories100 Comments100 Login500 Comments

Writing story is one of my hobby. It's something fun to do that makes me happy. Dream is to become a successful story writer In Sha Allaah ❤ I love reading comments. My Finished stories; Keh kuraanan unmeedhugaa, Loabi vevumun, Nudhaaney thiya handhaan filaa, Case number 1, Umurah thiya loabeegaa, Badhalu, E handhaan foheveytho beliyas, Vakive nudhanees, Fohevigen nudhaaney, Fevifaa thinanvey mihithugaa, Mee mihithuge shakuvaa ey, Nethi gellunee hayaathey Vaudhu veemey Kafun vevifaa On going stories; Mi nan thihithun filuvaalaneehey, Ufaleh netheehe dhuniyeyn Inthihaa ah loabiveemey Story books (to be published); Sheen Fb page: Eysh stories Email: [email protected]

Other Articles

Previous

ތަޤްދީރު 05 ވަނަ ބައި

Next

ހީވޭ ހިތް ބުނާހެން 3

Next
February 2, 2020

ހީވޭ ހިތް ބުނާހެން 3

Previews
January 30, 2020

ތަޤްދީރު 05 ވަނަ ބައި

30 Comments!

  1. Sheen Shiru says:
    February 1, 2020 at 11:52 pm

    Wowwww 1st ♥️♥️

    1. eysh says:
      February 2, 2020 at 7:35 pm

      Congratulations dear ?❤❤

  2. Vaahaka kiyaa kuhjjaa says:
    February 2, 2020 at 12:11 am

    v v nice

    1. eysh says:
      February 2, 2020 at 7:36 pm

      Thank u so much dear ?❤❤ v ufaavehje

  3. Sheen says:
    February 2, 2020 at 12:39 am

    Wowwww ♥️♥️♥️♥️♥️♥️♥️ vvvvvv reethi mi part ves.. Sifakurunthah salhikamunves ithurah shauguveri vevey. Hama vaahakaige thereyga ulheyveyhen heevanee. Ehaaves furihama. ????????????????????????????????????❤️❤️❤️❤️❤️❤️???????????????????????? Dialogue thakaa beynunkoffa hunna basthahves vvvv hiygaimu. V Emotional. ??????????????????????????????????????????????????????????? Kiyan fesheessure nimendhen ves indhevunee hama neyvaa hifahattaalaigen. Dhen vaanee kihinehbaaey hithah ara araa. Ehaaves interesting. ?????????????????????????????????????????????????????????????????? Alhe zevin akee ravaan ah vaane nama thankolheh avahah. Heevanee aslu zevin ah ingey hen ae ravaan kan. Alhe hama vvvv inthizaaru kureves ingey dhen inna part ah. ???????????????????????????????????????????????? Asluves eysh ge ideas haadha salhiey. Visnun ves ehaa creative. Liyaa komme part akunves improvements feney. Thee hama emme best. Lysm ?????????????????????????????????????????????????

    1. eysh says:
      February 2, 2020 at 7:36 pm

      Awww so sweeet.. means a lot.. Thank u so much dear ?❤❤ v ufaavehje cmnt kiyaalaafa

  4. Meekkomee says:
    February 2, 2020 at 5:46 am

    Wow ❤️???…sis mi Bai varah Varah Reethi ????? sifakurun tha omg it awesome ???whn is nxt ?????? waiting for the nxt part ❤️?????luv yeahhhh ❤️??❤️

    1. eysh says:
      February 2, 2020 at 7:37 pm

      Awww Thank u so much dear ?❤❤ v ufaavehje cmnt kiyaalaafa.. next In Sha Allaah mi week ga genesdheynan..

  5. Nish says:
    February 2, 2020 at 8:05 am

    Maasha Allaah varah furihama mibaivex. varah dhigu inthixaarehge nimun varah vx ufaaveri. keep it up dear

    1. eysh says:
      February 2, 2020 at 7:37 pm

      Thank u so much dear ?❤❤ v ufaavehje cmnt kiyaalaafa..

  6. Shiv says:
    February 2, 2020 at 8:16 am

    Wooow v reethi mi part vx… Ekm maa kuree thi genes dhey varu… When next… Maa lahee ingee up kohdheyleii vx.

