Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެލީޝާ
ލޯބި

އެލީޝާ (15ވަނަބައި)

Eemyaa Level 910 Stories100 Comments100 Login500 Comments100 Stories500 Login
November 22, 2014 4 Mins Read
14 Comments

ޓެރެސްއަށްދިޔަ އެލީޝާއަށް ހުއްޓުންއެރީ ބޯކޮށްވެހެމުން ދިޔަ ވާރޭތެރޭ ތެމިފޯވެގެން ހުރި ކަރަމްފެނުމުންނެވެ. އެލީޝާގޮސް ކަރަމްގެގާތު މަޑުކޮށްލިއެވެ. ކަރަމް އެލީޝާއަށް ބަލާލިއެވެ. “ކީއްވެ މިތާ ތެމިގެން ތިހުރީ….؟؟؟ މަންމަބުނި ކަރަމް ވާރެއާ ތެމުނީމަ ވަރަށް އަވަހަށް ބަލިވެއޯ… ހިނގާ އެތެރެއަށް ދާން…..” މިހެން ބުނެފައި ކަރަމްގެ އަތުގައި ހިފައިގެން އެތެރެއަށްދާން އެލީޝާ ހިނގައިގަތެވެ. އެލީޝާ ފަސްއެނބުރި ބަލާލީ ކަރަމް ހުއްޓުން އަރާފައި ހުރުމުންނެވެ. “ކިހިނެއްވީ ކަރަމް….؟؟؟؟” ކަރަމް އެއްވެސް ހަރަކާތެއް ނުކޮށް އެލީޝާއަށް ބަލަހައްޓައިގެން ހުރުމުން އެލީޝާ ކަންބޮޑުވާގޮތްވިއެވެ.

އެލީޝާގެ ސުވާލަށް ޖަވާބުދިނުމުގެ ބަދަލުގައި ކަރަމް އެލީޝާއާ މަޑުމަޑުން ގާތްވާން ފެށިއެވެ. އެލީޝާވެސް އެއްވެސް ހަރަކާތެއް ނުކޮށް ކަރަމްގެ ހަރަކާތްތަކަށް ބަލަހައްޓައިގެން ހުއްޓެވެ. ކަރަމް އެލީޝާގެ ބޮލުން ފެށިގެން ފަޔާ ހަމައަށް ވަރަށް ފަރުވާތެރިކަމާއިއެކު ބަލާލިއެވެ. ރަތްކުލައިގެ އަތްދިގު ޓޮޕާއި ކަޅު ޖިންސްވަނީ ވެހެމުންދިޔަ ވަރޭގެ ސަބަބުން އޭނާގެ ގައިގާ ތަތްލަވާފައެވެ. އިސްތަށިގަނޑުގެ ބައެއް ތެމިގެންގޮސް މޫނުމައްޗަށް ވެއްޓިފައި އޮތެވެ. ވެހެމުން ދިޔަ ވާރޭގެ ތިކިތކިތައް އޭނާގެ އޮމާން މޫނުގައި ބީހިލާފައި ތިރިއަށް ފައިބައިގެންދާއިރު ބަލާމީހުންގެ ހިތްތަކަށް އަސަރު ކުރުވާހާވެއެވެ. ނޫކުލައިގެ ލޮލުގެ ވިދުންވެސް ހީވަނީ މިރޭ ވަކިން ރީތިހެންނެވެ. މަޑުރަތްކުލައިގެ ތުންފަތުގައި ހަރުލާފައިވާ ވާރޭގެ ތިކިތައް ޝަބްނަމްގެ ތިކިތަކެއް ފަދައެވެ. އެލީޝާގެ ތުރުތުރުލަމުން ދިޔަ ތުންފަތް ފެނުމުން ކަރަމްގެ ހިތުގެ ތެޅުން އަވަސްވެގެންދިޔައެވެ. މަޑުމަޑުން ދެއަތުން އެލީޝާގެ މޫނުގައި ހިފަހައްޓާލިއެވެ. އެލީޝާއަށް ލޯމަރާލެވުނީ މި ފިރުމުންތަކަށް ހިތްއެދި ގޮވަމުންދާތީއެވެ. ކަރަމް މަޑުމަޑުން އެލީޝާއާއި ދިމާއަށް ގުދުވެލިއެވެ. އޭނާގެ ހިތްވެސްވަނީ އަވަސްވެފައެވެ. “އަހަރެން މިއައީ ޒީ މެން ގެއިން…..” ކުއްލިއަކަށް ކަރަމްގެ ހަނދާނަށް އައީ އެލީޝާގެ ދުލުން ނުކުތް ޖުމްލައެވެ. ކަރަމްއަށް އެލީޝާއާ ދުރަށް ޖެހިލެވުނެވެ.

