ޝާދީން ލޮބީ ކުރިމަތިން އަޅާލައިފައި ގޮސް މަތީ ފަންގިފިލާތަކަށް އަރަން ހާއްސަކޮށްފައިވާ ލިފްޓު ކުރިމަތީ ހުއްޓެމުން ބަޓަނަށް ފިތާލިއެވެ. އިރުކޮޅެއްފަހުން ލިފްޓު ހުޅުވިގެންދިޔައިރު ޝާދީން ފޯނާއި ކުޅެން ހުރެފައި އިސްއުުފުލާ ބަލާލިއިރު ފެނުނު ސޫރައަކުން ހިނދުކޮޅަކަށް މީހާ ހުއްޓުން އަރާގޮތްވިއެވެ. މީހާ ގަނޑުވިފަދަ އިހުސާސްއެއްވީއިރު އިރުކޮޅެއްވަންދެން ޝާދީންއަށް އެ މޫނަށް ބަލަހައްޓައިގެން ހުރެވުނެވެ. މާޒީގެ ހިތިކަން މީހާ ވަށާލިއިރު ޝާދީންގެ ލޮލުން ވޭނެއްގެ އަސަރު ފާޅުވާކަށް ސިކުންތުކޮޅެއްވެސް ނުނެގިއެވެ. ހަތަރުއަހަރުވަންދެން އޭނަ ސިއްރު ކުރި ރިހުންތައް ލޮލުން […]
އެވަގުތު ބާރަށް ކެބިންގެ ދޮރު ޖެހިގެންދިޔުމާއިއެކު ހައިޒަލްގެ ނަޒަރުވެސް ދޮރާއި ދިމާލަށް ދަތުރުކުރިއެވެ. ހިނދުކޮޅަކަށް ހައިޒަލްގެ ނޭވާހުއްޓުނުހެން ހީވިއިރު ހިތުގެ ތެޅުންވެސް މަޑުޖެހިލިހެން ހީވިއެވެ. ކެބިންގެ މަޑު ކާރޕެޓްގެ ސަބަބުންނާއި އަދި ނުތަނަވަސްކަމުގެ އޭނާގެ ސިކުނޑި ރަނގަޅަށް މަސައްކަތްނުކުރާތީ ހައިޒަލްއަށް ނައިނާގެ ފިޔަވަޅުތަކުގެ އަޑު ނީވުނީއެވެ. ދޮރުމަތީ ނައިނާ ބުދެއްހެން ހުއްޓުން އަރާފައިހުރިއިރު އެ ޖުމްލަތަކުން އެ ނާޒުކްހިތަށް ލިބުނު ސިހުން ހުރީ އެ ލޮލުން ފެންނާށެވެ. އެރީތި ލޮލުގެ ނަޒަރު ހައިޒަލްއަށް އަމާޒުވެފައިވާއިރު ކަރުނަަތައް ބޮޑިވަމުންދިޔަ […]
“ހައިޒަލް…” ނައިނާގެ މޫނުމަތިން ފެނުނު ހައިރާންކަމާއިއެކު ހައިޒަލްގެ ނަން އެދުލުން ބޭރުވިއެވެ. އެއާއިއެކު ހައިޒަލް ނަގަމުންދިޔަ ފިޔަވަޅުތަކަށް ހުއްޓުމެއްއައިރު އެ ލޮލުން ތަފާތު އަސަރެއް ފެނިލިއެވެ. އަމިއްލަ އިހުސާސްތައް ފޮރުވާލަމުން ފިނިވަމުން އައި އަތްތިލަ ޖީބަށް ޖަހާލިއިރު ހައިޒަލް އެންމެ ފަހަރަކުވެސް ފަސްއެނބުރި ނައިނާއާއި ދިމާލަށް ބަލާނުލިއެވެ. “ސްޓޮޕް…” ހައިޒަލްގެ ޖަވާބަކަށް އިންތިޒާރުކުރުމެއްނެތި ބާރު ފިޔަވަޅުތަކެއްގައި އައި ނައިނާގެ ފިޔަވަޅުތައް އޭނާއާއި ކައިރިވުމާއިއެކު ހައިޒަލް އަމުރުވެރިގޮތަކަށް ބުނެލިއެވެ. އެއާއިއެކީ ކުރިން މޫނުމަތިން ފެނުނު ކުލަވަރު ފޮރުވާލުމުން ނައިނާއާއި […]
