Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އެލީޝާ (16ވަނަބައި)

Eemyaa
November 23, 2014
6 Mins Read
17 Comments

ކިޔާރާ އާއި އައިމަން ތިބީ އޮލަވާހަކައެއްގައެއްގައެވެ. އެވަގުތު ދެމީހުންވެސް ސިހިގެން ދިޔައީ ކިޔާރާގެ އެޕާރޓްމެންޓްގެ ދޮރުހުޅުވުނު އަޑަށެވެ. ދެމީހުނަށް އެއްފަހަރާ އެދިމާއަށް ބަލާލެވުނެވެ. ދޮރުމަތީގައި ރުޅިވެރިކަމާއިއެކު އެދެމީހުނަށް ބަލަހައްޓައިގެން އެހުރީ ހުޝާމްއެވެ. ހުޝާމްގެ ފަހަތުގައި އަންހެން ކުއްޖަކުވެސް ހުއްޓެވެ. ހުޝާމް ފެނުމުން ކިޔާރާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. ޔަގީނެވެ. އައިމަން މިތާ ހުރިތަން ފެނުނީމަ ހުޝާމް ބޮޑު ކަންތައްގަނޑެއް ހިންގާލާނެއެވެ. ކިޔާރާގެ ހިތުގެ އެންމެ އަޑިން ބިރުވެރިކަމުގެ ސިގްނަލް ދެމުން ދިޔައެވެ. ހުޝާމްއާއި ހަތަރުކަޅި ހަމަވި ވަގުތު ކިޔާރާއަށް ހިންދިރުވާލެވުނެވެ. އައިމަން ހުރީ ފަރުވާތެރިކަމާއި އެކު ކިޔާރާގެ މޫނަށް އަރާ ފައިބަމުންދާ ކުލަވަރުތަކަށް ބަލާށެވެ.

“އަހަރެން ކަލޭ ބޭރަށް ލީކީ ތި ގަނޑެއް ހިންގާކަށް ނޫނޭ…. ކާކު ބުނީ ކަލޭ ކައިރީގައި މިތާ ހުރެގެން ހިލޭ ފިރިހެނުންނާ ވާހަކަ ދައްކާށޭ…؟؟؟ އޭނ….؟؟؟” ވައިސޫރިއެއްހެން އައި ގޮތަށް ކިޔާރާގެ އިސްތަށިގަނޑުގައި ހިފައިގަންނަމުން ހުޝާމް ކަޅިއަޅާލީ އައިމަންއަށެވެ. “އައްދޯއި…. ހުޝާމް އަހަންނަށް ތަދުވޭ…. ދޫކޮށްލަބަލަ….” ކިތަންމެ ތަދުވިޔަސް ކިޔާރާ ބުނެލީ މަޑުމަޑުންނެވެ. އޭނާ ހުރީ އައިމަން ކުރިމަތީ ހުޝާމް އޭނަޔަށް އަނިޔާ ކުރާތީ ލަދުގަނެ ދެރަވެސް ވެފައެވެ. އޭރު ދޮރުމަތީ ހުރި އަންހެންކުއްޖާވެސް މަލާމާތުގެ ހިނިތުންވުމެއް ތުންފަތަށް ވެރިކުރުވައިގެން ކުޅި ބަލަން ހުއްޓެވެ.

“ތަދުވަން ބޭނުންވާތީއެއްނު ކަލޭ ތިވައްތަރަށް ތި އުޅެނީ…..” އިސްތަށިގަނޑަށް އިތުރަށް ވާން ކޮށްލަމުން ރުޅިވެރިކަމާއިއެކު ހުޝާމް ބުނެލިއެވެ. “އޭނާތަ ވައްތަރަކަށް އެ އުޅެނީ…..؟؟؟ ކޮންމެ ދުވަހަކު އަމިއްލަ ފިރިމީހާ ހިލޭ އަންހެނުން ގޮވައިގެން އުޅޭނެ ގޮތަކަށް އުޅެމުންދާއިރުވެސް އޭނަ އެހުންނަނީ އަނގައިން ނުބުނެ ކެތްކޮށްލައިގެން…. އަހަންނަށް ހިޔެއްނުވެ ދެން ކަލެއަކަށް ވަކި ކިޔާއަށް ވުރެ ރަނގަޅު އަންބަކު ލިބޭނެހެންނެއް….. ތީ ފިރިހެނެކޭ ބުނަންވެސް އަހަރެން ފަސްޖެހޭ….” އައިމަންއަށް ކުޅިބަލަން އެތާ ހުންނާކަށް ކެތެއްނުވިއެވެ.

