Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިލޯބި

ބަދު ނަސީބުގެ ހިޔަނި އެޅުމުން (8)

Dheem&Eekku Level 410 Stories100 Login500 Login
February 12, 2021 6 Mins Read
4 Comments

“މިއުޅެނީ ދަތުރު ދާން.. ޔީޝް ދާންނަންތަ އަހަރެމެންނާ އެކީ” ދާނީޝް އަހާލިއެވެ.

“ދާނިޝް ބޭނުންތަ އަހަރެން ގެންދަން؟” ޖަވާބުގައި ޔީޝާ ކޮއްލީ ސުވާލެކެވެ.

“އަހަރެން ބުނެފިއްޔާ ޔީޝް ދާންނަތަ؟” ދާނިޝްވެސް އަހާލިއެވެ.

“ދާނިޝް ދަންޔާ އަހަރެން ކޮންމެހެންވެސް ދާންވާނެތާ ދޯ” ޔީޝާ ބުނެލިއެވެ. ޔީޝާގެ މެސެޖު ކިޔާލާފައި ދާނިޝްގެ މޫނުމަތީ ހިނިތުންވުމެއް ފަވާލިއެވެ. ޔީޝާ އެހެން ބުނީ ވަކި މާނައެއްގައި ނޫނަސް ދާނިޝްގެ ހިތަށް އުފާވެރިކަން ގެނުވިއެވެ.

“މާދަމާ ރޭ ނިހާ އާ ނަހުވާންމެން ގޮވައިގެން ދަތުރަށް ބޭނުންވާ އެއްޗެހި ގަންނަން ދަން.. ޔީޝް ދާނަން ދޯ އަހަރެމެންނާ އެކީ ” ދާނިޝް ދައުވަތު ދެމުން ބުނެލިއެވެ. ޔީޝާ އުފަލާއެކު ދާން އެއްބަސްވީ އަފާވެސް ގޮވައިގެނެވެ.

****

 

އެ ހަފްތާގެ ބުރާސްފަތި ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުން އެދުވަހަށް ދަތުރު ރޭވިގެން ދިޔައެވެ. މެންދަމުން އަލިވެ 4 ޖަހަން ވާއިރަށް ދަތުރު ދާ އެންމެން އެރަށު ފާލަމަށް އެއްވެއްޖެއެވެ.

ހުރިހާ ފިރިހެނުން ވެގެން ޕިކަޕުގައި ހުރި ސާމާނުތަށް ބާލުވާ ދޯންޏަށް އަރުވަންދެން ޔީޝާ އާއި އަފާ، ނިހާ މެންނާއެކު އެއްކައިރީ މަޑުކުރިއެވެ.

ނިހާމެން ދައްކަމުން ދިޔަ ވާހަކައިގައި ބައިވެރިވުމުގެ ގޮތުން އާން ހޫން ބުނެލަ ބުނެލަ ހުރި ޔީޝާގެ ސަމާލުކަން ހުއްޓުނީ ދުރުން ދުއްވާފައި އައި ސައިކަލަށެވެ. ދުރުންވެސް އެއީ އަޒާންކަން ޔީޝާއަށް އެނގުނެވެ.

އަޒާން މިތަނުގަ ކުރަނީ ކީއް ބާވައޭ ޔީޝާ ހިތަށް އެރިއެވެ.

“އާދެވިއްޖެ ދޯ.. މަހީކުރީ މިފަހަރުވެސް ނާންނާނެ ކަމަށް” އަޒާންގެ ސައިކަލު އެމީހުނާ ކައިރިއަށް ހުއްޓުމުން އެތަނުގައި ހުރި ނިހާގެ ތިމާގެ ކުއްޖަކު ބުނެލިއެވެ.

“މިފަހަރު ނައިހެއް ނުވާނެއްނު..” އަޒާން ސައިކަލުން ފާބާފައި އެހެން ބުނީރު ޔީޝާއާ ދިމާއަށް މާނަވީ ނަޒަރަކުން ބަލާލިއެވެ. އެހެން މީހުނަށް އަޒާން އެހެން ބުނީ ކީއްވެ ކަމެއް ނޭނގުނަސް ޔީޝާއަށް ދެނެގަނެވުނެވެ. އަފާވެސް ދެލޯ ކުޑަކޮއްލާފައި އަޒާންއާ ދިމާއަށް ބަލާލިއެވެ.

