Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

މިޙަޔާތާ ދުރުނުވޭ (5ވަނަބައި)

Eemyaa Level 810 Stories100 Comments100 Login500 Comments100 Stories500 Login
January 6, 2015 6 Mins Read
20 Comments

“ލިމް…” ނަޝާމް މަޑުމަޑުން ގޮވާލިއެވެ. ނަޝާމްގެ އަޑުއިވުމުން މެރިފައިވާ ލިމްޝާގެ ދެލޯ ބޮޑުވެ، ކުއްލިއަކަށް ތެދުވެ އެނދުގައި އިށީނދެވިއްޖެއެވެ. އެއަށްފަހު ފޯންގެ ސްކްރީން ބަލާލިވަގުތު ނަޝާމްގެ ނަން ފެނުމުން ތިރީ ތުންފަތުގައި ދަތްއަޅާލެވުނެވެ. ދެވަނަ ސިކުންތުގައި އަމިއްލަ ބޮލުގައި އަތުން ޖަހާލަމުން ފޯނު ކަނޑާލިއެވެ.

“ޔާރައްބީ… އަހަންނަށް މިކުރެވުނީ ކީއް…؟؟؟” ލިމްޝާއަށް މަޑުމަޑުން ބުނެލެވުނެވެ. އަނެއްކާވެސް އޭނާގެ ފޯނުރިންގް ވާން ފެށިއެވެ. ލިމްޝާ ފޯނަށް ބަލާލިއެވެ. ގުޅަނީ ނަޝާމެވެ. ފޯނަށް ބަލަހައްޓައިގެން ލިމްޝާ އިނީއެވެ. އެއަށް ޖަވާބު ދޭކަށް ނޫޅެއެވެ. އެގޮތަށް ދެތިން ހަތަރު ފަހަރު ނަޝާމް ގުޅިއެވެ. އޭގެ ދިހަވަރަކަށް މިނެޓްފަހުން އަނެއްކާވެސް ފޯނު ރިންގުވާން ފެށުމުން ލިމްޝާ ފޯނަށް ބަލާލީ ނަޝާމް ގުޅާކަމަށް ހީކޮށްށެވެ. ނަމަވެސް މިފަހަރު ގުޅީ ނަޝާމެއް ނޫނެވެ. ސުހާއެވެ.

“ލިމް ކޮބާ ހޭލެވިއްޖެތަ…؟؟؟” ފޯނު ކަންފަތުގައި ޖައްސާލުމާއިއެކު ސުހާގެ އަޑު އިވިގެން ދިޔައެވެ. އޭނާގެ އަޑުގައި ނިދީގެ ކަންފުޅެއްވެސް ނެތެވެ. އެއަޑުގައިވަނީ ފޯރިއާއިޖޯޝްއެވެ. ދަތުރު ދެވެން އުޅޭތީ ކަމަށްވެސް ވެދާނެއެވެ.

“އާން ހޭލެވިއްޖެ… އެކަމަކު ސުހާ….”

“ހޫމް…. މިހާރު ކިހިނެއްވީތަ….؟؟؟”

އަޅެ އަހަރެން އެހާ ދާކަށް ބޭނުމެއް ނޫން…. މިހިތަށްއަރަނީ ނުދާނަމޭ….” ސުހާ ރުޅިއަންނާނެކަން އެނގޭތީ ޖެހިލުންވެފައި ހުރެ ލިމްޝާ ބުނެލިއެވެ.

“ނޫން… ލިމް ޖެހޭނީ ހަމަދާން… ނުގޮއްސިއްޔާ އަހަރެން ދެން ލިމްއަކާ ވާހަކަވެސް ނުދައްކާންނަން… ދެން އިތުރަށް އެއްވެސް ބަހަނާއެއް ދައްކާނެ ކަމެއް ނެތް…. ހައެއް ޖަހަންވާއިރަށް އަހަރެން ތިގެއަށް ދާނަން… ރެޑީވެގެން ހުންނާތި…!!!” މިހެން ބުނެފައި ލިމްޝާ ވާހަކަ ދައްކަން ފުރުސަތެއްވެސް ނުދީ ސުހާ ފޯނު ކަނޑާލިއެވެ. ލިމްޝާ ފޯނަށް ބަލާލުމަށްފަހު ދެފަރާތަށް ބޯހޫރާލިއެވެ.

 

