Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ދިމްޔާ (6 ވަނަ ބައި)

Eemyaa
August 24, 2015
7 Mins Read
43 Comments

“ދިމްގެ ބޯއިފުރެންޑް އެބައުޅެ މިއަދު މާލެއައިސް….. އެހެންވެ އޭނަ މިއަދު ނިމުންގަޑީގަ ބަލާ އައީމަ ދިޔައީ….” ރުހާ ބުނެލީ ސީދާ ރާކިންގެ މޫނަށް ބަލަން ހުރެއެވެ. ރުހާގެ  ޖުމްލަ ރާކިންއަށް އަޑުއިވިގެން ދިޔައީ ހޮނު ގުގުރިއެއް ފަދައިންނެވެ. އޭނާގެ ހިތުތެރޭގައި ބޮޑު ހައިޖާނުގަނޑެއް އުފެދުނެވެ. ދެލޯފެންކަޅިވީ އިޚުތިޔާރަކާ ނުލައެވެ.

“ދިމް އުޅެނީ ކުއްޖަކާ ރައްޓެހިވެގެންތަ…؟؟؟؟” ރާކިންއަށް ވީގޮތްފެނި އާހިލް އަހާލީ ގަބޫލު ކުރަން ދަތިވެފައި ހުރި ކަހަލަ ގޮތަކަށެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ.؟ މީގެ ކުރިން އެހާ އެއްކޮށް އުޅުންއިރުވެސް އެކަހަލަ ވާހަކައެއް ދެކެވިފައެއް ނެތެވެ.

“ހޫމް…. އެކަމް އެއީ ވަރަށް ފޫހި މީހާގަނޑެއް…. އަހަރެން ހިތަށް އަރާ ދިމް ކީއްވެބާއޭ އޭނާއާއި އެކީ އެއުޅެނީ…..” ޖަޒްލީ ބުނެލި ގޮތުންވެސް އޭނާ ފޫހިވާވަރު ހާމަވެގެން ދިޔައެވެ. އެހެންނަމަވެސް އެހެން ކަމަކާ ދޭތެރޭ ވިސްނާ ވަރަށްވުރެ ބޮޑަށް މިވަގުތު ރާކިންގެ ހިތުތެރޭގެ ހާލު މާބޮޑެވެ.  އޭނާ ބޭނުންވީ މިވަގުތު އެކަނިވެލާށެވެ. އެހެންކަމުން ކުޑަކަމެއް ކުރަންވެފައި އެބައޮތޭ ބުނެފައި ރާކިން އަވަސް އަވަހަށް ނުކުމެގެން ދިޔައީ އިތުރު މީހަކު ވާހަކަ ދައްކަން ފުރުސަތެއްވެސް ނުދީއެވެ. ރާކިން ދިޔަ ދިމާއަށް ބަލަހައްޓައިގެން ރުހާމެން ތިއްބެވެ. ރާކިން ނުބުނި ކަމުގައިވިޔަސް ރާކިންގެ މޫނުމަތީގެ ކުލަވަރުންނާއި ކުއްލިއަކަށް ރާކިންގެ މިޒާޖަށް އެއައި ބަދަލުން ރާކިންގެ ހިތުތެރޭގެ ހާލު ރުހާމެން އެންމެނަށްވެސް ދެނެގަނެވުނެވެ. ފަހަކަށް އައިސް ރާކިންގެ ޢަމަލްތައް ހުންނަ ގޮތުން ރާކިން ދިމްޔާއާއި ގަޔާވާކަން އެންމެނަށްވެސް އެނގެއެވެ.

“ކީއްވެ ދިމްގެ ބޯއިފުރެންޑްދެކެ ފޫހިވެއޭ ތިބުނީ….؟؟؟؟ ވަރަށް ދުވަސްވެއްޖެތަ އެމީހުން ރައްޓެހިވެގެން އުޅެނީ….؟؟؟” އާހިލް ބޭނުންވީ އިތުރަށް އެކަން އޮޅުންފިލުވާށެވެ.

“އަހަރެއްހާ ދުވަސް ވެދާނެ ރައްޓެހިވެގެން އުޅެނީ…. އޭނަ އެއީ ވަރަށްފާޑެއްގެ މީހެއް…. ބައެއްފަހަރު ވަރަށް ރުޅިގަދަވާނެ…. ހިތަށް އެރީއާއި އޭނަހާ ރަނގަޅުމީހަކުވެސް ނުހުންނާނެ…. ދެން ނޭނގެ އަހަންނަކަށް…. ހާދަ ފޫއްސެއްވޭ…. ދިމްއަށްވެސް ރަނގަޅުވާނީ ހިތަށް އެރީއާ…..” އަނގަކޮޅަށް ގޮތެއް ހަދާލަމުން ރުހާ ބުނެލިއެވެ.

“ހާދަފޫއްސެކޭ ދޯ ތިވަނީ….. ދެން ރޫ ގެ ހީރޯ ކިހިނެއްތަ….؟؟؟” އާހިލް ބޭނުންވީ އެންމެންގެ މޫޑު ރަނގަޅު ކޮށްލާށެވެ. އާހިލް މިހެން އަހާލުމުން ރުހާ އޭނާގެ އަތުގެ ބޮޑުވާއިނގިލި ދައްކާލަމުން ހިނިތުންވެއިނދެ ގާތުގައި އިން އިދާމްގެ އަތުގައި ހިފައިލިއެވެ.

ދިމްޔާއާއި ރާކިން ނެތުމުން އެމީހުންވެސް އެތާ މަޑުނުކޮށް ދިޔައީއެވެ.