“އާދޭ އަވަހަށް.. މިހާރު ނައްޓާލަންވީ” ދޯނީގައި ތިބި މީހުން ގޮވުމުން ޔީޝާމެން އެދިމާއަށް ހިނގާގަތެވެ.

“އަޒާންއާ މިގޭ މީހުނާ އޮތީ ކޮން ގުޅުމެއް؟” އަފާގެ ކަންފަތް ބުޑުގައި ޔީޝާ ބުނެލިއެވެ.

“އެހެރީނުން ނިހާގެ ކަޒިންއެއް ދޯ.. ބޯދިގު ކޮއްފަ އެހުރީނުން.. އޭނައާ އަޒާން އާ ވަރަށް ރައްޓެހިވާނެ. އެކަމު މީގެ ކުރިން މިކަހަލަ ދަތުރުތަކުގަ އޭނަ ވަރަށް ބައިވެރި ނުވާނެ.. މިފަހަރު ޔީޝް ދާކަން އެނގިގެން ކަންނޭނގެ އެއައީ.. ހަދާންކޮށް އޭނާއާ ވާހަކަ ނުދައްކާތި.. ޔޫ ޑިސާވް މޯ ދޭން ހިމް” ކޮލެޖުން ފެނިގެން އަޒާން ޔީޝާއާ ރައްޓެހިވާން އެހި ވާހަކަ އަފާއަށް އެނގުމަށްފަހު އޭނާ ހުންނަނީ އެކަމާ ވަރަށް ކަންބޮޑުވެފައެވެ. އަފާ އެހެން ބުނުމުން ޔީޝާ ހީލާފައި ބޯޖަހާލިއެވެ.

 

ފަތިހުގެ ހަމަހިމާނެކަން ނަގާލަމުން މޫދުގެ ލޮނުގަނޑު ކަފަމުން ދިޔަ ދޯނީގެ މިސްރާބު ހުރީ އެއަތޮޅުގައި ހުންނަ  ކުޑަކުޑަ ފަޅު ރަށާ ދިމާއަށެވެ. އެއީ އެމީހުން ދަތުރު ދާން ހަމަ ޖެހިފައިވާ ރަށެވެ.

ފަޅުރަށުގެ ގޮނޑުދޮށަށް އޮޑި ބީއްސާލިއިރު ވިލާތަކު ތެރެއިން ކިރިޔާ އިރުގެ ހިލަމެއް ވާން ފެށީއެވެ. އަންހެން ވެރިން ދޯނިން ފާބައިގެން އައިސް އެއްގަމަށް އެރުމުން ހުރިހާ ފިރިހެނުންވެގެން ސާމާނުތަށް އެއްގަމަށް ބާލުވަން ފެށިއެވެ. އެމީހުން ބާލުވާފައި ދޯނި އެނބުރި ދިޔުމުން ހުރިހާ އެންމެން ގަސްތަކު ތެރެއިން ލާފައި ރަށުތެރެއާ ދިމާއަށް ހިނގާގަތެވެ. ދާނިޝްގެ ބޮޑުބެ ދައްކަމުން ދިޔަ މަގުން ހިނގާފައި ދިޔަ ތަނާ ގެގަނޑެއް ފެނުނެވެ. ގެޔެކޭ ބުންޏަސް އެއީ ވަށާ ފާރެއް ނެތް ހަމައެކަނި ތަނބުތަކެއްގެ މައްޗަށް ހިޔާ ކޮށްލާފައި އޮތް ތަންކޮޅެކެވެ. ހިޔަލުގައި ދަބަސްތަށް ބަހައްޓާފައި އެންމެން އެކި ދިމަދިމާއަށް ހިނގައި ގަތެވެ.

ގޮނޑުދޮށުގައި އޮތް ރުއްގަނޑެއް މަތީ ދާނިޝްއާއި އޭނާގެ ދުވަސްވީ އެކުވެރިޔާ އާދިލް ތިބީ އެމީހުންގެ އަމިއްލަ ވާހަކައިގައެވެ. އާދިލް ދައްކަމުން ދިޔަ ވާހަކަތަކަށް ރައްދު ދެމުން ދާނީޝް އިނީ އަތުގައި އޮތް ކެމެރާއާ ކުޅޭށެވެ. އިރު އިރު ކޮޅާ ކެމެރާ ހިއްލާލާ ލޮލުގައި ޖައްސާލައެވެ.

