އެކުވެރިންތަކެއްގެ ދިރިއުޅުމުގައި ދިމާވާ ތަފާތު އެކި ކަންތައްތަކެއްގެ މައްޗަށް އަލިއަޅުވާލައިގެން ގެނެސްދޭ މިވާހަކައަކީ، ޙަޤީގީ އެކި ހާދިސާތަކުގެ މައްޗަށް ބިނާކޮށް، ލިޔެފައިވާ ޚިޔާލީ ވާހަކައެކެވެ. އާއްމު ދިރިއުޅުމުން ފެނިގެންދާފަދަ އުފަލާއި މަޖާ، ހިތާމައާއި ހިތްދަތިކަން، ލޯތްބާއި ނަފްރަތު އަދި އެކުވެރިކަމާއި ޢާއިލީ ވަރުގަދަ ގުޅުމުގެ އެކި ހާދިސާތައް، މިވާހަކައިން ކިޔާލަން ލިބޭނެއެވެ. ފުރަތަމަ ބައި ޖުލައި 23 ގައި އިންތިޒާރުކޮށްލައްވާ
އަހަރެންނަކީ، އަހަރެންގެ މައިންބަފައިންނަށް ލިބިފައިވާ ދެ އަންހެން ކުދިންގެތެރެއިން ދޮށީ ކުއްޖާއެވެ. އުމުރުން ނަވާރަ އަހަރެވެ. ކޮއްކޮގެ އުމުރުން ދިހަ އަހަރެވެ. އަހަރެންގެ ޢާއިލާއަކީ ކުޑަނަމަވެސް، އުފާވެރި، ތަނަވަސް ޢާއިލާއެކެވެ. މާލޭގައި، ބައްޕަގެ ގެދޮރު ހުރުމުން ދަތިކަމެއްނެތި އުޅެވެއެވެ. ބޭނުންހާ އެއްޗެއް ލިބެއެވެ. ބޭނުންހާ ކަމެއް ކުރެވެއެވެ. މިއަހަރަކީ އަހަރެންގެ ފަހު އިމްތިހާނުގައި އިށީންނަންޖެހޭ އަހަރެވެ. އަހަރެން ގަދައަޅާ މަސައްކަތް ކުރަމުންދިޔައީ، ކުރިއެކޭވެސް އެއްގޮތަށް މައިންބަފައިން ފަޚުރުވެރިވާނެފަދަ ނަތީޖާއެއް ހޯދުމަށެވެ. އެހެން ކުދިންނާ ޚިލާފަށް އަހަރެންނަކީ، ހިތްއަލި […]
“ރާކިންގެ ހާލު މިވަގުތު ވަރަށް ދެރަ…. ވަކި އެއްޗެއް ބުނަން އެނގޭނީ އޭނާ ހޭއެރުމުން…. ބޮލުން ވަރަށް ބައިވަރު ލޭފައިބައިފައި ހުރުމުން ލޭ އަޅަން ޖެހޭނީ…. ވީ އެންމެ އަވަހަކަށް އޯ ޕޮޒިޓިވް ލޭ ދޭނެ މީހަކު ހޯދާ…. ބަލިމީހާގެ ޢާއިލާ ޤަބޫލިއްޔާ މިތާނގެ “ބްލަޑްބޭންކް” އިންވެސް ލޭއެޅިދާނެ….” ޑޮކްޓަރުގެ ވާހަކަ ރަނގަޅަށް ނުނިމި އުޅެނިކޮށް ރާނިޔާ ހޭނެތިގެން ރީހާންގެ އަތްދަނޑިމައްޗަށް ދެމުނެވެ. ދިމްޔާއަށްވެސް އޭނާގެ ދެފައިން ވާގިދޫވާހެން ހީވުމުން އީމަންގެ އަތުގައި ހިފަހައްޓާލެވުނެވެ. އީމަންގެ އެހީއާއިއެކު […]
