Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

މިނަން ތިހިތުން ފިލުވާލަނީހޭ…13

eysh Level 510 Stories100 Comments100 Login500 Comments
February 14, 2020 5 Mins Read
25 Comments

“އާރްރްރް… ޒެވިން…”

އަހަންނަށް ބޮލުގައި ދެއަތުން ހިފަހައްޓައިލެވުނެވެ. ދެލޯ މަރާލާފައި ހުޅުވައިލިއިރު، ދާދި ކައިރީގައި ހުރި ޒެވިން ފެނިފައި ދިޔައީ ސިއްސައިގެންނެވެ. ޒެވިން ހުރީ، ކާމިޔާބީގެ ހިނިތުންވުމެއް ތުންފަތް މައްޗަށް ވެރިކުރުވައިގެންނެވެ. އަހަރެން ސިއްސައިގެން ގޮސްފައި ފަހަތަށް އެއްލިގެން ދިޔަގޮތުން ޖެހުނީ ފާރުގައެވެ. ޒެވިން އަހަންނާއި ގާތަށް ޖެހިލިއެވެ. އެއާއިއެކު އަހަރެން ހުރީ ފާރުގައި ރީއްޗަށް ތަތްވެފައެވެ. އަރިއަކަށް ގުޑިލާކަށްވެސް ނުކެރުނެވެ francepharmacie.fr. ފާރުގައި އެއް އަތް އަޅުވާލާފައި އަހަރެންގެ މޫނާއި ދިމާއަށް ޒެވިން ގުދުވިއެވެ. އަހަންނަށް ދެލޯ މަރައި ބާރުކޮށްލެވުނެވެ. ލާންއުޅުނު ނޭވާވެސް ހީވީ އެތެރެހަށީގައި ތާށިވި ހެންނެވެ.

********

“ހިތަށް އަރާ ދޯ އަހަރެން ހާދަ ސްމާޓޭ…” ޒެވިން ވައި އަޑުން އެހެން ބުނެފައި ދުރަށް ޖެހިލައިފިއެވެ.

އަހަންނަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނީ ދެނެވެ. ދެލޯ ހުޅުވައިލިއިރު އަހަރެން ހުރީ ދެބުމަ ގޮށްޖަހާލައިގެންނެވެ.

“އަހަންނަށް އިނގެއޭ ކުރިންވެސް މިހެން ވާނެކަން… އެހެންވެ، ވިއްސަކަށް ގަނޑު ޕްރިންޓްކޮށްލައިގެން މިއުޅެނީ…” ޒެވިން ފެށީ ހޭށެވެ.

ލާނެތް ގޮތަކަށް ޒެވިން ހޭތަން ފެނި އަހަރެންގެ ރުޅި ގަދަވިއެވެ. ފުންކޮށް ނޭވާލާން ފެށުނީ ރުޅިގަނޑު ފަޅައިގެންދާހެން ހީވުމުންނެވެ.

“ސްޓޮޕް އިޓް…” ބާރުބާރަށް ހިނގާލާފައި، އަހަރެން ގޮސް ވަނީ ކެބިންއަށެވެ. އޭރު އަހަރެންގެ ތަބީޢަތު ވަނީ ބަދަލުވެފައެވެ.

“ކޮންތާކު ފައިލިންގް ރޫމް ހުންނަނީ؟…” އަހަރެން ފެނުމާއިއެކު ނިޔާލް ސުވާލުކުރިއެވެ.

“އެމަސައްކަތް ކުރާކަށް ނިޔާލްއަކަށް ނުޖެހޭނެ…” އަހަރެން ހިތްހަމަނުޖެހިފައި ބުނީމެވެ.

“މަސައްކަތް ޙަވާލުކުރީ އަހަރެން… އެހެންވީމަ، ތިކަމާ ގުޅޭ ހުރިހާ ސުވާލެއްވެސް ކުރަންޖެހޭނީ އަހަންނާއި…”

ޒެވިން އޭނާގެ ކެބިންއިން ނުކުތްއިރު، ހުރީ ދެޖީބަށް އަތްޖަހާލައިގެންނެވެ. އަހަންނަށް ދެތުންފަތް ފިތައިލެވުނެވެ. އަހަރެން ހުރީ ރުޅި އައިސްގެން ގޮސް، އެތެރެއިން ހުޅުގަނޑު ފަޅައިގެންދާން ކައިރިވެފައެވެ.

