މެންދުރުގެ ހޫނުގަދަ ވަގުތެވެ. ވ.މޫރިތި ގޭގެ ކާގޭގައި ވަނީ ކާއެއްޗެހީގެ މީރުވަސް ހިފާލާފައެވެ. މޭޒުމަތީގައި ތަށިތައް އެތުރުމުގައި އަވަދިނެތި ފަރީޝާ އުޅެމުންދެއެވެ. އެވަގުތު ގޭގެ ބެލްޖެހިއަޑަށް ފަރީޝާ ގޭގެ ދޮރު ހުލުވާލިއެވެ. “ނަޝާމް… ދަރިފުޅު ހާދަ އަވަހަކަށް ތިއައީ…؟؟؟” ދޮރުމަތީ ހުރީ ފަރީޝާގެ ދެވަނަ ދަރިފުޅު ނަޝާމް ފެނުމުން ފަރީޝާ އޭނާގެ ހުދު ދަތްތައް ފެންނަވަރަށް ހީލަމުން ބުނެލިއެވެ. “މަންމަ މަތިން މިސްވާވަރުން ނުހުރެވިގެން މިއައީ…” ލާނެއް ގޮތަކަށް ހީލަމުން ނަޝާމް ބުނެލިއެވެ. “ހޫމް ދެން މާ […]
އަހަންނަށް އެލީގެ ލޯބިނުލިބުނަސް އަހަރެން ބޭނުންވަނީ އެލީ އަބަދުވެސް އުފަލުގައި ހުންނަން…. އެލީގެ އުފާތައް ގުޅިފައިވަނީ މިއުވާން އާ….” ކަރަމްއަކަށް އިތުރަކަށް ވާހަކައެއް ނުދެއްކުނެވެ. އޭނާގެ ދެލޮލުން ހޯސްލަފައި ކަރުނަ ފައިބާގަތެވެ. ކަރަމް އަވަސްއަވަހަށް ކަރުނަ ފުހެލުމަށްފަހު ރޮވިފައި ހުރި އެލީޝާއަށް ބަލާލިއެވެ. އެއަށްފަހު ފަސްއެނބުރި ހިނގައިގަތެވެ. “އަހަރެންގެ އުފާތައް ގުޅިފައިވަނީ ކަރަމްއާ…. ކަރަމްއާއި ނުލާ އަހަރެންގެ ދިރިއުޅުން ފުރިހަމައެއްނުވާނެ….. އަހަރެންވެސް ކަރަމްދެކެ ވަރަށް ލޯބިވޭ…” ކަރަމްގެ ފިޔަވަޅުތަކަށް ހުއްޓުން އެރީ އެލީޝާގެ ޖުމްލަތަކުންނެވެ. އޭނާ ފަސްއެނބުރި […]
ވޭން ގޮސް މަޑުކޮށްލުމުން އެންމެންފޭބިއެވެ. އެވަގުތު ކަރަމްގެ ލޮލުގައި އަޅައިގަތީ ދަބަހެއް އަޅުވައިގެން ރަޝާ ގާތު ހުރި މިއުވާންއެވެ. އޭރު މިއުވާންގެ ނަޒަރު ސީދާވެފައި ހުރީ އެލީޝާއާއި ދިމާއަށެވެ. މިމަންޒަރު ފެނުމުން ކަރަމްގެ މޫނުމަތީގައިވި ހިނިތުންވުން ފިލައިގެން ދިޔައެވެ. އެލީޝާ ހުރީ އައިމަންއާއި ކިޔާރާގެ ގާތުގައި ވާހަކަ ދައްކާށެވެ. އެހެން ހުރެފައި އެލީޝާ މިއުވާންމެންނާ ދިމާއަށް ބަލާލިއެވެ. މިއުވާން ބަލަހައްޓައިގެން ހުރިތަން ފެނުމުން އެލީޝާ ހީލިއެވެ. މިއުވާންވެސް އެލީޝާއަށް ހީލިއެވެ. އެލީޝާ ބަލާލުމުން ރަޝާ މިއުވާންގެ އަތުގައި […]