ނޯޓް: (މިވާހަކައިގެ މިޕާޓްގައި ދެ ދިމްޔާގެ ވާހަކަ ގެނެސްފައި އޮތުމުން ފަހުން ވާހަކައަށް އައި ދިމްޔާއަށް މުޚާތަބު ކުރެވިފައިވާނީ މާޔާގެ ނަމުން ކަމުގައި ކިޔުންތެރިންގެ މަޢުލޫމާތަށްޓަކައި ދަންނަވާލަން) “އިމޫ…. ކެތްކޮށްލާ… ކޮންމެގޮތެއް ވިޔަސް އެންމެ އަވަހަކަށްވެސް ދެން ދެވޭނީ މާދަމާ…. އަހަރެމެން ދާނީ ދިމްވެސް ގޮވައިގެން…. އޭރުން މާޔާއަށްވެސް އަހަރެމެން ދައްކާ ވާހަކަ ޤަބޫލުކުރެވޭނެ…. މާތް ﷲ އިރާދަކުރެއްވިއްޔާ މާޔާ އަހަރެމެންނަށް މާފުކުރާނެ…..” އީމަނަށް ހިތްވަރުލައިދެމުން ރާކިން މިހެން ބުނުމުން އީމަން ރާކިން ދެއްކި ވާހަކަތައް […]
“މިރަށުގައި ކީއްކުރަނީ…. އެންމެ ފަހުން އަހަރެމެންގެ ފަސްކޮޅު ބަލަމުން މިރަށަށްވެސް އައީދޯ…..” ހިތްހަމަ ނުޖެހިފައި ހުރެ އީމަން ވާހަކަ ދެއްކީ ވަރަށް ބާރަށެވެ. ވާނުވާ ނޭނގި ހުރެ ހައިރާންކަމުން ފުރިގެންވީ ނަޒަރަކުން ދިމްޔާ އީމަނަށް ބަލާލީ ކުރިން ނުވެސް ދަންނަ ޒުވާނަކު އައިސް އޭނާއާއި ދިމާއަށް އެއްޗެހި ގޮވައިގަތުމުންނެވެ. “އަހަންނަކަށް ނޭނގެ ތިކިޔާ އެއްޗެއް… އަހަރެން ތީނައެއް ނުދަންނަން….” އީމަން މާބާރަށް ވާހަކަ ދެއްކުމުން ދިމްޔާ ހުރީ ކުޑަކޮށް ބިރުގެންފައެވެ. އެހެންކަމުން އޭނާ ވާހަކަދެއްކީ ވަރަށް މަޑުންނެވެ. […]
“ކީކޭ….؟؟؟؟؟؟؟” އީމަންގެ އަޑަށް ސިހިފައި ރާކިން ދިމްޔާގެ އަތުން ދޫކޮށްލަމުން ފަސްއެނބުރުންއިރު އެމީހުންނާއި މާދުރުނޫން ހިސާބެއްގައި ހުއްޓިލައިގެން ދިމްޔާގެ މޫނަށް ބަލަހައްޓައިގެން އީމަން ހުއްޓެވެ. އޭނާގެ މޫނުމަތީގައިވާ ކުލަވަރުތަކުން ދެންމެ ދެކެވިގެން ދިޔަ ވާހަކަ އަޑުއިވުނުކަން ހާމަވެއެވެ. ދިމްޔާވެސް އީމަނާއި ދިމާއަށް ބަލާލިއިރު އޭނާގެ ބޮޑު ދެލޯވަނީ ފެންކަޅިވެފައެވެ. އީމަން ދިމްޔާގެ މޫނަށް ބަލަން ހުރެފައި ދެން ބަލާލީ ރާކިނަށެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލްވުމުން ރާކިން އީމަނަށް ފަސްދިނެވެ. އޭނާއާއި ކުރިމަތިލާނެ ހިތްވަރު ރާކިންގެ ގައިގައި ނެތުމުންނެވެ. […]
