“ޒެލް…” މިޙުރާންގެ އަޑަށް ބާރުލައިފައި ހަޅޭލަވައިގަނެވުނީ ދުވަހަކު ހަޅޭލަވައިނުގަނެވޭހާ ބާރަށެވެ. އޭނާއަށް ހީވީ ދުނިޔެެވެސް ހުއްޓުމަކަށް އަންނަނީހެންނެވެ. އެކުވެރިޔާ ފަދައިން އެކުވެރިޔާގެ ނިޝާންވެސް އޭނަގެ ލޯމަތިން ގެއްލިގެންދަނީހެންނެވެ. ކަންފަތުގައި ގުގުމާލި ނަމާއިއެކު ހައިޒަލް ގަނޑުވި ކަހަލައެވެ. ފަސްއެނބުރިބަލާލެވުނީ އޭނަގެ އަމިއްލަ އިޙްތިޔާރަކާއިނުލައެވެ. އެނަމަށް އޭނަގެ ހަށިގަނޑު ހަރަކާތްކުރީ އޭނަގެ އަމިއްލަ ބާރެއްނެތިއެވެ. ބޮލުގެ އިސްތަށިގަނޑަށް ވާންވެގެންދިޔަފަަދަ އިހުސާސްއެއް ކުރެވުނު ހައިޒަލްއަށް ދެކަކޫ މައްޗަށް ތިރިވެވުނެވެ. އޭރު ހައިޒަލްއާއި ދިމާލަށް އައި ލޮރީ ހައިޒަލްގެ ގައިގައި ޖެހޭ ނުޖެހޭ […]
“އަހަރެން މިއަހަނީ ޝަލީންގެ ބަނޑުގައި ތިއޮތީ ކާކުގެ ދަރިއެއްހޭ؟” ހައިޒަލްގެ ކަތުރު ކަށިގަނޑަށް ބާރުވެގެންދިޔައިރު ޝަލީންއާއި ދިމާލަށް އެނބުރުނުގޮތަށް ހަޅޭލަވައިގަތެވެ. ހައިޒަލްގެ ހަރުކަށި އަޑުން ކޮޓަރިތެރެ ގުގުމާލިއިރު ޝަލީންއަށް ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. “މަ..ޔާ..ން…” ކެޑިކެޑިގެން ކަހަލަގޮތަކަށް އެ ބަސް ދުލުން ބޭރުވެގެންދިޔައިރު ޝަލީންގެ ލޮލުގެ ތެރޭ ކަރުނަތައް ބަބުޅަންފަށައިފިއެވެ. “މަޔާން ދެޓް އިޑިއެޓް…” ހައިޒަލް ދަތްތަށް ކާރުވާލައިގެން ހުރެ ބެލްކަނީގެ ރެއިލިންގްއަށް ބާރު އެތިފަހަރެއް ބޭލިއެވެ. ޝަލީންގެ ހިތް ނޭނގޭގޮތަކަށް ތެޅިގަތްއިރު ޖެހިލުންވެފައިހުރެ ހައިޒަލްގެ ނަމުން […]
ދެލޯބިވެރިން ކަރުނުން ފުރިގެންވީ ނަޒަރަކުން އެކަކު އަނެކަކުގެ މޫނަށް ނަޒަރު ހުއްޓާލައިގެން ތިބިއިރު އެ މަންޒަރު ދެކެން ތިންވަނަ ފަރާތެއް ހުރިކަމެއް ނޭނގުނެވެ. މަޑުމަޑުން ރެސްޓް ރޫމްގެ ދޮރުލެއްޕިގެންދިޔައިރު ދުރުވަމުންދިޔަ ބަރު ފިޔަވަޅުތަކުގެ އަޑުއިވިފައި ޝަލީން ވަގުތުން މަޔާންގެ އަތްދަށުން ވީއްލިގެން ރެސްޓްރޫމްއިން ނިކުންނަން ހިނގައިގަތްއިރު އެ މޫނުމަތިން ނުތަނަވަސްކަން ފާޅުވިއެވެ. ރެސްޓްރޫމްއިން ނިކުތްއިރު ދިގު ހޯލްވޭގައި އެ މީހެއްގެ ނިޝާނެއްވެސް ނެތެވެ. ނަމަވެސް މިރޭ އެދެމީހުން ދެއްކި ވާހަކަތައް ތިންވަނަ ފަރާތެއްގެ ކަންފަތާއި ހަމަޔަށް ފޯރައިފިކަން […]
