އެވަގުތު ހައިޒަލް ނިދީގައި އޮވެ ކޮންމެވެސް އެއްޗެކޭ ކިޔާލިއެވެ. ޝަލީން ހައިޒަލްގެ ހަރަކާތްތަށް ދެގެނަންނަފަދަ ގޮތަކަށް ބަލަހައްޓައިގެން ހުރުމަށްފަހު ހައިޒަލްގެ ގައިމަތީ އޮތް ކިލްޓް ރީތީކޮށްލުމަށްފަހު ދުރަށް ޖެހިލިއެވެ. ސައިޑް ލޭމްޕްގެ އަލި މަޑުކޮށްލުމަށްފަހު ޝަލީން އަނެއްފަރާތަށް އެނބުރުގަޑީގައި ހައިޒަލް ޝަލީންގެ އަތުގައި ހިފަހައްޓާލިއެވެ. އެއާއިއެކު ހައިޒަލް ކިޔާލި އެއްޗަކުން ޝަލީންގެ ބޮލަށް އެނބުރުން އަރަައިގެންދިޔައެވެ. “ނައިނާ…” ހައިޒަލް ނިދީގައި އޮވެ ދެވަނަފަހަރަށްވެސް ތަކުރާރުކޮށްލިއެވެ. ޝަލީންގެ ހަށިގަނޑުގެ ވިންދު ހުއްޓުނު ވަގުތުކޮޅަކަށްފަހު ހައިޒަލްއާއި ދިމާލަށް ބަލާލެވުނުގޮތުން ހަށިގަނޑު […]
ޝާދީން ހައިޒަލްގެ އަތުގައި ހިފާލިއިރު އެތައް އަސަރުތަކަކުން ހިތް ފޮތިފޮތިވަމުންދިޔައެވެ. އެވަގުތު ހައިޒަލްގެ އިނގިލި ހަރަކާތްކޮށްލިހެން ޝާދީންއަށް ހީވިއެވެ. ޝާދީން ބަލާލިއިރު ހައިޒަލް އެސްފިޔަތައް ތަޅުވާލީއެވެ. ބީޕްގެ އަޑާއިއެކު އީސީޖީ މެޝިންގެ ވޭވްތަކުގެ ދުރުމިން ކުރިއަށްވުރެ ދުރުވެފައި ކައިރިވިއެވެ. މެޝިންގެ އެލާރޓްއާއިއެކު ރިވާން ޝާދީންއަށް ވަގުތުކޮޅެއް ދީގެން ހުރެފައި ހައިޒަލްއާއި ކައިރިވެލިއެވެ. އޭރު ހައިޒަލް އެސްފިޔަތައް ތަޅުވަމުންދިޔައީ ލޯހުޅުވަން އުޅޭފަދަ ގޮތަކަށެވެ. ޝާދީންގެ ލޮލަށް އުފާވެރިކަމުގެ ކަރުނަތައް ބޮޑިވެގަތްއިރު އަނގަމަތީގައި އަތްއަޅާލެވުނެވެ. ނަމަވެސް އެވަގުތު ހައިޒަލް ކިޔާލި […]
ހައިޒަލް އެވަގުތު އޭނަގެ އަތްފޯރާހާ ގާތުގައި އޮތް ނައިނާއާއި ދިމާލަށް އަތްދިއްކޮށްލަމުން ކޮންމެވެސް އެއްޗެކޭ ބުނަން މަސައްކަތްކުރިއެވެ. ނަމަވެސް އަޑުބޭރުވެގެންދިޔުމުގެ ކުރިން ހައިޒަލްގެ ހަށިގަނޑު ހިމޭންވެގެންދިޔައިރު ނައިނާ ދިމާލަށް އުފުލާލެވިފައިވާ އަތުގެ ވާގި ދޫވެ ތިރިއަށް އެލުނެވެ. ނައިނާގެ ހިތަށް ލިބުނު ސިހުމުގެ ބޮޑުކަމުން އެސްފިޔަޖަހާލުމެއްނެތި އޮވެފައި އަޑުގެ ކޮޅަށް ރޮއެގަތީ އަޑުއަހާމީހާގެ ހިތަށްވެސް ރަހުމްވަންނާނޭފަދަގޮތަކަށެވެ. އޭނަގެ ފުރާނަ ހަށިގަނޑާއި ވަކިވަމުންދިޔަ ފަދަ ނުބައި އިހުސާސްއެއްކުރެވުނު ވަގުތުކޮޅެކެވެ. “ނޫން ހައި… ނޫން…” ފިލާތަކުގައި ދަށުވެފައި އޮތުމުން ހަށިގަނޑު […]