“ޝަލީންއާއި ކައިވެނިކުރަން އެއްބަސްވޭ…” އަލްހާންގެ ޖުމްލައާއިއެކު ހައިޒަލްގެ ދުނިޔެވެސް ހުއްޓުނުފަދައެވެ. ބުދެއްފަދައިން ހުއްޓުން އެރިއިރު ލޮލުން އޮހެން ތައްޔާރުވެފައިވާ ކަރުނަތަކަށްވެސް ހުއްޓުމެއް އައެވެ. “ތިންވަނަަ ފަހަރަށް ދެކޮޅު ހަދައިފިނަމަ އެ އަންހެންކުއްޖާގެ ފުރާނަ ދަމައިގަންނަންވެސް އަހަރެން ފަހެއް ނުޖެހޭނަން… ހައިޒަލްއަށް އެކަން މިއަދު ސާބިތުކޮށްދީފައިވާނީ…” އަލްހާންގެ މޫނުމަތީ ރަހުމުގެ ކުލަވަރެއްވެސް ނުވެއެވެ. އަމިއްލަ އެދުމަށްޓަކައި ކުށެއްނެތް މައުސޫމް އަންހެންކުއްޖެއްގެ ފުރާނަ ނަގާލުންވެސް އެއީ މާބޮޑުކަމަކަށް ނުވިއެވެ. އިންސާނިއްޔަތުކަމުގެ ޒައްރެއްވެސް އެ ހިތުގައި ނެތެވެ. ހައިޒަލްގެ ދެތުންފަތް ފޫއަޅުވާލައިފައި […]
މޫސުމް ގޯސް ރެއަކަށްވާތީ މަގުތައް އޮތީ ފުދޭވަރަކަށް ހިމޭންކޮށެވެ. ނައިނާ މަގުތައް ކަޑައްތުކުރަމުން ގޮސް އަނދިރިގޯޅިގަނޑަކަށް ވަނުމާއިއެކު ފަހަތުން ފިޔަވަޅުތަކެއްގެ އަޑުއިވިފައި ފަސްއެނބުރި ބަލާލިއެވެ. ހުސްކޮށްވާ ގޯޅިތެރެއަށް ނަޒަރެއް ހިންގާލަމުން ނައިނާގެ ފިޔަވަޅުތައް އިތުރަށް ބާރުކޮށްލިއެވެ. ގޯޅީ ނިމޭ ހިސާބަށް ދެވުނުތަނާ އައިނައިތަނެއް ނޭނގި ފަހަތުން އައި މީހަކު ނައިނާގެ ހަށިގަނޑުގައި މީހަކު ހިފަހެއްޓިއެވެ. ނައިނާވަގުތުން ގަދަހަދާލުމާއިއެކު އެ މީހަކު ނައިނާއަށް ގުޑުނުލެވޭނެފަދައިން ނައިނާގެ ހަށިގަނޑު އެއަތުގެ ތެރޭގައި ހައްޔަރުކޮށްލިއެވެ. އެއާއިއެކު ނައިނާ އަނގަމަތީ ރުމާލެއް އަޅާލަމުން […]
“ގޮސް އޭނަ ގައިގައި ބައްދަބަލަ…” ހައިޒަލް ނައިނާގެ އަތް ހަށިގަނޑާއި ވަކިކޮށްލަމުން ބުނެލި ބަހުން ނައިނާގެ މޫނުގައި އެތިފަހަރެއްޖެހިފަދައެވެ. “ހައި…” ނައިނާ މަޑުމަޑުން ކިޔާލިއިރު ހައިޒަލް ފަސްއެނބުރި ބަލާލުމާއިއެކު ނައިނާގެ ލޮލަށް ބޮޑިވަމުންއައި ކަރުނަތައް ފެނި ހިތް ކަފަކޮޅެއްހާ މަޑުވެގެން އަންނާކަށް ސިކުންތުކޮޅެއްވެސް ނުނެގިއެވެ. އޭނަގެ ރުޅިގަނޑު ނައިނާއަށް ބޭލުނީތީ އަމިއްލަ ނަފްސު ކުށްވެރިކުރެވުނެވެ. އެރީތި ލޮލުން އޮހެން ތައްޔާރުވެފައިވާ ކަރުނަތައް ފުހެލަދޭން އަތްއުފުލާލައިފައިވެސް ހައިޒަލް އަތްމުށްކަވާލަމުން އަތް ތިރިކޮށްލިއެވެ. ހައިޒަލް ވަގުތުން ނައިނާއަށް ފަސްދިންއިރު ސިކުނޑީގައި […]