އާދިލް ބުނެލި އެއްޗަކަށް ހޫން ލައްވާލާފައި ދުރު ބަލާލި ވަގުތު އެދިމާއަށް އަންނަ ޔީޝާއާއި އަފާ ދާނިޝްގެ ލޮލުގައި އަޅާއި ގަތެވެ. އެއްވެސް އިހްތިޔާރަކާ ނުލާ ދާނިޝްގެ ނަޒަރު ކައިރި ވަމުން އައި ޔީޝާއަށް ހުއްޓެމުން ދިޔައިރު އާދިލްގެ ވާހަކަތަކަށް ބީރު ކަންފަތެއް ދެވުނެވެ.

“ހޫން އެ މަންޖެއަށް ދޯ ތިބަލަނީ.. މަ ހިތަށް އެރީ އަނެއްކާ ކޯއްޗެއް ފެނިގެން ބާއޭ ކަލޭ ބަސް ހުއްޓިފަ ތިހުރީ” އެއްފަހަރު ދާނިޝްއަށް އަނެއްފަހަރު ދެ އަންހެން ކުދިންނަށް ބަލާލަމުން އާދިލް ބުނެލިއެވެ.

“ތިހެން ދުރުގަ ހުރެގެން ބެއްޔަކަސް ވާނެ ކަމެއް ނޯންނާނެ.. ގަޔާ ވަންޏާ ޖެހޭނެ ވަރަށް ކެރިގެން ކުރިމަތި ލާން.. ކަލޭ އަދި ކުޑަވެސް މަސައްކަތެއް ނުކޮށްލަން ދޯ” އާދިލް ބުނެލިއެވެ.

“ކިހިނެއްތަ ހަމަ ހުރެފަ ލޯބިވާ ވާހަކަ ބުނާނީ.. މިއީ އެހާ ފަސޭހައިން ކުރެވޭ ކަންކަމެއް ނޫނޭ. އާދިލް ތިހާ މޮޅިއްޔާ ކޯއްވެތަ އަދިވެސް ހުއްސަރިބައިކޮށް ތިހުންނަނީ..” އާދިލްގެ ކޮނޑަށް އަތް ވައްޓާލަމުން ދާނިޝް ބުނެލިއެވެ.

“އެހެންވީމަ ހަމަ ރަނގަޅަށްވެސް އެމަންޖެއާ ހިތާވެފަ ދޯ ތިހުންނަނީ.. އަސްލުވެސް ނަލަ މަންޖެއެއް ވިއްޔާ ދޯ” އާދިލް ބުނެލިއެވެ.

“ހަމައެކަނި ބޭރު ފުށަށް ފެންނަން ހުންނަ ސިފަތަކެއް ނޫން.. އޭނަގެ މިޖާޖުވެސް އަދި އުޅުންވެސް އަހަންނަށް ވަރަށް ކަމުދޭ.. އެކަމު މައްސަލައަކީ އޭނަ އަހަންނާ ދެތެރޭ ދެކެނީ ހަމައެކަނި ރައްޓެސްއެއް ގޮތުގަވީމަ.. އަނެއްކަ އަހަރެން މިވާހަކަ ބުނެއްޖެއްޔާ އޭނަ އަހަންނާ ވާހަކަ ދައްކާނެ ކަމެއްވެސް ނޭނގޭ” ދާނިޝް ބުނެލިއެވެ.

“ކަލެއަށް ކިހިނެއް އެނގޭނީ ޔީޝާގެ ހިތުގަ އޮންނަ އެއްޗެއް.. ކަލޭ ވާނެ މިދަތުރުގެ ބޭނުން ރަނގަޅަށް ހިފަން.. މިއީ ހަމަ ރަނުގެ ފުރުސަތެއް” އާދިލް އެހެން ބުނުމުން ދާނީޝް ބޯޖަހާލަމުން ހޭން ފެށިއެވެ.

“ހާދަ ރީއްޗޭ ދޯ މިރަށް… މޫދަށް އެރިލާ ހިތްވަނީ” ދާނީޝް މެންނާ 10 ވަރަކަށް ފޫޓު ދުރުގައި ރާޅު ބީއްސާ ހިސާބުގައި އިށީންނަމުން އަފާ ބުނެލިއެވެ.

