Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
އެލީޝާ
ލޯބި

އެލީޝާ (13ވަނަބައި)

Eemyaa Level 810 Stories100 Comments100 Login500 Comments100 Stories500 Login
November 12, 2014 5 Mins Read
18 Comments

ކުއްލިއަކަށް އެލީޝާގެ ލޮލުގައި އަޅައިގަތީ ރިޝާގެ އަތުގައި ހިފައިލައިގެން ހުރެ ކިޔާރާމެންނާ ސަލާމްކުރަން ދިޔަ ޒުވާނާއެވެ. “މިއުވާން….” އެލީޝާއަށް މަޑުމަޑުން ކިޔާލެވުނެވެ.
އެލީޝާ އަނެއްފަރާތަށް އެނބުރުނީ ރިޝާމެން އެދިމާއަށް އަންނަން ފެށުމުންނެވެ. މިއުވާންގެ ކުރިމައްޗަށް އަރާކަށް ދެން އެލީޝާ ބޭނުމެއްނޫނެވެ. އެލީޝާ ހިނގައިގަތީ އެތަނުން ދުރަށް ދިޔުމަށްޓަކައެވެ.
“ހެއި އެލީ…. ކޮންތާކަށް ތިދަނީ….. އެންމެން އެތިބީ އެދިމާލުގައޭ…. ހިނގާ އެކޮޅަށް ދާން….” އެލީޝާ އެއްޗެއް ބުނުމުގެ ކުރިން ކިޔާން އެލީޝާގެ އަތުގައި ހިފައިގެން ކަރަމްމެން ތިބި ދިމާއަށް ހިނގައިގަތެވެ. އޭރު ރިޝާމެން ތިބީ ކަރަމްމެންގެ ގާތުގައެވެ.
“ކޮބާތަ ތުއްތަބެއާ އެލީއާ….؟؟؟” ރިޝާ މިހެން ބުނި ވަގުތަކީ ކިޔާން އެލީޝާ ގޮވައިގެން އައިސް އެތާ މަޑުކޮށްލި ވަގުތެވެ. “އަހަރެމެން މިތިބީނު….” ކިޔާންގެ އަޑަށް އެންމެން ފަސްއެނބުރި ބަލާލިއެވެ. މިއުވާނަށް އެލީޝާ ފެނުމުން އޭނާގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ. އެލީޝާ ހުރީ އިސްޖަހާލައިގެންނެވެ.
“މިއުވާން…. މީ އަހަރެންގެ ތުއްތަބެ… ކިޔާން…. ދެން މިހުރީ ކަރަމްގެ ވައިފް އެލީޝާ…..” “ތުއްތަބޭ…. މީ މަގޭ ބޯއިފުރެންޑް….” ރިޝާ އެކަކު އަނެކަކަށް ތައާރަފް ކޮށްދިނުމުން ކިޔާން މިއުވާންއާއި ސަލާމް ކޮށްލިއެވެ. އެލީޝާ އިސްއުފުލާ މިއުވާނަށް ބަލާލިއެވެ. އޭރު މިއުވާންވެސް ހުރީ އެލީޝާއަށް ބަލަހައްޓައިގެންނެވެ. އެހެންމީހުން ތިބީ އޮލަވާހަކައެއްގައެވެ. މިއުވާންގެ މޫނުމަތިން ފެންނަމުން ދިޔަ ރުޅިވެރިކަމުގެ ސަބަބުން އެލީޝާގެ މޫނުމަތިން ހާސްކަން ފެންނަމުން ދިޔައެވެ. ކަރަމް ހުރީ އެލީޝާގެ މޫނުމައްޗަށް އަރާ ފައިބަމުންދާ ކުލަތަކަށް ފަރުވާތެރިކަމާއިއެކު ބަލާށެވެ. މިއުވާނާ އެލީޝާ އެކަކު އަނެކަކަށް ބަލަހައްޓައިގެން އެހުރި ހުރުމުން އެދެމީހުންގެ ދެމެދުގައި ކޮންމެވެސް ގުޅުމެއްވާނެކަމާއިމެދު ކަރަމްގެ ހަވަނަ ހިއްސު ސިގްނަލް ދެމުން ދިޔައެވެ.
