“ސިސް…” ނައިނާއަށް ޝަލީންއަށް ގޮވާލެވުުނެވެ. ޝަލީން އޭނަ ގާތުގައި މިއީ ދުވާލޭ ބުނިނަމަވެސް އޭނައަށް ގަބޫލުކުރަން ތަންކޮޅެއް ފަސޭހަވީހެވެ. އޭނައަށް ޝައްކުކުރެވުނުގޮތަށް މަޔާންއާއި ޝަލީންއާއި ދެމެދު ގުޅުމެއް އޮތީއެވެ. އޭނަ ޝަލީންއާއިމެދު ދެކެމުންއައި ނަޒަރިއްޔާތު އެންމެ ބަހަކުން ޝަލީން ބަދަލުކޮށްލައިފިއެވެ “ހައިއާއި އަަހަރެންގެ މެރީކުރުމުގެ ކުރިންވެސް މަޔާންއާއި އަހަރެން ކައިވެނިވަނީ ކުރެވިފައި… ބައްޕަގެ ގޮތްދޫނުކުރެއްވުމާއިއެކު އަހަންނަށް ހައިޒަލްއާއިމެރީކުރަން ޖެހުނީ… ބޭބީއަކީ މަޔާންގެ…” ޝަލީން ނައިނާއަށް އޭނަގެ މާޒީ ކިޔައިދިނެވެ. ނައިނާއަކީ އޭނަގެ ކޮއްކޮއެއްފަދަ ކުއްޖަކަށްވެފައި ހައިޒަލްގެ ލޯބިވެރިޔާއަށްވާތީ […]
“ނައިނާ…” އެއީ ނައިނާގެ އަތުގައި އަޅާފައިވާ އޮއްވާ އެތަށްފަހަރަކު އޭނައަށް ފެނިފައިވާ ކެވެލި ކޮޅެކެވެ. ސުވާލުއުފެދުނީ އެ ކެވެލިކޮޅު އެތާ އޮންނަންވީ ސަބަބެއް ނޭނގިފައެވެ. ހައިޒަލް ފޯނުން ބިންމައްޗަށް އަލިއަޅުވާލިއެވެ. ބިންމައްޗަށް ހޫރިފައިވާ ސާމާނުތަކާއި ތަންކޮޅެއް ދުރުގައި އޮތް ނައިނާގެ އަތްދަބަސް ފެނިފައި ހައިޒަލްގެ ސިކުނޑިވެސް ނުރައްކާތެރިކަމުގެ އިންޒާރެއްދިނެވެ. އަދި ޕޭމެންޓްމަތީ ހިކިފައިވާ ލޭތައްފެނި ހައިޒަލްގެ ނޭވާވެސް ހުއްޓުނުފަދައެވެ. އޭނަގެ ހުރިހާ ހިއްސެއް ހޭލައިގަތެވެ. “ހައި… ހާދަ ގުޅައިފީމޭ…” ދުވެފައި އައިސް ހައިޒަލްއާއި އަރާހަމަވި މިކްޔާލް ގުދަށްއޮވެ […]
“ހައިޒަލް މަރާލާ…” އައްމާރު ވިހަގޮތަކަށް ބުނެލިއިރު އަލްހާންގެ ދެލޯބޮޑުވިއެވެ. “ކިހިނެތްވީ މާވަރަކަށް ސިހުނީ… އަލަށް ކުރަން އުޅޭ ކަމެއްނޫނެއްނު… އެހެންނޫނަސް އަމިއްލަ ކޮއްކޮއަށް ނެތް ލޯބި ކޮއްކޮގެ ދަރިއަށްވެސް ނޯންނާނެއެއްނު… ނޫނީ އަހަރެން އެކަންކޮށްދެންވީތަ… ކަލޭގެ ބާރުގެ ދަށަށް ހައިޒަލް ގެނޭ… އަހަރެންވެސް ބޭނުމެއްނުވޭ އޭނަ މަރާކަށް… އެހެންވެ ރީތިކޮށް މިބުނަނީ… އޭނައަށް މަޖުބޫރުކުރުވަން އެންމެ މޮޅު މީހާއެއްނު ތިއީ.. އެކަމަކު ދެވަނަ ފަަހަރަށް އަހަންނަށް މާޒީ ތަކުރާރުކުރަން ނުޖައްސައްޗޭ… އެކަން އޮތީ ކަލޭގެ އަތްމަތީ…” އައްމާރު […]