ގެއަށް އައިގޮތަށް ރާކިން މިސްރާބުޖެހީ އޭނާގެ ކޮޓަރިއާއި ދިމާއަށެވެ. ނަސީބަކުން ގޭގެ އެއްވެސް މީހަކާ ކުރިމަތިލާން ނުޖެހި ކޮޓަރިއަށް ވަދެވުނެވެ. އެއީ މިވަގުތު އޭނާ ބޭނުންވާވެސް ގޮތެވެ. އެއްވެސް މީހަކާ ކުރިމަތިލާނެ ހިތްވަރެއް މިވަގުތު އޭނާގެ ގަޔަކު ނެތެވެ. އެއަށްވުރެ ބޮޑަށް އޭނާގެ ހިތަށް ވަނީ އަސަރުކޮށްފައެވެ. ކޮޓަރިއަށް ވަންގޮތަށް ސޯފާއަށް ދަބަސް އެއްލަމުން ރާކިން އިށީނީ އެނދުކައިރި ޓައިލްސްތައް މަތީގައެވެ. އޭރު އޭނާގެ ލޮލުން ވެއްޓުނު ކަރުނަތިކި ކޮތާފަތުން ފޭދިގެން އައިސް އޭނާގެ އަތްތިލައަށް ވެއްޓުނެވެ. ރާކިން ހައިރާންވެފައި ކަރުނަތިއްކަން ބަލަހައްޓައިގެން ގަނޑުވެފައި ކަހަލަ ގޮތަކަށް އިނެވެ. އާނއެކެވެ. އޭނާއަށް ރޮވެނީއެވެ. ބޮޑު ފިރިހެނަކަށް ވީނަމަވެސް ހިތަށް ކެތްނުވާވަރުވުމުން ރޮވުނީއެވެ. ދުވަހަކު މިހާ ދެރަވިހަނަދާނެއް ރާކިން ނުވެއެވެ. މިނޫނީ އަންހެންކުއްޖަކަށްޓަކައި އޭނާ ރޮވެފައެއްވެސް ނުވާނެއެވެ. ދެއަހަރުދުވަސް ވަންދެން ރައްޓެހިވެގެން އުޅުން ލޯބިވެރިޔާ ބޭވަފާތެރިވެ އޭނާ ދޫކޮށްލާފައި ދިޔުމުންވެސް އޭނާއަށް މާބޮޑު އަސަރެއް ނުކުރެއެވެ. އެކަމަކު ދިމްޔާއަކީ އެހެން މީހެއްގެ ހައްގެއްކަން އެނގުމުން އޭނާއަށް މިހާވަރުވީ އޭނާ ދިމްޔާދެކެ ދީވާނާވާ ވަރަށް ލޯބިވާތީއެވެ.

ޖެހިގެން އައި ދުވަހެވެ. ކުލާހަށް ވަން ގޮތަށް އިސްޖަހައިލައިގެން ހުރެ ރާކިން ދިޔައީ އޭނާ އިށީންނަ ތަނަށެވެ. އެހެން ދުވަސް ދުވަހާ ޚިލާފަށް ބަލާވެސް ނުލާ ރާކިން ދިޔުމުން ދިމްޔާ ފަސްއެނބުރި ބަލަހައްޓައިގެން އިނެވެ. އެވަގުތު ރާކިންއަށް ވެސް ދިމްޔާއަށް ބަލާލެވުނެވެ. ދިމްޔާ ހީލުމުން ރާކިންވެސް ހީލިއެވެ. ދިމްޔާއާއި ދުރުން އުޅުން ކިތަންމެ އުނދަގޫވި ނަމަވެސް އޭނާއަށް އެނޫން ގޮތެއްވެސް ނެތެވެ. އެހެން ނޫނީ އޭނާއަށް ދެން ކުރިމަތިލާން ޖެހޭނީ ދިމްޔާގެ ސުވާލުތަކާއެވެ. އެސުވާލުތަކުގެ ޖަވާބެއް އޭނާއަކަށް ނުދެވޭނެއެވެ. ދިމްޔާއަކީ އޭނާގެ ލޯބިވެރިޔާއަށް ނުހެދުނުކަމުގައިވިޔަސް ދިމްޔާގެ އެކުވެރިއެއްގެ ގޮތުގައި ހުންނަން އޭނާ ބޭނުންވެއެވެ. ވިސްނުމަށް ގެއްލިފައި އިން ރާކިން ސިހުނީ އޭނާގެ ފޯނަށް މެސެޖެއް އައުމުންނެވެ. ރާކިން ފޯން ބަލާލިއެވެ. ދިމްޔާގެ މެސެޖެކެވެ.

(“ރެކް ބަލީތަ….؟؟؟ ލޮލަށް ކިހިނެއްވެފަ ތިހުރީ….؟؟؟؟ ރޭގަ ނުނިދަނީތަ….؟؟؟؟”) މެސެޖުގައިވާ އިބާރާތްކޮޅު ކިޔާލުމަށްފަހު ރާކިން ދިމްޔާއަށް ބަލާލިއެވެ. ރާކިން ބަލާލުމުން ދިމްޔާ ލޮލުގެ އިޝާރަތުން ކިހިނެއްވީތޯ އަހާލިއެވެ.

ރޭގަ ހޭލާ ފިލާވަޅުކިޔަން އިނީ ކަމަށް ބުނެ ރާކިން މެސެޖެއް ލިޔެފައި ފޮނުވާލިއެވެ. ދިމްޔާ މެސެޖު ކިޔާލުމަށްފަހު އަތުގެ ބޮޑުވައި އިނގިލި ދައްކާލަމުން ހީލުމަށްފަހު އަނެއްފަރާތަށް އެނބުރުނެވެ. ދިމްޔާއަށް ދޮގު ހަދަން ޖެހުމުން ރާކިން ވަރަށް ދެރަވިއެވެ. އެކަމަކު ހަގީގަތް ހާމަކުރާނީވެސް ކިހިނަކުން ހެއްޔެވެ.؟

ކުލާސް ނިމުމުން ރާކިން އުޅުނީ ގެއަށް ދާންވެގެންނެވެ. އެހެން ނަމަވެސް ރާކިން ކުލާހުން ނުކުތްތަނާ ފޯނަށް މެސެޖަށް އައެވެ. ފިލާވަޅެއް ހަދަން ރާކިންގެ އެހީއެއް ބޭނުންވާ ކަމަށް ބުނެ ރުހާ ފޮނުވާފައިވާ މެސެޖެކެވެ. މެސެޖު ކިޔާލުމަށްފަހު ރާކިން ފޯނު ޖީބަށްލަމުން ލައިބްރަރީއާއި ދިމާއަށް ހިނގައިގަތެވެ.

