Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އެލީޝާ (17ވަނަބައި)

Eemyaa
November 25, 2014
5 Mins Read
28 Comments

ވޭން ގޮސް މަޑުކޮށްލުމުން އެންމެންފޭބިއެވެ. އެވަގުތު ކަރަމްގެ ލޮލުގައި އަޅައިގަތީ ދަބަހެއް އަޅުވައިގެން ރަޝާ ގާތު ހުރި މިއުވާންއެވެ. އޭރު މިއުވާންގެ ނަޒަރު ސީދާވެފައި ހުރީ އެލީޝާއާއި ދިމާއަށެވެ. މިމަންޒަރު ފެނުމުން ކަރަމްގެ މޫނުމަތީގައިވި ހިނިތުންވުން ފިލައިގެން ދިޔައެވެ. އެލީޝާ ހުރީ އައިމަންއާއި ކިޔާރާގެ ގާތުގައި ވާހަކަ ދައްކާށެވެ. އެހެން ހުރެފައި އެލީޝާ މިއުވާންމެންނާ ދިމާއަށް ބަލާލިއެވެ. މިއުވާން ބަލަހައްޓައިގެން ހުރިތަން ފެނުމުން އެލީޝާ ހީލިއެވެ. މިއުވާންވެސް އެލީޝާއަށް ހީލިއެވެ. އެލީޝާ ބަލާލުމުން ރަޝާ މިއުވާންގެ އަތުގައި ހިފައި އޭނާއާއި ގާތްވެލިއެވެ. މިމަންޒަރު ފެނުމުން އެލީޝާ ގާތަށް ހިނިއައެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ.؟ ރަޝާ އަބަދުވެސް މަސައްކަތް ކުރަނީ އެލީޝާ ޖެލަސް ކުރާށެވެ. ނަމަވެސް އޭނާއަށް ނޭނގޭ ކަމަކީ އޭނާ މިކުރާ ކަންތަކުން އެލީޝާއަށް އެއްވެސް އަސަރެއް ނުކުރާ ކަމެވެ. އެންމެން ލޯންޗަށް އެރުމުން ލޯންޗް އޭގެ މަންޒިލަށް ދިއުމަށްޓަކައި ދަތުރުފެށިއެވެ.

 

އއ ތޮއްޑޫއަށް ދެވުމާއިއެކު އެންމެން މިސްރާބުޖެހީ އެމީހުންތިބުމަށް ހަމަޖެހިފައިވާ ރިޝާ މަންމަގެ ގެއަށެވެ. ގެއަށްގޮސް ފެންވަރާ ނަމާދުކޮށް ތާޒާވެލައިގެން ދެން އެންމެން ދިޔައީ ކެއުމަށް ހަމަޖެހިފައިވާ ރިޝާގެ ބޮޑުދައިތަ ގެއަށެވެ. އެންމެން އެއްކޮށް ކެއުމަށް އިންސާފުކުރަމުން ދިޔައިރު ކަރަމް އިނީ ކެއުމާ ގަޔާ ނުވާ ކަހަލަ ގޮތަކަށެވެ. އޭނާއަށް ސަމާލުކަން ދެވެނީ މިއުވާނަށެވެ. މިއުވާނުގެ ނަޒަރު އެލީޝާގެ މޫނުން ކައްސާލައިގެން ދަނީ މަދުވަގުތަކުއެވެ. އެލީޝާވެސް އިރުއިރުކޮޅާ މިއުވާނަށް ބަލާލުމަށްފަހު ހީލައެވެ. އެހާވަރަށް މިއުވާން ބަލާތީ އެލީޝާ އިނީ އުނދަގޫވެފައެވެ.

 

ކައިނިމުމުން އެލީޝާ ނުކުތީ އެގޭ ގޯތިތެރެއަށެވެ. އެވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ އެގޭ ވަށާ ފާރުކައިރީގައި ހައްދާފައި ހުރި ފިނިފެންމާ ގަހުގައި އަޅާފައި ހުރި ރަތްފިނިފެންމާތަކެވެ. އެލީޝާ އެގަސް ކައިރިއަށް ގޮސް އެމާތަކުން ވަސްބަލާލިއެވެ. އެއަށްފަހު މާތަކާއެކީ ސެލްފީއެއް ނަގާލިއެވެ. “ހާދަ ވަރަކަށް…..” އެވަގުތު އެތަނަށް އައި ކަރަމްއަށް މިމަންޒަރު ފެނުމުން ބުނެލިއެވެ. “މީ…. މި މާތައް ރީތިކަމުން…..” އެވަގުތު އެތަނަށް ކަރަމްއަށް އާދެވުނީތީ އެލީޝާ ހުރީ ރަކިވެފައެވެ. “އެހެންތަ…؟؟؟؟ ރަނގަޅަށް ތިބުނީ…. ތިމާތައް ވަރަށް ރީތި…. އެކަމަކު އަހަންނަށް ތިމާތަކަށްވުރެ ތިކުއްޖާ މާރީތި…..” ސީދާ އެލީޝާގެ މޫނަށް ބަލަހައްޓައިގެން ހުރެ ދެޖީބަށް އަތް ޖަހާލަމުން ލާނެއް ގޮތަކަށް ކަރަމް ބުނެލިއެވެ. ކަރަމް މިހެން ބުނުމުން އެލީޝާގެ މޫނަށް އެ ފިނިފެންމާތަކުގެ ކުލަ ވެރިވެގަތެވެ. އެލީޝާ ލަދުން އިސްޖަހާލީ ކަރަމް ބަލަހައްޓައިގެން ހުރިގޮތަކުން އޭނާއާއި ކުރިމަތިލާން ނުކެރިގެންނެވެ.

