ކާރެއްގައި މޫނުފޮރުވައިގެން އައި ދެމީހަކު ލިމްޝާ އުފުއްލާލައިގެން ގެންގޮސް އެކާރަށް އެރުވިއެވެ. އެތަނުން އެކަކު ހުރީ ލިމްޝާގެ އަނގަމަތީގައި އަތް އަޅައިގެންކަމުން ލިމްޝާއަށް ހަޅޭވެސް ނުލެވުނެވެ. ލިމްޝާގެ ނަސީބު ރަނގަޅުކަމުން ކަންނޭނގެއެވެ. އެދުވަހު އަވަސްއަވަހަށް ފިހާރައަށް ދާންޖެހޭތީ ނަޝާމް އުޅުނީ ކުއްޖެއްގެ ސައިކަލް ހޯދައިގެންނެވެ. ބަލަންނުހުރެ ނަޝާމް އަވަސްއަވަހަށް ސައިކަލަށްއަރާ އެކާރުގެ ފަހަތުން ދުއްވާލިއެވެ. އަވަސްކުރަން ހަދައިގެން އެހެންމީހަކަށް އަންގާލަންވެސް ހަނދާނެއް ނުވިއެވެ. ބާރު ސްޕީޑްގައި ކާރު ކުރިޔަށް ދެއެވެ. ނަޝާމްވެސް އޭނާއަށް ވީ ވަރަކުން އެކާރާ […]
“ކޮބާތަ އެންމެން… އަހަރެމެންނަށް މާއަވަހަށްތަ މިއާދެވުނީ…؟؟؟” އެއްވެސް މީހަކު ކެބިންގައި ނެތުމުން ގަޑިބަލާލަމުން ނަޝާމް ބުނެލިއެވެ. އެވަގުތު އެންމެން ފަހަތުން ނަޝާމަށް ވިޝްކުރަމުން ކެބިންއަށް ވަނުމުން ނަޝާމްހުރީ ސަޕްރައިޒްވެފައެވެ. ޒަޔާން ކޭކުގެނެސް ނަޝާމްގެ ކުރިމަތީގައި ބެހެއްޓިއެވެ. ނަޝާމް ކޭކު ފެޅުމަށްފަހު ޒަޔާނަށް އެތިކޮޅެއް ލެވިއެވެ. އަދި ދެވަނަ އެތިކޮޅު ނެގުމަށްފަހު އެނބުރުނީ އޭނާގެ ކަނާތުފަޅިއަށެވެ. އެތާހުރީ ލިމްޝާއާއި ސާރާއެވެ. ނަޝާމް ރީތި ހިނތުންވުމަކާއިއެކު ކޭކުކޮޅު ސާރާއަށް ލެވިއެވެ. ލިމްޝާގެ އިތުރުން އޮފީހުގެ ހުރިހާ ކުދިންވެސް ހުރީ ހައިރާންވެފައެވެ. […]
ނަޝާމަށް ލިބުނު ސިހުމާއިއެކު ކޮޅަށް ތެދުވެވުނީ ފޮޓޯގަނޑުގައިވާ ނަޝްވާ ފެނުމުންނެވެ. އެވަގުތު ޒަޔާން ފާހާނައިން ނުކުތެވެ. ނަޝާމް އަތުގައިވާ ފޮޓޯ ފުރަގަހަށް ލިއެވެ. “ކިހިނެއްވެފަ ކޮޅަށް ތިހުރީ…؟؟؟ މާބޮޑަށް ބަނޑުހައިވީތަ…؟؟” މަޖާވެފައި ހުރެ ޒަޔާން އަހާލިއެވެ. “ޒަޔާން މީކޮންކަމެއް….؟؟؟” ނަޝާމް އަތުގައި އޮތް ފޮޓޯގަނޑު ޒަޔާނަށް ދައްކާލަމުން އަހާލިއިރު އޭނާގެ މޫނުމަތީގައިވަނީ ރުޅިވެރިކަމެވެ. ނަޝާމްގެ މޫނު ފެނި ޒަޔާނަށް އިސްޖަހާލެވުނެވެ. ކުށްވެރިއެއް ފަދައިންނެވެ. “ކީއްވެ އަނގައިން ނުބުނެ ތިހުރީ…؟؟؟ އަހަރެން ހިތަކަށް ނާރަ އަހަރެންގެ ބެސްޓްފުރެންޑްގެ […]
