ހައިޒަލް އެވަގުތު އޭނަގެ އަތްފޯރާހާ ގާތުގައި އޮތް ނައިނާއާއި ދިމާލަށް އަތްދިއްކޮށްލަމުން ކޮންމެވެސް އެއްޗެކޭ ބުނަން މަސައްކަތްކުރިއެވެ. ނަމަވެސް އަޑުބޭރުވެގެންދިޔުމުގެ ކުރިން ހައިޒަލްގެ ހަށިގަނޑު ހިމޭންވެގެންދިޔައިރު ނައިނާ ދިމާލަށް އުފުލާލެވިފައިވާ އަތުގެ ވާގި ދޫވެ ތިރިއަށް އެލުނެވެ. ނައިނާގެ ހިތަށް ލިބުނު ސިހުމުގެ ބޮޑުކަމުން އެސްފިޔަޖަހާލުމެއްނެތި އޮވެފައި އަޑުގެ ކޮޅަށް ރޮއެގަތީ އަޑުއަހާމީހާގެ ހިތަށްވެސް ރަހުމްވަންނާނޭފަދަގޮތަކަށެވެ. އޭނަގެ ފުރާނަ ހަށިގަނޑާއި ވަކިވަމުންދިޔަ ފަދަ ނުބައި އިހުސާސްއެއްކުރެވުނު ވަގުތުކޮޅެކެވެ.
“ނޫން ހައި… ނޫން…” ފިލާތަކުގައި ދަށުވެފައި އޮތުމުން ހަށިގަނޑު ގުޑާނުލެވިފައި އޮތްއިިރު ނައިނާ ހައިޒަލްގެ އަތުގައި ހިފާ ލޫދިފައި ކަހަލަގޮތަކަށް ހައިޒަލް ކައިރިއަށްދާން މަސައްކަތްކުރިއެވެ.
“ހައި ނޫން… ނޫން… ބަލާބަލަ އަހަންނާއި ދިމާލަށް… ކޮންމެވެސް އެއްޗެކޭ ބުނެބަލަ… ހައި ހެޔޮނުވާނެ…” ނައިނާ އޭނައަށް ހީވަމުންދިޔައީ މިއީ ހައިޒަލްގެ އެންމެ ފަހުވަގުތުކޮޅުހެންނެވެ. ބޮޑުކޮށްލެވިފައިވާ ދެލޯ އެއްދިމާލަކަށް އަމާޒުކޮށްލެވިފައިވާއިރު ހައިޒަލްގެ ހަށިގަނޑުގައި އެއްވެސް ހަަރަކާތެއްނެތެވެ. ނައިނާގެ އަތުތެރޭ އޮތް ހައިޒަލްގެ އަތް އެލި ބަރުވަމުންދިޔައިރު މަޑުމަޑުން ވިންދު ފަޑުވަމުންދިޔައެވެ. ހައިޒަލް ނޭވާއެއްވެސް ނުލައެވެ. ނައިނާގެ ސިކުނޑިވެސް ސިކުނޑިވެސް ވިސްނައިދެމުންދިޔައީ އެންމެ ނުބައިގޮތަށެވެ.
“ހައި ބްރީތް…. ހައި ޕްލީޒް އަހަރެން ދޫކޮށްލައިފައި ނުދޭ… އައި ލަވް ޔޫ…” ނައިނާ ރޮމުން ހައިޒަލްގެ އަތުގައި ހިފާ ތެޅުވިއެވެ. ނަމަވެސް ހައިޒަލްގެ ހަށިގަނޑަށް ގުޑުމެއްވެސް ގެނައީކީ ނޫނެވެ. ނައިނާގެ ހިތް ފިސްފިސްވީހެން ހީވިއިރު ހައިޒަލްގެ އަތްގެނެސް މޫނުގައި މޫނު ޖައްސާލަމުން ހައްތަހާ ބޮޑަށް ރޮވުނީއެވެ. އެވަގުތު ފަޔަރ ސަރވިސަސްގެ މީހުން ތަނުގެ ތެރެއަށް ވަދެގަތީއެވެ.
*** *** *** *** *** ***
ސައިރެން އަޅަމުން އައި އެމްބިއުލާންސް މާބްލް ހޮސްޕިޓަލްގެ ގޯތިތެރޭން ލާފައި އައިސް ހޮސްޕިޓަލްގެ ދޮރުމައްޗަށް ހުއްޓާލިއިރު ނިކުމެގެން އައި ޑޮކްޓަރުންގެ ޓީމް އަނިޔާ ލިބިފައިވާ ފަރާތްތަށް ސްޓްރެޗަރތަކަށް ލަމުން އެތެރެއަށް ގެންދަންފެށިއެވެ. އެންމެ ފަހަތަށް އައި އެމްބިއުލާންސް ދޮށަށް އެންމެން ބޮޑިވެގަތްއިރު ސެކިއުރިޓީން އެންމެން ދުރަށް ޖެއްސިއެވެ. ސްޓްރެޗަރގައި ހައިޒަލް އެންބިއުލާންސްއިން ނެރުނުއިރު ގަމީސް ގަޔާއި ވަކިކޮށްލުމަށްފަހު ލޭމަނާކުރުމުގެ ގޮތުން ބުރަކަށީގައި ބަނދެފައިވާ ފޮތިތައް ލެއިން ކަޅިވެފައިވެއެވެ. ހައިޒަލްގެ ނޭފަތްމަތީ އޮކްސިޖަން މާސްކްއެއް ބައްދާލައިފައިވާއިރު ހުއްޓުމެއްނެތި މާސްކްގައި ހިފަހައްޓާލައިގެން ހުރި ކުއްޖާ އޮކްސިޖަން ޕަމްޕުކުރަމުންދިޔައެވެ. އެއްވެފައިވާ މީހުން ދުރަށް ޖައްސާ ތަންހަދަމުން ސްޓެރަޗަރ ދުއްވާފައި ގެންގޮސް އިމެޖެންސީ ރޫމްއަށް ވެއްދިއެވެ.
*** *** *** *** *** ***
އެތަކެއް މެޝިންތަކަކާއި ގުޅާލެވިފައި އެއްވެސް ހަރަކާތެެއްނެތި އޮތް ހައިޒަލް ވަށައިގެން އެތަކެއް ޑޮކްޓަރުންނެއް ހަރަކާތްތެރިވަމުންދިޔައެވެ. ހައިޒަލްގެ ބުރަކަށީގައިވާ ޒަހަމްތަކުން އޮހެމުންދިޔަ ލެއިން ބެޑްޝީޓް ކަޅިވަމުން ދިޔައިރު ޑޮކްޓަރުން ހުއްޓުމެއްނެތި ލޭމަނާކުރަން މަސައްކަތްކުރަމުންދިޔައެވެ. ހުއްޓުމެއްނެތި މެޝިންތަކުން އަޅަންފެށި އެލާރޓްގެ އަޑު ގަދަވުމާއިއެކު ޑޮކްޓަރުންގެ ހަރަކާތްތައް އަވަސްވެގެންދިޔައެވެ.
