Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ބުނެދޭށޭ ރުހެމޭ 47

Saraa Level 910 Stories100 Comments100 Login500 Comments500 Login
June 30, 2019 7 Mins Read
39 Comments

 

ހީލް ފަޔަށް ލައްވާލަދިނުމަށްފަހު ހައިޒަލް ހިންދެމިލުމާއިއެކު ނައިނާ ފައިތިލައިން ހީލް ވަކިކޮށްލާފައި ދުރަށް ހޫރާލިއެވެ. އެއާއިއެކު ހައިޒަލްއަށް އެއްޗެކޭ ބުނާނެ ފުރުސަތެއްވެސް ނުދީ ހުސްފައިގައި ހުރެ ކެބިންއިން ބޭރަށް ދުއްވައިގަތެވެ. ނައިނާއަށް ނިކުމެވުނީ ރިހާނާގެ ކުރިމައްޗަށެވެ. ނައިނާއަށް ހީވީ ކަރަންޓް ޝޮކްއެއްގައި ޖެހުނު ހެންނެވެ. އޭރު އަދި ހައިޒަލް ކެބިންގެ ދޮރުހުޅުވާލަމުން ނިކުތީއެވެ. ނައިނާގެ މޫނަށް ފާއްދާލި ބީޓްރޫޓްކުލައާއިއެކު ވިދުވަރެއްހާ ހަލުވިކޮށްގޮސް އޭނަގެ ކެބިންއަށް ވަނެވެ. އެއާއިއެކު ރިހާނާގެ ނުރުހުމުގެ ނަޒަރު ހައިޒަލްގެ މޫނަށް ދަތުރުކުރިއެވެ.

“ހައިޒަލް އަނތްބެއް ހުންނަކަން ހަނދާން ނެތީތަ؟ އިޝާރުގެ ކުރިމަތީ އަލްހާންގެ އަގުވައްޓާލާނެ ގޮތެއް ނޭނގިގެންތަ ތިއުޅެނީ…” އެހެން މީހަކަށް އަޑުއިވިދާނެއަތީ ރިހާނާ މަޑުން ވާހަކަދެއްކިނަމަވެސް އެއަޑުގައިވީ ރުޅިވެރިކަމެވެ. އޭރު ކިޔަންވީ އެއްޗެހިން ހައިޒަލްގެ ހިތް ފުރި ބަންޑުންވީއިރުވެސް ހައިޒަލް ހަނު ހުރީއެވެ. މަންމަ ހީކުރަން ބޭނުންގޮތަކަށް ހީކުރިޔަދޭށެވެ. މަންމަ އޭނައަށް އިތުބާރުކުރީ ކޮންއިރަކު ހެއްޔެވެ؟ އަންހެންކުއްޖެއްގެ ސަބަބުން ފުރަތަމަ ފަހަރަށް އޭނަގެ މައްޗަށް މަންމަ އަތްއިސްކުރީ އޭނައަށް ކުޑަކޮށްވެސް އިތުބާރުނުކުރާތީއެވެ.

“ބުނަން… ދެން އަހަންނަށް މިފަދަ މަންޒަރެއް ފެންނަ ދުވަހަކީ ހައިޒަލްގެ ބައްޕަގެ ކަންފަތާއި ހަމަޔަށް އެވާހަކަ ގެންދާނޭ ދުވަސް…” ރިހާނާ އިންޒާރެއްދިނެވެ. ހައިޒަލް ރިހާނާގެ ގަދަރުކުޑަކުރަން ބޭނުންނުވާތީ އެއްޗެކޭ ބުނުމެއްނެތި ކެބިންއަށް ވަތްގޮތަށް ދޮރު ޖެހިއެވެ. މަންމަގެ މައްޗަށް ހިތުގައި ފޫހިކަން އުފެދޭގޮތްވިއެވެ. މަންމައަކީ ހަމައެކަނި އޭނާގެ އުފަންދުވަހުގެ ސެޓްފިކެޓް ފަޅުފިލުވާލަން އޮތް ނަމެކެވެ. އެބަނޑުން އޭނާ އުފަންވީކަން އެކަންޏެވެ. އޭނައަކީ ހަމައެކަނި އަލްހާންގެ ދަރިއެކެވެ. މަންމަ އެންމެ ފުރަތަމަ ދުވަހުއްސުރެ އޭނަދެކެ ނުރުހޭކަން އަންގަމުން އައިސްފައި މަންމަ ކިޔުމުގެ ހައްގުވެސް ނިގުޅައިގެންފައި މިއަދު އޭނަގެ ދިރިއުޅުމުގެ ކަންކަމަށް ގޮތްކިޔުމަށް މަންމަައަށް އޮތީ ކޮން ހައްގެއް ހެއްޔެވެ؟ އޭނަގެ ދިރިއުޅުމަކީ މަންމައާއި ބައްޕަ ބޭނުންގޮތަކަށް ބައްޓަންކުރަން އޮތް ކުޅޭކުޅޭ އެއްޗެއް ހެއްޔެވެ؟

*** *** *** *** *** ***

ކައިވެންޏަށް މަހެއްވެގެންދިޔައިރުވެސް ހައިޒަލްއާއި ޝަލީންގެ ގުޅުން އޮންނަނީ ފުދޭވަރަކަށް ހީނަރުކޮށެެވެ. އެހެންމީހުންގެ ކުރިމަތީ މަޖުބޫރުވެގެން ވާހަކަދައްކާ ހެދިޔަސް ކޮޓަރިއަށް ވަނުމާއިއެކު ދެޒުވާނުން ދެ ބީރައްޓެހިންފަދައެެވެ. ކޮންމެ ބުނަންޖެހޭ އެއްޗެއް ނޫނީ ދެމީހުންވެސް ނުބުނާއިރު ހައިޒަލް އަދި ހުންނަނީ އެއްވަރަކަށްވެސް ޝަލީންއާއި އަނގައިން ނުބުނަން ހުވާކޮށްގެން ހެން ހީވެއެވެ. ކޮޓަރިތެރޭގައި ހައިޒަލް އުޅޭ ވަގުތުތަކުގައި މަންމަނެކޭ ތަފާތެއްނެތެވެ. ޝަލީން ކޮޓަރީގައި އުޅެންޏާއި ހައިޒަލް ކޮޓަރިތެރެއަށް ވަދެވެސް ނުލާނެއެވެ. ގިނަ ރޭރޭ ޓެރެސްގައި އިނދެފައި ކޮޓަރިއަށް އަންނާނީވެސް ޝަލީން ނިދާފަހުންނެވެ. ހައިޒަލް ބަހައްޓާ ދުރުކަމުން ޝަލީންއަށް ކިތަންމެ ވަރަކަށްވެސް އުނދަގޫވެއެވެ. އެއްކޮޓަރިތެރޭ އަނގައިން ނުބުނެ އުޅުމަކީ ފަސޭހަކަމެއް ނޫނެވެ. ހައިޒަލް އެންމެ ކުޑަމިނުން ރަހުމަތްތެރިއެއްގެ ހައިސިއްޔަތުން ދެކި އޭނައާއި އަނގައިން ބުނެލާނެނަމައެވެ. އެދުރުހިލޭކަން އަދި އެ ފިނި ނަޒަރުން ހައިޒަލް އޭނަދެކެ ހިތްހަމަނުޖެހިފައި ހުރިކަން ފާޅުވާއިރު ނުރުހުމުގައި މި ކައިވެނިކުރަން ޖެހުނީތީ ޝަލީން ކުށްވެރިކުރާހެން ހީވެއެވެ.