ރާކިން ލައިބްރަރީއަށް ވަން އިރު އެންމެން ހަމައަށް ތިއްބެވެ. އެންމެންގެ މޫނަށް ބަލާލުމުން ކޮންމެވެސް މަޖާ ވާހަކައެއް ދައްކާފައި ހެނީކަން ރާކިންއަށް އެނގުނެވެ. ރާކިންވެސް ފުންނޭވާއެއް ބޭރުކޮށްލުމަށްފަހު ހަމަޖެހޭގޮތް ދެއްކުމަށްޓަކައި ގަދަކަމުން ތުންފަތަށް ހިނިތުންވުމެއް ވެރިކުރުވިއެވެ. އެއަށްފަހު މަޑުމަޑުން އެމީހުން ތިބި ދިމާއަށް ހިނގައިގަތެވެ.

“ކޮންކަމަކާތަ އެންމެން މާ މަޖާވެފަ ތިހެނީ….؟؟؟؟” ހުސްކޮށްހުރި ގޮނޑިއެއްގައި އިށީންނަމުން ރާކިން މިހެން އަހާލީ އާދައިގެ މަތިން އޭނާ ވާހަކަ ދައްކާ މަޖާ މޫޑުގައެވެ. އޭނާގެ ހިތަށް ކޮށްފައިވާ އަސަރު އެހެން މީހަކަށް ފަހުމްވާކަށް ރާކިން ނޭދެއެވެ.

“ރެކް ތިއައީ ވާހަކަ ކިޔާ ނިމުނީމައެއްނު….  އަހަރެން މިމީހުންނަށް މިކިޔައިދިނީ އިއްޔެ ޝާއިންއާއި އެކު ގެއަށް ދިޔަ މަގުމަތީ ދިމާވި މަޖާ ކަމެއްގެ ވާހަކަ…..” މަޖާވެފައި އިނދެ ދިމްޔާ ބުނެލިއެވެ. އަދި އެއަށްފަހު ކައިރީގައި އޮތް ފޮތް ހުޅުވާލިއެވެ.

“ޝާއިން އެއީ ކާކު…؟؟؟؟” ރާކިންގެ ސުވާލުން ދިމްޔާ ކުޑަކޮށް މަޑުޖެހިލިއެވެ. އޭނާ ރާކިންއަށް ބަލާލިއިރު ރާކިންވެސް އިނީ ސީދާ އޭނާގެ ދެލޮލަށް ބަލަހައްޓައިގެންނެވެ. ދެންތިބި މީހުން އަނގައިން ނުބުނެ މަޑުމަޑުން ތިއްބެވެ.

“އެއީ… އަހަރެންގެ ބޯއި ފުރެންޑް….” ކުޑަކޮށް ހިނިތުންވެލަމުން ދިމްޔާ ޖަވާބު ދިނެވެ. ރާކިން އެސުވާލު ކުރުމުން ދިމްޔާ ހާސްވީ ކީއްވެ ކަމެއް ހުދު ދިމްޔާއަކަށްވެސް ނޭނގެއެވެ. އެކަމަކު ރާކިންގެ އެސުވާލަށް ޖަވާބު ދޭން އޭނާއަށް އުނދަގޫވިކަން ދިމްޔާއަށް ފާހަގަ ކުރެވުނެވެ.

އެނގިހުރެ ރާކިން ދިމްޔާއާއި އެސުވާލުކުރީ ދިމްޔާގެ ފަރާތުން އެއީ ކާކުތޯ ދެނެގަންނަން ބޭނުންވާތީއެވެ. އެހެނަސް އެހެން މީހެއްގެ  ދުލުން ބުނުމަށްވުރެ ދިމްޔާގެ ދުލުން އެބަސްތައް ބޭރުވުމުން އޭނާގެ ހިތަށް ކުރި އަސަރު މާބޮޑެވެ. ހަމްދަރުދީގެ ނަޒަރަކުން އާހިލް ރާކިންއަށް ބަލާލީ މިވަގުތު ރާކިންގެ ހިތަށް ކުރާނެ އަސަރު އަންދާޒާ ކޮށްލަމުންނެވެ.

“އެކަމަކު ދިމް ނުވެސް ބުނަމެއްނު ކުއްޖަކާ ރައްޓެހިވެގެން އުޅޭ ވާހަކައެއް….” ހިތަށް ކޮށްފައިވާ ފުން އަސަރުތައް ފަރުދާކޮށްލަމުން ރާކިން މިހެން އަހާލީ ހަމަޖެހޭ ގޮތް ދައްކާލަމުންނެވެ.

“ރާކިން ވެސް ނާހަމެއްނު…. އެހިނަމަތާ އަހަރެން ބުނާނީ…” ހީލަމުން ދިމްޔާވެސް ބުނެލިއެވެ.

ދުވަސްތައް ފާއިތުވަމުން ދިޔައިރު ރާކިންވެސް އައީ މަޑުމަޑުން ހަމައަކަށް އެޅެމުންނެވެ.  އެހެނަސް އޭނާގެ ހިތުގައި އުފެދިފައިފާ ދިމްޔާގެ ލޯތްބަށް ކުޑަވެސް ބަދަލެއް ނާދެއެވެ. އެލޯބި ތާޒާކަންމަތީ ރާކިންގެ ހިތިތެރޭގައި ފޮރުވިފައި ވެއެވެ.