“ހިޒް ބްލަޑް ލެވެލް އިޒް ސިންކިންގް… އިންޖެކްޓް އެފިންޕްރައިން އެންޑް އިންކްރީސް އޮކްސިޖަން ކޮންސަންޓްރޭޝަން… ޕަމްޕް ސަމް މޯ ބްލަޑް… ވީ ނީޑް މޯރ ބްލަޑް…. ހަރީ….” ޑޮކްޓަރ ރިވާން އިރުޝާދު ދިނުމާއިއެކީ ޑޮކްޓަރުންގެ ހަރާކާތްތައް އިތުރަށް ހަލުވިވެގެންދިޔައެވެ. ކުއްލިއަކަށް އިސީޖީ މެޝިނުގެ ތޫނު ބީޕްގެ އަޑު ބާރުވެގެންދިޔައިރު ހުރިހާ މެޝިންތަކަކުން ހުއްޓުމެއްނެތި އެލާރޓް އަޅަންފެށިއެވެ. އެކުވެގެންދިޔައިރު މާހައުލުގެ ހިމޭންކަން ނަގާލިއެވެ. ބީޕްގެ އަޑާއިއެކު ކުރިއާއި ހިލާފަށް އީސީޖީ މެޝިނުން ފެންނަމުންދިޔަ ވޭވްތަކުގެ ދުރުމިން ކުރިއަށްވުރެވެސް ދުރުވެފައި ބީޕްތައް އަވަސްވާންފެށިއެވެ.
“ހީޒް ގޮއިން ޓު ޝޮކް…” ކުއްލިއަކަށް އިސީޖީ މެޝިންގެ އަޑު ގަދަވެގެންދިޔައެވެ. ބީޕްތައް ދުރުވަމުންގޮސް ރޮނގު ސީދަލަށް ދާން ފެށިއެެވެ. ޑޮކްޓަރ ރިވާންގެ މަސައްކަތުން ހައިޒަލްގެ ހިތުގެ ތެޅުން އަނބުރާ އައުމާއިއެކު ރިވާންއަށްވެސް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. ޑޮކްޓަރުން ވަގުތުން ހައިޒަލް ކްރިކްޓިކަލް ކެއަރ ޔުނިޓްއަށް ގެންދިޔުމުގެ މަސައްކަތްފެށިއެވެ. އޭރު ހައިޒަލްއަށް އިތުރަށް ލޭ ބޭނުންވާތީ ރިވާން ލޭހޯދަން އަންގައިފިއެވެ.
*** *** *** *** *** ***
ނައިނާގެ މޭގެ ކަށިތަކަށް އަނިޔާވެފައިވާ ބައިގައި ޑޮކްޓަރ މިޝެލިން ކްލާސްޓަރ އަޅަން ދޫކޮށްލައިގެން ހަށިގަނޑަށް ވަންނިއެއް ނުގެނެސް ހިމޭނުން އޮތްއިރު ނަޒަރު ސީދާވެފައިވާ ބިއްލޫރިގަނޑަކުން އެ ރޫމްއާއި ވަކިކޮށްލެވިފައިވާ އިމަރޖެންސީ ރޫމްގެ ތެރެއަށެވެ. ފުސްބިއްލޫރިތަކުގެ ތެރެއިން ލޯ ފީނަައިގެންވެސް ހައިޒަލްގެ ހާލު ދެނެގަންނަން ނައިނާ މަސައްކަތްކުރަމުންދިޔައެވެ. ނަމަވެސް އޭނައަށް އެގޮތަށް އޮވެވުނީ އިރުކޮޅެއްވާންދެންނެވެ. ޑޮކްޓަރ މިޝެލިން އޭނަގެ ހަމުގެ ތެރެއިން އެތެރެކޮށްލި އިންޖެކްޝަނުގެ އަސަރުކޮށްގެން ނައިނާގެ ލޮލަށް ބަރުވެ އެސްފިޔަތަށް މެރިގެންދިޔައެވެ.
*** *** *** *** *** ***
ހޮސްޕިޓަލުގެ އިމަރޖެންސީ ރޫމްގެ ކުރިމަތީގައި ހުރި ގޮނޑިތަކުގައި ވިންޓަރ ބްރީޒްއާއި މިޑޯވިއުގެ މެންބަރުން އިށީދެލައިގެން ތިބިއިރު އެންމެން ގެ މޫނުމަތިވަނީ މިލާފައެވެ. ފެންކަޅިވެފައިވާ ލޯތަކެވެ. ރޭގަނޑު ހަމަހިމޭންކަމުގައި މުޅި ހިސާބުގައި ރަސްކަން ކުރަނީ ފުން ހިމޭންކަމެކެވެ. ދޭތެރެއަކުން އިވިލާ މެޝިނެއްގެ ބީޕް ގެ އަޑު ފިޔަވާ މީހަކު ނޭވާލާ އަޑެއްވެސް ނީވެއެވެ. އެންމެންގެ ނަޒަރު އެމަރޖެންސީ ރޫމަށް ހުއްޓެމުންދިޔައިރު އިންތިޒާރުކުރަމުންދިޔައީ އެތެރޭގައި ހިނގަމުންދާ ކަންކަމުގެ ހަބަރު ދޭން ޑޮކްޓަރު ނިކުންނާނޭ ވަގުތަކަށެވެ. ރިހާނާ އެންމެންނާއި ވަކިވެގެން އިންއިރު އެ މޫނުމަތިން ފެނުނީ ކަމަކާއި ކަންބޮޑުވެފައިވީކަމުގެ އަސަރުތަކެވެ. ދެއަތްދެއަތާ މޮޑެލަ މޮޑެލައި އިނދެފައި ރިހާާނާ އިސްއުފުލާލާ ބަލާލިއެވެ. އޭރު އިމަރޖެންސީ ރޫމްއިން ނެރުނު ޕޭޝަންޓުންތައް ކޮޓަރިއަށް ގެންދަނީއެވެ. ރިހާނާއަށް އެ މަންޒަރު ފެނުނީ މާޒީގެ ތަސްވީރެއްގެ ގޮތުގައެވެ.
*** *** *** *** *** ***
ދުނިޔެދޫކުރި ފަރާތްތަކުގެ ހަށިތައް ހޮސްޕިޓަލްއަށް ގެނެވުނުވަގުުތު އާއިލީ މީހުންގެ ރުއިމުގެ އަޑު މުޅި ހޮސްޕިޓަލްތެރޭ ގުގުމާލިއެވެ. މަރުވެފައިވާ ފަރާތްތަކުގެ ހަށިތަކުގައި ހިފައިގަތްގޮތަށް ރޮއެރޮއެފައި އުޅުނުއިރު ދުރުކުރަން ޖެހުނީ ގަދަކަމުންނެވެ. ހިތާމައިން ގޮސް ހިތް ފަޅައިގެންދާހާ ހިތްދަތި މަންޒަރެކެވެ. ދަންވަމުންދިޔަވަރަކަށް ހޮސްޕިޓަލްތެރެ މަޑުމައިތިރިވިއެވެ. އެންމެންހެން މޯޗަރީގެ ކުރިމަތީ ހުއްޓިލައިގެން ތިބީ ނިޔާވި ފަރާތްތަކުގެ ހަށިގަނޑުތަކާއި ހަވާލުވުމަށެވެ. ވަރުބަލިވެފައިވާ މޫނުތަކާއިއެކު ކަރުނައި ހިކި ރަތްވެފައިވާ ލޯތަކެވެ. މޯޗަރީގެ ފާރަށް ލެގިލައިގެން ހުރެފައި ލޮލަށް ގިނަވި ކަރުނަތައް އިނގިލިން ފުހެލަމުން އަލްހާން އިސްއުުފުލާ ބަލާލިއެވެ. އޭރު މަޑުމޮޅިވެފައިހުރި ރިހާނާ އައިސް އެ ހިސާބާއި އަރާހަމަވީއެވެ.