ކަރަމްގެ މި ކުއްލި ހަރަކާތުން އެލީޝާއަށް ދެލޯ ހުޅުވާލެވުނެވެ. އޭރު ކަރަމް ހުރީ އެލީޝާއަށް ފުރަގަސްދީގެންނެވެ. “ކިހިނެއްވީ ކަރަމް…..؟؟؟؟” ކަރަމްގެ ކޮނޑުގައި އަތްބާއްވާލަމުން އެލީޝާ ބުނެލިއެވެ. ކަރަމް ފަސްއެނބުރި ބަލާލިއިރު އޭނާގެ މޫނުގެ ކުލަވަރު ވަނީ ބަދަލުވެފައެވެ. ނަމަވެސް އަނގައަކުން ނުބުނެއެވެ.

“ދެން ހިނގާ އެތެރެއަށް މިހާރު ތިއޮތް މީހާ ތުރުތުރުލަނީ….” ކަރަމްގެ އަތުގައި ހިފާލަމުން އެލީޝާ ބުނެލިއެވެ. ކަރަމް އެލީޝާގެ އަތް ފޮޅުވާލިއެވެ. އެލީޝާ ހައިރާންކަމުން ފުރިގެންވީ ނަޒަރަކުން ކަރަމްއަށް ބަލާލިއެވެ. “ކޮން އިރަކު އަހަންނަށް ތިހާ ހެޔޮ އެދެން ފެށީ…؟؟؟؟” އެއްވެސް އަސަރެއް ނެތް ގޮތަކަށް ކަރަމް ބުނެލިއެވެ. އޭނާ ހުރީ އެލީޝާގެ ދެލޮލަށް ބަލަހައްޓައިގެންނެވެ. “އަހަރެން ކުރިން ކަރަމްއާއި ދޭތެރޭ ކަންތައް ކުރީ ރަނގަޅަކަށް ނޫންކަން އަހަންނަށް އެނގޭ…. އަހަރެން އެކަމާ ކަރަމްގެ ކިބައިން މާފަށްވެސް އެދެން….. އެކަމަކު އަހަރެން މިހާރު ކަރަމްއާ ދޭތެރޭ ވިސްނަން…. އަހަރެން ބޭނުމެއް ނޫން ކަރަމްއަށް ދެރަގޮތެއްވާކަށް….. އެހެންވެ މިބުނަނީ ހިނގާށޭ އެތެރެއަށް ދާން…..” އަނެއްކާވެސް ކަރަމްގެ އަތުގައި ހިފައިލަމުން އެލީޝާ ބުނެލިއެވެ.

