މަޔާންގެ ކޮޅަށް ކުޅިފަސް ލިބެމުންދިޔަނަމަވެސް ނާކާމިޔާބު ޤަބޫލުކޮށް ކުޅިބައި ދޫކޮށްލުމުގެ ވިސްނުމެއް ރާސިލްނުގެންގުޅުނެވެ. އޭނައަށް ވާހަކަދައްކަން ލިބުނު ފުރުސަތުގައި ގޮނޑިން ތެދުވީ މަޔާންއާއި ދެކޮޅަށް ބިންދާލާނޭ ވާހަކަތަކެއް ސިކުނޑިއަށް އެއްކޮށްލައިގެން ހުރެއެވެ. ގޮނޑިން ތެދުވެ މޭޒުމަތީ އިން މައިކާއި ގާތަށް ލެފިލިވަގުތު އަލްހާން ރާސިލްގެ އަތުގައި ހިފެހެއްޓިއެވެ. ރާސިލް ވަގުތުން މޫނު އަނބުރާބަލާލިއިރު އަލްހާން ކޮށްލި އިޝާރާތާއިއެކު އެމޫނުގެ ކުލަ ވަގުތުން ބަދަލުވެގެންދިޔައެވެ. ދެލޯބޮޑުކޮށްލަމުން ބަލާލެވުނީ އަލްހާންގެ އެ އަމަލުން އެބުނަން އުޅޭ އެއްޗެއް ޤަބޫލު ނުކުރެވިގެންނެވެ. […]
މެޝިންތަކުގެ އެލާރޓާއިއެކު އެނދުމަތީގައި އޮތް ކުއްޖާގެ ގަޔަށް ބާރުގަނޑެއް އަރާ ކަރަންޓް ޝޮކެއްގައިވާ މީހެއްފަދައިން ތެޅެންފެށިއެވެ. މެޝިންތަކަށް އައި ގުޑުންތަކާއިއެކު ހަމައެއްލަމައެއް ނެތި ތެޅިފޮޅެމުންދިޔަ އަންހެންކުއްޖާގެ ހަށިގަނޑުގައި ހިފަހައްޓަން އެ ޒުވާނާ މަސައްކަތްކުރިއެވެ. ނަމަވެސް އެ ބާރުގަނޑުގައި ޖާނުން ވަރުގަދަ ޒުވާނާވެސް ފަހަތަށް ދިޔައީ ކުނިކޮޅެއް ފޮޅާލާ އުސޫލުންނެވެ. އެވަގުތު މުޅި ރޫމްގެ ތެރޭ ގުގުމާލި އެލާރމްގެ އަޑާއިއެކު ފާރުގައި ހަރުކޮށްފައިވާ ސްވިޗާއި ދިމާލަށް އެމީހާ ބަލާލީ ބިރަކާއިދިމާލަށް ބަލާލައި ފަދައިންނެވެ. ބާރު ފިޔަވަޅުތަކެއްގެ އަޑާއިއެކު އެ […]
މަޔާންގެ ވާހަކައިގެ މެދުތެރެއިން މާލަމުގެ ދޮރުހުޅުވިގެންދިޔުމާއިއެކު ކަނުލާ އަޑުއަހަން ތިބި އެންމެންގެ ނަޒަރު އެދިމާލަށް ދަތުރުކުރިއެވެ. ޖެހިލުންވެ ކުރިއަށް ފިޔަވަޅުއަޅަމުން އައި އަންހެންކުއްޖާގެ މޫނު އެންމެންގެ ނަޒަރުގެ އަމާޒު ފަތްގަނޑަކަށްވިއެވެ. ހައިޒަލްއަށްވެސް ފަސްއެނބުރިބަލާލެވުނުއިރު އޭނައާއި އަރާހަމަވި އަންހެންކުއްޖާ ފެނި މޫނުމަތީގައިވީ ކުލަވަރު ވަގުތުން ބަދަލުވިއެވެ. ހަށިގަނޑުގައި ފިނިކަމެއް ދުވެލިއެވެ. ފިޔަވަޅުތައް ފާހަގަވާހާ ލަސްލަހުން ޝާދީން ކުރިއަށް ފިޔަވަޅުތައް ނަގަމުންދިޔައިރު ބޮޑުކޮށްލެވިފައިވާ ދެލޯ އަމާޒުކުރެވިފައިވަނީ ކުށްވެެރިންގެ ޖާގައިގައި އިން އަލްހާންގެ މޫނަށެވެ. އެލޮލުގެ ތެރޭގައި ކަރުނަތައް ހަނގުރާމަކުރަމުންދިޔައިރު އެލޯ […]
