ޒަމާނުންސުރެ ކުޅިވަރުގެ އާދަކާދައަކީ ދިވެހިންގެ ސަގާފަތުގެ އެއްބައޭ ބުނުމަކުން ދޮގަކަށް ހަމަ ގައިމަކުވެސް ނުވާނެ. މިކަން އަޅުގަނޑުމެން ލޭކައްކުވާލާ ފުޓުބޯޅައާއި އެހެން ކުޅިވަރުތަކުގެ ދިގު ތާރީހަށް ބަލާލުމުންވެސް އެނގިގެން ދޭ. ޒަމާނުންސުރެ ދިވެހިންގެ ތެރޭގައި އެކި އެކި ކުޅިވަރުތަށް ރާވާ ހިންގެމުންދާއިރު މިކަމުގެ ސަބަބުން އިޖްތިމާއީ ގުޅުންތަކަށް އެދެވޭ ބަދަލެއް އަންނަކަމީ ޝައްކެތްނެއް ހަގީގަތެއް. ރަށްތަކުގައި ކުޅިވަރުތަށް އިންތިޒާމް ކޮށްގެން ކުޅުމުގެ މައިގަނޑު ބޭނުމަކަށްވެފައިވަނީ އެރަށެއްގެ މުއައްސަސާތަކުގެ ގުޅުން ބަދަހިކޮށް އަތޮޅާއި ރަށުގެ އިޖުތިމާއީ ފޭރާން ވަރުގަދަކުރުން […]
ކުރިޔަށް އޮތް ހަފްތާގައި އަޅުގަނޑުގެ މޮކް އެގްޒާމް ފެށޭ އަދި މި މަހު 26 ގައި އަޅުގަނޑު ކޯހުގެ އެޒާމް އޮތުމާއެކު ދެން މިވާހަކަ އަޕް ކޮށްލެވޭނީ ހުރިހާ އެގްޒާމަކަށްފަހުކަން ހިތާމައާއެކު ބުނެލަން. އަދި އަޅުގަނޑުގެ ވާހަކަ ކިޔާ ފަރާތްތަކުގެ ކިބައިން މާފަށް އެދެން. އެގްޒާމްސް ނިމުނުހާއަވަހަކަށް އަޕްކޮށްލަދޭނަން. އިންޝާﷲ.
ޖިންނި ޝައިތާނުންގެ ވާހަކަ އަކީ ގިނަބަޔަކު ގަބޫލު ކުރާ ވާހަކަ އެންނޫނެވެ. އެކަން ދިމާވެފަވާ މީހެންގެ ހިތުގެ ޝުއޫރުތަކާ އެ މީހަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަކީ އަނެކާއަށް އިހުސާސް ވާނޭ ކަންކަމެއްވެސް ނޫނެވެ. ހަގީގަތުގައި ބުނަނީނަމަ ދާދި އިހަކަށް ދުވަހާޖެހެންދެން އަހަރެން މިވާހަކަތަށް ގަބޫލެއް ނުކުރަމެވެ. އޭރުގަ ބުނާނަމަ އަހަރެންގެ ނަޒަރުގައި ޝައިތާނީ ވާހަކަތަކަކީ ކުޑަކުދިން ބިރުގަންނަވަން މީހުންދައްކާ ތޯތޯ ވާހަކަ ތަކެކެވެ. އެހެންނަމަވެއް ލޯކުރިމަތީ ފެންނަން އޮއްވާ އެއްވެސް މީހަކަށް ދޮގު ކުރެވޭނެބާއެވެ؟ އަހަންނަށް ވެސް ވީ […]
އާދުވަހަކަށް އިރުގެ ރަން އަލި ފާއްދާލީ އަހަރެންގެ އެކުވެރިންނާއިއެކީ ބޭނުމެއްނެތި ފޫހިވެފައި ހަރުގަނޑުމަތީ އޮއްވައެވެ. އަހަރެންގެ އެކުވެރިން ގިނަވެފައިވާއިރު އެންމެންގެ ހާލަކީ މިއެވެ. ސޯނާވަމުންދިޔަ ގަނޑީގެ އަޑާއިއެކު ދުވެފައި އައި އަންހެންކުއްޖާ ހުއްޓިލީ ހަރުގަނޑު ކުރިމަތީގައެވެ. ހަވީރީހެދުމެއްގައި ހުރި އަންހެންކުއްޖާގެ މޫނު ހުރިގޮތުގެ ވާހަކަ ރަނގަޅުވާނީ ނުދެއްކިއްޔާއެވެ. މޫނެކޭ ފެންކުލަ ފޮއްޓެކޭ އެއްފަދައެވެ. އަވަސްއަވަހަށް އަހަންނާއި އެކުވެރިންނަށް ނަޒަރު ހިންގާލުމަށްފަހު އޭނަގެ އަތަށް އަހަރެން ނެގިއެވެ. އެއަށްފަހު އަތަށް ބާރުލައިފައި އަހަރެންގެ ގައިގައި ދެތިން ބޮޑި އެޅިއެވެ. […]