“އަހަރެން ހީކުރި ވަރަށް ވުރެވެސް މިރަށް ރީތި.. އެކަމު މެންދުރު ކައިގެން އެންމެން އެކީ ދޯ މޫދަށް އެރެން ވާނީ” ޔީޝާ ބުނެލިއެވެ.

“ޔީޝް.. ދާނީޝް ހާދަ ވަރަކަށޭ މިދިމާ އެބަލަނީ.. އަނެއްކާ ތިދެމީހުން ކަމެއްތަ.. އަހަރެން މިހެން އަހާލާނެ ބޭނުންވެގެން އުޅޭތާ ދުވަސްކޮޅެއް ވެއްޖެ.” ލާނެތް ގޮތަކަށް ހީލަމުން އަފާ ޔީޝާއާ ދިމާއަށް ބަލާލިއެވެ.

“ދެން އަފާވެސް ދޯ.. އަހަރެމެން މިއީ ހަމަ ރައްޓެހިން.. ދެމީހުންގެ މިޖާޖު އެއް ގޮތްވީމަ އެކުވެރިވެވޭނެ ދޯ ފަސޭހައިން” ޔީޝާ ބުނެލިއެވެ.

“އެކަމު އަހަންނަށް ހީވަނި އޭނަ ޔީޝްއާ ގަޔާވޭހެން.. ފިރިހެން ކުދިން އުޅުމުން ވަރަށް ފަސޭހައިން އެނގޭނެ އެމީހުންގެ ހިތުގަ އޮންނަ އެއްޗެއް.. ހަމަ ގައިމުވެސް ދާނިޝް ޔީޝްއާ ދޭތެރޭ ކަންތައް ކުރަނީ އެކުވެރިންނަށް ކަންތައް ކުރާ ވަރަށްވުރެ ގާތްކޮށް.. އަހަރެން ވަރަށް ރަނގަޅަށް ދާނިޝް ދަންނަން.” އަފާ ބުނެލިއެވެ.

“ތިހެން ވިއްޔާ އަފާ ތިއީ ވަރަށް މޮޅު މީހެއްތާ ދޯ.. ދެން ހެވޭ ކޮން އިރަކުންތަ އަފާގެ ދައްތަ މެރީ ކުރަނީ” ޔީޝާ އަވަހަށް މައުޟޫ އޮޅުވާލިއެވެ.

“ދައްތަ މެރީ ކުރާނެ މިއަހަރު ފަހުކޮޅު. އަދި މުޅިން ޔަގީނެއްވެސް ނޫން.. ދެން ތިއުޅޭނީ ވާހަކަ އޮޅުވާލަންށޭ ނުން.. މިފަހަރު ދުލެއް ނުކުރާނަން.. އަޅެ ބުނެބަލަ ޔީޝް ދާނިޝްއާ ލައިކް ވޭތަ.. ބުނެބަލަ” އަފާ ޔީޝާގެ އަތުގައި ހިފަމުން ބުނެލިއެވެ.

“ކޮސް ނުގޮވަބަލަ..” ޔީޝާ ދެލޯ ކުޑަ ކޮށްލާފައި ބުނެލިއެވެ. އޭރު ޔީޝާގެ މޫނު މައްޗަށް ފަނޑު ޖަމްބު ކުލައެއްވަނީ ވެރިވެފައެވެ.

“އޯކޭއޭ ދެން ނުބުންޏަސް.. ޔީޝްގެ ތި އުޅުމުންވެސް އަހަރެންގެ ސުވާލުގެ ޖަވާބު ލިބިއްޖޭ” އަފާ ބުނެލިއެވެ.

“އޭ ތިދެމީހުން މިތާގަތަ ތިބޭނީ.. ހިނގާބަލަ އެމީހުން އެބަ މުރަވަކި ހޮވައޭ.. އެބައޮތް ބައިވަރު އެދިމާލުގަ” ދެމިހުން ވާހަކައިގައި ތިއްބާ އެތަނަށް އައި ނިހާ ބުނެލިއެވެ.

“އަސްލުތަ.. އޭ ޔީޝް ހިނގާ މުރަވަކި ހޮވަން ދާން” މުރަވަކިއޭ ބުނުމުން އަފާ ފޫކޮޅަށް ކައްޓެއް ޖެހިހެން ކޮޅަށް ފުންމައި ގަތެވެ.