ދިމްޔާއާއި އޭނާގެ ބައިވެރިން ގަލޮޅު ބޯޅަދަނޑަށް ގޮސް ތިބީ ކޮލެޖުތަކުގެ މެދުގައި ބާއްވާ ފުޓްބޯޅަ މުބާރާތުގައި އެދުވަހު ދިމްޔާމެންގެ ކޮލެޖުގެ ޓީމް ކުޅެން ހަމަޖެހިފައިވާތީ އެމީހުނަށް ސަޕޯޓް ކުރުމަށްޓަކައެވެ. ދިމްޔާމެންނަކީ އާންމުކޮށް އެކަހަލަ މުބާރާތްތައް ބަލަން ދާ ބަޔަކަށް ނުވި ކަމުގައިވިޔަސް މިއަދު އެވަރަކުން ދިޔައީ އިދާމްވެސްކޮލެޖުގެ ޓީމްގައި ހިމެނޭތީ އޭނާއަށް ސަޕޯޓްކުރުމަށެވެ.

“ދެން މިތިބީ ރަނޑު ދެކުދިން ދޯ….” ރާކިންއަށާއި އާހިލްއަށް ނިސްބަތްކޮށް ޖަޒްލީ މިހެން ބުނުމުން ދިމްޔާއާއި ރުހާ ހޭންފެށިއެވެ.

“އައްދޭ…. ތީހަމަ ޖަޒްއަށް ހީވާގޮތް… ރޫވެސް އަދި އެބަ ހެއެއްނު…. ތިއުޅެނީ އަދި ރެކްގެ ކުޅުން ނުފެނިގެން…. އޭނަ އިދާމަށްވުރެވެސް މޮޅުވާނެ ކުޅެން…..” ރާކިންގެ ވަކީލެއް ފަދައިން އާހިލް ޖަޒްލީއަށް ރައްދުދިނެވެ.

“އެހެންތަ…؟؟؟ ދެން ތިބުނާހާ މޮޅިއްޔާ އޭނަ ހުންނާނީ ދަނޑުގައެއްނު…. ކީއްވެތަ މިތާއަހަރެމެންގާތު  މިއިނީ….؟؟؟؟” ރުހާވެސް އާހިލްއަށް ރައްދުދިނެވެ. ރުހާ މިހެން ބުނުމުން ޖަޒްލީވެސް އޭނައާއި އެއްކޮޅަށް ހިފާލިއެވެ.

“ތަންކޮޅެއް ކުރިން މުބާރާތެއްގައި ކުޅެނިކޮށް ކަކުލު ހުޅު ބިންދައިގެން ދިޔައީ…. އެހެންވެ ޖެހުނީ އޮޕަރޭޝަން ކުރަން…. ޑޮކްޓަރު ބުނި އަހަރެއްގެ ފަހުން ކުޅުނަސް ރަނގަޅުވާނޭ…. އެކަމު މަންމަ ގަބޫލު ނުވީމަ ކުޅުން ހުއްޓާލީ……” ރާކިން އޭނަ ފުޓްބޯޅަ ނުކުޅޭ ސަބަބު ޖަޒްލީމެނަށް ބުނެދިނެވެ.

“އައްދޭ މީ މަންމަގެ ބޯއި ދޯ…..” ގާތުގައި އިން ރާކިންގެ ކޮލުގައި ހިފާލަމުން ދިމްޔާ ބުނެލީ ހެވިފައި އިނދެއެވެ. ރާކިންވެސް ދިމްޔާއަށް ބަލާލަމުން ހީލީ އޭނާގެ ޖަޒުބާތުތައް ކޮންޓްރޯލް ކުރަމުންނެވެ.

އިރުކޮޅެއްގެ ތެރޭގައި މެޗް ފެށިގެން ދިޔައެވެ. ދެޓީމަކީވެސް އެއްވަރުގެ މޮޅު ދެޓީމުކަމުން ދެފަރާތުން އެއްވަރަށް ހަމަލާތައް ރައްދު ކުރަމުން ދިޔައެވެ.

މެޗު ނިމިގެން ދިޔައިރު ދެފަރާތުންކުރެ އެއްޓީމަކަށްވެސް ގޯލެއްޖެހިފައި ނުވުމުން ޖެހުނީ ޕެނެލްޓީ ޖަހާށެވެ. ޕެނަލްޓީ ޖަހައިގެން މޮޅުވީ ދިމްޔާމެންގެ ކޮލެޖުގެ ޓީމެވެ.

މިމެޗުން މޮޅުވެއްޖާ މެޗުނިމޭގޮތަށް ކާންދޭނަމޭ އިދާމް ބުނެފައި އޮތުމުން ދިމްޔާމެން ތިބީ ދަނޑުކައިރި ބޭރުގައި އިދާމް އަންނަންދެން މަޑުކޮށްލައިގެނެވެ.

ދުވަސްކޮޅަކީ ވިއްސާރަ ދުވަސްކޮޅެއްކަމުން އެދުވަހު ކުޑަކޮށް ވައިވެސް ގަދައެވެ. އެންމެން މަޖާވާހަކައެއްގައި ތިއްބާ ކުއްލިއަކަށް ޖެހެލި ވައިރޯޅިއަކާއިއެކު ދިމްޔާގެ ކަރުގައި އަޅާފައިވާ ދޯބައްޓާ ވަޔާއިއެކު ވިހުރިފާގޮސް އެޅުނީ ގާތުގައި ހުރި އާހިލްގެ ބޮލުގައެވެ.

“މި ދިމްއާއި ހެދި އަހަންނަށް ނެތް މިހާރު ހަމަޖެހިގެން ނޭވާވެސް ލެވޭކަށް…. އަހަރެން ހިތަށް އަރާ ކީއްކުރަން އޮޅައިގެން އުޅޭ ފޮތިގަނޑެއް ބާވައޭ މީ….” ރަށްފުށުގެ މީހުން ވާހަކަ ދައްކާ ކަހަލަ ރާގަކަށް އާހިލް މިހެން ބުނުމުން އެންމެން އެއްފަހަރާ މަޖާ ވެފައި ހޭންފެށިއެވެ. އޭރުވެސް ދޯބައްޓާ އޮތީ އާހިލްގެ ބޮލުގައި އެޅިފައެވެ. އެނައްޓާކަށްވެސް އޭނާ ނޫޅެއެވެ.