ރާކިން ދިމްޔާގެ މޫނަށް ބަލާލިއިރު ދިމްޔާވެސް ހުރީ ރާކިނަށް ބަލަހައްޓައިގެންނެވެ. ދިމްޔާގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވެފައި ވެއެވެ. ރާކިންގެ ގައިން ދޫކޮށްލަމުން ދިމްޔާ މާފަށް އެދުމަށްފަހު ޝުކުރުވެސް އަދާކޮށްލިއެވެ. ނަމަވެސް ރާކިން އަނގައިންވެސް ނުބުނެ އޭނާގެ ތޫނު ދެލޮލުން ދިމްޔާއަށް ބަލަހައްޓައިގެން ހުރީ އޭނާގެ ހިތުގައި އުފެދިފައިވާ ޝަކުވާތައް ދިމްޔާގެ ކުރިމައްޗަށް ބަންޑުންކޮށްލަން ބޭނުންވެފައެވެ. “ރެކް އަހަރެންގެ އަތް….” ރާކިން ދިމްޔާ ވެއްޓެންދާންފެށުމުން އަތުގެ މުލައްދަނޑީގައި އޭރު ހިފެހެއްޓިގޮތަށް ދޫކޮށްނުލާ ހުރުމުން ދިމްޔާ މަޑުމަޑުން ބުނެލިއެވެ. […]
ދިމްޔާއަށް އުނދަގޫކޮށްނުލާ ހުންނަހިތް ނުވުމުން އީމަން ދިމްޔާގެ ކަރުގައި އޮޅާފައި އޮތް ރަތް ކުލައިގެ ޝޯލްގެ ފުރަގަހަށް އެއްލާފައި އޮތް ބަޔަށް ދަމާލިއެވެ. ދިމްޔާ ފަސްއެނބުރި ބަލާވެސް ނުލާ ފަހަތަށް އެއްލާފައި އޮތްބައިވެސް ގެނެސް ކުރިމައްޗަށްލިއެވެ. ދެންވެސް އީމަން މަޑަކުން ނުހުއްޓެވެ. އިރުއިރުކޮޅާ ދިމްޔާގެ އިސްތަށިގަނޑަށް ދަމާލައެވެ. ކިތަންމެ ކެތްކޮށްލައިގެން ހުރިކަމުގައި ވިޔަސް އީމަންގެ އުނދަގޫ ބޮޑުވުމުން ދިމްޔާއަކަށް މަޑަކުން ނުހުރެވުނެވެ. “ކިހާ ދެރަކަމެއް… އަހަރެންގެ އިސްތަށިގަނޑު އުފުރާލަންތަ ތިއުޅެނީ….؟؟؟” އީމަންއާއި ދިމާއަށް އިނގިލި ދިއްކޮށްލަމުން ދިމްޔާ […]
“އެބުނާހެން… ދީބަލަ ތިދަމާ ރޮށިތައް ހުރީ ކޮންގޮތަކަށްތޯ ބަލާލަން…” މިހެން ބުނެފައި އާޔަން ހިނގައިގަތީ އެމީހުނަށް ފުރަގަސްދީގެން ހުރި ދިމްޔާގެ ގާތަށެވެ. އާޔަންގެ ފަހަތުން ދެއަތް ފުރަގަހަށް ލައިގެން ހުރެ އީމަންވެސް ދިޔައެވެ. ކިބާރުމަތީގައި ދަމާފައި އޮތް ފުށްގަނޑު ފެނިފައި އާޔަންގެ އިތުރުން އީމަންވެސް ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ކިބާރުމަތީގައި އޮތް ފުށްގަނޑު އޮތީ ބުރުހަމައަށް ވަރަށް އެއްވަރަށް ދަމާލާފައެވެ. އީމަންއާއި އާޔަން އެކަކު އަނެކަކަށް ބަލާލުމަށްފަހު ނިއްއަރުވާލަމުން ދާން ހިނގައިގަތެވެ. “ކީއްވެ ތިދަނީ…؟؟ ތިމީހުން […]