“ކޮބާ ޝަވާ…” ރޮވޭގޮތްވީނަމަވެސް އަޑު ހަމަޔަކަށް އަޅުވަމުން އަލްހާން ސުވާލުކުރިއެވެ.
“ރޮއެރޮއެފައި ނިދިއްޖެ.. އަޒުރާއާއި ހަވާލުކޮށްފައި މިއައީ… ހަށިގަނޑު ހަވާލުކޮށްފިތަ؟ ޒެލް ކިހިނެތް؟” ވާހަކަދައްކަން ދަތިވެފައި ހުރެވެސް ރިހާނާ ސުވާލުކުރިއެވެ.
“ގެނައި މީހުންތަކުގެ ސިފަވެސް ވަކިނުވާވަރުވެފައިކަމަށްވަނީ… ވަކިކުރަން އުނދަގޫވާނެއެއްނު… އަދިވެސް މާ ރަނގަޅަކަށް ވާނުވާ އޮޅުމެެއް ނުފިލާ… ހަށިގަނޑު ލިބުނުހާ އަވަހަށް ކަށުކަމާކެމީގެ ކަންތަކާއި އުޅެންވީ… ޒެލް އަދިވެސް ހޭނާރާ… އެހެންއޮވެ ޝޮކް ޖެހެނީ… ޑޮކްޓަރ އަންގައިފި ހޭނާރާ ގިނައިރުވާވަރަށް ފުރާނައަށް ނުރައްކާވާނޭކަމަށް…” ދަތްދޮޅީގައި އަތުން ފިރުމާލަމުން އަލްހާން ވާހަކަދެއްކިއެވެ. އެވަގުތު މޯޗަރީގެ ދޮރުހުޅުވާލަމުން ނިކުތް މުއައްޒަފަކު އަލްހާން ގާތު އެތެރެއަށް ވަންނަން އެދުމުން އަލްހާންއާއި ރިހާނާ އެކީގައި އެތެރެއަށްވަނެވެ. އޭރު ހުދުފޮތިން ފޮރުވައިލެވިފައިވާ މައްޔިތާގެ މޫނު ނިވާކޮއްލަނީއެވެ. އަލްހާން ކުރިއަށް ފިޔަވަޅެއް އަޅާލުމާއިއެކު އެ މުވައްޒަފު ދުރަށް ޖެހިލިއެވެ. މޫނުނާޅައި އޮތް މޫނަށް ނަޒަރުދެވުނު ބާރުމިނުގައި އަލްހާންއަށް ދުރުބަލާލެވުނީ އެއީ ހިތްވަރުގަދަ ފިރިހެނަކަށްވެސް ބަލަން ކުޅަދާނަ މަންޒަރަކަށްވެސް ނުވީތީއެވެ. ރިހާނާވެސް އަނބުރައިގަނެފާނެހެން ހީވިއިރު އަލްހާންގެ ގައިގައި ހިފަހައްޓާލެވުނެވެ.
*** *** *** *** *** ***
އެމެޖެންސީ ރޫމްގެ ބިއްލޫރި ދޮރުފަތް ދެފަރާތަކަށް ދިޔުމާއިއެކު ރިހާނާގެ ހިޔާލުގެ ވާފަށް ކެނޑިގެންދިޔައެވެ. ރޫމްތެރެއިން ނިކުތް ޑޮކްޓަރު ފެނުމާއިއެކު އެންމެންނަށް ކޮއްޅަށް ތެދުވެވުނެވެ. އޮޕަރޭޝަން ހެދުމުގައި ހުރި ޑޮކްޓަރުގެ މޫނު އެންމެންގެ އަމާޒުފަތްގަނޑަކަށްވެސް ވިޔަސް އެ މޫނުމަތީގެ ކުލަވަރުން ކަމެއް ނަގައިގަންނާކަށް ފަސޭހައެއް ނުވިއެވެ.
“ޕޭޝަންޓްގެ ގައިން ވަރަށް ގިނަ އަދަދަކަށް ލޭބޭރުވުމުގެ ސަބަބުން ވަރަށް އަވަހަށް އޭބީ ނެގަޓިވް ލޭ އެބަ ބޭނުންވޭ… އޭބީ ނެގަޓިވް ލޭ ހުރި ބޭފުޅަކު އަވަހަށް ބްލަޑް ބޭންކަށް ދުރުވެ ލޭ ދެއްވާ… ފާއިތުވެގެންދާ ކޮންމެ މިނެޓްކޮޅަކީވެސް ޕޭޝަންޓްގެ ފުރާނައަށް ނުރައްކާވެގެންދާނޭ ވަގުތުކޮޅެއް…” ޑޮކްޓަރުގެ ވާހަކަކޮޅާއެކު ހާސްވެފައި އެންމެންނަށް އެކަކު އަނެކަކުގެ މޫނަށް ބަލާލެވުނެވެ. ދަރިފުޅުގެ ފުރާނައަށްޓަކައި އަލްހާން އިސްނަންގަވާނޭހެން ހީވެލެއްވިނަމަވެސް އަލްހާން އަލުން ގޮނޑިން އިށީންނެވިގޮތުން އިޔާނާއާއި ޝަލީންއަށް ހައިރާންކަމެއް ލިބުނެވެ. ވާގޮތް އިނގޭ ބަޔަކަށް ތިބީ ރިހާނާއާއި އިޝާރުއެވެ.
ރިހާނާ އަލްހާންއާއި ދިމާލަށް ބަލާލީ މާނަފުން ނަޒަރަކުންނެވެ. އާންމުކޮށް ކުއްޖާގެ ލޭގެ ގްރޫޕަކީ މަންމައާއި ބައްޕައާއި ދެފަރާތުގެ ބްލަޑް ގްރޫޕް އެކުވެގެން ލިބޭ ގްރޫޕެއްވިޔަސް ހައިޒަލް ތަފާތެވެ. ހައިޒަލްއަށް ލިބުނީ އެކަކުގެ ލޭގެ ގްރޫޕެވެ. އަދި އެވެސް ހޯދަން އެންމެ އުނދަގޫ ލޭގެ ވައްތަރެވެ. ހައިޒަލް ކުޑައިރުވެސް ލޭހޯދަން ޖެހިގެން އަލްހާންމެން އެތަށް ވަރަކުން އުޅެން ޖެހުނެވެ. އެފަހަރު ހައިޒަލްއަށް ލޭދިނީ ނުދަންނަ މީހެކެވެ. އަދިއަދަށް ދާންދެންވެސް ރިހާނާމެންނަށް އެއީ ކާކުކަމެއް ނޭނގެއެވެ. އިޝާރު ތެދުވެގެން ހިންގާފައިގޮސް ޑޮކްޓަރުގެ ގާތުގައި މަޑުކޮށްލަމުން ކޮންމެ ވާހަކައެއްދެއްކެވިއެވެ. އެވަގުތު އެތަނަށް އައި މުވައްޒަފަކު ދިން ހަބަރަކުން އިޝާރުއަށް ހައިރާންކަމެއް ލިބިލެއްވިއެވެ. ނުދަންނަ ފަރާތަކުން ހައިޒަލްއަަށް ލޭ ހަދިޔާކުރީއެވެ. އަލްހާން ކިތަންމެ އިނގެން ބެނުންވެފައިހުރެ ސުވާލުކުރެއްވިނަމަވެސް މުވައްޒަފު ހުރީ ޖަވާބުދޭފަދަ ގޮތަކަށް ނޫނެވެ. ލޭދިން ފަރާތުން ސިއްރެއްގެ ގޮތުގައި ބާއްވަން އެދިފައި އޮތުމުން މައުލޫމާތު ހިއްސާކުރެވެން ނެތްކަމަށް އެދެމުން މައާފަށް އެދުނެވެ.
