ކުޑައިރުކޮޅެއްގެ ތެރޭ ދޮރުހުޅުވީ އެލީޝާމެން ވަރުގެ އަންހެން ކުއްޖެކެވެ. “ކަރަމް…” އެކުއްޖާއަށް ކަރަމް ފެނުމުން ކަރަމްއަށް ގޮވާލުމަށްފަހު ކަރަމްގެ ގައިގާ ބައްދާލިއެވެ. އެލީޝާ ހުރީ ވާނުވާ ނޭގިފައެވެ. “އަނެއްކާ މީ ކާކުބާ…؟؟؟ ފެންނަހާ އަންހެންކުއްޖަކު މީނާގެ ގައިގާ މިވަރަށް މި ބައްދަނީ ކީއްވެގެންބާ… މިވަރުންދަންޏާ މީނާ ފޮނި ނުވިއްޔާ ދެރައެއްނު….” އެލީޝާގެ ހިތަށް އެރިއެއްޗަކުން އޭނާގެ ގާތަށް ހިނި އަންނަގޮތްވިއެވެ. އެކުއްޖާ ކަރަމްއާ ދުރުވެލުމުން ކަރަމް ހީލިއެވެ. “އެލީ… މީ ޒީވާ… އަހަރެންގެ……” “ކަރަމްގެ ގާރލްފުރެންޑް….” ކަރަމްގެ […]
އެލީޝާގެ ފަޔަށް އޮތީ އަކިރިގަނޑެއް ހެރިފައެވެ. ކަރަމް މަޑުމަޑުން އެއަކިރިގަނޑު ނައްޓާލިއެވެ. “އައްދޯއި….” އެލީޝާއަށް މަޑުމަޑުން ބުނެލެވުނެވެ. އެނައްޓާލުމުން އެތަނުން ލޭއަންނަންފެށިއެވެ. މިތަން ފެނުމުން އެލީޝާއަށް ލޯމަރާލެވުނެވެ. ކަރަމް ދެކޮޅުބަލާލީ ލޭ ބަންދުކުރަން އެތާގައި އަޅާނެ އެއްޗެއް ފެނޭތޯއެވެ. އެއްވެސް އެއްޗެއް ނުފެނުމުން އޭނާ ލައިގެން އިން ޓީޝާޓު ބޭލުމަށްފަހު އެތާއައްސާލިއެވެ. އަދި ލުއިފަތެއް ބިންމަތިން ނަގާހެން އެލީޝާ އޭނާގެ ބާރުގަދަ ދެއަތުން އުފުލާލިއެވެ. “އެލީ ދާންވީ މަގު ކިޔާދެއްޗޭ…” މިހެން ބުނެފާ ކަރަމް އެލީޝާ ބުނިގޮތަށް […]
ޕާޓީ ނިމުމުން ކަރަމްމެން ގެއަށް އައެވެ. ކޮޓަރިއަށް ވަދެވުމާއިއެކު އެލީޝާ ބެލީ ލައިގެން ހުރި ބޮޑު ހެދުން ބޭލޭތޯއެވެ. އެހެން ކަމުން ފާހާނާއަށް ވަދެ ފެންވަރާލައިގެން ހެދުން ބަދަލު ކޮށްލާގެން ނުކުތެވެ. އެލީޝާ ނުކުތުމުން ކަރަމްވެސް ފާހާނާއަށް ވަނެވެ. އެލީޝާ ވަރަށް ހާލުން ވެޑިންގްޑުރެސް ފަތްޖަހާލާފައި އަލަމާރިއަށްލާފައި އެނބުރުންތަނާ އޭނާގެ މޫނުގޮސް ޖެހުނީ ކަރަމްގެ ތަނަވަސް މޭމަތީގައެވެ. އެލީޝާ އިސްއުފުލާ ބަލާލިއެވެ. އޭރު ކަރަމްވެސް ހުރީ އެލީޝާއަށް ބަލަހައްޓައިގެންނެވެ. އެލީޝާ އަވަސް އަވަހަށް އެތަނުން ދުރަށް ދިޔުމަށްޓަކާ […]