އެވަގުތު ޖޫސްތަށްޓެއް ހިފައިގެން ދުވެފައި އައި ކުޑަކުއްޖަކު އެލީޝާގެ ގައިގާ އަޅައިގެންފާ އެލީޝާގެ ހެދުމަށް ޖޫސް އެޅުނެވެ. “އަހަރެން އެބަ އަންނަން މިތަންކޮ ދޮވެލައިގެން…..” ކަރަމްގާތު މިހެން ބުނެފައި އެލީޝާ ހިނގައިގަތީ ވޮޝްރޫމާ ދިމާއަށެވެ.
އެލީޝާ ހެދުމުގައި ފެންކޮޅެއްލުމަށްފަހު ފަސް އެނބުރުން ވަގުތު ސިއްސައިގެން ދިޔައީ ކުރިމަތީގައި ހުރި މިއުވާން ފެނުމުންނެވެ. “މިއުވާން….” ދެލޯ ބޮޑުކޮށްލަމުން އެލީޝާއަށް މިއުވާންގެ ނަން ކިޔާލެވުނެވެ. “ހޫމް… އަހަރެން…. ކިހިނެއްވީ…. ؟؟؟؟ ބިރެއްފެނުނީތަ ދެލޯ ބޮޑުކޮށްގެން ތިހުރީ…..” މިއުވާން ވާހަކަ ދެއްކީ މަލާމާތުގެ ރާގުގައެވެ. އެލީޝާ ބޯ ހޫރުވާލުމަށްފަހު އެތަނުން ދިޔުމަށްޓަކައި ހިނގައިގަތެވެ.
އެވަގުތު މިއުވާން އެލީޝާގެ އަތުގައި ހިފައި ހުއްޓުވިއެވެ. “މިއުވާން…. އަހަރެންގެ އަތުން ދޫކޮށްލާ…. މީހަކަށް ފެނިދާނެ…..” ދޮރާ ދިމާއަށް ބަލާލަމުން ބިރުން ހުރެ އެލީޝާ ބުނެލިއެވެ. “އޯ…. ކީއްވެ މީހެކޭ ތިބުނީ…. ލޯބިވާ މުއްސަނދި ފިރިމީހާ އޭ ނުބުނީ ކީއްވެ….؟؟؟؟ އެމީހަކަށްޓަކައެއްނު އަހަރެން ދޫކޮށްލާފަ ދިޔައީ…. ތީ ކަލޭމެން އަންހެނުންގެ ވައްތަރުކަން އަހަރެން ނިކަން ރަނގަޅަށްދަންނަމޭ…. މުއްސަނދި މީހަކު ފެނިއްޖާ ދެން އެވީ އެމީހެއްގެ ފަހަތުން ދުވަން….. ކިހިނެއް އެނގެނީ މާދަމާވެސް ތިއަށް ވުރެ މުއްސަނދި މީހަކު ފެންނައިރަށް ފިރިމީހާ ދޫކޮށްލާފައި ނުދާނެކަމެއްވެސް…..” އެލީޝާގެ އަތުން ދޫކޮށްލުމަށްފަހު އެލީޝާއަށް ފުރަގަސްދެމުން މިއުވާން ވާހަކަދެއްކިއެވެ.