އައިމަންގެ ޖުމަލައާއިއެކު ކިޔާރާ ދުރަށް ކޮށްޕާލަމުން ހުޝާމް ދެން ކުރިމަތިލީ އައިމަން އާއިއެވެ. ކިޔާރާ ރޮވިފައިހުރެ ދެފަރާތަށް ބޯ ހޫރާލީ ކަންތައް ވަރަށް ގޯސްވާނެކަން އެނގުމުން އިތުރަށް އެއްޗެކޭ ނުބުނުމަށް އައިމަންއަށް އިޝާރާތް ކުރަމުންނެވެ. ކިޔާރާގެ ހާލުފެނި އައިމަން ވަރަށް ދެރަވިއެވެ. “އޯ…. ކިޔާ އޭ….” މަލާމާތުގެ ރާގަކަށް ހުޝާމް ބުނެލިއެވެ. “ކަލޭމެންގެ ގުޅުންވެސް ވަކި ދެރަހެނެއް ހިޔެއްނުވެ…. ކަލެއަށް ހުރިހާ ހަގީގަތެއްވެސް އޭނާ ކިޔާދީފިދޯ…..” ކިޔާރާއަށް ކަޅިއަޅާލަމުން ހުޝާމް ދެން ބަލާލީ އައިމަންއަށެވެ.

“އަހަންނަށް ކިހިނެއް އެނގެނީ އަހަރެން މި އުޅޭ ގޮތަށް ކަލޭ މިހިރަ ފިރިހެނާއާއެކީ ނޫޅޭކަމެއް….؟؟؟؟” އައިމަންއަށް އިޝާރާތް ކޮށް މިހެން ބުނަމުން ހުޝާމް ބަލާލީ ކިޔާރާއާ ދިމައަށެވެ. އެވަގުތު އައިމަންގެ އަތުގެ ހޫނު އެތިފަހަރެއް ހުޝާމްގެ މޫނުމައްޗަށް އެރިއެވެ. އެލީޝާއަށް އޭނާގެ އަނގަމަތީ އަތްއަޅާލެވުނެވެ. ދޮރުމަތީ ހުރި އަންހެން ކުއްޖާގެ މޫނުމަތިންވެސް ހިނިތުންވުން ފިލައިގެން ދިޔައެވެ. “ހަބަރުދާރު…. ކިޔާއާއި ދިމާއަށް އިތުރަށް ދެން އެންމެ ލަފުޒެއް ބުންޏަސް އަހަރެން މީ ނުބައި މީހެއްކަން އަންގާލާނަން…”އައިމަން ހުރީ ވަރަށް ރުޅިގަދަވެފައެވެ.

ހުޝާމް އޭނާގެ ކޮލުގައި އަތުން ފިރުމާލިއެވެ. ދެވަނަ ސިކުންތުގައި ސިންގާއެއްހެން އަރައިގެން އައިސް ހިފީ އައިމަންގެ ގަމީހުގެ ގިރުވާނުގައެވެ. “ކީކޭ ހިތައް އަރައިގެންތަ ކަލޭ އަހަރެންގެ މޫނުގައި ތި ޖެހީ….؟؟؟؟ އަހަރެންގެ އަތުން މަރުވާ ހިތުންތަ ތި އުޅެނީ….؟؟” އެހުރިގޮތަށް ހުރެ ހުޝާމް ބުނެލިއެވެ. “ނޫން… ހުޝާމް ތިހެން ނަހަދާ…. އޭނަ ދޫކޮށްލާ….” ކިޔާރާއަށް މި މަންޒަރު ބަލަން ކެތް ނުވެގެން ދެމީހުން ދުރުކުރުވަން އުޅުނެވެ. “ކަލޭ ހުރެބަލަ ދުރުގާ…” ކިޔާރާ ކޮށްޕާލަމުން ހުޝާމް ބުނެލިއެވެ. ކިޔާރާގޮސް ޖެހުނީ ފާރުގައެވެ. އޭނާގެ ކަނާތް ފަރާތު ނިއްކުރިމަތި ފާރުގައި ޖެހިފައި ފަޅައިގެން ދިޔައެވެ. އައިމަންއަށް މިމަންޒަރު ފެނުމުން ހުޝާމްގެ މޭގައި އަޅާ ދުރަށް ކޮށްޕާލާފައި ކިޔާރާ ގާތަށް ގޮސް އޭނާ ނެގިއެވެ. އޭރު ކިޔާރާގެ ނިއްކުރިމަތިން ލޭ އަންނަނީއެވެ.