 

ހަވީރުގެ ވަގުތެވެ. ކިޔާރާ އިނީ ޓީވީ ބަލާށެވެ. އެވަގުތު އެތަނަށް އައިމަންއައެވެ. “ސާބަސް މީނދަ އަންހެން ކުއްޖަކަށް….” ކިޔާރާ ގާތު ސޯފާގައި އިށީންނަމުން އައިމަން ބުނެލިއެވެ. “ކިހިނެއްވީތަ….؟؟؟؟” ޓީވީއަށް ބަލަހައްޓައިގެން އިނދެ ކިޔާރާ ބުނެލިއެވެ. “ކިހިނެއްހޭ ވީ…؟؟؟ އެހެންމީހުން މިކަހަލަ ރަށަކަށް އާދެވުނީމަ ބަލަނީ ރަށުގެ ތަންތަން ބަލާލާ ހިނގާލާ ހަދާލެވޭތޯ…. އެކަމަކު ކަމަނާ ތި އިންނެވީ ޓީވީ ބެލޭތޯ….” ކިޔާރާ އަތުން ޓީވީގެ ރިމޯޓް އަތުލުމަށްފަހު ޓީވީ ނިއްވާލަމުން އައިމަން ބުނެލިއެވެ. “ކޮބާތަ އެހެންމީހުން…؟؟؟ އައިމަން ކީއްވެ އެމީހުންނާ އެކީ ނުދިޔައީ….؟؟؟” އެހެންމީހުން ފެންނަން ނެތުމުން ކިޔާރާ އަހާލިއެވެ. “އެމީހުންވީ ކޮންމެވެސް ތަނެއް ބަލާލަން ގޮސް…. ކިޔާ އެކަނި ބައިންދާފަ ދާންވާތީ އަހަރެން ނުދިޔައީ….. އަހަރެން ކިޔާއާއި ދޭތެރޭ މިވަރަށް ވިސްނާއިރުވެސް ކިޔާ އަހަންނާ ދޭތެރޭ ވިސްނާވެސް ނުލާ…. އަހަރެން އެތާ ބޭރުގަ އިނދެ އިނދެ ފޫހިވެގެން ގޮސް ކުރާނެ ކަމެއް ނޭނގިގެން މިއައީވެސް….. ޕްލީޒް ހިނގާބަލަ އަހަންނާއި އެކީ ހިނގާލަން ދާން…..” އައިމަން ކުޑަކުދިން ހަދާހެން އަނގަކޮޅު ހަދާލަމުން މިހެން ބުނުމުން ކިޔާރާ ހޭންފެށިއެވެ. “މި އައިމަންގަނޑު އައިއްސިއްޔާ ކޮންމެވެސް އެއްޗެކޭ ކިޔާފަ ނޫނީ ކޮންމެވެސް މަޖާ ކަމެއް ކޮށްލާފަ ހެއްވާލާނެ…. ނުހޭން އިނަކަސް ކޮންޓްރޯލްއެއް ނުކުރެވޭނެ….” އައިމަންގެ ކޮނޑުގައި ޖަހާލަމުން ކިޔާރާ ބުނެލިއެވެ. “ކިޔާ އަބަދު މޫޑީ ވެފަ އިންނާތީ ހެއްވާލާށޭ އެހެން މި ހަދަނީ….. އެލީ ބުނީ ކިޔާ އަކީ ކުރީގަ އަބަދު ތި ފެމިލީ އެންމެން ހެއްވާލާ އަބަދުވެސް ހިނިތުންވެލައިގެން ހުންނަ އުފާވެރި ކުއްޖެކޯ…. އެކަމަކު ބަލާބަލަ މިހާރު ތި އިންނަ ގޮތް…. މީހުންނާ ވާހަކަ ދައްކަނީވެސް ނިކަން މަދުން…. ހީލާނީވެސް މިކަހަލަ މަޖާކަމެއް ކޮށްލިއްޔާ….” އައިމަން މިވާހަކަ ފެށުމުން ކިޔާރާ ނިކަން ސީރިޔަސްކަމާއިއެކު އައިމަންއަށް ބަލާލިއެވެ.