ހީލް ފަޔަށް ލައްވާލަދިނުމަށްފަހު ހައިޒަލް ހިންދެމިލުމާއިއެކު ނައިނާ ފައިތިލައިން ހީލް ވަކިކޮށްލާފައި ދުރަށް ހޫރާލިއެވެ. އެއާއިއެކު ހައިޒަލްއަށް އެއްޗެކޭ ބުނާނެ ފުރުސަތެއްވެސް ނުދީ ހުސްފައިގައި ހުރެ ކެބިންއިން ބޭރަށް ދުއްވައިގަތެވެ. ނައިނާއަށް ނިކުމެވުނީ ރިހާނާގެ ކުރިމައްޗަށެވެ. ނައިނާއަށް ހީވީ ކަރަންޓް ޝޮކްއެއްގައި ޖެހުނު ހެންނެވެ. އޭރު އަދި ހައިޒަލް ކެބިންގެ ދޮރުހުޅުވާލަމުން ނިކުތީއެވެ. ނައިނާގެ މޫނަށް ފާއްދާލި ބީޓްރޫޓްކުލައާއިއެކު ވިދުވަރެއްހާ ހަލުވިކޮށްގޮސް އޭނަގެ ކެބިންއަށް ވަނެވެ. އެއާއިއެކު ރިހާނާގެ ނުރުހުމުގެ ނަޒަރު ހައިޒަލްގެ މޫނަށް ދަތުރުކުރިއެވެ. […]
ގިނަދުވަސްވެގެން ފާރުތަކުގައި މަކުނުވާއަޅާ ފުރިފައިވާއިރު ތަޅުންގަނޑުން ބޮޑުބައެއް ކަޅުވެފައިވެއެވެ. ކަޅު ދޭތެރެތަކުން ކަޅު ރަތްކުލަ ފެންނަމުންދިޔަގޮތުން މީހެއްގެ ލެއިން ބިންގަނޑު ފެވިފައިވާހެން ހީވެއެވެ. ދުމުގެ ވަހާއިއެކުވެގެން އެތަނުގެ ތެރޭގައި ދުވަމުންދިޔައީވެސް ލޭގެ ނުބައިވަހެވެ. އެތެރެއަށް ދަމާލި ދެތިން ނޭވާއާއިއެކު ހައިޒަލް އޯކާދެމިގަތްއިރު ބޮލުގައި ރިއްސައިގަތީ ކެތްނުވާވަރަށެވެ. ބޮލުގައި އަޅަން ފެށި ރިހުމާއިއެކު މޭމައްޗަށް ބާރުވެގެންދިޔައިރު ހައިޒަލްގެ ހޭވެރިކަން ނެތޭގޮތްވިއެވެ. އޭރު ލޯމައްޗަށް އަނދިރިވަމުން ދިޔަގޮތުން ހީވަނީ އޭނަގެ ލޮލުގެ ފެނުން ވަކިވާން އުޅޭހެންނެވެ. ވަށައިގެންވާ މާހައުލު އެނބުރިގަތްހެން […]
“އަހަރެން ފެންނާނެއަތީތަ؟ ހާސްނުވޭ… އަހަރެން ނޫޅެން ހައިޒަލްގެ އެޓެންޝަން ހޯދާކަށް… ޔޫ ހޭޓް …” ނައިނާގެ ޖުމްލަ ފުރިހަމަކުރާނެ ފުރުސަތެއް ހައިޒަލް ދިނުމެއްނެތި ދެތުންފަތުން އެޖުމްލަ މެދުކަނޑާލިއެވެ. އެވަގުތު ނައިނާގެ ދެލޯބޮޑުކޮށްލެވުނުއިރު ހައިޒަލް ދުރުކުރަން ގަދަހަދާފައިވެސް އެންމެ ފަހުން ހައިޒަލްގެ ކޮންމެ އަމަލެއްގައި ބައިވެރިވުނީ ކީއްވެކަމެއް ނޭނގުނެވެ. ދެޒުވާނުންގެ ނޭވާކޮޅަށް ދިޔައިރު ނައިނާ ބޮޑު ދެލޮލުން ހޯސްލާފައި ކަރުނަތައް ފައިބަމުންދިޔައެވެ. އެވަގުތު ނައިނާގެ ލޯމައްޗަށް ޝަލީން ސިފަވެގެންދިޔައިރު ވީގޮތެއްވެސް ނޭނގުނެވެ. ހައިޒަލްގެ މޭގާ އަތްއަޅާ ދުރަށް ކޮއްޕާލިއިރު […]