“ނޫން މިއުވާން…. މިއުވާނަށް ތިހީވަނީކީ އަދި ރަނގަޅަކަށް ނޫން…. މިއުވާނަށް ހަގީގަތް އެނގޭނަމަ ތިހެނެއް ނުބުނާނެ….” އެލީޝާ މިއުވާނުގެ އަތުގައި ހިފާލަމުން ކުރެހިފައިވާ އަޑަކުން ބުނެލިއެވެ. އެވަގުތު މިމަންޒަރު ފެނުނީ މިއުވާން ހޯދަމުން އައިސް އެތަނަށްވަން ރިޝާއަށެވެ. “އެލީޝާ…..” ރިޝާގެ އަޑަށް އެލީޝާއާއި މިއުވާނަށް ދޮރާ ދިމާއަށް ބަލާލެވުނެވެ. ރިޝާ ފެނުމުން އެލީޝާ އަވަސްއަވަހަށް މިއުވާންގެ އަތުން ދޫކޮށްލިއެވެ.
“ކަލޭތީ ހާދަ ގޮތެއްވެސް ނެތް މީހެކޭދޯ….. ފިރިހެނަކު ނުފެނިފާތަ ތިހުންނަނީ….؟؟؟؟ އަހަރެން ލޯބިވާ ކޮންމެ މީހެއްގެ ފަހަތުން ކަލޭ ތި ދުވަނީ އަހަންނާ ޖެއްސުމަށްތަ….؟؟؟ ފުރަތަމަ ކަރަމް… ދެން މިއުވާން….” މިހެން ބުނެފައި ރިޝާ އެލީޝާގެ މޫނުގައި ޖަހަން ނެގި އަތުގައި ބާރުގަދަ އަތަކުން ހިފަހައްޓާލިއެވެ. ރިޝާގެ އިތުރުން އެލީޝާވެސް ބަލާލިއެވެ.
“ޚަބަރުދާރު…. އެލީ ގައިގަ އިނގިލި ކުރި ޖައްސާލިޔަސް އަހަރެންގެ ހުރި ނުބައިކަން އަންގާލާނަން…” ރިޝާގެ އަތް ތިރި ކޮށްލަމުން އިންޒާރު ދޭފަދަ ގޮތަކަށް ކަރަމް ބުނެލިއެވެ. އެލީޝާ ހުރީ ކަރަމް އެތަނަށް އައުމުން ދެން ވާނެ ގޮތެއް ނޭނގިފައެވެ. އެލީޝާއާއި ކަރަމްގެ ގުޅުން ރަނގަޅުވާއަތަށް އެޅުމުން މި ދިމާވީ ނުވެސް ވިސްނާ ހުރި ކަމަކާއެވެ. އެލީޝާ ހުރީ ނުހަނު ބިރުގަންފައެވެ.
“އަދިވެސް އަހަންނަށްތަ އިންޒާރު ދޭންވީ…. ކަލޭގެ އަންހެނުންނަކަށް ނޫންތަ އިންޒާރު ދޭންވީ…. މިހާރު އެއުޅެނީ މިއުވާންއާ އަޅައިގަނެގެން…. ދެންމެ މިތާ ހިނގާދިޔަ ކަންތައް ކަލެއަށް އެނގޭނަމަ ތިހެނެއް ނުބުނީސް…..” ރިޝާ ހުރީ ރުޅިއައިސްގެންގޮސް ފަޅައިގެންދާވަރުވެފައެވެ.
“ދެންމެ މިތާ ހިނގާ ދިޔަ ކަންތައް އަހަންނަށް ވަރަށް ރަނގަޅަށް އެނގޭ… ކަލެއަށް ތިއާދެވުނީ ތަންކޮޅެއްފަހުން…. އަހަރެން މިތާ ހުންނަތާ އިރުކޮޅެއްވެއްޖެ…. އެދެމީހުން ދޭތެރޭ ދެކެވުނު ހުރިހާ ވާހަކައެއްވެސް އަހަރެން އަޑުއެހިން…..” މިހެން ބުނަމުން ކަރަމް ބަލާލީ އެލީޝާއާ ދިމާއަށެވެ. އެލީޝާ އިސްޖަހާލީ ކުށްވެރިއެއް ފަދައިންނެވެ.
“ރިޝާއަށް ވުރެ ކުރިން އެލީއާއި މިއުވާން އެކަކު އަނެކަކާ ދިމާވެއްޖެ…. ހަމައެކަނި ދިމާވީކީ ނޫން…. އެލީއެއީ މިއުވާންގެ ކުރީގެ ލޯބިވެރިޔާ…..” ކަރަމް މިހެން ބުނުމުން ރިޝާ ބަލާލީ މިއުވާންއަށާއި އެލީޝާއަށެވެ. ދެމީހުން ވެސް ތިބީ އިސްޖަހާލައިގެންނެވެ.