ޖެހިގެން އައި ދުވަހެވެ. އެލީޝާގެ މަންމަ އެލީޝާ ގޮވައިގެން މަންމަމެންގެ ކޮޓަރިއަށް ދިޔައިރު އެ ކޮޓަރީގައި އެލީޝާގެ ބައްޕައާއި ކަރަމްގެ އިތުރުން އޭނާގެ މައިންބަފައިންވެސް ތިއްބެވެ. އެލީޝާމެން އައުމުން ކަރަމް އެލީޝާއަށް ބަލާލިއެވެ. “އަނެއްކާ އަހަރެމެން ރޭގަ ދެއްކި ވާހަކަ ކަރަމް މަންމަމެންގެ ގާތުގައި ބުނީބާ…؟؟؟” އެލީޝާގެ ހިތަށް މިހެން އެރުމުން ނޭނގޭ ބިރުވެރިކަމެއް އެލީޝާގެ ހިތުތެރޭގައި ދުވެލިއެވެ. “ކައިވެންޏާއި ހަމައަށް ދިއުމުގެ ކުރިން އަދި އެއްފަހަރު ބައްޕަމެން ބޭނުން ދަރިފުޅުމެންގެ ޚިޔާލު ހުރި ގޮތެއް ބަލާލަން…” […]
އެލީޝާމެން ބަނދަރު ދޮށަށް ދިޔަތާ ގާތްގަނޑަކަށް ފަނަރަވަރަކަށް މިނެޓްތެރޭ ކަރަމްމެން ދަތުރުކުރި ލޯންޗް ކުޅުދުއްފުށީ ބަނދަރަށް ލެފިއެވެ. އެންމެން ލޯންޗުން ފައިބާންފެށިއެވެ. “ދޮންތާ އެހެރަ ފައިބަނީ ކަރަމް….” އެލީޝާގެ ކަންފަތް ދޮށުގައި އަލްޝާ މިހެން ބުނުމުން އެލީޝާ އިސްއުފުލާ ލޯންޗާ ދިމާއަށް ބަލާލިއެވެ. އޭރު ކަރަމް ހަފްސާގެ އަތުގައި ހިފައިގެން އޭނަ ލޯންޗުން ބާލުވަނީއެވެ. ހަފްސާ ފޭބުމުން ކަރަމްވެސް ރަށުތެރެއަށް ނަޒަރު ހިންގާލިއެވެ. އެވަގުތު ކަރަމްއާ އެލީޝާގެ ހަތަރުކަޅި ހަމަވެގެން ދިޔައެވެ. އެލީޝާ އަވަސްއަވަހަށް އިސްޖަހާލިއެވެ. ކަރަމް […]
“އެކަމަކު……” އިނާޝް ބުނަން އުޅުން ޖުމްލަ މެދުކަނޑާލީ އެތަނަށް އެލީޝާގެ މަންމަ އާއި ބައްޕަ އައުމުންނެވެ. “ދަރިފުޅާ ދެންމެ ކަރަމްގެ ބައްޕަ ގުޅާފަ ބުނެފި އަންނަ ހަފްތާގަ އެމީހުން މިކޮޅަށް ކައިވެނީގެ ކަންތައް ހަމަޖައްސަން އަންނަ ވާހަކަ….” ބައްޕަގެ މިޖުމްލައާއި އެކު އެލީޝާ ހާސްވިއެވެ. އެހާއަވަހަށް ހުރިހާ ކަމެއް ހަމަޖެހެމުން ދާތީއެވެ. “ހާދަ އަވަހަކަށް ބައްޕާ…” އެލީޝާއަށް ބުނެވުނެވެ. “ބައްޕައަށްވެސް ތަންކޮޅެއް އަވަސް… އެކަމަކު ދެން ލަސް ކުރުމުގެ ބޭނުމެއްވެސް ނެތްތާ…. މިކަހަލަ ކަންތައް އެހާ ލަސްކުރާކަށް […]