*** *** *** *** ***
ހުދުކުލައިގެ ބެޑްޝީޓްއަކުން ފޮރުވާލެވިފައިވާ އެނދުމަތީގައި އިނދެފައި ހައިރާ ތެދުވީ ލޭނަގާފައި ކަފަކޮޅު ހިއްޕާލައިފައިވާ ތަންކޮޅުގައި ހިފަހައްޓާލައިގެން ހުރެއެވެ. މޭޒުމަތީގައި ބާއްވާލެވިފައިވާ ލޭޕެކެޓަށް ބަލާލަމުން ހައިރާ ހިނިތުންވެލިއެވެ. “ފަރުދީ ޒިންމާއެއްގެ ގޮތުގައި ދެކިލައްވައިގެން އަމިއްލަ އިސްނެންގެވުމުގެ މަތިން ލޭ ހަދިޔާކުރެއްވީތީ އަޅުގަނޑުމެން ޝުކުރުއަދާކުރަން…” ލޭ ނަގަން ހުރި ކުއްޖާ ޝުކުރު އަދާކުރިއެވެ.
“މިއީ އަހަރެންގެ މައްޗަށްވާ ވާޖިބެއް… އަޅުގަނޑުގެ އެދިލެއްވުމެއް އެބައޮތް… މިކަން އަޅުގަނޑުމެންގެ ދެފަރާތުގެ ދެމެދުގައި ސިއްރެއް ގޮތުގައި ބާއްވަވާ…” ހައިރާ ހިޔާލަކަށް ގެއްލިފައިހުރެ ފުރަތަމަ ޖުމްލަ ބުނެލަމުން އެ އަންހެންކުއްޖާ ގާތު އެދުނެވެ. އެވަގުތު އެކުއްޖާ ބޯޖަހާލީ އެކަމަށް އެއްބަސްވަމުންނެވެ.
“ދަރިފުޅާ…. މަންމަގެ ހަށިގަނޑު ލޭ ދީގެން މަންމަ މިފަހަރުވެސް ދަރިފުޅު ސަލާމަތްކޮށްދީފިން… ދަރިފުޅަށްޓަކައި މިމަންމައަށް ކޮށްދެވޭނޭވަރަކީ މިއީ… މަންމައަށް މައާފުކުރާތި މަންމައަކީ ދަރިފުޅުގެ ކުށްވެރިއެެއް… ތިއީ މަންމައާއި އެއްލެޔެއް ހިނގާ ފުރާނައެއް ކަމުގައި ﷲ ލެއްވީތީ މަންމަ ޝުކުރުވެރިވަން… އެހެންނޫންނަމަ ދަރިފުޅަށްޓަކައި މަންމައަށް ކޮށްދެވޭނެ އެއްވެސް ނެތީސް…” ހައިރާ އަމިއްލަ ނަފްސާއި ވާހަކަދެއްކިއިރު އެ މޫނުމަތީ މާނަވީ ހިނިތުންވުމެއްވިއެވެ. ދަރިފުޅަށްޓަކައި ކަމެއްކޮށްދެވުނުކަމުގެ ހިތްހަމަޖެހުން އެހިތަށް ލިބިފައިވެއެވެ. ދުރުގައިއުޅެންޖެހިފައިވިޔަސް އޭނަގެ ހިތުގައިވާ މައިވަންތަކަމުގެ ލޯބި އަދިވެސް އޮތީ ދެގޮތްވުމެއްނެތިއެވެ.
*** *** *** *** *** ***
ފަރުވާއަށްފަހު ނައިނާ ރޫމްއަށް ބަދަލުކުރުމުން މިކްޔާލްއާއި ޒިިޔާން ނައިނާގެ އޮތީ ޓީވީއަށް ލޯ ސީދާކޮށްލައިގެންނެވެ. ހޮސްޕިޓަލްގެ ގައުންއެއްގައި އޮތްއިރު އެއްއަތަށް އައިވީ ގުޅާލައިފައިވެއެވެ. މިކްޔާލްމެން ފެނުމާއިއެކު ނައިނާ ރިމޯޓުން ޓީވީގެ އަޑު ކަނޑާލިއެވެ. އޭރު ޓީވީން ގެނެސްދެމުންދިޔައީ މިރޭ އެމް.އެލް.ކޭ ހޮޓެލްގައި ހިނގާދިޔަ އަލިފާނުގެ ހާދިސާގެ ރިޕޯޓެކެވެ.
“ހޮސްޕިޓަލްއިން ނައިނާގެ އާއިލާއަކާއި ގުޅައެއްނުދޭތަ؟ ރޫމްއަށް ސްޓަރފަކު ފޮނުވަންވީ ދޯ…” އެހީތެރިއަކު ނެތި ނައިނާ އެކަނި އޮތުމުން މިކްޔާލް އޮޅުންފިލުވިއެވެ.
“ނޫން… ދައްތަ އެބައުޅޭ… މިވަގުތު ކަމަކު ބޭރަށް ނިކުމެ ވީ…” ހަޤީގަތުގައި ނައިނާ އިނީ އޭނަ ރޫމްއަށް ބަދަލުކުރިއިރު ހައިރާ އެތަނުގައި ހުރިތަން ފެނި އަދިވެސް އެކަން ނަގައިގަންނާނޭގޮތެއް ނޭނގިފައެވެ. ގައިމުވެސް އޭނަ ގުޅާފައި ހައިރާއަކަށް ނާންގައެވެ. ވީއިރު ދައްތައަށް އެކަން އިނގުނީ ޓީވީން ހަބަރު ފެނިގެންކަންނޭނގެއެވެ. މިކްޔާލް ކުޑަކޮށް ބޯޖަހާލިއިރު އިތުރު އެއްޗެކޭ ބުނުމެއްނެތި ހިމޭންވީ ބުނާނެ އިތުރު އެއްޗެއް ނެތުމުން ކަންނޭނގެއެވެ. ހަޤީގަތުގައި ނައިނާ ކުރިމަތީ އިސްއުފުލާލުމުގެ ހައްޤުވެސް އޭނައާއި ޒިޔާންއަށް ލިބިގެނެއްނުވެއެވެ. ހައިޒަލްގެ ސަބަބުން ނޫންނަމަ ނައިނާ މިރޭ ސަލާމަތްވާނޭކަމެެއް ނޭނގެއެވެ. ހައިޒަލް އަމިއްލަ ހަލާކަށްވެއްޓިގަނެގެން ނައިނާ ސަލާމަތްކުރުމަށްފަހު އޮތް ހާލުގެ ނާޒުކުކަން އިނގޭނަަމަ ބިއްލޫރިކޮޅެއްފަދައިން ނައިނާގެ ހިތްވެސް ތެޅިގެން ހިނގައިދާނެއެވެ.
“މިކްޔާލް… ހައި…” ނައިނާ އެންމެ ފަހުން ކެތްނުވެގެން ހައިޒަލްގެ ހާލު އޮޅުންފިލުވަންވެގެން ސުވާލުކުރިއެވެ. އެއާއިއެކު މިކްޔާލް ފުންނޭވާއެއް ދޫކޮށްލިއެވެ. ވާހަކަ ފަށާނީ ކޮންގޮތަކުން ބާވައޭ ހިތަށް އެރިއެވެ. ކޮންމެ ކޮޅަކުން ފެށުޔަސް ނައިނާއަށް ދޭން އޮތީ އަޑުއަހަން ބޭނުންވާނޭ ފަދަ ހަބަރެއް ނޫނެވެ.