” މިއުވާން…. އެލީ މިއުވާނަކަށް ބޭވަފާތެރިއެއް ނުވޭ…. އޭނަ އަހަންނާ ކައިވެނި ކުރީ މަޖުބޫރުވެގެން…. އަހަރެންދެކެ ނޫނީ އަހަރެންގެ މުއްސަނދިކަންދެކެ ލޯބިވެގެނެއްނޫން….. އޭނަ ކައިވެނީގެ ކުރިން އޭނަގެ ލޯބިވެރިއެއް ހުންނަވާހަކަ އަހަރެންގެ ގާތު ބުނި…. ކައިވެންޏާ ދެކޮޅު ހަދަންވެސް އޭނަ އަހަރެންގާތު އެދުނު…. އެކަމަކު އަހަރެންވެސް އެލީ ބޭނުންވީލެއް ބޮޑުކަމުން އެލީގެ އެދުމާ ދެކޮޅު ހެދީ…… އަހަންނަށް މާފުކުރޭ….. ތި ދެލޯބިވެރިންގެ ދެމެދަށް އަހަންނަށް ވަދެވުނީ….. އެކަމަކު އެލީ އަދިވެސް މިއުވާންދެކެ ލޯބިވޭ……” މިއުވާންގެ ކޮނޑުގައި ޖަހާލަމުން ކަރަމް ބުނެލިއެވެ. މިއުވާނަށް ބަލާލެވުނީ އެލީޝާއާއި ދިމާއަށެވެ. އެލީޝާއަށް ބަލާލެވުނީ ކަރަމްއާއި ދިމާއަށެވެ. އޭރު އެލީޝާއަށް ހުރީ ރޮވިފައެވެ. ކަރަމް އެލީޝާއަށް ފުންނަޒަރަކުން ބަލާލުމަށްފަހު އެތަނުން ދިޔުމަށްޓަކައި ހިނގައިގަތެވެ. އެލީޝާ ރިޝާއަށާއި މިއުވާނަށް އަވަސް ނަޒަރެއް ދިނުމަށްފަހު ކަރަމްގެ ފަހަތުން ހިނގައިގަތެވެ.
އެލީޝާމެން ދިޔުމުން މިއުވާން އަތް މުށްކަވާލުމަށްފަހު ފާރުގައި ޖެހިއެވެ. “މިއުވާން….” ރިޝާ މިއުވާންގެ ކޮނޑުގައި ހިފަހައްޓާލިއެވެ. “އެލީތަ މިއުވާނުގެ ކުރީގެ ލޯބިވެރިޔަކީ…..؟؟؟؟” އިރުކޮޅަކު ވިސްނާލަން ހުރުމަށްފަހު ރިޝާ އަހާލިއެވެ.
“އާން…. ލީޝްއެއީ އަހަރެންގެ ލޯބިވެރިޔާ….. އަހަރެން ކީއްވެ ހަގީގަތް ބަލާނުލާ އޭނާއާ ދިމާއަށް އެއްޗެހިކީ….؟؟؟ ކީއްވެ އަހަންނަށް ނުވިސްނުނީ ލީޝް އެއީ އެކަހަލަ ކުއްޖެއް ނޫންކަން…. ދެން އަހަރެން އޭނަޔަށް ދައްކާނީ ކޮން މޫނެއް….” މިއުވާން އޭނާގެ އިސްތަށިގަނޑުގައި ދެއަތުން ހިފަހައްޓާލަމުން ރިޝާއާއި ވާހަކަދެއްކިއެވެ.
“ދެން އަޅާނުލާ…. އެލީވެސް އެއުޅެނީ މިހާރު މެރީކޮށްގެންނު….. ދެން ރަނަގަޅުވާނީ އޭނާގެ ދިރިއުޅުމުގެ ތެރެއަށް ނުވަނިއްޔާ ކަންނޭނގެ…..” މިއުވާނުގެ އަތުގައި ހިފާލަމުން ރިޝާ ބުނެލިއެވެ.