ހައިޒަލް ސިއްރުކުރިޔަސް އެ މޫނުން ފެންނަމުންދާ ރިހުންތަކާއި ވޭންތައް ފެނި ހައިޒަލް ހިތާމައެއް ކަޑައްތުކުރަމުންދާކަށް ޝަލީންއަށް އިހުސާސްކުރެވެއެވެ. ގިނަވަގުތު ހައިޒަލް ހިޔާލަކަށް ގެއްލިފައި ހުންނައިރު ސިކުނޑި ތެރޭ ރޭސްޖަހަމުންދަނީ ކޮންކަންތައްގަނޑެއް ކަމެއް ނޭނގެއެވެ. ފިކުރުގެ ފުންކަނޑަށް ނަފްސު އޮޔާދޫކޮށްލައިގެން ހުންނައިރު ހައިޒަލް ކަމަކާއިމެދު ވިސްނަނީހެން ހީވެއެވެ. ގިނަ ރޭރޭ ދަންވަރުގެ ނިދިން މަހުރޫމްވެ ބެލްކަނީގެ އަނދިރީގައި ހުރެގެން ވިސްނަނީ ކޮންކަމަކާއިކަމެއް ނޭނގެއެވެ.

*** *** *** *** *** ***

ދަންވަމުން ދިޔަވަރަކަށް ކޮޓަރިތެރެއަށް ވެރިވެފައިވާ ހިމޭންކަން ފުންވަމުންދިޔައިރު އޭސީގެ އަޑާއި އެކުވެގެން އިވޭ ފުންނޭވާތަކުގެ އަޑު ނޫން އަޑެއް ނީވެއެވެ. ކިލްޓްތެރޭ ފޮރުވިގެން ނިދާލައިފައި އޮތް ޝަލީންއަށް ހޭލެވުނީ ނިދީގައި ހައިޒަލް ވާހަކަދައްކާ އަޑުއިވިފައެވެ. ކިލްޓު އެއްފަރާތްކޮށްލަމުން އެނދުން ތެދުވުމާއިއެކު ނިދީގައި އޮތް ހައިޒަލްގެ ހަށިގަނޑަށް އަންނަމުންދިޔަ ލޮޅުންތައް ފެނިފައި ޝަލީންގެ ދެލޮލުގައިވީ ނިދި އެއްކޮށްހެން ފިލައިގެންދިޔައެވެ. އޭރު ހައިޒަލް ނިދީގައިއޮވެ ކޮންމެވެސް އެއްޗެކޭ ކިޔަމުންދިޔައިރު އެ މޫނުމަތި ދަލުން ފެންވެރެމުންދިޔައެވެ. ނޭވާގެ އަޑު ބާރުވަމުންދިޔައިރު ހީވަނީ ނޭވާވެސް އުފުރިގެންދާން އުޅޭހެންނެވެ.

“ހައިޒަލް…” ސޯފާއާއި އަރާހަމަވަމުން ޝަލީން ގޮވާލިއެވެ. އޭނާ ހުރީ ހައިޒަލްގެ ފުށުން މިފެންނަމުންދާ ކަންތަކުން ޖެހިލުންވާގޮތްވެފައެވެ. ހައިޒަލް ބިރުވެރި ހުވަފެނެއްގެ ތެރޭގައި އުޅެނީކަން ނަގައިގަނެވިފައި ޝަލީން ހައިޒަލް ހޭލެއްވޭތޯ މަސައްކަތްކުރިއެވެ. ސޯފާދޮށަށް ތިރިވަމުން ހައިޒަލްގެ ދެކޮނޑުގައި ހިފައި ތަޅުވައިގަތުމާއިއެކު ހައިޒަލް ހަޅޭލަވައިގަނެފައި ތެދުވިގޮތުން ޝަލީންވެސް ސިހޭގޮތްވިއެވެ. ހައިޒަލް ވަގުތުން ސޯފާއިން ތެދުވިގޮތަށް ބެލްކަންޏާއި ދިމާލަށް ދިޔައިރު ޝަލީން ފެނުނުހެނެއް ހިޔެއްނުވެއެވެ.

ހައިޒަލް އަނދިރިކަން ވެރިވެފައިވާ ބެލްކަންޏަށް ނިކުތްގޮތަށް ފާރަށް ލެގިލައިގެން ހުރިއިރު މަރާލެވިފައިވާ ލޮލުގެ ތެރެއިން ލޫދެމުން ކަރުނަތިކިތައް ތިރިއަށް ފޭބިއެވެ. އޭނާގެ ސިކުނޑިއަށް ވާންވަމުންދިޔަފަދަ އިހުސާސްއެއްކުރެވުނުއިރު ނޭވާލާން އުނދަގޫވިއެވެ. މެޔަށް އަރަމުންދާ ތޫނު ތަދާއިއެކު ހިތް ފިތެމުންދާފަދަ އިހުސާސްއެއްކުރެވުނެވެ. އަތާއި ދިމާލުންވެސް ޒަވި ރިހުމެއް އިހުސާސްކުރެވުނުއިރު އަތުގައިވާ ދިގު ލަކުނުމަތީ އަތް ހިންގާލެވުނެވެ. ހައިޒަލްއަށް ނުވިސްނުނީ އެތަނުން ވޭން ނަގާ ސަބަބެވެ.