“އެހެންވީއިރު އައިމަން މިހާރު އަބަދު އަހަރެމެންގެ ގެޔަށް އަންނަނީ ހަމައެކަނި އެލީގެ އެކުވެރިކަމުގައިތަ..؟؟؟ ނޫނީ….؟؟؟” ކިޔާރާ ބުނަން އުޅުން ޖުމްލަ މެދުކަނޑާލިއެވެ. އައިމަން ކިޔާރާއާއި ހަތަރުކަޅި ހަމަކޮށްލިއެވެ. އެއަށްފަހު ފުންނޭވާއެއް ބޭރުކޮށްލިއެވެ. “ހަގީގަތަށް ބުނަންޏާ އަހަރެން ތިގެއަށް ދަނީ ހަމައެކަނި އެލީގެ އެކުވެރި ކަމުގައެއް ނޫން… ކިޔާ ރުޅިއަޔަސް މިޔަދު އަހަރެން ކިޔާއަށް މިވާހަކަ ކިޔައިދެން ބޭނުން…. އަހަންނަށް ކިޔާ ފުރަތަމަ ފެނުން ދުވަހުވެސް އަހަންނަށް ކިޔާ ވަރަށް ކަމުދިޔަ…. އެދުވަހު ކިޔާގެ ލައިފްގެ ހާލަތު އެނގުމުން އަހަރެން ވަރަށް ދެރަވި… ކިޔާއަށްޓަކައި އަހަރެންގެ ހިތުގައި ހަމްދަރުދީ އުފެދުނު…. އެހަމްދަރުދީ ލޯތްބަށް ބަދަލުވީ ހުދު އަހަންނަށްވެސް ނޭނގި…. އަހަރެން ކިޔާދެކެ ވަރަށް ލޯބިވޭ…. އަހަރެން ކިޔާދެކެވާ ލޯބީގެ ބާރުގަދަކަމުން އެހާ ގިނައިން ތިގެއަށްވެސް ދެވެނީ…. ކިޔާ ފެނުނީމަ އަހަރެންގެ ހިތަށް ލިބޭ ފިނިކަން ބަޔާންކޮށްދޭނެ ގޮތެއްވެސް އަހަންނަކަށް ނޭނގޭ… މިވާހަކަ ދައްކަން އަދި މާ އަވަސްކަންވެސް އިނގޭ… އެކަމަކު އަހަރެން ވަރަށް ބޭނުން ކިޔާ އިއްދައިގެ ދުވަސް ހަމަވުމުން ވީހާވެސް އަވަހަކަށް ކިޔާ ގަބޫލިއްޔާ ކިޔާއާއި މެރީކުރަން…. ކިޔާ އަހަންނާ މެރީކުރަނަންތަ….؟؟؟” އައިމަން މިހުރިހާ ވާހަކައެއް ދެއްކިއިރުވެސް ކިޔާރާ އިނީ އިސްޖަހާލައިގެންނެވެ. އަނގައިންވެސް ނުބުނެއެވެ. “ކިޔާ… ކީއްވެ އެއްޗެކޭ ނުބުނީ…؟؟؟ ބުނެބަލަ…. އަހަންނާ މެރީ ކުރާނަންތަ…؟؟؟” ކިޔާރާގެ ދަތްދޮޅީގައި ހިފައި މައްޗަށް އުފުލާލަމުން އައިމަން އަހާލިއެވެ. ކިޔާރާ އައިމަންއަށް ބަލާލިއެވެ. “އަހަރެން އެބަ އަންނަން ރެޑީ ވެލައިގެން… ހިނގާލަން ދާން….” އައިމަންގެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި މިހެން ބުނެފައި ކިޔާރާ ދިޔައީ ކޮޓަރިއާއި ދިމާއަށެވެ. އައިމަންގެ ސުވާލަށް ޖަވާބު ނުދިން ކަމުގައިވިޔަސް ހިނގާލަންދާން ރެޑީވާ ވާހަކަ ބުނުމުން ކިޔާރާ އައިމަންދެކެ ރުޅިނާންނަކަން އައިމަންއަށް ޔަގީންވިއެވެ.