“ތިހެން ހުރީމަ އަހަރެން ހަނދާންވަނީ ކަސޯޓީ ޑުރާމާ މަތިން…..” އާހިލްއާއި ދިމްޔާ އެގޮތަށް ތިބުމުން ޖަޒްލީ ބުނެލިއެވެ.

 “އެހެން ތިބީމަ އަހަރެން ހަނދާންވަނީ ކަސޯޓީ މައްޗަކުން ނޫން…. ހަނދާންވޭތަ ތަންކޮޅެއްކުރިންދުވަހަކު ޝާހިން ސަރ ދިމްގާތު ކުލާހުން ބޭރަށް ދާށޭ ބުނީމަ ދިމް ހިނގައިގަތްތަނުން ދިމްގެ ދޯބައްޓާ ރެކްގެ މޫނުގައި  އެޅުން ދުވަސް…. އެދުވަހު ރުޅި އައިސްގެން ގޮސް ރެކްގެ މޫނު ހީވީ އަނގުރު އަލިފާންކޮޅެއްހެން…..” މިހެން ބުނެފައި ރުހާ ހޭންފެށިއެވެ. ރުހާ މިހެން ބުނުމުން ދިމްޔާއަށާއި ރާކިންއަށް އެކަކު އަނެކަކުގެ މޫނަށް ބަލާލެވުނެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލްވި ހިނދު ދެމީހުނަށްވެސް އިސްޖަހާލެވުނީ ދައްކަންފެށި ވާހަކައެއްގެ ސަބަބުންނެވެ. ދިމްޔާގެ މޫނަށް އިސާހިތަކު ރަތްކުލަވެރިވެގަތީ އެދުވަހު ކަންހިނގާދިޔަގޮތް ހަނދާންވުމުން ގަތްލަދެއްގެ ބޮޑުކަމުންނެވެ. އޭރު ދިމްޔާއާއި ދޭތެރޭ ކަންތައް ކުރެވުނު ގޮތުން ރާކިންވެސް ހުރީ ލަދުގެންފައެވެ.

“އާން ދޯ… އަހަރެންވެސް އެދުވަސް ވަރަށް ހަނދާންވޭ… އެދުވަސްކޮޅު ދިމްފެންނަ އިރަށް ރެކް ހުންނާނީ ހައިޕަރ މަތިވެފަ…. އޭރު އަހަރެން ހިތަށް އަރާ މިފިރިހެނާ އެހާ ރުޅިގަދައީ ކީއްވެބާއޭ….؟؟؟” ރާކިންގެ ކަންފަތުގައި ހިފާލަމުން ޖަޒްލީ ބުނެލީ ލާނެއް ގޮތަކަށެވެ. ދިމްޔާވެސް ލުއި ހިނިތުންވުމަކާއިއެކު ރާކިންއަށް ބަލާލިއެވެ. އޭރު ޖަޒްލީ ކަންފަތުގައި ހިފާފައި ހުރުމުން ކަންފަތުގައި އަތް އަޅައިގެން ހުރިއިރު އަނގައިން ވައްތަރެއް ޖައްސައިލައިގެން ހުރުމުން ރާކިން ވަކިން ރީތިކަމަށް ދެއްކިއެވެ. އެވަގުތު ދިމްޔާއަށް ރާކިންގެ ރީތިކަމާއި ފިރހެންވަންތަކަން ފާހަގަކުރެވި ހިތުގައި ވިންދުޖަހާލީ ތަފާތު ގޮތަކަށެވެ. ޖެހިލާ މަޑުމަޑު ވައިރޯޅިއާއިއެކު އެފަންއިސްތަށިގަނޑު ވިހުރިލާއިރު އެމޫނުމަތީގައިވަނީ ޒުވާންކަމުގެ ލާމަސީލެއް ނެތްފަދަ ރީތިކަމެވެ. ރާކިންގެ ތޫނު ނަޒަރު ސީދާވުމުން ދިމްޔާގެ ގައިން ހީބިހި ނަގައިގެން ދިޔައީ ކުރެވުނު އިހުސާސެއްގެ ސަބަބުންނެވެ. ދިމްޔާއަށް އަވަސްއަވަހަށް ދުރު ބަލާލެވުންއިރު މަޑުމަޑުން ތުންފަތުގައި ދައިގަނެވުނެވެ. ކުއްލިއަކަށް ރާކިންއާއި ދޭތެރޭ އެގޮތަށް ދެކެވެންފެށީ ކީއްވެބާއޭ ދިމްޔާގެ ހިތަށް އެރިއެވެ.

“ރެކްވާ ރުޅިމަޑު އިނގޭ…. އަހަރެން ހިތަށްއަރާ މިއަންހެނާ ފާޑެއްގެ ފޮތިގަނޑެއް ކަރުގަ އަޅައިގެން މިއުޅެނީ ކީއްވެބާއޭ…. އަހަރެމެން ފިރިހެންވެރިންނަށް އުނދަގޫ ކުރަން ދޯ…..” މިހެން ބުނެފައި އާހިލް ދިމްޔާގެ ދޯބައްޓާ އޭނާގެ ބޮލުން ނަގަމުން ދިމްޔާއާއި ދިމާއަށް އެއްލިއެވެ. ދިމްޔާ އާހިލްއަށް ލޯއަޅާލުމަށްފަހު އަނގައިން ވައްތަރެއް ޖައްސާލުމަށްފަހު ދޯބައްޓާއަޅާލިއެވެ.

“ދިމް އަހަރެން ސުވާލެއް ކޮށްލަންތަ…..؟؟؟؟” އާހިލް މިހެން އަހާލުމުން އެންމެންގެ ލޯތަށް އާހިލްއަށް އަމާޒުވިއެވެ. ދިމްޔާ އާންއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ.