ސިޑީގެ ވަކި ހިސާބަކަށް ދިޔަތަނާ ޓެރެސްއާއި ދިމާލުން ނައިނާގެ ބާރު ހަޅޭކުގެ އަޑު އިވިފައި ހައިޒަލްއަށްވީގޮތެއްވެސް ނޭނގުނެވެ. ސިކުންތުކޮޅެއްގެ ތެރޭ ބޮޑު ސިޑިބަރި ގިރާކޮށްލަމުން ޓެރެސްއަށް އެރިއިރު ފެނުނު މަންޒަރަކުން ހައިޒަލްގެ މޫނު ހުދުވެގެންދިޔައެވެ. ހިނދުކޮޅަކަށް ހުއްޓުން އެރިއިރު ބިރުންގޮސް ހިތް ހުއްޓުނީހެން ހީވިއެވެ. ނައިނާގެ ފަހަތުގައި ކަޅު ހެދުމެއްގައި ނިވާވެގެން ހުރި ޒުވާނާ އުރައިގެ ތެރެއިން ނެގި ވަޅީގެ މިޔަ އަނދިރީގެ ތެރޭގައި ވިދާގަތީ ނުރައްކާތެރިގޮތަކަށެވެ. ހައިޒަލްއާއި ދިމާލަށް ނަޒަރު ހުއްޓިފައިވާ ނައިނާ ހައިޒަލްގެ ނަޒަރު […]
ހައިޒަލްގެ ނަޒަރު ޓެރެސްއާއި ހަމަވިވަގުތުކޮޅު ކަޅު އެއްޗެހީގައި މޫނު ނިވާކޮށްގެން ހުރި ޒުވާނާ އަވަސް ހަރަކާތަކާއިއެކު ކޮންމެވެސް އެއްޗެއް ތިރިއަށް ދޫކޮށްލާމުން ވަގުތުން ނިވާވިއެވެ. ހައިޒަލްގެ ނަޒަރު ވަގުތުން ޓެރެސްއިން ތިރިއަށް ދަތުރުކޮށްލިއިރު ވައިކަފައިފައި ނައިނާއާއި ދިމާލަށް ވެއްޓެމުން އައި ތޫނު ބިއްލޫރިގަނޑު ފެނިފައި ހައިޒަލްގެ މެޔަށް ފެންއެއްޗެއް އަޅާލެވުނު ފަދައެވެ. ހިނދުކޮޅަކަށް ގަނޑުވެފައި ދުއްވައިގަންނަންވެސް ނޭނގިފައި ހުރެވުނުއިރު ސިކުނޑި ދިން ބިރުވެރި އިންޒާރާއިއެކު ދެވަނަސިކުންތުގައި ފަޔަށް ލެވުނުހާ ބާރެއްލައިފައި ގޮސް ނައިނާގެ ކުރިމަތީ ހުރަހަކަށްވަމުން ހުއްޓުނެވެ. […]
“އަޅުގަނޑަކީ މީހެކޭ އަނތްބެކޭ ބައްޕާ….” ޝަލީން އަޑަށް ބާރުލައިފައި ބުނެލިއިރު ލޯމަރާ ބާރުކޮށްލެވުނީ ބައްޕަގެ ހޫނުއެތިފަހަރެއް މޫނަށް އަރާނެކަން ޔަގީންވެފައެވެ. އެއީ މިއަދާއި ހަމަޔަށް ޝަލީން އެއްވެސް މީހަކަށް ހާމަނުކުރަން ނިންމައިގެން ހުރި ހަގީގަތެއްކަމަކު ޝަލީންއަށް އެކަން ހާމަކުރަން މަޖުބޫރުވީއެވެ. އެއީ ރޭވެމުންދާ ކައިވެނި ހުއްޓުވެން އޮތް ހަމައެކަނި ހަތިޔާރެވެ. ޝަލީންގެ އެންމެ ފަހުގެ އުންމީދެވެ. ޝަލީންގެ ޖުމްލައާއިއެކު އިޝާރު ހުއްޓުން އެރުއްވިއިރު ހަށިގަނޑަށް ހަރަކާތެއް ގެންނަންވެސް ނުކުޅެދުނެވެ. ޝަލީންގެ މޫނަށް ބަލަހައްޓައިގެން ހުރީ ކަންފަތަށް އިވިލެއްވި […]