ދާނިޝްއާއި ޔީޝާއަށް ވަގުތު ދީފައި ނަހުވާންވެސް ފާޑަކަށް ހެމުން ހެމުން ގޭތެރެއަށް ވަދެގެން ދިޔައެވެ. ނަހުވާން ދިޔުމުން ދާނިޝް ޔީޝާއާ ކައިރިވެލފާއި ވައި އަޑުން ޔީޝާގެ ނަމުން ގޮވާލިއެވެ. ނަމަވެސް ޔިޝާއަށް އެއަޑު އިވުނު ހެނެއް ހިޔެއް ނުވެއެވެ. ދެވަނަ ފަހަރަށް ދާނިޝް ގޮވާލިއެވެ. ކުރިއަށްވުރެ ބާރަށެވެ. ދާނިޝްގެ އަޑަށް ޔީޝާއަށް ލޯހުޅުވާލެވުނެވެ. ނަމަވެސް އެހާކައިރީ ހުރި ދާނިޝްގެ މޫނު ފެނިފައި ޔީޝާ ސިހުނެވެ. އަދި ލަދުން އިސްޖަހާލެވުނެވެ. “ނިދިފަތަ ތިއޮތީ؟” ދާނިޝް އަހާލިއެވެ. “ނޫން.. ނުނިދަން” […]
“ޔީޝް.. އަހަރެން ވާހަކައެއް ބުނަން ބޭނުން..އަސްލު އަހަރެން މިވާހަކަ ބުނަން ބޭނުންވެގެން އުޅޭތާ ދުވަސްކޮޅެއް ވެއްޖެ. މިދުވަސްކޮޅު ޔީޝް މާ ބަލިކޮށް އުޅޭތީ ބުނާނެ ފުރުސަތެއް ނުލިބުނީ” ދާނިޝް އެހެން ބުނެފައި ޔީޝާގެ އަތްތިލާގައި ހިފާލިއެވެ. ރަކިވެފައި ޔީޝާއަށް މަގުގެ ދެފަރަތް ބަލާލެވުނި މީހަކަށް ފެނިދާނެތީއެވެ. އޭރު އެމީހުނަށް ތިބެވުނީ ގެޔާ ވަރަށް ކައިރީގައެވެ. “ކޮން ވާހަކައެއް؟” ތެޅި ތެޅިއޮތް ހިތަކާއެކު ޔީޝާ ބުނެލިއެވެ. “ޔީޝް.. އައި ތިންކް އައި ލަވްޔޫ.. ނޫން އައި ޑޫ ލަވް […]
ލައިގެން ހުރި ހެދުންތައް ބާލާފައި ޔީޝާ މާގަނޑު ދަށަށް ޖެހިލިއެވެ. ފިނި ފެންތިކިތަށް ޔީޝާގެ ކުލަ އަލި ހަށިގަނޑުން ތިރިއަށް ދަތުރު ކުރަމުން ދިޔައިރު އެ އޮމާން ހަންގަނޑުގައި ހީބިހީގެ ތޮށިގަނޑެއް ލެވެމުން ދިޔައެވެ. އަތަށް ޝަވަރ ޖެލް ފުޅިން އެތިކޮޅެއް އަޅާލާފައި އޭނާގެ ހަށިގަނޑުގައި ހާކަމުން ދިޔައިރު ބަޔާން ކުރަން ދަތި ހިތްހަމަ ޖެހުމެއް ލިބި ސިކުނޑި ތާޒާވިއެވެ. ނަމަވެސް ދެވަނަ ސިކުންތު ޔީޝާ ސިހިގެން ދިޔައީ އޭނާގެ އުނަގަނޑުގައި އަތް ހާކާލިއިރު އަބަދުހެން އޭނާގެ […]
ޔީޝާ ކުރަމުން ދިޔަ އާދޭސްތަ އަޒާންއަށް އިވޭ ހެނެއް ހިޔެއް ނުވެއެވެ. އަޒާންގެ ބޭނުންތައް ފުއްދުމަށް އޭނާ އަވަސްވެގަތެވެ. އެންމެ ފުރަތަމަވެސް އަޒާން ޔީޝާ ލައިގެން ހުރި ޖިންސުގެ ގޮއްވަޅުގައި ހިފުމުން ޔީޝާ ބިރުން ދެލޯ ބޮޑުވެގެން ދިޔައެވެ. އެއްވެސް އިހްތިޔަރަކާ ނުލާ ޔީޝާ އަޒާންގެ މޭގައި އަޅާ ކޮއްޕާލާފައި އަޒާންގެ މޫނުމައްޗަށް އެތިފަހަރެއް އަޅުވާލިއެވެ. ޔީޝާ އެފަދަ ކަމެއް ކޮއްފާނެ ކަމަކަށް ތައްޔާު ނުވެ ހުރި އަޒާންއަށް މޫނުމަތިން ނަގާގަތް ދިލައިން ފަހަތަށް ޖެހިލެވުނެވެ. ޔީޝާގެ […]