ކިޔާރާ އާއި އައިމަން ތިބީ އޮލަވާހަކައެއްގައެއްގައެވެ. އެވަގުތު ދެމީހުންވެސް ސިހިގެން ދިޔައީ ކިޔާރާގެ އެޕާރޓްމެންޓްގެ ދޮރުހުޅުވުނު އަޑަށެވެ. ދެމީހުނަށް އެއްފަހަރާ އެދިމާއަށް ބަލާލެވުނެވެ. ދޮރުމަތީގައި ރުޅިވެރިކަމާއިއެކު އެދެމީހުނަށް ބަލަހައްޓައިގެން އެހުރީ ހުޝާމްއެވެ. ހުޝާމްގެ ފަހަތުގައި އަންހެން ކުއްޖަކުވެސް ހުއްޓެވެ. ހުޝާމް ފެނުމުން ކިޔާރާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. ޔަގީނެވެ. އައިމަން މިތާ ހުރިތަން ފެނުނީމަ ހުޝާމް ބޮޑު ކަންތައްގަނޑެއް ހިންގާލާނެއެވެ. ކިޔާރާގެ ހިތުގެ އެންމެ އަޑިން ބިރުވެރިކަމުގެ ސިގްނަލް ދެމުން ދިޔައެވެ. ހުޝާމްއާއި ހަތަރުކަޅި ހަމަވި […]
ޓެރެސްއަށްދިޔަ އެލީޝާއަށް ހުއްޓުންއެރީ ބޯކޮށްވެހެމުން ދިޔަ ވާރޭތެރޭ ތެމިފޯވެގެން ހުރި ކަރަމްފެނުމުންނެވެ. އެލީޝާގޮސް ކަރަމްގެގާތު މަޑުކޮށްލިއެވެ. ކަރަމް އެލީޝާއަށް ބަލާލިއެވެ. “ކީއްވެ މިތާ ތެމިގެން ތިހުރީ….؟؟؟ މަންމަބުނި ކަރަމް ވާރެއާ ތެމުނީމަ ވަރަށް އަވަހަށް ބަލިވެއޯ… ހިނގާ އެތެރެއަށް ދާން…..” މިހެން ބުނެފައި ކަރަމްގެ އަތުގައި ހިފައިގެން އެތެރެއަށްދާން އެލީޝާ ހިނގައިގަތެވެ. އެލީޝާ ފަސްއެނބުރި ބަލާލީ ކަރަމް ހުއްޓުން އަރާފައި ހުރުމުންނެވެ. “ކިހިނެއްވީ ކަރަމް….؟؟؟؟” ކަރަމް އެއްވެސް ހަރަކާތެއް ނުކޮށް އެލީޝާއަށް ބަލަހައްޓައިގެން ހުރުމުން އެލީޝާ ކަންބޮޑުވާގޮތްވިއެވެ. […]
ބަގީޗާގައި ވަގުތުކޮޅެއް ހޭދަކޮށްލުމަށްފަހު ޒަވީން ގޮވައިގެން ގެޔަށްދާން ނުކުތް އެލީޝާއަށް ހުއްޓުން އެރީ މަގުގެ އަނެއް ފަރާތުން ފެނުނު މަންޒަރަކުންނެވެ. ޔަގީނެވެ. އަންހެންކުއްޖެއްގެ އަތުގައި ހިފައިލައިގެން އެދަނީ ހުޝާމްނޫން ދެވަނަ އެހެންމީހެއް ނޫނެވެ. ނަމަވެސް އޭނާގެ ކައިރީގައި އެހުރީ ކިޔާރާއެއް ނޫނެވެ. އެހެން އަންހެންކުއްޖެކެވެ. އެލީޝާއަށް ދެފަރާތަށް ބޯ ހޫރާލެވުނެވެ. މިކަހަލަ މީހުން ދުވަހަކު ބަދަލެއް ނުވާނޭ އެލީޝާގެ ހިތަށް އެރިއެވެ. އެލީޝާ ފޯންނަގާ އެމަންޒަރު ފޮޓޯ ނަގާލިއެވެ. ކިޔާރާގެ ދިރިއުޅުން ހަލާކުގެ ތެރެއަށް ވެއްޓިގެންދާތަން ބަލާކަށް […]