ލިމްޝާއާއި ސުހާ ބަނދަރުދޮށަށް ދިޔައިރު އެތާގައި އޮފީހުގެ ވަރަށް ބައިވަރު ކުދިން ތިއްބެވެ. ނަޝާމަށް ލިމްޝާ ފެނުމުން ހިނިތުންވެލެވުނެވެ. އަދި ފުން ނަޒަރަކުން ލިމްޝާއަށް ބަލާލެވުނެވެ. އަތްދިގު ރަތް ޓީޝާޓަކާއި ކަޅު ޖިންސެއް ލައިގެން ހުރި ލިމްޝާގެ ރީތިކަން އިންތިހާއެވެ. ހީވަނީ ހަމަ ފަތިހަށް ފޮޅިފައިވާ ރަތް ފިނިފެންމަލެއްހެންނެވެ. މޫނުމަތިން ތާޒާކަން ފެންނަމުން ދިޔައެވެ. ފަށުވި އިސްތަށިކޮޅުވަނީ ފަހަތަށް ގެންގޮސް އައްސާލާފައެވެ. ޖެހެމުންދާ ފަތިހުގެ ފިނި ވައިރޯޅިއާއިއެކު ނުފޯރާ ކުދި އިސްތަށިތައް މޫނުމައްޗަށް ފޭބުމުން ކަންފަތްކައިރިއަށްލާ އެއްފަރާތްކޮށްލަނީ ނުހަނު ފަރި ގޮތަކަށެވެ. ނަޝާމް ކަޅިޖަހާނުލަ ލިމްޝާއަށް ބަލަން ހުއްޓެވެ. މާވަރަކަށް ނަޝާމް ބަލާކަން އެނގުމުން ލިމްޝާ ލަދުގަތެވެ. އެހެންކަމުން ނަޝާމަށް ނުފެންނާނެހެން ސުހާގެ ފަހަތަށް ވަދެ ނިވާވެލިއެވެ. ލިމްޝާގެ މިހަރަކާތުން ނަޝާމްގެ ތުންފަތުގައި ކުޅެލީ ލާނެއް ހިނިތުންވުމެކެވެ. ސުހާގެ ފަހަތުގައި ހުރެ ސިއްރުސިއްރުން ބަލާލި ލިމްޝާއަށް ނަޝާމް ހޭތަން ފެނުމުން ދެބުމަ ގާތްކޮށް ނަޝާމަށް ލޯއަޅާލިއެވެ.

“މިހާރު އެންމެން ހަމަވީދޯ…. ދެން ހިނގާ ދޯންޏަށް އަރަމާ…. ހުރިހާ އެއްޗެއްވެސް އަރުވާ ނިމިއްޖެ… ދޯނިވެސް އެއޮތީ މިހާރު ރެޑީގަ….”  މިހެން ބުނެފައި ޒަޔާން ދޯންޏަށް އެރިއެވެ. އެހެންފިރިހެންކުދިންވެސް ދޯންޏަށް އަރަން ފެށިއެވެ.

ނަޝާމް ފުރުސަތުގެ ބޭނުން ހިފިއެވެ. އަންހެންކުދިންނަށް ދޯންޏަށް އެރުމަށް އެހީވެދިނުމުގެ ބަހަނާގައި ނަޝާމް ފަހަރަކު ކުއްޖަކު ދޯންޏަށް އަރުވަން ފެށިއެވެ. އެންމެ ފަހަށް ހުރީ ލިމްޝާއެވެ. ނަޝާމް ލިމްޝާއަށް އަތް ދިއްކޮށްލިއެވެ. ލިމްޝާ ނަޝާމްގެ އަތަށް ބަލާލިއެވެ.

“ނާރަންތަ ތިހުންނަނީ…؟؟؟” މަޑުމަޑުން ލިމްޝާއަށް އަޑުއިވޭވަރަށް ނަޝާމް ބުނެލިއެވެ. ލިމްޝާ ވިސްނާލިއެވެ. އަމިއްލައަށް ދޯންޏަށް އެރިދާނެތޯއެވެ. ނަމަވެސް ލިމްޝާއަކީ މާގިނަ ދަތުރުތަކެއް ކޮށްފައިވާ ކުއްޖަކަށް ނުވުމުން މީހެއްގެ އެހީއާއި ނުލާ ދޯންޏަށް އަރަން ފަސްޖެހުނެވެ. އެހެންކަމުން ނަޝާމް ދިއްކޮށްފައިވާ އަތުގައި ހިފާލިއެވެ. ލިމްޝާގެ މަޑުމަޑު އަތް ނަޝާމްގެ އަތުގައި ޖެހުމުން ބުނެދޭންދަތި އެހެނަސް ފޮނި އިހުސާސްތަކެއް ނަޝާމަށް ކުރެވުނެވެ.

ލިމްޝާ ދޯންޏަށް އެރުމާއިއެކު ދޯނި ސްޓާޓް ކޮށްލިއެވެ. ދޯނީގެ އެތެރެއަށް ދާން ހިނގައިގަތް ލިމްޝާއަށް ބޭއިޚުތިޔާރުގައި ނަޝާމްގެ އަތުގައި ހިފަހައްޓާލެވުނެވެ. ކުޑަކޮށް އަރިއަޅާލުމުންނެވެ. ކަންވީގޮތް ނަޝާމަށް ވިސްނުމުން ލިމްޝާގެ އަތުގައި ހިފައިގެން ގޮސް ސުހާމެންގާތު ބޭންދިއެވެ.

“އަހަންނަށް ހީވަނީ އަހަރެމެންގެ ޕްލޭންއާއި އެއްގޮތަށް ކަންތައް ވޯކް ކުރަންފަށައިފިހެން….” މަންޒަރު ބަލަން ދުރުގައި އިން އިޖާޒު ކައިރީގައި އިން ޒަޔާންގެ ކަންފަތް ދޮށުގައި ބުނެލިއެވެ.