“އެއީ ކާކު ކަމެއްވެސް އަހަންނަކަށް ނޭނގެ… އެކަމަކު މާތްﷲ އިރާދަކުރެއްވިއްޔާ ކޮންމެވެސް ގޮތަކުން އަހަރެން އެކުއްޖާ ހޯދާނަން… އަހަރެންގެ ޙަޔާތަށް އެކުއްޖާ ގެންނާނަން….” ނާއިޝް ބުނެލީ ވަރަށް ޔަގީންކަމާއިއެކީގައެވެ. “އަހަރެންވެސް ބޭނުންވަނީ ދޮންބެއަށް އެކުއްޖާ ލިބެން….” ހިނިތުންވެލަމުން ނަޝާމް ބުނެލިއެވެ. ޖެހިގެން އައިދުވަހުގެ މެންދުރުގެ ވަގުތެވެ. ގޭގައި އިނދެ އިނދެ ފޫހިވެގެން ނަޝްވާ ހެނދުނު މާލެއައީ އޭނާގެ އެކުވެރި ލުޔޫނާއާއިއެކު ޝޮޕިންގް ކޮށްލުމަށެވެ. ހެނދުނު ދިޔަގޮތަށް މެންދުރުވީއިރުވެސް ދެއެކުވެރިން އެކިފިހާރަތަކަށް ގޮސްހަދަމުން ދިޔައެވެ. އެކި މަޖާ […]
“އައްޗީ…. ދުވާ ނުބައި ވަސް…. މީހާދަ ލާނެއް ކާޅުތަކެކޭ….” ބޮލުގައި އަހިވަށް ޖެހުނުތަނުގައި އަތްލުމަށްފަހު އަތުން ވަސްބަލާލަމުން ސުހާ ބުނެލީ އަނގަ ޗޭ ވެފައި ހުރެއެވެ. މިމަންޒަރު ފެނުމުން ލިމްޝާއާއި ނަޝާމް އަޑުނުވީއްލާހުރެ ހެމުން ދިޔައެވެ. އެމީހުން ތިބީ އެބޮޑުގަހާ ނިވާވެގެންނެވެ. އެންމެފަހުން ސުހާމެން އެތާ މަޑުނުކޮށް އެތަނުން ދިޔައީއެވެ. ސުހާމެން ދިޔުމުން ލިމްޝާމެންވެސް އެތަނުން ދިޔައީއެވެ. ދަމުން ދިޔައީ ސުހާމެންގެ ކަންތައް ބަސްޓްކޮށްލަން މޮޅުރޭވުމެއްވެސް ރާވާލައިގެންނެވެ. ކުރުމަގަކުން ދިޔުމުން ލިމްޝާމެންނަށް ސުހާމެނަށްވުރެ ކުރިން އެހެންމީހުން ތިބިތަނަށް […]
“ލިމް…” ނަޝާމް މަޑުމަޑުން ގޮވާލިއެވެ. ނަޝާމްގެ އަޑުއިވުމުން މެރިފައިވާ ލިމްޝާގެ ދެލޯ ބޮޑުވެ، ކުއްލިއަކަށް ތެދުވެ އެނދުގައި އިށީނދެވިއްޖެއެވެ. އެއަށްފަހު ފޯންގެ ސްކްރީން ބަލާލިވަގުތު ނަޝާމްގެ ނަން ފެނުމުން ތިރީ ތުންފަތުގައި ދަތްއަޅާލެވުނެވެ. ދެވަނަ ސިކުންތުގައި އަމިއްލަ ބޮލުގައި އަތުން ޖަހާލަމުން ފޯނު ކަނޑާލިއެވެ. “ޔާރައްބީ… އަހަންނަށް މިކުރެވުނީ ކީއް…؟؟؟” ލިމްޝާއަށް މަޑުމަޑުން ބުނެލެވުނެވެ. އަނެއްކާވެސް އޭނާގެ ފޯނުރިންގް ވާން ފެށިއެވެ. ލިމްޝާ ފޯނަށް ބަލާލިއެވެ. ގުޅަނީ ނަޝާމެވެ. ފޯނަށް ބަލަހައްޓައިގެން ލިމްޝާ އިނީއެވެ. އެއަށް ޖަވާބު […]