އައިމަން އަވަސް ފިޔަވަޅުތަކެއްގައި ހިނގާފައި ގޮސް އޭނާގެ އެޕާރޓްމެންޓަށް ވަދެ އައީ ފޮތިކޮޅެއް ހިފައިގެންނެވެ. އައިމަން އެ ފޮތިކޮޅު ކިޔާރާގެ ނިއްކުރިމަތީ އައްސާލީ ލޭ ބަންދުކޮށްލުމަށެވެ. އެއަށްފަހު ދެން ކުރިމަތިލީ ހުޝާމްއާއިއެވެ. “އަހަރެން މަރާލިޔަސް ފަރުވާލެއް ނެތް…. އެކަމަކު އަހަރެންގެ ކުރިމަތީ އަންހެނަކަށް އަނިޔާ ކުރާތަން ބަލާކަށް އަހަންނެއް ދުރުގައެއް ނުހުންނާނަން….” ނިކަން ކެރިހުރެ އައިމަން ބުނެލިއެވެ. “އެހެންތަ….؟؟؟ އެހެންވީއިރު އޭނާ ގޮވައިގެން ދާންވީއެއްނު….” ރުޅިވެރިކަމާއިއެކު ހުޝާމް ބުނެލިއެވެ. “އަދިވެސް އަހަރެންތަ އޭނާ ގެންދަންވީ…. އެއީ ހުޝާމްގެ އަންހެނުންނޭ…. އަންބެއްގެ ހައިސިއްޔަތުން އޭނައަށްވެސް ލިބެންޖެހޭ ހައްގުތަކެއް އޮންނާނޭ…. އޭނައަށް ލޯބިދީ އޭނާގެ ހައްގުތައް އަދާ ކޮށްދިނުމަކީ ހުޝާމްގެ ޒިންމާއެކޭ…..” އައިމަން ވާހަކަ ދެއްކީ ނަސޭހަތުގެ ރާގުގައެވެ.

“އޯ…. އަނބިމީހާގެ ހައްގުތައް ދޯ…. މަޑުކުރޭ….. އަހަރެން އެބަ އަންނަން…..” މިހެން ބުނެފައި ހުޝާމްވަނީ އޭނާގެ އެޕާރޓްމެންޓަށެވެ. ދިހަވަރަކަށް މިނެޓްފަހުން އޭނާ ނުކުމެގެން އައީ ފޮށްޓެއް ހިފައިގެންނެވެ. “އަން…. މި ހިފައިގެން ދާތާކަށް ދޭ…. ކަލޭ ތިހުރީ ވަރިކޮށްފާ….. މިހާރު ކަލެއަށް ހުންނާނީ ކަލޭގެ ހައްގުތައް ލިބިފާ….” ކިޔާރާއާއި ދިމާއަށް ފޮށިއެއްލަމުން ހުޝާމް ބުނެލިއެވެ. ކިޔާރާ ހުރީ ކަންފަތަށް އިވުނު އަޑު ގަބޫލުކުރަން ދަތިވެފައެވެ. އޭނާ އެސްފިޔަވެސް ޖަހާނުލާ ހުޝާމްއާއި ދިމާއަށް ބަލަހައްޓައިގެން ހުރީ ރޯންވެސް ނޭނގިފައެވެ. އައިމަންވެސް ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. މަލާމާތުގެ ފާޑަކަށް ކިޔާރާއަށާއި އައިމަންއަށް ބަލާލުމަށްފަހު ދޮރުމަތީ ހުރި އަންހެން ކުއްޖާގެ އަތުގައި ހިފައިގެން ހުޝާމް އެތެރެއަށްވަދެ ދޮރު ލެއްޕިއެވެ. ދޮރު ލެއްޕި އަޑަށް ސިހިފައި ކިޔާރާ ދޮރާ ދިމާއަށް ބަލާލިއެވެ. އޭނާ ދުވެފައި ގޮސް ދޮރުގައި ތަޅައިގަތެވެ. “ނޫން ހުޝާމް…. އަހަންނަށް ތިހެން ނަހަދާ…. ޕްލީޒް…..” ދޮރުގައި ހިފަހައްޓައިގެން ހުރެ ކިޔާރާ ތިރިވިއެވެ. ނަމަވެސް އެތެރެއިން އެއްވެސް އަޑެއް ބަޑެއް ނީވެއެވެ. ތިރީގައި އިށީނދެ ދެކަކުލުގައި ބޯއަޅައިލައިގެން އިނދެ ކިޔާރާ ގިސްލާފައި ރޮމުން ދިޔައެވެ. ދުރުގައި މިމަންޒަރު ބަލަން ހުރި އައިމަން ހުރީ ފެންކަޅިވެފައެވެ. ކިޔާރާގެ ގިސްލުމުގައި ވޭނީ ރިހުމެއް އެކުލެވިފައިވެއެވެ. އައިމަން އައިސް ކިޔާރާ ކައިރި ތިރީގައި އިށީނދެ އޭނާގެ ބޮލުގައި ފިރުމާލިއެވެ. ކިޔާރާ އައިމަންގެ ގައިގާ ބައްދާލައިގެން އިނދެ ރޮމުން ދިޔައެވެ.އެފަދަ ވަގުތެއްގައި އެހެން މީހެއްގެ އެހީތެރިކަން ލިބުނީމަ ކޮންމެ މީހަކަށްވެސް ވާނީ އެހެންނެވެ. އައިމަން ވަރަށް އާދޭސް ކޮށްގެން ކިޔާރާ އެތަނުން ތެދުވިއެވެ. ވާއަތް ކިޔާރާގެ ކޮނޑަށް ލައިގެން ހުރެ ކަނާތުން ކިޔާރާގެ ފޮށި ހިފައިގެން އައިމަން ވަނީ އޭނާގެ އެޕާރޓްމެންޓަށެވެ.