އެލީޝާ ދުވަމުން ކަހަލަ ގޮތަކަށްއައިސް ކަރަމްއާ އަރާ ހަމަކުރިއެވެ. “ކަރަމް…. އަހަރެން…..” އެލީޝާ ކަރަމްގެ އަތުގައި ހިފާ ހުއްޓުވުމަށްފަހު ވާހަކަ ދައްކަން ފެށިއެވެ. ނަމަވެސް ކަރަމް އެލީޝާގެ އަނގަމަތީ އަތް އެޅުމަށްފަހު ހުއްޓުވިއެވެ. “އަހަންނަށް އިނގޭ އެލީގެ ކުށެއް ނެތްކަން….. އެލީގެ މަގާމުގައި އަހަރެން ހުރިނަމަވެސް ކަންތައް ކުރެވޭނީ ހަމަ ތިގޮތަށް ކަންނޭނގެ…. ދެން އަޅާނުލާ…. މާތް ﷲ އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ… އަހަންނަށް އިހުސާސް ކުރެވޭ އެލީގެ ހިތުގެ ހާލު…. އައިމް ރިއަލީ ސޮރީ އެލީ….. މިޔަދު އަހަންނާ ހެދި އެތައްބައެއްގެ ހިތް ހަލާކުވެއްޖެ…..” އެވަގުތު ކިޔާން ގޮވާލުމުން ކަރަމް ދިޔައީ އެދިމާއަށެވެ.
“ކަރަމް…. ކަރަމްއަށް އަހަރެންގެ ހިތުގެ ހާލެއް ނޭނގޭނެ…. އަހަރެންގެ ހިތް މިހާރު އޮބިނޯވެގެން މި ތެޅެނީ މިއުވާނަށްޓަކައެއްނޫން….. ކަރަމްއަށްޓަކައި….. ކަރަމް ކީއްވެތަ އަހަރެން ވާހަކަ ދައްކަން ފުރުސަތު ނުދެނީ…. އަހަރެން ބޭނުން އަހަރެން ކަރަމްދެކެ ލޯބިވާ ވާހަކަ ބުނަން…. އަހަންނަށް ފުރުސަތެއް ދީ…..” ކަރަމް ދިޔަ ދިމާއަށް ބަލަހައްޓައިގެން ހުރެ އެލީޝާ އޭނާގެ ހިތާހިތުން ވާހަކަދެއްކިއެވެ.
އޭގެ އެއްމަސް ދުވަސް ފަހެވެ. އެލީޝާ އެކި ގޮތްގޮތުން ކަރަމްއާ ވާހަކަ ދައްކަން މަސައްކަތްކުރިއެވެ. ނަމަވެސް ކޮންމެފަހަރަކުވެސް ކަރަމް އެލީޝާ ހުއްޓުވަނީއެވެ. ކަރަމްއަށް ހީވަނީ އެރޭގެ ހާދިސާގެ ފަހުން ކަރަމް ހިތަށް އަރާފާނެ އެއްޗަކާ ދޭތެރޭ އެލީޝާ ވިސްނަނީކަމުގައެވެ. އެއްފަހަރުވެސް އެލީޝާ އެ އުޅެނީ އޭނާގެ ހިތުގެ ހާލު ބަޔާންކޮށްދޭންކަމެއް ކަރަމްއަކަށް ނޭނގެއެވެ. އެންމެފަހުން އެލީޝާ އޭނާގެ މަސައްކަތް ހުއްޓާލީ ކަރަމް އަމިއްލައަށް ވިސްނެންދެނެވެ.
މިވީ އެއްމަސް ދުވަސްތެރޭ ކޮންމެދުވަހަކު އެތައް ފޯންކޯލަކާއި އެތައް މެސެޖެއް މިއުވާނުގެ ފަރާތުން އެލީޝާއަށް އާދެއެވެ. ނަމަވެސް އެލީޝާ މިއުވާނުގެ އެއްވެސް ކޯލަކަށްވެސް އަދި މެސެޖަކަށްވެސް ޖަވާބެއް ނުދެއެވެ.