“ތިމީހުން ދޭ.. އަހަރެން އެހާ ކާހިތްވާ އެއްޗެއް ނޫން އެއީ..” ޔީޝާ އެތަނުން ތެދުވަން މަސައްކަތަކަށް ބުނެލިއެވެ.

“އޯކޭ.. އަހަރެމެން އެބަ އަންނަން އިނގޭ ވަރަށް އަވަހަށް” ނިހާއާ އެކު ވަލާ ދިމާއަށް ހިނގައި ގަންނަމުން އަފާ ބުނެލިއެވެ. އެމީހުން ދިޔުމުން ޔީޝާގެ ސަމާލުކަން އެއްގަމަށް ބީއްސަމުން ދިޔަ ރާޅުތަކަށް ހުއްޓުނެވެ.

“އޭ ކޮންތާކަށް ތިދަނީ؟” އާދިލް އިންތަނުން ތެދުވުމުން ދާނިޝް އަހާލިއެވެ.

“މަބުނީމެއްނު މި ދަތުރުގެ ބޭނުން ހިފާށޭ. ޔީޝާ އޭނީ މީހާރު އެކަނި.. ދެންވެސް ކަލޭ ދޭބަލަ އޭނަ ކައިރިއަށް..” އާދިލް ނިތް އަރުވާލާފައި ޔީޝާއަށް އިސާރާތް ކޮއްލިއެވެ. އާދިލް ދިޔުމުން ދާނިޝްވެސް ކޮޅަށް ތެދުވެފައި ޔީޝާއާ ދިމާލަށް ހިނގައި ގަތެވެ. ކުރިއަށް އަޅަމުން ދިޔަ ކޮންމެ ފިޔަވަޅަކާ އެކު ދާނިޝްގެ ހިތް ނޭނގޭ ބާރުމިނެއްގައި ތެޅެމުން ދިޔައެވެ. ހުދު ވެލިގަނޑުމަތީ ދެފާ ތެދަށް ދަމާލައިގެން އިށީނދެ އިން ޔީޝާގެ އިސްތަށިގަނޑު ވަޔާ ނަށަމުން ދިޔައިރު އެއީ މޮޅު ކުރެހުންތެރިއެއްގެ ފުރިހަމަ މަސައްކަތެއް ފަދައެވެ. ދާނިޝްގެ ޅަހިތް ޔީޝާއާ މެދު ތައުރީފުން ބަނޑުންވަމުން ދިޔައިރު އޭނާގެ ހިތް އަވަސްވަމުން ދިޔައެވެ.

“ހެއި ޔީޝް” ކައިރީގައި ހުއްޓިލަމުން ދާނިޝް ގޮވާލުމުން ޔީޝާ އިސްއުފުލާލާފައި ރީތި ހިނިތުންވުމެއް ހަދިޔާ ކޮއްލިއެވެ.

“އޯކޭތަ މިތާ އިށީނަސް” ދާނީޝް އެހެން އެހުމުން ޔީޝާ ހިނިގަނޑެއް ޖަހާލާފައި އަވަހަށް އިށީންނާށޭ ބުނެލިއެވެ.

“ކީއްވެ މާ އެކަނި ތިއިނީ.. ކޮންތާކަށް އަފާ އެދިޔައީ؟” ދާނިޝް ވާހަކަ ފަށާނެ ގޮތެއް ނޭނގިގެން ބުނެލިއެވެ.

“އެމީހުން އެދިޔައީ މުރަވަކި ހޮވާށޯ.. ގަސްތަކު ތެރެއަށް އެދިޔައީ” ޔީޝާ ބުނެލިއެވެ.

“ކީއްވެ ޔީޝް އެމީހުނާ އެކީ ނުދިޔައީ” ދާނީޝް އަހާލިއެވެ.