“ހައި އަދިވެސް ހޭނާރައިގެން ޑޮކްޓަރުން އުޅެނީ… އެގޮތަށް އޮވެގެން ޝޮކްޖެހޭވަރުން ކްރިކްޓިކަލް ކެއަރއަށް ބަދަލުކޮށްފައި އޮތީ… ވަރަށް ގިނަ އަދަދަކަށް ލޭވެސް ބޭރުވި.. ބްލީޑްވުން ކޮންޓްރޯލްކުރެވިއްޖެ… އެކަމަކު ޝޮކް ޖެހޭވަރުން ސިކުނޑިއަށް ގެއްލުމެއް ލިބިދާނޭކަމަށް ޑޮކްޓަރު އަންގަަވާފައި އޮތީ… ހޭނަރައިފިނަމަ ކޯމާއަކަށް ދިޔުމުގެ ފުރުސަތު ބޮޑު….” މިކްޔާލް ކިޔައިދެމުން ދިޔައިރު ތުންފިއްތައިލައިގެން އިނދެ ނުރޯން ނައިނާ މަސައްކަތްކުރަމުންދިޔަކަން ޒިޔާންއަށް ފާހަގަކުރެވުނެވެ. މަޑުމަޑުން ފެންކަޅިވަމުންދިޔައިރު ހުއްޓުމެއްނެތި ނައިނާ ނޭފަތް އެތެރެއަށް ދަމަމުންދިޔައެވެ.
“އަހަންނަށް ނުވިސްނުނީ ހައި އެތަނުގެ ތެރެއަށް ހޭނެތެންވީ ސަބަބެއް… ޗާންދަލިޔާއިން ޖެހިފައި ވެއްޓުނުގޮތަށްތަ ހައި ހޭނެތުނީ….” މިކްޔާލްއަށް އަޑުއިވިފައިވާ ގޮތަކީ އެއީއެވެ. ހައިޒަލްގެ ބުރަކަށީގައިވާ ޒަހަމްތަކުން ބޭރުވި ލޭ ގިނަކަމުން ޑޮކްޓަރުންވެސް ހައިރާންވިއެވެ. އަދި ހައިޒަލް އަދިވެސް ހޭނާރާއޮތުމަކީ ޑޮކްޓަރުން އެންމެ ހާސްވާ ސަބަބެވެ.
“ނޫން… ޗާންދަލިޔާ ޖެހުނީ ހައިގެ ބުރަކަށި މައްޗަށް… ވަގުތުން ސިޑިމައްޗަށް ހައި ވެއްޓުނުގޮތަށްވެސް ހައި މޫވްކުރި… ސްޓެޕްމަތީ ހައިގެ ބޯ ޖެހުނީ ވަރަށް ބާރަށް… އަހަންނަށް ފެނުނުއިރު ހައި ތެޅެމުންދިޔައީ މަރަށް ތެޅޭގޮތަށް… ކަޅިވެސް މައްޗަށް އަރާފައި އޮތީ… އިރުކޮޅެއްފަހުން ހަށިގަނޑު މުޅިން ހިމޭންވީ…” އެ މަންޒަރު ލޯމައްޗަށް ސިފަވެގެންދިޔައިރު ނައިނާގެ ލޮލުގެ ތެރެއަށް ހިންދަމުންދިޔަ ކަރުނަތައް ކޯރެއްގެ ގޮތުގައި ބަންޑުންވެގަތެވެ. އެވަގުތު އޭނަ ގަތް ބިރާއި ހިތަށް ލިބުނު ސިހުން ހިތާއި ވަކިނުވެއެވެ. ދުވަހަކު ނައިނާ އެހާ ބިރެއްނުގަނެއެވެ. އޭނައަށް ހީވީ ލޯބިވާ ފަރާތުގެ މަރު ލޯކުރިމަތީން ފެނުނުހެންނެވެ. އޭނަގެ އަތުތެރޭއޮތް ހައިޒަލްގެ އަތުގެ ހަރަކާތް ހުއްޓުނުކަން އިހުސާސްވީ ހިނދު އޭނަގެ ދުނިޔެވެސް ހުއްޓުނެވެ.
މިކްޔާލް ފެންކަޅިވިއެވެ. ނައިނާއަށް އެފަދަ މަންޒަރެއް ފެނުމުން ހިތަށް ކުރާނެ އަސަރު އޭނައަށް ހަމަ ރަނގަޅަށްވެސް އިހުސާސްކުރެވެއެވެ. ހައިޒަލް ހޮސްޕިޓަލް ގެނައިރުވެސް ހަށިގަނޑުގެ ހަރަކާތެއް ނެެތެވެ. އެންމެ ކުޑަމިނުން އަމިއްލައަށް ނޭވާވެސް ނުލައެވެ. ވިންދު ޖަހަމުންދިޔަޔަސް ވިންދުތައްވެސް އެހާ ފަނޑެވެ. އެންމެންނަށް ތިބެވުނީ ގަނބުވެފައެވެ. ޒިޔާން މިކްޔާލްގެ ކޮނޑުގައި ހިފާލަމުން ދެފަރާތަކަށް ބޯހޫރަމުން އެ ވާހަކަ އިތުރަށް ކުރިއަށް ނުގެންދަން އެދުނެވެ. އެއާއިއެކު ސޯފާއިން ތެދުވެގެން ގޮސް ނައިނާގެ އެނދު ކައިރީ ހުއްޓިލިއެވެ.
“ނައިނާއަށް އިނގޭދޯ ދެ ހަފްތާވަންދެން ނައިނާ ރެސްޓްނަގަންޖެހޭކަން… އެހެންވީމާ އެ މުއްދަތުގެ ތެރޭ ނައިނާ ވަޒީފާއަށް ނިކުންނާކަށް ނުޖެހޭނެ… ހޮސްޕިޓަލްގެ ކަންތައްތައް ކޮމްޕެނީގެ ފަރާތުން ހަމަޖައްސައިދޭނެ… ޓޭކް ޔުއަރ ޓައިމް… ނައިނާއަށް އެހީތެރިވެދޭން އަންހެން މުވައްޒަފަކު ފޮނުވާނަން… ކަމެއް ބޭނުންވެއްޖެއްޔާ އަހަންނަށް ގުޅާލާތި… މިކްޔާލްވެސް ހުންނާނެ….” ތަނުގައިވީ އުދާސްކަން ކަނޑުވާލަމުން ޒިޔާން ވާހަކަދެއްކިއެވެ. އަދި މިރޭ ވެދިޔަކަންތަކަށް ނައިނާގެ ފަރާތުން މައާފަށް އެދުނެވެ. އަދި އެކަމުގައި އެ މީހުންގެ އިހުމާލު އޮތްކަމެއް ގަބޫލުކޮށް އެކަމަށްވެސް މައާފަށް އެދުނެވެ. އަދި ނައިނާއަށް އަވަސް ޝިފާއަކަށް އެދުނެވެ.