“ހުސް ދޮގު….” މިހެން ބުނެފައި އަނެއްކާވެސް ކަރަމް އެލީޝާގެ އަތް ފޮޅުވާލުމުން އެލީޝާ ދިޔައީ ސިހިގެންނެވެ. އޭނާއަށް ފަހަތަށް ފިޔަވަޅެއް އަޅާލެވުނީ ކަރަމްގެ ލޮލުން ފެންނަންހުރި ރުޅިވެރިކަމެއްގެ ސަބަބުންނެވެ. “އަހަންނާ ދޭތެރޭ ވިސްނާތީތަ ތި ގޮތަށް ތި ކަންތައް ކުރަނީ….؟؟؟؟ އަހަންނަށް ދެރަގޮތެއް ވާން ބޭނުން ނުވާތީތަ ތިވަރަށް ދޮގުހަދަނީތި…..؟؟؟؟” ކަރަމްގެ އަޑު ދިޔައީ އެއްފަހަރުން އަނެއްފަހަރަށް ބާރުވަމުންނެވެ. “އަހަންނަކަށް ނުވިސްނުން ކަރަމް ތި ކިޔާ އެއްޗެއް….” އެލީޝާ ހުރީ ބިރުން ރޮވޭވަރުވެފައެވެ. އެލީޝާ މިހެން ބުނުމުން ކަރަމް މޫނަށް ގޮތެއް ހަދާލިއެވެ. “އަހަރެން މިޔަދު ހަވީރު އެއްކޮށްހެންކަހަލަ ގޮތަކަށް އިނީ ޒީ މެންގޭގަ…؟؟؟ އެލީ އެގެއަށް ދިޔަނަމަ އަހަންނަށްވެސް ފެނުނީހެންނު….. އަހަންނަށް އޮޅުވާލަން ނޫން ކޮންކަމަކު އެލީ ދޮގުހަދަންވީކީ….. ބުނެބަލަ އެލީ ޒީ މެންގެއަށް ނުގޮސް ދިޔައީ ކޮންތާކަށް….؟؟؟” ކަރަމް މިފަހަރު ވާހަކަ ދެއްކީ މަޑުމަޑުންނެވެ.

ކަރަމްގެ ނަޒަރު އެލީޝާއަށް ސީދާވެފައި ވުމުން އޭނާ އިސްޖަހާލީ ކަރަމްއަށް ދޭނެ ޖަވާބެއް ނޭނގުމުންނެވެ. ކިޔާރާއަށްޓަކައި އަދި އެކަން ސިއްރުކުރަން އެބަޖެހެއެވެ. އަދި ކަރަމްގެ ގާތު އެވާހަކަ ބުނެވޭކަށް ނެތެވެ. “އަހަންނަށް އެނގޭ އެލީ ނުބުނާނެކަން… އެކަމަކު އެލީ ނުބުންޏަސް އަހަންނަށް ހުރިހާކަމެއް އެނގެ….” ކަރަމް މިހެން ބުނުމުން އެލީޝާއަށް ކަރަމްއާއި ދިމާއަށް ބަލާލެވުނެވެ. “އެލީއާއި މިއުވާނާ މިހާރުވެސް ގުޅުން އޮންނަކަން އަހަންނަށް އިނގޭ…. ފޯނުން ވާހަކަ ދައްކާ ކަމާއި ބައްދަލު ކުރާކަންވެސް އެނގޭ…..” ކަރަމް މިހެން ބުނުމުން އެލީޝާގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ. ކަރަމް އޭނާއާއި ދޭތެރޭ އެގޮތަށް ދެކުނީތީ އޭނާގެ ހިތުގައި ޖެހުނެވެ. “ނޫން ކަރަމް…. އަހަންނާ މިއުވާންއާއި…..” އެލީޝާގެ ޖުމްލަ މެދުކަނޑާލީ ކަރަމް އަތުގެ އިޝާރާތުން ހުއްޓާލުމަށް ބުނުމުންނެވެ. “އަހަރެން އެއްވެސް ވާހަކައެއް އަޑުއަހާކަށް ބޭނުމެއްނޫން…. އަހަންނަށް ރަނގަޅީ މިތަނުން އެލީ ދިޔައްޔާ….” އެލީޝާއަށް ފަސްދެމުން ކަރަމް ބުނެލިއެވެ. “ކަރަމްއަށް އަދި ކޮންމެވެސް ދުވަހަކުން ތިއީ ހަގީގަތެއް ނޫންކަން ވިސްނޭނެކަމަށް އަހަރެން އުއްމީދުކުރަން….” މިހެން ބުނިއިރު އެލީޝާއަށް ހުރީ ހަމަ ރަނގަޅަށްވެސް ރޮވިފައެވެ.