ހައިޒަލްގެ ހަރަކާތްތައް ދެކެން ހުރެފައި ޝަލީން ބެލްކަންޏަށް ނިކުތެވެ. އަތުގައި ހުރި ފެންތަށި ހައިޒަލްއަށް ދިއްކޮށްލިއިރު ހައިޒަލް ބުމަގޮށްޖަހާލަމުން ޝަލީންގެ އަތް ދުރުކޮއްލައިފިއެވެ. ޝަލީން މިހުރިހާއިރު ވަންދެން އޭނަގެ ހަރަކާތްތައް ދެކެން ހުރީކަން ހައިޒަލްއަށް ނަގައިގަނެވުނީ އެވަގުތުކޮޅެވެ. ހައިޒަލް ހިތްހަމަނުޖެހުނެވެ. އޭނަގެ ސިއްރު އިތުރު މީހަކަށް އިނގޭކަށް އޭނަ ބޭނުމެއްނުވެއެވެ. ޝަލީންގެ މޫނަށް ނުރުހުމުގެ ނަޒަރެއްދެމުން ހައިޒަލް ދުންޖަހާފައި ގޮސް ކޮޓަރިން ނިކުތެވެ. އަތުގައި ހުރި ފެންތަށި ސައިޑް ޓޭބަލްމަތީ ބަހައްޓާލަމުން ޝަލީން އެނދުގައި އީށީންއިރު މިރޭ ހައިޒަލްގެ ފަރާތުން ފެނުނު ކަންތަކާއިމެދު ވިސްނުނެވެ. ފެންނަފެނުމަށް އެ ހުންނަ ހަރުކަށިކަމާއިއެކު ހައިޒަލް ހިތާމަތަކެއް ފޮރުވާހެން ޝަލީންއަށް ހީވިއެވެ. ޝަލީންއަކީ ސައިކޮލެޖިސްޓަކަށް ވާތީ ހައިޒަލްގެ ހަރަކާތްތަކަށް މިރޭ ހުރިގޮތް ފެނިފައި ހައިޒަލްގެ މެޑިކަލް ކޮންޑިޝަން ދެނެގަންނާކަށް ޝަލީންއަކަށް އުނދަގުލެއްނުވިއެވެ.

“ނައިޓްމެއަރސް… ފްލޭސްބެކްސް.. ޕީޓީއެސްޑީ…” ޝަލީން ފުންވިސްނުމެއްގައި އިނދެފައި ކިޔާލިއެވެ.

ޕީޓީއެސްޑީއަކީ ތިމާ ކުޑައިރު ތަހައްމަލުކުރާ ހިތުންފިލުވާލަން ދަތި ހާދިސާއަކުން ތިމާއަށް ކުރެވޭ އިހުސާސްތަކާއި އަސަރުގެ ސަބަބުން އުފެދިގެންދާ ސިކުނޑީގެ ބަލިމަޑުކަމެކެވެ. އެކަމަކު ހައިޒަލްގެ ފަރާތުން އެބަލީގެ އަލާމާތްތައް ފެންނަންވީ ކީއްވެހެއްޔެވެ؟ ހައިޒަލްއަށް އެފަދަ ހިތި ކާރިސާއެއް ކުރިމަތިވީ ހެއްޔެވެ؟

*** *** *** *** *** ***

ޝަލީންއަށް އެރޭ އިތުރަކަށް ނުނިދުނެވެ. ފަތިސްވީވެސް ޝަލީން ހޭލާއޮތްވައެވެ. ފަތިސްނަމާދު ކުރުމަށްފަހު އެނދަށް އަރާއޮވެގެން ނިދޭތޯ މަސައްކަތްކުރުމަށްފަހުވެސް ނުނިދުމުން ޝަލީން ކޮޓަރިން ބޭރަށް ނިކުމެލިއެވެ. މަޑު ފިޔަވަޅުތަކެއްގައި ހޯލްވޭ ތެރެއިން ހިނގާފައި ދިޔައިރު މުޅި ގޭތެރޭގައި ވަނީ ހަމަހިމޭންކަމެވެ. ހީވާ ގޮތުން ފަތިސް ވަގުތު ހޭލާ އުޅުމަށްފަހު ވަޒީފާއަށްދާން ވަގުތުކޮޅެއް އޮތީތީ އަލްހާންގެ ދެމަފިރިންވެސް ނިދިކުރެއްވީއެވެ.

މަޑު ފިޔަވަޅުތަކެއްގައި ހޯލްވޭ ހުރަސްކޮށްލުމަށްފަހު ސިޑިއާއި އަރާ ހަމަވި ޝަލީންގެ ލޮލުގައި ފުރަތަމަވެސް އަޅައިގަތީ ޖިމްއިން ނިކުމެގެން އައި ހައިޒަލްއެވެ. ހައިޒަލް ލައިގެން ހުރި ޓީޝާޓް ގައިގައި ތަތްލަވާފައިވާއޮތްއިރު ތެމިފައިވާ އިސްތަށިކޮޅުތައް މޫނުމައްޗަށް ފައިބައިގަނެފައި އޮތެވެ. ހައިޒަލް އަނގަޔަށް ފިނިފެންފުޅިއެއް އޮއްސަމުން އައިސްފައި ޝަލީން ފެނުމާއިއެކު ފަރުވާކުޑަ ނަޒަރެއް ދީފައި ކޮޓަރިއަށް ވަދެ ދޮރުލައްޕާލައިފިއެވެ.

ބޮޑު ލިވިންރޫމްއިން ލާފައި ގޮސް ޝަލީން ޑައިނިންރޫމްްއަށް ވަތްއިރު ގޭގެ ދުވަސްވީ ދިވެހި ނޯކަރު އަޒުރާ ހެނދުނުގެ ނާސްތާ ތައްޔާރުކުރަން ބޭނުންވާ ސަމާނު މޭޒުމައްޗަށް ނަގަމުންދިޔައެވެ. ޝަލީން ފެނުމާއިއެކު ކޮފީ ތައްޓެއް ހަދައިދެންތޯ އަހާލުމާއިއެކު އޭނާ އަމިއްލައަށް ހަދާލަފާނެކަމަށް ޝަލީން ބުނެލިއެވެ.