“ހޫމް…. ދޯ….” ހީލަމުން ޒަޔާންވެސް އިޖާޒުއާއި އެއްބާވެލިއެވެ.

ހުދުފޮނުޖަހަމުން ބާރުދުވެލީގައި ދޯނި ކުރިޔަށްދެއެވެ. ބެރުޖެހުމާއި ލަވަކިޔުމުގައި ދަތުރުގެ ބައިވެރިން ފޯރިނަގަމުން ދިޔައިރު ލިމްޝާ އިނީ ވަށައިގެން ފެންނަން އޮތް ގުދުރަތީ ރީތި މަންޒަރަށް ނަޒަރު ހުއްޓާލައިގެންނެވެ. ބަލަހައްޓައިގެން އިންގޮތުން ހީވަނީ މީ އަލަށް ފެނުނު މަންޒަރެއް ހެންނެވެ. ޝައުގުވެރިކަމާއިއެކު އިންއިރު ފިޔާތޮށި ކުލައިގެ ތުންފަތުގައި ރީތި ހިނިތުންވުމެއް ވެއެވެ. ޖެހެމުން އައި ހިތްގައިމު ވައިރޯޅިތައް ލިމްޝާގެ ފަންއިސްތަށިގަނޑާ ސަމާސާ ކުރަމުންދާކަހަލައެވެ.

މިމަންޒަރު ބަލަން ދުރުގައި އިން ނަޝާމް އޭނާގެ ކެމެރާނަގާ ލިމްޝާގެ ފޮޓޯއެއް ނެގިއެވެ. “ވަރަށް ފުރިހަމަ.. ވާވާ…” ނަޝާމަށް މަޑުމަޑުން ބުނެލެވުނެވެ. ލިމްޝާގެ އެތައް ބައިވަރު ފޮޓޯއެއް ނަޝާމް ނެގިއެވެ. ނަމަވެސް މިކަމެއް ލިމްޝާއަކަށް ރޭކާވެސް ނުލިއެވެ.

ދޯނިގޮސް ކުޑަބަނޑޮހުގައި ޖެއްސުމުން އެންމެން ފޭބުމަށް އަވަސްވެގަތެވެ. ލިމްޝާވެސް ފައިވާން އަތަށް ނަގަމުން ރައްޓެހިކުއްޖެއްގެ އެހީގައި ދޯނިން ފޭބިއެވެ. ދޮންވެލިގަނޑުގައި ފައިޖެހުމުން ލިމްޝާގެ ހިތް ހީވީ އުފަލުންގޮސް އުދުހިގެން ހިނގައިދާނެހެންނެވެ. ފަސްގަނޑުތެރެއަށް ފައިކޮށްޕަމުން ކުޑަކުއްޖެއް ފަދައިން ލިމްޝާ ސުހާއާއިއެކު އެއްގަމަށް ދާން ހިނގައިގަތެވެ.

“ބަލާބަލަ ދަތުރު ނާންނަން އުޅުނު މީހާ ހިތްވަރު އައިސްލާފަ ހުރިވަރު… އަހަންނަށް ހީވިއޭ ދަތުރު އާދެވުނީމަ މީނައޭ އެންމެ މަޖާވެގެން އުޅޭނީ….” ނޫޑްލްސް ކޭހެއް ހިފައިގެން ދަމުން އިޖާޒު ލިމްޝާއާއި ދިމާކޮށްލިއެވެ.

ލިމްޝާ ކުޑަކުއްޖެއް ފަދައިން ތުންދަމާލަމުން އަތުގައި އޮތް ފައިވާން އިޖާޒާއި ދިމާއަށް އެއްލިއެވެ. ހުޝިޔާރުކަމާއިއެކު އިޖާޒު ތިރިވެލުމުން ފައިވާންގޮސް ޖެހުނީ އިޖާޒާއި ދާދިގާތުގައި ހުރި ނަޝާމްގެ ބޮލުގައެވެ. މިމަންޒަރު ފެނުމުން ލިމްޝާއަށް އޭނާގެ ކަނާތުގެ ޝަހާދަ އިނގިލީގައި ދަތްއަޅާލެވުނެވެ.  އިޖާޒާއި ސުހާގެ އިތުރުން އެތާ ދެންތިބި ކުދިންތައްވެސް މަޖާވެގެން ހޭންފެށިއެވެ. ނަޝާމް ބޮލުގައި އަތްއަޅާލައިގެންހުރެ، ތިރިވެ ފައިވާން ނެގިއެވެ. އަދި ލާނެއް ގޮތަކަށް ލިމްޝާއަށް ބަލާލަމުން އެދިމާއަށް ހިނގައިގަތެވެ. ނަޝާމް ލިމްޝާއާއި ދިމާއަށް އަންނަން ފެށުމުން ލިމްޝާ ސުހާގެ އަތުގައި ހިފާލުމަށްފަހު ސުހާގެ ފުރަގަހަށްވަދެ ކުޑަކޮށް ނިވާވެލިއެވެ. އަދި ސިއްރުން ނަޝާމަށް ބަލާލިއެވެ. އެއްއަތް ސޯޓުގެ ޖީބަށް ޖަހައިލައިގެން ހުރެ އަނެއްއަތުން ފައިވާންކިބަ ހިފައިގެން ހުރެ ނަޝާމް އެދިމާއަށް އާދެއެވެ. އޭނާ ލައިގެން ހުރި އަޅިކުލައިގެ ޓީޝާޓު ގަޔަށް ހިފާލާފައި ހުރުމުން ފިރިހެންވަންތަކަން ހާމަވެއެވެ. މުށިކުލައިގެ އިސްތަށިގަނޑު ހުރީ ކޮޅަށް ނަގާލާފައެވެ. އިރުގެ އަލި ލޮލަށް އެޅިފައިވުމުން ލޮލުގެ ވިދުންގަދަހެން ހީވެއެވެ. ހިތްދަމައިގަންނަފަދަ ބާރެއް އަޅިކުލައިގެ އެދެލޮލުގައިވެއެވެ. އަންހެންކުދިންގެ ހިތްތައްކަތިލާލާފަދަ ފިރިހެންވަންތަ ހިނގުމެކެވެ. ތުންފަތްމައްޗަށް ލާނެއް ހިނިތުންވުމެއް ވެރިވެފައިވެއެވެ.