“ހިނގާ އަހަންނާއިއެކު… ފައިލުތައް ގެންނަންވާނީ ލިޔުންތައްވެސް ތަރުތީބު ކޮށްގެން francepharmacie.fr…” ޒެވިން އުޅުނީ ނިޔާލް އެތަނުން ނުނެރެވިގެންނެވެ.

ކުޑައިރުކޮޅެއްފަހުން ޒެވިން އައިއިރު، އެމޫނުމަތިން ފެނުނީ ހަމަޖެހުމުގެ ޢަޞަރެވެ. އަހަންނަށް ދެފަރާތަށް ބޯ ހޫރާލެވުނެވެ. އޮފީސް ގަޑި ޖެހެން ފަސްމިނެޓަށްވީއިރުވެސް ނިޔާލްއެއް ނައެވެ. ވަޒީފާ ބަޔާނުގައިވާގޮތުން އޮފީސް ބަންދުކުރުން ޒިންމާކުރެވިފައި އޮންނަނީ ނިޔާލްއަށެވެ. އަހަރެން ހުރީ ލިފްޓްގެ އިންތިޒާރުގައެވެ. ދެވަނަ ފަންގިފިލާ ޙާއްސަކޮށްފައި ހުންނަނީ ފައިލުތައް ބެހެއްޓުމަށާއި ސްޓޮކްއަށެވެ.

އަހަރެން ގޮސް ވަތްއިރު، ނިޔާލް އިނީ ފައިލުތަކުގައިވާ ލިޔުންތައް ތަރުތީބުކުރުމުގެ މަސައްކަތުގައެވެ. ލިޔުންތައް ފުނިފުންޏަށްވާހެން އެކި ތަންތަނުގައި އަތުރާފައި ހުއްޓެވެ. ހީވާގޮތުން އެއިން ޒަމާނަކުވެސް އެމަސައްކަތް ނުނިމޭނެއެވެ. ފައިލުތައް ބަހައްޓާފައިވާ ކަބަޑުތައް ބަލަމުން އަހަރެން ހިނގަމުން ދިޔައީމެވެ. އަހަރެންގެ ލޮލުގައި އަޅައިގަތީ، ރަވާންއަށް އަހަރެން ހަދިޔާކުރި ފޮޓޯ ފްރޭމްއެކެވެ. ތަޅުލެވޭގޮތަށް ހުރި، ބިއްލޫރި ވަތްގަނޑެއްގެ ތެރޭގައި، އެ ފްރޭމް އޮތީ ބަންޑުންވާހެން ވެއްޓިފައެވެ. އަހަރެން އުޅުނީ އެ ނަގާށެވެ. އެކަމަކު އެ ވަތްގަނޑު ހުރީ ތަޅުލާފައެވެ. އަހަރެން އެ ހުޅުވަން އުޅެއުޅެ އެކަމެއް ނުވިއެވެ.

“ލަޔާ ބުނެފިއްޔާ ތި ހުޅުވާކަށް އެއްވެސް ކަމެއް ނޫން…” ނިޔާލް ބުންޏެވެ.

“ނޯ…” އެތަނުން ދުރަށްޖެހިލަމުން އަހަރެން ބުނީމެވެ.

“ހަނދާންވޭތަ ސްކޫލް ލައިބްރަރީގައި ބަންދުވި ދުވަސްމަތީން…” އެއްޗެއް ހަނދާންކޮށްލާ ފަދައިން ނިޔާލް ބުންޏެވެ.

“ވަރަށްވޭ އަނެއްކާވެސް އެހެން ހަދާލާހިތް…” ލާނެތް ގޮތަކަށް ހީލި ނިޔާލްގެ ދެލޮލުން ފެނުނީ ޖެހިލުން ކުޑަކަމެވެ. ކޮންމެފަދަ ކަމެއްވެސް ކުރަން އޭނަ ތައްޔާރަށް ހުރި ކަހަލައެވެ.

ނިޔާލްގެ ނަޒަރު އެތަނަށް ވަދެވެން ހުންނަ ދޮރާއި ދިމާއަށް ހުއްޓުނުތަން ފެނިފައި އަހަރެންގެ ދެލޯ ބޮޑުވިއެވެ. އަވަހަށް ދޮރާއި ދިމާއަށް ދުއްވައިގަނެވުނެވެ. އޭގެ ކުރިން ނިޔާލް ގޮސް ދޮރު ތަޅުލައިފިއެވެ. ތަޅުދަނޑި އަހަންނަށް ދައްކައިލަމުން އެ ކޮއްޕައިލީ ޖީބަށެވެ.