އެއްދުވަހެއްގެ މެންދުރުފަހެވެ. އެލީޝާ އިނީ ކަރަމްގެ ލެޕްޓޮޕުން ފިލްމެއް ބަލާށެވެ. އެވަގުތު މިއުވާން އެލީޝާގެ ފޯނަށް ގުޅަން ފެށިއެވެ. ދެތިންފަހަރު ގުޅިއިރުވެސް އެލީޝާ ފޯނެއް ނުނަގައެވެ. ނަމަވެސް މިއުވާން ގުޅުން ހުއްޓައެއް ނުލިއެވެ. އެލީޝާ ފޯން ނުނަގާފިއްޔާ މިއުވާން ކިތަންމެ ދުވަހެއް ވަންދެންވެސް އެގޮތަށް ގުޅާނެކަން އެލީޝާއަށް އެނގެއެވެ. އެންމެފަހުން ވަރަށް ވިސްނުމަށްފަހު އެލީޝާ ފޯނަށް ޖަވާބު ދިނެވެ.
“ލީޝް…. ކީއްވެތަ ފޯން ނުނަގަނީ..؟؟؟؟ އަހަންނަށް އިނގޭ ލީޝްއަށް އިތުބާރު ނުކޮށް އަހަންނަށް އެ ކުރެވުނީ ކުށެއްކަން…. އެކަމަކު މި ވަރަށް އަހަރެން ތަޅުވާކަށް ނުވާނެއްނު….. ލީޝްއަށް އިނގޭތަ އަހަރެން ލީޝްދެކެ ލޯބިވާވަރު….. ލީޝްވެސް އަހަރެން ދެކެ ލޯބިވެއެއްނު….. ދެން ކީއްވެތަ ފޯން ނުނަގަނީ…..؟؟؟؟؟” އެލީޝާ ފޯން ނެގުމާއިއެކު މިއުވާން ފަށްޗަކަށް އަމުނާލިއެވެ.
“މިއުވާން…. އަހަރެންވެސް މިއުވާންދެކެ ވަރަށް ލޯބިވެ….” އެލީޝާއަށް މިހެން ބުނެވުނު ވަގުތަކީ ކޮޓަރިއަށް ވަންނަން ކަރަމް ދޮރު ތަޅުގައި ހިފާލިވަގުތެވެ. ކަރަމްގެ ހަރަކާތަތަކަށް ހުއްޓުން އެރީ އެލީޝާގެ ދުލުން ނުކުތް ޖުމްލައިންނެވެ. ކަރަމް އަވަސް އަވަހަށް އައިކޮޅަށް ދިޔައީ އެލީޝާ ދައްކާ ވާހަކަ އަޑުއަހާނެ ހިތްވަރެއް ނެތުމުންނެވެ. އެހެންވީމާ އެލީ މިހާރު މިއުވާންއާ ފޯނުންވެސް ވާހަކަދައްކަން ފެށީތާއޭ ކަރަމްގެ ހިތަށް އެރިއެވެ. ކަރަމްއަށް އިސްތަށިގަނޑުތެރެއަށް އަތްމަހާލެވުނީ ދެން ކަންތައް ކުރަންވީ ގޮތެއް ނޭނގުމުންނެވެ. ކަރަމް އެދިޔަގޮތަށް ދިޔައީ ބަގީޗާ ތެރެއަށެވެ.
“އެކަމް އަހަންނަށްމިޔަދު އިހުސާސް ކުރެވިއްޖެ އެއީ އަދި ހަގީގީ ލޯތްބެއްނޫންކަން…. އަހަރެމެން ދެމީހުންގެ ދޭތެރޭގައި އޮތް އެކުވެރިކަމެއްގެ ސަބަބުން ކަންނޭނގެ އަހަންނަށް ހީވީ އަހަރެން މިއުވާންދެކެ ލޯބިވެއޭ…. އެކަމް އެއީ އެކުވެރިކަން… ލޯތްބެއްނޫން…. މިއުވާން…. އަހަންނަށް މިހާރު ކަރަމްދެކެ ލޯބިވެވިއްޖެ… ކަރަމް ފެނުނީމަ އަހަންނަށް