“ސުބްހާނައްﷲ،… ކޮންފަދަ ނުބައި ބައެއް… އެއީ ހަމަ އިންސާނުންތަ…. ކޮންބައެއްކަމެއް ނޭނގޭތަ؟” އެ އަންހެންކުއްޖާގެ ވާހަކަތަކަށް އަޑުއިވިފައި އާނިޔާގެ ތުންފަތްމަތީ ޝަހާދަތް އިނގިލި ޖައްސާލެވުނެވެ. މާތް ރަސްކަލާނގެ އަޅުތަކުންގެ ތެރެއިން ހުރުމަތްތެރިކުރައްވާ މާތްކުރައްވާފައި އިންސާނަކަށް ހަމަ އެފަދަ ދަށު ދަރަޖައަކަށް ވެއްޓިގަންނަން ކެރިދާނެހެއްޔެވެ؟ “ދެން ނުރޮއެ ހުއްޓާލާ… މާތްﷲ އެމީހަކު ކުރިކަމެއްގެ ޝަޒާ އެމީހަކަށް ދެއްވާނެ.. ހީނުކުރައްޗޭ ތިއީ އެކަނިވެރިއެކޭ… އަހަރެންވެސް މިހުރީނު… އެނުބައި މަޅިން ސަލާމަތްވީ ފަހުން މާމޮޅުގޮތެއް ވާން އޮތިމައޭ ހީކޮށް ﷲއަށް ވަކީލްކުރޭ…. […]
“އޭ އަލްހާން… އެޗް ހައިޒަލް… ނޯރ އެހާ ކުރިން ކޮމްޕެނީ އުފެދުނުއިރު މަށެއް ނުވެސް ހުންނާނެ… އޭ އަކީ ބައްޕައަށް އިން ލެޓަރ… ދެން އެޗް ކާކަށްބާ؟” ހައިޒަލް ވިސްނާލިއެވެ. އޭނަގެ އާއިލާގައި އެޗްއަކުރަކުން ނަންކިޔޭ މީހަކު ގައިމުވެސް ނުހުރެއެވެ. މާމައާއި ކާފަގެ ނަން ފެށެނީ އެމް އަކުރަކުންނެވެ. އޭނައަށް ނޭނގޭ އާއިލީ މެންބަރަކު ހުރީހެއްޔެވެ؟ “ސަރ ތިހޯއްދަވަނީ މިފައިލްތޯ…” އެ ވަގުތު މުވައްޒަފު ވާހަކަ އަޑުއިވިފައި ހައިޒަލް ގަތަމުންދިޔަ ހިޔާލުގެ ވާފަށް ބުރިވެގެންދިޔައިރު އަޑު އައި […]
ކޯމައްޗަށް އެރި ހޫނު އެތިފަހަރާއިއެކު މަޔާން ކޮލުގައި އަތްއަޅައިލައިގެން ހުރެ ޝަލީންއަށް ބަލާލީ ހައިރާންކަމުގެ ނަޒަރަކުންނެވެ. އޭރު ޝަލީންގެ ނަޒަރު މަޔާންއަށް ހުއްޓިފައިވީއިރު އެދެލޮލުން ފެނުނު ކުލަވަރުންވެސް މަޔާންގެ ހިތް ފިއްސާލިފަދައެވެ. އެދެލޮލުގައި ކަރުނަތައް ވިދަމުންދިޔައިރު ހިތާމައާއި އެކުވެގެން ރުޅިވެރިކަން ފާޅުވާންހުއްޓެވެ. “ބުނަން… މަޔާން ބޭނުން އެއްޗެއް މަށާ ދިމާލަށް ކިޔާ… މިދަރިފުޅާ ދިމާލަށް އިތުރަށް އެންމެ އެއްޗެކޭ ބުންޏަސް އަހަރެން މަޑަކުން ނުހުންނާނަން… ނަހަލާލު ދަރިއަށް ގޮވާއިރު އެންމެފަހަރަކުވެސް ހިތަށް ނޭރިއެއްނު އެރޭގެ މަތިންނެެއް… އަހަރެންގެ […]