“ނިޔާލް… ކޮންކަހަލަ ސަމާސާއެއް ތިކުރަނީ…” އަހަރެން ހިތްހަމަނުޖެހުނެވެ.

“ހަމަ މިހާރު ދޮރު ހުޅުވާ…” އަހަރެން އަމުރުކުރީމެވެ.

ނިޔާލް އޭނާ ހުރިތަނުން ގުޑާވެސް ނުލިއެވެ. އަހަރެންގެ ނޭވާ އަވަސްވާން ފެށިއެވެ. މުޅި މީހާ ދާހިއްލައި ފޯވާކަށް ގިނައިރެއް ނުނެގިއެވެ. ނިޔާލް ހުށިޔާރެވެ. ތަނުގެ ބޮކިތައް ނިއްވާލައިފިއެވެ. އަހަރެންގެ އަނގައިން ނުކުތީ ތޫލި ހަޅޭކެއްގެ އަޑެވެ. ދެކަންފަތްމަތީގައި އަތް އަޅަމުން ހުރިތަނަށް ތިރިވެވުނެވެ. އޭރު ބިރުން މުޅި ހަށިގަނޑު ތުރުތުރުއަޅަމުން ދިޔައެވެ. އަހަންނަށް ވީގޮތް އެނގުމުން ނިޔާލްއަށް އެކަންތައްވީ މަޖާ ކަމަކަށެވެ. މުޅި ތަނުގައ ގުގުމައިލީ އޭނަގެ ހުނުމުގެ އަޑެވެ. އެއަޑުންވެސް އަހަރެންގެ ހަށިގަނޑުގައިވި ލޯލިތައް ކޮޅަށްޖެހުނެވެ. ބިރުން މުޅި ހަށިގަނޑު ރޫރޫ އަޅައިގަތެވެ. އަހަންނަށް ގިސްލާފައި ރޮވެން ފެށުނެވެ.

ކުޑައިރުކޮޅެއް ފަހެވެ. މުޅި ތަން އަލިވުމާއިއެކު، ދޮރުވެސް ހުޅުވިއްޖެއެވެ. އަހަރެން ބަލައިލިއިރު، ފެނުނީ ކަންބޮޑުވެފައިވާ ނިޔާލްގެ މޫނެވެ. އޭރު އަހަރެން ހުރީ ރޮއެރޮއެ ވަރުބަލިވާގޮތް ވެފައެވެ. ވަށައިގެން ހީވީ އެނބުރެމުން ދިޔަހެންނެވެ. ނިޔާލް އައިސް އަހަރެންގެ ދެކޮނޑުގައި ހިފެހެއްޓިއެވެ. މަޑުމަޑުން ތަޅުވައިލުމުން ވާނުވާ ރޭކާލައިފިއެވެ.

“ލަޔާ އައިމް ސޮރީ… އަހަރެން ހިއެއް ނުކުރަން ލަޔާ ތިހާ ބިރުގަންނާނެ ކަމަކަށް…” ނިޔާލް ހުރީ ހާސްވެފައެވެ.

އަހަރެން އަތުގައި ހުރި ބާރެއްލާފައި ނިޔާލްގެ ކޯތާފަތްމަތީގައި ޖެހީމެވެ. އެއަށްފަހު ދޮރާއި ދިމާއަށް ދުއްވައިގަތީމެވެ. އަހަރެން ގޮސް ލައިގަތީ ދޮރުމަތީގައި ހުރި ޒެވިންގެ ގައިގައެވެ. ޒެވިން އަހަރެންގެ ގައިގައި ހިފަހައްޓާފައި، އެ މޭގެތެރޭގައި އަހަރެން ފޮރުވާލައިފިއެވެ. އެއަތް ފޮޅުވާލާފައި އަހަރެން ގޮސްވަނީ ލިފްޓަށެވެ. އިންޒާރުގެ ބެލުމަކުން ނިޔާލްއަށް ބަލައިލާފައި، އަހަރެންގެ ފަހަތުން ޒެވިންވެސް އައިސް ލިފްޓަށް ވަނެވެ.

“އަހަރެން ފަހަތުން އަންނާނެކަމެއް ނެތް…” އަހަރެން ހިތްހަމަނުޖެހިފައި ބުނީމެވެ.

އަހަންނަށް ގިސްލެވޭވަރުން ރަނގަޅަށް ވާހަކަވެސް ނުދެއްކުނެވެ. ދެލޮލުން ފައިބަމުންދިޔަ ކަރުނަތައް ފުހެފުހެ، ވަރުބަލިވުމުން އެކަންވެސް ހުއްޓައިލީމެވެ.