ޝަލީން ފަރި ހިނގުމެއްގައި އައިސް ކާރަށް އެރިއިރު ހައިޒަލް ކާރުދުއްވާލައިފިއެވެ. އޭރު ތަންކޮޅެއް ދުރުގައި ޕާރކްކުރެވިފައިވާ ކާރުގެ ވިންޑްސްްކްރީން ތިރިކޮށްލައިގެން މަޔާން އިންއިރު އެ މޫނުމައްޗަށް ވެރިވެފައިވަނީ ތަފާތުކުލައެކެވެ. ހަނިކޮށްލެވިފައިވާ ދެލޮލުން ރުޅިއާއި ނަފްރަތު ނޫން އެއްޗެއް ނުފެނެއެވެ. މަޔާން އިރުކޮޅެއްވާންދެން ހައިޒަލްގެ ކާރު ދިޔަ ދިމާލަށް ބަލަހައްޓައިގެން އިނދެފައި ކާރު ދުރަށް ދުއްވައިލައިފިއެވެ. *** *** *** *** *** *** މަޔާންގެ އަމިއްލަ ނަފްސު މައިތިރިނުކުރެވިފައި އިނދެ ސަރަކައިގެ ހިފާލެވިފައިިވާ އަތަށް ބާރުކުރަމުން ގައި […]
ހައިޒަލް އިރުކޮޅެއްވަންދެން ކެންޓީނުން ބޭރުން އެ މަންޒަރު ދެކެން ހުރެފައި ކެންޓީންތެރެއަށް ވަދެެގެން އައިސް ނައިނާ އިން މޭޒު ކައިރީ އިށީނެވެ. އެއާއިއެކު ސިމިސިމި ލެވުންތައް އިތުރަށް ބާރުވިހެން ހީވިއެވެ. ނައިނާ ހަައިޒަލްއާއި ދިމާލަށް ބަލާލުމެއްވެސް ނެތި ވަގުތުން ގޮނޑިން ތެދުވިއެވެ. “ނައިނާ… އިށީދޭ…” ހައިޒަލް ނައިނާގެ އަތުގައި ހިފަހައްޓަމުން އަމުރުކުރިއިރު ނައިނާ ހައިޒަލް އަތްތިލަ އޭނަގެ އަތާއި ގަދަކަމުން ވަކިކުރަމުން ކެންޓީނުން ނިކުންނަން ހިނގައިގަތެވެ. މެންދުރުގެ ހޫނުކަމުން ފިއްސަމުންދިޔަ މަގުތަކުގައި ނައިނާ ހިނގަމުންދިޔައިރު ފަހަތުން ހައިޒަލްގެ […]
“ނައިނާ… މީޓް މައި ހަޒްބެންޑް ހައިޒަލް…” ޝަލީން އެއްވެސް އަސަރެއްނެތި ބުނެލި ޖުމްލަތަކާއިއެކު ނައިނާގެ ކަންފަތްދޮށުގައި ބޮމެއް ގޮއްވާލެވުނުފަދައެވެ. ސިކުނޑީގައި އެތައްގޮވުމެއް ގޮވާ ހުރިހާ ނާރުތަކެއް ބުރިބުރިވެގެން ދިޔައީހެން ހީވިއެވެ. ވަގުތުން ހައިޒަލްއާއި ދިމާލަށް ބަލާލެވުނުއިރު ދެފަރާތަކަށް ބޯހޫރާލެވުނީ އެކަން ގަބޫލުކުރަން ހިތްވެސް ދެކޮޅުހެދިވަރުންނެވެ. އޭރު ނައިނާއަށް ސިއްރުކުރަމުންދިޔަ ހިތި ހަބަރު ނައިނާގެ ކުރިމަތީގައި ނިއުޅިގެންދިޔުމުން ލިބުނު ޝޮކްގެ ބޮޑުކަމުން ހައިޒަލްއަށް ހުއްޓުންއަރާފައި ހުރެވުނީ ހަރަކާތެއްކޮށްލުމެއްނެތިއެވެ. މަޑުމަޑުން ނައިނާގެ ރީތި ދެލޯ ތެމެންފެށިއިރު ހައިޒަލްއަށް އިސްޖަހާލެވުނީ […]