ކޮފީ މެޝިންއިން ކޮފީ ތައްޓެއް އަަޅައިގެން ޝަލީން ކާމޭޒުދޮށުގައި އިށީދެލިއިރު ނަޒަރު ހުއްޓިފައިވަނީ އަޒުރާއަށެވެ. އަޒުރާ ފެނުމާއިއެކު އޭނަގެ ސިކުނޑިއަށް ހިޔާލެއް އަތުވެއްޖެއެވެ. އަޒުރާއަކީ ހައިޒަލްމެންގެ ކުޑައިރުއްސުރެ ވިންޓަރބްރީޒްގައި އުޅެމުންދާ ނޯކަރަކަށްވާތީ ހައިޒަލްގެ ކަންތައް އެންމެ ގާތުން ދެކޭނެ އެކަކަށް ގައިމުވެސް އަޒުރާވާނެއެވެ. އޭނަގެ ހިތުގައި އުފެދިފައިވާ ސުވާލުތަކަށް ޖަވާބުދެވޭނީ އަޒުރާއަށެވެ.

“ދައްތާ ސުވާލެއްކޮށްލަންތަ؟” ޝަލީން އަހާލިއިރު އަޒުރާ ކަބަޑްއިން ކޮންމެވެސް އެއްޗެއް ނަގަން ހުރެފައި ހޫމް އަޅުވާލައިފިއެވެ.

“ހައިޒަލްއަށް އެއްވެސް ކަހަަލަ ހާދިސާއެއް ކުރިމަތިވިތަ؟ މިބުނީ އެކްސިޑެންޓެއްކަހަލަ…” ޝަލީންގެ ސުވާލާއިއެކު އަޒުރާގެ ހަރަކާތްތަކަށް މަޑުޖެހުމެއްއައެވެ. އަޒުރާ މޫނުމަތިން ހާސްކަން ފެނިލިއިރު ޝަލީންއަށް އެހާ ސީދަލަށް އެފަދަ ސުވާލެއް ކުރަން އިނގުނީ ކިހިނެތްބާވައޭ ހިތަށްއެރިއެވެ. އެއީ ވިންޓަރބްރީޒްގެ ހަތަރު ފާރުތެރޭ ވަޅުލެވިފައިވާ ސިއްރެކެވެ. އެއިރެއްގައި މުޅި ރާއްޖެއަށް މަޝްހޫރު ހަބަރަކަށްވިޔަސް އެންމެންގެ ހިތުން އެކަން ފުހެވިގެން ގޮސްފިއެވެ. އެންމެ ކުޑަމިނުން ހައިޒަލްގެ ހަނދާނުގައިވެސް އެކަން ނެތެވެ.

“ނޭނގެ… ދައްތައަށް އިނގިގެން ތިކަހަލަކަމެއް ވެފައެއްނެތް… ހައިޒަލް އުމުރުން ތޭރަ އަހަރުންފެށިގެން ދިރިއުޅުނީ ޔޫއެސްގައި އެހެންވެ ހައިޒަލްއާއި ބެހޭގޮތުން މާބޮޑު އެއްޗެއް ދައްތައަަކަށް ނޭނގެ… އެކަމަކު ހައިޒަލްއަކީ އެހެން ކުދިންނާއި ވަރަށް ތަފާތު ކުއްޖެއް…” އަޒުރާ ވާހަކަދެއްކިއިރު އެއަޑުގައިވީ ޖެހިލުންވުމުގެ އަސަރުން އަޒުރާ ކަމެއް ސިއްރުކުރާކަމުގެ އިހުސާސްއެއްކުރެވުނެވެ. މިވީ އެއްމަސްދުވަހުގެ ތެރޭގައި މިގޭ މީހުން ހައިރާންވާވަރަށް އޭނަ އެމީހުން ދަސްކޮށްފިއެވެ. އެންމެންވެގެން އޭނަ ކަނުބަންނަން މަސައްކަތްކުުރިޔަސް އޭނަ އެހާ ގަމާރެއްނޫނެވެ. ވިންޓަރބްރީޒްއަށް އަޅާލި ފުރަތަމަ ފިޔަވަޅާއިއެކު އޭނަ އެގޭތެރޭ ވަމުންދާ ހުރިހާކަމެއް ހެން ނަގައިގަނެފިއެވެ. ހައިޒަލްއާއި ރިހާނާގެ ހީނަރު ގުޅުމާއި ގޭގެ ދޮށީ އަންހެންދަރިފުޅު ޝާދީންއަކީ އުޅޭމީހެއްކަންވެސް ނޭނގުމަކީ ޝަލީންގެ ހިތުގައި ހައްތަހާވެސް ޝައްކު އުފައްދާކަންކަމެވެ.

އަޒުރާ ހިމޭންކަމާއިއެކު މަސައްކަތްކުރިއަށް ގެންދަމުންދިޔައިރު އިރުއިރުކޮޅުން ޝަލީންގެ މޫނަށް ބަލާލެވެއެވެ. މިގޭގެ ސިއްރުތައް އޭނައަށްވުރެ ރަނގަޅަށް އިނގޭނޭ ފަރާތެއްނުވާނެއެވެ. ނަމަވެސް ރިހާނާ އޭނާގެ ދުލުގައި ތަޅުއަޅުވާފައިވާއިރު އޭނާއަށް މަޖުބޫރުވެފައިވަނީ ހިމޭނުންހުރުމަށެވެ.

*** *** *** *** *** ***

ސިލްކުގެ ފަރާތުން މިރޭ ބޭއްވޭ ހަފްލާއަށް އައި މެހެމާނުންތައް އައިސް ހޯލްގައި ހަމަޖެހިލިއިރު ދޮރުން ވަދެގެން އައި ރީތިކަން ހުސްކޮށްލައިފައިވާ ޖޯޑަށް އެންމެންގެ ނަޒަރު ހުއްޓުނެވެ. ޝަލީންއާއި ހައިޒަލް ދާދި ގާތުގައި ތިބެެގެން އައިރު ޝަލީންގެ އެއްއަތްވަނީ ހައިޒަލްގެ އުޅަބުށީގައި އަޅުވާލެވިފައެވެ. މަޑު މަޑު ފިޔާތޮށި ކުލައަކަށްދާ އިވްނިން ގައުނެއްގައި ޝަލީން ހުރިއިރު ޝަލީންގެ ރީތިކަން އިތުރުވެފައިވާ ފަދައެވެ. ކަނދުރާއަށްވުރެ ތިރިއަށް އޮޅިގެން ފައިބައިފައިވާ އޮންނަ އިސްތަށިގަނޑު ފަހަތަށް ދޫކޮށްލާފައި އޮތްއިރު ވަރަށްވެސް ރީއްޗެވެ. ހުދުކުލައިގެ ގަމީހުގެ މަތިން އަޅިކުލައިގެ ވެސްޓެއް ލުމަށްފަހު އަޅި ކޯޓްއެއްލާފައި ހުރިއިރު ހެޔަރސްޓައިލްގެ ސަބަބުން ހައިޒަލްވެސް މިރޭ ފެންނަނީ ވަރަށް ވެސް ތަފާތުކޮށެވެ. ދެމަފިރިންއެކީ އައިރު ދެޒުވާނުންގެ ތުންފަތްމަތީ ކުރަހާލެވިފައިވާ ހިނިތުންވުމާއިއެކު ކިތަންމެހާވެސް ލޯބިވެފައި އުފާވެރި ޖޯޑެއްކަމަށް ދައްކައެވެ. ހައިޒަލްމެންގެ ފަހަތުން ހައިޒަލްގެ ބޮޑީގާރޑް ޒިޔަލްއާއި ޝަލީންގެ ބޮޑީގާރޑް ނައިނާ ހިނގާލައިފައި އައެވެ. ދެޒުވާނުންގެ ފުރިހަމަކަމަށް އެންމެހެން ތައުރީފުކުރަމުންދިޔައިރު އެ މަންޒަރުތައް ފެނި ބައެއް ހިތްތަކަށް ވޭނެއް ލިބުނެވެ.