އަޒާން ދިޔަ ދިމާއަށް ބަލަހައްޓައިގެން ހުރި ކަޅު އެއްޗެއް މަޑުމަޑުން ގަހުން ފޭބިއެވެ. ކުޑަ ރާމާމަކުނެއްހެން ގަހުން ފައިބައިފައި އައިސް ހުއްޓިލީ އަޒާން ފެންވަރަން ހުރި ތަނުގައެވެ. ބޯއަރި ކޮށްކޮށްފައި ތަންތަން ބަލަމުން އޭތިވެސް ކަންތައްކުރީ އަޒާންވެސް ކަންތައް ކުރި ގޮތަށެވެ. އޭތީގެ ވަކި ދިގު އަތްތިލައިން އޭތީގެ ކުރަކި ހަށިގަނޑުގެ އެކި ހިސާބުގައި އަތްހާކަން ފެށިއެވެ. އިސްކޮޅުން ކުރުކޮށް ހުރި އޭތީގެ ހަށިގަނޑު ބޮޑުވާން ފެށިއެވެ. އިސްކޮޅާ ރޫފަވެސް އާދައިގެ އިންސާނަކާ އެއްވަރުވިއެވެ. އޭތީގެ ގައިގެ […]
އޭނައާ ވަރަށް ގާތުގައި މީހަކު ހުރިކަން ޔީޝާއަށް ޔަގީންވި ނަމަވެސް ދެލޯ ނުހުޅުވަ އޮތީ އެއީ އަފާ ނޫނީ ނިހާ ކުރާ ސަމާސާއެއް ކަމަށް ހީކޮށެވެ. ނަމަވެސް ދެވަނަ ސިކުންތު ތެޅިގަނެވުނީ އޭނާގެ ކަންފަތާ ދިމާލުން މޫނަށް ހޫނު ނޭވާއެއް އިހްސާސް ވުމުންނެވެ. އެ ހޫނު ނޭވާއިންނާ އެ އިނގިލި ތަކުގެ ފިރުމުންތަކުން އުނދަގޫވެގެން ޔީޝާއަށް ދެލޯ ހުޅުވާލެވުނެވެ. އެހެނަސް ދެލޯ ހުޅުވާލި ވަގުތު ކުރިމަތިން ފެނުނު މަންޒަރުން އޭނާގެ މޭގަނޑު އަނގަޔަށް ނައީ ކިރިޔާއެވެ. ބިރުގަތް […]
“މިއުޅެނީ ދަތުރު ދާން.. ޔީޝް ދާންނަންތަ އަހަރެމެންނާ އެކީ” ދާނީޝް އަހާލިއެވެ. “ދާނިޝް ބޭނުންތަ އަހަރެން ގެންދަން؟” ޖަވާބުގައި ޔީޝާ ކޮއްލީ ސުވާލެކެވެ. “އަހަރެން ބުނެފިއްޔާ ޔީޝް ދާންނަތަ؟” ދާނިޝްވެސް އަހާލިއެވެ. “ދާނިޝް ދަންޔާ އަހަރެން ކޮންމެހެންވެސް ދާންވާނެތާ ދޯ” ޔީޝާ ބުނެލިއެވެ. ޔީޝާގެ މެސެޖު ކިޔާލާފައި ދާނިޝްގެ މޫނުމަތީ ހިނިތުންވުމެއް ފަވާލިއެވެ. ޔީޝާ އެހެން ބުނީ ވަކި މާނައެއްގައި ނޫނަސް ދާނިޝްގެ ހިތަށް އުފާވެރިކަން ގެނުވިއެވެ. “މާދަމާ ރޭ ނިހާ އާ ނަހުވާންމެން ގޮވައިގެން ދަތުރަށް […]
ދާނިޝް ދިޔުމުން ޔީޝާވެސް ތިރިީގައި ހުރި ބެންޗު ތަކާ ދިމާއަށް ހިނގާގަތެވެ. ބެންޗުގައި އިށީންދެފައި ފޯނު ނަގާ ފޭސްބުކަށް ވަދެލިއެވެ. ވަގުތު އަވަހަށް ދުއްވާލަން ފޭސްބުކު ޕޭޖު ހާވަން ފެށިއެވެ. އެހެން އިންދާ ޔީޝާ ކުއްލިއަކަށް ސިއްސައިގެން ދިޔައީ ކުރިމަތީގައި ހުރި މިހަކު ކަރުކެހިލި އަޑު އިވުމުންނެވެ. އިސް އުފުލާލާ ބަލާލިއިރު މޫނާ ޖެހޭ ނުޖެހޭ ހިސާބުގައި ހުރީ އަޒާންއެވެ. ***** ޔީޝާ ކުޑަކޮށް ފަހަތަށް ޖެހިލުމުން އަޒާން އޭނާގެ ކުރިމަތީހުރި ގޮނޑީގައި އިށީނެވެ. އަޒާންއަށް […]
“ދެން ހިނގާ ދޯ ގެޔަށް ދާން.. އަފާ އަދި ޖެހޭނެއްނު ޑިއުޓީއަށްވެސް ދާން” ޔީޝާ އެހެން ބުނުމުން ދެއެކުވެރިން ގެޔާ ދިމާއަށް ދާން ހިނގާގަތެވެ. ސައިކަލަށް އަރާ ދުއްވާލާފައި ގޯޅި އަޅަން އުޅެނިކޮށް ކުއްލިއަކަށް ކުރިމައްޗަށް އެރީ ނުގަވާދުން އައި ސައިކަލެކެވެ. ކުއްލިއަކަށް އެހެންވުމުން އަފާ އަށް ބުރެކި ޖައްސާލެވުނީ ކިރިޔާއެވެ. **** “ތަންކޮޅެއް ބަލާލައިގެން ދުއްވަ ބަލަ” ސައިކަލު ރަނގަޅަށް ބެލެންސް ކޮއްލާފައި ކުރިމަތީ ހުރި ސައިކަލު ދުއްވަން އިންމީހާއާ ދިމާއަށް އަފާ ބުނެލިއެވެ. ނަމަވެސް […]