“މިތަނުން ތެދުވަންނަން ބޮޑުކަމަކަށް.. މިހާރު މުޅި ރަށުގަ ހިނގާ ހިނގާ ދެފާ ވާޅުވެއްޖެ ވިއްޔަ” ޔީޝާ އެހެން ބުނުމުން ދާނިޝް ހޭން ފެށިއެވެ. ދާނިޝްގެ ހިނިތުންވުން ފެނުމުން ޔީޝާގެ ހިތުގެ ވިންދަށް ކުޑަ ލޮޅުމެއް އެރިއެވެ. އެއްވެސް އިހްތިޔާރަކާ ނުލާ އޭނާގެ ތުންފަތް މަތީވެސް ހިނިތުންވުމެއް ފަވާލިއެވެެ. ދާނީޝްއާ ދިމާއަށް ބަލަހައްޓައިގެން ހުރީރު ޔީޝާގެ ސިކުނޑީގައި އަފާ ދެންމެއަކު ދެއްކި ވާހަކަތަށް ވަށާލިއެވެ.

ދާނިޝް ހަގީގަތުގައިވެސް އޭނާއާ ގަޔާ ވޭބާއެވެ. އަފާ ބުނިފަދައިން ދާނިޝް އޭނާއާ ދޭތެރޭ ކަންތަށް ކޮއްފައި ވަނީ ވަރަށް ހާއްސަކޮށެވެ. ދާނިޝްގެ ހިތުގައި އޭނާއަށް ހާއްސަ މަގާމެއް ދެވިފައި ވާކަން ދާނިޝްގެ އަމަލުތަކުންވެސް ފާހަގަ ކުރެވެއެވެ. ދާނީޝް އޭނާއާ ގަޔާ ވާނަމަ ދާނިޝްގެ ލޯބި ގަބޫލު ކުރަންވީ ބާވައެވެ. އަހަރެންވެސް ދާނިޝްއާ ގަޔާ ވޭބާވައެވެ.

ޔީޝާ ވިސްނަމުން ދިޔަ ހިޔާލުތަކުން ދުރުވެވުނީ ދާނިޝްގެ ކަޅުކަން ގަދަ ދެލޮލާ ހަތަރު ކަޅި ހަމަވުމުންނެވެ. ކަނޑެއް ފަދަ އެފުން ދެލޮލަށް ގެބެމުން ދިޔައިރު ޔީޝާއަށް އޭނާގެ އަމިއްލަ ހިތުގެ ވިންދުގެ އަޑުވެސް އިވެމުން ދިޔައެވެ. މިހާބާރަށް އެހިތް ތެޅެމުން ދާއިރު ދާނިޝްއަށްވެސް އަޑު އިވޭނެކަން ގައިމެވެ.

“ޔީޝް.. އަހަރެން ވާހަކައެއް އަހާލަންތަ..؟” ދާނިޝްގެ ބަރު އަޑު ކަންފަތުގައި ޖެހުމުން ޔީޝާ ވަގުތުން ހަމަ ބިމަށް ތިރިވިއެވެ. ނަމަވެސް ދާނިޝް ދައްކަން އެއޫޅޭ ވާހަކައެއް ނޭނގުމުން ޔީޝާގެ ހިތުގެ ތެޅުމެއް މައިިތިރި ވާގޮތެއް ނުވިއެވެ. ކުރިއަށްވުރެވެސް ބާރަށް އެހިތް ތެޅެން ފެށިހެން ހީވެއެވެ.

“އަހަރެން މިވާހަކަ ދައްކަން އުޅޭތާ ދުވަސްކޮޅެއް ވެއްޖެ.. އެކަމު މިވާހަކަ ދައްކަން އެންމެ ރަނގަޅު ވަގުތެއް ނުލިބިގެން ނުބުނެވިގެން މިއުޅެނީ.. އެކަމު މިއަދު އަހަރެން ބޭނުން މިވާހަކަ ޔީޝް ގާތު ބުނަން.” ދާނީޝް އެހެން ބުނުމުން ޔީޝާ ބޯޖަހާލީ އަވަހަށް އެވާހަކަ ބުނާށޭ ބުނާފަދަ ގޮތަކަށެވެ.

“ޔީޝް.. ޔީޝް އަހަރެން..”

“އޭ ކަލޭމެން ކިއެއްތަ މިތާ ތިކުރަނީ.. އާދެބަލަ މިހާރު ބޭބެމެން އެބަ ހޯދާ ސައިބޯން ވެގެން” ދާނީޝް ޖުމްލަ މެދުކެނޑުނީ ދުރުން އިވުނު ނަހުވާންގެ އަޑަށެވެ.