 

އެލީޝާ ތިރިއަށް ފޭބިއިރު ކަރަމް އިނީ ސޯފާގައި ޓީވީ ބަލާށެވެ. އެލީޝާ މިސްރާބު ޖެހީ އަރޫނާގެ ކޮޓަރިއާއި ދިމާއަށެވެ. އެވަގުތު ކަރަމް ކެއްސަން ފެށުމުން އެލީޝާ ބަލާލިއެވެ. އަރޫނާގެ ކޮޓަރިއަށް ދިއުމުގެ ބަދަލުގައި އެލީޝާ މިސްރާބުޖެހީ ކާގެއާއި ދިމާއަށެވެ. ކަރަމް ވަށްކަޅިން އެލީޝާއަށް ބަލާލިއެވެ. އިރުކޮޅެއް ނުވެ އެލީޝާ އައީ ބަދިގެއިން ފެންތަށްޓެއް ހިފައިގެންނެވެ. އެލީޝާ ފެންތަށި ހިފައިގެން އައިސް ކަރަމްއަށް ދިއްކޮށްލުމަށްފަހު އެތަނުން ދިއުމަށްޓަކައި ހިނގައިގަތެވެ. އެވަގުތު ކަރަމް ހުށިޔާރުކަމާއިއެކީ އަނެއް އަތުން އެލީޝާގެ އަތުގައި ހިފެހެއްޓިއެވެ. “ސޮރީ….” އެލީޝާ ބަލާލުމުން ކަރަމް ބުނެލިއެވެ. އެލީޝާ އެއްޗެއް ބުނަން އަނގަ ހުޅުވާލިތަނާ އޭނާގެ ފޯން ރިންގްވާން ފެށިއެވެ. “އަހަރެން އެބަ އަންނަން…..” ފޯނުގެ ސްކްރީންއަށް ބަލާލަމުން މިހެން ބުނެފައި އެލީޝާ މިސްރާބު ޖެހީ ކޮޓަރިއާއި ދިމާއަށެވެ. “އަހަރެންގެ ގާތުގައި ހުރެގެން ފޯނަށް ޖަވާބު ނުދެވުނީ… އަނެއްކާ އެއީ ކާކުގެ ފޯންކޯލެއްބާ…؟؟؟” ކަރަމްގެ ހިތަށް އެރި އެއްޗަކުން ނިއްކުރިމަތީ އަތް ކާއްތާލެވުނެވެ. ފަސްވަރަކަށް މިނެޓްފަހުން ދެން ފެނުނީ ހޭންޑްބޭގް ހިފައިގެން އެލީޝާ ސިޑިން ފައިބާ ތަނެވެ. އަވަސްއަރުވާލާފައި ހުރިވަރުން ކަރަމް އެތާ އިންމަތިންވެސް އޭނާ ހަނދާން ހުރިހެނެއް ހިއެއްނުވެއެވެ. ކަރަމްގެ ކުރިމަތިން ލާފާއި ދިޔައިރު ކަރަމް ފެނުންހެނެއްވެސް ހިޔެއް ނުވެއެވެ. ކަރަމްއަށް ބުނާނެ އެއްޗެއް ނޭނގިފައި ބަލަހައްޓައިގެން އިނދެވުނީއެވެ. މިހާރު އެދަނީ ކޮންތާކަށްބާއޭ ކަރަމްގެ ހިތަށް އެރިއެވެ. ފަސްފަހަތުން ދާ ތަނެއް ބަލަން ދާންވެސް ކަރަމްގެ ހިތަށް އެރިއެވެ.  ނަމަވެސް އެއީ މާ ދަށުދަރަޖައިގެ ކަމަކަށްވުމުން އެހިޔާލު ދޫކޮށްލިއެވެ.

 