“ތިހެން ރޮންޏާ ކިހިނެތް ދުރަށްދާނީ… އަހަންނަށް މިހާރު އެނގިއްޖެ އަހަންނަށް މިވާގޮތް… ކީއްވެކަން އެނގިއްޖެ ދުރަށް ނުދެވިގެން މިއުޅެނީ…” ޒެވިން ވާހަކަ ދެއްކީ ދެލޯ މަރާލަމުންނެވެ.

ލިފްޓްގެ ކަނެއްގައި ޒެވިން ހުރީ ބިތުގައި ލެނގިލައިގެންނެވެ. އެ ސިކުނޑީގައި އެތައް ކަމެއް އެނބުރެމުންދިޔަ ކަހަލައެވެ. ލިފްޓް ހުއްޓުމުން އަހަރެން ނުކުތީމެވެ. ފަހަތުން ޒެވިންވެސް ނުކުތެވެ. ދޮރާއި ހަމައަށް ގޮސްފައި އަހަރެން ހުއްޓުނީ ޒެވިންވެސް އަހަރެންގެ ފަހަތުން އެތެރެއަށް ވަންނަން އުޅޭހެން ހީވުމުންނެވެ.

“ޒެވިން ދެން ދޭ…”

އަހަރެން އެހެން ބުނިތަނައި ޒެވިން އަހަރެންގެ އަތުން ތަޅުދަނޑި އަތުލައިފިއެވެ. އަހަރެން އިތުރުކަމެއް ކުރުމުގެ ކުރީން ތަޅު ހުޅުވައިގެން އެތެރެއަށް ދެމިގަނެއްޖެއެވެ. ދެފަރާތަށް ބޯ ހޫރާލުމަށްފަހު އަހަރެންވެސް އެތެރެއަށް ވަނީމެވެ.

“އައި ލަވް ޔޫ…” ޒެވިން ހުރީ އަހަރެން އެތެރެއަށް ނުވަދެގެންނެވެ. އަހަރެން ވަނުމާއިއެކު އެއްފައި މައްޗަށް ތިރިވެފައި ޖީބުން ނެގި އަނގޮޓި އަހަންނާއި ދިމާއަށް ދިއްކޮށްލައިފިއެވެ.

“ވަޓް؟…” އަހަރެންގެ ދެލޯ ބޮޑުވިއެވެ. ގަބޫލުނުކުރެވިފައި ޒެވިންއަށް ބަލަން އަހަންނަށް ހުރެވުނެވެ.

“ލިވީ އައި ލަވް ޔޫ… ވިލް ޔޫ މެރީ މީ…” ޒެވިން އިނީ ހިނިތުންވެލައިގެންނެވެ.

އަހަރެން ހުރީ އަޖަބުވެފައެވެ. އަނގަ ހުޅުވުނުގޮތަށް ލައްޕަންވެސް ނޭނގުނެވެ. ޒެވިން އެހާ ކުއްލިގޮތަކަށް އެފަދަ ވާހަކަތަކެއް ބުނުމުން ޤަބޫލުވެސް ނުކުރެވުނެވެ. އަނެއްކާ ޒެވިން އަހަރެން ހައްދަނީ ހެއްޔެވެ؟ ނޫނީ އެއީ ކުރާ ސަމާސާއެއް ހެއްޔެވެ؟

ކުޑައިރުކޮޅަކު ވިސްނަން އަހަންނަށް ހުރެވުނެވެ. އޭރު ހީވަނީ ދެފައިން ބާރުދާން އުޅޭ ހެންނެވެ. ވަކި އެއްޗެއް ބުނުމެއްނެތި ގޮސް ސޯފާގައި އިށީނީމެވެ. ޒެވިން ތެދުވެގެން އައިސް އަހަރެންގެ ކުރިމަތީގައި ކުޑަކަކޫ މައްޗަށްވާހެން އިށީނެވެ.

“އަހަންނަކީ ކާކުކަން ޒެވިންއަށް އަދި ފަހަރެއްގައި ނޭނގި އޮވެދާނެ…” އަހަރެން އިނީ ޒެވިންގެ މޫނަށް ނުބަލަން އުނގުމަތީގައި އޮތް އަހަރެންގެ ދެއަތަށް ނަޒަރު ހުއްޓާލައިގެންނެވެ.