“އާހް… ހާދަ ފުރިހަމައޭ… މޭގައިވާ ހިތް ހީވަނީ އޮބިނޯވެގެން ބޭރަށް ނުކުމެގެން ހިނގައިދާނެހެން….. އަހަންނަށް މިއޮށްވާގޮތެއް…..” ލިމްޝާ އޭނާގެ ހިތާ ދިމާލުގައި އަތް އަޅާލަމުން ހިތާހިތުން ކިޔާލިއެވެ.

ނަޝާމް އައިސް ލިމްޝާގެ ކުރިމަތީ މަޑުކޮށްލުމުން ސުހާ ކުޑަކޮށް އެއްފަރާތްވެލިއެވެ. އޭނާ ހުރީ ހިނިގަނޑު ކޮންޓްރޯލް ކޮށްލައިގެންނެވެ.

“ސޮރީ….” ދެއަތް ދެއަތާ މޮޑެމުން ލިމްޝާ ބުނެލިއެވެ. އޭނަހުރީ ވަރަށް ލަދުގެންފައެވެ.

“ސޮރީއަކުން ނުފުދޭނެ….” ލާނެއް ގޮތަކަށް ނަޝާމް ބުނެލިއެވެ.

“ދެން…؟؟؟” ދެބުމަ ގާތްކޮށްލަމުން ލިމްޝާ އަހާލިއެވެ.

“އަހަންނާ ރައްޓެހިވާން އެއްބަސްވޭ…. އޭރުން މާފުކުރެވޭނީ….” ލިމްޝާގެ ކަންފަތްދޮށުގައި އެހެންމީހަކަށް އަޑުނީވޭނެހެން ނަޝާމް ބުނެލިއެވެ.

“ނުވާނެ…. ތިކަމެއް ނުވާނެ…. އެހެން ނޫނަސް އަހަރެން ޖެހީ ގަސްތަކުނޫން…. އޮޅިގެން ޖެހުނީވެސް…..” ލިމްޝާ އަވަސް އަވަހަށް ބުނެލިއެވެ.

“އޯކޭ… އެހެންވީއިރު މިފައިވާނެއް ނުލިބޭނެ….” އަތުގައި އޮތް ފައިވާން ކިބަ ދައްކާލަމުން ނަޝާމް ބުނެލިއެވެ.

“އަހަންނަށް ހެޔޮ ތިނުދިނަސް… އަހަންނެއް ނަޝާމްއަކާ ރައްޓެއްސެއް ނުވާނަން….” ލިމްޝާ ރުޅިއައިކަމަށް ހަދާލަމުން ހަށަންބަނދެލިއެވެ.

“އޯކޭ އެހެންވީއިރު….” ދެކޮނޑު އަރުވާލަމުން އަތުގައި އޮތް ފައިވާންކިބަ ކޮނޑުގައި އަޅުވާފައި އޮތް ބެކްބޭގަށް ލަމުން ނަޝާމް ބުނެލިއެވެ. ލިމްޝާވެސް ނަޝާމަށް ލޯއަޅާލަމުން އޭނާގެ އަތުގައި އޮތް އަނެއް ފައިވާންކިބަ އޭނާގެ ދަބަހަށްލުމަށްފަހު ސުހާގެ އަތުގައި ހިފައިގެން ހިނގައިގަތެވެ.

“ހޭއި… ލިމް ރުޅިއައިސްފައި ހުންނައިރު އަދި މާލޯބި….” އެއްލި އަތުން ލިމްޝާގެ އަތުގައި ހިފާލަމުން ނަޝާމް ބުނެލީ އެއްލޯމަރާލަމުންނެވެ. ނަޝާމަށް ލޯއަޅާލަމުން ލިމްޝާ އޭނާގެ އަތް ދަމާގަތެވެ. ލިމްޝާދިޔަ ދިމާއަށް ބަލަން ހެވިފައި ނަޝާމް ހުއްޓެވެ.

