އެރަށަކީ އީމަން ދުވަހަކުވެސް ނުދާ ރަށަކަށްވުމުން ބީރައްޓެހިކަމާއިއެކު އެކިދިމަދިމާއަށް ނަޒަރު ހިންގަމުން ގޮސް ބުކްޝޮޕާއި ދިމާއަށް ބަލާލެވުނެވެ. އެވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ ބުކްޝޮޕްތެރޭގައި ހުރި އަންހެންކުއްޖާއެވެ. އީމަން ފަރުވާތެރިކަމާއިއެކު އެކުއްޖާގެ ޙަރަކާތްތަކަށް ބަލާލިއެވެ. ފޮތްހަރުގަނޑެއްގައި ބަރިބަރިއަށް ޖަހާފައި ހުރި ފޮތްތައް ވަކިވަކިން ބަލަމުން ދިޔައިރު އެކުއްޖާގެ މޫނުމައްޗަށް ތަފާތު ކުލަތައް ވެރިވަމުން ދިޔައެވެ. ބަލާބެލުމަށް ބާވީސްވަރަކަށް އަހަރުގެ ކުއްޖެއްހެން ހީވިޔަސް އުޅޭއުޅުމުން ހީވަނީ ބާރަވަރަކަށް އަހަރުގެ ކުޑަކުއްޖެއްހެންނެވެ. އެއްބަރި ބަލާލުމަށްފަހު ތުންކޮޅު އޫކޮށްލުމަށްފަހު އަނެއްފޮތްބަރި ބަލާލައެވެ. […]
ރާކިންމެންނާއި ދިމާއަށް ހިނިތުންވެ ހުރެ ދިމްޔާ އެދިމާއަށް އާދެއެވެ. ފުދޭވަރަކަށް ކައިރިއަށް އައުމުން ދިމްޔާގެ ކަރުގައި އޮތް ފަށާއި އެފަށުގައިވާ “ޑީ” އަކުރު ޖެހި ފަށުފޫ ފެނުމުން ރާކިންއަށް އެއީ އޭނާގެ ދިމްޔާކަން ޔަޤީންވިއެވެ. އޭނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެގެން ދިޔައީ ދެހަފްތާ ފަހުން ދިމްޔާ ފެނުމުން ވީ އުފަލަކުންނެވެ. ކުއްލިއަކަށް ރާކިންގެ ތުންފަތުގައިވި ހިނިތުންވުން ފަނޑުވެގެން ދިޔައީ ދިމްޔާ އައި ގޮތަށް އައިސް އީމަންގެ އަތުގެ މުލައްދަނޑީގައި ހިފާލުމުންނެވެ. “ވަރަށް ހަނދާންވި….” އީމަންގެ މޫނަށް ބަލަހައްޓައިގެން […]
“ކީކޭ…..؟؟؟؟؟؟؟؟؟؟” ކުއްލިއަކަށް ރާކިން މިހެން ބުނެލުމުން ދިމްޔާ ރާކިންގެ މޫނަށް ބަލާލިއެވެ. ރާކިންގެ މޫނުމަތީގެ ކުލަވަރު ބަދަލުވެ ތުންފަތުގައިވި ހިނިތުންވުން ފަނޑުވުމުން ކޮންމެވެސް ކަމެއް ގޯސްވެއްޖެކަމަށް ދިމްޔާގެ ހަވަނަ ހިއްސު ދެނެގަތެވެ. “މަންމަމެންދޭ…. އަހަރެންވެސް މިދަނީ….” މިހެން ބުނެފައި ރާކިން ފޯން ކަނޑާލިއެވެ. ދިމްޔާ ރާކިންގެ އަތުގައި ހިފާލަމުން ކިހިނެއްވީތޯ އަހާލިއެވެ. “ހިނގާ ދާން…. އަހަރެން އެބަޖެހޭ އޭޑީކޭއަށް ދާން… އަހަރެންގެ ދެބެންގެދެދަރި ކުއްޖެއް ރުކަކަށް އަރާ އުޅެނިކޮށް ވެއްޓިގެން އަތްބިންދައިގެން ގޮސްގެން މާލެ ގެނެސްފި….” ދިމްޔާގެ […]