“އިތުރަށް އެނގެންޖެހޭނެ އޮތީ އެންމެ ކަމެއް… އެއީ ލިވީގެ ދިރިއުޅުމަށް އަހަރެން ގެންނަން ބޭނުންވޭތޯ ނޫނީ ނުވޭތޯ…”

ޒެވިން ވާހަކަދެއްކީ އަހަރެންގެ ދެއަތުގައި ހިފާލަމުންނެވެ. އަހަންނަށް ބަލައިލެވުނީ އެ މޫނަށެވެ. އެ މޫނުމަތިން ފެނުނީ ޔަޤީންކަމެވެ. އަހަރެން ވަގުތުން އަތް ދަމައިގަތީމެވެ.

“ޒެވިންއަށް ހަޤީގަތް އެނގޭނަމަ މިއަދު ތިތާކު ނީންނާނެ…” އަހަރެން އަނެއްކާވެސް އިސްޖަހައިލީއެވެ. އެ މޫނަށް ބަލަން އިންނާނެ ހިތްވަރެއް އަހަރެންގެ ގަޔަކު ނެތެވެ.

“އަހަންނަށް އެނގިއްޖެ… ހުރިހާ ހަޤީގަތެއް އެނގިއްޖެ… ލިވީއަށް އަހަރެން ފެނުނީމަ ވީގޮތާއި، އަހަންނަށް ލިވީ ފެނުނީމަ މިވާގޮތް ވަރަށް ސާފުކޮށް ބައްޕަ މިއަދު ބުނެދީފި…” ޒެވިންގެ ޖުމްލަ އަޑުއިވިފައި އަހަންނަށް އެ މޫނަށް ބަލައިލެވުނެވެ.

ހައިރާންވެފައި ޒެވިންގެ މޫނަށް ބަލަން އަހަންނަށް އިނދެވުނެވެ. ޒެވިން އެ ދެއްކީ ނާޒިމްގެ ވާހަކަ ހެއްޔެވެ؟ އަހަންނާއި ޒެވިން އެކުގައި ތިއްބައި ނާޒިމްއަށް ވަނީ ފެނިފައެވެ. ވީއިރު، ނާޒިމް އަހަންނާއި އެ ހުރިހާ ވާހަކައެއް ދައްކާފައި ގޮސް ޒެވިން އާއިވެސް ވާހަކަ ދެއްކީ ހެއްޔެވެ؟

“އަހަންނަށް އެނގިއްޖެ ތީ ދޮންބެގެ ވައިފް ކަން…” ޒެވިން ދެން ބުނި އެއްޗެއް އަޑުއިވިފައި އަހަންނަށް ކުއްލިއަކަށް ކޮޅަށް ތެދުވެވުނެވެ.

“ދޮންބެއޭ؟…” ހައިރާންވިވަރުން އަހަންނަށް ވާހަކަ ދެއްކުނީ ވަރަށް ބާރަށެވެ.

ޒެވިން ތެދުވިއެވެ. އޭނަ މަޑުމަޑުން ބޯ ޖަހާލިއެވެ. އެއާއިއެކު އަހަންނަށް ދެފަރާތަށް ބޯ ހޫރާލެވުނެވެ.

“ރަވާންއަކީ އަހަރެންގެ ދޮންބެ… އަހަރެމެންމީ ޓުވިންސް… ވިހޭއްސުރެ އަހަރެން އުޅުނީ ވަރަށް ބަލިކޮށް… އެހެންވެ ގިނައިން ބޭރުގައި އުޅެނީ… އަހަރެންގެ ބަލި ޙާލަތު ސިއްރުކުރަން ބައްޕަމެން ބޭނުންވީ… އެހެންވެ އާއިލާ އާއި ދުރަށް އަހަރެން ފޮނުވާފައި ހުރީ… ބަލީގެ ގޮތުން އަހަރެންގެ ހަށިގަނޑުގެ ގުނަވަންތައް އައީ ފެއިލްވަމުން… ފަރުވާކޮށްގެން ރަނގަޅުވީތަނައި، ލިވަރ އާއި ހާޓް ޓްރާންސްޕްލާންޓް ހަދަންޖެހުނީ… ކުއްލިގޮތަކަށް ދޮންބެ އެކްސިޑެންޓްވީ އެދުވަސްކޮޅު… އެ އެކްސިޑެންޓްގައި ދޮންބެ ރަނގަޅު ނުވާނެކަން އެނގުނީމަ ބައްޕަމެން ނިންމީ ދޮންބެގެ ގުނަވަންތަކުގެ އެހީގައި އަހަރެންގެ ފުރާނަ ސަލާމަތްކުރަން…” ޒެވިން ދޫކޮށްލީ ފުން ނޭވާއެކެވެ.