 

ހެނދުނުގެ ސައި ނިންމާލުމަށްފަހު އެއްބަޔަކު ވޮލީ ކުޅެން ފެށިއެވެ. ލިމްޝާއާއި ސުހާ އިނީ އެތާހުރި ގަހެއްގެބުޑުމަތީގައި އިށީނދެލައިގެންނެވެ.

“މިއިސްތަށިގަނޑު ދޫކޮށްލާފަ ބެހެއްޓީމަ މާ ރީއްޗޭ… ލިމްއާއި ވަރަށް ގުޅޭ….” ލިމްޝާގެ އިސްތަށިގަނޑުގައި އައްސާފައިހުރި ވޫލްކޮޅު ދަމާގަންނަމުން ސުހާ ބުނެލިއެވެ.

“ދެން ސުހާ… ވޫލްކޮޅު ދީބަލަ….” ލިމްޝާ އުޅުނީ ސުހާގެ އަތުން ވޫލްކޮޅު އަތުލާށެވެ. ސުހާ އަތްނުވާންވެގެން ދުއްވާގަތީ ގަސްތަކާވީދިމާއަށެވެ.

“ސުހާ މަޑުކޮށްބަލަ… އަހަންނަކަށް ނުކެރޭނެ ތިހާއެތެރެއަށް ވަންނާކަށް…” ސުހާ މާއެތެރެއަށް ވަނުމުން ލިމްޝާ އެހިސާބަށް ދާން ޖެހިލުންވިއެވެ. ނަމަވެސް ސުހާ އަޑެއް ނާހައެވެ. އޭނާ ހުރިގޮތަށް ކުރިޔަށް ދިޔައީއެވެ. ލިމްޝާއަށް އެކަނި އައިދިމާއަށް ދާކަށްވެސް ނުކެރުނެވެ. ފަސްއެނބުރިފައި ކުރިމަތި ބަލާލިއިރު ސުހާ ފެންނަން ނެތުމުން ލިމްޝާއަށް ބިރުންގޮސް ހިންދިރުވާލެވުނެވެ.

“ސުހާ….” ބާރަށް ގޮވަންއުޅުނަސް ލިމްޝާގެ އަޑު ނުކުތީ ވަރަށް މަޑުންނެވެ. މަޑުމަޑުން ކުރިޔަށް ދިޔައިރު އޭނާގެ ނާޒުކު ހިތްވަނީ އެކިކަހަލަ ބިރުވެރި ޚިޔާލުތަކުން ފުރިފައެވެ. ގަހުގެ ގޮފިގަނޑެއް ހެލިލާއަޑު އިވެލިޔަސް މީހާ ހުރީ ބިރުން ފިއްކަނޑައިގެން ދާވަރުވެފައެވެ. ތަންކޮޅަކަށް ހިނގިއިރުވެސް ސުހާގެ ހިލަމެއް ނުވުމުން ލިމްޝާ ހުރީ ރޮވޭގޮތްވެފައެވެ. އެތާހުރި ބޮޑުގަހެއްގެ ކައިރީގައި މަޑުކޮށްލަމުން ލިމްޝާ އަނެއްކާވެސް ސުހާއަށް ގޮވާލިއެވެ. މިފަހަރުވެސް އޭނާގެ އަޑު ނުކުތީ ވަރަށް މަޑުންނެވެ. ލިމްޝާއަށް ރޮވުނެވެ. އެވަގުތު މީހަކު ފަހަތުން އޭނާގެ ކޮނޑުގައި އަތްލުމުން ލިމްޝާ ދިޔައީ ސިހިގެންނެވެ. އޭނާހުރީ ބިރުން ފަހަތް ބަލާލަންވެސް ނުކެރިފައެވެ.

“ލިމް….” ނަޝާމްގެ އަޑުއިވުމުން ލިމްޝާ ފަހަތް ބަލާލިއެވެ. ނަޝާމް ފެނުމުން ލިމްޝާއަށް ނަޝާމްގެ ގައިގައި ބައްދާލެވުނީ ގެންފައިވާ ބިރެއްގެ ބޮޑުކަމުންނެވެ. ނަޝާމްގެ ޓީޝާޓް އަތަށް ބޮނޑިކޮށްގެން ހުރެ ލިމްޝާ ރޮމުން ދިޔައެވެ. އޭނާގެ ހޫނު ކަރުނަތަކުން ނަޝާމްގެ ޓީޝާޓް ތެމެމުން ދިޔައެވެ.

“ހޭއި ލިމް… ނުރޮއެބަލަ… މާބޮޑަށް ބިރުގަތީދޯ… އަހަރެންވެސް މިހުރީ ލިމް ކައިރީގައެއްނު… ދެން އަވަހަށް ހުއްޓާލާ….” އެއްއަތުން ލިމްޝާގެ އުނަގަނޑުގައި ހިފަހައްޓާލައިގެން ހުރެ އަނެއްއަތުން ލިމްޝާގެ ބޮލުގައި ފިރުމަމުން ނަޝާމް ބުނެލީ ވަރަށް ލޯބިންނެވެ. ލިމްޝާ މަޑުމަޑުން ނަޝާމްއާއި ދުރަށްޖެހިލިއެވެ. ނަޝާމް ލިމްޝާގެ ލޮލުން އައިސްފައިވާ ކަރުނަތައް ފުހެލާދިނެވެ.

