ރެޑްވިލް ގެއަށް ހީވަނީ ބޮޑުޢީދެއް އައިސްގެން އުޅޭހެންނެވެ. މިޔަދަކީ ފަހުމީއާއި ހަފްސާގެ ހަގު ފިރިހެން ދަރިފުޅު ކަރަމް ކިޔަވާނިމިގެން ރާއްޖެ އަންނަ ދުވަހެވެ.ހަފްސާ އާއި އޭނާގެ ދެ ދަނބިދަރިން އަރޫނާ އާއި ރިޝާ ކެއްކުމުގައި އަވަދިނެތި ބަދިގެތެރޭގައި އުޅެމުން ދިޔައިރު ފަހުމީއާއި އޭނާގެ ދޮށީދަރިފުޅު ކައުޝަލް އަދި ދެވަނަ ދަރިފުޅު ކިޔާން ވަރުބަލި ކަމެއްނެތި ކަރަމްގެ ކޮޓަރި ތައްޔާރު ކުރުމުގައި އުޅެމުން ދެއެވެ އެވަގުތު ކަރަމްގެ ކޮޓަރި އާއި ޖެހިގެން ހުރި ކޮޓަރިން ބާރު އަޑެއް އިވިގެން […]
(1ވަނަ ބައި) ހަވީރުގެ ހިތްފަސޭހަ ވަގުތެވެ. ނަޝާމް ދުއްވަމުން ދިޔަ ސައިކަލް މިސްރާބު ޖަހާފާވަނީ ހެންވޭރުކޮޅާ ދިމާއަށެވެ. ވަގުތަކީ ހަވީރުގެ ވަގުތުކަމުން ފިނިބުރުޖަހަން ނުކުމެ އުޅޭ މީހުންނާއި ވަޒީފާތަކުން ނިމިގެން އަންނަ މީހުން ގިނަކަމުން މަގުތައްވަނީ ދުއްވާއެއްޗިއްސާއި މީހުންގެ ސަބަބުން ފުރި ބާރުވެފައެވެ. ނަޝާމް ދުއްވަމުން ދިޔަ ސައިކަލް ގޮސް މަޑުކޮށްލީ ހ.ރެޑްރޯޒް ގޭ ދޮރުމައްޗަށެވެ. އެއްފަރާތެއްގައި ސައިކަލް ޕާކުކޮއްލުމަށްފަހު ނަޝާމް އެގެއަށްވަދެ ސަލާމް ގޮވާލިއެވެ. “ވަޢަލައަކުމުއް ސަލާމް…” ގޭތެރެއިން ނިކުތް ދެބައި އުމުރުގެ އަންހެނަކު ސަލާމް […]