ހަފްލާ ނިމިގެން މެހެމާނުން ފަރިއްކޮޅަށް އިންސާފުކުރަމުންދިޔައިރު އަލްހާން އާއި އައްމާރު އަދިި އިޝާރު ތިއްބެވީ އެއްފަރާތެއްގައި ކޮންމެވެސް ކަމެއްގެ މަޝްވަރާއެއްގައެވެ. ތިން ބޭފުޅުންގެ މޫނުމަތިވެސް ނުހަނު އުޖާލާއިރު މޫނުމަތީވީ އަމިއްލަ ނަފްސާއިމެދު ފަހުރުވެފައިވާކަން ރަމްޒުކޮށްދޭ ފަދަ ހިނިތުންވުމެކެވެ.

“ކާކު އޭނައަށް ދައުވަތު ދިނީ…” އަލްހާންއަށް އެއްފަރާތަކަށް ބަލާލެވުނު ވަގުތު ލޮލަށް ފެނިލި ސޫރައަކުން ތަބީއަތު ހަރާބުވާގޮތްވިއިރު ވާހަކަދެއްކީ ހަރުކަށިގޮތަކަށެވެ. އޭރު އިޝާރުއާއި އައްމާރުވެސް އަލްހާންގެ ނަޒަރު ހުއްޓިފައިވާ ދިމާލަށް ބަލާލިއިރު އެދެމީހުންގެ މޫނުމަތިންވެސް ފެނިލީ އެއްގޮތް އަސަރުތަކެކެވެ. އިޝާރުގެ މޫނުމަތި އަދި ވަކީން ބަނަވިހެން ހީވިއެވެ.

“އޭނައަށް މީހަކު ދައުވަތު ދޭންޖެހޭތަ؟ މިދުވަސްކޮޅު އެއީ މަގޭ ހިޔަނި… ސިލްކްގެ މައްސަލަތަކެއް ބަލަނީއޯ…. ބޮޑު އުނދަގުލެއްކަހަލަކަމެކޭ… އެމީހުން ބަލަން ހުރި މައްސަލަތައް މަދީތަ އަހަރެމެންގެ ކަންކަމުގެ ތެރެއަށް ބޯކޮއްޕަން… ބަފާގެ ފިޔަވަޅުގެ މަތިން ހިނގަން ހިތުލައިގެން އުޅޭހެން ހީވަނީ… އަދި ބަލައްޗޭ މަގޭ އަތުން ބޮޑިއެއްބޯނެ…” އައްމާރުގެ ވަރުގަދަ ބުމަގޮށްޖެހިގެންދިޔައިރު އަތުތެރެ އޮތް ޕްލާސްޓިކްތަށި ކުޅޭ އެއްޗެއްފަދައިން ބޮޑިކޮށްލިއެވެ.

“އައްމާރުގެ މީހުންނެއް އެތާކު ނެތްތަ؟ ލާރިކޮޅެއްދޭއިރަށް ތި މައްސަލައިގައިވެސް ހުރިވަރު އިނގިދާނެ…” އެއްފަރާތެއްގައި ފޯނަކަށް ވާހަކަދައްކަން ހުރި މަޔާންއިން ނެއްޓިގެން އައި ނަޒަރު އައްމާރުއަށް ހުއްޓުނުއިރު އަލްހާން ވާހަކަދެއްކިއެވެ.

“ވަރަށް ސަކަރާތޭ… އެއުޅޭ ފަސީހުވެސް ރިޓަޔަރވެއްޖެ… ރިޔާޒްވެސް ހުރީ މަގާމްދައްކޮށްފައި… އޭނާއަކީ މިހާރު ކަމެއް ކުރެވޭނޭ މީހެއް ނޫން… އަނެއްކޮޅުން މިހާރު އެހުންނަ ފިރިހެނާއަކީ ފަސޭހައިން ގުޑުވާލެވޭނޭ މީހެއް ނޫން… އެކަމެއްނު މި ފެންނަނީ… ރިޔާޒްމެން ތިބިއިރު އަހަރެމެންގެ މައްސަލައެއް ބަލާލަން ކެރުނުތަ؟ ބަހައްޓާ މާ މައްޗަށް ދަންޏާ މައިތިރިކޮށްލާނޭގޮތް މަށަށް އިނގެޔޭ…” އައްމާރު ނުލަފާގޮތަކަށް ހީލިއިރު އޭނަ ކޮންމެފަދަ ކަމެއްކުރަންވެސް ފަސްނުޖެހޭނޭކަން އެ ބަސްތަކުންވެސްވީ ހާމައަށެވެ.

“ތިވާހަކައެއްނޫނޭ… އަލްހާންގެ ހޮޓެލްއަށް ބިންތައް ބަލަމުންދާ ވާހަކަ އަޑުއެހިން… ކުރީގެ އިންޑްސްޓްރީސް ހިންގި ބިމުގައި އެތަން އެޅިއްޔާ ކިހިނެތްވާނޭ ބާވައޭ ހިތަށްއަރަނީ… އެތަން އެހެން އޮންނަތާ ކިހާ ދުވަހެއް…” ދެކެވެމުންދިޔަ ވާހަކައިގެ ގޮތުން އިޝާރުއަށް އުނދަގޫވާގޮތްވީއިރު ވަގުތުން މައުޞޫއު ބަދަލުކޮށްލިއެވެ. މަޔާން މިތަނުން ފެނުމާއިއެކު އިޝާރުގެ ބޮލުގައި ރިހުމެއް އުފެދިފައިވެއެވެ. އޭނަ އެއްވެސް ހާލެއްގައި މަޔާންއާއި ޝަލީންއާއި ބެހޭގޮތުން އަލްހާނާއި އައްމާރަށް އިނގޭކަށް ނޭނދެއެވެ. ކައިވެނީގެ ކުރިން އޭނަ ޝަލީންގެ ދުލުގައި ގޮށްޖެހިނަމަވެސް އެކަން ސިއްރެއްގެ ގޮތުގައި ދެމިއޮންނާނީ ކިހާ ދުވަހަކުކަމެއް ނޭނގެއެވެ.