*** *** *** *** *** ***
ހައިޒަލްގެ ސިކުނޑިއަށް ލިބުނު ގެއްލުމުގެ ސަބަބުން ތިންދުވަސްވާންދެން ހޭނަރާއޮތްއިރު އެތައް ފަހަރަކު ޝޮކްޖެހުނެވެ. ލޭގެ ޕްރެޝަރ ދަށްކަމުން ޝޮކް ޖެހެމުންދިޔުމުގެ ސަބަބުން ސިކުނޑިއަށް އިތުރު ގެއްލުންތައް ލިބުން ގާތްވުމުން ލޭގެ ޕްރެޝަރ މަތިކުރަން ޑޯޕަމައިން ފަދަ އިންޖެކްޝަންތައް ކަނޑަނޭޅި ލޭގެ ތެރެއަށް އެތެރެކުރަންޖެހުނެވެ. ޝޮކްގެ ސަބަބުން ބްރޭޑީއެރެތިމިއާސް ފަދަ އުނދަގޫތަކާއި ހައިޒަލް ކުރިމަތިލާންޖެހުނެވެ. ހައިޒަލްގެ ހާލު ސްޓޭބަލްވިޔަސް ހޭނަރާ ގިނަދުވަސްވަމުންދިޔަވަރަކަށް ކޯމާއަކަށް ދިޔުމުގެ ފުރުސަތު ބޮޑުވިއެވެ. މުޅި ހަފްތާއެކީހެން އަލްހާންއާއި އިޝާރުގެ އާއިލާ ހޭދަކުރީ މާބްލް ހޮސްޕިޓަލުގައެވެ. އައްމާރުގެ އާއިލާވެސް ދޭތެރެއަކުން ހޮސްޕިޓަލަށް ޒިޔާރާތްކޮށްލައެވެ. ޝަލީންވެސް ހުރިހާ ވަގުތަކުހެން އުޅުނީ ހޮސްޕިޓަލްގައެވެ. ނައިނާ ހޮސްޕިޓަލްގައި އެނދުމަތިކޮށްފައި އޮތްއިރު ހައިޒަލް ދެކިލަން ދާނޭ ފުރުސަތެއް ނުލިބުނެެވެ. ނަމަވެސް ބަރާބަރަށް މިކްޔާލްގެ ފަރާތުން ހަބަރުތައް އޮޅުންފިލުވިއެވެ. ހައިރާ ނައިނާގެ ހިދުމަތައް ހުސްވެގެންހުރިއިރުވެސް ހިތުގައި ނުފިލާ ތަދެއްވިއެވެ. ނައިނާއާއިއެކީ ހަމަ މި ހޮސްޕިޓަލުގައި އެނދުމަތިކުރެވިފައިވާ ފުރާނަަައަކީ އޭނަގެ ދަރިފުޅެވެ. އޭނަގެ ލޮލުގެ ނޫރު އެހާ ނުރައްކާތެރި ފައްތަރެއްގައިވާއިރުވެސް އޭނައަށް މަޖުބޫރުވެފައިވަނީ އެ ދަރިފުޅުގެ މޫނު ނުދެކި ދުރުގައި ހުރުމަށެވެ. ދަރިފުޅުގެ ކުރިމަތީ އޭނަ ބީރައްޓިއްސަކާއި ތަފާތެއް ނެތެވެ.
*** *** *** *** *** ***
އިރުގެ އެންމެ ފަހު ދޯދިތައް ދުނިޔެއާއި އަލްވަދާއު ކިޔަން ތައްޔާރުވަމުންދިޔައިރު ނައިނާ އޮތީ ފަރުދާކަހާލެވިފައިވާ ކުޑަދޮރުން އެ މަންޒަރު ދެކޭށެވެ. ބަރިއަކަށް ޖަހާލެވިފައިވާ އެތައް ހާސް އިމާރާތެއްގެ ބިއްދޮށަށް އިރު ވަދެ ނިވާވިއިރު އެ މަންޒަރަށް ބަލަހައްޓައިގެން އޮވެވުނީ ހަރަކާތެއް ނެތިއެވެ. އޭރުވެސް އިރުގެ އަލިކަމުން ރަންގުވެފައިވާ ލޮލުގެ ބިއްދޮށަށް ކަރުނަތައް ބޮނޑިވަމުންދިޔައެވެ. ފާއިތުވެގެންދާ ކޮންމެ ދުވަހެއްގެ އިރު އަލްވަދާއު ކިޔަނީ ނައިނާ އިތުރަށް ނާއުއްމީދުކުރުވަމުންނެވެ. ހައިޒަލް ލޯ ހުޅުވާލާނޭކަމަށް ކުރާ އިންތިޒާރު ދިގުދަންމަމުންނެވެ. އޭނަ ހިތް މިލަމުންދާއިރު ކެތްކުރަން ދަތިވަނީއެވެ.
“އަހަރެންގެ ހިތަށް ވިސްނައިދޭނީ ކިހިނެތް؟ އަދިވެސް މި ނުކިޔަމަންތެރި ހިތް ގަބޫލުކުރަނީ ތިއީ އަހަރެންގެ ހައްގެއްކަމަށް… މިދެމެދަށް ސިސް ނައިނަމަ… ހިތްހަލާކުކޮށްލުމަށްފަހުވެސް އަދިވެސް ލޯބި ބަދަލެއްނުވި… އަހަންނަށް ނުލިބޭނެކަން އިނގިހުރެވެސް ދިގު އުުމުރެއް ދެއްވާތޯ ކިހާ ދުއާއެއް ކުރެވުނު… ދެކޭ ހިތްވިޔަސް ދުރުގައި އުޅެންޖެހިފައިވަނީ ހައިގެ ސަބަބުން… ބޭނުމެއް ނޫން އިނގިހުރެ ހައިގެ ދިރިއުޅުމަށް އަލުން އަންނާކަށް… ހައިއަކީ އެހެން މީހެއްގެ ހައްގެއް ވީއިރު އަހަރެން ހަދަންވީ ކިހިނެތް؟” ނައިނާ އަމިއްލަ ހިތާއި ވާހަކަދެއްކިއެވެ. އޭނައަށް ދިމާވެފައިވާފަދަ ނުބައިގޮތެއް އެހެން އެއްވެސް ކުއްޖަކަށް ދިމާނުވޭތޯ އޭނަ ދުއާވެސް ކުރާނެއެވެ. ލޯބިވާ ދެފަރާތު މެދުގައި ހުރެ ހަފުސްވެދިޔުމަކީ ހާދަ ރިހުމެއް ތަހައްމަލްކުރަން ޖެހޭކަމެވެ. ތިނެސްކަން ލޯތްބަކަށްވުރެ ހިތްދަތިކަމެއް ދުނިޔޭގައި ވާނޭކަމަށް ނައިނާ ގަބޫލެއްނުކުރެއެވެ.