 

ހިނގާލާފައި އައިސް އެލީޝާ ގޭ ކައިރި ބޭރުގައި މަޑުކޮށްލީ އެގެއަކީ އަތިރީގައި ހުންނަގެއަކަށް ވުމުން އިރުއޮއްސޭ މަންޒަރު ބަލާލާފައި އެތެރެއަށް ވަނުމަށެވެ. އެލީޝާ ބޭރުގައި މަޑުކުރުމުން ކަރަމްވެސް އެލީޝާގެ ގާތު ބޭރުގައި މަޑުކޮށްލިއެވެ. އެހެންމީހުން ވަނީ އެތެރެއަށެވެ. މިއުވާން އިނީ އެގޭގެ ވަށައިގެން ނަގައިފައިވާ ތިރި ފާރުބުރިމަތީގައެވެ. އެލީޝާމެން ފެންނަ ހިސާބުގައެވެ.

“އަންހެންކުދިން ނުވާނެ އިރުއޮއްސޭގަޑީގަ އަތިރިމަތީ ހުންނާކަށް….” ކަރަމް މިހެން ބުނުމުން އެލީޝާ ކަރަމްއަށް ބަލާލިއެވެ. އެއަށްފަހު އަނެއްކާވެސް އިރުއޮއްސޭ ދިމާއަށް ބަލާލިއެވެ. “އަދިވެސް އަހަރެންދެކެ ރުޅިއައިސްފައިތަ…؟؟؟” ކަރަމް އަހާލިއެވެ. އެލީޝާ އެއްވެސް ޖަވާބެއް ނުދީ އެހުރިގޮތަށް ހުރީއެވެ. އެލީޝާގެ މި ހިމޭންކަމުން ކަރަމްގެ ހިތުގެ އެންމެ ފުންމިނަށް އަސރުކުރިއެވެ.

“ކަރަމް….” އެވަގުތު ތަންކޮޅެއް ދުރުން ދުވެފައި އައި އންހެން ކުއްޖަކު އައި ގޮތަށް އައިސް ހިފީ ކަރަމްގެ އަތުގައެވެ. ކަރަމްގެ އިތުރުން އެލީޝާވެސް އެކުއްޖާއަށް ބަލާލިއެވެ. މިމަންޒަރު ފެނުމުން ދުރުގައި އިން މިއުވާނަށް އިންތަނުން ތެދުވެވުނެވެ. “ކަރަމް ކޮން އިރަކު މިރަށަށް އައީ…؟؟؟؟ ފަހުން ހާދަ ވަރަކަށް ކަރަމްގެ ފޯނަށް ގުޅީމޭ…. ކަރަމް ފެނޭތޯވެސް ވަރަށް ބެލިން… ފިލައިގެން ދޯ އުޅުނީ….” މިހުރިހާ ވާހަކައެއް ދެއްކިއިރުވެސް އެކުއްޖާހުރީ ކަރަމްގެ އަތުގައި ހިފާލައިގެންނެވެ. އެލީޝާއަށް ބަލާލެވުނީ ކަރަމްގެ މޫނަށެވެ. އޭރު ކަރަމްހުރީ އެކުއްޖާގެ މޫނަށް ބަލަހައްޓައިގެންނެވެ. މިމަންޒަރު ފެނުމުން އެލީޝާގެ ހިތް ނުބައި ގޮތަކަށް ތެޅިލިއެވެ. “ހާއި… ތީ ކަރަމްގެ ކޮއްކޮ، ކިޔާ ދޯ… އަހަރެން މީ ކަރަމްގެ އެކްސް ގާރލްފުރެންޑް ނިހާ….” އެލީޝާއަށް އެއްޗެއް ނުބުނެވި އުޅެނިކޮށް ނިހާ އެލީޝާއާއި ސަލާމް ކޮށްލަމުން އަމިއްލައަށް ތައާރަފްވެލިއެވެ. އެލީޝާ ހީކުރީ ކަރަމް ނިހާއަށް އަރާފައިވާ އޮޅުން ފިލުވާދޭނެކަމަށެވެ. ނިހާގާތު އެއީ ކިޔާރާ ނޫން ކަމާއި ކަރަމްގެ އަނބިމީހާ ކަމުގައި ބުނާނެ ކަމަށެވެ. ނަމަވެސް ކަރަމް އެހުރިގޮތަށް ނިހާއަށް ބަލަހައްޓައިގެން ހުރީއެވެ.

އައިރުޅީގައި އެލީޝާ އެނބުރުނީ ގެއަށްދިޔުމަށްޓަކައެވެ. އެވަގުތު އެލީޝާއަށް ފެނުނީ ދެންމެ އެތާ ދެކެވުނު ވާހަކަ އަޑުއިވޭ ހިސާބު ތަންކޮޅެއް ދުރުގައި ހުރި މިއުވާންއެވެ. މިއުވާން ހުރީ އެލީޝާއަށް ބަލަހައްޓައިގެންނެވެ. އެލީޝާ މިއުވާނަށް ބަލާލުމަށްފަހު ގެއާއި ދިމާއަށް ހިނގައިގަތެވެ.