“ދިމް ކީއްވެތަ ދޯބައްޓާ ހެދުންލަނީ…..؟؟؟؟ މިހެން މިއެހީ މިހާރުގެ އަންހެން ކުދިން އެއްގޮތަކަށްވެސް ތީގެ ހެދުންލާތަން ނުފެންނާތީ…” ދެއަތް ޖީބަށް ޖަހާލަމުން އާހިލް އަހާލިއެވެ. އެއީ ރުހާމެންވެސް ވަރަށް ކޮށްލަން ބޭނުންވާ ސުވާލެކެވެ. ނަމަވެސް މިވީހާތަނަށް އަހާލަން ނުކެރިފައޮތް ސުވާލެކެވެ. އާހިލް މިސުވާލު ކުރުމުން ދިމްޔާ ލުއިގޮތަކަށް ހީލިއެވެ.

“އަހަރެންގެ ބައްޕަ އަބަދުވެސް ބުނާނެ އަހަރެންގެ މަންމަ ޒުވާންއިރު އަހަންނާ އެއްވެސް ތަފާތެއް ނެތޭ…. ވަރަށް ވައްތަރޭ…. އަހަރެން މަންމަ ދެކެ ވަރަށް ލޯބިވޭ….. މަންމަ ޒުވާންއިރު ލައި އުޅުނީ މީގެ ހެދުން….. އެހެންވެ އަހަރެންވެސް މީގެ ހެދުންލަނީ….” އެއީ އާއިލާއާއި ބެހޭ ގޮތުން މިވީހާތަނަށްވެސް ދިމްޔާ ޖުމްލައެއް ބުނެލި ފުރަތަމަ ފަހަރެވެ. ޢާއިލާއާއި ބެހޭ ގޮތުން ދިމްޔާ އެއްވެސް ވަރަކަށް އެކުވެރިންގެ ގާތުގައި ވާހަކަ ދައްކައެއް ނޫޅެއެވެ.

“ދެން ކީއްވެތަ އަބަދު ރެޑް ކުލައިގެ ހެދުންލަނީ….؟؟؟؟ ދިމް ލައި ކޮންމެ ހެދުމެއްގައިވެސް ރެޑް ކުލަ ހުންނާނެ….” ފުރުސަތުގެ ބޭނުންކޮށް ރާކިންވެސް އޭނާގެ ހިތުގައި އުފެދިފައިވާ ސުވާލެއްކޮށްލިއެވެ.

“އެއީ އަހަރެން މީ ޖިންނިއެއްވީމަ….” މޫނަށް ބިރުވެރި ވައްތަރެއް ޖައްސާލަމުން ދިމްޔާ މިހެން ބުނެލީ ތަންކޮޅެއް އަޑުބަރުކޮށް ބިރުވެރި ގޮތަކަށެވެ.

“ހައް ހައް ހާ ހަހާ… ހަހަހާ….. ދިމްޔާ މިހެން ބުނުމުން އާހިލް ޕަކަޕަކަލާފައި ހޭންފެށިއިރު ދެންތިބި މީހުންވެސް އާހިލްގެ ހުނުމުގައި ބައިވެރިވިއެވެ.

“ދިމް އަސްލުވެސް ވަރަށް ގަދަ އިނގޭ… ދެންމެ ބުނެލި ގޮތުން ހީވީ ހަމަ ފިލްމެއްގެ ތަންކޮޅެއްހެން….” ހެމުން ހެމުން އާހިލް ބުނެލިއެވެ.

“ދެން ބުނެބަލަ….؟؟؟” އެސުވާލުގެ ޖަވާބު ހޯދަން ބޭނުންވެފައި ހުރިވަރުން އަނެއްކާވެސް ރާކިން އަހާލިއެވެ.

“ރެޑް ކުލަ އަހަންނަށް ރީތިވީމަ އަބަދު އެކުލައިގެ ހެދުން ލާހިތްވަނީ….” ހިނިތުންވެލަމުން ދިމްޔާ ރާކިންއަށް ޖަވާބު ދިނެވެ.

އޭގެ އިރުކޮޅެއްފަހުން އިދާމް އައުމުން އެންމެން  އެކީ ހިނގައިގަތެވެ.

އެކުވެރިންނާއިއެކު އުފަލާއި މަޖަލުގައި ދުވަސްތައް ހޭދަވަމުން ދިޔައިރު ވަރަށް މަސައްކަތުން ރާކިން އޭނާގެ ހިތް ހަމަޔަކަށް އެޅުވިއެވެ. އެކުވެރިންގެ ގާތުގައި އުޅޭއިރު ކިތަންމެ ހަމަޖެހިލައިގެން އުޅުނު ކަމުގައިވިޔަސް ދިމްޔާ ފެންނަ ކޮންމެ ފަހަރަކު އެއީ އެހެންމީހެއްގެ ހައްގެއްކަން ހަނދާންވުމުން  އޭނާގެ ހިތަށް ތަދުވެއެވެ.

ދުވަސްތަކުގެ ތެރެއިން ދުވަހެކެވެ. ކުލާސް ފެށެން ދިހަވަރަކަށް މިނެޓް އޮތުމުން ރާކިން އިނީ އެއްޗެއް ކުރަހާށެވެ. އެހެން އިނދެ އިރުއިރުކޮޅާ ދޮރާއި ދިމާއަށް ބަލާލެވެނީ ދިމްޔާ އަދި ކުލާހަށް ނާންނާތީއެވެ. ރާކިންގެ އިންތިޒާރަށް ނިމުމެއް އައީ ގަޑިފެށެން ތިންމިނެޓަށް ވެފައި ހުއްޓާ ކުލާހަށް ވަން ދިމްޔާ ފެނުމުންނެވެ. ރާކިންއަށް ދިމްޔާއަށް ބަލަހައްޓައިގެން އިނދެވުނީ ދިމްޔާ ބަލާލާނެކަމުގެ އުއްމީދުގައެވެ. ނަމަވެސް ދިމްޔާ އިސް އުފުލާވެސް ނުލާ އެދިޔަގޮތަށް ގޮސް ގޮނޑީގައި އިށީނެވެ. އެހެން ދުވަސްދުވަހާ ޚިލާފަށް ދިމްޔާގެ ޢަމަލްތައް ހުރުމުން ރާކިންގެ ހިތަށް އުނދަގޫވިއެވެ. ކޮންމެވެސް ގޯހެއް އުޅޭހެން އޭނާއަށް ހީވީ ކީއްވެކަމެއް ނޭނގެއެވެ. ދިމްޔާއަށް މެސެޖް ކޮށްލަން ފޯނު ނެގިތަނާ މުދައްރިސް ކުލާހަށް އައުމުން ފޯނު އަނބުރާ ޖީބަށް ލިއެވެ.