“މޭން.. ހަމަ މިވަގުތައްތަ އަންނަން އެނގުނީ” ފުން ނޭވާއެއް ދޫކޮއްލާފައި މަޑުމަޑުން ދާނީޝް ބުނެލިއެވެ.

“އެން.. ކީކޭ؟” ދާނީޝް ބުނި އެއްޗެއް ނޭނގުމުން ޔީޝާ އަހާލިއެވެ.

“އެއްޗެކޭ ނޫން.. ހިނގާ ސައިބޯން ދާން” ދާނިޝް ތެދުވެ ގައިން ވެލިފޯޅާލަމުން ބުނެލިއެވެ.

“ބުނެބަލަ ކޮން ވާހަކައެއްތަ ބުނަން ތިއުޅުނީ” ޔީޝާ އަހާލިއެވެ.

“ދެން ފަހުން ދޯ.. ހިނގާ އެމީހުން މިހާރު އެއުޅެނީ އަހަރެމެން ނައިސް ލަސްވެގެން ކަންނޭނގެ” ދާނިޝް އެހެން ބުނެ ޔީޝާގެ އަތުގައި ހިފާ ނެގިއެވެ.

ހެނދުނުގެ ނާސްތާ ކުރުމަށް ފަހު އެންމެން ސަކަރާތުގައި ޖެހުނެވެ. އެންމެން އެއްވެގެން ފައިގަ ތަޅާ ކުޅެން އުޅެފައި މެންދުރުގެ ކެއުމަށް ފަހު މޫދަށް އެރުނެވެ.

ދެ ޓީމަށް ބެހިލާފައި ހޭންޑު ބޯލް ކުޅެން ފެށުމުން ފޯރިގަދަވިއެވެ. އެކިމީހުން އަތުން ބޯޅަ އުކަމުން އައިސް ޔީޝާގެ އަތުގައި ބޯޅަ ޖެހުނީ އެތަށް އިރެއް ފަހުންނެވެ. ހަމަ ބޯޅަ ލިބޭއިރަށް އަފާ ބޯޅަ ޖަހައި ގަނެއެވެ. ކުޅިވަރަށް ސަމާލުވެ ހުރި ޔީޝާ ސިހުނީ މީހަކު އޭނާގެ ބުރަކަށީގައި ކޮއްޓާލުމުންނެވެ. ފަހަތަށް ބަލާލިއިރު އަޒާން ހުރީ ފާޑަކަށް ހިނިއައިސް ބަލަހައްޓައި ގެނެވެ. އަފާގެ ބަސްތަށް ސިކުނޑި ވަށާލުމުން ޔީޝާ އަވަހަށް އަޒާންއާ ދުރަށް ޖެހިލިއެވެ. ނަމަވެސް އަޒާންގެ އުނދަގޫވީ ބޮޑެވެ. ބޯޅަ އަތުލަން ކަމަށް ހެދިފައި އިރު އިރުކޮޅާ ޔީޝާގެ ގައިގައި އަތްލަން މަސައްކަތް ކުރެއެވެ. އަޒާންގެ ނިޔަތް އެހާ ރަނގަޅު ނޫންކަން ޔީޝާއަށް ދެނެގަނެވުމުން އޭނާގެ މޫނު ފުސްވިއެވެ.

މިކަމުގެ ސަބަބުން އެންމެން ފޯރީގައި ޖެހުނު ވަގުތު ޔީޝާ ހުރީ ފޫހިވެފައެވެ.

 

އިރުކޮޅަކު އަރާމު ކޮއްލަން ބޭނުން ވާކަމަށް ބުނެ ޔީޝާ އެއްގަމަށް އަރާ އެދިމާލުގައި ހުރި ބޮޑު ގަހެއްގެ ހިޔަލުގައި ޖައްސާލިއެވެ. ގަހުގެ ފަލަ މުލެއްމަތީ ދަބަސް ބާއްވާފައި އޭގެ މަތީ ބޯއަޅާލައިގެން ޔީޝާ އޮށޯތެވެ. ވަރުބަލިވެފައި ހުރިލެ ބޮޑުކަމުން ފޯނާ ކުޅެން އޮތް ޔީޝާއަށް ކުޑަ އިރުކޮޅެއް ތެރޭ ނިދުނެވެ.