އެލީޝާމެން ހަވީރު ހިނގާލާފާ ގެއަށް އައިއިރު އެލީޝާގެ ބައްޕަ އަލްސަން ގޭގެ ސިޓިންގްރޫމްގައި އިނެވެ. ކައިރީގައި މަންމައާއި ބޮޑުދައިތަ އިނެވެ. “ބައްޕާ ކޮންއިރަކު އައީ..؟؟” ބައްޕަ ފެނުމުން އެލީޝާ އަހާލިއެވެ. “ކުޑަ އިރުކޮޅެއްވެއްޖެ… ދަރިފުޅުމެން ނައިސްގެން ބައްޕަ މި އިންނަނީ.. އާދެބަލަ މިތާ އިށީންނަން…” “އަން މި ބަލާލަބަލަ..” އެލީޝާމެން އިށީނުމުން ފޮޓޯގަނޑެއް ދިއްކޮށްލަމުން އަލްސަން ބުނެލިއެވެ. “ބައްޕަ ކޮން އިރަކު ފިލްމުސްޓާރުންގެ ފޮޓޯ ގެންގުޅެންފެށީ…” އެލީޝާއަށް ވުރެ ކުރިން އެ ފޮޓޯގަނޑު ބަލާލަމުން އަލްޝާ އަހާލިއެވެ. […]
ތާރާ ދޮރު ހުޅުވާ ބަލާލިއެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. “ތާރާ ފައިކައިރީގަ ތިއޮތީ މާބޮނޑިއެއް…” އަލްޝާ މިހެން ބުނުމުން ތާރާ ގުދުވެ މާބޮނޑި ނަގާ ދޮރު ލެއްޕިއެވެ. “މީ ޔަގީނުންވެސް އެލީ ދޮންތައަށް އައި ހަދިޔާއެއް..” އެލީޝާ އަތަށް މާބޮނޑި ދެމުން ތާރާ ބުނެލިއެވެ. އެލީޝާ މާބޮނޑީގައި ހިފިއެވެ. “ކާކު ފޮނުވި އެއްޗެއްބާ..؟؟” ” މާބޮނޑިތެރޭގައި އެބައޮތް ކުޑަކަރުދާސްކޮޅެއް…” ތަހާނީ މިހެން ބުނުމުން އެލީޝާ އެ ނޯޓްކޮޅު ނަގާ ކިޔާލިއެވެ. ” ހެޕީ ބާތު ޑޭ […]
ފަހުމީގެ އާއިލާ ތިބީ އެއަރޕޯޓް ތެރޭގައެވެ. އެންމެންވެސް އިންތިޒާރު ކުރަމުން ދިޔައީ ކަރަމް އަންނާނެ ވަގުތަކަށެވެ. އިންތިޒާރަށް ނިމުމެއް އައީ މީހުންތަކުގެ ތެރެއިން އެމީހުންނާ ދިމާއަށް ހިނގާފައި އައި ޒުވާނާ ފެނުމުންނެވެ. އިސްކޮޅުން ދިގު ވަރުގަދަ ހަށިގަނޑެއް ލިބިފައިވާ ކަރަމް އަކީ އަންހެން ކުދިންގެ ހިތްތައް ކަތިލާފަދަ ރީތި ޒުވާނެކެވެ. ބަލާބެލުމަށް ބޮޑަށް ވައްތަރީ ބޭރު ޤައުމެއްގެ ފިލްމުސްޓާރަކާއެވެ. ކަޅުކުލަގަދަ ފަން އިސްތަށިގަނޑެކެވެ. ތޫނު ދެލޮލެވެ. ސްޓައިލިޝް ހިނގުމެއްގައި ހިނގަމުން އައި އިރު އެކި ދިމަ ދިމާއިން […]