އޭގެ ބައިގަޑިއެއްހާއިރު ފަހެވެ. ކަރަމް އިނީ ބަގީޗާތެރޭގައި ހުރި އުނދޯލީގައެވެ. ގޭގެ މައިދޮރު ހުޅުވާލި އަޑަށް ކަރަމް އެދިމާއަށް ބަލާލިއެވެ. ފޫކޮޅުގައި ކަށްޓެއް ޖެހިހެން އޭނާ ކޮޅަށް ތެދުވީ ކުރިމަތިން ފެންނަމުން ދިޔަ މަންޒަރު ގަބޫލުކުރަން ދަތިވެފައި ހުރެއެވެ. އޭރު ކިޔާރާގެ އުނަގަނޑުގައި ހިފަހައްޓާލައިގެން ހުރެ އެލީޝާ އެތެރެއަށް ވަންނަނީއެވެ. ކިޔާރާ ހުރީ އިސްޖަހާލައިގެންނެވެ. އޭރުވެސް މަޑު ގިސްލުމެއްގެ އަޑު އިވެމުން ދެއެވެ. އެމީހުންގެ ފަހަތުން ކިޔާރާގެ ފޮށި ހިފައިގެން އައިމަން ވަނެވެ. “ކިޔާ…..” ކަރަމްގެ އަޑު އިވުމުން ކިޔާރާ އިސްއުފުލާ ބަލާލިއެވެ. އަދި ދުވެފާ ގޮސް ކަރަމްގެ މޭގައި ބޯއަޅާލައިގެން ހުރެ ރޯންފެށިއެވެ. އެލީޝާއާއި އައިމަން މިމަންޒަރު ބަލަން ދުރުގައި މަޑުކޮށްލައިގެން ހުއްޓެވެ. ދެމީހުންވެސް ތިބީ ފެންކަޅިވެފައެވެ. “ހެއި ސްވިޓީ…. ހުއްޓާލަބަ…. ކީއްވެ ތި ރޮނީ…..؟؟؟” ކިޔާރާގެ އިސްތަށިގަނޑުގައި ފިރުމާލަމުން ކަރަމް ބަލާލީ އެލީޝާމެންނާއި ދިމާއަށެވެ. ކޮންމެވެސް ބޮޑުކަމެއް ހިނގައިފިކަން އެދެމީހުންގެ މޫނުމަތީގެ ކުލަވަރުތަކުން ކަރަމްއަށް ޔަގީންވިއެވެ. “ހިނގާ އެތެރެއަށް….” މިހެން ބުނެފައި ކިޔާރާ ގޮވައިގެން ކަރަމް ދިޔައީ އެތެރެއަށެވެ. ކަރަމްގެ ފަހަތުން އެލީޝާމެންވެސް އެތެރެއަށް ވަނެވެ. ކަރަމް އެތެރެއަށް ވަދެފައި އެންމެނަށް ގޮވިއެވެ. އެވަގުތު ގޭގައި ފަހުމީއާއި ކައުޝަލް ފިޔަވައި އެންމެންވެސް އުޅެއެވެ.

ކިޔާރާގެ ހާލު ފެނުމުން އެންމެންވެސް ތިބީ ހައިރާންވެފައެވެ. ކިޔާރާ ރޯވަރުން ވާހަކަވެސް ދެއްކެނީއެއް ނޫނެވެ. ސޯފާގައި ހަފްސާގެ ކޮނޑުގައި ބޯ އަޅައިލައިގެން އޮވެ އޭނާ ރޮމުން ދިޔައެވެ. “އެލީ…. ކިހިނެއްވެގެން މިއުޅެނީ….؟؟؟؟” ކިޔާރާގެ އަނެއް ފަރާތުގައި އިނދެފައި ތެދުވެ އެލީޝާގެ ގާތަށް ދަމުން ކަރަމް އަހާލިއެވެ. ކަރަމް ތެދުވުމުން ކިޔާން ކިޔާރާގެ ގާތުގައި އިށީނދެ އޭނާގެ ބޮލުގައި ފިރުމަމުން ދިޔައެވެ. ގޭގެ އެންމެހަގު ކުއްޖާއަށްވެފައި ހުރި ހަމައެކަނި އަންހެންކުއްޖާއަށް ވީތީ ގޭގެ އެންމެންވެސް ކިޔާރާ ދެކެ ވަރަށް ލޯބިވެއެވެ. އެލީޝާ އިއްޔެ އޭނާއަށް ފެނުން މަންޒަރުތަކާއި މިޔަދު ކަންހިނގާދިޔަގޮތް އައިމަން ކިޔާދީފައިވާތީ އެވާހަކަތައް ގޭގެ އެންމެނަށް ކިޔާދިނެވެ.

“އެނުލަފާ މީހާގަނޑު މަގޭ ކޮއްކޮގެ ދިރިއުޅުން ހަލާކުކޮށްލާފި…. ނުލަފާ މީހާގަނޑު…. އަހަރެން އޭނާގެ ދިރިއުޅުންވެސް ހަލާކު ކޮށްލާނަން….” ދެއަތް މުށްކަވާލަމުން ދެދަތްޕިލަ ޖައްސާ ބާރުކޮށްގެން ހުރެ ކަރަމް ބުނެލިއެވެ. އަދި އެހުރިގޮތަށް މިސްރާބުޖެހީ ބޭރަށް ދިޔުމަށްޓަކައެވެ. “ދަރިފުޅާ ކަރަމް… ކޮންތާކަށް ތިދަނީ…..؟؟؟”  އަހަރެން މިދަނީ ހުޝާމްގާތަށް….” މަޑުޖަހިލުމަށްފަހު ހަފްސާގެ ސުވާލަށް ޖަވާބުދާރީވުމަށްފަހު އަނެއްކާވެސް ކަރަމް ހިނގައިގަތެވެ.