މިއުވާން ފަހަތުން އައިސް އެލީޝާއާއި އަރާ ހަމަކޮށްލިއެވެ. “އެލީ އޭނަދެކެ ލޯބިވިޔަސް އޭނަ އެލީދެކެ ލޯބިވާހެނެއް ހިޔެއްނުވެ…. ދުވަސްކޮޅަކުން އޭނަ ގެއްލިދާނެހެން ހީވަނީ…. އަދިވެސް ވަގުތު އެބައޮތް…. އަހަރެން މިހުރީ އެލީ ހިތްފުރޭވަރަށް ލޯބިދެން ތައްޔާރަށް….” މިއުވާން ދަނޑިވަޅުގެ ބޭނުން ހިފިއެވެ. “މިއުވާން ޕްލީޒް…. ތިވާހަކަ ހުއްޓާލަބަލަ… އަހަރެންގެ މޫޑެއް ނެތް….” އެލީޝާ ހުރީ މިފަދަ ދަނޑިވަޅެއްގަ މިއުވާން އެކަހަލަ ވާހަކައެއް ފެށުމުން ހިތްހަމަ ނުޖެހިފައެވެ. ކަރަމް ފަސް އެނބުރި ބަލާލި ވަގުތު ފެނުނު މަންޒަރަކުން އޭނާގެ ނިއްކުރިއަށް ރޫއަރައިގެން ދިޔައެވެ. އެލީޝާއާއި މިއުވާން އެއްހަމައެއްގައި ކޮންމެވެސް ވާހަކައެއް ދައްކަމުން ދިޔައިރު އޭނާގެ އެތެރެހަށީގައި ރުޅިވެރިކަމުގެ އަލިފާން ރޯވެ އަނދަމުން ދަނީއެވެ.

 

ޖެހިގެން އައި ދުވަހުގެ މެންދުރުފަހެވެ. މިއުވާން ދިޔައީ އެރަށުގައި ހުރި އޭނާގެ އެކުވެރިއަކާއިއެކު ބޭރަށެވެ. ދެންތިބި މީހުން ދިޔައީ އަނެއް އަވަށް ބަލާލާށެވެ. ބޮލުގައި ރިއްސާތީ އެލީޝާ ނިދާލަން ބޭނުންވުމުން އެމީހުން ދިޔައީ އެލީޝާ ނުލައެވެ.

އެލީޝާއަށް ހޭލެވުންއިރު ގޭތެރެ އޮތީ ވަރަށް ހަމަހިމޭންކޮށެވެ. ތެދުވެ މޫނުދޮވެލައިގެން ކުޑަކޮށްރީތިވެލައިގެން އެލީޝާ ބޭރަށް ނުކުތީ ރީތި ވައިޖެހޭތީ ފިނިކޮށްލާށެވެ. މަޑު ހިނގުމެއްގައި އެލީޝާ މިސްރާބު ޖެހީ ގޭ ކުރިމަތީ އަތިރިމަތީގައި ހުރި ގަހެއްގެ ހިޔަލުގައި ހުރި ޖޯއްޔާ ދިމައަށެވެ. އެވަގުތު އިސްއުފުލާލިވަގުތު އޭނާއަށް ހުއްޓުން އެރީ ކުރިމަތިން ފެންނަން ހުރި މަންޒަރުންނެވެ. ޖޯލިފަތީގައި އެތިބީ ކަރަމްއާއި ނިހާއާއި ނޫން ދެވަނަ އެހެން ބައެއް ނޫނެވެ. ވަގުތުން އެލީޝާގެ ދެލޯ ފެންކަޅިވިއެވެ. ކަރަމްމެނަށް ފެނުމުގެ ކުރިން އޭނާ ބެނުންވީ އެތަނުންދާށެވެ. ގައިގައި ހުރި ބާރެއްލާފައި އެލީޝާ ދުއްވައިގަތީ ތަނެއްދޮރެއް ނުބަލައެވެ. ކަރުނައިގެ ސަބަބުން ދެލޯވަނީ ފުސްވެފައެވެ. ކުޑަތަންކޮޅަކަށް ދެވުނުތަނާ އެތާއޮތް ގަހެއްގެ މުލުގައި އަޅައިގެންފާ އެލީޝާ ވެއްޓުނެވެ. މިއަޑަށް ކަރަމްއާއި ނިހާ އެދިމާ ބަލާލިއެވެ.