އާހިލްމެންގެ ގާތު ހުރެފައި ރާކިން ލަސްހިނގުމެއްގައި ދިމްޔާގެ ގާތަށް ގޮސް މަޑުކޮށްލިއެވެ. ރާކިން މަޑުމަޑުން ދިމްޔާގެ އަތުގައި ހިފާލުމުން ދިމްޔާ ސިހިފައި ބަލާލިއެވެ. އޭރު ރާކިން ހުރީ ސީދާ ދިމްޔާގެ ދެލޮލަށް ބަލަހައްޓައިގެންނެވެ. އެހާގާތުން ރާކިންގެ މޫނު ފެނި އެތޫނުދެލޮލުގައިވި ވިދުވަރަކުން ދިމްޔާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. “އައި ލަވް ޔޫ ދިމް…. ވިލް ޔޫ ބީ މައި ގާރލްފުރެންޑް…؟؟ ކުއްލިއަކަށް ގެނައި ހަރަކާތަކާއެކު ދިމްޔާގެ ކުރިމައްޗަށް ތިރިވެ އަތުގައި އޮތް ރަތް ފިނިފެންމާ ދިއްކޮށްލަމުން […]
އެހެންދުވަސްދުވަހާ ޚިލާފަށް މިއަދު މާވަރަކަށް ރާކިން އޭނާއަށް ބަލާހެން ދިމްޔާއަށް ހީވިއެވެ. ނަމަވެސް އެތޫނު ދެލޮލުން މިއަދު ފެންނަނީ ލާނެއްކަމެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލްވާވަގުތު ތުންފަތަށް ލާނެއް ހިނިތުންވުމެއް ވެރިވާކަންވެސް ދިމްޔާއަށް ފާހަގަކުރެވުނެވެ. ކުއްލިއަކަށް ރާކިންގެ މޫޑު މިހާރަނގަޅުވީ ކީއްވެބާއޭ ދިމްޔާގެ ހިތަށް އެރިއެވެ. ރާކިން އެހާވަރަށް ބަލާތީ ދިމްޔާ ލަދުގަތެވެ. އިސާހިތަކު އޭނާގެ ދޮންމޫނަށް ޖަންބުކުލަ ވެރިވެގަތެވެ. ރާކިން މާވަރަކަށް ބަލާތީ ކައިރީގައި ހުރި ރުހާގެ ފަހަތަށްވަދެ ދިމްޔާ ނިވާވެލިއެވެ. އޭރުވެސް ރާކިން ހުރީ ލާނެއްގޮތަކަށް […]
ލައިބްރަރީއަށް ވަދެގެން އައި ރާކިންގެ ދެލޯ އަވަސް ހަރަކާތަކާއިއެކު އަމާޒުވީ އެމީހުން އާންމުކޮށް އިށީންނަ ދިމާއަށެވެ. އެންމެފުރަތަމަވެސް ރާކިންގެ ލޮލުގައި އަޅައިގަތީ ދިމްޔާއެވެ. ދިމްޔާގެ ދެލޮލުން ހުއްޓުމެއްނެތި ކަރުނަ ފައިބާތަން ފެނުމުން ރާކިންގެ މެޔަށް ނުބައި ގޮތެއް ވެގެން ދިޔައެވެ. ރާކިން އަވަސް ފިޔަވަޅުތަކަކާއިއެކު ދިމްޔާމެންނާއި ދިމާއަށް ހިނގައިގަތެވެ. އޭރު ރުހާ އާއި ޖަޒްލީ ދިމްޔާގެ ދެފަރާތުގައި ތިއްބެވެ. ރުހާ އިނީ ދިމްޔާގެ އަތުގައި ހިފަހައްޓާލައިގެންނެވެ. އާހިލްއާއި އިދާމްވެސް އެތާގައި ތިއްބެވެ. “ދިމް… ދިމް ކީއްވެ ތިރޮނި….؟؟؟ […]