ނަމަވެސް ހަމަ ނިދުނު ތަނާހެން މީހަކު އޭނާގެ ނަމުން ގޮވާލި އަޑު އިވުނެވެ. ނުހަނު ކައިރިން އެއަޑު އިވުމުން ޔީޝާ ހޫން އޭ ބުނި ނަމަވެސް ލޮލެއް ނުހުޅުވައެވެ. ދެވަނަ ފަހަރަށް އެމީހަކު ނުގޮވުމުން ޔީޝާ އަނެއްކާވެސް ނިދީގެ ތެރެއަށް ގެނބިގެން ދިޔައެވެ. ނަމަވެސް އެހެން ފާއިތުވީ މަދު ސިކުންތު ކޮޅެކެވެ. ބަނޑުމަތީ ބާއްވާލާފައި އޮތް ދެއަތުގެ މަތިން ތިރިއަށް މީހަކު ފިރުމާލި ކަމުގެ އިހްސާސް ކުރެވިގެން ޔީޝާ ސިހުނެވެ. ދެލޯ ހުޅުވާލާފައި ދެފަރާތް ބަލާލިއިރު އެކަކުވެސް ފެންނާކަށް ނެތެވެ. އެއީ ކުރެވުނު ކުއްހީއެއް ކަމަށް ހީކޮށް ޔީޝާ އަނެއްކާވެސް ދެލޯ މަރާލިއެވެ. ދެންވެސް މީހަކު ޔީޝާގެ އަތުގައި ފިރުމާލިއެވެ. އެއީ ރާޅު އެހެނަސް ކުޑަ ތެތް ކަމެއް ހުރި އަތެކެވެ.

އޭނައާ ވަރަށް ގާތުގައި މީހަކު ހުރިކަން ޔީޝާއަށް ޔަގީންވި ނަމަވެސް ދެލޯ ނުހުޅުވަ އޮތީ އެއީ އަފާ ނޫނީ ނިހާ ކުރާ ސަމާސާއެއް ކަމަށް ހީކޮށެވެ. ނަމަވެސް ދެވަނަ ސިކުންތު ތެޅިގަނެވުނީ އޭނާގެ ކަންފަތާ ދިމާލުން މޫނަށް ހޫނު ނޭވާއެއް އިހްސާސް ވުމުންނެވެ. އެ ހޫނު ނޭވާއިންނާ އެ އިނގިލި ތަކުގެ ފިރުމުންތަކުން އުނދަގޫވެގެން ޔީޝާއަށް ދެލޯ ހުޅުވާލެވުނެވެ. އެހެނަސް ދެލޯ ހުޅުވާލި ވަގުތު ކުރިމަތިން ފެނުނު މަންޒަރުން އޭނާގެ މޭގަނޑު އަނގަޔަށް ނައީ ކިރިޔާއެވެ. ބިރުގަތް ވަރުން ހަޅޭލަވައި ގަންނަން އަނގަ ހުޅުވާލި ނަމަވެސް އެއްވެސް އަޑެއް އަރުތެރެއަކުން ބޭރެއް ނުވިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Dheem&Eekku

Level 410 Stories100 Login500 Login

Other Articles

Previous

ކޮކާ ކުއްޖާ – 5

Next

ހަޔާތުގެ ބައިވެރިޔާ

Next
February 13, 2021

ހަޔާތުގެ ބައިވެރިޔާ

Previews
February 12, 2021

ކޮކާ ކުއްޖާ – 5

4 Comments!

  1. Taengoo says:
    February 12, 2021 at 6:34 pm

    Mi part ves varah varah salhi… ??
    Mi part ge ninmun varah interesting..
    Waiting for next part..
    Love you ❤
    Stay safe ?

    1. Dheem&Eekku says:
      February 13, 2021 at 9:08 pm

      Awn thank you darling ❤️❤️
      Insha allah I will upload the next part sooner.
      Love you too ?
      Stay safe ?

  2. redlailacrose says:
    February 13, 2021 at 2:33 pm

    Stry is very interesting ?? waiting for next part ??? love the stry dear ?? stay safe bye ??

    1. Dheem&Eekku says:
      February 13, 2021 at 9:12 pm

      Thank you v bodah ?
      You too stay safe ❤️

Comments are closed.

Next Episodeބަދު ނަސީބުގެ ހިޔަނި އެޅުމުން (9)←


All Right Reserved!