ފުލް ސްޕީޑްގައި އެންޓްރެންސްއަށް ކާރު ވަދެގެން އައިރު ފެނުނު މަންޒަރުތަކުން ހައިޒަލްގެ ސިކުނޑީގެ ނާރުތައްވެސް ބުރިބުރިގެންދިޔަފަދައެވެ. ރަނގަޅަށް ކާރު ނުހުއްޓެނީސް ހައިޒަލް ކާރުން ފުންމާލިގޮތަށް ހަޅޭލަވައިގަތެވެ. އޭރު އައްމާރު މަޔާންގެ ބޮލާއި ދިމާލަށް މަޅާލައިފައިވާ ލަޑިގަނޑު މަޔާންގެ ނާށިގަނޑުގައި ޖެެހެން އިންޗިއެއްވެސް ނެތެވެ. ހައިޒަލްގެ ހަޅޭކާއިއެކު ވަގުތުން ހުރިހާ ޒުވާނުންތައް ކާރަށް އަރާ ދުރަށް ދުއްވާލިއެވެ. އައްމާރުގެ ފަސްއެނބުރުމެއްނެތި ވިދުވަރެއްހާ ހަލުވިކޮށްގޮސް ކާރަށް އަރައިފިއެވެ. ނަމަވެސް ފަހަތުންވެސް އެއީ އައްމާރުކަން ހައިޒަލް ދެނެގަތެވެ. ސިކުނޑިއަށް އެރި ފިނިގަނޑާއިއެކު […]
“ނައި… ޕްލީޒް ބީ މައިން… އައި ލަވް ޔޫ… ހައިޒަލްގެ ލޯބި ހަނދާންނައްތާލާވަރަށް ލޯބިދޭނަން…” އެއީ ކޮންމެ ކުއްޖެއްވެސް އަހާލަން ބޭނުންވާނޭ ލަފްޒުތަކަށްވިޔަސް ނައިނާއަށް އެ ބަސްތައް އަޑުއިވުނީ ހޮނުގުގުރިއެއް ފަދައިންނެވެ. އޭނަގެ ކަންފަތްދަށުގައި ގުގުރިއެއް ޖެހިފަދައެވެ. ދެލޯބޮޑުކޮށް ލެވިގެންދިޔައިރު ސިހިފައި ފަހަތަށް ފިޔަވަޅެއް އަޅާލެވުނީއެވެ. އެވަގުތު ކޯރިޑޯއިން ހިނގާލައިފައި އައި ހައިޒަލްއަށް ސާފުކޮށް އެޖުމްލަތައް އަޑުއިވުނެވެ. ހައިޒަލްގެ ފިޔަވަޅުތައް ބިމަށް ތަތްވިއިރު ފާރަށް ލެގިލެވުނީ ގައިން ވަރުދޫވެދާނެހެން ހީވެގެންނެވެ. އެޖުމްލަތަކުން އޭނަގެ ހުރިހާ އުފަލެއް އަނދާއަޅިއަށް […]
“އަހަރެންގެ މަންމަ… މަންމަވެސް ނިޔާވީތަ؟” ހައިޒަލް ނޭވާލުމެއްނެތި އަވަސްގޮތަކަށް ސުވާލުކުރިއެވެ. އޭނައަށް އިނގިފައިވާގޮތުން އޭނަ އެއްލާލައިފައި މަންމަ ފިލީއެވެ. އަލްހާން އޭނައަށް ބުނެދިން ގޮތަކީ އެއީއެވެ. އޭނަގެ ދޮންބެ އަލްހާން އޭނަގެ މައިންބަފައިންގެ މަރުގެ ހަބަރު މިހާތަނަށްވެސް ސިއްރުކުރީ އޭނައަށް ލިބިދާނެ ހިތާމައަކަށް ވިސްނާފައިކަމަށް ހިތް އޭނަައަށް ވިސްނައިދިނަސް ހައިޒަލްގެ ހިތުގައި ސުވާލު އުފެދުނީ ސަބަބެއްނެތިއެއްނޫނެވެ. އެހެންވާނަމަ އޭނަގެ މަންމައާއި ބެހޭގޮތުން އަލްހާން އެހާބޮޑު ދޮގެއް ހެދީ ކީއްވެގެން ހެއްޔެވެ؟ “ހޫމް.. އަޒްހާން އަންކަލްއާއި ހައިލާ އާންޓްގެ […]