އެލީޝާ ވެއްޓިފައި އޮތްތަން ފެނުމުން ކަރަމް ހިނގައިގަތީ އެލީޝާގެ ގާތަށް ދިޔުމަށްޓަކައެވެ. ނަމަވެސް އޭނާގެ ފިޔަވަޅަށް ހުއްޓުންއެރީ މިއުވާން އައިސް އެލީޝާ ނެގުމަށްފަހު އޭނާ ގޮވައިގެން ގެއާއި ދިމާއަށް ހިނގައިގަތުމުންނެވެ.

“އެއްވެސް ތާކަށް ތަދުވޭތަ..؟؟؟” އެލީޝާ ސޯފާގައި ބައިންދަމުން މިއުވާން އަހާލިއެވެ. “ދެލޯ ފުހެލަމުން އެލީޝާ ދެފަރާތަށް ބޯ ހޫރާލީ ނޫނެކޭ ބުނުމަށެވެ. “އެލީ ތިބުނަނީ އެވަރުގެ މީހެއްދެކެ އެލީ ލޯބިވާ ވާހަކަތަ..؟؟ އޭނ…؟؟؟ އެލީއަށް ކޮންމެ ގޮތެއްވިޔަސް އޭނައަށް ހެޔޮ އެކުއްޖާގަނޑުގާތުގައި އިނދެވިއްޖެއްޔާ….” އިސްތަށިގަނޑުގެ ތެރެއަށް އަތްމަހާލަމުން މިއުވާން ބުނެލިއެވެ. “މިއުވާން ޕްލީޒް… ކަރަމްއޭ ކިޔައިގެން ތިކަހަލަ ވާހަކަ ނުދައްކާ…. ހެޔޮނުވާނެ….” އަނެއްކާވެސް އެލީޝާއަށް ރޮވުނެވެ. “އެލީ ހިތާމަކުރާތަން ބަލާކަށް އަހަންނެއް މަޑުންނެއް ނުހުންނާނަން….” މިހެން ބުނެފައި މިއުވާން ދިޔައީ ބޭރަށެވެ.

 

އެދިޔަގޮތަށްގޮސް މިއުވާން މަޑުކޮށްލީ ކަރަމްގެ ކުރިމަތީގައެވެ. ކަރަމްގެ އިތުރުން ނިހާވެސް ކޮޅަށް ތެދުވިއެވެ. “ކަލޭ ތިއުޅެނީ ކީކޭ ހިތަށް އަރައިގެންތަ…؟؟؟ މީހެއްގެ ފިރިއަކަށްވެހުރެ ތީތަ ކަލެއަށް އުޅެން އެނގުނު ގޮތަކީ….؟؟؟” ކަރަމްގެ ގަމީހުގެ ގިރުވާނުގައި ހިފަމުން މިއުވާން މިހެން ބުނުމުން ދެލޯ ބޮޑުކޮށްލަމުން ނިހާއަށް ބަލާލެވުނި ކަރަމްއާއި ދިމާއަށެވެ. “މިއުވާން ކިހިނެއްވެގެންތަ ތި އުޅެނީ…؟؟؟ ގަޔަށް ބޮލަށް ނާރަހުރޭ….” މިއުވާން ދުރަށް ކޮށްޕާލަމުން ކަރަމް ބުނެލިއެވެ. “ގަޔަށް ބޮލަށްވެސް އެރޭނެ… ކަލޭ ނުޖެހޭނެ ހިތު ހުރިހާ ގޮތެއް އެލީއަށް ހަދާކަށް… ކަލޭ ތި ގޮތަށް އުޅެން ބޭނުންވާ ކަމުގައިވަންޏާ އެލީ މިނިވަން ކުރޭ… އަހަރެން އޭނަ އުފަލުގަ ގެންގުޅެފާނަން…. އޭނަ އެކުރާ ހިތާމަ ބަލާކަށް އަހަންނަކަށް ކެތެއް ނުވާނެ….” މިއުވާން މިހެން ބުނި ވަގުތަކީ އަޑުގަދަވެގެން އެލީޝާވެސް އެތަނަށް އައިވަގުތެވެ. އޭރުވެސް އޭނާގެ ލޮލުގައި ސާފުކަރުނައިގެ އަސަރު ފެންނަން ހުއްޓެވެ.