ހަވާއަރުވާ މަންޒަރުވީ ލިމްޝާއަށް ވަރަށް ކަމުދިޔަ މަންޒަރަކަށެވެ. އެހެންކަމުން އޭނާ މަސައްކަތްކުރީ އެމަންޒަރުގެ ފޮޓޯއެއް ނަގާލުމަށެވެ. ފޮޓޯ ނަގަމުން ގޮސް ލިމްޝާއަށް ފަހަތަށް ޖެހިލެވުނުވަގުތު ގޮސް ލައްވީ މީހެއްގެ މޭމަތީގައެވެ. ލިމްޝާ އަވަސްއަވަހަށް ފަސްއެނބުރި ބަލާލިއެވެ. އޭނާގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ. ކުރިމަތީގައި ހުރީ ނަޝާމެވެ. ނަޝާމްއަށްވެސް ފުރަތަމަ ހައިރާންކަމެއް ލިބުނު ނަމަވެސް ދެވަނަ ސިކުންތުންގައި އޭނާގެ ތުންފަތަށް ހިނިތުންވުން ވެރިވިއެވެ. “ލިމް…” ނަޝާމް މަޑުމަޑުން ބުނެލިއެވެ. ލިމްޝާ އަދިވެސް އެހުރިގޮތަށް ނަޝާމަށް ބަލަހައްޓައިގެން ހުރީއެވެ. “ލިމް […]
މަންމަމެން އެދައްކަނީ ކޮން ހަގީގަތެއްގެ ވާހަކަ ބާވައޭ ލިމްޝާގެ ހިތަށް އެރިއެވެ. އޭނާގެ ސިކުނޑިވަނީ ސުވާލުމާކު ތަކަކުން ފުނިޖެހިފައެވެ. “އަނެއްކާ މަންމަ ނޫނީ ބައްޕަގެ ބޮޑު ބައްޔެއް ހުންނަނީބާ…؟؟؟ ކޮންމެވެސް ނުބައެއް އެބައުޅެ… އެމީހުން އަހަންނަށް ވަރަށް ބޮޑު ކަމެއް އެބަ ސިއްރުކުރޭ…. އަހަރެން ބޭނުން ހުރިހާ ހަގީގަތެއް އެނގެން..” ލިމްޝާގެ ހިތަށް އަރާ ފައިބަމުންދާ އެއްޗެހީގެ ސަބަބުން ސިކުނޑިއަށް ބާރުވަމުން ދިޔައެވެ. ހާސްވެފައިވާ ވަރުން ނިއްކުރީގައި ބޮޑެތި ދާތިކިތައް ވިދަމުން ދިޔައެވެ. މޫނުގައިވާ ދާތިކިތައް ފޮހެލަމުން […]
“ރިޕޯޓް ތައްޔާރުކޮށް ނިމުނީތަ….؟؟؟” ލިމްޝާގެ އަތުގައި އޮތް ފައިލަށް ބަލާލަމުން ހިނިތުންވެލަމުން ޒަޔާން އަހާލިއެވެ. “ލައްބަ…” އަދަބުވެރިކަމާއިއެކު ލިމްޝާ ޖަވާބުދިނެވެ. މިއަޑަށް ލިމްޝާއަށް ފުރަގަސްދީގެން އިން ނަޝާމް ދިޔައީ ސިހިގެންނެވެ. އެއީ އިއްޔެވެސް އިވުނު ހިތްގައިމު މިއުޒިކީ އަޑެވެ. އެއަޑެއް ނަޝާމަކަށް އޮޅުވައެއް ނުލެވޭނެއެވެ. ނަޝާމް ފަސްއެނބުރި ބަލާލިއެވެ. އަދި ބޭއިޚުތިޔާރުގައި ކޮޅަށް ތެދުވެވުނެވެ. އެއީ ހަމަ އެކުއްޖާއެވެ. ހަމައެކަނި ތަފާތަކީ ހެދުން އެޅުމުގެ ހުރި ތަފާތުކަމެވެ. މިހާރަކަށް އައިސް ކުދިން ނުލާކަހަލައިގެ ދޯބައްޓާ ހެދުމުގައި އެކުއްޖާ […]