“މި ހަށިގަނޑުގެ ތެރޭގައި ވިންދު ޖަހަމުން މިދަނީ ދޮންބެގެ ހިތް… ދޮންބެ ލިވީދެކެ ވާ ލޯބި މިއަދު އަހަންނަށް އިޚްސާސް އެބަ ކުރެވޭ…” ޒެވިން ހުރީ އޭނާގެ މޭގައި އަތް ޖައްސާލައިގެންނެވެ. ހުރިހާ ވާހަކައެއް ދައްކާ ނިންމާފައި އަހަންނާއި ދިމާއަށް ބަލައިލީ ލޯބިން ފުރިގެންވީ ބެލުމަކުންނެވެ.

އަހަރެންގެ ހަށިގަނޑުގެ ވަރު ދޫވިއެވެ. ދެފައި ތުރުތުރުއަޅައިގަތެވެ. މިއީ ކޮންފަދަ އިމްތިހާނެއް ހެއްޔެވެ؟ އަހަރެންގެ ރަވާން ދުނިޔޭގައި ނެތްނަމަވެސް އެ ހަށިގަނޑުގެ ގުނަވަންތައް މަސައްކަތް އެބަ ކުރެއެވެ. އަހަންނަށް ހިބައިން ދީފައިވާ ރަވާންގެ ހިތް މިއަދު އެވަނީ އެހެން ހަށިގަނޑެއްގައެވެ. ހަޤީގަތް އެނގުމުން އަހަރެންގެ ދެފައިން ވަރު ދޫވިއެވެ. ހުރިތަނަށް ތިރިވުމާއިއެކު ޒެވިން އައިސް އަހަރެންގެ ގައިގައި ހިފަހައްޓާލައިފިއެވެ.

“އަހަރެން ބޭނުން އެކަނިވެލަން… ޕްލީޒް…” އަހަރެން ދުރަށްޖެހުނީމެވެ.

ޒެވިން އަހަންނަށް ބަލަން އިނދެފައި ނުކުމެގެން ދިޔައީއެވެ. ފިކުރުތަކުން އަހަރެންގެ ސިކުނޑިވަނީ ސުމަކަށް ގޮސްފައެވެ. އަޑުންއަޑު ނަގާފައި ރޮއެގަނެވުނެވެ. ދެލޯ ފާރުވީއިރުވެސް އަހަންނަކަށް ހުއްޓައެއް ނުލެވުނެވެ. ތަޤްދީރު އައިސް އަހަރެންގެ ދިރުއުޅުމާއި މި ކޮށްލީ ކޮންފަދަ ބޮޑު ސަމާސާއެއް ހެއްޔެވެ؟

އެތައްއިރަކު ރޮއެފައި އަހަންނަށް ނިދުނީއެވެ. ހޭލެވުނުއިރު ނުދަންނަ ނަންބަރަކުން ވަރަށް ގިނަ ފަހަރު ގުޅާފައި އޮތެވެ. އަހަރެން ފެންވަރާލައިގެން ނުކުމެ ކުޑަކޮށް ތައްޔާރުވެލިތަނައި، އަނެއްކާވެސް ފޯނު ރިންގްވާން ފެށިއެވެ. ފޯނު ނަގައި ކަންފަތުގައި ޖައްސައިލުމުން ގުޅީ ކުރީ ދުވަހުވެސް ގުޅި މީހާކަން އެނގުނެވެ.

“ހަޤީގަތް އެނގެން ބޭނުމިއްޔާ ދިހަ ހާސް ރުފިޔާ ހިފައިގެން މިރޭ ދިހައެއްޖަހާއިރު، ތި އޮފީސް ކުރިމަތީގައި ހުރި ކެފޭއަށް އާދޭ… ހަނދާންކުރާތި، މިފަހަރު ގޯސްކޮށް ކަމެއް ހިނގައިފިއްޔާ މި ހަޤީގަތް އޮންނާނީ ސިއްރެއްގެ ގޮތުގައި…” އެމީހާ އެހެން ބުނެފައި ފޯނު ކަނޑާލިއެވެ.