ކަރަމްއަށް އެލީޝާ ފެނުމުން އެލީޝާގެ ގާތަށް ދިޔައެވެ. “އެލީ ވަރަށް ބޮޑަށް ސޮރީ…. އެލީއާއި މެރީކޮށްގެން އަހަންނަށް އެލީއަށް މިދެވުނީ ވަރަށް ބޮޑު ހިތްދަތިކަމެއް… އަހަރެން އެލީ ދެކެ ވަރަށް ލޯބިވޭ…. ދުވަހަކުވެސް މިވަރަކަށް އެއްވެސް އިންސާނަކު އެހެން އިންސާނަކުދެކެ ލޯބިވާނެކަމެއް ނޭނގެ… އަހަރެން އުއްމީދުކުރީ ކޮންމެވެސް ދުވަހަކުން އަހަންނަށް އެލީގެ ލޯބި ލިބޭނެކަމަށް… އެކަމަކު މިޔަދު އެނގިއްޖެ އެކަމެއް ނުވާނެކަން….. މާލެ ދެވުނުހާ އަވަހަކަށް މަންމަމެންގާތު ވާހަކަ ދެއްކުމަށްފަހު އެލީ މިނިވަންކުރުމުގެ ކަންތަކައިގެން އަހަރެން އުޅޭނަން… އަހަންނަށް އެލީގެ ލޯބިނުލިބުނަސް އަހަރެން ބޭނުންވަނީ އެލީ އަބަދުވެސް އުފަލުގައި ހުންނަން…. އެލީގެ އުފާތައް ގުޅިފައިވަނީ މިއުވާން އާ….” ކަރަމްއަކަށް އިތުރަކަށް ވާހަކައެއް ނުދެއްކުނެވެ. އޭނާގެ ދެލޮލުން ހޯސްލަފައި ކަރުނަ ފައިބާގަތެވެ. ކަރަމް އަވަސްއަވަހަށް ކަރުނަ ފުހެލުމަށްފަހު ރޮވިފައި ހުރި އެލީޝާއަށް ބަލާލިއެވެ. އެއަށްފަހު ފަސްއެނބުރި ހިނގައިގަތެވެ.

ނުނިމޭ

 

43
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Eemyaa

Other Articles

އެލީޝާ
Previous

އެލީޝާ (16ވަނަބައި)

Next

ޤާޠިލް… 8 ވަނަ ބައި….

Next
November 25, 2014

ޤާޠިލް… 8 ވަނަ ބައި….

Previews
November 23, 2014

އެލީޝާ (16ވަނަބައި)

އެލީޝާ

28 Comments

  1. eemiyaa says:
    November 25, 2014 at 12:54 pm

    sorry frnds.. pic nulevigen mihaa las v.. try kohkoh nulevunu.. pic nethas dhn mi upkohly..

  2. eemiyaa says:
    November 25, 2014 at 12:59 pm

    thank god.. problem solved…

  3. me says:
    November 25, 2014 at 1:01 pm

    Eem dhen nooonn… Karam kaari buneba Ely loves him too ey… Plx Plx e dhe kudhin dhuru nukurache ingey…. Anyway Thank you for the lurvly story… Avahah up kohdhehche… 🙂

  4. reader.. says:
    November 25, 2014 at 1:11 pm

    pls up next part v soon…alheyy..karam and ely dhuru nukurahcheyy…

  5. karam lover says:
    November 25, 2014 at 3:06 pm

    haadha laheyy up kuraaleah.. + v kuru mi part vex… thankolheah dhigu koh genes dhybaa… mi vaahaka vvvvvvvvv reeeethii… konme dhuvahaku part eh nere dhiniyya v ragalhu… las lahun kiyan v ma v fooohi… -.-
    dhn avahah karam ah egey goii hadhaabaa elyy loabi vaakan…
    miuaaan fonuvaalabala ehn thaakah dhen.. :p :p hehe
    anyways GOOOD LUCK EEEEEEEMM…:D 😀 😀
    <3 <3 <3

  6. athoo says:
    November 25, 2014 at 5:11 pm

    eem ge furathama vaahakaige dhevana bai up kuraanee kon dhuvahakun?

  7. reader says:
    November 26, 2014 at 7:44 am

    cant wait for d next part.. eagerly waiting…

  8. jee says:
    November 26, 2014 at 11:27 am

    adha kurey mi part

  9. elsa says:
    November 26, 2014 at 12:03 pm

    vv salhi..avaha aneh bai up koh dhechey..just cnt wait

  10. ނާބިލް says:
    November 26, 2014 at 1:56 pm

    މީ ކޮން ކަހަލަ ވާހަކައެއްތަ؟ ފިރިމީހާ ގާތުގައި ހުރެމެ އެއްވެސް ވާހަކައެއް ނުދެކި އެހެންމީހުންނަށް ހުރިހާ ކަމެއްް އެނގެން ޖެހެނީދޯވ. މިދެން ބޮޑުވަރު. ދެމީހުންނަށް ދެމީހުން ގާތުގައި އެއްވެސް ވާހަކައެއް ނުބުނެވޭ. އެކަމަކު އެހެންމީހުންނަށް އެވާހަކަ ކިޔައިދެވޭ. އަޖާއިބެއް.