އެންމެ ހިނދުކޮޅަކަށްވެސް އެތާ މަޑު ނުކޮށް އެލީޝާ ދުއްވައިގަތެވެ. އެވަގުތު އެތާހެދިފައި އޮތް ފެންގަނޑުގައި ފައި ކައްސާލައިގެން އެލީޝާ ވެއްޓުނެވެ. އޭނާގެ މޫނުގޮސް ޖެހުނީ އެތާހުރި މާވަށިގަނޑުގައެވެ. މިއަޑަށް ކަރަމް ފަސްއެނބުރި ބަލާލިއެވެ. އެލީޝާ އޮތް ހާލު ފެނިފައި އޭނާގެ ރުޅިގަނޑު ދިޔައީ ކޮންތާކަށްކަމެއްވެސް ނޭނގެއެވެ. އެއީވެސް ކަރަމް އެލީޝާދެކެ ވާ ލޯބީގެ ބާރުގަދަކަމުގެ ހެއްކެކެވެ. ކަރަމް ދުވެފައި ގޮސް އެލީޝާއަށް ތެދުވުމަށް އެހީވެދެން އުޅުނެވެ. ނަމަވެސް އެލީޝާ ކަރަމްއަކަށް އެފުރުސަތެއް ނުދިނެވެ. އޭނާ އަމިއްލައަށް ތެދުވިއެވެ. “ތިއޮށް ބްލީޑްވަނީ…..” އެލީޝާގެ ނިއްކުރިއަށް އިޝާރާތްކުރަމުން ކަރަމް ބުނެލިއެވެ. “ހިނގާ ބޭސް އަޅަން ދާން……” މިހެން ބުނެފައި ކަރަމް އުޅުނީ އެލީޝާގެ އަތުގައި ހިފާށެވެ. ނަމަވެސް އޭގެ ކުރިން އެލީޝާ އޭނާގެ އަތް ދަމައިގަތެވެ. އަހަރެން އަމިއްލައަށް ބޭސް އަޅާފާނަން….” މިހެން ބުނެފައި އެލީޝާ އެތަނުން ދިޔައެވެ. ކަރަމްއަށް އޭނާގެ އަމިއްލަ ނަފްސުދެކެ ރުޅިއާދެވުނެވެ. އޭނާއަކީ އެންމެ ކުޑައިރުއްސުރެވެސް ޑިޕްރެސް ވެއްޖާ ރުޅިގަދަވާ މީހެކެވެ. މި ނުބައި ސިފަ ނައްތާލެވޭތޯ އޭނާ ވަރަށް މަސައްކަތް ކުރެއެވެ. ނަމަވެސް އަދިވެސް ކަމިޔާބުވާ ގޮތެއް ނުވެއެވެ. އެހެންނަމަވެސް އޭނާ ޖެހޭނީ މި އާދަ ކަނޑުވާލާށެވެ. އެހެންނޫނީ އޭނާގެ ދިރިއުޅުން ހަލާކުވެދާނެއެވެ.