“މުހައްމަދު ހައިޒަލް އަޒްހާން… އަޒްހާން…” ހައިޒަލްއަށް އޭނަގެ ފަހަތަށް އޮތް ނަންކިޔާލެވުނީ ގަބޫލުނުކުރެވިފައެވެ. ހުރިހާ ލިޔެކިޔުމެއްގައި އޮންނަ ގޮތުން ވިއްުޔާ އޭނައަކީ މުހައްމަދު ހައިޒަލް އަލްހާނެވެ. ވީއިރު މިލިޔުމުގައި މިހެން އޮންނަންވީ ކީއްވެހެއްޔެވެ؟ ކުއްލިއަކަށް ހިތަށް އައި އެއްޗަކާއިއެކު ހައިޒަލްގެ ސިކުނޑި ގަނޑުވިފަދައެވެ. އިރުކޮޅަކަށް ސިކުނޑީގެ މަސައްކަތް ހުއްޓާލުމަށްފަހު އަލުން ހިނގަން ފެށިއިރު ލިބުނު ޝޮކަކުން އަނބުރައިގެންފާނެހެން ހީވިއިރު ވަގުތުން ޓްރެސިން ޓޭބަލްގެ އެހީ ހޯދުނެވެ. އޭނައަށް ހީވީ މުޅި ދުނިޔެ އެނބުރި ފައިދަށުން ބިންގަނޑުވެސް ދެމިގަނެގެން […]
ޔަޒްދާންގެ ލޮލުން އޭނަގެ މައްޗަށް ކުޑަނަމަވެސް ލޯތްބެއް ފެންނާނީ ކޮންދުވަހަކުންހެއްޔެވެ؟ އެއަދާތަކުން ލޯބީގެ ޒައްރެއްނަމަވެސް ފެންނާނީ ކޮންދުވަހަކު ހެއްޔެވެ؟ އޭނަގެ ހިތް ނާއުއްމީދުން މިލަމުންދާއިރު ކެތްތެރިކަން ކޮންމެވަގުތަކުވެސް ކޮޅުންލައިފާނެފަދައެވެ. ހަތަރުއަހަަރަކީ ކުރު މުއްދަތެއްނޫނެވެ. ހަތަރުއަހަރުވާންދެން އޭނަ ކުރި މަސައްކަތް ކާމިޔާބުވާ ތަނެއް ނައެވެ. ނަމަވެސް އޭނަގެ ހިތުގައި ރަސްކަންކުރާ ޔަޒްދާންގެ ލޯބި ޔަޒްދާން ދޫކޮށްލާކަށް އެއްބަހެއްނުވެެއެވެ. ލޯބީގެ ކުލައެއް ނެތަސް އެއަތުގެ ފިރުމުންތަކަށް ހިތްއެދެއެވެ. ދުރަށް ދާކަށް ދުވަހަކު އެއްބަހެއްނުވެވޭނެއެވެ. *** *** *** *** […]
“ހައިލާއަކީ ކިހާވަރެއްގެ މީހެއްކަން އިނގުނީމަވެސް ހައިޒަލް ހަމަ ތިވަރުވާނޭތަ؟ ރިހާނާ ވެއްޖެއްޔާ ހައިޒަލް ބެލި… އެކަމު އޭނައަށް އިނގުނީ ދަރިއެއްލާލައިފައި ފިލަން… އަލިފާންގަނޑުގެ ތެރެއަށް ދަރިއެއްލާލައިފައި އަމިއްލަ ފުރާނައާއިގެން ފިލާ ރައްކާވީ ލޯބިވާވަރު ބޮޑުކަމުންތަ؟ ދަރިކުލުނު ބޮޑުކަމުން މިވީހާ ދުވަހުވެސް ދުނިޔޭގައި ހުރިތޯވެސް ބަލާނުލީ… ދެންވެސް އުޅޭތި މަންމަ ވަރެއް ނެތިގެން…” ހައިޒަލް ހައިލާއާއި ދެކޮޅަށް އަނބުރާލަން އަލްހާން ބޭނުންކުރީ އެންމެ ނުބައި ހަތިޔާރެވެ. އޭނަ ގަތާލި ދޮގު ބަސްތަކުން ހައިޒަލްގެ ސިކުނޑިއަަށް ވިހަލީއެވެ. އެބަސްތަކުގެ ވިހަކަން […]