“ލިމް އެކަނި މިތާ ކީއްކުރަނީ…؟؟؟” ދިމަދިމާއަށް ބަލާލަމުން ނަޝާމް އަހާލިއެވެ.

“އަހަރެން އައީ ސުހާ….” ލިމްޝާ ވާހަކަ ދައްކަ ދައްކާ ހުއްޓާ ނަޝާމް ލިމްޝާގެ އަނގަމަތީ އަތްއެޅީ ބަޔަކު ވާހަކަދައްކާ އަޑުއިވުމުންނެވެ. ލިމްޝާގެ ގާތު ވާހަކަ ނުދެއްކުމަށް އިޝާރާތުން ބުނަމުން އެއްފަރާތުގައި އޮތް އޮފިގަނޑު ދުރުކޮށްލަމުން ނަޝާމް އެއަޑަށް ސަމާލުވެލިއެވެ.

“މިހާރު ލިމް ހުންނާނީ އަހަރެން ހެދިގޮތެއް ނޭނގިފައި…. ދެން އަހަރެންދަނީ….” އެއީ ސުހާގެ އަޑެވެ. ދެންފެނުނީ ގަސްތަކުގެތެރެއިން ސުހާ ނުކުތްތަނެވެ.

“އިހަށް މަޑުކޮށްބަލަ….” ގަސްތަކުގެ ތެރެއިން ނުކުންނަމުން ސުހާގެ އަތުގައި އެހިފީ އިޖާޒެވެ.

“ސުހާޔާއި އިޖާޒު…” ނަޝާމަށް މަޑުމަޑުން ބުނެވުނެވެ. ނަޝާމް މިހެން ބުނުމުން ލިމްޝާވެސް އުޅުނީ އެތަން ބަލާލާށެވެ. ނަޝާމްގެ ކޮނޑުމަތިން ބޯދިއްކޮށްލިވަގުތު އަރިއަޅާލައިގެން އެތާގައި ހިކިފައިއޮތް ފަތަކަށް އެރުމުން ގޮވި މުރަނައަޑުން ސުހާއާއި އިޖާޒު އެދިމާއަށް ބަލާލިއެވެ. ނަޝާމް ހުށިޔާރުކަމާއިއެކު ލިމްޝާގެ އަތުގައި ހިފައި ދަމާލަމުން އެތާހުރި ބޮޑުގަހާ ނިވާވެލިއެވެ. ލިމްޝާހުރީ އެބޮޑުގަހާއި ނަޝާމްއާއި ދެމެދުއެވެ. ދެމީހުނަށް ތިބެވުނީ ވައިރޯޅިއަކަށްވެސް އެދެމެދަށް ނުވަދެވޭހާ ގާތުގައެވެ. ނަޝާމްގެ ހޫނު ނޭވާ އެއްވެސް ހުރަހެއްނެތި ލިމްޝާގެ މޫނަށް އެޅެމުން ދިޔައެވެ. ނަޝާމްއާއި އެހާގާތުގައިވުމުން ލިމްޝާގެ ހިތް ޑަން ޑަން ލާފައި ޖެހެމުން ދިޔައެވެ. އެހާގާތުން ލިމްޝާގެ ވަށް މޫނު ފެނުމުން ނަޝާމްއަށްވެސް ބުނެދެން ނޭނގޭ ގޮތްތަކެއްވިއެވެ. ހިތްއެދި ގޮވަމުން ދިޔައީ ލިމްޝާގެ އެއޮމާން މޫނުގައި ފިރުމާލުމަށެވެ. އެކުޑަކުޑަ ތުންފަތުގެ މީރު ލައްޒަތު ލިބިގަތުމަށެވެ. އެބޮޑުދެލޮލާއި ދިގު އެސްފިޔަތަކުގައި ބޮސް ދިނުމަށެވެ. ނަޝާމްގެ އަތް މަޑުމަޑުން ހިއްލާލިއެވެ. އެއަށްފަހު ލިމްޝާގެ މޫނުމައްޗަށް ވެއްޓިފައި އޮތް އިސްތަށިކޮޅު އެއްފަރާތްކޮށްލިއެވެ. ނަޝާމްގެ އިނގިލި ލިމްޝާގެ މޫނުގައި ބީހިލިވަގުތު ލިބުނު އަރާމަކުން ލިމްޝާއަށް ލޯމަރާލެވުނެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އިހުސާސްތަކުގެ މައްޗަށް ގަދަވެގަންނަމުން ނަޝާމްގެ އަތް ފޮޅުވާލަމުން ލިމްޝާ ނަޝާމާއި ދިމާއަށް ލޯއަޅާލިއެވެ. ލިމްޝާގެ މިހަރަކާތުން ނަޝާމްގެ ގާތަށް އައީ ހިންޏެވެ.