މިވާ ގޮތްތަކެއް މީގެ ކުރިން ދުވަހަކުވެސް އެހެންމީހަކު ފެނިގެން ނުވެ…. އަހަރެން ކަރަމްދެކެ މިވާ ލޯތްބަކީ ހަގީގީ ލޯބި…..” އެލީޝާ ހަގީގަތަށް މިއުވާނަށް ކިޔައިދިނެވެ. “ލީޝް…. އެކަމް އަހަރެން ލީޝް ދެކެ ހާދަ ލޯތްބެއް ވެޔޭ…..” މިއުވާން ބުނެލިއެވެ. “މިއުވާން… އަހަރެން ދެކެ ދުވަހަކުވެސް ލޯބިވިއްޔާ އަހަންނަށްޓަކައި އަހަރެންގެ މި ދިރިއުޅުމުން ދުރަށް ދޭ…. އަހަރެން މަތިން ހަނދާން ނައްތާލާ…..”
“އަހަރެން ލީޝްގެ ދިރިއުޅުމުން ދުރަށް ގޮސްފާނަން…. އެކަމަކު އަހަންނަށް ލީޝްގެ މަތިން ހަނދާން ނައްތައެއް ނުލެވޭނެ…..” މިހެން ބުނެފައި މިއުވާން ފޯން ކަނޑާލިއެވެ.
ކަރަމްއިނީ ބަގީޗާތެރޭގައެވެ. އެވަގުތު އޭނާއަށް ފޯނެއް އައެވެ. ފޯންކޯލް ނިމުން އިރު އޭނާގެ މޫނުމަތިން ފެންނަންހުރީ ހާސްކަމެވެ. ދެފަޔަށް ބާރުލާފައި ކަރަމް ހިނގައިގަތީ ކޮޓަރިއާއި ދިމާއަށެވެ. އޭރު އެލީޝާ ހުރީ ބެލްކަނީގައި މަޑުކޮށްލައިގެންނެވެ.
“އެލީ…. ޒީ އެކްސިޑެންޓް ވެގެން ހޮސްޕިޓަލަށް ގެންގޮސްފި….. ދެންމެ ނިހާން ގުޅާފަ ބުނީ ޒަން އޮންނާނީ ގޭގަ ނިދާފަޔޯ…. އޭނަ އެކަންޏޯ އޮންނާނީ…. އޭނަ ގާތަށް ގޮސްދޭށޯ….. ދެވިދާނެތަ…..؟؟؟؟” އެލީޝާގެ ގާތު މަޑުކޮށްލަމުން ކަރަމް ބުނެލިއެވެ. “އާން…. ކީއްވެ ނުދެވެންވީ….. ކަރަމްގެ އެކުވެރިންނަކީ ހަމަ އަހަރެންގެވެސް އެކުވެރިން…. ހިނގާ އަވަހަށް ދާން….” މިހެން ބުނެފައި އެލީޝާ ހޭންޑްބެގް ހިފައިގެން އައުމުން ކަރަމް އެލީޝާ ގޮވައިގެން ދިޔައެވެ.
ހަވީރުވީއިރުވެސް އެލީޝާ ޒީވާމެންގެ ގެޔަށް ލާފައި ކަރަމް ހޮސްޕިޓަލަށް ދިޔަ ގޮތަށް އަދިވެސް ނާދެއެވެ. މިހާރު ދެތިންފަހަރު ޒަވީން ވެސް މަންމަ ގާތަށް ދާން ރޮއެފިއެވެ. އެހެންކަމުން އެލީޝާ ކަރަމްގާތުން ހުއްދަ ހޯދުމަށްފަހު ޒަވީން ގޮވައިގެން ކުޑަކުދިންގެ ބަގީޗާއަށް ދިޔައެވެ. ބަގީޗާގައި ވަގުތުކޮޅެއް ހޭދަކުރުމަށްފަހު ޒަވީން ގޮވައިގެން ގެއަށްދާން ބަގީޗާއިން ނުކުތް އެލީޝާއަށް ހުއްޓުން އެރީ މަގުގެ އަނެއްފަރާތުން ފެނުނު މަންޒަރަކުންނެވެ.
ނުނިމޭ