ކެތްތެރިކަމެއްނެތި ރާކިން އިންތިޒާރު ކުރަމުން ދިޔައީ ކުލާސް ނިމޭނެ އިރަކަށެވެ. އިރުއިރުކޮޅާ ދިމްޔާއަށްވެސް ބަލާލެވެއެވެ. ދިމްޔާ އެހެން ދުވަސް ދުވަހާ ޚިލާފަށް މަޑުން އިންނަކަން ރާކިންއަށް ފާހަގަ ކުރެވުނެވެ. ދިމްޔާއާއި ދޭތެރޭ ވިސްނިވަރަކަށް ރާކިންގެ ހާސްކަން ދިޔައީ އިތުރުވަމުންނެވެ.

ކުލާސް ނިމި މުދައްރިސް ދިޔުމުން ރާކިން އަވަސްއަވަހަށް ފޮތްތައް ދަބަހަށް އަޅައިލައިގެން ހިނގައިގަތްވަގުތު އަވަސް އަރުވާލާފައި ހުރުމުން މޭޒެއްގައި އަޅައިގެންފައި އެމޭޒުމަތީ ހުރި ފޮތްތައް ވެރުނެވެ. އަވަހަށް ފޮތްތައް ހޮވާލާފައި މޭޒުމަތީ ބެހެއްޓުމަށްފަހު ރާކިން ބަލާލިއިރު ދިމްޔާ ނުކުމެގެން ހިނގައްޖެއެވެ. ރާކިން ދެން އަވަހަށް މިސްރާބު ޖެހީ ލައިބްރަރީއާއި ދިމާއަށެވެ. ދެން ދިމްޔާއާއި ދިމާވާނީ އެތަނުން ކަމަށް ވާތީއެވެ.

ލައިބްރަރީއަށް ވަދެގެންއައި ރާކިންގެ ދެލޯ އަވަސް ހަރަކާތަކާއިއެކު އަމާޒުވީ އެމީހުން އާންމުކޮށް އިށީންނަ ދިމާއަށެވެ. އެންމެފުރަތަމަވެސް ރާކިންގެ ލޮލުގައި އަޅައިގަތީ ދިމްޔާއެވެ. އޭރު ދިމްޔާގެ ދެލޮލުން ހުއްޓުމެއްނެތި ކަރުނަ ފައިބާތަން ފެނުމުން ރާކިންގެ މެޔަށް ނުބައި ގޮތެއް ވެގެން ދިޔައެވެ. ރާކިން އަވަސް ފިޔަވަޅުތަކަކާއިއެކު ދިމްޔާމެންނާއި ދިމާއަށް ހިނގައިގަތެވެ.

(ނުނިމޭ)

46
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Eemyaa

Other Articles

Previous

ދުޢާ 3ވަނަ ބައި

Next

ނަޖާ (ތިންވަނަ ބައި)

Next
August 25, 2015

ނަޖާ (ތިންވަނަ ބައި)

Previews
August 24, 2015

ދުޢާ 3ވަނަ ބައި

43 Comments

  1. shx says:
    August 24, 2015 at 9:38 pm

    wowwwwww..vvvvvv nyc..plx next part avas kollahche eem

  2. Princess Noddy says:
    August 24, 2015 at 9:40 pm

    Nice

  3. Shabee says:
    August 24, 2015 at 9:41 pm

    Ahaaa kihineh evee ??? Eem haadha tudun tudun goeh gothashey thinimmaalanee!!!!!! Shabee Ah ingey mirey eem up kuraane kan… Ehn ve Hama ready ga meenee.. Heheee 😛 jazakillah khairan for uploading this prt soon… N long… Love u eem dhontheeeeee… Ummwah

    1. eemiyaa says:
      August 24, 2015 at 11:31 pm

      kihineh shabee ah enguny mirey up kuraane kameh… anekka faaaralanytha…?? hehe

  4. Shabee says:
    August 24, 2015 at 9:43 pm

    N m the third… Aslu evaruvexx ok.. Haadha bodu sharafekey EYEE eemiyaa ge story egge 3rd place ah comment eh khllevumakeee 🙂

  5. SaM says:
    August 24, 2015 at 9:48 pm

    Owsum… loved thix part.. 🙂

  6. Sana says:
    August 24, 2015 at 9:51 pm

    V v v v v reethi mi baivx….
    Waiting 4 next part…..

  7. shamii says:
    August 24, 2015 at 10:08 pm

    Wara nice. I love t read this story

  8. Some one says:
    August 24, 2015 at 10:10 pm

    V reethi

  9. ken? says:
    August 24, 2015 at 10:28 pm

    V nice..keep it up..❤
    Next part thursadaygatha???