 

“އެއިވުނީ ކޮންއަޑެއް…” އިރުކޮޅަކު އެދިމާއަށް ބަލަން ހުރެފައި ސުހާ އަހާލިއެވެ.

“އެވާނީ އެހެރަ ރުކުން ހިކި ގޮބޮޅިއެއް ވެއްޓުނީކަމަށް…” އެހިސާބުގައި ހުރިރުކަކަށް އިޝާރާތްކޮށް އިޖާޒު ބުނެލިއެވެ.

“ދެން އަހަރެންދަނީ… ލިމް މިހާރު އަހަރެން ހޯދާނެ…” ސުހާ އުޅުނީ އެތަނުން ދާށެވެ.

“ސުހާ ނުފެނުނީމަ ލިމް ދިޔައީ ކަންނޭނގެ… ނެތެއްނު ފެންނާކަށް… މަދުފަހަރަކު އަހަރެމެންނަށް މިގޮތަށް އެކަނި ވާހަކަ ދައްކާލަން ފުރުސަތެއް ލިބޭނީ… އާދެބަ މިތާ އިށީންނަން…” ތިރީގައި އިށީންނަމުން އިޖާޒު ބުނެލިއެވެ.

“އެހެންނޭ ވާނި… އިޖާ ބޭނުމެއް ނުވޭވިއްޔަ އަދި މީހަކަށް އަންގާކަށް… ދެން ވާހަކަ ދައްކާލާނެ ފުރުސަތެއްވެސް ނުލިބޭނެއްނު…” އިޖާޒުގާތު އިށީންނަމުން ސުހާ ޝަކުވާކޮށްލިއެވެ. ސުހާ އިށީނުމުން އިޖާޒު ސުހާގެ އުނގުމަތީ ބޯއަޅާލައިގެން އޮށޯތެވެ.

ސުހާމެންގެ ސަމާލުކަން އެހެންދިމާއަކަށް ދިޔުމުން ނަޝާމް ލިމްޝާއާއި ދުރަށް ޖެހިލިއެވެ. އަދި އޮފިގަނޑު ދުރުކޮށްލަމުން ސުހާމެންނާ ދިމާއަށް ބަލާލިއެވެ.

“އޯހް… ލަވް ބާޑްސް…. ބަސްޓްވީ….” ލާނެއް ގޮތަކަށް ހީލަމުން ލިމްޝާއަށް އަޑުއިވޭވަރަށް މަޑުމަޑުން ނަޝާމް ބުނެލިއެވެ.

“ސުހާވެސް ހާދަ މަކަރުގަދައޭ… އަހަންނަށް އަންގާވެސް ނުލަ…” އެދިމާއަށް ބަލާލަމުން ލިމްޝާވެސް ބުނެލީ އެހާ މަޑުންނެވެ.

“ހިނގާ އެމީހުނަށް ވަރުގަދަ ލަނޑެއްދެމާ….” ދެޖީބަށް އަތްޖަހާލަމުން ނަޝާމް ބުނެލިއެވެ.

“ކޮންކަހަލަ ލަނޑެއް ދޭނީ….” ލިމްޝާވެސް ނަޝާމާ އެއްބާވެލިއެވެ. ނަޝާމް ވިސްނާލިއެވެ. އެވަގުތު އެއްލިކަޅިއަކުން އޭނަޔަށް ފެނުނީ ތަންކޮޅެއް ދުރުގައި ހުރި އަހިވަށް ގަހެކެވެ. ލިމްޝާގާތު އެތާ މަޑުކުރުމަށް ބުނެފައި މަޑުމަޑުން ހިނގާލާފައި ގޮސް ނަޝާމްއައީ ފާވެފައި އޮތް ދެތިން އަހިވަށް ހިފައިގެންނެވެ. ދުވި ނުބައިވަހުން އަނގަޔަށް ގޮތެއް ހަދާލަމުން ލިމްޝާ ނޭފަތުގައި އަތް އެޅިއެވެ. ލިމްޝާ ހެދިގޮތުން ނަޝާމްގެ ގާތަށް ހިނިވެސް އައެވެ. ނަޝާމް އަމާޒުކޮށްފައި އެއަހިވައްތައް އިޖާޒުމެންނާ ދިމާއަށް އެއްލިއެވެ. އެއް އަހިވައް ގޮސް ޖެހުނީ ސުހާގެ ބޮލުގައެވެ. އަނެއް އަހިވަށް ޖެހުނީ އިޖާޒުގެ މޫނުގައެވެ. ދެންއޮތްދޭތި ޖެހުނީ ބިންމައްޗަށެވެ. އިއްތިފާގުން ނަޝާމަށް އެއެއްޗެހި އެއްލުނީ ސުހާމެންގެ ބޯމަތިން ކާޅުތަކެއް ދިޔަވަގުތުއެވެ.