Share Article

Follow Me Written By

Eemyaa

Level 810 Stories100 Comments100 Login500 Comments100 Stories500 Login

Other Articles

Previous

ޤާޠިލް… 4 ވަނަ ބައި…

Next

ތިޔަ ލޯބި މިހިތަށް ލިބުމެއް ނެތީއޭ..

Next
November 14, 2014

ތިޔަ ލޯބި މިހިތަށް ލިބުމެއް ނެތީއޭ..

Previews
November 10, 2014

ޤާޠިލް… 4 ވަނަ ބައި…

18 Comments!

  1. rahy says:
    November 12, 2014 at 9:48 pm

    V kuru mi part ekamu v reethi next part thankolhe avaha dhigukoh genes dhehchey plz.

  2. pinky says:
    November 12, 2014 at 9:48 pm

    mi part ves varah nice. saabas thi kuraa hihvarah. thankolheh avahah then oiy bai upload koh dhehchey. 🙂

  3. n says:
    November 12, 2014 at 9:49 pm

    Mi part ves reethi , thahkolhan kurey

  4. Elsa says:
    November 12, 2014 at 10:27 pm

    Vvv salhi…bt kudakoh kury..hope next time miah vuren dhigu vaane kamah

  5. me says:
    November 13, 2014 at 1:11 am

    Story habeyss… 😛 but maa bodah vx kury… 🙁

  6. raakin says:
    November 13, 2014 at 7:59 am

    Nice..next part avass

  7. beauty says:
    November 13, 2014 at 9:20 am

    haadhahaa rehchey mi part vxx
    waiting 4 next part =D

  8. ifaa says:
    November 13, 2014 at 12:42 pm

    Reethi mi part vss !! Thankolheh dhigukohllahchey next part please ingey 🙂

  9. hadheee says:
    November 13, 2014 at 4:23 pm

    VV REETHI..BT VV AVAHA UPKOLHACHEY MI VAAHAKA…

  10. hai says:
    November 14, 2014 at 7:41 pm

    Vvv reethi mi part ves….nxt prt avahah up kohdheyba pls pls…nd make it a little bit long pls…

  11. Shehey says:
    November 15, 2014 at 1:26 pm

    Thankolheh dhigukoh,awas awahah mivaahaka upkohdheebala please please please

  12. shai says:
    November 15, 2014 at 5:00 pm

    vvvv……reethi…..bt still….a bit short……soooo..a request…nxt..time..make it longer…cnt wait to read nxt part!!! 🙂 🙂

  13. Flower says:
    November 16, 2014 at 1:15 am

    Mirey nunidhaa mi iny………kobaa next part.plz avas kohdhyba……Mifaharu vane dhigukon genesdhen……kuru v ma maa avahah nimeny …..Btw story hama v furihama

  14. eleesha says:
    November 16, 2014 at 1:23 am

    Thankolheh dhigukoh upload kohdheeba… an thankolheh avahah upload kohdheeba…..

  15. zeyn says:
    November 16, 2014 at 11:55 am

    dhen oiyh part than kolheh avahah nereythi….. mi story hama v v v v v v v v v v salhi….. hrdhisaa thah match vr goih ves salhi….. than kolheh avahah dhn oiyh part neredhey thi plus than kolheh dhigu kohlaathi next part….

  16. look says:
    November 16, 2014 at 2:26 pm

    Dhen mianna aharu tha anehbai geness dhaynee. Haadha lasvanee. Pls avas kodheebala.

  17. Kailyn says:
    November 16, 2014 at 5:23 pm

    Mihisaabah ai iruves v v v v v…….v v v v v reethi…. Kyvvetha ehaa lasvany next part up kuran? R u ok? But plz avahah up kohdhehchey i’ngey, evry1 s waitin…… Plz….

  18. eemiyaa says:
    November 17, 2014 at 2:59 pm

    thanks all for the lovely comments 🙂

Comments are closed.


All Right Reserved!