*** *** *** *** *** ***
ޝާދީންއަށް އެ ހަބަރު ލިބުމާއިއެކު އާދެވުނު އެންމެ އަވަހަކަށް މާލެއައެވެ. ފްލައިޓް ޑިލޭވެގެން ތިން ދުވަސްފަހުން ޝާދީންއަށް އާދެވުނުއިރު އެކޮޅުގައި މަޑުކުރަންޖެހުނު ދުވަސްތަކުގައި އަލްހާނަށް ގުޅައިގެން ހަބަރު އޮޅުންފިލުވިއެވެ. އަބަދުހެން ފޯނުގައި ހުންނައިރު ޝާދީން ނުރޯއިރެއް ނުދެއެވެ. ޑޮކްޓަރ ރިވާން ޝާދީން ސީސީޔޫއަށް ގެންދިޔައެވެ. ހައިޒަލް އީސީޖީ އަދި މޮނީޓަރ ގުޅާލައިފައި އޮތްއިރު މޭމަތީގައިވެސް ބައިތަކެއް ތަތްކުރެވިފައިވެއެވެ. ހައިޒަލް ހީވަނީ ފުން ނިންޖެެއްގައި އޮތްހެންނެވެ. ހައިޒަލްގެ ބޯ އެއްކޮށް ބެންޓޭޖްކުރެވިފައިވާއިރު ހުދުކުލައިގެ ބެންޑޭޖްގަނޑަށް ލޭކުލަ ފޭދިފައިވެއެވެ. ކުރިން މޫނުމަތީގައިވި ހުދުކަން ކޮންމެވެސް ވަރަކަށް ކެޑި މޫނުގެ އަސްލުކުލަ އަންނަމުންދިޔައެވެ. ޝާދީންއަށް ހައިޒަލް ފެނުމާއިއެކު ހިތްކުދިކުދިވީފަދަ އިހުސާސެއްކުރެވުނެވެ. ކިތަންމެ ކެތްތެރިވެލައިގެން ހުއްޓަސް ޝާދީންއަށް ރޮވުނެވެ. ކޮއްކޮ ގައިގައި ކިތަންމެ ކުޑަވޭނެއް އެޅިޔަސް ކަންބޮޑުވާ ޝާދީންއަށް ހައިޒަލް މިހާލުގައި އޮއްވާ ދުށުމަކީ ހިތަށް ކެތްވާވަރުގެ ކަމެއް ނޫނެވެ. ޝާދީން ހައިޒަލްގެ އަތުގައި ހިފާލިއިރު އެތައް އަސަރުތަކަކުން ހިތް ފޮތިފޮތިވަމުންދިޔައެވެ. އެވަގުތު ބީޕްގެ އަޑާއިއެކު އީސީޖީ މެޝިންގެ ވޭވްތަކުގެ ދުރުމިން ކުރިއަށްވުރެ ދުރުވެފައި ކައިރިވިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
134 Comments!
Comments are closed.






OMG…. Dhiraaaaaa
labba
dear readers hear is 57th part…. hope everyone will like this part.. feel free to cmnt. readers cmnt motivates me a lot. i have a sad news. this week friday ans saturday i am having exam.so i am planing to take a little break. i will be back on next week tuesday insha allah…
Alheyy.. dhn 1 week vandhen kohkollaany dhw… gud luck 4 ur exam Dhiraa
K… Gud luck for your exams ???….. It’s a bit longer ?bt never mind ??just focus on the exam ????❤️❤️❤️??once again gud luck for your exam
gud luck dhiraa????????
thnks everyone
Mi second dhw v reethi mi prt…
thnks
dhn hai hey araa iru kuda iruge memories nethiyyya hama roveyne
lets c dw
no darlin eyge opposite kanneyge vany….. at least i hope???
lets c vaagotheh
Hama ranglhah vs rohvaalaafi… Vrh reethi mi part vs… Dhiraa gud luck for ur exam.. Vaahaka avahah up kohdhehchey.. I’m curiously waiting for nxt part
thnks dear
Alhey.. varah handhaan vaane mi vaahaka mathin.avaha enburi annahchey.
All the best to you exam.
thnks dear. insha allah will be back soon
Mi bai ves varah varah furiham. Dhiraage molhukamaa dheytherey bunaane ehvves ehche nei. Cant wait for next part..
We wish you all the very best for your exam and good luck..
thnks dear
Alhey. Mi Story vvv v reethi dhiraa. Sifakurumaa, emotions vx hama perfect. Love it. Dhiraa akee one of my favourite writer in this site. Ifoo ge stories vx vvv reethi. Dhen enme reethee dhiraa ge vaahaka thah. Ifoo aa dhiraa aa friends tha. Do you read her stories. I want to be a friend.
thnkd dear.. i read ifoos stries too.. bt ifoo n me dnt knw each other n we r not frnds
Ok dhiraa. Nice dhw ifoo ge stories. Hehe. Kuriah oi baige inthizaaruga Aish.
yeah ifoos stryies are nice masha allah..
mihaaru dhiraa aa kuda kn rahtehi hai kuda kon best viimaa…hehe..but story awesome dear…always u are my favourite write…one more time the story is awesome…lysm
thnks dear
❤️❤️❤️❤️❤️
thnks
OMG????mi part vex vreethi. Keep it up. U ,ade my dawn once again.???????????????????
thnks
Dhiraa.. I am sooooo curious about the next part ?… Mi story heevanee Hama kurimathin sifavany hen…… ❤️❤️…
heheheheh lets wait n c
Dhiraa haadha rangalhey dhww?….Dear this part is also really beautifull…I really luvedd itt❤…Im curiously waitinn fr da nextt?…keep going like thiss darlll?
thnks
This is a huge turning point hama.. didnt expect a thing like this… ekm vx vrh reerhi just super????
Alslu ekm hai maru vanee ey hithaa vrh birun huree.. hama neyvaa hifahttaalan jehun emergency room ge vaahaka ay iru.. dhn ekm fahun hai ge beats normal v ma vrh funn neyvayrh dhookohlaafa hama jehevun.. i seriously thought hai maru vanee ey
heheheh thnks for the cmnt
Sis ekm ehaa avahah story ninmaa nulahchey… hama hithuga oeh gothah ehvx change eh nugenes madu madun suspense koh vaahakaige kunnu gennaane kamah unmeedhu kuran..
*puppy eyes*
I just really love the story… online koh kee enme reethi vaahaka ey bunyas nuvaane dhogakah? ehnve mi kiyenee ehaa avahah nunimaashey ??
Hope you did a great job in your exam.. ???
I still have 68 more days left for olevels.. ?
But wont miss a single epi of the story??
insha allah
Writers can write their stories like the way they want. They create their own stories, incidents and endings. Can even edit and rewrite to make it perfect. But in real life we can’t undo anything, can’t even erase anything, such is life. Time is precious. Let’s not waste it.
BTW Story is nice. Best wishes for your exam.
thnks dear
Dhiraa.. mi part ves hama v salhi.. v furihama.. maasha allah.. curiosly waiting for the next part.. after one week dww.. haadha dhera ey.. btw best of luck for your exam
thnks for the support
MaashaAllah. story v v furihama. Konirakun next part up vaany. Best of luck
thnks
I dont comment on stories usually.. but mi part salhi veema and exam ah gud luck kiyan vegen.. i might not comment on every part.. but dheythere dheythereyn comment kollanan.. dont forget that im your bigg fan.. will miss you
heheh thnks for the support.. happy to hear it
Next week Thursday ey haadha dhigu inthizaarekey dhw ekam vex okay Hama ingey wait kuraanan.. mi part vex ? next part ah kehmadhu vefa . Good luck on your exam . Dhiraa best ??????♥️
thnks dear.. not thursday tuesday insha allah
Meyge kattakah aniyaa eh vi myhaku onnaany week eh vandhen Immobile koh ??
ethankolhu handhaanun kahsaalaafa e inee.. mihaaru ragalhu kohlaifin.. thankss bunedhineethee
Hai ge case ga ves genesdhyfa hury medical team akun kiyaifiyya joke jahaane gothah
thankss for letting me know.. its now changed
Stry vvvvvv. Reethi…. Mysterious… Gud luck for your exams ???….. It’s a bit longer ?bt never mind ??just focus on the exam ????❤️❤️❤️??once again gud luck for your exam
thnks dear
Wow .. varah furihama mi part ves. Best wishes for your exam ???
thnks
Story v reethi ❤️????.
thnks
NICE…
thnks
can anyone tell me ifoo ge story name… i want to read it
Vindhey thy loabi hiyyedhey
..?Vindhey Loabi thy edhey
Masha allah …. mi bai ves vvv rythi …. you are talented girl❤❤❤❤❤❤❤❤❤❤
thnks
♥️❤️♥️❤️♥️♥️❤️♥️♥️❤️♥️❤️♥️❤️❤️❤️♥️❤️♥️❤️♥️❤️♥️❤️♥️❤️♥️❤️♥️❤️♥️❤️❤️♥️❤️❤️❤️❤️♥️♥️♥️❤️❤️❤️♥️❤️♥️❤️♥️♥️❤️❤️♥️❤️❤️♥️❤️♥️❤️♥️❤️♥️❤️♥️❤️♥️❤️♥️❤️♥️❤️❤️♥️❤️❤️❤️❤️❤️♥️❤️♥️❤️♥️❤️❤️❤️❤️❤️❤️♥️❤️❤️❤️♥️❤️♥️❤️❤️❤️♥️❤️♥️♥️
owwww
Ohhhhhh is he regaining his memory?????