“ކަރަމް….” އަނެއްކާވެސް ކަރަމް ހުއްޓި ފަހަތްބަލާލީ އައިމަން ގޮވާލުމުންނެވެ. “އޭނަޔާ ވާހަކަ ދައްކަން ގޮސްގެން ވާނެ އިތުރު ފައިދާއެއް ނޯންނާނެ…. އެއީ އެއަށްވުރެ މާ ނުލަފާ މީހެއް…. އޭނާޔާ ޖަދަލުކުރަން ހަދައިގެން ފެންނާނީ އަތުންފައިން ގޯހެއް ހެދުނުތަން….” އެހާ ގިނަދުވަސް ނުވަނީސް ކިޔާ އެތަނުން ސަލާމަތްވީކަން އެއީ ކިޔާގެ ނަސީބު…. މިވަގުތު ކިޔާއަށް ކަރަމްމެންގެ އެހީ ވަރަށް ބޮޑަށް ބޭނުންވާނެ….” އައިމަން އުޅުނީ ކަރަމްއަށް ވިސްނައިދީގެން އޭނާ ހުއްޓުވޭތޯއެވެ. “އަތުންފައިން ގޯހެއް ހެދުނަސް އަހަންނަށް ހެޔޮ….. މިފަހަރު އޭނައަށް ރަނގަޅު ފިލާވަޅެއްދޭނަން…..” މިހެން ބުނެފައި ކަރަމްއަނެއްކާވެސް ހިނގައިގަތެވެ.

އެލީޝާ ބިރުގަތެވެ. އޭނާއަށްވަނީ ކަރަމްގެ ރުޅިބައި ކޮންމެވެސްވަރަކަށް ފެނިފައެވެ. މިޔަދު އެހުރީ ހައްދުފަހަނައަޅާ ދާ ވަރަށް ރުޅިއައިސްފައެވެ. އަތުން ފައިން ގޯހެއް ހަދާކަށްވެސް މިޔަދު އޭނާ ފަހަކަށް ނުޖެހޭނެކަން އެލީޝާއަށް އެނގެއެވެ. އެލީޝާ ދުވެފައިގޮސް ކަރަމްގެ އަތުގައި ހިފިއެވެ. ކަރަމް މަޑުކޮށްލިއެވެ. “ކަރަމް ޕްލީޒް….. އޭނައާ ޖަދަލުކުރަން ނުދޭ…. އޭނައާ ކިތަންމެވަރަކަށް ޖަދަލުކުރިޔަސް ކިޔާއަށް އޭނާކުރި އަނިޔާއާއި ހިތްދަތިކޮށްލި ދުވަސްތައް އަނބުރައެއް ނުލިބޭނެ…. އެހެންވީމަ ތި ބޭކާރު ވިސްނުން ދޫކޮށްލާ… ހިނގާ އެތެރެއަށް….” އެލީޝާ މަޑުމައިތިރި ރާގެއްގައި މިހެން ބުނުމުން ކަރަމްވެސް ބަސްއަހާ ކުޑަކުއްޖެއް ފަދައިން އެލީޝާއާއި އެކު އެތެރެއަށްވަނެވެ.

އޭރު ހަފްސާ ކިޔާރާ ގޮވައިގެން މައްޗަށް އަރަނީއެވެ. ދެންތިބިމީހުން ސޯފާގައި މާޔޫސްވެފައި ތިއްބެވެ. އެލީޝާމެންވެސް އައިސް ސޯފާގައި އިށީނެވެ. “އަހަރެން އޭރުވެސް އެލީގާތު ބުނީމެއްނު ކިޔާ ގެއަށްގެންދާށޭ….. ކިޔާ ނުބުނާށޭ ބުންޏަސް އެލީ ރަނގަޅުވީސް ގޭމީހުންނަށް އެހުރިހާ ވާހަކައެއް ކިޔާދިންނަމަ….” ތަނަށް ވެރިވެފައިވާ ހިމޭންކަން ފޫދުއްވާލީ އައިމަންއެވެ. އައިމަންގެ ޖުމްލައާއިއެކު ކަރަމްއަށް ބަލާލެވުނީ އެލީޝާއަށެވެ. އެވަގުތު ދެމީހުންގެ ހަތަރުކަޅި ބައްދަލްވެގެންދިޔައެވެ. “ކިޔާ ނުބުނާށޭ ބުނީމަ ނުކެރުނީ ބުނަން….” ކުރަކި ގޮތަކަށް އެލީޝާ ބުނެލިއެވެ. ކަރަމްއާއި ކިޔާން ކިޔާރާއަށް އެހީވެދިންކަމަށްޓަކައި އައިމަންއަށް ޝުކުރުވެރިވިއެވެ. އަދި އެގެއަށް ގިނަގިނައިން އައުމަށް ދައުވަތު ދިނެވެ.