ގަޑިޖެހުމުގެ ކުރިން ތައްޔާރުވެލައިގެން އަހަރެން ހުރީ ކެފޭގެ ދޮރުމަތީގައެވެ. ކުޑައިރުކޮޅަކުން ފެނުނީ އެދިމާއަށް އައި ޝާޔަންއެވެ. ކެފޭ އާއި ޖެހިގެން ހުރި ގޯޅިގަނޑާއި ނިވާވެލީމެވެ. އަހަރެންގެ ހައިރާންކަން އިތުރުވީ ޝާޔަންގެ ފަހަތުން ދުވަމުން ކަހަލަގޮތަކަށް އައި މީހާ ފެނުމުންނެވެ.

(ނުނިމޭ)

Share Article

Follow Me Written By

eysh

Level 510 Stories100 Comments100 Login500 Comments

Writing story is one of my hobby. It's something fun to do that makes me happy. Dream is to become a successful story writer In Sha Allaah ❤ I love reading comments. My Finished stories; Keh kuraanan unmeedhugaa, Loabi vevumun, Nudhaaney thiya handhaan filaa, Case number 1, Umurah thiya loabeegaa, Badhalu, E handhaan foheveytho beliyas, Vakive nudhanees, Fohevigen nudhaaney, Fevifaa thinanvey mihithugaa, Mee mihithuge shakuvaa ey, Nethi gellunee hayaathey Vaudhu veemey Kafun vevifaa On going stories; Mi nan thihithun filuvaalaneehey, Ufaleh netheehe dhuniyeyn Inthihaa ah loabiveemey Story books (to be published); Sheen Fb page: Eysh stories Email: [email protected]

Other Articles

Previous

ވާނަމޭ އުމުރަށް އެކީ ޖާނާ (1)

Next

މިނަން ތިހިތުން ފިލުވާލަނީހޭ…14

Next
February 14, 2020

މިނަން ތިހިތުން ފިލުވާލަނީހޭ…14

Previews
February 14, 2020

ވާނަމޭ އުމުރަށް އެކީ ޖާނާ (1)

25 Comments!

  1. Yanaa says:
    February 14, 2020 at 5:20 pm

    Varah varah varah reethi????
    maa sha Allah❤❤❤❤❤❤❤❤
    waiting for the next part???

    1. eysh says:
      February 14, 2020 at 6:05 pm

      Thank u so much Yanaa ?❤❤ means a lot.. v happy.. keep waiting ??❤❤

  2. mulla says:
    February 14, 2020 at 5:36 pm

    v salhi mi part vx???.. next part thankolheh kuring up kohdhehcheyy plxxxxxx ?

    1. eysh says:
      February 14, 2020 at 6:06 pm

      Thank u so much mulla ?❤❤ so happy.. In sha Allaah try kuraanan avahah gennan.. keep waiting ??❤❤

  3. eysh says:
    February 14, 2020 at 6:08 pm

    Salaam All..
    Miothee 13 vana part.. mibaives kamudhaane kamah unmeedhukuran.. kiyaalaafa comment eh kohlahchey.. Eysh varah bxykoh ulhey dhuvaskolheh v ma lasvanee genesdheveyleh.. dhen oiy bai avahah genesdheveytho balaanan.. keep waiting ❤

  4. NooYas says:
    February 14, 2020 at 7:01 pm

    It’s beautiful. Zevin akee ravaan kanneynge. Hehe. Waiting for da next part.

    1. eysh says:
      February 14, 2020 at 9:08 pm

      Thank u so much dear.. glad tht u liked ??❤❤ next part mihaaru kiyaaleveyne ??❤❤

  5. Lamko says:
    February 14, 2020 at 7:20 pm

    Eysh alhey kihineh eviii…..she was shocked…..mi part vrh vrh vrh vrh vrh vrh reethi❤️❤️❤️??….kihinehbbaa vaan eulhenii…varah kiyaa hithun huttaa e nimuni…waiting for the nxt part….ly❤️❤️???❤️

  6. Meekkomee says:
    February 14, 2020 at 7:26 pm

    Omg it’s awesome ????? varah Reethi mi part ves sis…..siss nxt part ahvahah up dhythi ingyyy?????? luv this story sooo much…❤️❤️❤️❤️????????luv yeahhhh ❤️??❤️❤️❤️❤️??❤️❤️❤️❤️??????