Else getting worse????
let see whats going to happen
lets c
Hey vaahaka varah reethi
Hama ekani ahaalan beynun vany vaahaka nimumaa gaai vany tho ey
Liyamun dhaa vaahaka eh viyas plan eh innaaanennu
So igeynennu
Yeah kurindhuvahaku myhaku eheema she just told liyamun dhaa vaahaka eh veema eggothakah ves neyge o
Sounds she is not the real authrr
thankss Innn dear.. yes dear mihaaru vaahaka midhanee nimumakaai dhimaalah… then varah avahah kanthah fenmathi vaan fashaane.. ekm vaki mivarashey baakee parts huree e gothah bunelaakah neyngeny adhi ehkoh liye nunimeythee.. jjj im the real auther of this story..
Hypo voleamic shockga electric shock nudheyne need to increase blood volume sudden cardiac arrest ah dhiyaama eshock dheynee ?❤
thanks for the info.. i brought some changes
Dear. Sorry couldn’t say good luck. Good luck for exam. Waiting for next week tuesday. Try hard to get the best result ok.???☺???????????????????
its okey dear.. thankss dear.. insha allah will give my best
It’s a beautiful story, best of luck to your exam ????
thankss dear
Good luck for your exam ????story v reethi ..
thankss dear
Dhiraa if you don’t mind mi story haadha vahtharey Chinese drama THE BRIGHTEST STAR IN THE SKY .
Eyga ves girl eh company Akaa join kohgen ulheny
is it so dear.. but its my first time hearing about it.. and i dont watch chinese dramas.. thankss for reading
No sis…. Alhey haadha dhigu inthizaarekey… V hiydhathivey mihaa dhuvas naganyaa…. Ekm I trust on u…. Ingey Sisy try kuraanekn up kohdheyn bunaa dhuvahah…. BTW story v heart touching♥️?♥️?♥️….ISA mi balani nai ah hai libeynekamah.????.. N saliy ah mayaan..?.. Edhuvahakah hama mi wait kureveny?….. Alhe sis exam dhw…. Bst of luk?… ISA ragalhuvaane… Take ur own time…. Studying is much more important than this… So carry on… Hope test nimeyhaa avahakah story up kohdheynekamah….we r with u with full support…. ????
thnks for the support
Haadha loahbe key dhw thivanee ??
thnks for the cmnt
Ekameh neygeythe…. Kaleakah…dhn hayo manje akah viyx….. We luv dhiraa????
Ili stop it dnt fight here.
Ehen dhw massala eh nethey ekam vhk thah v salhi Masha Allah ?
thnks
Welcome ?
Dhiraa wish ge ehen vhk eh konmes dhuvahakun fennaane kamah umeedkuran
insha allah
Dhiraa ehn vhk eh liyaaniy mi stry ninmaafa dhw dhiraa…. N mihaaru mi stry nimumakah annaniy dhw mi…. ?
yeah mmi stry nimumaa dimaalah midanee.. iraada kurehviyya mi field in knmx sifa ehga dimaavaane
Vaahaka hama obi.. best of luck for ur exams dhira ❤.. see you after exam
thks
story is amazing… good luck for exam. i aslo have exams today nd tomorrow. dhiraa test nimeny tmrw ga tha ???
thnkx
saturdayga exam nimunee
Vvvvvvv reethi good luck on your exam
thnkx
Vvvv reethi mmi par ves???????? v curious vefa mi hunnanee dhen vaa gotheh balaalaa hithun????Dhiraa❤️❤️❤️ Good luck for your exams ingey… Bodau studies au focus koggen rangalhuvaanee…. Good luck ummeedhukuran vaahakaige dhen oiy part avahah genesdheyne kamau..
thnks
Exam asho break negi? Huvaatha?
labba
Hithah araa mikahala readers in hama ulheybaaey…
Vaki kahal readers tha mikiyanjehenee
i advice you two not to start arguments here.. respects others opinion and stop replying to comments
Dhira wish, I advice you to respect others opinions too. You’re being one sided, how come you don’t reply the same to all comments, here everyone has right to comment and reply. First that person replied to ma comment which I have written for you. O is it your other side who commented, idk. Arguments happen when shit happens. So stop adding more fuel to the fire by replying like that.
thankss for the comment dear
Ma ‘ aafah edhen…. Argue kurevunythiy… Ekm thimannavx hama thimanna ge opinoin share kohliy…. N pls don’t think eiy dhiraa kuri comment wkey… Its me…. Nt dhiraa… Ekm maafah edhen thimanna aa hedhi fight akah magufahi viythi…..
tuesday ga kihaa iraku vaahaka genes dheyy. varah kiyaa hithun miulheny. avahan up kohdhybala plxxx..
will update as soon as possible
tomorrow new prt OMG……… how was ur exam dhiraaa
yes.. dear keep waitong.. exams went well…
Aan,dho, writer ah support Koh liyefavaa comment thaka vv rythikoh reply kuraane,kiriyaaves hihamanujehey commenteh kuri myhaa goas vaanee,story rythi,binmaa men genesdheygothah maa kurukoh adhi ehaa hafthaa aku she faharehnoon mi vaahaka genesdhenee,ehenveema varackamudhey, dhen ekahala gothah reply nukonemmenves hamahama Koh gengulhuneema baraabaruvaane,
thankss for the comment dear
Vvv reethi mivaahaka kiyaahithun Lola’s nidhi naadhey mirey 12 ge fahun genes dheyveenun next part please dhiraa ??
thnks for the support
dhiraa tonight ga tha story up kolany. Eager to know what is going to happen. Mi name Ge 2 vana story mikiyani. Laaraa Ge mi name Ge story ga ves ulhun hero vara arrogant . Mi story ga ves. Any ways vara vvvvvv reeethi.
thnks dear..
Kon Irakun up kurany
insha allah mirey
Know iraku second part genesdheny…. I AM sooooo curious ?????????
insha allah mirey
Wooooooow I’m still loving it
thankss dear.. im so happy to hear that
Sorry for late to read this part This part is awesome n great n heart touching keep it up miss the story very much best of luck for ur exam much love from me dhiraa
its okey dear.. ufaavehjje lahun viyas kiyaaleema.. thankss dear.. exam ninmaalaafa mihaaru vaahaka liyan mi aee.. new part eh upvefa ihnaane mihaaru.. loves from me too to my fan
Masha Allah vrh reethi vaahaka eh?…btw azker i think i know you ?
thankss dear.. im really happy to hear that