ކުއްލިއަކަށް އެލީޝާގެ ލޮލުގައި އަޅައިގަތީ ރިޝާގެ އަތުގައި ހިފައިލައިގެން ހުރެ ކިޔާރާމެންނާ ސަލާމްކުރަން ދިޔަ ޒުވާނާއެވެ. “މިއުވާން….” އެލީޝާއަށް މަޑުމަޑުން ކިޔާލެވުނެވެ. އެލީޝާ އަނެއްފަރާތަށް އެނބުރުނީ ރިޝާމެން އެދިމާއަށް އަންނަން ފެށުމުންނެވެ. މިއުވާންގެ ކުރިމައްޗަށް އަރާކަށް ދެން އެލީޝާ ބޭނުމެއްނޫނެވެ. އެލީޝާ ހިނގައިގަތީ އެތަނުން ދުރަށް ދިޔުމަށްޓަކައެވެ. “ހެއި އެލީ…. ކޮންތާކަށް ތިދަނީ….. އެންމެން އެތިބީ އެދިމާލުގައޭ…. ހިނގާ އެކޮޅަށް ދާން….” އެލީޝާ އެއްޗެއް ބުނުމުގެ ކުރިން ކިޔާން އެލީޝާގެ އަތުގައި ހިފައިގެން ކަރަމްމެން ތިބި ދިމާއަށް […]
ރޭގަނޑުގެ ވަގުތެވެ. އެލީޝާ ފާހާނާއިން ނުކުތްއިރު ކަރަމް ހުރީ ބެލްކަނީގައެވެ. އެލީޝާ ނިންމީ މިގަޑީގައި ކަރަމްގެ ގާތުން މާފަށް އެދުމަށެވެ. އެލީޝާ އެދިމާއަށް ދާންނެގި ފިޔަވަޅަށް ހުއްޓުންއެރީ ދޮރުގައި މީހަކު ޓަކިޖެހުމުންނެވެ. ކަރަމްވެސް ފަސްއެނބުރި ބަލާލިއެވެ. އެލީޝާގޮސް ދޮރުހުޅުވާލިއިރު ދޮރުމަތީގައި ހުރީ ކިޔާރާއެވެ. އޭނާގެ މޫނު މަތިން ފެންނަންހުރީ ހާސްކަމެވެ. ކިޔާ ކިހިނެއްވީ…؟؟؟ ކަރަމް އައިސް ކިޔާރާގެ ގާތުގައި އަހާލިއެވެ. “ތިއްތީ…. ދޮންބެދައްތަ ބަނޑުގައިރިއްސާތީ އެބައުޅެ…. ހިނގާބަލަ….” ކަރަމްގެ އަތުގައި ހިފާލަމުން ކިޔާރާ ބުނެލިއެވެ. “އެހެންތަ…؟؟؟ ހިނގާ […]
ކަރަމް އެލީޝާގެ އަތުގައި ހިފައި އޭނާއާ ވީ ދިމާއަށް އަނބުރާލިއެވެ. އެލިޝާ ސިހިފައި ކަރަމްއަށް ބަލާލިއެވެ. މީގެ ކުރިން ނުފެންނަ ސީރިޔަސް ކަމެއް ކަރަމްގެ މޫނުމަތިން އެވަގުތު އެލީޝާއަށް ފެނުނެވެ. “އެލީއަށް ކީއްވެތަ ހީވަނީ އަހަރެން އެކްޓް ޖައްސަނީއޭ… އެލީ ގަބޫލު ކުރިޔަސް ނުކުރިޔަސް އަހަރެން އެލީދެކެ ވަރަސް ލޯބިވޭ….އެހެން ނޫންނަމަ އެލީ ތިވަރަށް އަހަންނަށް ނަފްރަތު ކުރާއިރުވެސް އަހަރެން މިގޮތަށް މަޑަކުން ނުހުރީހެއްނު….އަހަރެން ގަދަކަމުން އެލީއާ ގުޅުން ހިންގާކަށް މަސައްކަތެއް ނުކުރަން…. އެނގޭތަ ކީއްވެގެންކަން…؟؟؟ އެއީ […]