 

އެލީޝާ ހުރީ ބެލްކަނީގައެވެ. އެވަގުތު ކަރަމްއައިސް އޭނާގެ ގާތުގައި މަޑުކޮށްލިއެވެ. “އެލީ އިއްޔެ ދިޔައީ ކިޔާމެން ގެއަށްތަ….؟؟؟” އެލީޝާ އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ. “ސޮރީ….” އެލީޝާއަށް ބަލާލަމުން ކަރަމް ބުނެލިއެވެ. އެލީޝާ ހުރީ ފުރިބާރުވެފައިވާ މަގުމައްޗަށް ބަލަހައްޓައިގެންނެވެ. “ކޮންކަމަކާ….؟؟؟؟” އެހުރިގޮތަށްހުރެ އެލީޝާ އަހާލިއެވެ. “ކުށްހީ ކުރެވުނީމަ…. އެލީ ކީއްވެ ރީތިކޮށް ތެދަށް ނުބުނީ….؟؟؟” “އިޓްސް އޯކޭ….. އަހަންނަށް މަޖުބޫރުވެގެން ނުބުނީ….” މިހެން ބުނެފައި އެލީޝާ އެތަނުން ދިޔައީއެވެ.

ކަރަމްގެ ހިތަށް ހަމަޖެހުމެއް ލިބުނީ އެލީޝާ މިއުވާނާ ބައްދަލް ނުކުރާކަން އެނގުމުންނެވެ. ނަމަވެސް އެދުވަހު އެލީޝާ ފޯނުން ދެއްކި ވާހަކަ ހަނދާންވުމުން އޭނާގެ ބޮލުގައި ރިއްސާލިއެވެ.

 

މަހެއްހާ ދުވަސް ފާއިތުވެގެން ދިޔައިރުވެސް ކިޔާރާއަކަށް މާބޮޑު ބަދަލެއް ނާދެއެވެ. ކުރީގަ އެހުންނަ ސަކަ ގޮތްގަނޑުވެސް ފިލައިގެން ހިނގައްޖެއެވެ. އަބަދު ހުންނަނީ މަޑުމައިތިރިކޮށެވެ. ފާއިތުވި އެއްމަސް ދުވަސްތެރޭ ކޮންމެ ދުވަހަކުވެސް އައިމަން ކިޔާރާމެންގެއަށް ދެއެވެ. އޭނާގެ ސަކަ ވާހަކަތަކުން ކިޔާރާ ހެއްވާލައެވެ. އައިމަންގެ މިޒާޖުގެ ގޮތުން ގޭގެ އެންމެންނާ އޭނާއާ ދެމެދު ވަރަށް ގާތް ގުޅުމެއް އޮވެއެވެ.

އާދައިގެ މަތިން މިޔަދުވެސް އައިމަން އިނީ ކިޔާރާއާއެކު ބަގީޗާގައި ހުރި އުނދޯލީގައެވެ. ދޭތެރެއަކުން އައިމަން ބުނެލާ އެއްޗަކުން ކިޔާރާ ހީލައެވެ. މިމަންޒަރު ބަލަން ޓެރެސްގައި ކަރަމްއާއި ކިޔާންއާއި ކައުޝަލް ހުއްޓެވެ. “އަހަންނަށް ހީވަނީ އައިމަންއަށް ކިޔާ ވަރަށް ކަމުދާހެން….” އިރުކޮޅަކު އެހެން ހުރުމަށްފަހު ކައުޝަލް ބުނެލިއެވެ. “ރަނގަޅަށް ތިބުނީ…. އޭނައަށް ކިޔާ ވަރަށް ކަމުދޭ…. ކުރީ ދުވަހެއްގަ އަހަރެންގެ ގާތު އެވާހަކަ ދެއްކި….” އެހުރި ގޮތަށް ހުރެ ކަރަމް ބުނެލިއެވެ. “އަހަންނަށް ޔަގީން އޭނަ ކިޔާ އުފަލުގަ ބަހައްޓާނެކަން….. އެކަމް ކިޔާ ހަމައަކަށް އެޅެން އަދި ވަގުތު ނަގާނެ….” ކައުޝަލް ބުނެލިއެވެ. “ހިނގާ ދަތުރެއް ރާވަމާ…. ދުވަސްކޮޅަކަށް ރިޝާ މަންމަގެ ރަށަށް ދާނީ…. މާހައުލު ބަދަލުވެލީމަ ކިޔާވެސް ހިތްހަމަޖެހޭނެ….” ކިޔާން ހިޔާލެއް ދިނެވެ. ކައުޝަލްވެސް ކިޔާންގެ ހިޔާލަށް ތާއީދުކުރިއެވެ. އައިމަން ވެސް ގޮވައިގެން ދިއުމަށް އޭނާ ލަފާ ދިނެވެ. އަދި އޭނަޔަށް މިފަހަރު އެދަތުރުގައި ބައިވެރިވެވެން ނެތްކަމަށާއި އެމީހުން ދިޔުމަށް ބުންޏެވެ.