“ބްލޫސް ކޮމްޕެނީގެެ ޗެއަރމަން އަލްހާން ސުލްތާން…. 1998 ވަނަ އަހަރު އޭ.އެޗް.އިންޑަސްޓްރީޒްގައި ހިނގާދިޔަ އަލިފާނުގެ ހާދިސާގައި ނިޔާވި ކުންފުނީގެ ޗެއަރމަން އަޒްހާން ސުލްތާންއާއި އަންހެނުން މަރިޔަމް ހައިލާގެ މަރު ފަހަތުގައި ތިބޭފުޅާގެ އަތެއްވާކަމަށް އަޅުގަނޑުމެންގެ ތަހުޤީގުން ސާބިތުވެފައިވާތީ އަޅުގަނޑުމެން މިއައީ ކޯޓް އަމުރުގެ ދަށުން ދައުވާ ލިބޭ ފަރާތް ހައްޔަރުކުރުމަށްޓަކައި…” ފުލުހުންތަކުގެ ތެރެއިން އާދައިގެ ހެދުމުގައި ހުރި މަޔާން ކުރިއަށްޖެހިލަމުން ދިއްކޮށްލީ ކޯޓް އަމުރެވެ. ގަނޑުގެ މަތީގައި ބޮޑުއަކުރުން ފަވާފައި އަކުރުތައް ލޮލުގައި އަޅައިގަތުމާއިއެކު އަލްހާންގެ […]
އެވަގުތު ބޭރު ތަޅުގައި ހިފާލި އަޑު އިވުމާއިއެކު އަޒްހާން ދޮރާއި ދުރަށްޖެހިލިއެވެ. އެ މޫނުމަތިން ކަނިނުވާ އުއްމީދެއް ފެނުނުއިރު ކުރިއަށްވުރެ ބާރަށް ދޮރުގައި ތަޅައިގަތީ ބޭރުގައި ހުރި މީހެއްގެ ކަންފަތަށްވެސް އުނދަގޫވާވަރަށެވެ. ތޫލި އަޑާއިއެކު ދޮރުހުޅުވިގެންދިޔައެވެ. ހައިލާއަށް ނަޒަރެއްދެމުން އަޒްހާން ކުރިއަށް ފިޔަވަޅެއްއަޅާލިއެވެ. އެއާއިއެކު ފެނުނު މަންޒަރަކުން ހައިލާއަށް ހަޅޭލަވައިގަނެވުނެވެ. ދޮރުގެ ދޭތެރެއިން ވަތް ކޮޅު ހިމަ ވަޅި އަޒްހާންގެ ބަނޑަށް ވަދެގެން ދިޔައީ އޭނަ ބަލަބަލަ ހުއްޓައެވެ. އޭރު އަޒްހާން ހުރީ އަމިއްލަ ދިފާއުގައި ހަރަކާތެއްވެސް […]
އިރުގެ އަލްވަދާއުއާއިއެކު އުދަރެސް ރަތްކުރަމުން ދިޔަ ކުލަތަކަށް ބަލަހައްޓައިގެން އަލްހާން ހުރީ އޭނަގެ މޭޒުގެ ފަހަތަށްވާގޮތަށްވާ ބިއްލޫރި ބިތުގެ ކައިރީގައެވެ. އެހެންދުވަސްތަކެކޭ އެއްފަދައިން އިރުއަރާ އޮއްސިގެންދިޔަސް ވަގުތު ދިރިއުޅުމުގެ ހާލަތަށް ބަދަލެއް ގެނުވައިފިއެވެ. ގުޅުންތައް ހީނަރުކޮށް ދިރިއުޅުމަށް ހަނަފަސްކަމެއް ގެނުވައިފިއެވެ. އަމާންއޮމާންކަމާއިއެކު ކުރިއަށް ދިޔަ ހަޔާތަށް ބިޔަ ރާޅެއް ބިންދާލީއެވެ. މަންޒިލާއި ގާތްވަމުންދަނިކޮށް ރާސްތާ އަޑިގުޑަންވީއެވެ. މަޑުންމަޑުން އަނދިރިކަމުގެ ތެރެއަށް ގެއްލެމުންދިޔަ އިމާރާތްތަކުން ނަޒަރު ވަކިކޮށްލަމުން އަލްހާން އަނެއްފަރާތަށް އެނބުރިލިއެވެ. މޭޒުގެ ކުރިމައްޗަށް ބަހައްޓާފައި ހުރި ބޮޑު […]