“ދިމްގެ ބޯއިފުރެންޑް އެބައުޅެ މިއަދު މާލެއައިސް….. އެހެންވެ އޭނަ މިއަދު ނިމުންގަޑީގަ ބަލާ އައީމަ ދިޔައީ….” ރުހާ ބުނެލީ ސީދާ ރާކިންގެ މޫނަށް ބަލަން ހުރެއެވެ. ރުހާގެ ޖުމްލަ ރާކިންއަށް އަޑުއިވިގެން ދިޔައީ ހޮނު ގުގުރިއެއް ފަދައިންނެވެ. އޭނާގެ ހިތުތެރޭގައި ބޮޑު ހައިޖާނުގަނޑެއް އުފެދުނެވެ. ދެލޯފެންކަޅިވީ އިޚުތިޔާރަކާ ނުލައެވެ. “ދިމް އުޅެނީ ކުއްޖަކާ ރައްޓެހިވެގެންތަ…؟؟؟؟” ރާކިންއަށް ވީގޮތްފެނި އާހިލް އަހާލީ ގަބޫލު ކުރަން ދަތިވެފައި ހުރި ކަހަލަ ގޮތަކަށެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ.؟ މީގެ ކުރިން އެހާ […]
މަދުމަދުން ނަމަވެސް ދުއްވާ އެއްޗެހި އެމަގުން ދަތުރުކުރަމުން ދިޔައެވެ. ދިމްޔާގެ ގާތަށް ގޮސް ހުއްޓުން ރާކިން ފުރަގަސްދީގެން އިން ދިމްޔާގެ ކޮނޑުގައި އަތްޖަހާލުމުން ދިމްޔާ ފަހަތް ބަލާލިއެވެ. އެވަގުތު ދިމްޔާގެ މޫނު ފެނުމުން ރާކިންގެ ގައިން ދިޔައީ ހީބިހި ނަގައިގެނެވެ. ދިމްޔާގެ ލޮލުން ހުއްޓުމެއް ނެތި ކަރުނަ އަންނަމުން ދިޔައެވެ. ރުއިމުގެ ސަބަބުން ދެލޯވަނީ ރަތްވެ ދުޅަވެފައެވެ. ދޮންމޫނަށް ވަނީ ލޭކުލައަރާލާފައެވެ. ނޭފަތްކައިރި ވަކިން ރަތްހެން ހީވެއެވެ. އެމޫނުމަތީގައިވާ ހިތާމަވެރިކަން ފެނިއްޖެނަމަ އަސަރުނުކުރާނެ ހިތެއް ނުވާނެކަންގައިމެވެ. ރާކިންފެނުމުން […]
ދުވަހަކީ ބަންދު ދުވަހަކަށް ވެފައި ވަގުތަކީ ރޭގަނޑުގެ ވަގުތުކަމުން އިތުރު ބަޔަކު ކޮލެޖު ތެރެއިން ފެންނާކަށް ނެތެވެ. ފާހާނާއަށް ވަންނަން ދިޔަ ދިމްޔާއަށް ފާހާނާއަށް ނުވަދެވި އުޅެނިކޮށް މީހަކު އޭނާގެ އަނގަމަތީގައި އަތްއަޅައި އަނގަ ބަންދުކޮށްލިއެވެ. ބިރުންގޮސް ދިމްޔާގެ ހިތް ހީވީ ކުޑަވަގުތުކޮޅަކަށް ނަމަވެސް ހުއްޓުނު ހެންނެވެ. ދިމްޔާ ހުރީ ހަދާނެގޮތް ހުސްވެފައެވެ. އަނގަމަތީގައި އަތް އަޅާފައިވުމުގެ ސަބަބުން ކިތަންމެ ބާރަށް ހަޅޭލެވިކަމުގައިވިޔަސް އަޑު ބޭރުވާގޮތެއް ނުވިއެވެ. ގައިގައި ހުރި ބާރެއް ލާފައި އެމީހެއްގެ އަތް ނެއްޓުވޭތޯވެސް […]