 

އޭގެ ދެދުވަސް ފަހެވެ. ކަރަމްގެ ދެމަފިރިންނާއި ކިޔާންގެ ދެމަފިރިންގެ އިތުރުން ކިޔާރާއާއި އައިމަން ވޭނުގައި މިސްރާބުޖެހީ ލޯންޗް ދޮށަށް ދިޔުމަށެވެ. ވޭން ގޮސް މަޑުކޮށްލުމުން އެންމެންފޭބިއެވެ. އެވަގުތު ކަރަމްގެ ލޮލުގައި އަޅައިގަތީ ދަބަހެއް އަޅުވައިގެން ރަޝާ ގާތު ހުރި މިއުވާންއެވެ. އޭރު މިއުވާންގެ ނަޒަރު ސީދާވެފައި ހުރީ އެލީޝާއާއި ދިމާއަށެވެ. މިމަންޒަރު ފެނުމުން ކަރަމްގެ މޫނުމަތީގައިވި ހިނިތުންވުން ފިލައިގެން ދިޔައެވެ.

ނުނިމޭ

37
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Eemyaa

Other Articles

Previous

ޤާޠިލް .. 7 ވަނަ ބައި..

އެލީޝާ
Next

އެލީޝާ (17ވަނަބައި)

Next
އެލީޝާ
November 25, 2014

އެލީޝާ (17ވަނަބައި)

Previews
November 22, 2014

ޤާޠިލް .. 7 ވަނަ ބައި..

17 Comments

  1. aaliya says:
    November 23, 2014 at 8:37 am

    alhey dhen kon irakun next part genes dheyny….. vvvvvv inthizaru kureven fashaifi next part ah… dhen kihineh baa vaany… ekam vx majuboory kaivehyeh kamaku karam n eli dhuru nukuru vahchey ingey…… dhen next part genes dhey iru than kolhen dhigu kon genes dhy bala. mee esfiya.com ga in emme reethi vaahaka

  2. shehey says:
    November 23, 2014 at 1:01 pm

    vvv reethi. Thank you author

  3. athoo says:
    November 23, 2014 at 1:15 pm

    mi part ves varah kamudhey. adhi kurin liyuneemennu vaahaka eh? evaahakaige aneh bai kobaatha, eem? e vaahakaiga huri mistakes thah ragalhu kohfa shaaiu kohfi ennu? e vaahaka ah kiya nan hadhaan ney ekam e vaahaka ves varah salhi.

  4. me says:
    November 23, 2014 at 2:41 pm

    Bodu Bodu koh thanks eem…. Lurv the story… Mi gothah avahah genesdheheche ingey…. 🙂

  5. sam says:
    November 23, 2014 at 3:33 pm

    vvvvvvvvvv nice luv it……. next part genes dheny kon irakun…. waiting……….

  6. z says:
    November 23, 2014 at 4:51 pm

    dhn oiyh prt v avaskohdhehchey…. mi prt v v v salhi…

  7. shau says:
    November 23, 2014 at 5:47 pm

    wow nice… kn irakun next part up kodhenee??? next part miah vure ves reethi vaane dhw??
    🙂

  8. greeenie says:
    November 23, 2014 at 5:49 pm

    i love this story …. v v v v v v reeethi ingey mihaaru story kuriah dhaa goi.. next part up kohdhechey ingey love <3 🙂

  9. maee says:
    November 23, 2014 at 11:41 pm

    Alhe ely n karam dhuru nikurahchey plxxxx!!rashamen vx dhathuruga baiveri vey dw?? Dhn e fani v e dhathuru vx…..thnx thankolheh avahah up kohdhinythy!!

  10. z says:
    November 24, 2014 at 4:12 pm

    v salhi mi prt… kn irakun dhn oiyh prt up kuraneee………?

  11. mariya says:
    November 24, 2014 at 6:02 pm

    dhen kon dhuvahakun tha aneh bai genes dheyny

  12. neesh says:
    November 24, 2014 at 6:04 pm

    eemiyaa….. kon dhuvahakun next part up kon dheniiii… haadha inthizarah eba kureveye

  13. aaliya says:
    November 24, 2014 at 6:11 pm

    alhey kon irakun tha next part othy, thi varah dhahi nukuruvaa mirey ga genes dhybala eyrun haadha happy vaaney, next part kiyahithun keiymadhu vefa mi hunnanee, neyge dhuvalaku kithahfaharu kameh beleny up vejje tho vex nuvy mayoos vey varah,, mee ey esfiya.com in genesdhey emme chaalu reethi vahaka ey adhi emme avaha up vaa vahaka,,,, aaly ummeedhu kurah mirey vahaka genes dheyne kamah,,, iuv u karam n eeliii dhooni

  14. eemiyaa says:
    November 25, 2014 at 2:46 am

    hi frnds.. story ge next part upp kuran ulhe ulhe ekameh nuvi.. so mirey up nukurevuneethy maafah edhen.

  15. me says:
    November 25, 2014 at 11:14 am

    Eem dhoonie ….! Avas kohba…. 😀 kiyaa hithun abadhu abadhu beley…

  16. reader says:
    November 25, 2014 at 12:44 pm

    alhe mihaaru try kollana up veytho… haaadha inthizaarekey mi kureveny …

  17. eemiyaa says:
    December 1, 2014 at 9:11 pm

    thanks all

Comments are closed.

All Right Reserved!