ޝަލީން ހިންދިރުވާލިއިރު މަޔާންއިން ނެއްޓިގެން އައި ނަޒަރު މާބްލްމަތީ ކިރެމުންދިޔަ ކަރުދާސްގަނޑަށް ހުއްޓުނެވެ. އޭނަ މަޔާންއަށް އަންގައިދޭން މަސައްކަތްކުރާ ހަގީގަތް އެއޮތީ މަޔާންގެ ލޯކުރިމަތީގައި ފެންނާށެވެ. މަޔާންއަށްވެސް އެވަގުތުކޮޅު އެ ރިޕޯޓްއާއި ދިމާލަށް ބަލާލެވުނުއިރު އޭނަގެ ހިތުގެ ހިނގުންވެސް ހުއްޓި ސިކުނޑީގެ ލޭ ދައުރުވުންވެސް މަޑުޖެހިލިހެން ހީވިއެވެ. މަޔާންގެ ހިތަށް އެތައް ހާސްތީރުތަކެއް އެއްފަހަރާ ހެރުނުހެން ހީވިއެވެ. ދުވަހަކު މިހާ ނުބައި ހަަބަރެއް ލިބޭނޭކަމެއް ނޭނގެއެވެ. ޝަލީން އޭނަ ދޫކޮށްލާފައި ގޮސް އެހެން މީހެއްގެ އަތުތެރޭ އުފާކުރީއެވެ. […]
އެވަގުތު އެމަގަށް މަޑުކޮށްލި ކާރުގައި އިންނެވި މިޙުރާންއަށް އެދެމެދުގައި ހިނގާދިޔަ ކުޑަ ހަނގުރާމަ ކިތަންމެ ރަނގަޅަށްވެސް ފެނިލެއްވިއެވެ. މިޙުރާންގެ މެޔަށް ތަދެއް އަރައިގެންދިޔައެވެ. އެއީ އޭނަ ދުނިޔޭގައި ހުރެގެން ދެކެން ބޭނުންވީ މަންޒަރެއް ނޫނެވެ. އޭނަގެ މަރުހޫމް އެކުވެރިޔާގެ ދަރިފުޅަށް އޭނަގެ ދަރިފުޅު ބަދުބަހެއް ބުނުމަކީވެސް އޭނައަށް ކެތްނުވާވަރުގެ ކަމަކަށް ވާނެއިރު އެފަދަ މަންޒަރެއްދެކެން އެ ބަލި ހިތަށް ކެތްވާނީ ކޮންފަދައަކުން ހެއްޔެވެ؟ މިޙުރާން ކާރުގެ ދޮރު ހުުޅުވާލެއްވުމަށްފަހު ވާރޭ ތެރެއަށް ނިކުމެ ވަޑައިގަތެވެ. “މަޔާން….” މިޙުރާންއަށް […]
“އިޑިއެޓް…” ހައިޒަލް ދެދަތްޕިލަ ޖައްސާލަމުން އެ ހިސާބަށް އަރާހަމަވަމުން ކިޔާލި ވަގުތާއި މަޔާން އެނބުރިބަލާލި ވަގުތާއި ވީ އެއްވަގުތަކަށެވެ. މަޔާންއަށް ރަނގަޅަށް ފަސްއެނބުރިބަލާނުލެވެނީސް ހައިޒަލް މަޔާންގެ މޫނަށް އަރުވާލިގޮށްމުށުގެ އެތިފަހަރާއިއެކު މަޔާންގެ މޫނުން ތަރިބުރާލިއެވެ. އަމިއްލަ ބާރަކާއިނުލާ ފަހަތަށް ދެތިން ފިޔަވަޅު އެޅުުނުއިރު މަޔާން ބެލްކަނީގެ ދޮރުގައި އަތްވިއްދާލިއެވެ. “ވަޓް ދަ ހެލް… މޮޔަވީތަ؟” ތުންފަތްކައިރިން ފަޅައިގެންދިޔަ ތަންކޮޅުގައި އިނގިލި ޖައްސާލަމުން މަޔާން ބުނެލީ ރުޅިވެރިގޮތަށެވެ. އޭނަގެ ހައްޤަކަށް އަތްގަދަކޮށްގެން އުޅޭއިރު އޭނައަށް އަތްއިސްކުރަން ހައިޒަލްގެ މައްޗަށް […]