    1. eysh says:
      February 2, 2020 at 7:39 pm

      Thank u so much dear ?❤❤ v ufaavehje mi bai ves kamudhiyaeema.. next part in Sha Allaah mi week ga genesdheynan.. try kuraanan maa lasnukoh upkureveytho

  7. ފިރާ says:
    February 2, 2020 at 8:55 am

    އެއީ ތެދެއް ތަންކޮޅެއް އަވަހަށް އަނެއްބައި ގެނެސްދީބަ. ވަރަށް ރީތި މިވާހަކަ މާޝާﷲ

  8. ފިރާ says:
    February 2, 2020 at 8:58 am

    ފެންވަރު.ކޮމް ގަ ގެނެސްދޭ އުފަލެއް ނެތީހެ ދުނިޔެއިން އެ ވާހަކަ ކިޔާލަން ލިބޭނީ ކޮން ދުވަހަކުންތަ؟ ވަރަށް އިންތިޒާރު ކުރެވޭ އެ ވާހަކައަށްވެސް

    1. eysh says:
      February 2, 2020 at 7:39 pm

      Thank u so much dear ?❤❤ v ufaavehje.. In Sha Allaah avas kuran v masakkaiy kuraanan

    2. eysh says:
      February 2, 2020 at 7:43 pm

      Sheen ebunihen Sunday and Wednesday In Sha Allaah .. Thank u so much ?❤❤

  9. Mahoo says:
    February 2, 2020 at 9:42 am

    Varah reethi… really your great story witter????…. hurihaa vahaka ehvess ehaareethi when next part….

    1. eysh says:
      February 2, 2020 at 7:40 pm

      Awww so sweeet.. Thank u so much dear ?❤❤ v ufaavehje cmnt kiyaalaafa.. In Sha Allaah mi week ga new part genesdheynan kameh dhimaa nuvanyaa..

  10. Hawwa Abdhulla says:
    February 2, 2020 at 9:49 am

    ??❣️♥️?

    1. eysh says:
      February 2, 2020 at 7:42 pm

      Thank u so much dear ?❤❤

  11. Sheen says:
    February 2, 2020 at 11:35 am

    Eysh ah kameh dhimaanuvanyaa UFALEH NETHEEHE DHUNIYEIN..Story SUNDAY and WEDNESDAY ga up kurey..

    1. eysh says:
      February 2, 2020 at 7:43 pm

      Yess dear.. Thank u so much ?❤❤

  12. Kylie says:
    February 2, 2020 at 11:48 am

    Maasha allah v reethi mi part vx….Waiting fr nxt part……. LYSM sis…… Keep it up dear……

    1. eysh says:
      February 2, 2020 at 7:42 pm

      Awww Thank u so much dear ?❤❤ v ufaavehje cmnt kiyaalaafa.. keep waiting fr the next part..

  13. Yanaa says:
    February 2, 2020 at 12:34 pm

    Varah??varah??varah??reethi??maa sha Allah??waiting??for??the??next part.???

    1. eysh says:
      February 2, 2020 at 7:42 pm

      Awww Thank u so much dear ?❤❤ v ufaavehje cmnt kiyaalaafa.. keep waiting fr the next part..

  14. Lamko says:
    February 2, 2020 at 1:17 pm

    OBINESS TO THA MAX EYSH SISOOOO…. MI PART VRAH FURIHAMA NGEY….. WHN NXT PART…… CURIOUSLY WAITING FOR THE NEXT PART… ?❤️❤️❤️❤️???LUV YAA SISOOO

    1. eysh says:
      February 2, 2020 at 7:41 pm

      Awww Thank u so much dear ?❤❤ v ufaavehje cmnt kiyaalaafa.. In Sha Allaah mi week ga new part genesdheynan kameh dhimaa nuvanyaa..

  15. Esherr says:
    February 2, 2020 at 11:49 pm

    This part is also tremendous..???..btw eysh ah innane hangout in invitation eh fonuvaafa..accept kohlacchey???❤

    1. eysh says:
      February 3, 2020 at 12:14 pm

      Awww so sweeet.. ekam Eysh hangout use eh nukuran adhi.. ?
      Thank u so much dear.. varah ufaavehje mi bai ves kamudhiyaeema ?❤?❤

Comments are closed.


All Right Reserved!