“އައްޗީ…. ދުވާ ނުބައި ވަސް…. މީހާދަ ލާނެއް ކާޅުތަކެކޭ….” ބޮލުގައި އަހިވަށް ޖެހުނުތަނުގައި އަތްލުމަށްފަހު އަތުން ވަސްބަލާލަމުން ސުހާ ބުނެލީ އަނގަ ޗޭ ވެފައި ހުރެއެވެ. މިމަންޒަރު ފެނުމުން ލިމްޝާއާއި ނަޝާމް އަޑުނުވީއްލާހުރެ ހެމުން ދިޔައެވެ. އެމީހުން ތިބީ އެބޮޑުގަހާ ނިވާވެގެންނެވެ. އެންމެފަހުން ސުހާމެން އެތާ މަޑުނުކޮށް އެތަނުން ދިޔައީއެވެ. ސުހާމެން ދިޔުމުން ލިމްޝާމެންވެސް އެތަނުން ދިޔައީއެވެ. ދަމުން ދިޔައީ ސުހާމެންގެ ކަންތައް ބަސްޓްކޮށްލަން މޮޅުރޭވުމެއްވެސް ރާވާލައިގެންނެވެ.

ނުނިމޭ

Share Article

Follow Me Written By

Eemyaa

Level 810 Stories100 Comments100 Login500 Comments100 Stories500 Login

Other Articles

Previous

ކަޝްފު (2)

Next

މަޑުން އިނދެވުނު ނަމަ!!!…..

Next
January 7, 2015

މަޑުން އިނދެވުނު ނަމަ!!!…..

Previews
January 5, 2015

ކަޝްފު (2)

20 Comments!

  1. ummi says:
    January 6, 2015 at 12:27 am

    hehehe up v dhwww thank u dear 🙂 🙂

  2. ummi says:
    January 6, 2015 at 12:46 am

    varah reethi mi baiii vesss alhe haadha kurey dhn …
    waiting for the next part. …
    alhe avahah up kohdhehch

  3. eemiyaa says:
    January 6, 2015 at 12:59 am

    Ummi thihaa varah inthizaaru kuranyaa jeheyny avahah upp kuranthaa dw.. 🙂
    Btw thanks ummi. 🙂
    Maadhan story up nukureveynethyve kurukoh namaves mirey mi upp kohlyy.. next time dhigu kohlaanan in sha allah

  4. Maash says:
    January 6, 2015 at 3:28 am

    Thanks ehaa avahah up kuryma
    Mi part vess v nice
    Keep going on your hard working

  5. minte says:
    January 6, 2015 at 6:56 am

    Eemi dhen genesdheyny kon dhuvahakun ?

  6. Ishy says:
    January 6, 2015 at 8:24 am

    Vrh nyc mi part ves avahah up kohdhehchey….. :-* 🙂

  7. kiyuntheriyaa says:
    January 6, 2015 at 10:33 am

    Eemi ge vaahaka akee hama abadhuves inthizaaru kurevey trust kurevey vaahaka v reethi mi bai ves ! Upp kodhechey avahah!

  8. zee says:
    January 6, 2015 at 12:23 pm

    wow..varah reethi..

  9. hai says:
    January 6, 2015 at 12:24 pm

    Vvv reethi mi prt ves…nxt prt avahah up kohdhehchey…

  10. eemiyaa says:
    January 6, 2015 at 12:57 pm

    Thanks Maash, Ishy, Kiyuntheriyaa, Zee & Hai 🙂 🙂 🙂

  11. eemiyaa says:
    January 6, 2015 at 1:00 pm

    Minte, Thursday nyt ga next part genesdheynan In Sha Allah.. 🙂

  12. eemiyaa says:
    January 6, 2015 at 1:06 pm

    Kiyuntheriyaa, v happy vejje eem ge story ah inthizaaru koh trust kura vaahaka bunyma. 🙂

  13. maee says:
    January 6, 2015 at 1:52 pm

    Hahaha vvv majaaa!! masha allah, vvvvvvvv reeeethi vahaka eh….thnx avahah up kohdhinyma…….eem,masha allah hadha molhey sifa kollan…..maee ah hama heevee filmeh balalevey hn……nasham sifa kolli iru vx maee ah hama indhevunyky nooon..ingijje aee v.smart kuhjeh kan….vahakaige ehn scene thah vx hama bst!! Vahaka kiyamun dha iru sifa kurevey kamah vanya e vahaka eh e vrh molhu v….eyrah vahaka vrh kiya hiy vx vane…gud job eem! I wish u all the best swyty!!!!

  14. maee says:
    January 6, 2015 at 1:54 pm

    Thnx eha avahah up kohdhinyma!

  15. athoo .. says:
    January 7, 2015 at 12:19 pm

    Best of luck, eem!

  16. eemiyaa says:
    January 7, 2015 at 8:28 pm

    Thanks Maee.. nasham aky v smart kujjekey aslahves.. 🙂 🙂

  17. eemiyaa says:
    January 7, 2015 at 8:29 pm

    Thanks athoo 🙂

  18. sal says:
    January 8, 2015 at 9:51 pm

    reethi

  19. eemiyaa says:
    January 9, 2015 at 12:29 am

    Thanks sal

  20. sikey says:
    February 18, 2015 at 5:47 pm

    salhi

Comments are closed.


All Right Reserved!