“އަހަރެން ހައިޒަލްގެ ފުރާނައާއިމެދު ވިސްނަނީ އަޒްހާންގެ ދެކެ ނުވި ލޯބި އޭނަދެކެ ވެގެންނޭ އައްމާރުއަށް ހީވަނީ ކީއްވެގެންތަ؟ އަޒްހާންއާއި ހައިލާގެ ލެއިން ދެއަތް ކަޅިކޮށްގެން ހުރެގެން ތުއްތު ޒެލް އަހަރެންގެ އަތުތެރެއަށް ލީދުވަހު އަހަރެން އަމިއްލަ ނަފްސަށް ވައުދެއްވިން… އެއީ ދަރިއެއްފަދައިން ހައިޒަލް ބަލާބޮޑުކުރަން… ރިހާނާގެ ދެކޮޅުހެދުމާއި އަދި ނުރުހުމާއިއެކު އަހަރެން ހައިޒަލް ބަލާބޮޑުކުރީ ލޯބިވާތީކީ ނޫން… މި ވިޔަފާރީގެ ހިއްސާދާރަކީ އަދި ވާރުތަވެރިޔައަކީ ހައިޒަލްއަށްވާތީ… އަޒްހާންގެ ވަސިއްޔަތުގައިވާގޮތަށް ހައިޒަލްގެ އުމުރުން އަށާރަ އަހަރުވުމާއިއެކު އަހަންނަށް މިވިޔަފާރީގެ […]
ޝަޔަމް ސިހިގެންދިޔަވަރުން އަތުން ފޯނު ދޫވިއެވެ. އިސްއުފުލާ ބަލާލެވުނުއިރު ކާރުގެ ބިއްލޫރިގަނޑުގައި ކުރެހިފައިވާ ލޭގެ ތިކިތައް ފެނި ޝަޔަމްގެ ދެލޯބޮޑުވިއެވެ. ވަގުތުން ކާރުން ފޭބުނެވެ. ބޮނެޓްމަތީ ހަރަކާތް ހުސްވެފައިވާ ހަށިގަނޑު ފެނި އެދިމާލަށް ދެވުނީ ގާވެފައިހުރެއެވެ. އޭރު އެތަނަށް މީހުން އެއްވާންފަށައިފިއެވެ. ބައެއް މީހުން އެންބިއުލާންސަށް ގުޅަން ފަށައިފިއެވެ. ޝަޔަމް ބޮނެޓާއި ގާތްވެ އެއަންހެންކުއްޖާގެ ހަށިގަނޑަށް އަނިޔާއެއް ނުލިބޭނޭފަދައިން ފުރޮޅާލިއެވެ. އެއާއިއެކު އޭނަގެ ހަށިގަނޑުގެ ހުރިހާ ނާރުތަކެއް ބުރިވެގެންދިޔަފަދައެވެ. ބާރުބާރަށް ހަޅޭލަވައިގަނެވުނެވެ. ބޮޑަށް ހީވީ ރޮއެގަތީހެންނެވެ. “އިޒާ….” […]
ނޯޓް: މި ސީންއަށް ބައެއް ބަދަލުތައް ގެނެވިފައިވާ ވާހަކަ ދަންނަވާލަން އެވަރޓަންގެ ބޮޑު ސްޓަޑީގެތެރެއަށް ވެރިވެފައިވަނީ ނުހަނު ރީތި ރީނދޫ އައްޔެކެވެ. މިޙުރާން އޭނަގެ ހަގު ދަރިފުޅު މަޔާންއާއި އެކީ ސްޓަޑީގެ ސޯފާގައި ކޮފީ ބޯން އިންނެވިއިރު ދެކެވެމުން ދިޔައީ އާއިލީ ވާހަކަތަކެވެ. ހުޅުވާލެވިފައިވާ ކުޑަ ދޮރުތަކުން ވަންނަ ތާޒާ ވައިން މުޅި ކޮޓަރިތެރެވަނީ އޭސީ ކޮށްލެވިފައެވެ. އަގުބޮޑެތި ފަރނީޗަރތަށް ވަނީ މަޑު ދަނބުކުލައަކުން ޖަރީކުރެވިފައެވެ. މިޙުރާން ދަރިފުޅުގެ ވާހަކަތައް އަޑުއައްސަވަން އިންނެވިއިރު ދޭތެރެއަކުން މަޔާންގެ މޫނަށް ބަލާލެއްވެނީ ކެއްތެރިކަން ކޮޅުންލާފައިވާކަހަލަގޮތަކަށެވެ. އޭނަގެ ހިތާއި ވަކިކޮށްލަން […]