    1. eysh says:
      February 14, 2020 at 9:09 pm

      Thank u so much dear.. v ufaavehje kamudhiyaeema ??❤❤ meekko nubunegenney Eysh mihury… next part mihaaru kiyaaleveyne ??❤❤

  7. Lamko says:
    February 14, 2020 at 7:32 pm

    EYSH KIHINEH EVIII…..ARE THEY REALLY TWINS…..MI PART HAMA HABEYS…..VV REETHI❤️❤️?????UR SOOO TELENTED…..KIHINEH VAAN EULHENII….SHAAYAN KONMES KAMEH KUREY EBA..WAITING FOR NXT PART..LY❤️

  8. magnumm says:
    February 14, 2020 at 7:33 pm

    ekkala eysh siss❤❤❤❤❤????haadha molhey alhe??????kon irakun nextu…waiting ngeyyy?????oxox???

    1. eysh says:
      February 14, 2020 at 9:09 pm

      Hehe magnumm ?Thank u so much dear.. v ufaavehje kamudhiyaeema ??❤❤ next part mihaaru kiyaaleveyne ??❤❤

  9. Harley? says:
    February 14, 2020 at 8:39 pm

    Woooooowwww ma shaa llah
    ???Vrh rythi stry eh

    1. eysh says:
      February 14, 2020 at 9:10 pm

      Awwww Thank u so much dear.. v ufaavehje story kamudhiyaeema ??❤❤ next part mihaaru kiyaaleveyne ??❤❤ avahah kiyaalaa ?

  10. Nash says:
    February 14, 2020 at 8:52 pm

    Eysh ge story’s haadha reechey ❤

    1. eysh says:
      February 14, 2020 at 9:11 pm

      Awwww so sweeet.. Thank u so much dear.. glad that u liked ??❤❤ means a lot.. ?

  11. saaz says:
    February 14, 2020 at 8:59 pm

    Eysh ge story vvv cute…maashaahlaah …keep it up

    1. eysh says:
      February 14, 2020 at 9:11 pm

      Awwww so sweeet.. Thank u so much dear.. v ufaavehje ingey ??❤❤ means a lot.. ?

  12. Sheen says:
    February 14, 2020 at 9:10 pm

    Ohhhhhhh kihineh mivee ???? alhe ravaan hama maruveetha ????????? dhen alhe xevin aa livy aa gulheynetha? Ravaan bappa kihinehbaa kanthah kuraanee? Hithuga huri suvaalu thah aneh kolhah dhw mi jehunee? Vaane gotheh lafaakollanves. Neyngifa mi innanee. ??????????? Komme akas gain heebihi nagaafa indhevunee dhen vaanee kihinehbaaey hithah araafa.. Dhen inna jumulaiga innaanee keekeybaaey hithah araafa hiymathee aiy alhaigen indhe kiyan jehunee. ????????????????????????????????????? Vvvvv interesting. Vvv kiyaahithun indha e nimunee. Mi oart hama vvv dhigu thanks. Ekam ves kiyaahithun invarun paragraph eh varu ethikolheh kiyunuhen heevee ❤️?????❤️????❤️?????❤️?????❤️?????❤️????❤️?????❤️?????❤️?????❤️?????❤️?????❤️?????Sifakohdheefa huri gothun hama vvvv bodah story thereah vadhevi manxaru fenna fadha. ????????????????????????????????????????????????? Jumulathahves vvv fashuvi. Vvv reethi. Dialogue thah haadha haadha furihamaey. Vv emotional. ? ??????????????????????????????????????????????????? Eysh akee hama rmme emme best. Lysm. Waiting for the next part ????????????????❤️❤️❤️❤️❤️❤️❤️????????????????????????????

    1. eysh says:
      February 14, 2020 at 9:13 pm

      Awwwww thank u so much dear.. v ufaaavehje cmnt kiyaalaafa.. means a lot ??❤❤❤❤

  13. Kairaa says:
    February 14, 2020 at 9:40 pm

    Varah reethi mi part vx….

  14. Lamko says:
    February 14, 2020 at 10:08 pm

    Kihineh vaan eulhenii zevin aa livy aa dhe meehunnah….vvv reethi….waiting for the nxt part.❤️❤️

    1. Lamko says:
      February 15, 2020 at 8:40 am

      Sorry olhign mi comment kurevifa mi inii??

  15. ?Neha? says:
    February 14, 2020 at 10:26 pm

    Alhey first I thought zevin Eii ravaan kamah… Livy ah olhuvaa laigen ulheny kamah.. ??but eheneh nuvi dhw… Story Hama ??speech less…❤️❤️❤️Varah Varah reethi ingeh.. ???
    ?MY FAV WRITER?
    ❤️❤️LOABI LAOBI EYSH SIS ❤️❤️

Comments are closed.


All Right Reserved!