“ތިކަންވެސް ކުރެވޭކަށް ނެތޭ… އެތަން އޭރު ބަންދުކުރިގޮތަށް އަދިވެސް ދޫކުރީކީނޫނޭ… މަގޭ ހިތަށް އަރާ އެތާ ކޯއްޗެއް އޮވެގެންބާވައޭ އެތަން ހިފަހައްޓައިގެން އެތިބެނީ…” އަލްހާން ހުރީ މޫނު ހަދާލައިގެންނެވެ. ވަގުތުން އެ މައުޞޫއުއިން ކުރި ފެޅިއިރު އެންމެ ފޯރިއެއް އަރާފައި ހުރީ އައްމާރެވެ. ހިތުގައި އޮތް ހުރިހާ ރުޅިވެރިކަމެއް މިރޭ ބޭރުކުރަން އައްމާރު ހިފާލައިފައި ހުރީހެން ހީވެއެވެ.

*** *** *** *** *** ***

ހަފްލާ ނިމެން ކައިރީވިއިރު ޝަލީން ހުރީ ވަރުބަލިވާގޮތްވެފައެވެ. ބޯއަނބުރަމުންދިޔަގޮތުން ހީވަނީ ހުއްޓުމެއްނެތި ބޮލުގައި އެއްޗަކުން ތަޅަމުންދަނީހެންނެވެ. އަރުތެރޭ ހޮނޑުތައް ގިނަވެފައިވާއިރު ކޮންމެ ވަގުތަކުވެސް ބޭރުވެދާނެހެން ހީވެއެވެ. ޝަލީން ރެސްޓްރޫމްއަށް ވަދެ ލޯގަނޑުން އަމިއްލަ ސޫރައަށް ބަލާލިއެވެ. މޭކަޕްއިން މޫނަށް ދިރުމެއް ގެނެސްދީފައި ވިޔަސް މޫނުމަތީގެ ކުލަ ފަނޑުވެފައިވާކަން ފާހަގަކުރެވޭވަރުވެއެވެ. އޭނައަށް ހުންގަނޑެއް ލައްވާލީހެއްޔެވެ؟ މިދުވަސްކޮޅު ބޯ އަނބުރާވަރުން ކޮއްޅަށް ތެދުވެ އުޅެން އުނދަގޫވާވަރުވެއެވެ. ކިރިޔާ ވަހެއް ޖެހިލިޔަސް އޯކާ ދަމާއިރު ހުރިހާ އެއްޗެއް ހޮޑަށް ބޭރުވުމުގެ ކުރިން އޭނަގެ ހަށިގަނޑަށް ހަމަޖެހުމެއްނުލިބެއެވެ. ބޮލަށް ބަރުވެފައި ހުންނައިރު ހީވަނީ ބޯމަތީ ހިލަގަނޑެއް ބާއްވައިގެން އުޅެވޭހެންނެވެ.

ޝަލީން މޫނަށް ފެންބުރުވާލަމުން އިސްކުރު ބާރުކޮށްލިއެވެ. ކުޑަ ތުވާލި ކޮޅަކުން މޫނު ފުހެލަމުން ޝަލީން ދޮރާއި ދިމާލަށް ބަލާލިއިރު ދޮރުހުޅުވާލަމުން މަޔާން ރެސްޓްރޫމްތެރެއަށް ދެމިގަތީއެވެ. ޝަލީންގެ މޫނުމަތިން ފެނުނީ ހިތްހަމަނުޖެހުމުގެ އަސަރުތަކެކެވެ. މަޔާން އެއްވެސް ކަމަކާއިމެދު ނުވިސްނަނީ ހެއްޔެވެ؟ ބޭޒާރުވިޔަސް ވާނީ ދެމީހުން އެއްކޮށްކަން މަޔާންއަށް ހަމަ ނޭނގެނީ ހެއްޔެވެ؟

“މަޔާން ދުރަށްދޭ…” ޝަލީން ހިތްވަރު ލިބުނު ގޮތެއްވެސް ނޭނގުނެވެ. ބާރު ހިނގުމެއްގައި ގޮސް މަޔާންގެ އަތުގައި ހިފާ ދޮރުމަތިން އެއްފަރާތްކުރަން މަސައްކަތްކުރިއެވެ. މަޔާން ޝަލީންގެ ކުރިމަތީ ގަދަވަމުން ދޮރަށް ލެގިލިއިރުު ޝަލީން ހަތިޔާރުބަހައްޓަމުން ކަރުނުން ތެމެމުންދިޔަ ލޮލުން މަޔާންގެ މޫނަށް ބަލާލިއެވެ.

“ޔާން… ޕްލީޒް… އަހަރެން ދިޔަދީބަލަ… މިތަނަށް މިވަގުތު މީހަކު އައިސްފިއްޔާ ކަންތައް ގޯސްވާނޭވަރު ޔާންއަށްވެސް އިނގޭނެ… އަހަރެންގެ ބައްޕަވެސް އެބަ އުޅޭ…” ޝަލީން މަސައްކަތްކުރީ މަޔާންއަށް ވިސްނައިދެވޭތޯއެވެ.

“އަހަންނަށް ހެވޭ ފެނުނަސް… އަލްހާންމެންނަށް އިނގިދާނެއަތީ ކަންބޮޑުވަނީތަ…” މަޔާންގެ އަޑުގައިވީ މަލާމާތުގެ އަސަރެވެ.

“ޔާން….” ޝަލީންގެ ހިތުގައި ޖެހޭގޮތްވިއެވެ.