އެލީޝާ ކޮޓަރިއަށް ވަންގޮތަށް ކަފަކޮޅަކުން ލޭ އަންނަތަން ސާފުކޮށް ލޭމަނާކޮށްލިއެވެ. ނިއްކުރިން ތަންކޮޅެއްވަނީ މަށައިގެން ގޮސްފައެވެ. ބޭސް އެޅުމުގެ ކުރިން ފާހާނާއަށް ވަދެ އެލީޝާ ފެންވަރާލިއެވެ. ބޮލުގައި ތުވާލި އޮޅާލައިގެން ނުކުމެ ޑުރެސިންގް ޓޭބަލް ކައިރީ އިށީނީ ފަސްޓްއެއިޑް ބޮކްސްހިފައިގެންނެވެ. އެވަގުތަކީ ކަރަމްވެސް ކޮޓަރިއަށް ވަންވަގުތެވެ. ކަރަމް ބޮޑު ފިޔަވަޅުތަކެއް އަޅަމުން އައިސް މަޑުކޮށްލީ އެލީޝާގެ ގާތުގައެވެ. އެއަށްފަހު އެލީޝާގެ އަތުން އޭނާ ގެންގުޅުން ކަފަގަނޑު އަތްލިއެވެ. އެލީޝާވެސް ގަދަހަދާކަށް ނޫޅެއެވެ. ކަރަމް އެލީޝާގެ މޫނަށް ބަލާލިއެވެ. އަދި މަށައިގެން ގޮސްފައިވާ ތަނުގައި ފޭދިފައިވާ ތާޒާ ލޭކޮޅުގައި ކަފަކޮޅު ޖައްސާ އެތަން ސާފުކޮށްލުމަށްފަހު އެތާގައި ބޭސް އަޅާލަދިނެވެ. އެހުރިހާ ކަމެއް ކުރިއިރުވެސް އެލީޝާ އިނީ ދެލޯމަރާލައިގެންނެވެ. އެލީޝާ ދެލޯ ހުޅުވާލީވެސް ކަރަމްއެތަނުން ދިޔަކަން ޔަގީންވުމުންނެވެ.

ދަންވަރުގެ ވަގުތެވެ. އެލީޝާއަށް ހޭލެވުނީ މީހެއްގެ ކުކުރުމުގެ އަޑަށެވެ. ދެލޯ އުނގުޅަމުން އެލީޝާ ބަލާލީ ކައިރީގައި އޮތް ކަރަމްއަށެވެ. ކަރަމް ފެނުމާއިއެކު އޭނާގެ ދެލޮލުގައިވާ ނިދީގެ އަސަރު އެއްކޮށް ފިލައިގެން ދިޔައެވެ. ކަރަމް އޮތި ހުމާ ފިހިފިހިއެވެ. އޭނާއަށް ދެލޯވެސް ނުހުޅުވެއެވެ. އެލީޝާދުވެފައި ކަހަލަ ގޮތަކަށްގޮސް ފެންތަށްޓަކާ ކުޑަ ރުމާލެއް ހިފައިގެން އައިސް ކަރަމްގެ ނިއްކުރީގައި ތެތްރުމާ އަޅަންފެށީ ހުންމަޑުވޭތޯއެވެ. އޭނާގެ މަސައްކަތް ކާމިޔާބުވެސް ވިއެވެ. މަޑުމަޑުން ހުންމަޑު ވަމުން ދިޔައެވެ. ކަރަމްގެ ހިދުމަތުގައި އިން އެލީޝާއަށް އެހެން އިނދެގެން ގޮސް ނިދުނީ ވަރަށްލަސްވީ ފަހުންނެވެ.