  11. maee says:
    November 26, 2014 at 2:38 pm

    ely avahah buney karam dheke lwbi va vahaka…..dhn eem alhe knkahala twist eh thi genaee??ely n karam gulhuvaba plxxx…..

  12. aalaa says:
    November 26, 2014 at 6:41 pm

    eem aneh part avahah upkhlabah

  13. aaliya says:
    November 26, 2014 at 11:49 pm

    my sweet dear eem avahan up kondhybala……. inthizaaru kureveny hama ely karam dheke loabi vaa vahaka aduha hithun……. ummedhu kurah mireyga up koh dheyne kamah….. vvvvvvvvvvvvvvvvvvvv salhi mi part ves

  14. iru says:
    November 27, 2014 at 1:12 pm

    haadha lahey up v leh thankolheh avas koh deebala mihaaru aneh part kiyaa hithunkureveney keenooney

  15. Flower says:
    November 27, 2014 at 3:29 pm

    story nice………where is next part….fast kohdheeba……can’t wait…plz plz plz be fast

  16. sam says:
    November 27, 2014 at 8:31 pm

    haadha las vany………. plz avahah up kohdhyba. mihaaru kihaaireh inthizaaru kuraathaa. dear eem plz avas kohdhyba, mi vaahaka reethikamun keyy nuvey kiyaalaakah ……. avas eeeeeeeeeeeeem………..

  17. pinky says:
    November 27, 2014 at 9:47 pm

    Kobaatha haadha lahey avas kohba. Waiting ga mihuri

  18. reader says:
    November 29, 2014 at 11:15 am

    haada laheyy up kuraaleh…foohi vaane kiyuntherin las vanya….so fast…

  19. Lathie says:
    November 30, 2014 at 11:07 am

    Eeem…. inthizaarugaa mithiby….. haadha las vany mifaharu!!! Pls pls pls pls pls update soooooooooon

  20. aishath says:
    November 30, 2014 at 3:51 pm

    vvvvvvvvvvvvvvvvv salhi stry bt part thah genna leh maa bdh ves las… so make it fast plxxx…. waitng 4 the next part

  21. iru says:
    November 30, 2014 at 6:00 pm

    hadha lahey dw

  22. Flower says:
    November 30, 2014 at 6:10 pm

    kobaa tha aneh part…..fast koh genesdhyba plz plz plz….hurymey inthixaaru ga mi story ge aneh part ah….come on be fast….

  23. sam says:
    December 1, 2014 at 2:55 pm

    haadha lahey mihaaru kiyaahithun keyy vaa vareh nuvey…….. plz plz plz plz avas kohdhyba………. eem haadha dhuvahekey thi nagani…. thigothah kanthah kuranya kiyuntherin foohivaane… eeeeeeem i love this story, the story is o sum… once again i request, avahah up kohdhy plz

  24. reader says:
    December 1, 2014 at 2:58 pm

    haadah laheyy up kuraaleh..mihaaru foohi vejje vaahaka kiyan vx…so plx plx plx up next part very soon…

  25. karam lover says:
    December 1, 2014 at 3:10 pm

    eeeeeeeeeeeeeeeeeeeeeeeeeeEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEeeeeeeeeeeeeeeeeeeeeemssss
    Mihaaru fooooooooooooooooooooooooooooooohi vejje mivaaahaka kiyan vx las kamun… -.-
    Please Up koh dhybaaarr avahah… mivaahaka kiyaa hithun hama nidhi vx nulibey mihaaru.. dhn vaane gothakaa medhu think koh koh.. 😉
    Waiting…………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………….

  26. aalaaa says:
    December 1, 2014 at 5:36 pm

    thedheh eem………………… hurihaa kudhin vs next part kiyaa hithun kehmadhu vefa mithiby,,,,……………………… so avahah next part up kohlabah,,,,,,,,,,,,,,,,,,,,,……………………………………………………… ehn nuny readers thah foohi vane……………eem … eem aky v avahah story up kuraa writer eh so all readers abadhuvs hop kurany v avahah story kiyaalan libeyne kamah…………. aalaa hykuran v avahah up kohlaane kamah,,,,,,,,,,,,,,,,,,,,,,,,,,

  27. eemiyaa says:
    December 1, 2014 at 8:36 pm

    sorry frnds for the delay…. i was so busy in last few days….

  28. eemiyaa says:
    December 1, 2014 at 8:36 pm

    thanks all for the lovely comments

Comments are closed.

All Right Reserved!