“ދޯސް ޓިއަރސް… ސްޓޮޕް ޝެޑިން ދެޓް އިންފްރަންޑް އޮފް މީ… ޝަލީންގެ ކަރުނައިގެ އެއްވެސް އަގެއް މިއަދު އަހަރެން ކުރިމައްޗަކު ނެތް…” މަޔާން ޝަލީންގެ ކޯތާފަތުގައި އިނގިލި ހިންގާލިއެވެ. އެއާއިއެކު ޝަލީންގެ ދެކޮނޑުގައި ހިފާ ފާރަށް ތަތްކޮށްލިއެވެ.

“ޔާން ކީއްވެ… އައި ލަވް ޔޫ… ވާހަކަދެއްކުމުގެ ހައްޤު އަހަންނަށްވެސް ދީބަލަ… އެންމެ ފަހަރަކުވެސް އަހަރެން ކިޔާ އެއްޗެއް އަޑުއަހަބަލަ…” ޝަލީންގެ ހިތުގެ ފުންމިނުން މަޔާންދެކެ އިންތިހާއަށް ލޯބިވާއިރު ލޮލުން އޮހެމުންދިޔަކަރުނަތައް އެކަމަށް ހެކިވިއެވެ.

“ލޯބިވެއޭ ކިޔާ ދައުވާކުރުމުގެ ހައްޤެއް ޝަލީންއަކަށް ނެތްކަންނޭނގެ… އެހެންމީހެއްގެ ހައްގެއްގެ ގޮތުގައި ހުރެ ތިހެން ބުނުމުން އަހަރެން ގަބޫލުކުރާނެތަ؟ އިތުރަށް ޝަލީން އަހަންނާއި ދައްކަން އޮތީ ކޮންވާހަކައެއް… އަހަރެން ވީ ލޯބީގެ ބަދަލު ޝަލީންއަށް ދޭން ފެނުނު ގޮތަކީ މިއީތަ؟ އަހަރެންގެ ހިތުގައި ޝަލީންގެ މައްޗަށް އޮތް ލޯބި ކަފުން ތިކުރީ އަމިއްލަ ދެއަތުން…” މަޔާން ތަންކޮޅެއް މައިތިރިވެލިއެވެ. އެއަޑުގައިވީ ހަރުކަށިކަމާއި ރުޅިވެރިކަން ނެތިގެންދިޔައިރު ފާޅުވީ ރިހުމާއި ވޭނެވެ. އޭނަ އަމިއްލަ ނަފްސުން ގުރުބާންވެގެން އައުމުން ހާމަވެގެންދިޔަ ހަގީގަތުން އޭނަގެ ހިތް ހަލާކުވީވަރު ޝަލީންއަށް އިނގޭނެނަމައެވެ. ޝަލީންއަކީ އޭނަގެ ހައްގެއްކަމަށް ދެކެމުންއައި ދެކުމަށް ނިމުމެއް ގެންނަން ޖެހުނުއިރު އޭނަގެ ހިތަށް ކުރި އަސަރު އެހެން އިންސާނަކަށް ނޭނގެއެވެ. އެހެން މީހެއްގެ ހައްޤެއްގެ ގޮތުގައި ޝަލީން ފެނުމަކީ އޭނާ އެންމެ ދެކެން ބޭނުންނުވާ މަންޒަރެވެ. ހައިޒަލްއާއިއެކު ޝަލީން ފެނުމުން އޭނަ ހަމައިން ނައްޓާ ގޯސް ހެދެނީ ސަބަބެއް ނެތިއެއްނޫނެވެ.

ދެލޯބިވެރިން ކަރުނުން ފުރިގެންވީ ނަޒަރަކުން އެކަކު އަނެކަކުގެ މޫނަށް ނަޒަރު ހުއްޓާލައިގެން ތިބިއިރު އެ މަންޒަރު ދެކެން ތިންވަނަ ފަރާތެއް ހުރިކަމެއް ނޭނގުނެވެ. މަޑުމަޑުން ރެސްޓް ރޫމްގެ ދޮރުލެއްޕިގެންދިޔައިރު ދުރުވަމުންދިޔަ ބަރު ފިޔަވަޅުތަކުގެ އަޑުއިވިފައި ޝަލީން ވަގުތުން މަޔާންގެ އަތްދަށުން ވީއްލިގެން ރެސްޓްރޫމްއިން ނިކުންނަން ހިނގައިގަތްއިރު އެ މޫނުމަތިން ނުތަނަވަސްކަން ފާޅުވިއެވެ. ރެސްޓްރޫމްއިން ނިކުތްއިރު ދިގު ހޯލްވޭގައި އެ މީހެއްގެ ނިޝާނެއްވެސް ނެތެވެ. ނަމަވެސް މިރޭ އެދެމީހުން ދެއްކި ވާހަކަތައް ތިންވަނަ ފަރާތެއްގެ ކަންފަތާއި ހަމަޔަށް ފޯރައިފިކަން ޝަލީންއަށް ޔަގީންވިއެވެ. ނޭނގުނީ އެދެމީހުންގެ ހަރަކާތްތަކަށް ފާރަވެރިވެގެން ހުރީ ކާކުކަމެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Saraa

Level 910 Stories100 Comments100 Login500 Comments500 Login

I enjoy reading story since childhood.......Interested in writing since grade 7.

Other Articles

Previous

އަލްޔަސަޢު ނަބީކަލޭގެފާނުގެ ސީރަތު

Next

މަންމަގެ ދަރިފުޅު

Next
July 1, 2019

މަންމަގެ ދަރިފުޅު

Previews
June 30, 2019

އަލްޔަސަޢު ނަބީކަލޭގެފާނުގެ ސީރަތު

39 Comments!

  1. dhiraa wish says:
    June 30, 2019 at 7:18 pm

    here is the 47th part of bunedheyshey ruhemey.. hope all will like this part too.. feel free to express your views.. i look forward to it.. next part will be updated on tuesday night.. keep waiting

  2. cutiee says:
    June 30, 2019 at 7:30 pm

    Thank You.. vvv rythi mi part vex… waitting for next part..

    1. dhiraa wish says:
      July 1, 2019 at 4:15 pm

      thankss dear.. keep waiting for tuesday night

  3. jiji says:
    June 30, 2019 at 7:45 pm

    Dhiraa Wish ganduu❤❤❤….Me sec dhw??????..kiyaafa comment eh kohlaanan ingey???