ކަރަމްއަށް ހޭލެވުންއިރު އެލީޝާއިނީ އޭނާގެ މޭމަތީ ބޯއަޅާލައިގެން ކައިރީގައި ހުރި ގޮނޑިއެއްގައެވެ. ފުރަތަމަ ހައިރާންވި ނަމަވެސް ފަހުން ވީ ގޮތް އެނގުނީ އޭނާގެ ނިއްކުރިމަތި އޮތް ރުމާއާއި ހެޑްބޯޑް މަތީ ހުރީ ފެންތަށި ފެނުމުންނެވެ. އެވަގުތު ދޮރުގައި ޓަކި ޖެހުމުން އެލީޝާ ގުޑިލިއެވެ. ކަރަމް އަވަސް އަވަހަށް ލޯ މަރާލިއެވެ. ދެވަނަ ފަހަރަށް ޓަކި ޖެހުމުން އެލީޝާއަށް ހޭލެވުނެވެ. ހޭލެވުމާއިއެކު އޭނާއަށް ގަޑި ބަލާލެވުނެވެ. ކަމަކު ދާކަށް ނެތެވެ. މިހާރު އެއޮތް ހަތެއް ޖަހަނީއެވެ. އެލީޝާގޮސް ދޮރު ހުޅުވާލިއިރު ދޮރުމަތީ ހުރީ ހަފްސާއެވެ. “ދަރިފުޅާ….ކިހިނެއްވެފަ ތިހުރީ….؟؟؟؟” ނިއްކުރިމަތީ ހުރި ބޭސްގަނޑު ފެނުމުން ހަފްސާ އަހާލިއެވެ. “ޓެރެސް މައްޗަށް ވެއްޓުނީ ކައްސާލައިގެން….” އެލީޝާ މިހެން ބުނިވަގުތު ހަފްސާގެ ލޮލުގައި އަޅައިގަތީ އެނދުމަތީ އޮތް ކަރަމްއާއި އޭނާގެ ނިއްމަތީ އޮތް ރުމާލެވެ. “ދެމީހުން ރޭގަ ތެމުނީ ދޯ….” ހަފްސާ މިހެން ބުނުމުން އެލީޝާ ބޯޖަހާލީ އާނ އެކޭ ބުނުމުގެ ގޮތުންނެވެ. “ދަރިފުޅު ގާތު މަންމަ ބުނީމެއްނު ކަރަމް ވާރެއާ ތެމުނީމަ ބަލިވެއޭ…..” ހަފްސާ ކަންބޮޑުވެފައިހުރެ ބުނެލިއެވެ. ” މަންމާ….. އޭނަ ތެމިގެން ހުރީމަ އަހަރެން ދިޔައީ އޭނަ ބަލާ…..” އިސް ޖަހާލައިގެން ހުރެ އެލީޝާ ބުނެލިއެވެ. “ހޭއި…. ދަރިފުޅާ…. މަންމަ ރުޅިއެއްނާދެއޭ……” އެލީޝާ ހުރިގޮތް ފެނުމުން އޭނާގެ ކޮލުގައި ފިރުމާލަމުން ހަފްސާ ބުނެލިއެވެ. “މަންމަ މިއައީ ތިދެކުދިން މިޔަދު ސައިބޮން ނުނިކުންނާތީ ކޮބަތޯ ބަލާލަން….. ދޭ ކަރަމްއަށް ގޮވަން…. މިޔަދު އޭނަ ޑިއުޓީއަށް ދިޔަ ނުދެއްޗޭ…..” މިހެން ބުނެފައި ހަފްސާ ދިޔުމުން އެލީޝާ ކޮޓަރީގެ ދޮރު ލެއްޕިއެވެ.

އާދައިގެ މަތިން މިޔަދުވެސް ހަތަރުގަޑި ބައިހާއިރު ކިޔާރާ ހުރީ އެޕާރޓްމެންޓްގެ ބޭރުގައެވެ. ޖެހިގެން ހުރި އެޕާރޓްމެންޓްގެ ދޮރު ހުޅުވުނު އަޑަށް ކިޔާރާ އެދިމާ ބަލާލިއިރު އައިމަން ނުކުންނަނީއެވެ. “ކިޔާ މިތާ ހުންނާނެކަން އިނގޭތީ މިއައީ…. މިޔަދުވެސް އެހެން ގާރލްއެއް ގޮވައިގެންތަ….؟؟؟” އައިމަން މިހެން ބުނުމުން ކިޔާރާ ހިތި ގޮތަކަށް ހީލިއެވެ. އަނގައިން ޖަވާބު ނުދިންކަމުގައިވިޔަސް އޭނާއަށް ޖަވާބު ލިބިއްޖެއެވެ. އައިމަން ކިޔާރާއަށް ފުން ނަޒަރަކުން ބަލާލިއެވެ. މިހާރީތި ކުއްޖަކަށް އުޅެން ޖެހިފައި މިވަނީ ކިހާ ހިތްދަތި ދިރިއުޅުމެއް ހެއްޔެވެ..؟ އެވަރުންވެސް އެހުންނަނީ ހިނިތުންވެލައިގެންނެވެ. ހާދަ ހިތަވަރުގަދަ ކުއްޖެކެވެ. ކިޔާރާއަށްޓަކައި އައިމަންގެ ހިތުގައި ހަމްދަރުދީ އުފެދުނެވެ. އޭނާ ކިޔާރާ މިކަމުން ސަލާމަތްކޮށްދޭން ބޭނުމެވެ. ނަމަވެސް އޭނާއަށް ކޮށްދެވޭނީވެސް ވަކި ކޮންކަމެއް ހެއްޔެވެ..؟ ހަމަގައިމުވެސް އޭނާގެ ހަޔާތަށް މިފަދަ ކުއްޖެއް އައިނަމަ މިހާ ހާލުގައި އުޅޭކަށް ނުޖެހޭނެއެވެ. އޭނާ އެކުއްޖަކު ގެންގުޅޭނީ ވަރަށް އުފަލުގައި ހިތްފުރޭވަރަށް ލޯބިދީގެންނެވެ.