    1. eemiyaa says:
      August 24, 2015 at 11:34 pm

      yeah… next part thursday ga.. in sha allah…

  10. eemiyaa says:
    August 24, 2015 at 11:43 pm

    thanks alll 🙂

  11. eemiyaa says:
    August 24, 2015 at 11:46 pm

    ވާހަކައިން އެއްވެސް ކުށެއް ނުވަތަ ރަނގަޅު ކޮށްލަން ޖެހޭ ކަމެއް ފެނިއްޖެނަމަ އީމް ގާތު ބުނެލަދީ.. އުފަަލާއިއެކު ހުރިހާ ކިޔުންތެރިންގެ ފާޑުކިއުމަށްވެސް އީމް މަރުހަބާ ކިޔާނަން…

  12. hadhee says:
    August 25, 2015 at 1:20 am

    Wow v v v salhi

  13. lyn says:
    August 25, 2015 at 1:42 am

    Wow nice…next part …..I will waiting for the next part…

  14. ❤shif zai❤ says:
    August 25, 2015 at 3:59 am

    Wow great

  15. Yushiii says:
    August 25, 2015 at 7:52 am

    Eeem grt work. Lov this story ??

  16. Crazi says:
    August 25, 2015 at 7:53 am

    Thax vrh shalhi story daily update kure vey goi vaa namah

  17. Someone says:
    August 25, 2015 at 8:55 am

    Vvv reethi mi part ves.

  18. marsha says:
    August 25, 2015 at 10:31 am

    Dhimya ge boy friend aa hedhi dho rony? Foohi vey eyna dheke, raakin dhimya hevvaala dheythi ingey!!! Nice nice… waiting for thursday…

  19. pary says:
    August 25, 2015 at 11:18 am

    vvvvvvv nice waiting for next part avaha up kolaathi

  20. reee says:
    August 25, 2015 at 12:53 pm

    v v v nice

  21. Axee says:
    August 25, 2015 at 1:04 pm

    V nice waiting 4 next part.

  22. eemiyaa says:
    August 25, 2015 at 3:16 pm

    Thanks alll 🙂 🙂 🙂

  23. shx says:
    August 25, 2015 at 4:08 pm

    eem kn irakn tha anehbai nikumevey varu vaanyyy???

  24. Shabee says:
    August 25, 2015 at 5:27 pm

    Eem Hama ehaa handhaan baleetha?? Eem eh noon tha buneekee week aku 3 part genesdheveytho balaanamey…. So Saturday ga up kureema dhen up kuraanee Monday ga EHNOONTHA??? Then after Monday,,, Wednesday… Den emme fahun Saturday ga ….. Ehn ve INGUNEE eem… Faaralaneekee noon ingey 😉 heheeeeeeeee 😛

  25. sau says:
    August 26, 2015 at 12:42 am

    vvv salhi

  26. Nahthu says:
    August 26, 2015 at 8:15 am

    Raakin n dhimyaa gulhuvahchey plx n daily koh up kohdhy bala ehme kiyaa hithun kiyaa ehvaahaka me……..

  27. Anonymous says:
    August 26, 2015 at 2:28 pm

    red kula eh noon rai kula.. Okay mulhin igiresi jumla eh benun kuriyas ekamaku dhivehsaa igiresi ehnukurun edhen

    1. eemiyaa says:
      August 27, 2015 at 3:48 pm

      thanks anonymous.. dhen faharakun thikahala kuh thah rangalhu kohlaanan.. 🙂

  28. blue says:
    August 26, 2015 at 6:33 pm

    varah reethi mi vaahaka,,,waiting for the next part,,

  29. Mishko says:
    August 26, 2015 at 8:29 pm

    Very nice.shabee mihaaru konthakutha thimyhun chat kurany?

  30. Shabee says:
    August 26, 2015 at 8:43 pm

    Mishko hama ehnyaavex tok kuraa THANAH dhey… EYRUN bunaanan… Mithaa buneema kada vaaneyey.. 🙂

  31. ken? says:
    August 27, 2015 at 12:11 am

    Now 12 v ma Thursday akannu vaanee…?dn kobaa mext part up kuraany wen???
    Waiting….? waiting….?waiting. ..? waiting. ?

  32. Shabee says:
    August 27, 2015 at 11:37 am

    Aan dhw ken? Shabee vex miiiinanee inthixaar ga Hama… But I think mirey hen up VAANEE.. Lets c ken 🙂

  33. kiyuntheriyaa says:
    August 27, 2015 at 12:45 pm

    emiya mee thursday.plx avahahup koh dheebala…. plx plx plx plx plx..

  34. Eemiyaa says:
    August 27, 2015 at 1:55 pm

    friends adhi kuda vaguthukolhaku inthizaaru kohladhee.. miyadhu haveerun up kohladheynan… In Sha Allah

  35. elsa says:
    August 27, 2015 at 2:29 pm

    eem plx , tv rec aa dhim aa gulhuvahchey igea , kon shaain eh tha , vr foohiway , dhim eana aa hedhi eyy roan ejeheny , adhi ok vaane dw , , tv rec gos dhim kairi buney , mihiry eh nun hey tv rec , aharen kihaa bodu hey , 42 inch tv eh ves aharen ge gaithereyga beyn dheyney , dhim thy magey tv eyy , tv nubaindhanyaa tv rec ge beynumeh kobaa hey , TV rec ves kiyany kommes sababeh othyma nuunhey , hahahaha

    1. j boat says:
      August 30, 2015 at 1:42 pm

      elsa amihla ah majaa vefa…. maa tv rec vegen noolheba…. varah foohivey…elsa gandu

    2. elsa says:
      September 23, 2015 at 3:16 pm

      hahah , j gadu

  36. dhim ❤ says:
    August 27, 2015 at 3:14 pm

    eem .. ehvess kusheh ney.. hama perfect mi story .. 😉

  37. ken? says:
    August 27, 2015 at 3:23 pm

    Mihaaru haveeru vejje…? yageen shabee ves innanekan waiting ga..dhwwww?

  38. eemiyaa says:
    August 27, 2015 at 3:53 pm

    thank you my dear friends.. 🙂
    v ufaave shauguverikamaa eku vaahaka kiyaathy… eem ummeedhu kuran kuriah huri part thahves thikudhinnah kamudhaanekamah… tgggc.. lov u all 🙂

Comments are closed.

All Right Reserved!