    1. dhiraa wish says:
      July 1, 2019 at 4:16 pm

      yeah… jiji mifaharu second

  4. Shaa says:
    June 30, 2019 at 7:46 pm

    Nice story. Waiting for next part

    1. dhiraa wish says:
      July 1, 2019 at 4:18 pm

      thankss dear.. keep waiting for tuesday night

  5. Kalhu handi says:
    June 30, 2019 at 8:03 pm

    V reethi ❤️

    1. dhiraa wish says:
      July 1, 2019 at 4:18 pm

      thankss dear

  6. Zeeniya says:
    June 30, 2019 at 8:28 pm

    Mi story nimey iruves maazee kiyaa deynee konduvahakubaa

    1. dhiraa wish says:
      July 1, 2019 at 4:22 pm

      dear mivaahakaige maaxee dhiraa gehnamun midhanee haizal ah fehna huvafen thakeh ge gothuga.. ebai thah kiyaaleema konmeves varakah maazee ingeyne… detailed ep eh ahnaanee thankolheh fahun ee vaahakaige kuhnu kamugaa vaathee..

  7. Sshau says:
    June 30, 2019 at 8:31 pm

    vrh rythi mi part vs…. e 3 vana faraathaky haizal tha? ☺️☺️?? Keep it up dhiraa ❤️❤️❤️☺️☺️

    1. dhiraa wish says:
      July 1, 2019 at 4:23 pm

      thankss dear.. hinghaa dho kaakuthoa balamaa

  8. Nax says:
    June 30, 2019 at 8:38 pm

    Alheyy… Kaakubaa dho e? Anekkaaves inthizaareh ?

    1. dhiraa wish says:
      July 1, 2019 at 4:24 pm

      party therey ulhunu thanun konmeves meeheh.. angaara dhuvahuge reah inthizaaru kohlaa

  9. jiji says:
    June 30, 2019 at 8:38 pm

    Ma Sha Allah???…Mi bai vec v rythi…v kiyaa hithun indha nimuny???❤❤❤..
    Hehe..N kaaku baa dhw aee??I think thats hai….Waiting fr the next dhiraa…lysmm?????????

    1. dhiraa wish says:
      July 1, 2019 at 4:25 pm

      thankss dear… hamav vedhaane hai ah ves noonee ehen meehakah ves… keep waiting for tuesday night… lytoo darla

  10. ❤♥❤♥❤ says:
    June 30, 2019 at 8:49 pm

    I think shaleen ban’dhu bodhuhen….kihineh baa vaanee dhen…soooo curious…when next dhiraa…..ly❤♥❤♥❤

    1. dhiraa wish says:
      July 1, 2019 at 4:26 pm

      hinghaa dho vaagotheh balamaa… next part on tuesday night.. thank you and ly dear

  11. *M@!* says:
    June 30, 2019 at 9:47 pm

    Mivaahahakaige baakee adhi kithahepisode ebaintha. Mee varahfurhama ah varah kiyashihvaagothakah gendhaa vaahakaeh. Mibaives varh habeys???❤.maasha allah vaahaka liumuge fahnun dhiraa ah maainallah barakai lahvaashi aameen.

    1. dhiraa wish says:
      July 1, 2019 at 4:30 pm

      thankss dear… its means alot to me.. liyamundhaa vaahaka akah vaathee seedha adhadheh bunan mivaguthu varah udhagoo.. vaahaka mihaaru midhanee nimunmakaai dhimaalah

  12. Hai says:
    June 30, 2019 at 10:39 pm

    I thinks it’s naina or rihaana varah reethi mi part ves anehka aneh inthizaaru dho ekm ves I will wait igey thee adhi mihaathanah hai dhekunu emme young emme molhah stories liyaa kujja Ma sha allah varah molhu igey dhiraa love u a lot????

    1. dhiraa wish says:
      July 1, 2019 at 4:32 pm

      thankss dear… it means a lot to me..hai men khala readers thihaa support theythee dhira ah migothah mi kuriah dhevenee.. thankss alot for your support.. next part ah kuda inthizaareh kohlaa kaakutho balaalan

  13. Haii says:
    July 1, 2019 at 1:32 pm

    How many prts left?

    1. dhiraa wish says:
      July 1, 2019 at 4:33 pm

      liyamundhaa vaahaka akah vaathee ehen bunaakah neynge.. mihaaru vaahaka midhanee madu madun ninumakaai dhimaalah

  14. Pretty girl says:
    July 1, 2019 at 4:03 pm

    Kashavaru mayaange dhariyakah shaleen bandubodu “kiriyaa vaheh dhuvaairah hodulavaeve.boluga rissaavarun hevane boluga hilagandeh baavaigen ulheyhenneve”. Might jumlain Ekan egigen ebadhey love you dhiraa your story is very nice 12 ge kuhjenhenves heenuvey sifakurunthakun I will read your story’s always inshallah waiting for next part❤❤???

    1. dhiraa wish says:
      July 1, 2019 at 4:35 pm

      pretty girl haadha avahakah thi goih ninmee… thankss dear.. varah ufaa vehjje comment kiyaalaafa.. ehen part thakunves pretty girl aai dhimaavaane kamah ummeedhu kuran

  15. Sha?? says:
    July 2, 2019 at 12:59 pm

    Varah Varah reethi… Anehkaa haizal tha nooney naina ah tha adu ivuny ?
    so curious to know… This story is awesome???? waiting waiting for the next part❤️❤️❤️❤️??

    1. dhiraa wish says:
      July 3, 2019 at 12:06 am

      thankss dear.. next part kiyaalabala kaakuthoa balaalan

  16. މ says:
    July 2, 2019 at 2:19 pm

    އެއީ ކާކުތަ

    1. dhiraa wish says:
      July 3, 2019 at 12:08 am

      next part kiyaalabala kaakuthoa balaalan

  17. Ushali says:
    July 2, 2019 at 8:53 pm

    Koba waitinga

    1. dhiraa wish says:
      July 3, 2019 at 12:09 am

      dear mihaaru upkohlaiffin

  18. Aisha says:
    July 2, 2019 at 10:28 pm

    Kobaatha 48 vana part

    1. dhiraa wish says:
      July 3, 2019 at 12:11 am

      dear mihaaru upkohlaiffin

  19. Nax says:
    July 2, 2019 at 10:52 pm

    48 kiyaa hithun lolah nidhi nais gen mi othy…. Dhiraa kobaa baa???

    1. dhiraa wish says:
      July 3, 2019 at 12:11 am

      mihaaru upkohlaifin.. avahah kiyaalaa

  20. Aff says:
    July 2, 2019 at 11:14 pm

    Part 48 kobaa… Waiting..

    1. dhiraa wish says:
      July 3, 2019 at 12:13 am

      mihaaru up kohlaifin

Comments are closed.

Next Episodeބުނެދޭށޭ ރުހެމޭ 48←


All Right Reserved!