ކިޔާރާ އާއި އައިމަން ތިބީ އޮލަވާހަކައެއްގައެއްގައެވެ. އެވަގުތު ދެމީހުންވެސް ސިހިގެން ދިޔައީ ކިޔާރާގެ އެޕާރޓްމެންޓްގެ ދޮރުހުޅުވުނު އަޑަށެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Eemyaa

Level 910 Stories100 Comments100 Login500 Comments100 Stories500 Login

Other Articles

Previous

ޔާރާއޭ.. ( 12 ވަަނަ ބައި)

Next

ޤާޠިލް .. 7 ވަނަ ބައި..

Next
November 22, 2014

ޤާޠިލް .. 7 ވަނަ ބައި..

Previews
November 18, 2014

ޔާރާއޭ.. ( 12 ވަަނަ ބައި)

14 Comments!

  1. ummi says:
    November 22, 2014 at 1:19 am

    Owwww v v reethiii mi baiii. Waiting for the next part. .. plxx avahah up kohdhehchyyy…. 🙂 😀

  2. jii says:
    November 22, 2014 at 1:24 am

    this is very nice awsome story … i like this story update soon 🙂

  3. Eve says:
    November 22, 2014 at 3:51 am

    Wow thank u eem..v nice mi part…

  4. rahy says:
    November 22, 2014 at 7:26 am

    Nice story mipart v reethi thanks eem.

  5. zany says:
    November 22, 2014 at 9:51 am

    alhey emme maja thanun dho……
    avahah up kuracchey love this story….. 🙂

  6. zum says:
    November 22, 2014 at 10:47 am

    thankolheh awahah next part up kohdhehche

  7. eemiyaa says:
    November 22, 2014 at 10:51 am

    thanks all… mirey nuny maadhamaa next part up kohla dheynan… in sha allah… 🙂

  8. hiyaalu says:
    November 22, 2014 at 1:16 pm

    dhuvaalaku kithah faharuga kameh vs neyge vaahaka up kohfa intho balalileveny…at last here it is….waiting for the next part.. 🙂

  9. Sam says:
    November 22, 2014 at 1:16 pm

    Thanks. V nice mi part ves.

  10. green says:
    November 22, 2014 at 2:26 pm

    Nice… Dhn karam aai elee gulhuvaba!!!

  11. aalaa says:
    November 22, 2014 at 3:48 pm

    Vvvvvvvvvvv nice eem….. Avahah up kuraane kamah ummeedh kuran….-…

  12. bon says:
    November 22, 2014 at 9:48 pm

    Thankolheh dhigukoh genesdhyba..!!

  13. maee says:
    November 22, 2014 at 10:31 pm

    Vahakaige inthizaaruga hutta vahaka up vefa in than fenuny!!hiy din din alhuvalafa ey thi ninmaly….

  14. eemiyaa says:
    November 23, 2014 at 1:13 am

    thanks all….

Comments are closed.

Next Episodeއެލީޝާ (16ވަނަބައި)←


All Right Reserved!